ތިޔަ ލޯބީގެ ހައްޤުގައި (17)
“ސްޓައިލިޝް ކްއީން” އޭ ބުނެފިނަމަ މިހާރު އެތަން ނޭނގޭ މީހެއް މުޅި މާލޭގައިވެސް މަދުވާނެކަން ހަމަ ޔަގީނެވެ.
** ** **
ފުއްމޮޑެން ހަރީރާ ހުރިއިރު އެއަތުގައި މަޑު ތުރުތުރެއްވަނީ އުފެދިފައެވެ. ނޭފަތް ދަމަމުންދިޔަގޮތުން އޭނާ ރޮނީކަން އެނގެއެވެ. މުޅި މީހާވަނީ ހިތާމަކޮށްކޮށް ހިކިއަނަރޫފަވެފައެވެ. ވަޅު ވަދެފައިވާ ދެލޯކައިރިވަނީ ކަޅުވެފައެވެ. އިސްތަށިގަނޑު ހޭވިފައިވީއިރު ލައިގެންހުރި ހެދުންވެސްވަނީ ބައުވެފައެވެ.
ފުއްމޮޑެ ނިންމައިލުމަަށްފަހު ރޮށިފިހަން ހަރީރާ ފެށީ ގަޑިއަށް ބަލައިލަމުންނެވެ. ލީޒް އަންނައިރަށް ސައި ތައްޔާރުނުކުރެވިއްޖެނަމަ އޭނާގެ ދުވަސްދުއްވާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. އަވަސް އަރުވައިލައިފައި ހަރީރާ ސައި ތައްޔާރުކޮށް ނިންމައިލިއެވެ.
އެވަގުތު ކުރު ގަމީސް ޓޮޕަކާއި ކަޅު ސްކިނީއެއްގައި ކާކޮޓަރިތެރެއަށް ވަދެގެން އައި ލީޒްފެނުމާއެކު ހަރީރާ އިސްޖަހައިލިއެވެ.
“އަދިކިރިޔާ ދޯ ސައި ހަދައި ނިމުނީ؟ މިހާރު ސައި ހަދަން ފެށިތާ ކޮންއިރެއް. ދުވަހަކުވެސް ކަމެއް އަވަހަށް ކުރެވޭކަމަކަށް ނުވާނެ. ދެންވެސް ބަލަން ނުހުރެ ނިކަ އަހަރެންނަށް ކޮފީއެއް ގިރައިބަލަ.” ގޮނޑިދަމާލައިފައި ބިއްލޫރި ވަށްމޭޒު ދޮށުގައި އިނށީނަމުން ލީޒް ކުދިކިޔައިލިއެވެ. އެއީ މިހާރު ކޮންމެ ދުވަހެއްގެވެސް އާދައެވެ. ލީޒްގެ ދުވަސްފެށެނީ ހަރީރާއާާ ދިމާއަށް ހަޅޭލަވައިގަތުމަށްފަހުއެވެ. އެހެންނޫނީ އެހިތަށް ހަމަޖެހުމެއްލިބޭ ހެނެއްވެސް ހިއެއްނުވެއެވެ. އެއީ އޭނާގެ މަންމަ ކަންވެސް ލީޒް ހަނދާންނެތް ކަހަލައެވެ. ލީޒްގެ މިއަމަލުތަކުގައި ހަރީރާގެ މެދަށް ހުންނަ ފިރިހެންދަރިވެސް ބައިވެރިވެއެވެ.
މިފާއިތުވި 4 އަހަރު ތެރޭގައި އެގެވަނީ ޒަމާނާއި އެއްގޮތަށް އަލުން ފަރުމާކުރެވިފައެވެ. ގޭގެ ފަރުނީޗަރުވެސްވަނީ ބަދަލުކުރެވިފައެވެ. ކިޔަވައިނިމި ލީޒް ވަޒީފާއަަށް ވަތްއިރު ހަރީރާގެ ފިރިހެންދަރިފުޅުވެސް އުޅެނީ ރިސޯޓެއްގައި ވަޒީފާ އަދާކުރާށެވެ. ނަމަވެސް އެއިން މީހަކު ހަރީރާއަށް އެންމެ ލޯލާރި ފޮއްޗެއްހައި ހިސާބުވެސް ނުދެއެވެ.
