ގެއްލިދިޔަ ހަޔާތް….. 18
“ އަހަރެން ކިހިނެއް ރޭޝަމްއަށް އޮޅުވާލައިގެން މިންހާގެ މައުލޫމާތު ހޯދާނީ… ރޭޝަމް ބޭނުމެއްނުވާނެ މިންހާއަށް ދެރަގޮތެއް ވާކަށް …އެކަމަކު އެގޮ ތަށް އެކަންތައް ނުވެއްޖެއްޔާ ރޭޝަމްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެންދާނެ…… އޭރުން އަހަރެންގެ ދިރިއުޅުންވެސް ނިމިގެންދާނެ….“ ޒާހިދުގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ބޮލުގަ ރިއްސަންފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލުމާއެކު އަވަސް އަވަހަށް ޒާހިދު ދެލޯ ފޮހެލިއެވެ.
މިއަދު އެއައި މީހަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ރޭޝަމްގެ ހިތުގައި އުފެދެމުން ދިޔައެވެ. ކޮންމެފަދަ ހާލެއްގައި ވިޔަސް ރޭޝަމް ބޭނުންވަނީ ޒާހިދު ރަނގަޅު މަގަށް އެޅޭށެވެ.
” އެއީ ކާކުތަ؟“ ޒާހިދުގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ރޭޝަމް އަހާލިއެވެ. ރޭޝަމް ފެނުމާއެކު އެނދުމަތީގައި އޮށޯވެގެން އޮތް ޒާހިދަށް ފުންމައިގެން ތެދުވެވުނެވެ.
” ކިހިނެއްވީ؟ ބިރެއް ފެނިގެން ތެދުވާހެން ތިތެދުވީ؟“ ރޭޝަމް އެނދުގައި އިށީންނަމުން ޒާހިދަށް ބަލާލިއެވެ.
“ އައި ރިއަލީ ލަވް ޔޫ… އަހަރެން މޮޔަވެދާނެ ރޭޝަމްއަށް ކަމެއްވެއްޖެއްޔާ…“ ޒާހިދު ރޭޝަމްގެ އަތުގައި ހިފާލިއެވެ.
“ އަހަރެންނަކަށް ނުވެއެއްނު ކަމެއް.. އަހަރެންނަށް ހީވަނީ ޒާހިދަށްހެން ކަމެއްވެގެން ތިއުޅެނީ.. އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟“ ރޭޝަމް ޒާހިދުގެ ލޮލަށް ބަލާލިއެވެ.
“ ނޫނޭ… އަހަރެން ހަމަ ހިތަށް އަރަނީ ރޭޝަމް އަހަރެން ގޯސް މީހަކަށް ވީމަ ދޫކޮށްލާފަ ހިނގައިދާނެއޭ.. އެހެން ހިތަށް އަރާފަ ދެރަވަނީ ހަމަ.. ނަތިންގ އެލްސް…“ ރޭޝަމްއަށް ދޮގު ހަދަން ބޭނުންނުވިޔަސް ޒާހިދަށް މިއަދު މަޖުބޫރެވެ.
” ޒާހިދު… އަހަރެން ކަމަކު އެދެފިއްޔާ އެކަމެއް ކޮށްދޭނަންތަ؟“ ރޭޝަމް ޒާހިދުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
“ އާނ… އަވަހަށް ބުނޭ…“ ހިނިތުންވެލަމުން ޒާހިދު ރޭޝަމްއަށް ބަލާލިއެވެ.
“ ތި ހުރިހާ ކަމެއް ދޫކޮށްލަންވީނު ޒާހިދު ބުނިގޮތަށް… ޒާހިދު ބުނީމެއްނު އަހަރެންނަށްޓަކާ ތި ފަނާކުރުވަނިވި ހަޔާތް ދޫކޮށްލާނަމޭ… ޕްލީޒް…“ ރޭޝަމް އާދޭހުގެ ރާގުގައި ބުނެލިއެވެ.
“ ތެދައް ބުނަންޏާ އަހަރެންވެސް ބޭނުމެއްނުވޭ މިގޮތަށް ހަޔާތުގެ މަދު ދުވަސްކޮޅު ބޭކާރުކޮށްލާކަށް…“ ޒާހިދު އިސްދަށަށް ޖަހާލިއެވެ.
