Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޅަނދުންވަންތަކަން(7ވަނަ ބައި)

dhonthi Level 210 Stories
December 24, 2017 2 Mins Read
3 Comments

ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބޭއްވީމައެވެ… ސިހިފައި އަހަރެން ބަލާލިއިރު އަހަރެންގެ ފުރަގަހުގައި ހުރީ އަހަރެންގެ ސާލް އެވެ.އެސޫރައެއް ދެކެން އަބަދާއި އަބަދު އެދޭ އަހަރެންގެ ފިރިމީހާ އެވެ. އަހަރެން ވަރަށް އުފާވިއެވެ.ނަމަވެސް ސާލްއަށް ގޮވާލަން ހުޅުވި އަނގަ ލައްޕަން ޖެހުނީ އޭނަގެ ފަހަތުން އައި އަންހެން ކުއްޖާ ފަޔާޒްދޮންބޭ އޭކިޔާ ގޮވާލުމުންނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަރަށް ދެރަވިއެވެ.ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލީމެވެ.
އެއަންހެން ކުއްޖާ އައިސް އަމިއްލައަކަށް ތައާރަފްވެ ވާހަކަދައްކަން ފެށިއެވެ. އަދި އަހަންނަކީ ފަޔާޒްގެ ރައްޓެއްސެއްތޯވެސް އެހިއެވެ.އޭނާވީ ވަރަށް އެކުވެރި ހިތްހެޔޮ ކުއްޖަކަށެވެ.އެކުއްޖާ އައީ ފަޔާޒް ހޯދާށެވެ. އޭނާ ބުނި ގޮތުގައި ފަޔާޒާއި އޭނައަކީ ދެބެންނެވެ.އޭނާގެ މަޖާވާހަކައިގައި ޖެހި ވަގުތުތައް ދިޔަގޮތެއްވެސް ނޭނގުނެވެ. އިރުގަނޑެއް ވާދެން ތިން މީހުން ވާހަކައިގައި ތިބީމެވެ.އެއަށްފަހު ގެއަށް ދިޔައީ މަޣްރިބު ނަމާދަށް ބަންގި ގޮވަންއުޅެނިކޮށެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަވަރަކަށް އަހަންނާއި ފަޔާޒްއާއި ފިޔާޒާގެ ގުޅުންދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ.ފަހުންފަހުން އައިސް އެމީހުނާއި އެއްކޮށް ވަރަށް ލޯބި ލޯބި ފިރިހެން ކުއްޖެއްވެސްފެނެއެވެ.އެކުއްޖާ ފެނުމުން އަހަރެން އަހަރެންގެ ދަރިފުޅު މަތިން ހަނދާންވެ ވަރަށް ދެރަވެއެވެ.ފިޔާ ބުނިގޮތުގައި އެކުއްޖާއަކީ އެމީހުނަށް ފެނުނު ކުއްޖެކެވެ އިންޑިއާގެ މަގެއްގެ މަތިންނެވެ.އަދި ފިޔާ ބުނިގޮތުގައި އެމީހުންގެ މަންމަ އާއި ބައްޕަވީ އިންޑިއާގައެވެ.އެމީހުންނަކީ ދިވެހިން ނަމަވެސް އެމީހުންގެ ގެ ކުއްޔަށް ދިނުމަށްފަހު އުޅެމުންދަނީ އިންޑިއާގައެވެ. އެއީ މާލޭ ބައެއް ކަމުގައިވެސް ބުންޏެވެ.ފިޔާމެން އައިސް އެއުޅެނީ ޗުއްޓީއަކަށެވެ. ލިންކު ރޯޑް ބަލާލައި ސައިކަލް ދުއްވައި ހަދާލުމަށެވެ.އެންމެފަހުން ހެދި މަގުވީމައެވެ.އަބަދުވެސް ހައްދުން މައްޗަށް އަންނަހިތްވާ ކަމުގައި ބުންޏެވެ.
އަހަރެންގެ މަންމަ ފަޔާޒް ސާލް އާއި ވައްތަރު ކަމަށް ބުނެ އެވާހަކަތައް ދައްކައެވެ. ނަމަވެސް އެމީހުން ތިއްބާ އެވާހަކަ ނުދެއްކުމަށް އަހަރެން އެދުނީމެވެ.އެއްދުވަހެއްގެ މެންދުރެވެ. ނަމާދު ކޮށްލައިގެން ކައިގެން އަހަރެން ދިޔައީ ކޮޓަރިއަށެވެ. މިހާރަކަށް އައިސް އަހަރެން ސާލްގެ މަތިން ވަރަށް ހަނދާންވެއެވެ.އަހަރެން އަނެއްކާވެސް އަހަރެންގެ މާޒީގެ ތެރެއަށް ފީނައިގަނެވުނެވެ.އަހަރެން ބަނޑުބޮޑު ވުމުން ސާލް އަހަރެންދެކެވާލޯބި ބޮޑުވިހެން ހީވިއެވެ.އަހަރެން ވަރަށް އުފާވިއެވެ.

