“އިއްލު މިޔަދު ކާރަށް އެރީ!!! އެކަމް ދުވަހަކުވެސް ނާރަމެއްނު. އެޔަށް ފޯބިޔާ ހުރޭނު؟؟” އެބުނީ ވެސް ތެދެކެވެ. މުލައިލް އަކީ އެއްވެސް އިރެއްގައި ކާރަށް އަރާ ކުއްޖެއް ނޫނެވެ. މުލައިލް ކާރަށްއަރަން ބިރުގަނެއެވެ. މުލައިލްއަށް ވެސް އެކަމާ މެދުވިސްނާލެވުނެވެ. ނަމަވެސް ކާރަށް އަރަން ބިރު ގަންނަން ޖެހޭ ސަބަބެއް ދުވަހަކުވެސް ނުވިސްނެއެވެ. “އެވާނީ ޔާނީ އަށް އެހެންވީމަ އަހަރެން ހާސްވެފަ ހުރި ވަރުން ކަމަށް. ” އެއްމިޔަކަނުން ހީލަމުން މުލައިލް އެހެން ބުނެލުމާއެކު ޔާނީއަށް އުފަލުން ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ.
“ޝިފާން. އަހަރެން ބުނީމެއްނު. އަނެއްކާވެސް އެއުޅެނީ ލާނީ ގެންދިޔަ ގޮތަށް އިއްލުވެސް ޔާނީވެސް ގެންދަން. އެދެކުދިން ސަލާމަތް ކޮށްދީ!! ހެޔޮނުވާނެ.” ޔުސްރާއަށް ރޮވުނެވެ. އެހިތަށް އަސަރުކޮށްފައިވަނީ އެހާވެސް ބޮޑަށެވެ. ކުރީގައި ހިނގާފައިވާ ކަންތައްތަކަކީ ކޮންމެ މީހަކުވެސް ހިތުގައި ކަފުންކޮށް ވަޅުލައިފައިވާ ކަންކަމެވެ. ވީއިރު، އަލުން އެކޮންނަން ހިތް އެދޭނީވެސް ކާކު ހެއްޔެވެ؟ “އަދި އެއްވާހަކަ. ލާނީމެން މަރުވިއިރުގެ އެކްސިޑެންޓް ކްރައިމް ސީންއިންވެސް ރުއާގެ ޑީއެންއޭ ފެނުނޯ.” ފުން ނޭވާއެއްލަމުން ތިހާމް ކިޔާދިނެވެ. ޔުސްރާމެންގެ ދެމަފިރިންނަށް ކޮޅަށް ތެދުވެވުނެވެ. މިއީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އެންމެ ފަހުން ރުއާ އެމީހުންވެސް މަރާލީތާއެވެ.
ތިން ދުވަހަށް ސްކޫލު ބަންދު ކުރުމާއެކު މުލައިލް އޭނާގެ ރިޕޯޓުހެދުމަށް ތައްޔާރު ވަމުން ދިޔައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޕޮލިސްޓޭޝަނަށް ދާން ނިންމިއެވެ. މުށިކުލައިގެ ގަމީހަކާއެކު ކަޅު ސްކިނީއެއް ލާފައިވާއިރު މުލައިލްގެ ރީތިކަން ހާސްގުނަ ރީތިވެފައި ވެއެވެ. ގަމީހުގެ އަތްކުރި އުޅަނބޮއްޓާ ހިސާބަށް އޮޅާލާފައިވާއިރު އަދި މާ ފުރިހަމައެވެ. ޖެލްކޮޅަކުން އިސްތަށިގަނޑު ކޮޅަށް ޖަހާލާފައިވާއިރު ބަލާފޫހިނުވާނެކަން ޔަގީނެވެ. ސެންޓު ޖަހާޅަމުން ކޮޓަރިން ނިކުތް މުލައިލް ފެނުމާއެކު ޓީވީ ބަލަން އިން ޔާނީގެ ހޭވެރިކަން ގެއްލުނުފަދައެވެ. ކަޅިޖަހާނުލާ ބަލަން އިނދެވުނީ އެރީތި ކަމުގެ ޖާދުގައި ޖެހިފައެވެ.
