ގެއްލިދިޔަ ހަޔާތް….17
ޒާހިދުގެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަމާ އާދޭސް ރޭޝަމްއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރޭޝަމް އެނދުން ތެދުވިއެވެ.
” އަހަރެން ބޭނުންވާ ކަހަލަ މީހެއް ނޫން ތީ …އަހަރެންނަށް މައާފްކުރޭ…“ ރޭޝަމް ވާހަކަދެއްކީ ޒާހިދަށް ފުރަގަސްދީގެން ހުރެއެވެ.
” ޕްލީޒް… ތިހެން ނުބުނޭ… ރޭޝަމްވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ޔަގީން… ރޭޝަމްގެ ދެލޮލުން ފެނޭ އަހަރެންނަށްޓަކައި ތިހިތުގަވާ ލޯބި…“ ޒާހިދު އެނދުން ތެދުވެ ރޭޝަމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ. އެކަރުނަތައް ޒާހިދަށް ފޮރުވަން ބޭނުންވުމާއެކު ރޭޝަމް އިސްދަށަށް ޖަހާލިއެވެ.
” އަހަރެން ދެކެ ލޯބިނުވާނަމަ ރޭޝަމްގެ ދެލޮލުން ކީއްވެ ކަރުނަ އޮހެރެންވީ؟ ޕްލީޒް ރޭޝަމް… އަހަރެންގެ ހަޔާތުގެ ފަޅުކަން ފިލުވައިދީ…“ ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފާލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ރޭޝަމްއަށް ގިސްލެވެންފެށުނެވެ.
“ އަހަރެންނަކަށް ނޭނގެ އަހަރެން ލޯބިވާކަމެއް ނުވަތަ ނުވާކަމެއް ވެސް…. ކޮންމެ ގޮތެއްވިޔަސް އަހަރެން ބޭނުމެއް ނޫން ތިކަހަލަ މީހެއްގެ ހަޔާތަށް ދާކަށެއް.. ހަތަރު ފަރާތުން އަނިޔާވެރިކަމާ ނާއިންސާފް ފެންނާނީ… އަހަރެންގެ މިހިތަކަށް ކެތެއް ނުކުރެވޭނެ ޒާހިދުގެ ތި ދުނިޔޭގައެއް…“ ރޭޝަމްއަށް ރޮވެމުންދިޔައެވެ.
” ރޭޝަމް… އަހަރެންގެ ހަޔާތަށް އަންނާށޭ އަހަރެން މިބުނަނީ އެއްވެސް ހާލެއްގަ ރޭޝަމް އެކަންތައްތަކުގެ ތެރެއަށް ވަނުމެއް ނޫނޭ …އެހުރިހާ ކަމަކާވެސް ދުރުގަ އަހަރެން ރޭޝަމް ގެންގުޅޭނަމޭ.. ޕްލީޒް.. ޓްރަސްޓް މީ…“ ޒާހިދު ރޭޝަމްގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ.
“ ތި އަނިޔާވެރި އަތުން އަހަރެން ގައިގަ އަތްނުލާ…. ހަގީގަތަށް ބުނަންޏާ ތިއަތުން އަހަރެން ގައިގަ ބީހިލާ ކޮންމެ ފަހަރަކު އަހަރެންނަށް އިހުސާސްކުރެވެނީ އަނިޔާވެރިކަން….“ ޒާހިދުގެ އަތް ފޮޅުވާލަމުން ރޭޝަމްއަށް ބާރަށް ބުނެލެވުނެވެ. އެވަގުތު ޒާހިދުގެ ދެލޮލުން މާޔޫސްކަމާ ހިތްދަތިކަން ފާޅުވަމުންދިޔައެވެ.
” ރޭޝަމް… އަހަރެންނަކީ ތިހީކުރާހާ ވިޔާނުދާ މީހެއް ނޫނޭ …“ ޒާހިދަށް އިސްދަށަށް ޖަހާލެވުނެވެ.
“ މަސްތުވާތަކެތި ބޭނުންކޮށް، ރާ ބޮއި…އެތައް މައުސޫމް، ކުށެއްނެތް މީހުން މަރާލާފައިވާ މީހެއް ތީ.. ދެންވެސް އަހަރެން ގަބޫލުކުރަންވީ ތީ ރަނގަޅު މީހެއް ކަމަށްތަ؟“ ރޭޝަމްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.
