ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސް އެއްވަނަބައި)
“އެކަމާ ނުވިސްނާށޭ” ނަޝްވާ ސިހުނީ ޒިޔާން ގޮވާލުމުންނެވެ. ނަޝްވާ އަވަސް އަވަހަށް ނުވިސްނަމޭ ބުނެލިއެވެ.
****************************
އޭގެ އަނެއްދުވަހު ހެނދުނުު ޔާނާއަށް ހޭލެވުނީ މާވަރަކަށް ފޯނު ރިންގްވާތީއެވެ. ޔާނާ ތެދުވެ ފޯނު ބަލާލިއެވެ.
ނަންބަރ ސޭވް ކޮށްފަ ނެތަސް ޔާނާއަށް އެއަކީ މިކްޔަން ގެ ނަންބަރު ކަން އިނގުނެވެ. މިކްޔަންގެ ނަންބަރު ވަނީ މީގެ އަހަރެއް ކުރިން އޭނަ ދަސްކޮށްފައި ވިއްޔާއެވެ.
ޔާނާ ފޯނު ބިޒީ ކޮށްލުމަށްފަހު ތެދުވެ ތުވާލި ހިފައިގެން ފާހާނައަށް ވަނީ ޔުއާން ވެސް އަދި ނުހޭލާތީއެވެ.
ޔާނާ ފާހާނައިން ނިކުމެގެން އައިސް ފޯނު ބަލާލިއެވެ. މިކްޔަންގެ 4 މިސްޑްކޯލް އިނެވެ. އޭގެ އިތުރުން މިކްޔަންގެ އެތަށް މެސެޖްތަކެއްވެސް ހުއްޓެވެ. ވަރިއަށް އެދި ފޯމް ނުލުމަށެވެ. ޔާނާ ދެބުމަ ގޮށް ޖަހައިގެން ހުރެ ނޭވާއެއް ދޫކޮށްލިއެވެ. މިހާރު މިކްޔަންގެ ކަންތައް މިދަނީ މާމައްޗަށެވެ. ޔާނާ އޭނާގެ ނިންމުން ބަދަލު ކުރާ ހިޔާލެއް ނުކުރިއެވެ. ޔާނާ ބޯހޫރުވާލާފައި ފޯނު އެނދުމަތީ ބާއްވަން އުޅެނިކޮށް އަނެއްކާ މިކްޔަންގެ ފޯނެއް އަންނަން ފެށިއެވެ.
ޔާނާ ފަޒާގެ ތެރެއަށް ނޭވާއެއް ދޫކޮށްލިއެވެ. “ލާރާ” ޔާނާ ބާރަކަށް ގޮވާލިއެވެ. އެއާއެކު ނިދާފައި އޮތް ޔުއާން ވެސް ލޯހުޅުވާލިއެވެ. ޔާނާ އަވަސް އަވަހަށް އަމިއްލަ ނިއްކުރީގައި އަތްޖަހާލާފައި ޔުއާން އިރާލިއެވެ.
އިރުކޮޅެއް ފަހުން ލާރާ އެކޮޓަރިއަށް ވަނެވެ. “އޭ ކިހިނެއްވީ މާބާރަކަށް ގޮވީ؟” ލާރާ އަހާލިއެވެ. “ކިހިނެއްހޭ… ތާކަށް ދާންތަ ތިއުޅެނީ؟” ލާރާ އާ ދިމާލަށް ދެބުމަ ގޮށްޖަހައިގެން ހުރެ އެއްޗެކޭ ބުނަން އުޅުން ޔާނާގެ ބަސް ހުއްޓި ދެބުމަ ދުރުކޮށްލެވުނީ ލާރާ މިއޮއްހެނދުނާ ޝޯލް އަޅާލައިގެން ހުރުމުންނެވެ. “މީ މީ. އަމް ދޮންތަ ބުނެބަ ކީއްވެ ގޮވީ؟” ލާރާ އަވަސް އަވަހަށް ބުނެލިއެވެ.