“އޭ! އަންހެނާ. މަ ހަޑީތަ ތި ބަލަނީ. މޫނުވެސް ނުދޮވެ ދޯ ތިހުރީ. ބަލާބަލަ ޖަހާ ފާޑެއް. މި ދަނީ ޕޮލިސްޓޭޝަނަށް ދާން. ބާއި” މުލައިލް ޔާނީއާ ދިމާއަށް ވައްތަރެއް ޖައްސާޅުމަށްފަހު ދާން ހިނގައިގަތެވެ. އެޔާއެކު ޔާޏީ ދުވެފައި އައިސް މުލައިލްގެ އަތުގައި ހިފާ ޔާނީގެ ކޮޓަރިއަށް ވެއްދިއެވެ. ނުވިސްނާ ހުރި މުލައިލް ހަޅޭއްލަވައިގަތެވެ. މުލައިލް ކޮޓަރިއަށް ވެއްދުމަށްފަހު ނުނިކުމެވޭނެހެން ތަޅުލުމަށްފަހު ހެދުމެއް ހިފައިގެން ފާހަނައަށް ފަނެވެ. “އޭ!!. އަނެއްކާ މަށާ ބެހެންތަ ތިއުޅެނީ؟؟؟ ޔާނީ ޝިފާން. މަށަށް ލަސްވޭ!!!” މުލައިލް ފާހަނައިގެ ދޮރުގައި ތަޅާލަމުން ގޮވާލިއެވެ. އެންމެ ފަހުން ދޮރުގައި ލެގިލީ ދޮރު ނުހުޅުވުމުންނެވެ.
ޔާނީ ދޮރު ހުޅުވުމާއެކު މުލައިލް ފާހަނަތެރެއަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އެޔާއެކު ހެމުން ހެމުން ޔާނީ ނިކުމެ ފުނާ އަޅަން ފެށިއެވެ. “ސާބަސް. ނޫޅެން ކަމެއް ކުރާކަށް. ދާހިތުން މި ރީތިވަނީ. އިނގޭ މަޑުކުރާށޭ ބުންޏަސް ނުކުރާނެކަން.” ފުނާ އަޅަމުން ޔާނީވެސް ދާންބޭނުންވާ ވާހަކަ ބުނެލުމުން މުލައިލްއަށް ހެވުނީ ޔާނީ ކަންތައް ކުރި ގޮތުންނެވެ. އަޅިކުލައިގެ ކަކުލާ ހިސާބަށް އަރާ އެހެދުން އެހަށިގަނޑާ ވަރަށް ވެސް ގުޅެއެވެ. ފުނާއެޅުމަށްފަހު ކަންފަތްދަށުގައި މަލެއް ހަރުކޮށްލަމުން ސެންޓުކޮޅެއް ޖަހާލުމަށްފަހު މުލައިލް އާ ވީ ފަރާތަށް އެނބުރުނެވެ. ހެދުމުގައި ހަރުކޮށްފައިވާ ވެލިފޮތިން އެ ހެދުން އިތުރަށް ރީތިކޮށްދީފައި ވާއިރު އެފުރިހަމަކަމަށް ތައުރީފު ނުކޮށް ދޫކޮށްނުލެވޭނެ ކަންޔަގީނެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ އެ ދިގު އިސްތަށިގަނޑާ ޖަހާފައިވާ ފިޔާތޮށި ފނިފެންމަލުން ޔާނީގެ ފުރިހަމަކަން ފާޅުވޭވޭ ހުއްޓެވެ.