” ނޫން… އަހަރެންނަކީ މީހުން މަރާ މީހެއް ނޫން… ތީ ކުށް ހީއެއް… އަހަރެން ރާ ބުޔަސް މަތްތުވާތަކެއްޗެއް ބޭނުމެއް ނުކުރަން…. އެއެއްޗެހި ވިއްކުމުގަ އެކަނި އަހަރެން ބައިވެރިވެފަ ވާނީ….“ ޒާހިދު ރޭޝަމްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
” އަހަރެން ކިހިނެއް ޒާހިދަށް އިތުބާރުކުރާނީ؟ ބުނެބަލަ… އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަރެންނަށް މަލާމާތް ކުރާކަހަލަ.. ތިކަހަލަ މީހެއް ދެކެ ލޯބިވެވުން އެއީ އަހަރެންނަށް ކުރެވުނު އެންމެ ބޮޑު ކުށަކީ………“ ރޭޝަމްއަށް ޒާހިދުގެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ.
“ ހެޔޮނުވާނެ ރޭޝަމް… އަހަރެން މި ލޯބިވާވަރު އިހުސާސްނުކުރެވެނީތަ؟ އަހަރެން.. އަހަރެން ރޭޝަމް ބުނެފިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްދީފާނަން… އާދޭސްކޮށްފަ މިބުނަނީ… އަހަރެންގެ މިލޯތްބަށް ފުރަގަސްނުދީ… ކީއްވެތަ އަބަދު އަހަރެންނަށް މިހެން މިވަނީ… އެންމެންވެސް އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާފަ ދަނީ.. ރޭޝަމްވެސް..“ ޒާހިދުގެ އަޑު ބެދުނެވެ. ލޮލުން ކަރުނަ ފާއްދާލުމުން ޒާހިދު އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.
” ޒާހިދު ޕްލީޒް… އަހަރެންވެސް ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ… އެހެނަސް އަހަރެންނަކަށް ތިހަޔާތަކަށް ދެވޭކަށް ނެތް…. އަހަރެންނަށް މަޖުބޫރު…. ކިހިނެއް ޒާހިދާ އެއްކޮށް އުޅެގެން ރީތި ދިރިއުޅުމެއް އުޅޭނީ؟ ޒާހިދާ އިނދެގެން މާދަމާ ދަރިއަކު ލިބޭ ދުވަހަކުން އެދަރިފުޅަށާ އަހަރެންނަށް ރައްކާތެރިކަން ޒާހިދަށް ފޯރުކޮށްދެވޭނެތަ؟ އެދަރިފުޅު ބޮޑުވެގެން އެދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގޭ ދުވަހަކުން ކިހިނެއް ވާނީ؟ އަހަރެންނަކަށް ދުރުދުރުންވެސް ޒާހިދާއެކު ނުފެނޭ އުޖާލާ މުސްތަގުބަލެއް….“ ރޭޝަމްގެ ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލެވުނެވެ.
“ ހުރިހާވެސް މައްސަލައަކީ އަހަރެން މީ ގޭންގެއްގެ މީހަކަށް ވާތީއެއްނު ދޯ؟ އަހަރެން ހަރާން ކަންތައް ކުރާތީއެއްނު… ރޭޝަމް… އެހުރިހާ ކަމެއްވެސް އަހަރެން ދޫކޮށްލަފާނަން… ރޭޝަމްގެ ލޯތްބަށްޓަކާ އެ އަނިޔާވެރި ދުނިޔެ އަހަރެން ދޫކޮށްލަފާނަން….“ ޒާހިދު އުއްމީދާއެކު ބުންޏެވެ. ރޭޝަމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒާހިދުގެ އެދުމަށް އާނ ބަސް ބުނުމަށް އެހިތް އެދި ރޮމުންދިޔައެވެ.