ވިސްނުމެއްގައިހުރެ ހަރީރާ ކޮފީގިރައި ނިންމައިލުމަށްފަހު ދިޔައީ ސިޓިންރޫމް ފޮޅައި ފެންފޮތިލާށެވެ. މީގެ ހަތްމަސްކުރިން ކޮންމެ ދުވަހަކުވެސް އައިމިނަ އޭނާއަތަށް ސިޓީ އުރައަކަށް ލައިފައި ކޮންމެ މަހަކުވެސް 10 ހާސްރުފިޔާ ގެނެސްދެއެވެ. ކާކުދޭ އެއްޗެއްހޭ އެހުމުން ބުނަނީ މިއުޝީން ފޮނުވާ ފައިސާކަމަށެވެ. ނަމަވެސް އެދުލުން މިއުޝީންހުރި ތަނެއް ހަރީރާ ގާތުގައި ބުނުމަށް އައިމިނަ ވަނީ ދެކޮޅު ހަދައިފައެވެ. އެކަމާ ދެރަވި ނަމަވެސް އެދަރި ހެޔޮހާލުގައި ހުރީތީ އެކަމާ ހަރީރާ އުފާކުރެއެވެ. އަދު އޭނާއަށް އެހީތެރިވެސް އެވަނީ އެއްޒަމާނެއްގައި އޭނާ އެންމެ އިހާނެތިކޮށް ކަންތައްކުރި ދަރިއެވެ. އެއީ ފޮރުވިފައިހުރި ޖަވާހިރެއްކަންވެސް ހަރީރާއަށް މިއިހުސާސުވީ އެދަރި އޭނާގެ ލޯކުރިމަތިން ވަކިވެ ދިއުމުންނެވެ.
މޫނުގައި ހިއްލައިފައިހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ސިޓިންރޫމްތެރެ ފޮޅައި ސާފުކުރަން ހަރީރާ ފެށިއެވެ. މިހާރު އޭނާއަކީ އެގޭގައި ގެންގުޅޭ ނޯކަރެއް ފަދައެވެ . އެކިތަންތަން ފޮޅައި ސާފުކުރަމުންގޮސް އެމަސައްކަތް ނިމުނުއިރު އޭނާވަނީ ވަރުބަލިވެގެންގޮސް ހަލާކުވާވަރުވެފައެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އޭނާއަށްހުރި ގޮތެވެ.
ބޮޑު ބާލިދީއަކަށް ފެންއަޅައިގެން ގެނައުމަށްފަހު އެތަނުގައި ފެންފޮތިލާން ހަރީރާާ ފެށިއިރު އެދެލޯވަނީ ފެންކަޅިވެފައެވެ. އޭނާގެ ނިކަމެތި ހާލު އިހުސާސުވާ ކޮންމެ ފަހަރަކު އޭނާއަށް ރޮވެއެވެ. އޭނާއާއި އެއްއުމުރެއްގެ މީހުން މަޖާކޮށް އަރާމުކުރާ މަންޒަރު ފެނުމުން އެހިތުގައި ޖެހެއެވެ. އެމީހުންގެ ދަރިން އެމީހުނަށް އަޅައިލާ ލޯބިދޭ ފަދައިން އޭނާގެ ދަރިންވެސް އޭނާ އަށް ލޯތްބާއި އަޅައިލުން ދޭނޭނަމައެވެ.
