“މިވަރުން އަހަރެން މޮޔަވާނެ. އެކަމަކު ކާކުތަ އެއީ؟؟ އަހަރެންގެ މިހީވުމަކީ ތެދެއްތަ؟ މި ސުވާލުތަކުގެ ޖަވާބު އަހަންނަށް ވަގުތު ފާއިތު ވުމުގެ ކުރިން ލިބޭނެތަ؟” މުލައިލްގެ ލޮލުން ކަރުނަ ހިލުނެވެ.
****************************************************************
“މަންމާ. މިހާރު އަހަރެންގެ ކުޅިބައިވެސް އަތުރައިފިން. މިފަހަރު އެއިން އެކަކުވެސް ސަލާމަތް ވިޔަކަ ނުދޭނަން. މަންމަގެ ހައްގުގައިވެސް އަހަރެން އެ އެންމެނަށް ކުޅި ދައްކާލާނަން. ޔާނީ އެންޑް މުލައިލް.. ތި މީހުން ހީވެސް ނުކުރާނެ އަހަރެން މީ ކާކު ކަމެއް..ހަހަހަހަހަ”
***************************************************************
ލަވައެއް ކިޔަމުން ގިޔަށް ވަތް ޔާނީގެ ފިޔަވަޅުތައް މަޑު ޖެހުނީ އުކާލެވިފައިވާ ކުޝަންތައް ފެނުމުންނެވެ. ހިތަށް އެރި އެއްޗަކުން ދަބަސް އެއްލާލުމަށްފަހު ޔާނީ ދުއްވައިގަތީ މުލައިލްމެންކޮޓަރިއާ ދިމާއަށެވެ. ދިޔަގޮތަށްގޮސް ދޮރުހުޅުވާލި ޔާނީގެ ދެލޯ ބޮޑުވެގެން ދިޔައީ ކޮޓަރީގެ ހާލަތު ފެނުމުންނެވެ. އަބަދަވެސް ތަރުތީބުން ބެހެއްޓިފައި ހުންނަ ފޮތްތައް އޮތީ ބިންމަތީގައެވެ. ޑްރެސިންގް ޓޭބަލް މަތީގައިވި ހުރިހާ އެއްޗެއް ވަނީ ތަޅާލާފައެވެ. އޭސީ އެންމެ ގަދަ ކޮށްލާފައި ވާއިރު ފިނި ކަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ. އެނދުގެ ބެޑްޝީޓު ބޮނޑިކޮށްލެވިފައި ވީއިރު ބާލީސްތައް ބެލްކަނީގައި އުކާލެވިފައި ވިއެވެ. އެވަގުތު ކޮޓަރީގެ ކަނެއްގެ ފިނިވެގެން ރޫރޫ އަޅަމުން ދިޔަ މުލައިލް ޔާނީގެ ލޮލުގައި އަޅައިގަތެވެ.
ޔާނީގެ ލޮލުން ކަރުނަ ހިލުނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ރޮއެރޮއެ މުލައިލްގެ ދެލޯ ވަނީ ރަތް ވެފައެވެ. އޭރުވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މަތިން އެއްވެސް އެއްޗެއް ނުލާއިރު ވާނެ ފިނި ޔާނީއަށް އިހުސާސް ކުރެވިގެން ދިޔައެވެ. މުޅިމީހާ ރަތްވެފައި ވީއިރު އަބަދުވެސް ރީތިކޮށް ހުންނަ އެއިސްތަށީ ގަނޑު ވަނީ ހާވާލެވިފައެވެ.
އޭސީ ނިއްވާލަމުން ޔާނީ އައިސް މުލައިލް ގެ އަތުގައި ހިފާލަމުން މަޑުމަޑުން މުލައިލްއަށް ގޮވާލިއެވެ. “އި..އިއް..ލު” ނަމަވެސް މުލައިލްގެ ހާލަތު ފެނުމުން އެއަޑު ކުރެހިގެން ދިޔައެވެ. ކުއްލިއަކަށް މުލައިލް ޔާނީގެ ގައިގައި އޮޅުލައި ގަތެވެ. އަތި ބާރަށް ރޯން ފެށިއެވެ. ވީގޮތް ނޭންގުނަސް އެގޮތަށް ފިރިހެނަކު އެހާ ހިތުގައި ޖެހިފައި ރޯތީ ޔާނީއަށްވެސް ރޮވުނެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ ގައިގައި ބައްދާލައިގެން ތިބެ ރޮމުން ދިޔަ މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ރޮވޭނެކަން ޔަގީނެވެ. ގިސްލަ ގިސްލާފައި މުލައިލް ރޮމުން ދިޔައިރު ޔާނީ ދިޔައީ ރޮމުންނަމަވެސް މުލައިލް ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ.