“ ޕްލީޒް… ޖަވާބެއް ދީބަލަ.. އަހަރެން މިހުރިހާ ކަމެއް ދޫކޮށްލާފަ ރޭޝަމް ގާތަށް ދިޔައިއްޔާ ރޭޝަމް އަހަރެންގެ ލޯބި ގަބޫލުކުރާނަންތަ؟“ ޒާހިދު ރޭޝަމްއާއި ހަތަރުކަޅި ހަމަކުރިއެވެ. އޭރުވެސް ހުއްޓުމެއްނެތި ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ. ޒާހިދުގެ ހިތުގައި އަޅަމުންދިޔަ ވޭން ރޭޝަމްއަށް އިހުސާސްކުރެވެމުންދިޔަކަހަލައެވެ. ޒާހިދު މަޑުމަޑުން ރޭޝަމްގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ. އަދި ރޭޝަމްގެ ގައިގައި ބައްދާލިއެވެ. ރޭޝަމްއަށް ބޭއިޚްތިޔާރުގައި ޒާހިދުގެ ގައިގައި އޮޅުލައިގަނެވުނެވެ. ހިތްފުރެންދެން ރޭޝަމް ރޯލަން ބޭނުންވިއެވެ. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ބޭނުންވިއެވެ.
” ޕްލީޒް އަހަރެންނަށް އިތުބާރުކުރޭ… އަހަރެން މިހުރިހާ ކަމެއް ދޫކޮށްލާނަން ރޭޝަމްއަށްޓަކާ ….އަހަރުމެން ދެމީހުންގެ މުސްތަގުބަލަށްޓަކާ…“ ޒާހިދު ރޭޝަމްގެ ނިއްކުރީގައި ބޮސްދިނެވެ.
” އަހަރެން އިންތިޒާރުކުރާނަން……. އައި ލަވް ޔޫ…“ ރޭޝަމްއަށް ރޮވިފައިވާ ހާލު ބުނެލެވުނެވެ.
” އައި ޕްރޮމިސް… އައި ވިލް ލީވް އޯލް ދީޒް އޮންލީ ފޯ ޔޫ…“ ޒާހިދުގެ ހިތް އުފަލުން ނަށަމުންދިޔަކަހަލައެވެ.
” އަހަރެން އިންތިޒާރުކުރާނަން… މިއީ އަހަރެން ވާ ވައުދެއް ….“ ރޭޝަމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
އެކޮޓަރިން ނިކުމެވުނުއިރު ރޭޝަމްގެ ނިންމުން އެއްކޮށް ވަނީ ބަދަލުވެގެން ގޮސްފައެވެ. ފޯނު ނަގާ ޖަނާހުގެ ނަންބަރަށް ރޭޝަމް ގުޅާލިއެވެ.
“ އަހަރެން ޒާހިދާ ރައްޓެހިވެއްޖައިން….“ އެކޮޅުން ފޯނު ނެގުމާއެކު ރޭޝަމް ބުނެލިއެވެ.
” ކީކޭ؟ ހަމަ ވިސްނަން ވާވަރަށް ވިސްނާފަތަ ރޭޝަމް ތިގޮތަށް ތިނިންމީ؟“ ޖަނާހަށް ގަބޫލުކުރަން ދަތިވިއެވެ.
” ލޯބިވެވުމުން ދެން ޖެހޭނީ އެކަންތަކާ ކުރިމަތިލާން… އަހަރެން ކެތްކުރާނަން …“ ރޭޝަމްއަށް ގިސްލެވެމުންދިޔައެވެ.
” ހަމަ އެހާވެސް ލޯބިވޭތަ؟ އަހަރެން ވަރަށް ބިރުގަނޭ ރޭޝަމްއަށް ދެރައެއް ލިބިދާނެތީ…“ ޖަނާހުގެ ހިތަށް ތަދުވަމުންދިޔައެވެ. ރޭޝަމް ދެކެ ކިތަންމެ ލޯބިވިޔަސް މިއަދު ރޭޝަމް ލިބެން ނެތްކަން އިހުސާސް ކުރެވުމުން ޖަނާހުގެ ހިތް ފުނޑުފުނޑުވަމުން ދިޔައެވެ.
” އާނ… ވަރަށް ލޯބިވޭ…. ޑޯންޓް ވޮރީ… އޭނަ އަހަރެން ކައިރީ ވައުދުވި އޭނަ އެހުރިހާ ކަމެއް ދޫކޮށްލާފަ އަހަރެން ކައިރިއަށް އަންނާނެކަމަށް…“ ރޭޝަމް ކަރުނަތައް ފޮހެލަމުން ވާހަކަދެއްކިއެވެ.
” އެގޮތަށް ކަންތައް ނުވެއްޖެއްޔާ؟“ ޖަނާހުއަށް ގަބޫލުކުރަން ދަތިވިއެވެ.