“ޗީޑި ދެން ރީއްޗެއްވެސް ނޫނޭ. ހިނގާ ދާން.” މުލައިލް އެހެން ބުނެލުމާއެކު ތުން އަނބުރާލަމުން ދޮރުހުޅުވާލުމަށްފަހު ޔާނީ ނިކުތެވެ. ފަހަތުން މުލައިލްވެސް ހެމުން ނިކުތެވެ. ދެމީހުން އެކުގައި ހިނގާފައި ދިޔައިރު އެތައްބައެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. އެކަމަށް އާދަވެފައިވާ މުލައިލް އަޅާވެސް ނުލާ ހިނގަމުން ދިޔައިރު ޔާނީއަށް އެބެލުންތަކުން އުނދަގޫވަމުން ދިޔައެވެ. މުލައިލްއަށް އެކަން ރޭކާލުމާއެކު ޔާނީގެ އަތުގައި ބާރަށް ހިފާލިއެވެ. ޔާނީ ހިނިތުންވެލީ މުލައިލް އަބަދުވެސް އޭނާ ހިމާޔަތް ކުރާތަން ފެނުމުންނެވެ.
މުލައިލްމެން ޕޮލިސްޓޭޝަނަށް ވަނުމަށްފަހު އެވަގުތު ހުރި އިންޗާޖް އާ ބައްދަލު ކޮށްލަން އެދުނެވެ. ފަސްވަރަކަށް މިނެޓުފަހުން އަންހެން ފުލުހެއް އައެވެ. އަދި މުލައިލްމެން ގޮވައިގެން މީޓިންގް ރޫމަށް ދިޔައެވެ. އެއީ ބޮޑު ތަނެކެވެ. ދިގު މޭޒެއް ކޮޓަރީގެ މެދުގައި ބެހެއްޓިފައި ވީއިރު ވަށައިގެން ނޫކުލައިގެ ގޮނޑި ހުއްޓެވެ. މުޅި ކޮޓަރީގައި ހުދުކުލަ ލެވިފައި ވާއިރު އޭސީގެ ފިނިކަން މުޅި ތަނުގައި ހިފާލައިފައި ވެއެވެ. “ހާސްވެފަ ދޯ ތިތިބީ. ހަމަޖެހިލާ އިނގޭ. މީ ސިނާ. ކްރައިމް ޑިޕާރޓްމަންޓް ގެ އިންޗާޖް. ތީ ކޮންދެކުދިންނެއް؟”
ހީކުރި ގޮތާ ހިލާފަށް ސިނާ ވާހަކަދެއްކީ ވަރަށް ލޯބިންކަމުން ދެމީހުންވެސް ތިބީ ވަރަށް ހަމަޖެހިފައެވެ. “އަޅުގަނޑަކީ މުލައިލް ބުން ލައިތް އެންޑް މީ ޔާނީ ބިންތް ޝިފާން.” ހީލަމުން މުލައިލް ދެކުދިންގެ ނަން ބުނެލިއެވެ. އެޔާއެކު ސިނާއަށް ގޮނޑިން ތެދުވެވުނީ އިވުނު ނަމުގެ ސަބަބުންނެވެ. “ވަޓް. ތީ ލާނީ އެންޑް ލައިތް ސާރގެ ތަ؟ ދން މީ ޔުސް އާ ޝިފާންގެ؟ އަޅޭ. ވަރަށް އުފާވެއްޖެ މީޓް ވީމަ. އެންމެ ފަހުން މުލް ސާރ ގެ ހަނދާނުގަ ދޯ މުލައިލް އަށް ނަން ކީވެސް.” ސިނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޔާނީ ބޯޖަހާލުމާއެކު އުފާވެލާފައި ސިނާ ބުނެލިއެވެ. ލައިތް އަކީ ޕޮލިހެއްކަން އެދެކުދިންނަށް އެނގުމާއެކު ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލިއެވެ. “މީ ދެހާސް ނަވާރައިގެ އެކްސިޑެންޓް ގެ ޑީޓެއިލް ލިބިދާނެތަ؟ ބައްޕަ ކުރި މަސައްކަތް ވީމަ އަޅުގަނޑުވެސް ބަލާލަން ވެގެން. ” މުލައިލް އަދި ޔާނީގެ ހިތުގައިވެސް ހިނގަމުން ދިޔައީ އެއް ޝުއޫރުތަކެކެވެ. އެއް ހިޔާލެކެވެ. ލައިތް މިތަނުގައި އުޅުނުންނަމަ އެމީހުންނަށް ކަންކަން ހޯދަން ވަރަށްވެސް ފަސޭހަވެގެން ދާނެތާއެވެ.