” ދެން ދޫކޮށްލަންވީނު ތިހުރިހާ ކަމެއް….“ ރޭޝަމް އަނެއްކާވެސް އެދުނެވެ.
” އަހަރެންނަށް ވަގުތު ބޭނުންވާނެ… ގޭންގެއްގަ އުޅެފަ ކުއްލިއަކަށް އެކަމުން ދުރުވެގަތުމަކީ ވަރަށް އުނދަގު ކަމެއް… އުއްމީދުނުކުރާ ކަހަލަ ކިތަންމެ ކަމަކާ ކުރިމަތިލާންޖެހިދާނެ… އެތައް ގޮތަކުން އެތައް އަނިޔާތަކާ ގުޅިފައިވާއިރު އެކަންކަމުން އަތް ދޮވެލުމަކީ ތިހީކުރާހާ ފަސޭހަ ކަމެއް ނޫނޭ… ރޭޝަމްއަކަށް ނުވިސްނޭނެ…“ ޒާހިދު ވާހަކަދެއްކީ މާޔޫސްކަމާއެކީގައެވެ.
” އޯކޭއޭ ޓައިމް ނެގިޔަސް…. އަހަރެން އިންތިޒާރުކުރާނަމޭ ….“ ރޭޝަމް ހިނިތުންވެލިއެވެ. ޒާހިދު ރޭޝަމްގެ ކޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. އެހެނަސް އެތެރެހަށި ހީވަނީ އަނދާ އަޅިއަށް ވެގެންދާހެންނެވެ.
އެރޭ އެއްގޮތަކަށްވެސް ޒާހިދުގެ ލޮލަކަށް ނިންޖެއް ނައެވެ. އަސްލަމްގެ ވާހަކަތައް ޒާހިދުގެ ކަންފަތް ބުޑުގައި ގުގުމަމުން ދާކަހަލައެވެ. އެނދު ކައިރީގައި ހުރި މޭޒުމަތީގައި ހުރި ރާފުޅިއަށް ޒާހިދު ބަލާލިއެވެ. ރާ ބުއިމަށް ހިތް އެދެމުންދިޔަ ނަމަވެސް ރޭޝަމް މަތިން ހަނދާންވުމާއެކު އެކަންތައް ކުރަން ޒާހިދު ފަސްޖެހެމުންދިޔައެވެ. ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ޒާހިދު ބޮމުން ދިޔައެވެ. މުޅި އެރޭ ހޭދަވެގެންދިޔައީ އެގޮތުގައެވެ. ސިގިރޭޓް ބޮވުނު އަދަދެއްވެސް ޒާހިދަކަށް ނޭނގެއެވެ. އެހެނަސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. އެއީ ޒާހިދު ދެން ކަންތައް ކުރަން ނިންމާފައިވާ ގޮތެވެ.
ފުރަތަމަ ޓެސްޓު ނިންމާލުމަށްފަހު ރޭޝަމް ގެއަށް އައިސް ވަން ވަގުތު ޒާހިދު ސިޓިންގ ރޫމުގައި އިނެވެ.
“ ޓެސްޓު ފަސޭހަތަ؟“ ރޭޝަމް ފެނުމާއެކު ޒާހިދު އަހާލިއެވެ.
“ އާނ…ވަރަށް ފަސޭހަ…މާދަންވެސް ޓެސްޓު އެބައޮތް….“ ރޭޝަމް ހިނިތުންވެލިއެވެ.
“ ރޭޝަމް ހިނގާބަލަ ވަރަށް އަވަހަށް އަހަރެންނާ އެކު ކޮޓަ ރިއަށް…. ވަރަށް ދެރަ ކަމެއް ވެގެން މިއުޅެނީ…“ ޒާހިދު ސޯފާއިން ތެދުވަމުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
” އަނެއްކާ ކިހިނެއްވީ؟“ ހާސްކަމާއެކު ޒާޙިދުގެ ފަހަތުން ރޭޝަމް ހިނގައިގަތެވެ.
ރޭޝަމް ކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު ޒާހިދު ރޭޝަމްގެ ލޮލުގައި އަތް އެޅިއެވެ.
