ގެއްލިދިޔަ ހަޔާތް….. 6
އަނގަމަތީގައި އަތް އަޅާލެވުމާއެކު ރޭޝަމްގެ ބޮލުގައި ވެސް ރިއްސައިގަތެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިކަހަލައެވެ.
ފުން ނަޒަރަކުން ރޭޝަމްއަށް އަލަމާރި ތެރެއަށް ބަލާލެވުނެވެ. ތެޅިތެޅިއޮތް ހިތަކާއެކު ހިތްވަރުކޮށްފައި ރޭޝަމް ތެދުވެ އެދިމާލަށް ހިނގައިގަތެވެ. ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކަންތައް ވީ ރޭޝަމް ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ރޭޝަމް ހީކުރީ އެއަލަމާރީގައި ވާނީ ކޮންމެވެސް މުހިއްމު ލިޔުންތަކަކާ ފައިސާތައް ކަމަށެވެ. އެހެނަސް އޭގެތެރޭގައި އެއިން އެކައްޗެއްވެސް ނެތެވެ. އޭގެތެރޭގައި އޮތީ ގައިގެ އެތަން މިތަނުން ލޭކޮށާލެވިފައިވާ އަންހެންކުއްޖެކެވެ. އެކުއްޖާގެ އަތާ ފައިވަނީ ބަނދެފައެވެ. އަނގަމަތީގައި ވަނީ ޓޭޕް އަޅާފައެވެ. އެކުއްޖާ މަސައްކަތް ކުރަމުން ދިޔައީ ސަލާމަތްވެވޭތޯއެވެ. އަތްފައި މޮހާލެވޭތޯއެވެ. ރޭޝަމް ފެނުމާއެކު އޭނަގެ ދެލޮލުން ބިރުވެރިކަމުގެ އަސަރު ފާޅުވެގެންދިޔައެވެ. ރޮވިފައިވާ ހާލު އޭނަ ރޭޝަމްއަށް ބަލަމުންދިޔައެވެ.
ރޭޝަމް އަވަސް އަވަހަށް އެކުއްޖާގެ އަތްފައި މޮހާލިއެވެ. އަދި އަނގަމަތީގައި އަޅާފައިވާ ޓޭޕްވެސް ނައްޓުވާލިއެވެ. އެއާއެކު އެކުއްޖާ ރޭޝަމްއާ ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. “ތީ…ކާ…ކު؟“ އޭނަގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ. “ތިހުރިހާ ސުވާލުތަކަށް ޖަވާބުދޭނެ ވަގުތެއް ނެތް!!! މިވަގުތު މިތަނުން ސަލާމަތުން ނިކުމެވޭތޯ ބަލަންވީ…“ ރޭޝަމް އޭނަގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. އެ ކުޑަ ކޮޓަރިން ނިކުމެވުމާއެކު ރޭޝަމްއަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. އަދި ހާސްވެފައިހުރެ އެނދަށް ބަލާލެވުނެވެ. ޒާހިދެއް އެނދަކު ނެތެވެ. ރޭޝަމް އެކޮޓަރިއަށް ވަންއިރު ޒާހިދު އެނދުގައި ނިދާފައި އޮތެވެ. ހާސްކަމާއެކު ފާހާނާއާ ދިމާލަށް ރޭޝަމްގެ ނަޒަރު ގޮސް ހުއްޓުނެވެ. ފާހާނާގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރޭގައި މީހަކު ހުރި ކަމުގެ ހިލަމެއްވެސް ނުވެއެވެ.
ރޭޝަމްގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. އާދަޔާ ޚިލާފު ބިރުވެރިކަމެއް ހިތުގައި އުފެދެމުންދިޔައެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް ކޮޓަރީގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާލެވުނުއިރު ރޭޝަމްގެ މޫނުމަތިން ދާތިކިތައް އޮހެރެމުން ދިޔައެވެ. ދޮރު ހުރީ ތަޅުލާފައިކަން އެނގުމުން ރޭޝަމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޒާހިދު ބޭރަށް ދިޔައީ ކަމަށް ރޭޝަމްގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް ޔަގީނެއް ނޫނެވެ. “ތީނަ މަޑުކުރޭ މިތާގަ… އަހަރެން އެބަ އަންނަން “ދޮރު ހުޅުވާޅަމުން ވެނެއް އޭގެ ހޮރަށް ވަންނަހެން ރޭޝަމް އެކޮޓަރިން ބޭރަށް ދެމިގަތެވެ. ދޮރު ތަޅުލުމަށްފަހު ރޭޝަމް އަވަސް އަވަހަށް މީހަކު ފެންނަން ހުރިތޯ ބަލާލިއެވެ. އެވަގުތު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. “ރޭޝަމް ތިހިރީ ހަމަހޭގަތަ؟ އަހަރެން ބުނީމެއްނު ތިކޮޓަރިއަށް ނުވަންނައްޗޭ؟“ އާމިރާގެ އަޑުގައިވަނީ ހާސްކަމެއް އެކުލެވިފައެވެ. “ދައްތާ.. ހެޔޮނުވާނެ މިކަން ސިއްރުކޮށްދީ… އަޅުގަނޑަށް އިނގޭ ދައްތަ މިކަންތައް ސިއްރުކޮށްދޭނެކަން… މިވަގުތު އެއްވެސް ވާހަކައެއް ކިޔައިދެވޭކަށް ނެތް“ ރޭޝަމް އަވަސް ރާގެއްގައި ބުނެލިއެވެ .
އަވަސް ފިޔަވަޅުތަކެއްގައި ރޭޝަމް ސިޓިންގ ރޫމަށް ދިޔައެވެ. ޒާހިދު ފެންނަން ނެތުމުން ގޭގައި ނޫޅެނީކަން ރޭޝަމްއަށް ޔަގީންވިއެވެ. ފަޔަށް ބާރުލާފައި ބެލްކަންޏަށް ގޮސް ރޭޝަމް ތިރިއަށް ބަލާލިއެވެ. ގޭކައިރީގައި ޒާހިދު ހުރެފާނެތީއެވެ. އެއްވެސް ދިމާލަކުން ޒާހިދުގެ ހިލަމެއް ނުވުމުން ރޭޝަމް ދުވެފައި ތިންވަނަ ކޮޓަރިއަށް ދިޔައެވެ. އަވަސް ހަރަކާތަކާއެކު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރޭޝަމް އެތެރެއަށް ދެމިގަތެވެ. “އަހަރެން މިބުނާ ގޮތަށް ހަދާ… މިވަގުތު ގެއަށް ދޭ… އަހަރެންނަށް ތީނަގެ ނަންބަރު ދީފަ ދޭ…“ ރޭޝަމް އަވަސް ރާގެއްގައި ބުނެލިއެވެ. “އަހަންނަށް ކިޔަނީ މިންހާ… ތޭންކްސް ވަރަށް ބޮޑަށް ތިވެދިން އެހީއަށް. “މިންހާ ހިނިތުންވެލަމުން ނަންބަރު ކިޔާލިއެވެ.
ޒާހިދު އައުމުގެ ކުރިން އަވަސް އަވަހަށް ރޭޝަމް މިންހާ އެގެއިން ފޮނުވާލިއެވެ. އަދި ރަތް ކޮޓަރީގައިވާ ފައިލްތައް ވެސް ހުރި ތަރުރީބުން ޝައްކުނުވާނޭ ގޮތަށް ބެހެއްޓިއެވެ. އަދި ކޮޓަރި ތަޅުލުމަށްފަހު އާމިރާމެން ކޮޓަރިއަށް ދިޔައެވެ.