ފުންޚިޔާލުތަކަށް ގެއްލިފައިހުރެ ފެންފޮތިލަމުންދިޔަ ހަރީރާ ސިހިފައި ބަލައިލީ ލީޒްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ނުކުތް ފިރިހެންމީހާ ފެނުމުން ހަރީރާ ވީފޫހިން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. އެއީ ކާކުކަމެއްވެސް އޭނާ އަކަށް ނޭނގެވެ. ނަމަވެސް އެވާނީ ލީޒް ގެންގުޅޭ ފިރިހެނުންތަކުގެ ތެރެއިން މީހަކަށްކަން އޭނާއަށް އެނގެއެވެ. ރެއަކަށް މީހަކު އެކޮޓަރިއަށް ވެއްދުމަކީ ލީޒްގެ އާދައެކެވެ. އެއްޗެކޭ ބުންޏަސް ގޯސްވަނީ ހަރީރާއެވެ. އެމީހާ ހަރީރާގެ މޫނަށް ފާޑަކަށް ބަލައިލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
ދެލޯމަރައިލަމުން ހަރީރާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އޭނާގެ މަސައްކަތާއިވެގެން ކުރިއަށް ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ހުރިހައި މަސައްކަތެއް ނިންމައިލުމަށްފަހު ހަރީރާ ފެންވަރަންވަނީ ގޭގައި ހުންނަ ބައު ގިފިއްޔަށެވެ. ގޭތެރޭގައި ރީތިކޮޓަރިތަކާއި ފާޚާނާތައް ހުއްޓަސް އޭނާ ފެންވަރައި ހަދަން ޖެހެނީ ގިފިލިންނެވެ.
ދާނި ވަޅަށް ކޮށްޕައިލުމަށްފަހު ނެގި ވަގުތުގައި އޭނާގެ ކަނައަތު ކޮނޑު ހުޅުގައި ރިއްސައިލިއެވެ. ވީތަދުން މަޑު އާހެއްގެ އަޑު އެތުންފަތް ދެމެދުން ބޭރުވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ފެންވަރައި ނިންމައިލިއެވެ. ގައިގެ އެތަން މިތަނުގައި ރިއްސިނަމަވެސް ކުރާނެ ކަމެއް ނެތެވެ.
ހެނދުނުގެ ސައި އެކަނި ބޮއިގެންހުރުމުން އޭރު އޭނާވަނީ ބަނޑުހައިވެގެންގޮސް ހާންތިވާވަރުވެފައެވެ. އެހެނަސް ލީޒްމެން ނުކަނީސް އޭނާއަށް ކާނެ އެއްޗެއް ނުލިބޭނެކަން ހަރީރާއަށް އެނގެއެވެ.
ފެންވަރައި ނިމިގެން ތުވާލިން މޫނު ފުހެމުން ހަރީރާ ގިފިލިން ނުކުތެވެ. އޭރު ކާކޮޓަރީ ތެރެއިން ލީޒްމެން ހީހީފައި ސަކަރާތް ޖަހާއަޑު އިވެއެވެ. ކާކޮޓަރި ހުރަސްކޮށްލަމުން ހަރީރާއަށް އެދިމާ ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއެކު އޭނާގެ ދެލޯވަގުތުން ފެންކަޅިވިއެވެ. އޭނާ ނުކައި ބަނޑަށް ހުއްޓައި އޭނާގެ ދަރި އެކުވެރިންނާއެކީގައި ހީހީފައި ކަމުންދިޔަ މަންޒަރު ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކަށްހެއްޔެވެ؟
ނޭފަތް ދަމައިލަމުން ހަރީރާގޮސް އޭނާ ނިދަން އޮންނަ ތަނަށް ވަނެވެ. އެއީ ކުޑަވަރެއްގެ ގުދަނެކެވެ. އެއްފަރާތުގައި ސިންގަލް އެނދެއް ބެހެއްޓިފައި ހުރިއިރު ދޮރުފަތް ހަލާކުވެފައިވާ ބައު އަލަމާރިއެއް އެނދާއިދިމާ ކުރިމަތީގައި ބަހައްޓައިފައި ހުއްޓެވެ.
ފާރުކައިރީ ދަމައިލެވިފައިވާ ރޯނުގައި ތުވާލި އަޅައިލަމުން ހަރީރާ ގޮސް އެނދުގައި ޖައްސައިލިއެވެ. ބޯއަޅަންވެސް އޮތީ ބައުވެ ހަޑިވެފައިވާ ބާލީހެކެވެ. ގައިމަތީގައި އަޅަންދީފައިވާ ފޮތިގަނޑުވެސްވަނީ އެކި ހިސާބުން ވީދިފައެވެ.
ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ހަރީރާ އެނދުގައި އޮށޯތެވެ. އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް މަރައިލިދެލޯ ހުޅުވައިލަމުން ހަރީރާ ބަލައިލިއެވެ. ދޮރުމަތީގައި ހުރި ލީޒް ފެނުމުން އެނދުން ތެދުވެ އިނށީދެލިއެވެ.
އަތުގައި އޮތް ސިއްލަވާތި ތަށި ދޮރުމަތީގައި ހުރެފައި ލީޒް ކުޑަކޮށް ގުދުވެލަމުން ތަޅުންގަނޑުމަތީގައި ބެހެއްޓުމަށްފަހު ހަރީރާއާއި ދިމާއަށް ހޫރުވައިލިއެވެ. އޭގައިވަނީ ރޭނގަޑަށް ހަރީރާ ހެދި ކުޅިމަހުގެ މަސްކޮޅަކާއި އެއްރޮށްޓެވެ. ރޮވިފައި ލީޒްގެ މޫނަށް ހަރީރާ ބަލައިލުމާއެކު ތުންއަނބުރައިލައިފައި އޭނާ ބަންކިޔާފައި ދޮރުޖެހިއެވެ.
ގިސްލައި ރޮމުންދިޔަ ހާލު ތަޅުންގަނޑުމަތީގައި ދެފައިވަށްކޮށްލަމުން އިނށީދެ ހަރީރާ ކާންފެށީ ބަނޑުހައިވެފައި ވާލެއްބޮޑުކަމުންނެވެ. އެވަގުތު އޭނާގެ ލޯމުރިމަތީގައި ސިފަވަމުންދިޔައީ ލީޒްމެން ކުޑައިރު އޭނާ އެކުދިންނާ ދޭތެރޭގައި ކަންތައް ކޮށްދިން ގޮތެވެ. ލޯތްބާއިއެކު ބުނި ކޮންމެކަމެއް ކޮށްދީ ކޮންމެ އެދުމެއް ފުއްދައިދިނީ މިދުވަސް ދެކުމުގެ އުއްމީދުގައި ހެއްޔެވެ؟
** ** **
ނިކްޔަލް ކާރުގައި މިއުޝީން ގޮވައިގެން އައިސް އޮފީހުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ހިނިތުންވުމެއް ދެމުން ކާރުން ފެއިބުމަށްފަހު ދެމީހުންވެސް ދެމީހުންގެ އޮފީހާއި ދިމާއަށް ހިނގައިގަތީ މެންދުރު ބްރޭކް ގަޑީގައި ބައްދަލުވަން އެއްބަސްވެފައެވެ.
އޮފީހަށް ވަދެގެންދިޔަ މިއުޝީން ފެނުމުން ކޮންމެ މީހަކުވެސް ހިނިތުންވެފައި ހެނދުނުގެ ސަލާމް ކުރަމުންދިޔައެވެ. އެވަގުތު އޭނާގެ ޕީއޭ އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސްހުރި ވާހަކަ ބުންޏެެވެ. ކެބިންގެ ދޮރުހުޅުވައިލަމުން އެމީހަކު ކެބިންއަށް ގެނައުމަށް މިއުޝީން ބުނެލިއެވެ. ބޯޖަހައިލަމުން ލައްބައޭ ބުނެފައި އެކުއްޖާ ހިނގައިގަތެވެ.
އޭނާގެ ބޮޑު ގޮނޑީގައި ފައިލެއް ބަލަންއިން މިއުޝީން ވަންނާށޭ ބުނެލީ ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. އެމީހަކު ވަދެގެން އައި އިރުވެސް މިއުޝީން ޝައުގުވެރިކަމާއެކު އޭނާގެ އަތުގައި އޮތް ފައިލަށް ބަލަމުންދިޔައެވެ.
“އައްސަލާމް އަލައިކުމް.” ކުރިމަތިން އިވުނު ފިރިހެންވަންތަ އަޑުން ވަގުތުން އެއީ ކާކުކަން މިއުޝީނަށް އެނގުނެވެ. އެއަޑާއެކު އޭނާގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ.