“ ކީއްތިކުރަނީ އަޅެ؟ ވެގެންއުޅޭ ގޮތެއް ބުނެބަލަ ޕްލީޒް…“ ކެތްމަދުވެފައިވާ ހާލު ރޭޝަމް ޒާހިދުގެ އަތުގައި ހިފާލިއެވެ.
” މަޑުކުރޭ ދޫނީ…“ ރޭޝަމް ގޮވައިގެން އެތެރެއަށް ވަންނަމުން ޒާހިދު ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި ރޭޝަމްގެ ލޯމަތިން އަތް ނެގިއެވެ.
“ ސަޕްރައިޒް……!!!“ ޒާހިދު ރޭޝަމްގެ އަތުގައި ހިފާލިއެވެ. ހައިރާންވެފައިހުރެ ރޭޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
ފެންނަމުންދިޔައީ ހުވަފެނެއްބާއޭ ރޭޝަމްގެ ހިތަށް އަރަމުންދިޔައެވެ. ހައިރާންކަމާއެކު މުޅި ކޮޓަރިތެރެއަށް ރޭޝަމްއަށް ބަލާލެވުނެވެ. އެވަގުތު ރޭޝަމްގެ މޫނުމައްޗަށް ހިނިތުންވުން ފާޅުވެގެންދިޔައެވެ.
” އެމް ސޯ ހެޕީ… ތޭންކްސް ވަރަށް ބޮޑަށް.. ލަވް ޔޫ..“ ރޭޝަމް އުފަލުންހުރެ ޒާހިދަށް ބަލާލިއެވެ. ރޭޝަމް ބަލާލުމާއެކު ޒާހިދު ހިނިތުންވެލިއެވެ.
“ އެނީތިންގ ފޯރ ޔޫ މައި ލަވް..“ ޒާހިދު ރޭޝަމްގެ އުނގަނޑުގައި އަތް އަޅުވާލަމުން ރޭޝަމް ގާތްކޮށްލިއެވެ. ފުން ނަޒަރަކުން އެދެލޮލަށް ޒާހިދު ބަލާލިއެވެ. ޒާހިދާ ހަތަރުކަޅި ހަމަވުމާއެކު ރޭޝަމްގެ ހިތުގެ ވިންދު އަވަސްވިއެވެ. ލަދުންހުރެ ރޭޝަމްއަށް އިސްދަށަށް ޖަހާލެވުނެވެ.
“ ރޭޝަމް އަހަރެންނަށް އިތުބާރުކުރަންތަ؟“ ޒާހިދު މަޑު މަޑުން އަހާލިއެވެ.
” އާނ…. އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް އިތުބާރުކުރެވޭ މިހާރު… އަދި ހާއްސަކޮށް ތިދިން ސަޕްރައިޒުން މާ ބޮޑަށްވެސް ޓްރަސްޓް ކުރެވޭ…. ހިއެއް ނުކުރަން މިހާ އަވަހަށް މިކޮޓަރިތެރެ އެހާ އަމާން ތަނެއްގެ ގޮތުގަ ފެންނާނެކަމަކަށް…. އަސްލުވެސް ވަރަށް އުފާވެއްޖެ މިތާ ހުރި ފާޑުފާޑުގެ އެއްޗެހި މިތަނުން ބޭރުކޮށްލީތީ….“ ޒާހިދުގެ ދެލޮލަށް ރޭޝަމް ބަލާލިއެވެ.
“ ހީނުކުރާ ކަހަލަ ކިތަންމެ ކަމެއް އަދި ކުރިއަށް އޮތް ތާގަ ފެންނާނެ…“ ޒާހިދު މަޑުމޮޅިކަމާއެކު ބުނެލިއެވެ.
” ތިބުނީ ކޮންކަމެއްގެ ވާހަކަ؟“ ރޭޝަމް އޮޅުންފިލުވަން ބޭނުންވިއެވެ.
“ މިބުނީ ދެން ރޭޝަމް ހިތްހަމަޖެހޭ ކަހަލަ ކަންތައް ފެންނާނެޔޭ..“ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޒާހިދު ޖަވާބުދިނެވެ.
“ އަސްލުވެސްތަ؟ ވަރަށް ވަރަށް އުފާވެއްޖެ…“ ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.
