Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގެއްލިދިޔަ ހަޔާތް…..7

cheesemoosa Level 210 Stories100 Comments
December 15, 2017 5 Mins Read
39 Comments

ރޭޝަމް ދާން އުޅޭ ތަން ޒާހިދަށް އެނގޭކަށް ރޭޝަމް އެއްވެސް ހާލެއްގަ ބޭނުމެއްނުވެއެވެ. އެގޮތަށް ވެއްޖެއްޔާ އެއީ ރޭޝަމްއަށް އަދި މިންހާއަށްވެސް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީއެވެ.

5 މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ. އިރުއިރުކޮޅާ ރޭޝަމްއަށް ފޯނުގެ ގަޑިއަށް ބެލެމުންދިޔައެވެ. ޒާހިދު އަދިވެސް އިނީ ފިހާރައިގެ ބޭރުގައެވެ. ރޭޝަމްގެ އަތް ފައި ފިނިވަމުންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ސިހިފައި ރޭޝަމް ފޯނަށް ބަލާލިއެވެ. ފޯނަށް ގުޅަމުންދިޔައީ މިންހާއެވެ. އަވަސް ނަޒަރަކުން ރޭޝަމް ބޭރަށް ބަލާލިއެވެ. މިފަހަރު ޒާހިދެއް ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެހުރެއެވެ. ފިހާރައިގެ ދޮރާ ތަންކޮޅެއް ގާތް ވެލަމުން ރޭޝަމް ބޭރަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ޒާހިދު ފެނުމުން ރޭޝަމްއަށް ސިހިފައި ފަހަތަށް ޖެހެވުނެވެ. ޒާހިދު އިނީ ކޮންމެވެސް މީހަކާ ވާހަކަދައްކާށެވެ. ނަސީބު ދިމާކުރިގޮތުން ޒާހިދު އިނީ ފިހާރައިގެ ދޮރާ ދިމާލަށް ފުރަގަސްދީގެންނެވެ. ފުރުސަތުގެ ބޭނުންހިފާ، ރޭޝަމް އަވަސް އަވަހަށް ފިހާރައިން ނިކުތެވެ. އަދި ޖެހިގެން އޮތް ގޯޅިގަނޑުތެރެއަށް ދުއްވައިގަތެވެ .

އައ.ޖީ.އެމް.އެޗާ ހަމައަށް ދެވުނުއިރު ރޭޝަމްއަށް މާނޭވާ ލެވެމުންދިޔައެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. “ހަލޯ.. މިންހާ ކޮންތާކު؟ އެތާނގަ އަހަރެން މިހިރީ“ ގަނެފައިވާ ބިރެއްގެ ސަބަބުން ރޭޝަމްއަށް ވާހަކަދެއްކުނީ ވަރަށް ވެސް އުނދަގުލުންނެވެ. “އާދެބަ އެތެރެއަށް ވަދެގެން މުސްކުޅި، ބަލި މީހުން ބާއްވާ ވޯޑަށް“ މިންހާގެ އަޑުގައި މަޔޫސްކަމެއް އެކުލެވިފައިވިއެވެ.

ރޭޝަމް ލަސްކުރުމެއްނެތި އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. އެތާގެ މަސައްކަތު މީހުން ކައިރީ އަހައިގެން ވަރަށް ވަރުން ރޭޝަމް މިންހާ ބުނި ވޯޑަށް ގޮސް ވަނެވެ. އެއާއެކު ރޭޝަމްގެ ހިތަށް އުނދަގުވާންފެށިއެވެ. މުސްކުޅި އުމުރުފުރައިގެ ބަލި މީހުންތައް ފެނުމުން ރޭޝަމް މަންމަ މަތިން ހަނދާންވިއެވެ. މަންމަ މުސްކުޅިވީ ދުވަހު އެކަނިކޮށްލާފަ މާލެ އައިސް އުޅެން ޖެހުމުން ރޭޝަމްގެ ހިތަށް ތަދުވިއެވެ. ވަށައިގެން މާޔޫސްކަމާއެކު ރޭޝަމްއަށް ބަލާލެވުނެވެ.