ލާރާ އެހެން ބުނުމުން ޔާނާ އަނެއްކާވެސް ދެބުމަ ކައިރި ކޮށްލިއެވެ. “ކީކޭ ހިތަށް އަރައިގެން މިކްޔަންއަށް އަހަރެންގެ ނަންބަރު ދިނީ؟”
“އޭނ؟ އަހަރެންނެއް ނުދެން”
“ދެން ކިހިނެއް އޭނައަށް ނަންބަރު ލިބުނީ؟ ހަމަޔަގީން ތި ގަޅި ކުއްޖާގަނޑު ދިނީކަން. ދެން އަހަންނަށް ނޭވާއެއްވެސް ނުލެވޭނެ”
“ދޮންތާ. މިބުނީނު އަހަރެން ނުދެމޭ” ލާރާ ވެސް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ހަގީގަތުގައިވެސް ޔާނާގެ ނަންބަރު ދިނީ ލާރާ އެއް ނޫނެވެ. ޒިޔާދު އެވެ. “ނަންބަރު ވެސް ބަދަލު ކޮށްލަން މިޖެހުނީ”
ޔާނާ ލާރާގެ އަތަށް ޔުއާން ދިނުމަށްފަހު ލޯގަނޑު ކުރިމައްޗަށް އަރާ ބޮލުގައި ފުނާ އަޅަން ފެށިއެވެ. ” ތިތާ މޭޒުމަތީ ތިހިރި ބުއްފުޅި ދީބަލަ ޔުއާންއަށް. ދެން މިއަދު ޔުއާން ފެންވެރުވުން ކޮއްކޮއަށް އިނގޭ” ޔާނާ އިސްތަށިގަނޑުގައި ފުނާއަޅަމުން ބުނެލިއެވެ.
“ދޮންތަ ކޮންތާކަށް ދާން؟” ޔުއާން އެނދުގައި ބާއްވާލުމަށްފަހު ޔުއާންގެ އަތަށް ބުއްފުޅި ލައިދެމުން ނޭނގޭ ކަމަށް ހަދާލަމުން ލާރާ އަހާލިއެވެ. “މިއުޅެނީ މިކްޔަން އެއް ކައިރިން ދުރުވެވޭތޯ. އަންނާނަން ނިމުނުހާ އަވަހަކަށް”
ލާރާ އަވަސް ކޮށްލައިގެން ޔުއާން ގޮވައިގެން ފާހާނައަށް ވަނެ ޔުއާން ފެންވަރުވާލިއެވެ. ޔުއާން ގޮވައިގެން ފާހާނައިން ނިކުންއިރު ޔާނާގެ ހިލަމެއްވެސް އެކޮޓަރީގައެއްނެތެވެ. ލާރާ މާޔޫސްވާން ބޭނުންނުވާތީ އަވަސް އަވަހަށް ޔުއާން ރީތިކޮށްލަން ފެށިއެވެ.
އަތްދަބަސްތެރެ ހާވަމުން ނިކުން ޔާނާހުއްޓުން އެރީ ސޯފާގައި ތިބި އާލިމާ، ނާސިހް އަދި ޒާއިން ފެނުމުންނެވެ. “ދަރިފުޅާ ކޮންތާކަށް؟” އާލިމާ ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. “ބޭރަށް” ޔާނާ ކުރު ޖަވާބަކުން ފުއްދާލިއެވެ. “އަޅުގަނޑު އަންނާނަން ވަރަށް އަވަހަށް” ޔާނާ މިހެން ބުނެ ހިނގައިގަތެވެ. “ދަރިފުޅާ ޔާނާ. އާދެބަލަ ސައިބޯން. ޑޭޑް މިއަދުގެ ބްރެކްފާސްޓް ތައްޔާރު ކުރީވެސް” ޒިޔާދު ގޮވާލި އަޑަށް ޔާނާ ހުއްޓުނެވެ. “ޑޭޑް. އައިއްސަ ސައިބޯނަމޭ” ޔާނާ އަނެއްކާ ކުރިއަށް ހިނގައިގަތެވެ. “އެހެން ކަމަކު ނުދާނެ. ހިނގާ ސައިބޯން” ކުއްލިއަކަށް ޔާނާގެ ކޮނޑުގައި ހިފާ ކާމޭޒާ ދިމާލަށް ގެންދަމުން އާބިދާ ބުނެލިއެވެ. “ދެން ދައްތާ” ޔާނާ މިހެން ބުނި ނަމަވެސް މޫނު ކުނިކޮށްލާފައި މޭޒު ކައިރި އިށީއިނެ ސައިބޯން ފެށިއެވެ.
ޔުއާން ގޮވައިގެން ހަލުވި ހިނގުމެއްގައި ކޮޓަރިން ނިކުމެގެން އައި ލާރާ ލައިގަތީ ކުރިމަތީ ހުރި ޒާއިންގެ ގައިގައެވެ. “ރޭގަ އަހަރެން މެސެޖް ކުރިން” ޒާއިން މިހެން ބުނުމުން ލާރާ ދެލޯބޮޑުކޮށްލުމަށްފަހު އުޅުނީ އެތަނުން ދާށެވެ. ނަމަވެސް ޒާއިން ލާރާގެ އުޅަބޮށީގައި ހިފާ ހުއްޓުވިއެވެ.