“ހްމްމްމް…ދައްތަ އެދުވަސްކޮޅު އުޅުނީ މެލޭގަ. އެކަމް ދެން ސާރ ގެ ދަރި ވީމަ ހޯދަ ދޭނަން. ” އެއްވެސް އެއްޗެއް ނޭންގޭ ހާލު ސިނާ ބުނެލިއެވެ. އަދި މީހަކަށް ގުޅާލުމަށްފަހު ފައިލްތަކެއް ގެނަސްދިނުމަށް އެދުނެވެ. “ބައްޕަ ޔާ ވަރަށް ކްލޯޒްތަ؟” މުލައިލް ހީލަމުން އަހާލިއެވެ. “ވަރަށް ބޮޑަށް. އޭރުގަ އޮތް ސްޕެޝަލް ފޯސްގެ ޑިރެކްޓާރ އެއީ. ދެން މުލައިލް ސާރ ގެ ބެސްޓް ފްރެންޑް. ލާނީ އަކީ ލޯޔާއެއް. އެކަމް އެއީ ކުޑައިރުއްސުރެ އެއްކޮށް އުޅެބޮޑުވި ތިން މީހުން. ހަނދާނުން ނުފިލާނެ ދުވަސްތަކެއް އެއީ.” މާނަފުން ގޮތަކަށް ސިނާ ބުނެލިއެވެ. ލައިތް އަދި އަލާނިޔާ ނިޔާވިހަބަރު ސިނާއަށްވެސް ލިބިފައި ވީނަމަވެސް ފަހުގެ އެއްވެސް ހަގީގަތެއް ސިނާއަކަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ޔާނީމެންނަށް އެ މާޒީ ނޭންގޭނެކަން ޔަގީނާ ގާތަށް ސިނާއަށް އިނގެއެވެ. އެހެން ކަމުން އެވާހަކަތައް ނުދެއްކީއެވެ. ޔާނީވެސް ސުވާލެއްކޮށްލަން އަނގަހުޅުވާލިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ފައިލްތަކެއް ހިފައިގެން ކުއްޖަކު އައުމުންނެވެ. “މި ހިފައިގެން ގެޔަށް ގޮސްލިޔަސް އެންމެ ރަނގަޅު. ވަރަށް ޓްރަސްޓް ކުރަން ތިކުދިންނަށް އިނގޭ. ދައްތަ މިވަގުތު ކުޑަކޮށް ބިޒީ.”
ސިނާ ދިޔުމާއެކު މުލައިލްމެންވެސް އެ ހިފައިގެން އައީ ގެއަށެވެ. އޭރު ގޭގެ ދޮރުމަތީގައި ހަމްނާ، ލީނާ، ޝާމިލް އަލި ޔާނިލާ ހުއްޓެވެ. “ހަހަ. ނުގުޅާ އައިމަ ވީ ގޮތެއް ތީ.” ދޮރު ހުޅުވަމުން ޔާނީ ބުނެލިއެވެ. މުލައިލް އެބަ އަންނަން ކަމަށް ބުނެ ފައިލްތައް ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. ހަތް މީހުން ޕިއްޒާ ގެނަސްގެން ޓެރަހުގައި މަޖާކުރަމުން ދިޔައެވެ. ޝާމިލްވެސް އޭނާގެ ދައްތަ ކައިރިޔަށް މަންމަ ފޮނުވުމަށްފަހު މާލެ އައީ ކިޔެވުމަށް މަސައްކަތް ކުރަން ބޭނުންވާތީއެވެ. ވާހަކައިގެ ތެރެއިން ލީނާ އޭނާ ކުރަން ބޭނުންވި ސުވާލު ކޮށްލިއެވެ. “ކީއްވެ ޔުސްދައްތަ އެލް އަށް ދަރިފުޅު ކިޔަނީ..ޑޯންޓް މައިންޑް އިނގޭ.” ހީލަމުން މުލައިލް ހަގީގަތް ހާމަކޮށްލިއެވެ. “މަންމަ މަރުވީ އެލް ވިހާވަ. ސޯ މި މަންމަ އެލްގެ މަންމަ އަށް ވީ. ހަހަ. އަސްލު އެލް އެންޑް ޔާނީ އުޅެނީ ރައްޓެހި ވެގެނެއް ނޫން. ހަހަ.އެއީ ވެސް ތިމީހުން ގަޅި ހައްދަން. ސޮރީ އިނގޭ. އެއްވެސް ވަރަކަށް ތިމާގެ އެއްވެސް ނޫން އެކަމް އެއީ އެލްގެ ލަވް.” މުލައިލްގެ ވާހަކައިން ޔާނީގެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެތަން ފެނި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެން ދެކެވުނީ ގާތްވަމުން ދާ އިމްތިހާނުގެ ވާހަކައެވެ.