“ ދެން އެހެންވެއްޖެއްޔާ އަހަރެން އެދޭ ކަމެއް ރޭޝަމްއަށް ކޮށްދެވޭނެތަ؟“ ވިސްނުންތެރިކަމާއެކު ޒާހިދު އަހާލިއެވެ. ރޭޝަމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ އެހުރިހާ ކަމެއް އަހަރެންނަށް ދޫކޮށްލެވޭނީ ފުރަތަމަ އެކަންތަކާ ގުޅުން ހުރި ހުރިހާ ކަންތަކެއް އެނގިގެން… އެހެންވީމަ ރޭޝަމްއަށް ވެސް އެނގޭ އެއްޗެއް އޮތިއްޔާ އަހަރެންނަށް ސިއްރު ނުކުރާނެ ކަމަށް ހީކުރަން…“ ޒާހިދު އެހެން ބުނުމާއެކު ރޭޝަމްއަށް ޒާހިދާ ދުރަށް ޖެހިލެވުނެވެ.
“ ކިހިނެއްވީ؟ އަހަރެންނަށް ކިޔައިދޭން ބޭނުން ނުވަނީތަ؟“ ޒާހިދު މަޑުމައިތިރިކަމާއެކު އެހިއެވެ.
” އަހަރެންނާ ޒާހިދާ އޮންނަ ގުޅުމަކީ އެހުރިހާ ކަމަކުން ދުރުވެގެންވާ،އެކަހެރި ގުޅުމެއް… އެހެންވީމަ އެކަމާ ގުޅުންހުރި އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން…“ މިންހާއަށް ދެރަގޮތެއް ވާން ނޭދޭތީވެ އެކަންތައް ޒާހިދަށް ކިޔައިދޭކަށް ރޭޝަމް ބޭނުމެއް ނޫނެވެ.
“ ރޭޝަމް ބުނީމެއްނު އަހަރެންނަށް އިތުބާރުކުރަމޭ… ދެން ކީއްވެ ނުބުނެވެންވީ؟“ ޒާހިދު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް މިންހާ ވީތަނެއް ރޭޝަމްގެ ކިބައިން އޮޅުންފިލުވުމަށެވެ.
“ ޓްރަސްޓު ކުރަން.. އެކަމަކު ދެން އެވާހަކަ އިހަށް ބާއްވަމާ..“ ރޭޝަމް ބޭނުންވީ އެހެން މައުލޫއަކަށް ދާށެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޒާހިދު އޮތީ އެނދުގައި އޮށޯވެލައިގެން މަތީގައި އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ފޯނު ރިންގުވި އަޑަށް ސިއްސައިގެން ގޮސްފައި ޒާހިދު ފޯނަށް ބަލާލިއެވެ. އެއީ އަސްލަމްގެ ކޯލެކެވެ. ޖެހިލުންވެހުރެ ޒާހިދު ފޯނު ނަގާ ކަންފަތުގަ ޖަހާލިއެވެ.
”3 ދުވަސްތެރޭ މިންހާ ވީތަނެއް ހޯދަން ޖެހޭނެ.. އެގޮތަށް ނުވެއްޖެއްޔާ ރޭޝަމް މި ގޭންގުގަ ބައިވެރިވާން ޖެހޭނީ…“ އެހެން ބުނެލުމަށްފަހު އެކޮޅުން ފޯނު ކަނޑާލިއެވެ. ރުޅިވެރިކަމާއެކު އެނދުމައްޗަށް ޒާހިދު ފޯނު އެއްލާލިއެވެ.
“ އިއްޔެއްސުރެ ޒާހިދު ކޮންމެވެސް ކަމަކާ ވިސްނާހެން ހީވަނީ… އަޅެ ބުނެބަލަ ވެގެން އުޅޭ ގޮތެއް..“ ޒާހިދަށް ބަދަލެއް އައިސްފިކަން ފާހަނގަ ވާތީ އެކަމާ ރޭޝަމް ވަރަށް ދެރަވެއެވެ. ތިމާ ލޯބިވާ މީހާ ދެރަވެ، މާޔޫސްވެފަ ހުންނަތަން ދެކޭކަށް އެއްވެސް މީހަކަށް ކެތެއް ނުކުރެވޭނެއެވެ.