ކުއްލިއަކަށް މީހަކު ރޭޝަމްގެ އަތުގައި ހިފާ ދަމައިގަތެވެ. އަދި އެވޯޑުގެ ދެވަނަ އެނދު ކައިރިއަށް ރޭޝަމް ގެންގޮސް ވަށައިގެން ފޮތިގަނޑު ދަމާލިއެވެ. “ސިއްސައިގެންނޭ ދިޔައީ…މިންހާ ކީއްވެ މިތަނަށް ތިގެނައީ؟“ ރޭޝަމް މިންހާގެ މޫނަށް ބަލާލިއެވެ. އެދެލޮލުން ފާޅުވަމުން ދިޔައީ ވޭނާއި ހިތްދަތިކަމެވެ. އެ މައުސޫމު ހިތް އެތައް އަނިޔާތަކެއް ތަހައްމަލު ކުރަމުންދާ ކަހަލައެވެ. “އަހަރެންނަށް ބައްދަލުކުރަން އެހެން ތަނަކަށް ދެވެން ނެތީމަ މިތަނަށް ރޭޝަމް މިގެނައީ… ރޭޝަމް ކުރަން ބޭނުން ސުވާލެއް އޮތިއްޔާ އަވަހަށް ކުރޭ..“ މިންހާ މަޑުމަޑުން ވާހަކަދެއްކިއެވެ. “އަހަރެން ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް … މިންހާ އެކޮޓަރިއަށް ވަންނަން ޖެހުނު ސަބަބެއް ބުނެދީފާނަންތަ؟“ ރޭޝަމް ހުރީ މިންހާގެ ޖަވާބަކަށް ކެތްމަދުވެފައެވެ.

މިންހާ މޮޅިވެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ.އަދި އެނދުގައި އޮތް މުސްކުޅި ފިރިހެންމީހާގެ އަތުގައި ހިފާލިއެވެ. އެމީހާ އޮތީ ނިދިފައެވެ. “އަހަރެންނަށް މަޖުބޫރުވީ އެކޮޓަރިއަށް ވަންނަން..“ މިންހާގެ އަޑު ބެދުނެވެ. އެދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. ރޭޝަމް މިންހާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. މިންހާ ގިސްލަމުން ކަރުނަތައް ފޮހެލިއެވެ.

”އަހަރެންނާ އަހަރެންގެ ބައްޕަ އުޅެމުން އައީ ވަރަށް އާދައިގެ، ދަތި ދިރިއުޅުމެއް.. އެކަމަކު ލާރި އޮހޭ ގެތަކަށްވުރެ މާ ލޯބި، މާ ގިނަ އުފާތައް އަހަރުމެންގެ ގޭތެރޭގައިވި… އެއީ އަހަރެންގެ ބައްޕަ އަހަރެންނަށްޓަކާ ވަމުންދިޔަ ޤުރުބާނީ.. މަންމަ ނިޔާވުމަށްފަހު ބައްޕަ އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ.. އެހެނަސް އަހަރުމެންގެ އެއުފާވެރި،ކުޑަ ކުޑަ ދުނިޔެއަށް ކަޅުފޮއި ރެއެއްގެ ހިޔަނި އެޅުނީ ނުވެސް އެނގި ތިއްބާ… އެއީ ވަރަށް ވިއްސާރަ ރެއެއް… ބައްޕަ މަސައްކަތް ނިންމާފަ ގެއަށް އައި މަގުމަތީގަ ހިނގި އެކްސިޑެންޓެއްގައި ބައްޕަގެ އެއްފައި ބުރިވީ… އަދި ބައްޕަގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ… ޑޮކްޓަރު ބުނީ ބައްޕަގެ އޮޕަރޭޝަނަށް ލައްކައެއްހާ ރުފިޔާ ބޭނުންވެޔޭ… އެދުވަހު އަހަރެންނަށް އިންތިހާއަށް އަހަރެންގެ ނިކަމެތިކަމާ ބަދުނަސީބުކަން އިހުސާސްވި… އަހަރެންނަށްޓަކާ ޖާނާއި މާލުން ގުރުބާންވަމުން އައި ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އަހަރެން ނުކުޅެދިގެންވި… ލޮލުން ކަރުނަ އޮހެރޭ ހާލު އަހަރެން ލާރި ހޯދަން މަސައްކަތްކުރިން… އަހަރެން ސަރުކާރުންވެސް އެހީއަށް އެދުނިން… އެކަމަކު އަހަންނަކަށް ނުލިބުނު އެއްބާރުލުމެއް… އެކަމަކުވެސް އުއްމީދަކަށް ބަދަލެއް ނައި… އަހަރެން އެމީހެއް ކައިރިއަށް ސަލާންޖަހަން ނުދާ އެއްވެސް މުއްސަންޖަކު މުޅި މި މާލޭގައި ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެ… އަހަރެން ވަރަށް އާދޭސް ވެސް ކުރިން… އެކަމަކު އެހީގެ އަތެއް ދިއްކޮށްލާނެ ހަމަ އެކަކުވެސް ނުވި… އެދުވަހު އަހަރެންނާ ދިމާވި ރައްޓެއްސަކު ބުނީ އެންމެ އަވަހަށް އެހާ ގިނަ ލާރި ލިބޭނެ ހަމަ އެކަނި ގޮތަކީ ދެތިން ރެއަކު ފިރިހެނެއްގެ އެނދުމަތި ފަޅުފިލުވައިދިނުމޭ… ވަގުތުން އަހަރެން އިންކާރުކުރިން… އެކަމަކު އަހަރެންގެ މަޖުބޫރީ ހާލަތު އަހަރެން އެމަގުން ހިނގުމަށް ގަދަކަމުން ކޮއްޕާ ފޮނުވާލީ… މިބުނި ރައްޓެހި ކުއްޖާ ދިން ނަންބަރަކަށް އަހަރެން ގުޅީމަ އަންހެން ކުއްޖަކު އަހަރެން ގޮވައިގެން ތިގެއަށް އެއްރެއެއްގެ ދަންވަރު ދިޔައީ..“ މިންހާއަށް ގިސްލެވެންފެށުނެވެ.

ރޭޝަމްގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުން އޮހެރެންފެށިއެވެ. “ދެން އެތަނުން ނުނިކުމެވުނީ ކީއްވެ؟ އެމީހުން މިންހާ އެތާގަ ހައްޔަރުކުރީ ކީއްވެ؟“ ރޭޝަމް ހުރީ އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ. “އެރެއަކީ އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުނު ރޭ… ބިރުންހުރެ ނަމަވެސް އަހަރެން އެކޮޓަރިއަށް ވަނީ ހަމައެކަނި އަހަރެންގެ ބައްޕަގެ ފުރާނައަށްޓަކާ… ރަނގަޅުގޮތުގަ މީހުންގެ އެހީ ހޯދަން އުޅުމުން އެކަން ނުވުމުން އަހަރެން ގޯސް މީހުންގެ އެހީ ހޯދަން ޖެހުނީ.. އެކަމަކު އެމަގުން އަހަރެންނަށް ސަލާމަތް ނުވެވޭނެކަން އަހަރެންނަކަށް އޭރަކު ނޭނގޭ.. އެރޭ އަހަރެންގެ އިއްފަތްތެރިކަން އަހަރެން ނުވެސް ދަންނަ، މީހަކު ފޭރިގަންނަން އަހަރެން ދިނިން…. އެކަމަކު އެއަނިޔާވެރި ޖަލުގެ ކެހިވެރިންތައް ބޭނުމެއްނުވި އަހަރެންގެ ގައިގެ އެންމެ މަސްކޮޅެއްވެސް ނޮޅާނުލާ ދޫކޮށްލާކަށް… އޭގެތެރެއިން އެކަކު ބުނި..“ އެމަންޖެ ވަރަށް ރީތި… ވަރަށް އިންކަމް ޖައްސާލެވޭނެ އެމަންޖެ މިތާނގަ ބެހެއްޓިއްޔާ..“ އެމީހުން އެންމެން އެކަމަށް އެއްބަސްވި ނަމަވެސް އަހަރެންގެ ޒަމީރު އެކަމަކަށް އެއްބަހެއް ނުވި.. އަހަރެން ކަނޑައެޅިގެން އެކަމަށް އިންކާރުކުރިން… އަހަރެންގެ ހާލަތު ކިޔައިދީ އާދޭސްވެސް ކުރިން.. އެހެނަސް އެމީހުން ބޭނުމެއްނުވި އަހަރެން އިންކާރުކުރުމުން އަހަރެން އެތަނުން ފޮނުވާލާކަށް.. އެމީހުންނަށް ބިރު އޮތް އަހަރެން ސަލާމަތްވެއްޖެއްޔާ އެމީހުން ބެދޭނެ ކަމަށް..“ މިންހާގެ އަޑު ބެދުނެވެ. ރޭޝަމް މަޑުމަޑުން މިންހާގެ ބޮލުގައި ފިރުމާލިއެވެ. “ދެން އެކަމުގެ ތެރެއަށް ނުވަންނާތި.. އަހަރެން މިންހާއަށް އެހީވެދޭނަން.. އަހަރެންނަކީ މިންހާގެ ދައްތައެއް ކަމަށް ދެކޭ..“ ރޭޝަމް ހިނިތުންވެލިއެވެ. މިންހާ އުއްމީދުން ފުރިގެންވާ ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ.

