ގެއްލިދިޔަ ހަޔާތް…..8
”ހަލޯ… ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “އާދޭ ހޮސްޕިޓަލަށް..“ މިންހާ ފޯނު ކަނޑާލުމާއެކު ރޭޝަމް ގެއިން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ރޭގަނޑުގެ ވަގުތުކަމުން މަގުމަތި ވަރަށް ބާރުބޮޑުވެފަ ޕާޓޭންވެސް ގިނައެވެ. ބާރު ހިނގުމެއްގައި ގޮސް ރޭޝަމް ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. މިންހާ ހުރި ވޯޑާ ހަމައަށް ދެވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެވޯޑުގެ ބޭރުގައި، ފާރުގައި ލެނގިލައިގެން ހުރެ ރޮމުން އެދަނީ މިންހާ ނޫން ދެވަނަ މީހެއް ނޫނެވެ. ބޭއިޚްތިޔާރުގައި ރޭޝަމްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. “ކިހިނެއްވީ ތި ރޮނީ؟؟ ބުނެބަލަ… ކަމެއް ވީތަ؟؟ ބައްޕަ ކޮބާ؟؟؟“ އެއްފަހަރާ އެތައް ސުވާލުތަކެއް ރޭޝަމްގެ ދުލުން ބޭރުވިއެވެ. ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި މިންހާއަށް ގިސްލެވެމުންދިޔައެވެ. ރޭޝަމްގެ ދެލޯ ވެސް ފެންކަޅިވިއެވެ. ކިތަންމެ ހަމްދަރުދީވިޔަކަސް ރޯކަށެއް ރޭޝަމް ބޭނުމެއްނޫނެވެ. މިވަގުތު މިންހާއަށް ރޭޝަމްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އޯގާތެރިކަމާއެކު މިންހާގެ ބޮލުގައި ރޭޝަމް ފިރުމާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި މިންހާގެ ލޮލުން ވޭނީ ކަރުނަ އޮހެރެމުންދިޔައެވެ. މިންހާ ހަމައަކަށް އެޅުވޭތޯ ރޭޝަމް މަސައްކަތް ކުރަމުންދިޔައެވެ.
ކުއްލިއަކަށް މިންހާ ދުއްވައިގަތެވެ. ސިއްސައިގެން ގޮސްފައި މިންހާއާ ދިމާލަށް ރޭޝަމްއަށް ބަލާލެވުނެވެ. މިންހާ ދުވެފައި ގޮސް ހުއްޓުނީ ފުރޮޅުލީ އެނދެއްގެ ކައިރިއަށެވެ. ކައިރީގައި ދެތިން ނަރުހަކާ އިތުރު ދެ ފިރިހެނަކު ތިއްބެވެ. “އަހަރެން އެކަނިކޮށްފަ ނުދޭ… އަހަންނަށް މައާފު ކުރޭ..“ ގިސްލެވޭ ހާލުގައި މިންހާ މޮޔައަކު ފަދައިން ހަޅޭއްލަވަމުންދިޔައެވެ. ވާނުވާ ނޭނގިފައި ރޭޝަމްއަށް ފެންކަޅިވެފައި ހުރެވުނެވެ.
ނަރުހުންނާ ދެން ތިބި ދެމީހުން އަވަސްވެގަތީ އެ އެނދު އެތަނުން ގެންދިޔުމަށެވެ. ރޭޝަމްއާ އަރާ ހަމަވުމުން ރޭޝަމްއަށް ފުން ނޭވާއެއް ބޭރުކޮށްލަމުން އެނދުގައި އޮތް މީހާއަށް ބަލާލެވުނެވެ. މޫނުގައި ފޮތިގަނޑެއް އަޅާފައި އޮތް ނަމަވެސް އެއީ ކާކުކަން ރޭޝަމްއަށް އެނގުނެވެ. ކުއްލިއަކަށް އެފޮތިގަނޑު ނަގާ ދުރަށް އެއްލާލަމުން މިންހާ އޭނަގެ ބައްޕަގެ ފުރާނަނެތް މަސްގަނޑުގައި ބާރަށް އޮޅުލައިގަތެވެ. ދޫކޮށްނުދާށޭ ބުނެ އާދޭސްކުރާ ފަދަ ގޮތަކަށެވެ. ނަރުހުން މިންހާ ދުރުކުރުވަން މަސައްކަތް ކުރަމުންދިޔައެވެ. ރޭޝަމް ދުވެފައި ގޮސް މިންހާގެ ގައިގައި ހިފަހެއްޓިއެވެ. މިންހާ ގިސްލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ. އެދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެމުން ދިޔައެވެ. ރޭޝަމް މިންހާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ. “ކޮންމެ މީހަކީވެސް ފަނާވެ ނެތިގެންދާން މީހެއް.. ހިތްވަރުކުރޭ މިންހާ…“ މިންހާ ހަމައަކަށް އެޅުވޭތޯ ރޭޝަމް މަސައްކަތްކުރަމުންދިޔައެވެ. އެހެނަސް ޚުދު ރޭޝަމްގެ ހިތްވެސް ދިޔައީ ރޮމުންނެވެ. ތިމާގެ ގާތް މީހަކު މިދުނިޔެއިން ނިމިދިޔުމުން ކުރާނެ އަސަރު ގަލަމުން ބަޔާންކޮށްދޭން ދައްޗެވެ. އެއީ ހިތް މަރުވާކަހަލަ ހިތްދަތި ވޭނެކެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ރޭޝަމްގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. މިންހާއަށް އެހީވާން ރޭޝަމް ނުހަނު ބޭނުންވެފަ ހުއްޓާ އެފަދަ ހިތާމައެއް ކުރިމަތިވުމުން ރޭޝަމްގެ ދެލޮލުންވެސް މާޔޫސްކަމުގެ އަސަރު ފާޅުވަމުންދިޔައެވެ.