“ އަހަރެންނަކަށް ނުވޭ ކަމެއް.. ފާޑަކަށް ބޮލުގަ ރިއްސާކަން އެކަނި.. އެއީ ދެން ވެދާނެ ކުއްލިއަކަށް ރާބުއިން ހުއްޓާލީމަ ކަމަށްވެސް.. ޑޯންޓް ވޮރީ.“ ރޭޝަމް ހިތްހަމަޖައްސައިދެވޭތޯ ޒާހިދު މަސައްކަތްކުރިއެވެ.
” އަސްލުވެސްތަ؟ ނުވެސް ބުނަމެއްނު.. ބޯ މޮޑެދެންތަ؟“ ޒާހިދުގެ ބޮލުގައި ރޭޝަމް ފިރުމާލިއެވެ.
“ އުހުނ… މިހާރަކު ނޫން… ހިނގާ ބޭރަށް ދާން.. އޭރުން މިބޮލުގެ ރިހުންވެސް ކެނޑިދާނެ…“ އެނދުން ތެދުވަމުން ޒާހިދު ރޭޝަމްއަށް ބަލާލިއެވެ.
” މިގަޑީގަ؟ މިހާރު އެއޮށް 11 ގަޑި ބައިވީ…މާ ލަސް…“ ރޭޝަމް ވިސްނާލީ ލީޒާ ކިޔާފާނެ އެއްޗަކާ މެދުގައެވެ.
“ ދެން ކަމޯން މައި ސްވީޓް ލިޓިލް ޕްރިންސެސް… ހިނގާބަ ދެން އަޅެ… ދުވަހަކުވެސް އަދި ނުދަމެއްނު އަހަންނާއެކު…“ ޒާހިދު ރޭޝަމްގެ އަތުގައި ހިފާ ގާތް ކޮށްލަމުން ރޭޝަމްގެ ބޮލުގައި އޮތް ބުރުގަލާ ކުޅެލިއެވެ.
” ދެން ތިއާ ނުކުޅެބަލަ…. ތިވަރު ނުވިޔަސް ހިނގައިދާނަމޭ… ދެން ޒާހިދު ވިއްޔާ ދޯ…“ ރޭޝަމް ހިނިތުންވެލިއެވެ.
” ހެހެ… ހާދަ ގުޑް ޕްރިންސެސް އެކޭ ދޯ މަށަށް މިލިބުނީ… އަވަހަށް ދޭ ރެޑީވެގެން އަންނަން.. އަންހެންކުދިން ވަރަށް ތަތް ވާނެ.. މަގޭ ހިތަށް އަރާ ކީއްކުރަނީ ބާއޭ އެހާ ލަސްވާން…“ ޒާހިދު ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ މީހަކާ އިން ދުވަހަކުން އިނގޭނެ ލަސްވަނީ ކީއްވެގެންކަން.. ހެހެ.. އެއީ މަޖާ… ބަލައްޗޭ ޒާހިދަށްވުރެ ކުރިން އަހަރެން ނިމޭނެ ރެޑީވެ..“ ރޭޝަމް ޔަގީންކަމާއެކު ބުނެލިއެވެ.
“ އޯ.. ބެޓް ކުރަނީތަ މަށާ… އަހަރެން މޮޅުވެއްޖެއްޔާ ރޭޝަމްއަށް ޖެހޭނެ އަހަރެން ބުނާ ކަމެއް ކޮށްދޭނެ.. އޯކޭތަ؟“ ޒާހިދު ލާނެއް ގޮތަކަށް ބުންޏެވެ.
” އާނ.. އޯކޭ ހަމަ… އެނގިދާނެތާ ދޯ…“ އެހެން ބުނެލަމުން ރޭޝަމް އަވަހަށް ތައްޔާރުވާން ދިޔުމަށް ދުއްވައިގަތެވެ.
“ ހޭއި… ކިތަންމެ ވަރަކަށް ދު ވިޔަސް މޮޅެއް ނުވާނެ..“ ކުޑަކުއްޖަކު ފަދައިން މޮޅުވުމަށް ރޭޝަމް ދުއްވައިގަތުމުން ޒާހިދު ގާތަށް ހިނިއައެވެ. ރޭޝަމް ދިޔުމާއެކު ތުވާލި ހިފައިގެން އަވަސް އަވަހަށް ޒާހިދު ފާހާނާއަށް ވަނެވެ.