“ތިހެން ނުދެވޭނެ. އަހަރެންގެ ފޯނުގައި ނުބައި ނަންބަރެއް ޖެހީއެއްނު” ޒާއިން މިހެން ބުނުމުން ލާރާ ޕަކަ ޕަކަ ލާފައި ހޭންފެށިއެވެ. އެއަށްފަހު ބޯޖަހާލިއެވެ . “ކާކު ނަންބަރެއް އެއީ؟ އަހަރެން ހޭ ވޭ ޖަހާ މެސެޖް ކޮށްލީމަ ކިޔާފި ނުހޭނަމޯ. ތިކާކު ހޯ. ދެން އަހަރެން ކިޔާފިން ޒާއިން އޭ. ބުނީމަ ޒާއިން ކީއްކުރަންހޯ ކާއިންއެއްވެސް ނުދަންނަމޯ. ލާރާއަށް އިނގޭތަ އަހަރެން ހުތްވި ވަރެއް” ޒާއިން އެހެން ބުނުމުން ލާރާ އަނެއްކާ ހިނިގަނޑެއް ޖަހާލީއެވެ. “އެއަކީ ލަންޑަންގައި ދިމާވި ދިވެއްސެއް” ލާރާ މިހެން ބުނުމުން ޒާއިން ތުންފިއްތާލީ ރުޅިއައިވަރުންނެވެ. “ސޮރީ. އަހަރެން ހަމަ ކުރިންވެސް ގެންގުޅުން ނަންބަރު ގެންގުޅެނީ” ލާރާ ސީރިއަށް ވެލާފައި ބުނެލިއެވެ. “ހޫމް. ދެން އޯކޭ ދިޔަޔަސް” ޒާއިން މިހެން ބުނުމުން ލާރާ އޭނާގެ އަތް ޒާއިންއަށް ލޮލުން ދައްކާލީ ޒާއިން އަދިވެސް އެއަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ.
ޒާއިން އޯހް އޭ ކިޔާ ދޫކޮށްލިއެވެ. އެއަށްފަހު އަވަސް އަވަހަށް ޔުއާން އުރާލިއެވެ. “ދޮންބެގެ ދޫނި. އިނގޭތަ ކޮއްކޮއަށް މީނި ދޮންތަ ބުރުގާ އެޅީމަ މާ ރީތިކަން؟” ލާރާ އަށް ބަލާލަމުން ޒާއިން ބުނެލިއެވެ. ލާރާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
ސައިބޯން އިން ޔާނާއަށް މިހުރިހާ މަންޒަރެއް ފެނުނެވެ. ޒާއިން އަދި ލާރާއާ މެދު އަބަދުވެސް އެހިތުގައި ޝައްކު އުފެދެއެވެ. ނަމަވެސް ދެމީހުން ތަޅާފޮޅާވަރުން ކޮންމެފަހަރަކު ވެސް ޖެހެނީ އެޝައްކު އެއްފަރާތް ކޮށްލާށެވެ.
“އޯކޭ ދަނީ” ޔާނާ ތެދުވެ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. “ދަރިފުޅާ. ކޮންއިރަކު އަހަރެމެން ގެއަށް ގޮސްލާނީ؟” ކުއްލިއަކަށް އާލިމާ އަދި ނާސިހް ޔާނާގެ ކުރިމައްޗަށް އެރިއެވެ. “ދެން މިހެން އުޅެލާފަ ޖައްސާލާނަން” ޔާނާ ހިނިތުންވެލަމުން މިހެން ބުނެ އަވަސް ހިނގުމެއްގައި ދޮރާ ހިސާބަށް ދިޔައެވެ. “ދޮންބެދައްތަ އަނެއް އަނެއް އަނެއް.” ޒާއިން ބުނަންއުޅުނެވެ. ލާރާ ޒާއިންއާ ދިމާލަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. “ކޯއްޗެއް؟” ޔާނާ އަހާލިއެވެ. “ދޮންތާ. އަހަރެން ވެއްޓެނީ” ސޯފާގައި މަޑުމަޑުން އިށީއިންނަމުން ލާރާ ބުނެލިއެވެ. އޭރު ލާރާގެ ލޯމެރިފައި ހުރިއިރު އެއްއަތުން ވަނީ ބޮލުގައި ހިފަހައްޓާލާފައެވެ. ޔުއާން އުރައިގެން ހުރި ޒާއިންއަށް ތުންފިއްތާލެވުނީ ހިނިގަނޑު މަތަކުރާށެވެ.