އެންމެފަހުން މުލައިލްގެ އަޑު މުޅިން މަޑުވެ ވޭނީ ގިސްލުމަކަށް ބަދަލު ވެގެން ދިޔައެވެ. ޔާނީ މުލައިލް ދުރުކޮށްލަމުންކަރުނަތައް ފުހެލައިދިނެވެ. އަދި ނަގައިގެން ގޮސް އެނދުގައި އިށީނުމަށް އެހީވިއެވެ. އެނދުގައި އިށީނުމަށްފަހު މުލައިލް އެފައިލުގައި ހުރި ހުރިހާއެއްޗެއް ޔާނީއަށް ކިޔައިދިނެވެ. މުލައިލްގެ މަންމަ ގެ މަރުގެ ހަގީގަތާ އެމީހުންނަށް ޖެހިފައިވާ މުސީބާތުގެ ބޮޑުވާހަކައެވެ. އަދި ޔާނީ އަކީ ‘ޕީ.ޓީ.އެސް.ޑީ’ ގެ ޝިކާރައެއްކަމެވެ. ޔާނީ ވެސް ވަރަށް ހިތުގައި ޖެހުނެވެ. ނަމަވެސް މިވަގުތަކީ ރޯންވީ ވަގުތެއް ނޫންކަން ޔާނީގެ ތަނަވަސް ސިކުނޑިއަށް ވިސްނުނެވެ.
“އިއްލު.. އަހަރެން މިބުނަން އުޅޭ ވާހަކައިން އިއްލު ހައިރާން ވެދާނެ. އަދި އަހަރެން ދެކެ ރުޅި ވެސް އައިސްދާނެ. ވަރަށް ފަހުން އަހަންނަށް އިނގުނީ އިއްލުގެ ‘ޕީ.ޓީ.އެސް.ޑީ’ ހުންނަކަން. އެއީ ކާރުދެކެ ބިރުގަންނަ ހަގީގީ ސަބަބަކީ ވެސް. އަދި އެއްވާހަކަ. އެދުވަހު ލާނީ މަންމަ އަހަރެމެން ދެމީހުން ސަލާމަތް ކުރީ މިހެން ރޯކަށް ނޫން. ފިނޑިވާކަށްވެސް ނޫން. ނަމަވެސް ދިމާވާނެ ކަމަކަށް ތައްޔާރަށް ތިބި މާޒީއިން އިބުރަތް ހާސިލްކޮށް ނިކަން ކެރި ހުރެ ދުޝްމަނުން ބަލިކުރަން ކަން ޔަގީން. އަހަންނަށް އިނގޭ އިއްލުގެ މަންމަމެންގެ މަރުގެ ހަގީގަތް އިނގުނީމަ ވަރަށް ދެރަވާނެކަން. އެކަމް ގައިމު އެމީހުންވެސް މާޒީގަ ކިހާ ހިތްވަރެއް ކުރާނެ؟ވީރު އެމީހުންނަށްޓަކާ މިޔަދު އަހަރެމެން މިކަމާ ކުރިމަތި ލާންޖެހޭނެ.” ޔާނީގެ ނަސޭހަތާއެކު މުލައިލް ހަމަޔަކަށް އެޅުނެވެ. އެވަގުތު މުލައިލްގެ އަތުން ފުދޭވަރަކަށް ފުނަށް ކަނޑައިގެން ގޮސްފައިވާ ތަން ޔާނީއަށް ފެނުނެވެ. ދުވެފައި ގޮސް ބޭސްފޮށި ހިފައިގެން އައިސް އެތަން ސާފުކޮށްލުމަށްފަހު ބެންޑޭޖު އަޅާލަދިނެވެ. އަދި ކޮޓަރި ރީތި ކޮށްލަދިނުމަށްފަހު ފެންވަރާލަން ދިޔައީ ބޯހާސްކަން ފިލުވާލުމަށެވެ.