ކަށުކަމާކެމީގެ ކަންތަކާ ވަޅުލުމުގެ ހުރިހާ ކަމެއްވެސް ނިމެންދެން ރޭޝަމް މިންހާ ކައިރީގައި ހުއްޓެވެ. “ހިނގާ ގެއަށް ދާން… ކިހާ ހިސާބަކު މިންހާ އުޅެނީ؟“ ރޭޝަމް ހުރީ ވަރުބަލިވެފައެވެ. “އަހަރެން ހިނގައިދާނަން އެކަނި.. ރޭޝަމް ދޭ ދެން ގެއަށް.. އަހަންނާ ހެދި ވަރަށް އުނދަގުވެއްޖެ ދޯ“ މިންހާގެ އަޑުވަނީ ހިތާމައިން ފޯވެފައެވެ. “ނޫން.. މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އަހަރެންނަށް ލިބޭ އުފަލެއް…“ ރޭޝަމް ހިނިތުންވެލިއެވެ.
” ރޭގަނޑު ހަތަރުދަމު ކޮންތާކު އުޅެފަތަ ތިއައީ؟ ނިކަން ބަލާބަލަ މީނަގެ ހުރި ގޮތްކުޑަކަން!“ ލީޒާގެ އަޑު ގަދަވެގެންދިޔައެވެ. ރޭޝަމްއަށް ބިރުންގޮސް އިސްދަށަށް ޖަހާލެވުނެވެ. “ތެދެއް… ކޮންތާކު އުޅެފަ ތިއައީ؟ ނުކިޔަވަންޏާ މިގޭގަ އުޅޭނެ ކަމެއް ނެތް“ ލަތީފް ހުރީ ހިތްހަމަނުޖެހިފައެވެ. އެވަގުތު އާމިރާ ކޮޓަރިން ނިކުންނަނީއެވެ. ރޭޝަމް ފެނުމުން އާމިރާގެ މޫނުމަތިންވެސް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. “އަޅުގަނޑުގެ ރައްޓިއްސަކަށް ކަމެއް ދިމާވެގެން އެތާގަ އުޅެފަ އައިމަ ލަސްވީ.. އަޅުގަނޑަށް މައާފު ކުރޭ“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ލަތީފް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރޭޝަމް މަޑުމަޑުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލުމާއެކު ވާތް ފަރާތަށް ރޭޝަމްއަށް ބަލާލެވުނެވެ. އޭރު ޒާހިދު އޭނަގެ ކޮޓަރީގެ ދޮރުމަތީގައި ރޭޝަމްއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ވީ ފޫހިން ރޭޝަމް އަވަހަށް ކޮޓަރިއަށް ވަނެވެ.