ޓެކްސީއެއް ނަގައިގެން ގެއާ ހަމައަށް ދެވުނުއިރު 3 ޖަހާ ބޮޑުވެއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. މުޅި ގޭތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. އަވަސް އަވަހަށް އެތެރެއަށް ވަދެ ދޮރު ތަޅުލުމަށްފަހު ރޭޝަމް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް މީހަކު ރޭޝަމްގެ އަތުގައި ބާރަށް ހިފާލިއެވެ. ހަޅޭއްލަވައިގަންނަން ރޭޝަމް އަނގަހުޅުވާލިތަނާ އެމީހަކު ރޭޝަމްގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި ފާރުގައި ރޭޝަމް ލަތްކޮށްލިއެވެ. ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އެމީހަކު ރޭޝަމްއާ ގާތްވެލިއެވެ .އޭނަގެ ހޫނު ނޭވާ ރޭޝަމްއަށް އިހުސާސްވަމުންދިޔައެވެ. “ކަލެއޭ ހުރިހާ ނުބައެއް ތިހަދަނީ…“ ރުޅިވެރި ރާގެއްގައި އޭނަ ވާހަކަދެއްކިއެވެ.އެއާއެކު ބިރުންގޮސް ރޭޝަމްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެއީ ޒާހިދުގެ އަޑުކަން ރޭޝަމްއަށް ދަނެގަންނާކަށް އުނދަގުލެއް ނުވިއެވެ. “އަހަރެންނޭ.؟؟؟ އަހަރެން ކީއްތަ ކު…ރީ؟“ ރޭޝަމްގެ އަޑު ތުރުތުރުއަޅައިގަތެވެ. “ބަލަ ކަލޭ ވަނީމެއްނު އެކޮޓަރިއަށް..“ ޒާހިދުގެ އަޑު ގަދަވެގެންދިޔައެވެ. ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ބިރުންގޮސް ގިސްލެވެންފެށުނެވެ. ޒާހިދު ފުން ނަޒަރަކުން ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ.“ މީ އެންމެ ފަހުގެ އިންޒާރު.. ދެން ކަލޭ އެކޮޓަރިއާ ދިމާލަށް ބަލާލިޔަސް ތިދެލޯ ކޮނެލާނަން!!!“ ޒާހިދު ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.

އެތައް އިރެއްވަންދެން ރޭޝަމްއަށް އެހުރެވުނު ފިޔަވަޅު މަތީގައި ހުއްޓި ހުރެވުނެވެ. ޒާހިދުގެ ވާހަކަތަކާ މެދު ވިސްނަން އޮވެ ނިދުނުއިރު 5 ޖަހާ ބޮޑު ވެއްޖެއެވެ.

ހެނދުނު ހޭލެވުމާއެކު ރޭޝަމް އަވަހަށް ކުލާހަށް ދިޔުމަށް ތައްޔާރުވިއެވެ. ކުލާހާ ހަމައަށް ދެވުނުއިރު ހުރިހާ ކުދިން ކުލާހުން ނިކުންނަނީއެވެ. “ކުލާސް ކެންސަލް“ ޔާނާ ރޭޝަމްއާ ދިމާލަށް ބަލާލަމުން ކުރިއަށް ހިނގައިގަތެވެ.

ކުލާސް ކެންސަލް ވުމުން ރޭޝަމް ހުރީ ހިތްހަމްޖެހިފައެވެ. ޓެކްސީއެއް ނެގުމަށްފަހު ރޭޝަމް އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ރޭޝަމް ފެނުމުން މިންހާގެ މޫނުން އުޖާލާކަން ފެނިގެންދިޔައެވެ. އެތައް އިރެއްވަންދެން މިންހާއާ ވާހަކަ ދައްކަން އިނދެފައި ރޭޝަމް ބޭރަށް ނިކުތެވެ.