“ވައަލައިކުމް ސަލާމް.” ސަލާމްގެ ޖަވާބުދެމުން އިސްއުފުލައިލައި މިއުޝީން ބަލައިލިވަގުތު އެފިރިހެންމީގާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މިއުޝީން.” ހައިރާންވެފައި އެފިރިހެންމީހާ އެހެންބުނެލިއިރު މިއުޝީންގެ ތުންފަތްމަތީގައި ރަސްކަންކުރަމުން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ.
“ޔެސް. ނައިސް ޓް މީޓް ޔޫ ޝަޔާން.” އެއިންގޮތަށް އިނދެ އެހެންބުނެލުމަށްފަހު އޭނާގެ ކުރިމަތީގައިހުރި ގޮނޑިއަށް މިއުޝީން އިޝާރާތްކޮށްލީ އިނށީނާށޭ ބުނާފަދައިންނެވެ.
ހިންދިރުވައިލަމުން ޝަޔާން އައިސް އެގޮނޑީގައި އިނށީނެވެ. އެތަނުގެ ވެރިޔާގެ ނަން އޭނާވެސްވަނީ އަޑުއަހައިފައެވެ. ނަމަވެސް އެއީ އެއްއިރެއްގައި އޭނާގެ ޕީއޭ އަކަށް އުޅުނު ނިކަމެތި ކަޓު މިއުޝީންކަމެއް އޭނާ ނުދެނަހުއްޓެވެ.
މިއުޝީން ވަނީ ކުރިއާއި އަޅައިބަލާއިރު ވަރަށް ބަދަލުވެފައެވެ. އޭނާގެ ރީތިކަން ހާމަވާން މިފެށީ އަދި ކިރިޔާއެވެ. އެވަގުތު ޝަޔާންގެ ސިކުނޑި ވަސްވާސްތަކުން ފުރެމުންދިޔައެވެ. މިއުޝީންގެ ހަށިގަނޑަށް ޝަޔާން ބަލައިލީ ދަހިވެތި ނަޒަރަކުންނެވެ. ކުރިން އޭނާއަށް މިއުޝީން ކަމުނުދިޔައީ އޭނާ ހުންނަ ސިފައިންނެވެ. އެހެނަސް މިހާރު… ޝަޔާނަކީ އަބަދީއްސުރެވެސް ރީތި ސިފައަށް ލޯބިކުރާ މީހެކެވެ.
“ކޮންބޭނުމަކުތޯ މިތަނަށް ތިއައީ؟” ޝަޔާންގެ ނަޒަރުން އުނދަގޫވެފައިއިން މިއުޝީން ސީދާ މައުޟޫއަށް ދިޔައެވެ. މިއުޝީންގެ އަޑާއެކު ޝަޔާންއަށް ޚިޔާލުތަކުން ބޭރުވެވުނެވެ.
“މީ. އޫމް. އަހަރެންގެ ކޮއްކޮގެ ވެޑިންގްއަށް މިތަނުން ހެދުމެއް ފަހަންކަމަށް. އަަބަދުވެސް މިތަނުގެ މަޝްހޫރުވާހަކަ މިހާރު މުޅި މާލެއިންވެސް އަޑުއިވެނީ. މިތަނުން ފަހާ ހެދުންތަކުގެ ރީތިކަމާ ކޮލެޓީގެ ވާހަކަ. އެހެންވެ.” ކަރުގައި އޮތް ޓައީ ރީތިކޮށްލަމުން ހަމަޖެހިފައި ޝަޔާން ބުނެލިއެވެ. އެއާއެކު އޯހް އޭ ބުނެލަމުން މިއުޝީން ގޮނޑިން ތެދުވެގެންގޮަސް އެތަނުގައިހުރި ކަބަޑެއްގެ ދޮރު ހުޅުވައިލުމަށްފަހު ފައިލެއް ނެގިއެވެ. އަދި އައިސް އޭނާގެ ގޮނޑީގައި އިނށީނުމަށްފަހު އެފައިލް ހުޅުވައިލަމުން ޝަޔާން އަތަށް ދިނެވެ.