” އެގޮތަށް ވާނެ…. އަހަރެންނަށް ހަމަ ޔަގީން …“ ރޭޝަމް ޔަގީންކަމާއެކު ބުންޏެވެ.
” ތިގޮތަށް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.. އެކަމަކު މީހުން ވާ ގިނަ ވައުދުތަކަކީ އެމީހުން އުވާލާ ވައުދުތައް…“ ޖަނާހުގެ ޚިޔާލު ފާޅުކުރިއެވެ.
“ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ވައުދު އަހަރެން ފުއްދާނަން.. އަހަރެން އިންތިޒާރުކުރާނަން….“ ރޭޝަމް އުއްމީދާއެކު ބުނެލިއެވެ.
އާދުވަހަކަށް އިރުއެރުމާއެކު ރޭޝަމް ބަދިގެއަށް ވަނީ އިމްލީއަށް ކެއްކުމުގައި އެހީތެރިވުމަށެވެ. ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުމާއެކު ސައިބޮއެގެން ރޭޝަމް އަވަސްވެގަތީ ޓެސްޓަށް ތައްޔާރުވުމަށެވެ. ފޮތްތައް ހިފައިގެން ސިޓިންގ ރޫމަށް ރޭޝަމް ދިޔައީ އެތާގައި އެއްވެސް މީހަކު ނެތުމުންނެވެ.
ކުއްލިއަކަށް ގޭގެ ބޮޑު ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ރޭޝަމް ތެދުވެގެން ދާން އުޅެނިކޮށް އިމްލީ ދޮރު ހުޅުވަން
ހިނގައިގަތެވެ. އެހެންކަމުން އަޅާ ނުލާ ރޭޝަމް ފޮތް ކިޔަން ފެށިއެވެ.
“ ކާކު ހޯދަން…“ އިމްލީ ދޮރު ހުޅުވާލުމަށްފަހު ކުރިމަތީގައި އިން މީހާއާ ސުވާލުކުރިއެވެ.
” ޒާހިދު ހޯދަން.. އިޒް ހީ ދެއަރ….“ އެކޮޅުން ސުވާލުކުރިއެވެ. އެއާއެކު އިމްލީ އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން އެމީހަކަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އެމީހަކު އެތެރެއަށް ވަނުމާއެކު ދޮރު ލައްޕާލުމަށްފަހު ބަދިގެއަށް އިމްލީ ދިޔައެވެ.އޭރު ރޭޝަމް އިނީ ފޮތްތަކުގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް ކުރިމަތިން މީހަކު ހުރަސްކުރުމާއެކު ސިހިފައި އެދިމާލަށް ރޭޝަމްއަށް ބަލާލެވުނެވެ. އެއާއެކު އެމީހަކުވެސް ރޭޝަމްއަށް ވިހަ ހިނިތުންވުމަކާއެކު ބަލާލިއެވެ.
ސިންގާއެއް އޭގެ ޝިކާރައަށް ބަލާ ފަދައިން އެމީހާގެ ދެލޯ ރޭޝަމްއަށް ބަލަމުން ދިޔައެވެ. އެބެލުމުން ރޭޝަމްއަށް އުނދަގުތަކެއް ވާން ފެށިއެވެ. ހިތް ބިރުގަންނަ ކަހަލަ ގޮތެއް ވާންފެށިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް އަވަސް އަވަހަށް ކިޔަން އިން ފޮތަށް ބަލާލިއެވެ.
“ ދައްތާ.. އެއީ ބޮޑީ ބިލްޑު ކުރާ މީހެއްތަ؟“ ކޮޓަރިން ނިކުމެގެން އައި މާލް ރޭޝަމްގެ ކަންފަތް ބުޑުގައި ސިއްރުން އަހާލިއެވެ. ސިހިފައި އަނގައިން ނުބުނެ މަޑުން ހުރުމަށް ރޭޝަމް މާލްއަށް އިޝާރާތްކޮށްލިއެވެ. އޭރުވެސް އިރުކޮޅެއް ކުރިން ގެއަށް ވަން މީހާ ސިޓިންގ ރޫމުގައި ހުއްޓެވެ. އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓު 7 އިންޗެވެ. ޖާނުން ވަރުގަދަ ހަށިގަނޑެއް ލިބިފައިވާއިރު އެމީހާގެ ބޮލުގެ އިސްތަށިގަނޑުވެސް ދިގުވެފައި އެހާ ވަރުގަދަކަމަށް ދައްކައެވެ. ސިއްރު ސިއްރުން އިސް އުފުލާލުމަށްފަހު އެމީހާއާ ދިމާލަށް ރޭޝަމް ބަލާލިއެވެ. އޭރުވެސް އެމީހާގެ ނަޒަރުވަނީ ރޭޝަމްއަށް ހުއްޓިފައެވެ. އެވަގުތު ޒާހިދު ކޮޓަރިން ނިކުމެގެން އަންނަނީއެވެ. ސިޓިންގ ރޫމުގައި ހުރި މީހާ ފެނުމާއެކު ޒާހިދުގެ ހިތުގެ ވިންދު އަވަސްވެގަތެވެ.