” ހަލޯ…މަންމާ ކިހިނެއް؟“ ރޭޝަމް ލޯތްބާއެކު ވާހަކަދެއްކިއެވެ.“ދަރިފުޅު މިހާރު ކީއްވެ އެހާ މަދުން ގުޅަނީ؟ އަނެއްކާ ކިޔެވުމުގަ މާ ބުރައީތަ؟“ ނަރީމާ ސުވާލުކުރިއެވެ. “އާނ.. މާ ބުރައީ މިދުވަސްކޮޅު… މަންމަ ކައިރީ ކަމަކު ކިޔަންވެފަ އެބަ އޮތް“ ރޭޝަމް ވިސްނާލިއެވެ. “އަވަހަށް ބުނޭ… ލާރި ބޭނުންވީތަ؟“ ނަރީމާއަށް ހީވާގޮތް ހާމަކުރިއެވެ. “އާނ.. އެކަމަކު އަހަރެންނަކަށް ނޫން… ރައްޓިއްސަކަށް… އޭނަގެ ބައްޕަ ބަލިވެގެން ލާރި ބޭނުންވެގެން.. މަންމަ އަޅެ މޫސަބޭ ކައިރީ ބުނެގެން ސަރުކާރުން އެހީ ލިބޭތޯ ބަލާލަދީބަ… މޫސަބެ މެންނަށް ވަރަށް ފަސޭހައިން ވާނެއެއްނު އެކަންތައް“ ރޭޝަމް ވަރަށް އުއްމީދާއެކު ބުންޏެވެ. “ތީ ވަރަށް ބޮޑު ކަމެއް ދަރިފުޅާ… އެކަމަކު މަންމަ ބުނާނަން މޫސަބެ ކައިރީ.. އިރާދަކުރެއްވިއްޔާ އެކުއްޖާގެ ބައްޕައަށް އަވަސް ޝިފާއެއް ލިބޭނެ“ ނަރީމާ ރޭޝަމްގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

ކައިގެން ފިލާވަޅުތައް ދަސްކުރަން ރޭޝަމް ސިޓިންގ ރޫމަށް ދިޔައެވެ. އެވަގުތު ޓީވީއިން އަވަސް ޚަބަރެއް ގެނެސްދެމުންދިޔައެވެ. “އަނެއްކާވެސް އަންހެން ކުއްޖަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ.. މިހާތަނަށް 26 ކުދިންވަނީ ގެއްލިފަ“ އެޚަބަރު އަޑުއިވުމާއެކު ރޭޝަމްގެ ހިތް ބާރަށް ތެޅިގަތެވެ. “17 ޑެޑް، 9 ރިމެއިނިންގ“ ތިންވަނަ ކޮޓަރީގެ ތެރެއިން ފެނުނު ފައިލްތެރޭގައި ލިޔެފައި އޮތް އިބާރާތް ރޭޝަމްއަށް ހިތާ ހިތުން ކިޔާލެވުނެވެ. “މުޅި ޖުމްލަ 26.…އަނެއްކާ ޒާހިދުމެން؟؟؟؟“ ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.

“ނޫން.. ނޫން… އެހާ ނުބައި މީހުންވެސް އުޅޭތަ؟؟؟“ ރޭޝަމްއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ރޭޝަމްގެ އަޑަށް ޓީވީ ބަލަން އިން ލީޒާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަމާއެކު ލީޒާ ރޭޝަމްއަށް ބަލަމުންދިޔައެވެ. އޭރުވެސް ރޭޝަމް ހުރީ ގުޑާލަން ވެސް ނޭނގިފައެވެ. އެވަގުތު ގޭތެރެއަށް ވަދެގެން ޒާހިދު އައެވެ. ޓީވީއިން ގެނެސްދެމުންދިޔަ ޚަބަރުގެ އަޑު ކަންފަތުގައި ޖެހުމާއެކު ސިހިފައި ޒާހިދަށް ޓީވީއަށް ބަލާލެވުނެވެ. ޒާހިދުގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްވެރިކަން ފާޅުވަމުންދިޔައެވެ.