ކާކުގެ އެސްފީނާއެއްކަމެއް ނޭނގެއެވެ.އަހަރެންނަށް ސާލް ޝައްކުކުރަން ފަށައިފިއެވެ.އަހަރެން ފޭސްބުކް ބޭނުންކުރުން ހުއްޓާލީމެވެ.އަދި އެހެންވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލީމެވެ. އަހަރެންގެ އެކުވެރި އެއްވެސް ފިރިހެން ކުއްޖަކާ ވާހަކައެއް ނުދައްކަމެވެ.އަހަރެންގެ ފޯން ޕާސްވޯޑްވެސް ފިރިމީހާ އަށް އެނގޭނެއެވެ.ނަމަވެސް ފިރިމީހާ އަހަންނަށްކުރާ ޝައްކުވީ އިތުރެވެ.
އަހަރެންގެ ބަނޑަށް 9މަސް ފުރިއްޖެއެވެ.ނަމަވެސް ޑޮކްޓަރ ދީފައިވާ ތާރީޚް ޖެހެން ދުވަސްކޮޅެއް އޮތުމާއިއެކު އަހަރެން މަޑުކުރީމެވެ.ނަމަވެސް އެއްރެއެއްގެ ދަންވަރު ކުއްލިއަކަށް ބަނޑަށް ތަދުވެގެން ކެއްނުވުމުން ސާލް އަށްގޮވީމެވެ.އަދި ހޮސްޕިޓަލަށް ދިޔައީމެވެ.ﷲގެ ރަހުމަތްފުޅުން އަހަރުމެނަށް ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ.ނަމަވެސް ސާލް މާބޮޑަށް އުފާވާހެނެއް އަހަންނަކަށް ހީއެއް ނުވެއެވެ.
އޭގެ އަނެއް ދުވަހެވެ.ނަރުސް ކުދިން ދަރިފުޅުގެ ކޮންމެވެސް ޓެސްޓެއް ހަދަން ކަމަށް ބުނެ ގެންދިޔައެވެ. ދެން ލިބުނު ހަބަރަކީ އަހަރެންގެ ލޮލުގެ ފިނިކަނަކަމުގައިވި ދަރިފުޅު މިދުނިޔެ ދޫކޮށްދިޔަ ހަބަރެވެ.އަހަރެންނަށް ވީގޮތްވެސް ނޭނގުނެވެ.ނަމަވެސް އެކަމާ ސާލް ދެރަވާހެނެއް ހީއެއްނުވެއެވެ.
3ދުވަސްފަހުން އަހަރެން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ސާލްގެ މިޒާޖް ވަކިން ބޮޑަށް ތަފާތުހެން އަހަންނަށް ހީވިއެވެ..
އެހުރިހާ ކަމެއްގެ ސަބަބު އެނގުނީ އޭގެ ހަފްތާއެއް ފަހުންނެވެ. އެއްދުވަހެއްގެ ހެނދުނެވެ.ސައިބޮއިގެން އަހަރެން އިނީ ޓީވީ ބަލާށެވެ.ކުއްލިއަކަށް އިވުނީ ގޭގެ ބެލް ޖެހިއަޑެވެ.ދޮރުމަތީ ހުރިމީހާ އަހަރެން އަތަށް ދިނީ ސިޓީއުރައެކެވެ.އެޑްރެސް ކުރެވިފައޮތީ އަހަންނަށެވެ.އޭގެ ތެރޭގައި އޮތީ ޓިކެޓަކާއި ސިޓީ އެކެވެ.ސިޓީގައިވަނީ.އަހަންނާއި.އެއްކޮށް.އުޅެން ބޭނުންނުވާވާހަކައެވެ.އެހެންކަމުން އަހަރެން ވަރިކުރި ވާހަކައެވެ.ސަބަބު ބަލަން ބޭނުންވާނަމަ ވައިބާ ޗެކް ކުރުމަށެވެ.