ކޮލެޖަށް ދެވުނުއިރު ރޭޝަމް ހުރީ ހަމައަކަށް އެޅިފައެވެ. އެހެނަސް ކުލާހަށް ހަމަ ވަނުމާއެކު ރޭޝަމްގެ ހިތުގައި ބިރުވެރިކަމެއ އުފެދުނެވެ. ޔާނާ ފެނުމުން ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަންނަން ތައްޔާރަށް އޮތް ތޫފާނާމެދު ރޭޝަމްއަށް ވިސްނަން މަޖުބޫރުވިއެވެ. ރޭޝަމްގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ޔާނާއަށް ފާހަނގަ ނުކުރެވުމުން ރޭޝަމްއަށް ހިތާ ހިތުން ޝުކުރުކުރެވުނެވެ. ޔާނާގެ ސިކުނޑީގައިވެސް ހާސްކަމެއް ދައުރުކުރަމުންދިޔައެވެ. ގެއްލުނު ތަޅުދަނޑިއަކީ ކިހާ ނުރައްކާތެރި ވެދާނެ އެއްޗެއްކަން ޔާނާއަށް ހަމަ ރަނގަޅަށްވެސް އިނގެއެވެ .
ގެއަށް ވަދެވުމާއެކު ރޭޝަމްގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެންފެށިއެވެ. ކަމެއް ގޯސްވާން އުޅޭ ކަހަލައެވެ.
ފެންވަރައިގެން ނިކުތްއިރު އާމިރާ މާލް ރީތިކުރަން އިނެވެ. ރޭޝަމް ފެނުމުން އާމިރާ ވިސްނުންތެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ. “އެއީ ކޮން ކުއްޖެއް؟“ އާމިރާގެ ސުވާލުން ރޭޝަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ނޭނގެ އެއީ ކޮން ކުއްޖެއް ކަމެއް އަދިއެއް… އެކަމުގެ ހަގީގަތް ހޯދާނަން…“ ރޭޝަމް އާމިރާއަށް ބަލާލިއެވެ .
ޒާހިދު ގެއަށް އައީ އިރުއޮއްސެން ކައިރިވީފަހުންނެވެ. އެވަގުތު ރޭޝަމްއާއި މާލް ތިބީ ސިޓިންގ ރޫމުގައި ޓީވީ ބަލާށެވެ. ޒާހިދުގެ ފަހަތުން އެހެން ފިރިހެނަކުވެސް ވަދެގެން އައެވެ. އެމީހުންގެ މިސްރާބު ހުރީ އާދައިގެ މަތިން ކޮޓަރިއާ ދިމާލަށެވެ.
“ މާލް.. އާދޭ އަވަހަށް ފިލާވަޅުތައް ހަދަން“ އާމިރާގެ އަޑަށް މާލް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ރޭޝަމްވެސް ފޮތްތައް ކިޔާލުމަށް ކޮޓަރިއަށް ދާން ތެދުވިއެވެ. އެވަގުތު ޒާހިދުއާއެކު ވަދެގެން އައި ފިރިހެންމީހާ އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނިކުމެގެން ދިޔައެވެ .
“ ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަ ހޯދާ… އެހެންނޫނީ ކަލޭމެން ހޭއަރުވާލާނަން!!!“ ޒާހިދުގެ ކޮޓަރިން ނިކުމެގެން ބާރު ހިނގުމެއްގައި އައެވެ. ރޭޝަމް ފެނުމާއެކު ޒާހިދު ފޯނު ކަނޑާލަމުން ރޭޝަމްއާ ދިމާލަށް ކަޅި ހިންގާލިއެވެ. ރޭޝަމް ވަގުތުން އިސްދަށަށް ޖަހާލިއެވެ. ހިތުގެ ވިންދު އަވަސްވެ އަތް ފައި ފިނިވެގެންދިޔައެވެ. ޒާހިދު އަނގައިން ވެސް ނުބުނެ ގެއިން ނިކުމެގެން ދިޔައެވެ. ރޭޝަމްއަށް ހިންދިރުވާލެވުނެވެ.