” ހޭއި ޒާއްޓޭ… ކިހާއިރެއް މިތާ ހުންނަތާ؟ ވަރަށް އުފާވެރި ޚަބަރެއް އެބަ އޮތް؟“ އެމީހާގެ އަޑު ބަރުވެފައި ހަރުކައްޓެވެ.
“ ބޮސް.. މިގަޑީގަ… އެނީތިންގ ޜޯންގް؟؟؟؟“ ޒާހިދު އަވަސް ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ. އަދި މާލް ގޮވައިގެން އެތަނުން ދިޔުމަށް ލޮލުން އިޝާރާތްކޮށްލިއެވެ. އަވަސް އަވަހަށް ރޭޝަމް މާލްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް އެ ފިރިހެން މީހާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ރޭޝަމްއަށެވެ. ޒާހިދުގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު ބޭރުވިޔަ ނުދީ އެތެރެއަށް ހިންދާލުމަށްފަހު ސޯފާގައި އިށީނެވެ.
” އަނެއްކާ ކޮން ވާހަކައެއް؟“ ޒާހިދު އަސްލަމްއަށް އިށީންނަން ތަން ދެއްކިއެވެ.
” މިންހާ ވީތަނެއް ޒާހިދަކަށް ނޭނގޭތަ؟“ އަސްލަމް ތޫނު ނަޒަރަކުން ޒާހިދަށް ބަލާލިއެވެ.
“ ޔެސް… އައި ޑޯންޓް ނޯ “ޒާހިދު ހަމަޖެހިލަމުން ވާހަކަދެއްކިއެވެ.
” އާރ ޔޫ ޝުއަރ؟؟ ހަމަ ޔަގީންތަ؟“ އަނެއްކާވެސް އަސްލަމް ކޮށްލީ ސުވާލެކެވެ. އާނއެކޭ ބުނުމުގެ ގޮތުން ޒާހިދު ބޯޖަހާލިއެވެ.
” ބަޓް އައި ނޯ ވެއަރ ޝީ އިޒް…“ ވައި އަޑަކުން އަސްލަމް ބުނެލިއެވެ. އެއާއެކު ޒާހިދުގެ ދެލޯ ބޮޑުވިއެވެ.
” ރިއަލީ؟ ކޮންތާކު؟ ..ކިހިނެއް އެނގުނީ؟“ އެއްފަހަރާ އެތައް ސުވާލުތަކެއް ޒާހިދުގެ ދުލުން ބޭރުވިއެވެ. ޒާހިދުގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތައް އަސްލަމް ވަރަށް ރަނގަޅަށް ފާހަނގަކުރިއެވެ.
” ބުނަން ރަނގަޅު ވާހަކައެއް …ޒާހިދަށް އޮތީ އެންމެ ގޮތެއް …މިގޭގަ އެއުޅޭ މަންޖެ ހައްދައިގެން ހަގީގަތް
ހޯދުން… އެހެން ނޫނީ…….“ އަސްލަމް ހިނިގަނޑެއް ޖަހާލިއެވެ.
“ އެހެން ނޫނީ…؟؟؟؟“ ޒާހިދު ފުރިތަމަ ފަހަރަށް އަސްލަމްދެކެ ޖެހިލުންވާންފެށިއެވެ.