އެމީހުން ގެޔަށް ދިޔައިރު ހަވީރު ވެއްޖެއެވެ. އަނެއްކާވެސް ޔާނީއާއި މުލައިލް އެކަނިވީއެވެ. ފޫހިވެފައި ތިބި ދެމީހުން ކާގެ ހާވަނިކޮށް ކޭކު ފުއްޕެކެޓެއްފެނުމާއެކު ކޭކު އެޅުމުގެ މަސައްކަތް ފެށިއެވެ.”އިއްލު ދޭބަލަ ފުށް އެތި ހިފައިގެން އަންނަން. ޔާނީ ބިސް ހިފައިން އަންނާނަން.” ޔާނީ މޭޒު ކައިރިޔަށް ދަމުން ގޮވާލިއެވެ. މުލައިލްވެސް ހާވަހާވައިގެން ފުށްއެތި ހޯދުމަށްފަހު ޔާނީ ގާތަށް ދާން ދިޔައެވެ. ނަމަވެސް އަވަސްކުރަން ހަދައިގެން މުލައިލް ކައްސާލައިގެން ވެއްޓުނެވެ. ފުށް ގޯނި ގޮސް ވެރުނީ ބިސްތަކެއް ހިފައިގެން އައި ޔާނީގެ ބޮލަށެވެ. އެޔާއެކު ޔާނީގެ ހަޅޭކުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ.
އަނގަވަތަށް ބަދިގެ ތެރެއަށް ވެއްޓިފައި އޮތް މުލައިލް ތެދުވިއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ކުރިމަތީ ހުރި ޔާނީގެ މުޅިގައިގައި ވަނީ ފުށެވެ. ހީވަނީ ފުށްގޯންޏަކުން ނިކުމެ ހުރި އެއްޗެއް ހެނެވެ. ޔާނީ ހުރި ފާޑުން މުލައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނުހޭން ކިތަންމެ މަސައްކަތް ކުރިޔަސް ކުރިމަތީގައި ފުށުން ތަތްތެޅިފައި ހުރި މީހަކު ފެނުމުން ހެވޭނެތާއެވެ. ޔާނީގާތަށް އައި ރުޅިން އަތުގައި ހުރި ބިސްތައް މުލައިލްގެ ބޮލަށް ތަޅާލިއެވެ. ހަނގުރާމަ ފެށުނީ އެހާހިސާބުންނެވެ. ބަލާކަށް ނުހުރެ އަތުގައި ޖެހުނު އެއްޗެއް ޔާނީގެ ގައިގައި މުލައިލް ހާކަމުން ދިޔައެވެ. މުލައިލްގެ އަތުގައި ނުޖެހެން ދުވަމުން ދިޔަ ޔާނީއަށް ކިރުޕެކެޓެއް ފެނުމާއެކު ބަލާކަށް ނުހުރެ ގޮސް އޭތިވެސް މުލައިލްގެ ބޮލަށް ފަޅާލިއެވެ. ފެންނަ ފެނުމަށް ހީވަނީ ޓޮމް އެންޑް ޖެރީ ކާޓޫނުގެ މަންޒަރެއް ހެންނެވެ. ދެމީހުން އެ ސަކަރާތުގައި ތިބެ ކޭކު ގިރާ ނިންމާލުމަށްފަހު ފިހަންލާ އެތަން ސާފު ކުރިއެވެ. އަދި ކޭކު ފިހެވެން ވާއިރަށް ފެންވަރާ ރީތިވެލަން ދިޔައެވެ.