އިޝާ ނަމާދަށްފަހު ރޭޝަމް ކޮޓަރިއަށް ވަދެ ގޮދަޑީގައި އޮށޯވެލިއެވެ. އޭރު އާމިރާއާއި މާލްވީ ބަދިގޭގައެވެ. ޔަނާލް އޮތީ ނިދިފައެވެ. ކުއްލިއަކަށް މިންހާ މަތިން ހަނދާންވުމާއެކު ރޭޝަމްއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާ މިންހާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.
” ހަލޯ… މީ ރޭޝަމް… އަހަރެން ބުނީމެއްނު ގުޅާނަމޭ… ހާލު ކިހިނެއްތަ؟ މިހާރު ރަނގަޅުތަ؟“ ރޭޝަމްގެ ހިތް ތެޅެމުންދިޔައެވެ. “އާނ… މިހާރު ދެން ރަނގަޅު… ތޭންކްސް އަދި އެއް ފަހަރު…“ މިންހާގެ އަޑުގައި ހާސްކަމެއް އެކުލެވިފައިވިއެވެ. “މިވަރުން އަދި މިކަމުން ސަލާމަތްވީކީއެއް ނޫން.. މިއީ އަދި ފެށުން…. އެމީހުން މިންހާއާ ހަމައަށް ވާސިލުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ… ޔޫ ހޭވް ޓު ބީ ވެރީ ކެއަރފުލް…!!“ ރޭޝަމްގެ ހިތުގައި ބިރުވެރިކަމެއް އުފެދެމުންދިޔައެވެ. “އަހަރެން ބޭނުން މިންހާއާ ބައްދަލުކޮށްލަން… މިންހާ އެކޮޓަރިއާ ހަމައަށް ދާން ޖެހުނު ސަބަބު އޮޅުންފިލުވަން ބޭނުން ….“ ރޭޝަމްގެ އެދުން ފާޅުކުރިއެވެ. “އައި.ޖީ.އެމް.އެޗްއަށް…. މިރޭ 1 ޖަހާއިރު“ އެއާއެކު ފޯނުކެނޑުނެވެ .
މިންހާ އެގަޑީގައި ބައްދަލުކުރަން ބުނީ ކީއްވެގެން ކަމެއް ރޭޝަމްއަކަށް ނޭނގުނެވެ. ވަކިން ޚާއްސަކޮށް އައި.ޖީ.އެމް.އެޗް އިން ބައްދަލުކުރުމުގެ ބޭނުމެއް ރޭޝަމްއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ކޮންމެވެސް ކަމެއް އެބަ ހިނގައެވެ. އެކަމެއް ހޯދަން ރޭޝަމް ނުހަނު ބޭނުމެވެ. އެހެންކަމުން މިންހާ އެދުނު ގޮތަށް އެގަޑީގައި އެތަނަށް ދިޔުމަށް ރޭޝަމް ނިންމިއެވެ.
12 ވެސް ނުޖަހަނީސް އާމިރާމެން ނިދައިފިއެވެ. ގޭތެރެއިންވެސް މީހެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ރޭޝަމް މަޑުމަޑުން ނިކުތެވެ. ވަށައިގެން ހޯދާލުމަށްފަހު މީހަކު ފެންނަން ނެތުމުން ރޭޝަމް އަވަހަށް ގެއިން ނިކުތެވެ. އެގަޑީގައި އެކަނި މާލޭ މަގުމައްޗަށް ނިކުންނަން ރޭޝަމް ކިތަންމެހާ ވެސް ޖެހިލުންވިއެވެ. އެހެނަސް ދިޔުން ނޫން ގޮތެއް ނެތެވެ. އެހެންކަމުން ހިތްވަރުކޮށްފައި ރޭޝަމް އައި.ޖީ.އެމް.އެޗާ ދިމާލަށް ހިނގައިގަތެވެ .
