SAMSUNG GALAXY NOTE….
ފަރީޝާއަކީ ދެބައި އުމުރަށް އަޅާފައިވާ އަންހެނެކެވެ. އެހެންނަމަވެސް އޭނާ އަކީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހެކެވެ. މިއާ ހިލާފަށް ފަރީޝާގެ ފިރިމީހާ މިހާދު އަކީ އެންމެ އާދައިގެ އެއްޗެއްސަށް ލޯބިކުރާ މަސްވެރިއެކެވެ. ބައެއްފަހަރު ފަރީޝާގެ ހުންނަ ދެއްކުންތެރި ކަމެއްގެ ސަބަބުން މިހާދުގެ ހިތަށްވެސް ސަހަރޯހީވެއެވެ.
އާދައިގެމަތިން ކަންނެލި ދަތުރެއް ނިންމާލުމަށްފަހު މިހާދު މާލެ އައިސް ހުރި ދުވަހެކެވެ. ޖެހިގެން އޮތް ދުވަހަކީ ފަރީޝާގެ އުފަންދުވަހެވެ. ފަރީޝާއަކީ ރައްޓެހިންނާއެކު އުފަންދުވަސް ފާހަކަކޮށް އުޅޭ މީހެކެވެ. އެހެންވުމުން ފަރީޝާ ހިތްހަމަ ޖައްސާލުމަށް ހަދިޔާއެއް ދިނުމުގެ ނިޔަތުގައި މިހާދު ފަރީޝާ ގާތު އަހާލިއެވެ.
” މިފަހަރު އުފަންދުވަހު އެންމެ ބޭނުމީ ކޮން އެއްޗެއްތ؟”
” މިހާދު ތިއުޅެނީ ހަދިޔާއެއްދޭންތަ؟ އަހަރެން މިހާރު އެންމެ ބޭނުމީ އެންމެފަހުގެ ސެމްސަންގް ގެލެކްސީ ނޯޓެއް، ހައްވަ ވެސް މިހާރުގެން ގުޅޭ އޭގެ އެއްޗެއް” ފަރީޝާ ބުނެލިއެވެ.
މިހާދު ކޮންމެ ގޮތެއް ހަދާފައިވެސް މިފަހަރު ފަރީޝާ ބުނި ހަދިޔާ ހޯދަދޭން ނިންމިއެވެ.
ޖެހިގެން އައިދުވަހުގެ މެންދުރުގެ ވަގުތެވެ. ފަރީޝާ ނަމާދުކޮށްލައިގެން ނިކުންތަނާ މިހާދު އައިސް ގެއަށްވަނެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ.
” މިހާދު! ހާދަ ހޫނުވެލާފަ. ކޮން މަސައްކަތެއް ކޮށްލާފަ ތިއައީ؟” މިހާދު ހިރި ގޮތޤ ފެނުމުން ފަރީޝާ ބުނެލިއެވެ.
” ދެން ތިހުރިހާ ވާހަކައެއް ނުދައްކާ މީ ބަލާބަލަ. ފަރީ ވަރަށް ބޭނުން އެއްޗެއްމީ؟” ކޮތަޅަކުން ނެގި ކަރުދާހަކުން ބަންދު ކޮށްފައި އޮތް ކުޑަ ފޮތްޑެއް ފަރީޝާގެ އަތަށް ދެމުން މިހާދު ބުނެލިއެވެ. ވަރަށް އުފަލުން ހުރެ ފަރީޝާ އެ ކަނޑާ އެތެރެ ބަލާލުމުން ލިބުނީ ހައިރާން ކަމެކެވެ، އޭގެ ތެރޭގައި އޮތީ އެއްޗެހި ލިޔާ ކުޑަކުޑަ ފޮތެކެވެ.
” މި ކޮންކަމެއް؟” ލިބުނު ހައިރާން ކަމާއެކު ފޮތް ނަގާ ދައްކާލަމުން ފަރީޝޤ އަހާލިއެވެ.
” ތި ފަރީ ބޭނުންވި ހަދިޔާއެއްނު. އަހަރެން އިއްޔެ ހަތަރު ދަމު ހިނގާ ހިނގާވެސް މާލޭ ފިހާރަޔަކުން ސެމްސަންގް ގެލެކްސީ ނޯޓް ޖަހާފަ ހުރި ފޮތެއް ނުފެނުނު. ދެންއެންމެ ފަހުން އަހަރެން ނޯޓްބުކް ޖަހާފަ ހުރި ފޮތެއް ގަނެފަ ބުކް ކަނޑާލާފަ ސެމްސަންގް ގެލެކްސީ ޖެހީ މިހާރު ތި އޮތީ ސެމްސަންގް ގެލެކްސީ ނޯޓަކަށް ވެފައެއްނު.” މިހާދު ވަރަށް ހެވިފައި ހުރެ ބުނެލީ ފަރީޝާ ބޭނުންވާ ހަދިޔާ ދެވުނީތީއެވެ.
” ޕިސް ޕިސް ޕިސް. މަށަށް ވާ މިހުރީ ފިރިއެއް ލިބިފަ. މިހަރަ ގަމާރާ ސެމްސަންގް ގެލެކްސީ ނޯޓު އެއީ ތިކަހަލަ ފޮތެއް ނޫނޭ، އެއީ ވައްތަރެއްގެ ފޯނެކޭ ” ނިތްކުރީގައި އަތުން ޖަހާލަމުން ފަރީޝާ ބުނެލިއެވެ.
” އެހެންތަ؟ މަށަށް ކިހިނެއްތަ އެހެން އިނގޭނީ . މަށަކީ ދުނިޔެމަތީ ގެންގުޅޭ ހުރިހާ އެއްޗެއް ހޯދާ ބަލާ މީހެއް ނޫނިއްޔަ. ދަރިން ސްކޫލަށް ގެންދަންވެސް ނޯޓްބުކޭ ކިޔާ ފޮތެއް ގެންގުޅޭ ވިއްޔަ، ދެން ފަރީ ސެމްސަންގް ގެލެކްސީ ނޯޓޭ ބުނީމަ މަހީކުރީ އޭގެ ފޮތެއް ކަމަށް” އަތުން ބޯކަހާލަމުން މިހާދު ބުނެލިއެވެ.
3 Comments!
Comments are closed.

hee heee halaaak 😛
Dhuvahaku vx mihaa funny stry eh nukiyan:D
haha