ކަންތައް ވަމުންދާ ގޮތް މަންމައަށް އެނގިދާނެކަމުގެ ބިރު ރޭޝަމްއަށް ހީވާންފެށިއެވެ. އެއީ ރޭޝަމް އެދޭ ގޮތެއް ނޫނެވެ. އެނގި އެނގި ހުރެ އެފަދަ ލާއިންސާނީ އަމްލަތަކެއްގެ ޝިކާރައަކަށް ވުމަށް އެތައް ކުދިންނެއް ދޫކޮށްލާފައި، ރަށަށް ދާކަށް ރޭޝަމް ބޭނުމެއް ނޫނެވެ. އެއާ ޚިލާފަށް ރޭޝަމް ބޭނުންވަނީ ރަތް ކުލައިގެ ފައިލުގެ ހަގީގަތް ހޯދާށެވެ. “މިންހާގެ ފަރާތުން މިކަމުގަ އެހީއެއް ލިބިދާނެ ކަންނޭނގެ.. “ރޭޝަމް ވަގުތުން މިންހާއަށް ގުޅާލިއެވެ.
“ ކީއްވެ މިހާ ސިއްރުން ތި ބައްދަލުކުރީ؟ އަނެއްކާ ޒާހިދުމެން ކަމެއް ކުރީތަ؟“ މިންހާގެ އަޑުގައި ހާސްކަމެއް އެކުލެވިފައިވިއެވެ. “ނޭނގެ… އުހުނ!! މި ބުނީ ޔަގީނެއް ނޫނޭ.. އެކަމަކު އަހަރެންނަށް ޝައްކު ވަރަށް ބޮޑު ކަންތައްގަނޑެއް އެބަ ހިނގާކަން..“ ރޭޝަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަނެއްކާ ކޮން ކަމެއް؟؟؟ ރޭޝަމް ކީކޭ ތިކިޔަނީ؟“ މިންހާ ސުވާލުގެ ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ. “ވާ ނުވާއެއް ނޭނގި އަންހެންކުދިންތައް ގެއްލެމުން އެބަ ދޭނު މިހާރަކަށް އައިސް… އަހަރެންނަށް ހީވަނީ އެކަމުގެ ޒާހިދުގެ އަތެއް ވާހެން“ ރޭޝަމް ހިތުގައިވާ އެއްޗެއް ބޭރުކޮށްލިއެވެ. “މޮޔަވީތަ؟؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ އެމީހޫންނަކީ ހަމައެކަނި ޑުރަގުވިއްކާ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބައެއްނު… އެހެން ނޫނަސް އެހާ ގިނަ ކުދިން ހައްޔަރުކޮށްގެން ވަކި ކޮންތާކު އެމީހުން ގެންގުޅޭނީ؟ ތީ ރޭޝަމްއަށް ކުރެވޭ ކުށް ހީއެއް ކަންނޭނގެ“ މިންހާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ.
” ހަމަ ހުރެފައެއް އަހަރެންނެއްވެސް ނުދައްކާނަން ދޯ މިވާހަކައެއް…. އެކޮޓަރިތެރޭގައި އޮތް ފައިލެއްގެ ތެރޭގައިވެސް ލިޔެފަ އޮތޭ 17 ޑެޑް، 9 ރިމެއިނިންގ އޭ……. ވިސްނާލަބަ… ކަމެއް އެބަ ހިނގައޭ… ފޮޓޯތަކެއްވެސް ހުއްޓޭ “ރޭޝަމް މިންހާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. “މިންހާ އަޅެ ހަނދާންކޮށްބަލަ… އެމީހުން އެކޮޓަރިތެރޭގައި މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކިތަ؟؟؟ “ރޭޝަމް މިންހާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ސިއްސައިގެން ގޮސްފައި މިންހާ ރޭޝަމްއަށް ބަލާލިއެވެ. އަދި އާނއެކޭ ބުނާކަހަލަ ގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ. “އާނ… ހަނދާންވެއްޖެ… ކޮންމެވެސް ރަށަކަށް އަހަރެން ގެންދާ ވާހަކަ ދެއްކި އެމީހުން.. އޭރުން އަހަރެންގެ އަނގަވެސް ބަންދުވާނެޔޯ…“ މިންހާ ވައި އަޑަކުން ބުންޏެވެ. “ރަށެކޭ؟؟؟“ ރޭޝަމްގެ ހިތުގައި އިތުރު ސުވާލުތަކެއް އުތުރިއަރައިގަތެވެ.
ރޭޝަމް ވަރަށް ގިނަ ގޮތް ގޮތުން ވިސްނުމަށްފަހު އެންމެފަހުން ޒާހިދަށް ފާރަލުމަށް ނިންމިއެވެ. ހަގީގަތާ ހަމައަށް ވާސިލްވެވޭނެ އިތުރު މަގެއް ނެތީމައެވެ.