ޔާނާ އައިސް ލާރާ އަތުގައި ހިފާ ކުއްލިއެއްޖަހާ ނެގިއެވެ. “ކަލޭމެން ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ. ލާރާ. އަހަރެންނަށް އިނގޭނެ އަސްލަށް ކޮއްކޮ ބަލިވެއްޖިއްޔާ. ތި ޑްރާމާ ހުއްޓާލާ. ޑޭޑް. މަންމާ. ދައްތާ، ބައްޕާ. ކީއްވެ އަހަރެން ތި ހުއްޓުވަނީ؟” ޔާނާ ނުރުހިފައި ބުނެލިއެވެ.
“މީ މީ. އަހަރެން މި އަނެއް ބޭރަށް ރައްޓެހި ކުއްޖަކާ އެކީ ދާން ވެގެން. ދެން ޑޭޑް އާ އާބިދާ ދައްތަ ޒާޔާ މެން ގެއަށް ދާން އެއުޅެނީ. ދެން މިމީހުން އެ ހިތާނަކުރާ ގެއަށް.” ލާރާ ބުނެލިއެވެ. “ދެން؟” ޔާނާ އަހާލިއެވެ. “ދެން ޔުއާން. ދޮންތަ އެހެން ދުވަހަކުން ދާން ހުންނަން ވިއްޔެއްނު”
“މިހާރު އަހަރެންނަށް އިނގިއްޖެ. އަހަރެން ކޯޓަށް ނުދޭތޯ ޖައްސާ ޑްރާމާ ތީ” ޔާނާ މިހެން ބުނުމުން އެއްމެން އިސްދަށަށް ޖަހާލިއެވެ. “އަހަރެން ޔުއާން ގޮވައިގެން ވިޔަސް ދާނަން” ޒާއިން އަތުގައި އިން ޔުއާން ނަގަމުން ޔާނާ މިހެން ބުނެ އެތަނުން ނިކުތެވެ.
ބޭރަށް ނިކުން ޔާނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ބަގީޗާ ކައިރި ފިނިފެން މަލެއްގެ ފިޔަތަކުން ހިތެއް ކުރުހަން އިން މިކްޔަންއެވެ. ހީވާގޮތުން ޔާނާއަށްޓަކައި ސްޕެޝިއަލް ކަމެއް ކުރަނީއެވެ. ޔާނާ ދެބުމަ ގޮށް ޖަހައިގެން ހުރެ އެދިމާލަށް ދިޔައެވެ. “މިކްޔަން ބުނަން ވާހަކަ އެއް. ތި ބޭކާރު ކަމެއް. އެއްމެން ކައިރި ކޮންމެއެއްޗެކޭ ކިޔަސް އަހަރެންގެ ނިންމުމެއް ބަދަލެއް ނުކުރާނަން” ޔާނާ ކިޔާނެ އެއްޗެއް ކިޔާފައި މަގުމައްޗަށް ނިކުތެވެ.
ޔާނާ އެއްމެ ކައިރީގައި ހުރި ޓެކްސީއަށް އެރިއެވެ. ޔުއާންގެ ބޯރީތި ކޮށްލުމަށް ފަހު އިސްއުފުލާލި ޔާނާގެ ދެލޯބޮޑުވީ އެ ޑްރައިވަރް ކޯޓާ ފަސްދީ ދިޔުމުންނެވެ. “އޭތް. އެޔޮށް ދިޔައީ؟” ޔާނާ ފަހަތަށް އިނގިލި ދިއްކުރަމުން ބުނެލިއެވެ. ނަމަވެސް ޑްރައިވަރަށް އެއަޑުނީވޭ ފަދައެވެ.
ޔާނާ މަޑުކުރަން ބުނުމުންވެސް އެމީހާއަށް އެވާކަމެއް ނޫންފަދައެވެ. ޑްރައިވަރު ގޮސް ކާރު ހުއްޓީ އާޓިފިޝަލް ބީޗް އަށެވެ. “ރުފިޔާ އެއްވެސް ނުދޭނަން” ޔާނާ ދެބުމަ ގޮށް ޖަހާފައި ކާރުން ފޭބިއެވެ. އެއަށްފަހު އެހެން ޓެކްސީއެއް ލިބޭތޯ ބަލަން ފެށިއެވެ.