” އެހެން ނޫނީ ދޯ…. މިންހާ ފެނިއްޖެއްޔާ އަހަރެމެންނަށް ނޯންނާނެ އެއްވެސް ބިރެއް… އޭނަ ނުފެނިއްޖެއްޔާ އެއްގޮތުން ނޫނީ އަނެއް ގޮތަކުން އެކަންތައް މަ ފޫބައްދާނަން.. ހިލާ ފަޅާއެރިޔަކަ ނުދޭނަން… އެކަމަކު އޭނަ ނުފެނިއްޖެއްޔާ މިގޭގަ އެއުޅޭ މަންޖެ ޒާހިދު ޖެހޭނީ އަހަރެންނަށް ވިއްކަން… އަޑުއިވިއްޖެތަ؟ ވިއްކަން ޖެހޭނީ…“ އަސްލަމްގެ ދެލޮލުން ފާޅުވަމުންދިޔައީ ރުޅިވެރިކަމެވެ. ޒާހިދަށް ހީވީ ދުނިޔެ ހަފަރާތުން އައިސް ޒާހިދު ފިއްތާލިހެންނެވެ.
“ ކީކޭ؟ އޭނަ ހައްދަންށޭ؟؟؟ ވިއްކާލަންށޭ؟؟؟ ކީކޭ ތިކިޔަނީ؟ ބަލަ ކިހިނެއް އިނގެނީ މިންހާ ސަލާމަތްކުރީ ރޭޝަމްކަމެއް؟؟ އަހަރެންނަކަށް ގަބޫލެއްނުކުރެވޭ…“ ޒާހިދުގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ.
” ސީސީ ޓީވީ ކެމެރާ…. ބަލަ މީހުން ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން، ފާޑުފާޑުގެ އެއްޗެހި ހަދަނީ ކޮންމެވެސް ބޭނުމަކުއޭ ބްރޯ ..ކެކެ… ޒާއްޓެ ހީކުރީ މަށަކީ މީ މޮޔައެއްކަމަށްތަ؟ ބަލަ މިފަދަ ބޮޑު ގޭންގެއް މަ މިހިންގަނީ ވަރަށް ރަނގަޅު ބުއްދިވެރި ސިކުނޑިއެއް ލިބިފަ ހުރީމައޭ…. އަހަރެން ބުނި ވާހަކައެއް ތިހަނދާންނައްތާލީ…. އަދި އެއްފަހަރު ހަނދާންކޮށްދީފާނަން… އަހަރެން ގޭންގުގަ އުޅޭ އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން….“ އަސްލަމް ވާހަކަދެއްކީ ސީދާ ޒާހިދުގެ ދެލޮލަށް ބަލަހައްތައިގެން ހުރެއެވެ.
” ވަޓް؟؟؟؟ ކެމެރާ؟؟؟؟ އަހަރެންގެ ކޮޓަރީގަ؟؟؟؟ ބޮސް އަހަރެންނަށް ޝައްކު ކުރަނީތަ؟؟؟؟ އައި ރިއަލީ ޑޯންޓް ނޯ އެނީތިންގ… ޓްރަސްޓް މީ…“ ޒާހިދުގެ މޫނުން ދާތިކި އޮހެރެންފެށިއެވެ.
“ ބަޓް ރޭޝަމްއަށް އިނގޭ މިންހާ ވީތަން… އެ މައުލޫމާތު އަހަރެންނާ ހަމައަށް ފޯރުކޮށްދޭނީ ޒާހިދު… އެގޮތަށް ކަންތައް
ނުވެއްޖެއްޔާ ވާނެގޮތް ޒާހިދަކަށް އަހަރެން ބުނެދޭންޖެހޭނެ ހެނެއް ހިއެއް ނުވޭ…“ އަސްލަމްގެ އަޑު ބާރުވިއެވެ. ޒާހިދަށް
ބުނާނެ އެއްޗެއް ނޭނގުނެވެ. ހުރިތަނުގައި ގަބުވެފައި އިނދެވުނީއެވެ. އަސްލަމް ހިނިގަނޑެއް ޖަހާލަމުން އެތަނުން ދިޔައެވެ.
ޒާހިދަށް ބޮލުގައި އަތް އަޅާލެވުނެވެ. މިއަދު ފުރަތަމަ ފަހަރަށް ޒާހިދަށް ގޮތް ހުސްވެއްޖެއެވެ. އެއް ފަރާތުގައި ޒާހިދު މިއަދު
އިންތިހާއަށް އެމީހަކުދެކެ ލޯބިވާ މީހާއެވެ. އަނެއްފަރާތުގައި އެމީހެއްގެ ބަހަށް ކިޔަމަން ނުވެއްޖެނަމަ ހިތްދަތި، އަނިޔާވެރިކަމާ
ކުރިމަތިލާންޖެހޭ ފަދަ ފަރާތެކެވެ.