އަހަރެން އަވަސް އަވަހަށް ފޯން ނަގާ ވައިބާ ބަލާލީމެވެ.5ފޮޓޯ އައިކަމަށް އިނެވެ. އެފޮޓޯތަކުގައި ވަނީ ދެމީހެއްގެ ވަރަށް ގައިގޯޅި މަންޒަރު ތަކެކެވެ.އަދި އަހަރެންގެ ނަންބަރުން މީހަކަށް ފޮނުވާފަކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެކެވެ. ނަމަވެސް އެނަންބަރަކީ އަހަރެން ދަންނަ ނަންބަރެއް ނޫނެވެ. އެފޮޓޯތަކަކީވެސް އެޑިޓް ކޮށްފައިވާ ފޮޓޯތަކެކެވެ. ނަމަވެސް އަހަރެން އޭނައަށް ގުޅާފައިވާ ދެއްކި އެއްވެސް ވާހަކައެއް ސާލް ގަބޫލެއް ނުކުރިއެވެ.އޭނަ ބުނަނީ އަހަރެން އޭނައަށް ބޭވަފާތެރިވީކަމުގައާއި އެކަން އޭނައަށް އެނގޭތާ ކިތަންމެ ދުވަހެއް ކަމުގައެވެ. އަދި އެފިރިހެން މީހާވެސް އަހަންނާއި އޭނައާއި ދެމެދު އެފަދަ ގުޅުމެއް ވާކަމަށް އެއްބަސްވާކަމަށެވެ. އަހަރެން ބަނޑުބޮޑު ވުމުގެ ކުރިންވެސް އަހަރުމެންގެ ގުޅުން ކުރިއަށް ދިޔަކަމަށެވެ.ސާލް ބުނީ މައްސަލަ ބޮޑުކުރަން ބޭނުންނުވާނަމަ ރަށައް ދިއުމަށެވެ. އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ.ނަމަވެސް ހިތްވަރުކޮށް މާލެދިއުމަށްފަހު ރަށައް އައީމެވެ.މަންމަ ފެނުމުން އަހަރެންނަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

dhonthi

Level 210 Stories

Story lover★★ loves to read and write stories in her free time~ girl★~ Facebook.. "Dhonthi Dhonthi"

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 24 (ފަހުބައި)

Next

ހާމަ ކުރީމާ ލޯބި މަވާކަން 4

Next
December 24, 2017

ހާމަ ކުރީމާ ލޯބި މަވާކަން 4

Previews
December 24, 2017

ގެއްލިދިޔަ ހަޔާތް….. 24 (ފަހުބައި)

3 Comments!

  1. dhonthi says:
    December 24, 2017 at 10:33 pm

    7th part maadhan morning ga in shaa allah next part up kohdheynan.. … sorry for late..

  2. Ixoo says:
    December 24, 2017 at 11:02 pm

    Reethi

    1. dhonthi says:
      December 24, 2017 at 11:19 pm

      Thanks Ixoo☺

Comments are closed.

Next Episodeކުޅަނދުންވަންތަކަން( 8ވަނަބައި)←


All Right Reserved!