“ތީ ބައެއް ވެޑިންގް ޑްރެސްތަކުގެ ކުރެހުން. ތިތަނުން ބޭނުން ހެދުމެއް ފައިނަލް ކުރޭ. އެންޑް ޔެސް. ދެންއަންނަ ފަހަރަކުން ކޮއްކޮ ގޮވައިގެން އައިސްދިނިއްޔާ ވަރަށް ރަނގަޅު. ބޮޑީގެ މެޝަރމެންޓްސް ނަގަން ޖެހޭނެ. އެހެންވެ.” މިއުޝީންގެ އަޑުގައިވި ކެރުުންތެރިކަންއިވި ޝަޔާން ކޮސްވިއެވެ. ކުރިން އެގޮތަށް އަޅައަޅައި ނުގަނެ ވާހަކަދެއްކުމަކީ އެކުއްޖާއަށް އުނދަގޫކަމެކެވެ. ނަމަވެސް މިހާރު ހާދަ ތަފާތެވެ. މިއުޝީން ބަދަލުވެފައި އެވަނީ ހާދަ ވަރަކަށެވެ.
ބޯޖަހައިލަމުން މާދަން ކޮއްކޮ ގޮވައިގެން އެތަނުން ހެދުމެއް ފައިނަލްކުރަން އަންނާނޭ ވާހަކަ ބުނެފައި ޝަޔާން އިންތަނުން ތެދުވެ ހިނގައިގަތީ މިއުޝީން އޭނާގެ މަޅީގައި ޖެއްސުމަށް ރަނގަޅު ރޭވުމެއް ރާވައިލަމުންނެވެ. އެހެނަސް ޝަޔާނަށް ނޭނގުނީ ތަގުދީރުގައި އެކަން ެއެހެންވާން ނެތްކަމެވެ.
** ** **
އިރުއޮއްސެމުންދިޔަ ވަގުތެވެ. އުޑުމަތި ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިއްސަކުން ކުލަޖައްސައިލައިފައި އޮތްހެނެވެ. އޮރެންޖް ކުލައާއި މަޑު ރަތްކުލައެއް ވިލާތަކަށް ވެރިވެފައިވީއިރު އޭގެ ވާޖިބް އަދާކުރުމަށްފަހު އިރު އަލްވަދާއު ކިޔަމުން ދިޔައީ ރޭގަނޑުގެ ރާނީއާއި އޭގެ ބައިވެެރިންްނަށް މަރުހަބާ ކިޔަމުންނެވެ. ޖެހިލާ މަޑު ތެތްފިނި ރޯޅިތަކާއެކު ހިތްތަކަށް ހަމަޖެހުން ގެނުވަމުންދިޔައެވެ.
ބްރޭކް ވޯޓަރގެ ހިތްފަސޭހަ މާހައުލުގައި މޭޒެއްގެ ދޮށުގައި އިޒާނާ އާއި އާކިލްގެ އިތުރުން މިއުޝީނާއި ނިކްޔަލް ކޮފީ ބޯން ތިއްބެވެ. އެމީހުންގެ މެދުގައި އެކިއެކި ވާހަކަ ދެކެވެމުންދިޔައިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ހާމަވަނީ ހިތްހަމަޖެހުމެވެ. އެތެރެ އެތެރެއިން ރޮމުން ދިޔަ ނަމަވެސް ނިކްޔަލް އާއި މިއުޝީންވެސް ބޭރުފުށަކުން އެކަމެއް ނުދައްކައެވެ. ހިތުގައި އުތުރި އަރަމުންދާ އިހުސާސުތައް ފޮރުވަން ދެމީހުންވެސް ހަމަ މޮޅީއެވެ.
އެތަނުގައި ތިއްބެއްކަމަކު އާކިލްގެ ތޫނު ނަޒަރު އިރުއިރުކޮޅުން މިއުޝީންގެ މޫނަށް ހުއްޓައިލެވެނީ އޭނާއަށް މިކުރެވޭ ހީއަކީ ތެދެއްކަން ޔަގީންކުރަން ބޭނުންވެފައި ހުރިވަރުންނެވެ.