“ އަހަރެން ކިހިނެއް ރޭޝަމްއަށް އޮޅުވާލައިގެން މިންހާގެ މައުލޫމާތު ހޯދާނީ… ރޭޝަމް ބޭނުމެއްނުވާނެ މިންހާއަށް ދެރަގޮތެއް ވާކަށް… އެކަމަކު އެގޮތަށް އެކަންތައް ނުވެއްޖެއްޔާ ރޭޝަމްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެންދާނެ…… އޭރުން އަހަރެންގެ ދިރިއުޅުންވެސް ނިމިގެންދާނެ….“ ޒާހިދުގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ބޮލުގަ ރިއްސަންފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލުމާއެކު އަވަސް އަވަހަށް ޒާހިދު ދެލޯ ފޮހެލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
59 Comments!
Comments are closed.



Thanx vvv nyc?
thanks yalun
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވާހަކަ ޕަބްލިޝް ކުރުން ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެން
Ok
Mi first dhw v salhi ??
hihihii
Dhn alhe Miadhu eh part plssssssss… Varaaah reethi.. And ekakah ves dhera gotheh nuhadhaathi…
mirey adhi eh part up vaane hen hyvany
Awesome. Love it.when is next part.
mirey
Vareh reethi.
thanks
Vara salhi
thanks
Wow starfish, haadha ryhchey mibaives.. Kurinbayahves comment kurin igey.. Ulhe ulhe balivifahun comment fonuvey goehvy.. Mee shann ge favorite story mihaaru mi site ga liyaa.. V v ves rythi mi story kuriah gendhaa goeh.. U r number one hama.. Luv u
thanks again 4 thi lovely comment shann
love u 2
Falhaa aruvaalanvee ea ee eahme rangalhu goh
hihihii
Next part avah up kohla dheeba …mi partves vvv reethi…
mirey up vaane
Wow…. amazing ?? whn nxt prt? ??? Waitingssss ❤❤???????
mirey
thanks juma
V nice inge. Baehfaharu heevey thankolheh kuruhenvx. Dhn vedhaane ehaa kiyaa hithun innaathy kamahvx. Ashi miadhu eh part up kihdheeba. Plssss??
mirey up vaane 18 vana bai
thanks zoya
wowoo..vrh reethi..starfish ge habareh bc nuve..anehkka hasanu kameh kuryba …
Starfish nidhaafa.
reyga starfish akah nuvadhevunu esfiya akah ehenve reply nukurevuni
Wooooowww ??????? v.interesting story eh
thanks xxxx
ވަރައް ރީތި
thanks
Varah reethi ❤ ? ? ehves meehakah dhera gotheh nahadhaa thi please
thanks
Varah varah reethi?????eh vx meehakah dhera gotheh nahadhahchey
thanks
Adhi stry nukiyan, hope that this part will also b nice as the other parts…Starfish is the best writer..LY
thanks mazu
hear is part 17 enjoy
V furihama v reethi story
thanks any
V salhi mi part ves. Next part kiyaa hithun huravenykieh noon. Keep it up starfish.
mihaaru up kuran jahssafin mirey hyvey thankoleh avahah up vaane hen
thanks nadha
mi vaahaka feshigen kiyan comment nukuriyas…..ekam miadhu mi story kiyaafa hama comment nukoh nuhurevuny…. ehaaves reethi story eh mee….varah ufaavey daily koh upload kohdheythee….. love you starfish
love u 2
thanks purplish
Nice
thanks rsh
Masha Allah…..alhey minhaa n Reysham ah dheragotheh nuhadhahchey….
hihhihihihi
thanks naaz
This is the best story now on esfiya.. Starfish hama molhy ey.. Avas kohdhehchay next part
mihaaru jahssafin up kuran hyvani haveer noony mirey up vaane hen
Thankxxx starfish.. Varah loves… Enme e best writer ge award dhey varuhama
masha allah… waiting..???
thanks
Miadhu adhi dhr part up kohdheeba plxx ?
Vaahaka varah reethi ❤️
konme dhuvahaku 2 part up kohdhe veyny buxy kamun
sry kitty
tanks
Ohh okeyy ..
25 may be
tanks
Wow! Wow! Wow! Super when next part
Keep it up
mihaaru inny up vefa