މާގަނޑުގެ ދަށުގައި އިން ޔާނީ އަށް ރޮވެމުން ދިޔައިރު އަދިވެސް މުލައިލްގެ އެވޭނީ ރުއިމުގެ އަޑު އިވެމުން ދިޔަކަހަލައެވެ. “ކީއްވެތަ؟؟!!! ކީއްވެތަ!! ކުރިން ލާނީ މަންމަ. މިހާރު އަހަރެމެން. އަހަރެމެންނަށް އުފަލެއް ނެތީތަ؟ މުލައިލް.. އަހަންނަކަށް ކެތެއް ނުވޭ ތިހެން ރޯތަން ބަލާކަށެއް. އަހަރެން މުލައިލް ދެކެ ވަރަށް ލޯބިވޭ.. އަބަވެސް އަހަރެން ދެރަވީމަ ހުންނަމެއްނު ދޯ ހެއްވާލަން. މީ އަހަރެންގެ ފަހަރު. އިން ޝާ ﷲ ތި މޫނުމައްޗަށް އަނެއްކާވެސް އެހިނިތުންވުން ގެނަސްދޭނަން. އެއީ އަހަރެން ވާ ވައުދެއް.”
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޔާނީ ދިޔައީ އެގޭގައި ހުންނަ ބަގީޗާގައި ގަސް އިންދަމުންނެވެ. އެވަގުތު އެތަނަށް ނިކުތް މުލައިލް ފެނުމާއެކު ވަރަށް ނުވާކަމަށް ހަދާލަމުން މޫނުގައި ވެލިކޮޅެއް ހާކާލިއެވެ. އަދި މުޅި އަތާއެއްކޮށް ވެލި ހާކާލިއެވެ. ފިނިކޮށްލަން ނިކުތް މުލައިލްއަށް ކަޅުވެލިން ތަތްތެޅިގެން އިން ޔާނީ ފެނުމާއެކު ބަލަން ހުރެވުނީއެވެ. “އޭ!!! ތި ކޮންކަމެއް؟ ބުނާނެ މަގޭ އަނގައިންނޭ ސޮނިފައިބަ ފައިބާ ހުންނަނީ. ބަލަ ވާރޭ ފެން ކޮޅެއް ލިބޭތޯތަ އަނގަ މައްޗަށް ޖަހައިގެން ތިހުންނަނީ؟ ނޫނީ މިތަނުން މަލެއް ކާހިތްވީތަ؟” ޔާނީ ބާރަކަށް ގޮވާލިއެވެ. ގަބުވެފައި ހުރި މުލައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ޔާނީވެސް ސިއްރު ސިއްރުން ހީލީ މުލައިލްގެ ހިނިތުންވުން ފެނުމުންނެވެ. ޔާނީވެސް ހެވިފައި އިންދާ މުލައިލް ފެންހޮޅި ހިފައިގެން އައޮގޮތަށްއައިސް ޔާނީގެ ގަޔަށް ދޫކޮށްލިއެވެ. ސިހިފައި ޔާނީވެސް ހަޅޭއްލަވައިގަތެވެ. “ސާބަހޭ ދައިތާ. ގަސް އިނދަނީތަ ނޫނި ތިއުޅެނީ މިތަނުން މަލަކަށް ވާންތަ؟ މުޅި ގައިގަ ވެއްޔޭ ތިއޮތީ..ޖަހާ ފާޑެއް!!” ހެމުން ހެމުން މުލައިލް ބުނެލިއެވެ. ޔާނީވެސް އެންމެ ތަންކޮޅެއްވެސް ދޫކުރާކަށްބޭނުމެއް ނުވިއެވެ. އައި ގޮތަށް އައިސް ފެން ބާލިދީ މުލައިލްގެ ބޮލަށް އަޅާލިއެވެ. އުޑުމަތި ބަނަކޮށް އޮތުމަށްފަހު ވާރޭވެސް ވެހެން ފެށީ އެވަގުތުއެވެ. ދެމީހުން އެވާރޭގެ ތެރޭގައި އެކަކު އަނެކަކުގެ ގައިގައި ވެލި އުނގުޅަމުން ދުވަމުން ދިޔައީހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށްލަން ހިތުލައިގެން ކަންނޭންގެއެވެ. ކުޑަދޮރުން އެމަންޒަރު ބަލަންހުރި ޔުސްރާގެ މޫނުމަތިން ހިތްހަމަ ޖެހުން ފެންނަމުން ދިޔައެވެ. ޔުސްރާއަށްވެސް އަލާނިޔާމެންގެ މަރުގެ ހަގީގަތް އިނގިފައި ވީއިރު މުލައިލްމެންނަށްވެސް އެހަގީގަތް ހާމަވެފައި ވާކަން އިނގުނީ އެކޮޓަރިން އެފައިލު ފެނުމުންނެވެ. ޔުސްރާ މިހާރު ބޭނުންވަނީ އެދެމީހުން އެކުގައި ހުރިހާ ކަމެއް ހޯދުމަށްފަހު ކެރިހުރެ ކުރިމަތި ލާށެވެ. އެދެމީހުންނަށް ނޭންގުނަސް ޔުސްރާ އެކަމުގައި އެމީހުނަށް އެކަމުގައި ސިއްރުން އެހީވާނެއެވެ.