ކުއްލިއަކަށް ޓީވީއިން އިޝްތިހާރެއް އައެވެ. ރޭޝަމްއަށް ހޭވެރިކަންވީ ދެނެވެ. ލީޒާ އިނީ ޓީވީ ރިމޯޓުގައި ބާރަށްހިފަހައްޓާލައިގެން ފިލްމެއް ބަލަން އިންނަހެން ރޭޝަމްއަށް ބަލަހައްޓައިގެންނެވެ. ޒާހިދު ކޮޓަރިއާ ދިމާލަށްހިނގައިގަތެވެ. ރޭޝަމް ފަސްއެނބުރި ޒާހިދާ ދިމާލަށް ފުން ނަޒަރަކުން ބަލާލިއެވެ. އެވަގުތު ޒާހިދުވެސް ފަސްއެނބުރިރޭޝަމްއަށް ބަލާލިއެވެ. ދެމީހުންގެ ނަޒަރު ދިމާވިއެވެ. “ޖަލުގެ ގޮޅިތަކާ ހަމައަށް ޒާހިދުމެން ދާންޖެހޭ ދުވަސް ވަރަށްކައިރިވެއްޖެ“ ރޭޝަމްއަށް ހިތާ ހިތާ ކިޔާލެވުނެވެ. “ރޭޝަމްއެއް ކަމަކު ނުބައި މަގެއް އިޚްތިޔާރުކުރެވުމުން ނިމުން އަންނާނީވަރަށް ހިތިކޮށް“ ޒާހިދު އަމިއްލަ ނަފްސާ މުހާތަބުކުރަމުން ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ.

އެރޭ އެއްގޮތަކަށްވެސް ރޭޝަމްއަކަށް ފިލާވަޅުތަކަށް ސަމާލުކަމެއް ނުދެވުނެވެ. ރޭޝަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. “އެހުރިހާ އަންހެން ކުދިން ގެއްލުމުގެ ފަހަތުގައިވަނީ ޒާހިދުމެންބާ؟؟؟“ އެސުވާލުގެ ޖަވާބު ރޭޝަމް ނުހަނު ބޭނުމެވެ. އޭގެ ޖަވާބު ރޭޝަމް ހޯދާނެވެސް މެއެވެ.

” ހަލޯ… ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “އާދޭ ހޮސްޕިޓަލަށް..“ މިންހާ ފޯނު ކަނޑާލުމާއެކު ރޭޝަމް ގެއިން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ރޭގަނޑުގެ ވަގުތުކަމުން މަގުމަތި ވަރަށް ބާރުބޮޑުވެފަ ޕާޓޭންވެސް ގިނައެވެ. ބާރު ހިނގުމެއްގައި ގޮސް ރޭޝަމް ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. މިންހާ ހުރި ވޯޑާ ހަމައަށް ދެވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެވޯޑުގެ ބޭރުގައި، ފާރުގައި ލެނގިލައިގެން ހުރެ ރޮމުން އެދަނީ މިންހާ ނޫން ދެވަނަ މީހެއް ނޫނެވެ. ބޭއިޚްތިޔާރުގައި ރޭޝަމްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. “ކިހިނެއްވީ ތި ރޮނީ؟؟ ބުނެބަލަ… ކަމެއް ވީތަ؟؟ ބައްޕަ ކޮބާ؟؟؟“ (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ… (2 ވަނަ ބައި)

Next

ހާމަ ކުރީމާ ލޯބި މަވާކަން 1

Next
December 15, 2017

ހާމަ ކުރީމާ ލޯބި މަވާކަން 1

Previews
December 15, 2017

ވޭންތަކުން ދިން ހިތި މާޒީ… (2 ވަނަ ބައި)

39 Comments!

  1. cheesemoosa says:
    December 15, 2017 at 6:40 pm

    hear is part 7…enjoy…

  2. Meee says:
    December 15, 2017 at 6:43 pm

    V reethi

    1. cheesemoosa says:
      December 15, 2017 at 6:46 pm

      tanks meee..

  3. black says:
    December 15, 2017 at 6:44 pm

    me 2nd…v nice..when next part..

    1. cheesemoosa says:
      December 15, 2017 at 6:46 pm

      ya dhw
      tanks
      next part tmorow mornin..

  4. Anonymous says:
    December 15, 2017 at 6:46 pm

    Waaw this story is very interesting ❤

    1. cheesemoosa says:
      December 15, 2017 at 7:07 pm

      tanks anonymous..