ޔާނާ ސިހުނީ ކުއްލިއަކަށް މިކްޔަން އައިސް ޔާނާގެ އަތުގައި ހިފުމުންނެވެ. “މިކްޔަން ދޫކުރޭ” ޔާނާ ހަޅޭ ލަވައިގަތެވެ. ނަމަވެސް މިކްޔަން އަޅައިވެސް ނުލައި ޔާނާގެ އަތުގައި ހިފައިގެން މީހުން މޫދަށް އެރޭ މޫދު އޮންނަ އަތިރިމައްޗަށް ފޭބިއެވެ.
“މިކްޔަން ކީއްވެގެން ތިއުޅެނީ” ޔާނާ މިކްޔަންގެ އަތް ފޮޅުވާލަމުން ރުޅިވެރިކަމާއެކީ ބުނެލިއެވެ. ކުޑަކުޑަ ޔުއާން އިނީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. މަދުން ނަމަވެސް މީހުން މޫދަށް އެރެން އައިސް ހުއްޓެވެ.
“ޔާނާ. އަހަރެންނަށް މާފް ކޮށްބަލަ ޕްލީޒް. އަހަރެން ދުވަހަކުވެސް ޔާނާއަކަށް އޮޅުވައެއް ނުލަމޭ. ލޯބިވާކަމުގެ އެކްޓްއެއްވެސް ނުޖައްސަން. ޔާނާ އަށް އަޑުއިވުން އެއްމެ ޖުމްލައެއްގެ ސަބަބުން ތިހާ ރުޅިއައިސްގެން ތިއުޅެނީ. އެއްފަހަރުވެސް އަހަރެން ދެއްކި ހުރިހާ ވާހަކަ އެއް އަޑުއެހިނަމަ” މިކްޔަންވެސް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އަހަރެންނަށް އަޑުއިވެން ޖެހުނު އެއްޗެހި އަޑުއިވުން. އިތުރު އެއްޗެއް އަޑުއިވުން މުހިއްމެއް ނޫން”
“ޔާނާ ޕްލީޒް” މިކްޔަން އާދޭހާއެކީ ބުނެލިއެވެ. “އައި ޖަސްޓް ހޭޓް ޔޫ. އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލީ އަަހަރެންގެ ކޮންކުށެއް އޮވެގެން؟ އަހަރެންނަށް ކަލޭ ދެކެ ލޯބިވެވުނީމަ ދޯ. އަހަރެންގެ މުޅި ލައިފްގަ ކުރެވުނު އެއްމެ ބޮޑު މިސްޓޭކް އެއަކީ. ހިތަށް އަރާ ލޯބިނުވެވުނު ނަމައޭ.”
މިކްޔަންގެ ދެލޯ ފެންކަޅިވިއެވެ. “އަހަރެން ހުރީ ކޯޓަށް ގޮސް ވަރިވާން. އެކަމް ދެން ނޯ. މިކްޔަން އަހަރެން ވަރި ކުރޭ. މިހާރު މިވަގުތު މިތާ” ޔާނާ މިކްޔަން ލާފައި ހުރި ގަމީހުގެ ގިރުވާނުގައި ޔުއާން އުރާގެން ހުރި އަތް ނޫން އަނެއްއަތުން ހިފާލަމުން ބުނެލިއެވެ. “ޔާނާ” ޔާނާއަށް މިކްޔަންގެ ގިރުވާނުން އަތްދޫކޮށްލުމަށްފަހު ފަހަތް ބަލާލެވުނީ އޭނާއަށް މީހަކު ގޮވާލުމުންނެވެ.