މިއުޝީންވެސް ނިކްޔަލްދެކެ ލޯބިވާހެން އޭނާއަށް ހީވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އިރުއިރުކޮޅުން ނިކްޔަލްގެ މޫނަށް ހުއްޓެމުންދިޔަ މިއުޝީންގެ ނަޒަރުތައް ފެނުމުން އާކިލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
އެނަޒަރުގައި އެވަނީ ލޯބި ނޫން ދެވަނަ އެއްޗެއްނޫނޭ އެވަގުތު އާކިލްގެ ހިތަށް އެރިއެވެ. އެހެންވީމައި މިއުޝީންވެސް ނިކްޔަލްދެކެ ލޯބިވަނީތާއެވެ. ދެމީނުން ދެމީހުންދެކެ ލޯބިވާއިރިވެސް ނުގުޅި އެތިބެނީ ކީއްވެހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ނިކްޔަލްބުނި ޖުމްލަތައް އާކިލް ހަނދާންވިއެވެ. އަދިވެސް ނިކްޔަލް ހީކުރަނީ މިއުޝީންގެ ހިތުގައިވަނީ ޝަޔާން ކަމަށެވެ. އެހެނަސް މިރޭ އެހިތުގައި ރަސްކަންކުރާ ރާޖާ އަކީ ނިކްޔަލްކަން އާކިލްއަށް އެނގިއްޖެއެވެ. ކޮންމެވެސް ގޮތަކުން މިކަން މިއުޝީނަށް އަންގަން އާކިލް ނިންމިއެވެ. ވަރަށް ގިނަދުވަހު އޭނާގެ އެކުވެރިޔާ އެލޯތްބަށް އެދި އިންތިޒާރު ކޮށްފިއެވެ. އެއިންތިޒާރަށް ނިމުމެއް ގެންނަނީ އާކިލްއެވެ. އެހެން ހިތަށްއެރުމާއެކު އެތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.







Me first dho
Hehe.. Yes dear..
Salaam all.. Here is the 17th part.. Hope u guys like it.. N do let me knw the mistakes.. And sry all.. Mihaaru thankolheh lahun up kureveythy.. Actually my sis ehge wedding ah midhuvaskolhu ready vaathy v bxy.. Plus nw course ehgavx baiverivegen ulheny.. Ehnve ingey dears.. Btw knme day akuvx up kureveythw in sha allah try kuraanan.. Nxt part in sha allah tmrw. Enjoy reading n have a nice day.. Ly all❤?
Wow varah reethi
Thanks dear
Mi part ehaa ehaa eh noon…. v vai kon dhiyaee… v kiyaa hithun mi kiyanee mi story… but… kurin haa shauguveri nuvi…. sorry to say… this…. dhen oiy part kiyaa hihvaane dhw… insha allah… good luck dear
Awwnn its ok dear.. In sha allah kuriah huri part thah shauguverikuran try kuraanan.. Thanks dear
Vv loabi story kuriah dhaa goiy ?
Thanks dear❤
Mi part vx wrh reethi.. ❤️?
Thanks dear❤
Stryy vvv reethi waiting for nxt prt..
Thanks dear
Vvv reethi…waiting…wedding nimunee ma k vaane dhw nau…
In sha allah.. Thanks lam
Why Hareera is not using the money she receives from Miusheen ? Ehaa Hama nujehey ebai 10,000/- Is not a small amount for a lady like that and still she has old pillow and old dress and so on
Yes yes.. Thats true.. Btw kyp waiting.. U will get the ans later y she is nt using the money.. Thanks dear
Wow.. Awesome.. Keep up the good work.. Btw vaahaka nimentha ulheny?? Adhi kithah parts ebain?