”10 މިނިޓްސް.. އޯއްނޯ… އަވަސް އަވަސް..“ ލޯގަނޑު ކުރިމަތީގައި ބުރުގާ އަޅަން ހުރި ރޭޝަމްއަށް ހިތާ ހިތުން ކިޔާލެވުނެވެ. އާދައިގެ ގޮތަކަށް ބުރުގާ އަޅާލަމުން އަވަސް އަވަހަށް ކޮޓަރިން ބޭރަށް ރޭޝަމް ނިކުތެވެ. އަދި ޒާހިދުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ.
“ ޔޫ އާރ ލޭޓް.. މައި ޑިއަރ ޕްރިންސެސް… ހެހެ ދެތިކި ޕީ… ދެންވެސް އަވަހަށް އާދޭ ތިރިއަށް.. އެމް ވެއިޓިންގ“ މެސެޖް ކިޔާލުމާއެކު ރޭޝަމް ގާތަށްވެސް ހިނިއައެވެ. އަވަސް އަވަހަށް ރޭޝަމް ތިރިއަށް ދިޔައެވެ. ސައިކަލު މަތީގައި އިން ޒާހިދު ފެނިފައި ރޭޝަމްގެ ހުރިހާ ހިއްސުތަކަށް އަސަރުކުރުވިކަހަލައެވެ. ސައިކަލަށް ރޭޝަމް އެރުމާއެކު ޒާހިދު ސައިކަލު ދުއްވާލިއެވެ.
ރޭގަނޑުގެ އެވަގުތަކީ މާލޭގެ ވަށައިގެން ބުރެއް އަޅާލަން ތަންކޮޅެއް ހިތްފަސޭހަ ވަގުތެކެވެ. އެތައް ޖޯޑުތަކެއް އެކުގައިދާތަން ފެންނަލެއް މަދެއް ނޫނެވެ. ޒާހިދާއެކު ސައިކަލު ދުއްވާލަން ދެވުމުން ރޭޝަމް ހުރީ ވަރަށް އުފަލުންނެވެ.
” ހިނގާ މަޑުކޮށްލަން ދޯ މިތާގަ…“ ސުނާމީ ބިނާ ކައިރީގައި ސައިކަލު ޕާރކްކޮށްލަމުން ޒާހިދު ބުނެލިއެވެ.
“ ތޭންކްސް އިނގޭ…. ވަރަށް ސައިކަލު ދުއްވާލާ ހިތްވެއްޖެ މިހާރު… ދެން ކޮންމެ ރެއަކުވެސް ދާންވާނެ ދޯ…“ ހެވިފައިހުރެ ރޭޝަމް ބުނެލިއެވެ.
“ ހްމް…ހަމަ އަންނަންވީ…އެނީތިންގ ފޯރ ޔޫ… އައި ލަވް ޔޫ ސޯ މަޗް…“ ޒާހިދު ރޭޝަމްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
” އިނގޭ ތިކަން…އަހަރެން ވަރަށް އުފާވޭ ހަގީގަތުގަ ޒާހިދު އުޅުނު ގޯސް ގޮތް ދޫކޮށްލާފަ އަހަރެންގެ ހަޔާތަށް އައިސް ދިނީތީ…“ ރޭޝަމް ޒާހިދުގެ އަތުގައި ފިރުމާލިއެވެ.
“ އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ އަދި ވަރަށް އުފާވޭ ރޭޝަމް އަހަރެނަށް ލިބުނީމަ… އަދި އޭރު އަހަރެން އުޅުނު ގޮތް ދޫކޮށްލެވޭތީވެސް ވަރަށް ހިތްހަމަޖެހޭ.. އެކަމަކު..“ ޒާހިދު ވާހަކަ ހުއްޓާލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
73 Comments!
Comments are closed.



Yey….. 18th prt??? thnkx starfish ….. by the way me first dhw??????
hihihi
tanks
ya dhw congra
Story hama habeys…??? whn nxt prt? ??? Waiting waiting ingey hama??❤❤❤❤???
