ފަތިހުގެ ފިނި ފިނި ވަގުތެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ކޮފީ ޖޯޑެއް ހިފައިގެން ހުރި އާލިޔާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް އޭނާގެ ކަޅުކަންގަދަ ދެލޯ ހުއްޓިފައި ވެއެވެ. ނިތްކުރިމަތިން ކޮށާލެވިފައިވާ އިސްތަށިތައް ވަޔާއިއެކު ސަމާސާ ކުރަމުން ދެއެވެ. އޭނާއަށް ޚިޔާލީ ދުނިޔެއިން ބޭރަށް އާދެވުނީ ‘ދޮންތާ’އޭ ކިޔާ ފަހަތުން މީހަކު ގޮވާލުމުންނެވެ. އާލިޔާ އެނބުރި ބަލައިލިއިރު އެއީ އޭނާގެ އެއްބަނޑު ކޮއްކޮ ޒޯޔާއެވެ. ”ނާސިފްބޭ ފުރީތަ؟” އާވި އަރައަރާ ހުރި ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން އާލިޔާ އަހާލިއެވެ. ”އާނ.. ފުރައިފި.. ބައްޕަ ބުނުއްވީ އަހަރެންނާ ދޮންތައާ ކޭމްޕްގަ ލަންޑަނަށް ގޮއްސަ ހުންނަންވާނީ ބައްޕަގެ ގޭގަޔޯ” ޒޯޔާ އައިސް ރެއިލިންގައި އަތްއަޅުވާލަމުން ބުންޏެވެ. ”އެހެންތަ..” މަޑު ހީލުމަކާއިއެކު އާލިޔާ ބުނެލިއެވެ. ”ދޮންތާ!..” ޒޯޔާ އާލިޔާއަށް ގޮވާލީ އޭނާ ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެނެވެ. އެވާހަކަ އަކީ ޔަގީނުންވެސް އާލިޔާގެ މޫޑު ޚަރާބު ކޮށްލާނެ ވާހަކައެއްކަން ޒޯޔާއަށް އެނގެއެވެ. އާލިޔާ ޒޯޔާއަށް ބަލާލާފައި ނިތްއަރުވާލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ. ” މީ… އަނެއް… މިއަދު އެއާޕޯޓުން ދިމާވި.. އަފްޒަލް ދޮންބެއާ” ޒޯޔާ މިހެން ބުނެފައި ލޮލުގެ ކުޑަކޮޅުން އާލިޔާއަށް ބަލާލިއެވެ. އާލިޔާގެ މޫނުމަތިން އެއްވެސް އަސަރެއް ޒޯޔާއަކަށް ނުފެނުނެވެ. ”ދޮންބެ ބުނީ ދޮންތައާ ވާހަކަ ދައްކާލަން މިއަދު ހަވީރު އަންނާނެ ވާހަކަ” ޒޯޔާ ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ”ޒޯޔާއަކަށް ނޭނގުނުތަ އެކަމާ ދެކޮޅު ހަދާކަށް.. ކޮންކަމެއް ބަދަލުވާނެ ކަމަށްތަ މިއަދު އަހަންނާ ވާހަކަ ދައްކަން އެެއުޅެނީ” އާލިޔާ އެހެން ބުނިއިރު އޭނާގެ އަޑުގައި ރިހުމެއް ވިއެވެ. ”އަހަރެން ބުނީމޭ ދޮންތަ ބޭނުމެއް ނުވާނެއޭ ދޮންބެއާ ވާހަކަ ދައްކާކަށް.. އެހެން ބުނީމަވެސް ދޮންބެ ހުރީ ދޮންބެގެ ގޮތުގަ.. ދޮންތައަށްވެސް އެނގެއެއްނު ދޮންބެއަކީ ދޮންބެ ބުނާ ބަހުގަ ހިފައްޓާ މީހެއްކަން” ކަންވީގޮތް ޒޯޔާ އޮޅުން ފިލުވައިދިނެވެ. ”އޯކޭ ދެން އެހެންވިއްޔާ.. ދޮންތަ މިދަނީ ހޮސްޕިޓަލަށް ދާން ފެންވަރަން..” އެންމެފަހުން އަފްޒަލްއާ ބައްދަލު ކުރަން ނިންމުމަށްފަހު އާލިޔާ ދިޔައީ ހޮސްޕިޓަލަށްދާން ތައްޔާރުވާށެވެ. އާލިޔާއަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެކެވެ. އާލިޔާ ފަދައިން ޒޯޔާއަކީވެސް ޑޮކްޓަރެކެވެ. ޒޯޔާއަކީ ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ.