އުފާވެރި ވަގުތުކޮޅަކަށްފަހު މުލައިލް ވަނީ މުޅިން ހަމަޖެހިފައެވެ. އެރޭ އެއްކޮށް ރިޕޯޓު ލިޔުމުގައި ހޭދަކުރިއިރު މުލައިލް ބޭނުންވަނީ ކެރިހުރެ ހަގީގަތާ ކުރިމަތި ލާށެވެ. އެރޭ މުލައިލްއަށް ނިދުނީވެސް މެންދަމުން އަލިވެ ތިނެއް ޖެހިފަނުންނެވެ. ހެނދުނު ދެކުދިން އެކުގައި ދިޔައިރު ޔާނީވެސް މުލައިލްއަށް ހިތްވަރު ދިނީ އޭނާގެ ނަސޭހަތް ގަބޫލު ކުރީތީއެވެ. ދިވެހި ގަޑީ ޖެހުމާއެކު މުލައިލްގެ ނޭވާ އަވަސްވާން ފެށިއެވެ. އަދި މީހާ ފިނިވެ ދާހިއްލަން ފެށިއެވެ. ނަމަވެސް މުލައިލް ގެ ފަހަރު އައުމާއެކު ދެލޯމަރާލަމުން ހަމަޖެހިލުމަށްފަހު ކްލާހުގެ ކުރިމަތީ ހުއްޓިލިއެވެ.
“ދެހާސް ނަވާރަވަނަ އަހަރު ހިނގި މަގުމަތީގެ ހާދިޡާއަކީ މިޔަދުވެސް އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔެއްގެ ހަނދާނާ ގުޅިފައިވާ ބިރުވެރި ހާދިޘާއެއް. އެދުވަހު އެ ކެރޭނު ފުރޮޅާލީ ދުއްވަން އިން މީހާގެ ސަބަބުން ކަމަށް ގިނަބަޔަކު ގަބޫލު ކުރި. ނަމަވެސް އެދުވަހު އޭނާވެސް މިދުނިޔެ ދޫކޮށްދިޔުމާއެކު ކުށްވެރި ކުރެވޭނެ އެއްވެސް މީހެއް ނުފެނުން. ނަމަވެސް އަޅުގަނޑު ތައްޔާރުކުރި ރިޕޯޓާ އަޅުގަނޑަށް ލިބުނު މައުލޫމާތުން އަންގަނީ މިއީ ދޮގެއް ކަމަށް. އާދެ! އެ ކެރޭނު ފުރޮޅާލީ ދުއްވަން އިން މީހާގެ ސަބަބަކުން ނޫން. ގާތްގަނޑަކަށް ގަޑިން އެދުވަހު ނުގަޑި ފަންސާހުގައި އެތަނުގައި ކޮންމެސް މީހަކު ވަނީ އޭ ކެރޭނު އަންނަން ހަމަޖެހިފައިވާ މަގުމައްޗަށް ފުޅިތޮށި އަޅާފަ. އޭގެ ސަބަބުން އެކެރޭނު ފުރޮޅާ ލުމަށްފަހު އެމަގުން އައި ޕްރައިވެޓް ކާރުގައި ޖެހި އޭގައި ވި ދެމަފިރިން ގެ ފުރާނަ ނަގާލި. މުޅިއެކު ހަތަރު މީހުން އޭގައި ތިބިއިރު މިދުނިޔެ ދޫކުރީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ. އެދެމީހުންގެ އިތުރަށް އެކާރުގައި ދަތުރުކުރީ އަޅުގަނޑާ ޔާނީ. އަޅުގަނޑުގެ މައިންބަފައިންނަކީ އޭރުގެ މަޝްހޫރު ގާނޫނީ ވަކީލު އަލާނިޔާ އަދި ސްޕެޝަލް ފޯހުގެ ޑިރެކްޓަރ ލައިތް. އެޔަށްފަހު އެކެރޭނު