ރޭގަނޑުގެ ވަގުތެވެ. އެންމެން ކަހަލަ ގޮތަކަށް ކައި ނިމިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ރޭޝަމް ފެން ބޯންވެގެން ބަދިގެއަށް ދިޔައެވެ. އެވަގުތު ޒާހިދު ބަދިގެއިން ނިކުމެގެން ކޮޓަރިއާ ދިމާލަށް ދަނީއެވެ. ދަމުން ރޭޝަމްއާ ދިމާލަށް ވައްކަޅިން ބަލާލިއެވެ. ނުފެންނަ ކަމަށް ހަދާފައި ރޭޝަމް އަވަސް އަވަހަށް ބަދިގެއަށް ވަނެވެ. ކުއްލިއަކަށް ފޯނެއް ރިންގުވާންފެށިއެވެ. ސިހިފައި ރޭޝަމް ވަށައިގެން ބަލާލިއެވެ. އެވަގުތު ކާމޭޒު މަތީގައި އޮތް ފޯނެއް ރޭޝަމްގެ ލޮލުގައި އަޅައިގަތެވެ .އެއި ޒާހިދުގެ ފޯނެވެ. ފުރުސަތުގެ ބޭނުން ހިފާ، ރޭޝަމް އަވަސް އަވަހަށް ފޯނު ނެގިއެވެ. “މިންހާ އުޅޭ ގެ އެނގިއްޖެ.. 15 ވަރަކަށް މިނިޓް ތެރޭގައި އޮލިމްޕަސް ކައިރިއަށް ޖައްސާލަބަ“ އެއާއެކު ފޯނު ކެނޑުނެވެ. ރޭޝަމްގެ ދެފައި ގަނޑުވިކަހަލައެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ކުއްލިއަކަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. އަވަސް އަވަހަށް ފޯނު މޭޒުމަތިގައި ބާއްވާފައި ރޭޝަމް ބަދިގެއިން ނިކުތެވެ. ރޭޝަމް ނިކުތްލެއް ބާރުކަމުން ގޮސް ޖެހުނީ ކުރިމަތިން އައި ޒާހިދުގެ ގައިގައެވެ. ޒާހިދު ވިސްނުންތެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމް ބަލާވެސް ނުލާ ގޮސް ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެ ފުރަތަމަވެސް ރޭޝަމް ނެގީ ފޯނެވެ. “މިންހާ… ޕްލީޒް އަވަހަށް ގެއިން ނިކުމެގެން ދޭ އެހެން ތާކަށް.. ޒާހިދުމެން މިންހާއަށް ފާރަލާ އެބަ… އަހަރެންވެސް އެބަ ދަން“ ރޭޝަމް އަވަސް އަވަހަށް މިންހާމެން ގެއާ ދިމާލަށް ދުއްވައިގަތެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. މިންހާ ކަމަށް ހިތާ ބަލާވެސް ނުލާ ރޭޝަމް ފޯނު ނެގިއެވެ. “ހަލޯ.. ދަރިފުޅާ، މަންމަ މޫސަބެ އަތަށް ދީފަ ލާރިކޮޅެއް ފޮނުވީމޭ… މިރޭ ލަފާނެ މާލެއަށް މިރަށު ދޯންޏެއް، ފަތިހު މިކޮޅަށް ފުރާނެ.. ފުރުމުގެ ކުރިން މޫސަބެ ދާނެ ތިގެއަށް…“ އެކޮޅުން ވާހަކަދެއްކީ ނަރީމާއެވެ. ވަގުތުގެ ގޮތުން އަނގައިންވެސް ނުބުނެ ރޭޝަމް ފޯނުގެ ކަނޑާލިއެވެ.
މަޖީދީ މަގަށް ނިކުމެވުނުއިރު ރޭޝަމްއަށް މާނޭވާލެވެމުންދިޔައެވެ. މަގު ހުރަސް ކުރުމަށްޓަކާ އަވަސް އަވަހަށް ރޭޝަމް މަގުގެ ދެފަރާތަށް ބަލާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއް ކުރިއަށް އަޅަންފެށިއެވެ. ކުއްލިއަކަށް ބާރު ސްޕީޑެއްގައި އައި ސައިކަލެއް ރޭޝަމް ކައިރިއަށް ހުއްޓުނެވެ. އެސައިކަލުގައި ރޭޝަމް ނުޖެހުނީ ހަމަ ކިރިޔާއެވެ. ސައިކަލު ދުއްވަން އިން މީހާ ހުޝިޔާރީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބިރުންގޮސް ރޭޝަމްގެ މޭގަ ނޑު ހީވީ އަތަށް އައިހެންނެވެ. ސިހިފައި އެ ސައިކަލުގައި އިން މީހާއާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. އެއީ މިންހާގެ ކޯލެކެވެ. އެއްފަހަރު ފޯނަށް ބެލުނިއްޔާ އަނެއް ހަފަހަރު ސައިކަލުގައި އިން މީހާގެ މޫނަށް ރޭޝަމްއަށް ހާސްވެފައިހުރެ ބެލެމުން ދިޔައެވެ.