ފިހާރަތައް ބަންދުކޮށްފައިވުމާއެކު މަގުތައް އަނދިރިކަމަށް ދައްކަމުންދިޔައެވެ. މީހުންވެސް މަދުވެ ދުއްވާ އެއްޗެހިވެސް މަދެވެ. ބިރުންހުރެ ރޭޝަމް ބާރަށް ހިނގަމުންދިޔައެވެ. އިރުއިރުކޮޅާ ދުއްވައިގަނެވޭ ފަހަރުވެސް އާދެއެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަންނަހެން ހީވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ބިރުންގޮސް ހިންދިރުވާލުނެވެ. ޖެހިލުންވެހުރެ ރޭޝަމް ފަހަތް ބަލާލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން އެއީ ރޭޝަމްއަށް ހީވިގޮތެއް ކަމަށް ނިންމިއެވެ. އަދި ކުރިއަށް ވުރެވެސް ހިނގުން އަވަސްކޮށްލިއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ރޭޝަމްގެ ފަހަތުން މީހަކު އަންނަހެން ރޭޝަމްއަށް އަނެއްކާވެސް ހީވާންފެށިއެވެ. އެހެންކަމުން ރޭޝަމް ހިނގުން މަޑުކޮށްލަމުން ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. މިފަހަރުވެސް މީހަކު ފެންނާކަށް ނެތެވެ. އެހެނަސް ރޭޝަމްއަށް މީހަކު ފާރަލާކަން ރޭޝަމްއަށް ޔަގީންވިކަހަލައެވެ.
ރޭޝަމްގެ ހިނގުން އަވަސްކޮށްލިއެވެ. އެއާއެކު ހިތުގެ ތެޅުންވެސް އަވަސްވަމުންދިޔައެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ރޭޝަމްއަށް ބޭއިޚްތިޔާރުގައި ދުއްވައިގަނެވުނެވެ .
ކުއްލިއަކަށް ރޭޝަމްގެ ފޯނު ރިންގުވާންފެށިއެވެ. ސިއްސައިގެން ގޮސްފައި ފޯނަށް ބަލާލެވުނެވެ. އެއީ މިންހާގެ ފޯނު ކޯލެކެވެ. ރޭޝަމްގެ ފިޔަވަޅަށް އަވަސް ހުއްޓުމެއް އެރިއެވެ. “އެއްގަޑި ބައި ވަނީ މިހާރު.. ތިއަންނަނީތަ ނޫނީ ނާންނާނެކަމަށް ބަލަންވީތަ؟“ މިންހާގެ އަޑު ޖެހުމާއެކު ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. “ނޫން.. މަޑުކުރޭ… މިހާރު ވަރަށް ކައިރީގަ މިއުޅެނީ…“ ފޯނު ކަނޑާލުމަށްފަހު ރޭޝަމް ދުއްވައިގަތެވެ. ރޭޝަމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗާ ދިމާލަށް ކަމުގައިވީނަމަވެސް ފުރަތަމަ ކަމަކަށް ރޭޝަމް ބޭނުންވީ ފަހަތުން އަންނަމުން ދިޔަ މީހާގެ ނަޒަރުން ގެއްލޭށެވެ.