ވެއްޓުނު އިމާރާތް ވެއްޓި އެތައްބަޔެއްގެ ފުރާނަ ދިޔަ. ނަމަވެސް މިއީ އަދިވެސް ބަލާނުނިމޭ މައްސަލަޔަކަށް ވުމާއެކު މި މައްސަލައިގެ އެއްވެސް މައުލޫމާތެއް މީޑީއާ އާވެސް ހިއްސާކުރެވިފައެއް ނުވޭ. އަދި ހަމަ އެހެންމެ މިކަން ސާބިތު ކުރެވޭނެ ހެތްކެތްވެސް އަޅުގަނޑަކަށް ނުލިބޭ. ނަމަވެސް ވަރަށް އަވަހަށް ހުރިހާކަމެއްވެސް މީޑީއާ އަދި އާއްމުންނާ ހިއްސާކުރެވިގެންދާނެ. މިހސާބުން އަޅުގަނޑުގެ ރިޕޯޓު ނިންމާލާނަން. ޝުކުރިއްޔާ”
މުލައިލް ގެ ރިޕޯޓުނިމުމާއެކު ހުރިހާ ކުދިންގެ އިތުރުން މުދައްރިސްވެސް ތެދުވީ އެރިޕޯޓުގެ ފުރިހަމަކަމުންނެވެ. މުލައިލްގެ ހަގީގީ މައިންބަފައިން އެންމެނަށް އިނގިގެން ދިޔައިރު އަލާނިޔާމެން ދެމަފިރިންގެ ވާހަކައަކީ އޭރު ރާއްޖޭގެ ގިނަ ބަޔަކަށް މަޝްހޫރު ވާހަކައެއްކަމުން އެންމެނަށްވެސް އަލާނިޔާމެން އިނގުނެވެ. ހަގީގަތް އަމިއްލަ ދުލުން ގަބޫލު ކުރެވުމުން މުލައިލްއަށް ހީލެވުނެވެ.
ބްރޭކް ގަޑިއެވެ. އެންމެން ވެސް ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު މުލައިލްގެ ނަޒަރުވަނީ ޔާނިލާއަށް ހުއްޓިފައެވެ. އެމަންޒަރު ބަލަން އިން ޔާނީގެ ހިތުގައި ރިއްސާލިއެވެ. މުލައިލްގެ އުފަލަށްޓަކައި އެދެމީހުން ގުޅުވަން ކިތަންމެ ބޭނުންވިޔަސް ޔާނީގެ ހިތުގައި އެއީ އަލާނިޔާގެ ދަރިއެއްކަމާމެދު ޝައްކުތަކެއް ވިއެވެ. ވަރަށް ނުވާކަމަށް ހަދާލުމަށްފަހު އެންމެންގެ އުފަންދުވަސް ޔާނީ އަހަންފެށިއެވެ. ޔާނިލާވެސް ވަރަށް ހަމަޖެހިލަމުން ޖަވާބު ދިނެވެ. “ދިހައެއް މާރިޗު ދެހާސް ސޯޅަ” އެޔާއެކު އެންމެން ލޯބޮޑުކޮށްލުމާއެކު ހިނގަނޑެއް ޖަހާލުމަށްފަހު އަނެއްކާވެސް ކިޔައިދޭން ފެށިއެވެ. “މުލައިލް އާ އެއްދުވަހެއް. އެކަމަކު އަހަރެން ގްރޭޑް ހައެއްގަ އުޅުނު އަހަރު ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިގެން އެއްއަހަރު ދިޔައީ. ދެން އުފަންދުވަހުގެ ވާހަކަ އެކަކު ގާތުވެސް ނުބުނީ އެއީ އަހަރެން ފާހަގަ ކުރާ ދުވަހެއް ނޫން ވީމަ.އެއީ ބައްޕަ ނިޔާވި ދުވަސް.”