ރޭޝަމްއަށް ހުރެވުނީ މަގުގެ މެދުގައިކަން އިހުސާސްވީ ފޯނު ކެނޑުނީމައެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ރޭޝަމް އަވަސް އަވަހަށް މަގު ހުރަސްކުރުމަށްފަހު، މިންހާމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ރޭޝަމްގެ މޫނުމަތިން ފެނުނު ނުތަނަވަސްވެރިކަމާ ބިރުވެރިކަމުގެ އަސަރު ޒާހިދަށް ފާހަނގަވިއެވެ. އެގަޑީގަ ރޭޝަމް ބޭރުގަ އުޅުމުން ޒާހިދުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ޒާހިދަށް އޮލިމްޕަހާ ހަމައަށް ދެވުނުއިރު އެންމެންވެސް ޒާހިދުގެ އިންތިޒާރުގައި ތިއްބެވެ.
”ހަލޯ…ކިހާ ހިސާބަކު؟؟“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “މިއުޅެނީ ރައްޓިއްސެއްގެ ގޭގައި، ވެގެން އުޅޭ ގޮތެއް ސާފުކޮށްބުނެބަލަ.. އަހަރެން ވަރަށް ހާސްވޭ އެބަ“ މިންހާ އަވަސް ރާގެއްގައި އަހާލިއެވެ.“ އެހެންވެއްޖެއްޔާ ވަރަށް އަވަހަށް އާދެބަ މަސް މާރުކޭޓު ކައިރިއަށް، ބަނދަރު މައްޗަށް…“ ރޭޝަމް އަވަސް އަވަހަށް ޓެކްސީއަކަށް އެރިއެވެ .
ބަނދަރު މައްޗަށް ދެވުމާއެކު ފޯނު ނަގާ ރޭޝަމް މިންހާއަށް ގުޅާލިއެވެ. ހިތުގެ ތެޅުން އަވަސްވުމާއެކު އެހިތް ވަގުތު ކުޑަތަންވަމުންދާކަމުގެ އިންޒާރު ދެމުންދިޔަ ކަހަލައެވެ.
ތަކުރާރުކޮށް މިންހާގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ. “އަނެއްކާ މިންހާއަށް ކަމެއް ވީބާ؟“(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



maakurin myni up vefa..part 8 enjoy..
Nice
tanks
tanks
Haadha kuruko vara salhi and part thankolhe avaha up koddyba
mirey up kohdeenan..
Wow, v rythi mibaives, ehen story thakaa v v v thafaathu story eh mee, n v v ves rythi story mee, kiyamun dhaairu hyvany manzaruthah aslahves fennahen, sifa kohdhinun v ves rythi, Masha Allah
tanks shann
Hama v obi gud luck?????????????????????
thanks shai
vrh reethi.. nxt part avahah up kohdhyba plc ..
zahidh ah minhaa fenihjjihya vrh dhera.. dhn vaany kihineiyy baa ?
curious to know ..hope everything will be alright
ya dhw..
tanks
Vvvv salhi mi part vx….
tanks meee
me v reethi vaahaka eh..
tanks
miadhu hedunu duty ga inyma adhi kiyaalan vaguthu mi libuni..mi baa vx v reethi
ooh
tanks black
mibaa haadha kurey ehen part thaka hilaafah
ooh sory
next part dhigu kohdheveytho balaanan
zahidhah bodu ladeh dhyfa vaahaka ninmaalan vaany
hihihihii
cuty pie haadha zahidh dheke ruriaadhe ey dhw
v nice
tanks white
How prts in this stry
17 or 18 parts hen hyvany inaany
next part ge intixaruga
mirey up vaane.
gaygadakah kihaa iraku mirey vaahaka up kurani. kiyaa hithun key madhu vegen.
7 ga hyvani up vane hen
mi vaahaka gai ehvx romentic kameh naadhe. ekam catogory gai in loabi adhi hithaama. ekyhve?
adhi ahnaane ebaa tha kuriah huri bai thakuga..
alah mi comment mi kurani mi vaahaka ah. aslu v reethi mi vaahaka
tanks beauty
V Reethi waiting for next…
tanks