  5. Black beauty says:
    December 15, 2017 at 6:51 pm

    Me first

    1. cheesemoosa says:
      December 15, 2017 at 7:08 pm

      no dear..ur 4 th..hahahaa

  6. Lam says:
    December 15, 2017 at 7:02 pm

    Alhe nxt part avas kohdechay

    1. cheesemoosa says:
      December 15, 2017 at 7:09 pm

      oki..mirey 11 ge kurin up kuran jahsaanan..maadhan morninga eyrun innany up vefa.

  7. sana says:
    December 15, 2017 at 7:03 pm

    Alhey what happened? Very nice waiting for next part?

    1. cheesemoosa says:
      December 15, 2017 at 7:11 pm

      next part kiyaalyma dhw ingeny..2morow mornin ga next part..

  8. Shaff says:
    December 15, 2017 at 7:47 pm

    11 ge kurin nuvaanetha…8 van a part kehmaduvefa.

  9. Shaff says:
    December 15, 2017 at 7:48 pm

    Den in part Koniraku 11 ge kurin up kohleveynetha

  10. Xxxx says:
    December 15, 2017 at 8:02 pm

    Oh no..anehkkaa kihineh vaan ulhenee baa… waiting.. waiting..thnkx dear…nice story ??

    1. cheesemoosa says:
      December 15, 2017 at 9:52 pm

      tanks xxxx
      next part kiyaalyma dhw ingeyny vaanuley kameh vx..

  11. Lala says:
    December 15, 2017 at 8:27 pm

    Next part thankolheh dhigukoh up kohdhehchey
    @cheesemoosa
    Vvvvv interesting..
    Waiting for next part

    1. cheesemoosa says:
      December 15, 2017 at 9:53 pm

      tanks lala..
      dhigukureveytho balaanan..

  12. Shai says:
    December 15, 2017 at 8:39 pm

    V v v reethi waiting a next part all the best cheesemoosa

    1. cheesemoosa says:
      December 15, 2017 at 9:54 pm

      tanks shai..next part 2morow mornin

  13. Shann says:
    December 15, 2017 at 8:40 pm

    Mee haadha baraabarah up kohdhey story ekey dhw, thigothah gavaidhun up kohdhenyaa readers ves v hiyaham jeheyne, story kuriah gendhaa goeh v rythi

    1. cheesemoosa says:
      December 15, 2017 at 9:55 pm

      thanks for tha compliment shann..

  14. tusi says:
    December 15, 2017 at 9:07 pm

    bestestest story eveeerrrr
    alhe kurin mi story liyuny kn name ehga tha? i want to read mikahala story eh
    i hate when its all dramatic and all romantic *bleh*

    1. cheesemoosa says:
      December 15, 2017 at 9:57 pm

      tanks tusi..kurin liyunu site iny remove kohfa..

  15. unaal says:
    December 15, 2017 at 9:17 pm

    woww..vrh reethi
    mi vrh unique stry eh.. I luv this story..

    1. cheesemoosa says:
      December 15, 2017 at 9:57 pm

      thanks unaal..

  16. Laal says:
    December 15, 2017 at 11:04 pm

    Vara reethi vaahaka a

    1. cheesemoosa says:
      December 16, 2017 at 12:01 am

      tanks

  17. white says:
    December 16, 2017 at 12:04 am

    next baige inthxaru ga

    1. cheesemoosa says:
      December 16, 2017 at 12:56 am

      thanks

  18. ahmed says:
    December 16, 2017 at 12:16 am

    cute and diferent story eh..

    1. cheesemoosa says:
      December 16, 2017 at 12:56 am

      thanks ahmed

  19. cute pie says:
    December 16, 2017 at 12:42 am

    kohnmedhuvahaku 2 part nereythy v ufaavey. mi part vx reethi.

    1. cheesemoosa says:
      December 16, 2017 at 12:56 am

      thanks

  20. nina says:
    December 16, 2017 at 12:47 am

    reethi ekam kuru.

    1. cheesemoosa says:
      December 16, 2017 at 12:56 am

      thanks nina

  21. you me says:
    December 16, 2017 at 12:53 am

    miba vx reethi.

    1. cheesemoosa says:
      December 16, 2017 at 12:57 am

      thanks you me

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް…..8←


All Right Reserved!