ވަކި ހިސާބަކުން ހުޅުވާފައިހުރި ފިހާރައެއް ފެނުނެވެ. ރޭޝަމް އަވަސް އަވަހަށް ގޮސް އެފިހާރަ ތެރެއަށް ވަނެވެ. އެގަޑީގެ ގޮތުން ފިހާރަތެރޭގައި މީހުން ވަރަށް މަދެވެ. ދެތިން ކަސްޓަމަރުންތަކެއް ކައުންޓަރު ކައިރީގައި ތިއްބެވެ. ރޭޝަމް ތަންކޮޅެއް އެތެރެއަށް ޖެހިލަމުން ޖަންކް ފުޑްސްގެ އެކި ވައްތަރުގެ ޕެކެޓްތައް ބަހައްޓާފައި ހުރި ހަރުގަނޑެއްގެ ފަހަތަށް ވަނެވެ. އަދި ސިއްރު ސިއްރުން ފިހާރައިގެ ބޭރަށް ބަލާލިއެވެ. އެއާއެކު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ފިހާރައިގެ ބޭރުގައި، އެއްފަރާ ތެއްގައި ހުރި ސައިކަލެއްގެ ކައިރީގައި މަޑުކޮށްލައިގެން އިނީ ޒާހިދެވެ. ޒާހިދުގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ފިހާރައިގެ ދޮރާ ދިމާލަށެވެ. ރޭޝަމްއަށް ހަދާނެ ގޮތް ހުސްވިއެވެ. އެއްކޮޅުން މިންހާ ހުންނާނީ ރޭޝަމްގެ އިންތިޒާރުގައެވެ. އަނެއްކޮޅުން ޒާހިދުގެ ނުރައްކާ ރޭޝަމްއަށް ކުރިމަތިވީއެވެ. ރޭޝަމް ދާން އުޅޭ ތަން ޒާހިދަށް އެނގޭކަށް ރޭޝަމް އެއްވެސް ހާލެއްގަ ބޭނުމެއްނުވެއެވެ.އެގޮތަށް ވެއްޖެއްޔާ އެއީ ރޭޝަމްއަށް އަދި މިންހާއަށްވެސް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީއެވެ.(ނުނިމޭ)
Note: mi alugandu kurin nerefaivaa vaahaka eh.. namavx rahtehsehge edhumuge mathin alun mi nereni.. kurin kiyaafa othas kuda change akaa eku mi vaahaka nereythy kiyaalun ..edhen
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.



Ma first dhw v salhi ??
ya dhw
Wow… vrh reethi ? whn nxt prt???? Avaskohdhehche ???
mirey..tanks
Woooooooow whn next part waiting love it
thanks kul
vrh reethi..alhe zahidh ah fenuny dhw
noo…
next part kiyaalyma dhw ingeny..tanks
Alhey vvv reethi…nxt part avas kohla dheebaa
mendhuru gady up kuran jahsaanan..tanks
Wooooowww..v.interesting..n dhen vaane gotheh balan kei madhuvefai…..
hahahahaa..tanks ingey
aley haadha nice ey …avahah up kohdhee..next part kiyan v keyymadu vefa meeni
tanks..
nice..next part ge inthizaar ga
tankyou
Aslu nikan salhi avas avahah genes dhineema OK eyrun foohi kameh nethi kuriah dhaany
kohnme dhuvahaku 2 part upkureveytho balaanan..tanks
10 jahaairah fihaara thah bandhu kure eh noontha?? story varah reeethi!!!
baeh fihaara thah bandeh nukoh hure dhaane ehenu..tanks
Alhey vrh nice mi story?
Next part plzzz❤️❤️
And kurin kon page ehgga mi story liyefa inee ?
kurin nerunu site akah mihaaraku nuvadheve..next part 2nite….tanks
Kurin liyefa in ethi fennaane konthaakun?
Story hama varah salhi.. waiting for the next part
kurin nerunu site akah mihaaraku nuvadheve….tanks for the comment
V salhi story Masha Allah
tanks…
Haadha kurey… bt vaahaka v reethi
kohnme dhuvahaku 2 part upkuraathy thankoleh kurukoh genesdeni… ekam kurin up kuri part thakaa hilaafah mi part kudakoh dhiguvaane.. tanks for commenting..
V reethi story
tanks..mirey next part upvaane..mihaaru upkuran jahsaafin..pending ga iny..
Adhi alah igey mi story ah comments eh mi kohly, story kiyamun dhaairu hiygandu hyvanu birun nikumedhaanehen, dhen vaani kihinehbaa abadhuves hithah arany, v interesting story eh mee
tanks shann…next part vx v nice vaane.. mirey kiyaalafa rythyaa noony mistakeh inas comment kohlahchey ..
Vvv reethi vaahakaeh thanks..
thanks eenaa
diferent stry ekey buneveyny
tankyou ahmed..
sali vaahaka eh..
tanks cute pie..
Alah mi story mikee.. 4 5 6 ekani kiyaaleeves.. e thin partunves varah kiyaa hihvehje mi story.. vvvvv salhi.. waiting 4 dha next part…
tanks nees.. next part tonight