ހޮސްޕިޓަލުން ނިމިގެން އާލިޔާމެނަށް ގެއަށް އާދެވުނުއިރު ހުރީ ހަތަރެއް ޖަހަން ކައިރިވެފައެވެ. މާދަމާ މެޑިކަލް ކޭމްޕަކަށް ލަންޑަނަށް ފުރަން ޖެހޭތީ މާ ބިޒީ ވީއެވެ. ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށްޓަކައި އާލިޔާ އައިސް ޖައްސާލީ ސިޓިންގް ރޫމް ސޯފާގައެވެ. ޒޯޔާ ދިޔައީ ފެންވަރާލާށެވެ. ސޯފާގައި ލޯމަރާލައިގެން އޮތް އާލިޔާއަށް ލޯހުޅުވާލެވުނީ މީހަކު ރަނގަބީލު ޖަހާލި އަޑަށެވެ. ކަންނެތްވެފައި ހުރެ އާލިޔާގޮސް ދޮޮރު ހުޅުވާލުމާއެކު އޭނާ ދިޔައީ ސިއްސައިގެނެވެ. ކުރިމަތީގައި ހުރީ އޭނާގެ ބޭބެ އަފްޒަލްއެވެ. އާލިޔާއަށް އަފްޒަލް އަންނަވާހަކަ ޒޯޔާ ބުނިކަން ހަނދާންވީވެސް އަފްޒަލް ފެނުމުންނެވެ. އަފްޒަލް އެތެރެއަށް ވަނުމުން އާލިޔާ ދޮރުލެއްޕިއިރު އޭނާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. އަފްޒަލް ދައްކަން އުޅެނީ ކޮން ވާހަކަ އެއް ކަމެއް އާލިޔާއަށް ލަފާ ކޮށްލަންވެސް ދައްޗެވެ. އާލިޔާ އައިސް އަފްޒަލްގެ ކަނާތް ފަރާތުގައިހުރި އެކަކަށް އިށީންދެވޭ ސޯފާ ގޮނޑީގައި އިށީންދެލިއެވެ. ”ހާލު ކިހިނެތްތަ އާލިޔާ؟” އަފްޒަލް އާލިޔާ އަށް ބަލާލަމުން އަހާލިއެވެ. ”ރަނގަޅު.. މަންމަމެން ކިހިނެތްތަ؟” ނާހަން އިނދެފައިވެސް އާލިޔާ އަހާލިއެވެ. ”މަމްމެން ރަނގަޅު،، ކޮބާ ޒޯޔާ؟” ޒޯޔާ ފެންނަން ނެތުމުން އަފްޒަލް އަހާލިއެވެ. ”ފެންވަރަނީ” އާލިޔާ ޖަވާބު ދިނެވެ. ”އާލިޔާ ދިރިއުޅުމެއް ފަށާކަށް ގަސްތެއް ނުކުރަންތަ؟،،، ދޮންބެ މި ބުނީ މީހަކާ އިންނަނީ ކޮންއިރަކުންހޭ،،” އަފްޒަލް ބުނި ވާހަކައިން އާލިޔާ ލައިލައި ހުރި ނޭވާވެސް ތާށިވިކަހަލައެވެ. ”ދޮންބެއަށް އަހަރެންގެ ހާލަތު އެނގޭނަމަ މިއަދު ތިހެން ނުބުނާނެކަން ޔަގީން.. އެދުވަހު އަހަރެން ހީކުރީ އެންމެ ކުޑަމިނުން ދޮންބެ އަހަރެންގެ ވާހަކަ އަޑުއަހަން މަޑުކުރާނެ ކަމަށް.. ދޮންބެ ތިއައީ ކައިވެނީގެ ވާހަކަ ދައްކަން ކަމަށްވާނަމަ އަހަރެން ބޭނުމެއްނޫން ދޮންބެއާ ވާހަކަ ދައްކާކަށް..” އާލިޔާ މިހެން ބުނިއިރު އޭނާގެ ދެލޮލަށް ވަނީ ކަރުނަތަށް ޖަމާވެފައެވެ، ލޯބިވާ ކޮއްކޮގެ ލޮލުން ކަރުނަ އަންނ ތަން ފެނި އަފްޒަލް ގޮސް އާލިޔާގެ ދެކޮނޑުގައި ހިފައްޓާލުމަށްފަހު އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ”ދޮންބެ މިހިރީ އަޑުއަހަން.. އެދުވަހު ކިޔާދޭން އުޅުނު ވާހަކަތައް ކިޔާދީބަލަ..” ”ދޮންބެ މޮޔަވީތަ؟ އެ ވާހަކަތައް ކިޔާދީގެން ދޮންބެއަށް މިއަދު އެއްކަމެއްވެސް ނުކުރެވޭނެ.. އެދުވަސް ހަނދާން ވާ ކޮންމެ ފަހަރަކު ރޮވޭ.. އެދުވަހު…” އަފްޒަލްގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ކުރިއަށް ގެންދިޔަ އާލިޔާއަށް އެންމެފަހުން އަރުބެދިގެން ވާހަކަވެސް ނުދެއްކުނެވެ. އަފްޒަލްގެ އަތް ފޮޅުވާލާފައި އާލިޔާ ދުވެފައިގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޒޯޔާ އޭނާގެ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އަފްޒަލް އާއި އާލިޔާގެ ދެމެދުގައި ދެކެވުނު ވާހަކަތައް އޭނާއަށް އަޑުއިވުނެވެ. ޒޯޔާ އަފްޒަލް ގާތަށް ދިއުމަށް ހިނގައިގެން ވަގުތު އަފްޒަލް ގޮސް އެގެއިން ނިކުތެވެ. އާލިޔާގެ ކޮޓަރިއާ ދިމާ ބަލާލުމަށްފަހު ޒޯޔާގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ،
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.

feshun vrh reethi… kuriah huri bai thah vc reethi vaane kamah hope kuran .
Mee hurihaa story akunves first hoadhaa kuhjaa dhw.. Hehe
unaal mi storyn vx first tha?
Alhey Haadha kurey.. anyway mi story ge feshun varah reethi. kuriah huribaithah ves varah interested vaane kamah ummeedhu kuran..
Nice??….thankolheh dhigukohladhy ❤
Thank u hurihaa kudhin vx… ?.. As u said dhevana bai dhigu kohladheynan.. So pls keep reading this story.. ?
first baa v reeethi kohn dhuvas thakaku vaahaka genesdheni
Furathama part v reethi dhen oii part ves reethi vaane kamah heekuran..
Keep it up ❤
insha allah konmedhuvahaku vx up kohdheynan..
Keep up the good work darl.
Waiting for the next part ?✨
Thanks eeman???
emanuel….its great that my cute cute one and only friend has finally given colour to her dreamxx….wishing u all the best and keep it up always…i will be with u always insha allah
V shalhi thankoleh dhigukon liyelaa
V v reethi jumlakon keepit up waiting for part 2
Thanks eimyy baraboa ??
mintyyy luvlyy… thnk uuu n i miss u sooooo much… keep reading it sissyyy..
Vrh interesting feshumeh.