މިވީ ކިހިނެއް ހެއްޔެވެ؟ މުލައިލް އާ ދެމީހުންގެ އުފަންދުވަސް އެއްދުވަހަކަށް ވުމަކީ އިއްތިފާގަކަށް ވެދާނެހެއްޔެވެ؟ ނުވަތަ މިކަމުގައި ވެސް ވަނީ އަޑި ނޭންގޭ ހަގީގަތެއް ބާއެވެ؟ ޔާނީގެ ބޮލުގައި ރިއްސާލިއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.





good morning dear readers. hope you like this part too. mistakes faahaga kohlla dhehchey ingey. ly ??
V v v salhi. Next part avahah up kohla dhehchey.
thank you?. in sha allah yess
So story is updated weekly?
umm.. no. daily i guess
Aslu yaanilaa aky kaaku??v salhi mi prt vc..?Nxt prt whn??
ei ves school ah alah join kuri girl eh. thanks luhan. in sha allah soon ???
Gud morning seyma.?
Hey dear mi part kuru dhw.but stry vvvvv reethi.keep it up.mi ilu&yaanilaa twins.emeehunge mom laany marunuvy dhw.cormaaga laany&ruaa v i think.and yaanila & alaaniya mi bad dhemihun . hahah.waiting 4 next part.upload soon dear seyma.
Have a great day.??????????????
hello. mi part kuru? ekm word count gina ingey alsu kurige part thakah vure. dhen vaagoi balamaa dhw. thanks a lot. hope u have a good day too ????
Varah intresting ?
thanks ?
So mulail and yaanilaa mii twins dhw
But yaanilaa balaa bodukuree ruaa dhw
ahah.. letss see dhw ?
I think mulail aa yaanila eii siblings hen alhey enme intrestvi hisaabun enimuni??? and you are so talented writer sifakurun tha varah reethi heevani vaahakaige thereygai ulhevey hen? waiting for the upcoming part so egearly ly❤❤
awwn.. thanks a lot ree..??? lyt ?
When is the next part??
I love this
mi story ge waaanuwaa eh neyge mihaaru .-.
sorry for the inconvenience. mi stroy ga mulheni dhekudhin. eyge therein boy ge mamma ge life ga dhimaavefa oi kameh repeat vaathi eulheni. also they found out emyhunge parents ge maruge hageegai. kurin mulail heekurani vihaafa mamma maru vi kamah. ekamaku it was due to a road accident which was planned before
I don’t really understand mi story ge vaanuvaa. 2019 ga Hingi accident eh. Alaaniyaa birthday akee 2016 dhn vaanuvaa hama. Nunimey massala eh ge hurihaa documents kudhin thakakaa ehen havaalu kuraanetha. In fact nimifa othas there is no way ekahala documents thah dheyne. Adhi eves geyah gendhan. So unrealistic. #boahalaak
I think mi 18 year late hen.2019 ga accident hingiy.eyru ilu ah 3 year.yaaniy 2 year dhw seyma.
i understand. aslu varah complicated story eh mi. alaaniyaa viki hi 2016 ga eh noon. kurige story rangalhah ki nama ingeyne tha mi she was 19. dhen mihaaru miulheni eynage dharin. it means mee eyge aharuthakeh fahey. also, they were pretty close and was his dad. so balaalan dhiny. its just an imaginary story.
yeah @friends . u r right
Story is awsm.. jst luv this part…. Waiting for nxt part…. Ly ???
thank you. lym ???
Kobaa next part dear.
Plx upload next part soon.
Vrh reethi avah up kobba
Kyhve eha las vany??
Haadha lahey avahah up kobba
Where is the f******* part… I miss your story…. That’s so nice
Kn irakn nxt prt?v kiya hithun mi hury