ވަގުތަކީ ވާރޭވެސް ވެހެމުން ދިޔަ ވަގުތެއްކަމުން މުލައިލް ކަޅު ހުޑީއެއް ލުމަށްފަހު ފެހި ސޯޓެއް ލިއެވެ. އަދި އިސްތަށިގަނޑު އެއް ފަރާތަކަށް ކަހާލަމުން ނިކުމެލިއެވެ. އޭރު އަތްދިގު ރަތް ސްވެޓާރ އަކާ ކަޅު ސްކިނީއެއް ލާ ރީތިވެގެން ޔާނީވެސް ނިކުމެ ހުއްޓެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ރީތިކަމަށް ހިތާހިތުން ތައުރީފް ކޮށްލެވުނެވެ. އަވަންގެ ބެލްގެ އަޑު އިވުމާއެކު ދެމީހުންގޮސް އަނެއްކާވެސް ބަދިގެއަށް ވަނީ ކޭކު ފިހެވިފައި ވޭތޯ ބެލުމަށެވެ. އޭރު އެމީހުން އެޅި ލާވާ ކޭކު ވަނީ ފިހެވިފައެވެ. ޔާނީ ދެތައްޓަށް ކޭކު ލުމަށްފަހު ޓެރަހަށް ގެންދިޔައީ ފިނި މާހައުލެއްގައި ކެއުމަކީ އޭނާ އަބަދުވެސް ހިތްހަމަ ޖެހޭ ކަމަކަށް ވާތީއެވެ. ފަހަތުން މުލައިލްވެސް އެރީ ދެތަށި އައިސްކްރީމް ގެ އިތުރަށް ފައިލުތަށް ހިފައިގެންނެވެ.
ކުޑައެއްޖަހާފައިވާ މޭޒެއްކައިރީ އިށީންނަމުން މުލައިލް ފައިލްތައް ހުޅުވާލިއެވެ. އޭރު ނޭންގޭ ބާރު މިނެއްގައި ދެހިތްވެސް ތެޅެމުން ދިޔައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





here is the sixth part. hope u like it. aslu mihaaru hama buxy kamun. mi week ga my brother is getting married so v work ebahuri . but m trying my best ingey. love you guysss <3 <3
wow v reeethii … plx up next part ..
thanks a lot sam?
me second… oh mah goshh.. i guess there ll be alt of thngs they didn knw be4 dhw…. eyy immm soool excited… when next part?
sooooo* lysm??? and this story..?? did i tell u this story was awes… when i read it , it becomes awesome.??
ahhaha..awwnn.. i love you too ? yeah dhw. baivaru kankan hunnane dhw neyngey. lets see how they find all those things dhw. THANKS VARAH BODUKOH ?????
Hey seyma…..
Masha allah vvvv salhi mi part vess….
Today one more part dhw….moday ge part..haha…plx upload soon….waiting 4 next part..
wow v reethi…?
Waiting for next…
wow❤️vv reethi?
wow❤️fantastic????
vv salhi hama.
waiting for nxt part..
mrdhan up kurevethw balahche v
luv yuh
Omg v v v reethi and v intrested next part ves kiyaa hiyy vanii??❤
Guyss i know varah keotheri kamaa eku wait kuraakan eba. Hama nuvegen miulheni cause maadhan wedding and m pretty much very very busy since he is my brother. So i want to say m realllly very very sorry for letting you down
Wow! Varah loabi+ cute?
hey. when is the next part coming up, really curious to know what happens next.
Nxt prt whn??v salhi..