Thanks ree.. No adhi nimeykah noolhey.. Ehn bunaakah neenge adhi
V reethi but maa kuru
aww ??alhe haadha v
cute ey miu and nik ulhey goi.. i luv them?? nau u have this amazing talent .. like oh mah gowsh ?idk hw to describe but i luv ur storys so much? but not more than u? lysm nau???? hope u have a bright future??
wooow.. dhn shayaan jeheyny dhw miu fulun dhuvan.thats so cute..hahaha.. Nik n miu eii hama perfect
Tooooooooooooooooo short.
Thanks vvvvvv reethi ❤ ?
Vvvv salhi…
Waiting 4 next part….?????
Miusheen balan vaane Miusheen mamma ge haalu. Rf fonuveyiru haaluves balaileveyne dho konmes meeheh kairy bunegen hama.
It’s ok nau. U r the best writer. Aslu v happy vey konme dhuhukuves mi vaahaka kiyaalan libeythee. Story is awsome
alhe miusheee fonuvaba momge haaalu balaaaalan alhe. v reeethi mi part ves. waiting for next part
Yey aharen hithah eri nau kaireega aakil lahvaa nausheen kaireega ehen bunaanamey Masha Allah v reethi vaahaka?????
Nooney Hama Hama jehey.. e rufiya hareera ah libey kan dharinnah engenyya e laari kolhu nulibeyne hareera akah.. so maybe she is saving the money for a good reason… The story is full of suspense.. varah reethi gendhaa going
Maasha Allahvvvvvv reethi☺☺☺☺ibraitheri vaahakaeh thanks nau????????
Nau haadha reeachey vvv molhu igey thanks thigothugai kuriah dhaathi????????
Alhe Nau… Mi part vvv kuru..??
Ehn nu hadhaaa..?
Ekamu ves reethi..?
Dhn Miu and Nick gulhuvaba…??
Waiting…???
Next part mi ah vure dhigu vaane kamah ummeedhu kuran…♥♥♥♥♥♥♥
All the best…??
Love you..?❤❤✨✨✨
W.salaam.
Warah reethi masha allah????
Waiting❣
vaahaka vvv nice ?vaahaka kuriyah dhaa goh ves varah reethi adhi varah reethi vaany nick aai miu gulhunima adhi miuge manmayaa bah dhal veema vaahaka furihama vi varah salhi ☺dhen faharaku part thankolheh dhigukohla dhinun eydhen dhigu koh dhyven othihyaa ??????????❤?
Hei all.. Vvvvvv bodah thanks mi stry ah comment kuri hurihaa kudhinnahvx.. And questns ahaafa huri kudhinn wait kohlaa.. Thi questns thakuge ans vx libeyne.. In sha allah..
And i m sry all.. Knme kuhjehge comment ah vakin rep nudhevnyma.. Cox m v bxy.. Maadhan wedding onnaathy.. So m sry to say this.. Btw nxt part in sha allah tmrw.. And yes.. Nxt part laskuran jehunyma dhigukohlaanan.. Tday n tmrw ge bai ehkohlaafa gennaanh ingey.. So kyp waiting.. N once again m sry.. ?
Wow? v reethi mi part ves. . Nd waiting next part ah. .. heyum dear congrats wedding ah…❤ tc.. have a nice day.
WOW Nice
Dears.. Maadhan hieh nuvey stry aa vegen ulheveynehen.. Hehe.. So in sha allah nw mi try kurany tnyt upkohdheveythw.. Long part eh ingey.. Tnyt ge knmes tym ehga in sha allah up kuraanan.. So kyp waiting.. Lots of thngs r gonna hppn.. Hehe.. Ly all.. N thanks all?❤
waiting nau…..
Koba next part avas kohladeebala
U r the best nau ❤️?
Nau waiting fr ur lovely stry..wedding nimeyne ehnun maadhan …so dhn we dont have to wait fr such a long time..ur the best nau…
Nau ge wedding?
Hehe.. Nooney dear.. My sis ehge wedding.. All kyp waiting ingey.. Write koh nimifa innaany btw adhi check koh nuleveythy up nukurevigen miulheny.. Sis ge wedding cake alhan help ve miulheny so adhi check kuran tym nuvegen.. Free velaafa check kohlaafa up kuraanan
May plxx avaskohdheeba …….I can’t wait