2morow juma
juma v ginain comment kuraaakan faahaga vey
ehenve v bodah ufaaavey
thanks juma
Heheh ?? welcome starfish❤❤
Assu stories reethi vefa comment ah reply kuranya juma vrh comment kuramey?????
hihihih..tanks again
Wow.. v salhi.. mirey adhi up vaanetha? ?? you r the best..mifaharu first tha?
dhn miadhaku upeh nuvaane maadhan dhn vaany sry dear
no ur 2nd
tanks
hear is part 18 enjoy..
aslu kurin v lahun up vaathy v avahah mi jehsi up kuran mireyge part .. ekam v avahah miadh up vehjje dhw..
dhn story kiyan libeyny maadhan aey 19 vana part..
🙂
hihihih
V sali,masah fehnany minhaa moonu burugaa aluvan eyrakun neygeyne ehnun
hihihih
thanks 4 the idea sai
Heheh. .. assuvx ehn hadhan v dhw ….. eyrun neygeynnu???
V v reethi mi part ves me first dhw Starfish
no ur 5th
tanks niky
V salhi next part ah inthixaarukuran
2morow dhn vaahaka kiyan libeyny..
tanks
Alhe adhi beynun miadhu eh part kiyan ?
Vrh vrh reethi ❤️
tanks kitty
dhn keytheri vega maadhan libeyney kiyaalan
bunaane ehcheh neh haadha furihama ey starfish thee hama ehvana vvvv ufaavey konme dhuvahaku perteh genes dheythy…reysham ah dhera gotheh nuha dhah chey…
thanks
Alhey reysham vehdhiya nudhehchey e geyngah..ehaa rangalhu kujjeh..Hehe
Story hama habeys..??
thanks chim
Wow my luving starfish, haadha ryhchey mibaives.. Ehbayah vure anehbai maa furihamakan faahaga vey.. Haadha haadha molhey starfish, masha Allah.. Abadhuves thigothuga kuriah dheveytho balahchey igey.. Luv u
love u 2 shann
thanks again shann
Mibaives varah salhi. Resham ah dheragotheh nahadhahchey ingey.
dheragotheh nehedhethoo balaanan..
thanks
Salhi
thanks
Alhey hadharychey thanks starfish hadhamolhey vahaka liyan???
hihihiii
thanks
Hadharychey thanks starfish??
thanks any
Mi part hama habeys…………..
Alhey next what happen….??
Next part 2morow morning ga tha……? but thank you so so much to updateing two part ly starfish…..
thanks sana kurin up kuran konme dhuvahaku 2 part
alhe so sweet couple..vrh reethi
ebunaahen dhw
thanks unaal
Varah reethi. Waiting for tomorrow morning. Love ur writing skills.
thanks leen
Masha’allah varah reethi mi part ves resham ah dhera gotheh nahadhaa thi ?????❤❤❤❤starfish aa best ???
thanks mary
Wooooowww.
.v.Nice
Keep it up dear ?
thanxxxx
Haadha furihamaey.. Mihaa lwbi vaahakaeh adhi nukiyan??
thanks zoya
Vvv ufaavey ehaa avahah vaahaka genasdheythe…v kiyaahithun kiyaa vaahakaehmee.vvv reethi mi part vx ?❤️?
thanks naaz
Haaaadha haaa reeecheyyy ????❤️??
thanxs
V v reethi waitig for the next part????????
thanks shai
Haadha reehchey mi baivess… nxt part ah inthixaaru kurevenyy hama…?
hihihii thanks ishoo
Wow varah reethi story eh mee ????
thanks reeks
V Reethi mi part ves. Keep it up. Mivaahakaka adi bodah reethivaanee Reysham ah gehlumeh nulibi nimunihyya. Mee magey hiyaalu.
hihihihi
thanks kamana
Wow starfish u r sooo great!!
thanks lala
V reethi. dhen vaane gotha
Kaa dheytherey mivissneny. Reysham ah dheregotheh nahadhachey.
hihihihii
thanks mz
Alhe kobaatha.. can’t wait
hihihii
Wow beautiful…. Keep it up starfish. ???
thanks shasha
Kihinehba reysham hadhaanyyy…. ???Reysham buneytha minha vythaneh!!!!! oh I’am so excited…??? Hama aslam kiya myhun goahy ey Dhw …?? next part avahah up kohlaba…. Vrh reethi story… Keep it up Star Fish ….???
thanks kyaara
19 kiyaalan keiymadhuvefa
thanks hairaam
thanks hairaan*
Nice story❤ keep it up
thanks rose