******
“ދޮންބެ އެދިޔައީ ދޮންބެގެ މަސައްކަތް އެއްކޮށް ފުރިހަމަވެސް ނުކޮށް. އުޅެބަލަ ފުރިހަމަ ކޮށްލަން. ލާރާ ހެލްޕްމީ” ޒާއިން އެތާތިބި އާއިލާ މީހުން ކައިރި މިހެން ބުނެ އެއްމެ ފަހު ޖުމްލަ ބުނެލީ ލާރާއަށް އިޝާރަތް ކޮށްލާފައެވެ. “ހޫމް. ދަރިފުޅު މެން ތި ހަދާ. ބައްޕަ މެން އެތެރޭގައި ހުރެލާނަން” ހިތެއް ކުރުހަން އިން ޒާއިންއަށް ބަލާލަމުން ނާސިހް މިހެންބުނުމުން ލާރާ ނޫން އެއްމެން އެތެރެއަށް ވަނެވެ. “ލާރާ. ދޮންބެދައްތަ އޯކޭ ނުވެއްޖިއްޔާ؟” ކޮޅަށް ހުރި ލާރާއަށް އިޝާރަތް ކުރަމުން ޒާއިން ބުނެލިއެވެ. ލާރާ ނޭވާއެއް ދޫކޮށްލުމަށްފަހު ތިރިވެ ފިޔަތައް ނަގައި އެ އަޅަން ފެށިއެވެ. “ބުނެވޭނީ ސޮރީއޭ.” ލާރާ ބުނެލިއެވެ. ޒާއިން ލާރާއަށް ބަލާލިއެވެ. “ގައިމުވެސް ތިނޫން ކުއްޖެއް އަހަރެންގެ ލައިފްއަކަށް ނާންނާނެ” ޒާއިން ބުނެލިއެވެ. ލާރާ ހީލިއެވެ. “އެހެންތަ. ތިއެއްވެސް އިނގޭނީ އަހަރެން ނެތް ދުވަހަކުން”
“ޔަގީން އެކަން. ލާރާ އަހަރެންނާ ފްރެންޑްޝިޕް ބާއްވާނަންދޯ؟” ޒާއިން މިހެން ބުނުމުން ލާރާ ބޯޖަހާލީ ހިނިތުންވުމަކާއެކީއެވެ.
*****
ކުރިމަތީ ހުރި ޒިޔާން އަދި ނަޝްވާ ފެނުމުން ޔާނާ އަވަސް އަވަހަށް މޫނު ފޮހެލިއެވެ. “އަނހަ. ކޮންއިރަކު އައީ؟ މާމަ ކިހިނެއް؟” ޔާނާ ޒިޔާންއަަށް ބަލާލަމުން އަހާލިއެވެ. “އަލްހަމްދުލިއްﷲ ވަރަށް ރަނގަޅު މިހާރު.” ޒިޔާން ބުނެލިއެވެ. “އަހަރެމެން އަސްލު މިއައީ ވަރަށް ބޮޑު ވާހަކަ އެއް ދައްކާލަންވެގެން” ޒިޔާން މިހެން ބުނުމުން ޔާނާއަށް އެއީ ކޮންވާހަކައެއްކަން އިނގުނުފަދައެވެ.
ނަމަވެސް ޔާނާ މަޑުން ހުރީއެވެ. “ޔާނާ. ބްލީވް މީ. މިކްޔަން އޭރުވެސް އަދި މިހާރުވެސް ލޯބިވަނީ ހަމަ ޔާނާދެކެ. އަހަރެންނަށް އިނގޭ ޔާނާ ގަބޫލު ނުކުރާނެކަން. އެކަމްވެސް” ނަޝްވާ އޭރު ވީ ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. އަދި އެރޭ މިކްޔަންއާ އޭނައާ ދެމެދު ދެކެވުނު ވާހަކަވެސް މެއެވެ. މިކްޔަން އަށް އިސްދަށަށް ޖަހާލެވުނީއެވެ. “ސޮރީ. އެކަމް ތިވެސް ކުޅިލާ ޑްރާމާއަކަށް ވެދާނެ. އަހަރެން ކަލޭމެން ދެމީހުނަށްވެސް މާފެއް ނުކުރާނަން” ވަކި ވަކިން މިކްޔަން އަދި ނަޝްވާ އަށް އިނގިލި ދިއްކޮށްލުމަށްފަހު ޔާނާ މިހެން ބުނެ ޔުއާން ގައިގައި ބައްދާ ގަންފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ނަމަވެސް ޔާނާގެ ފިޔަވަޅަށް ހުއްޓުމެއް އައީ އިވެން ފެށި އަޑަކުންނެވެ. އެއަކީ އެރޭ މިކްޔަން އާއި ނަޝްވާއާ ދެމެދު ދެކެވުނު ވާހަކަ ތަކެވެ. ޒިޔާން އޭނާގެ ފޯނުން އެއިއްވަމުން ދިޔައިރު މިކްޔަން އަދި ނަޝްވާވެސް ހުރީ ޝޮކެއްގައެވެ.
މިކްޔަން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުމުން ޔާނާގެ ދެލޯ ފެންކަޅިވިއެވެ . އަހަރެންނަށް ވިސްނާނުލައި މިކުރެވުނީ ހާދަބޮޑު ކުށެކެވެ. މިކްޔަން ކިހާ އާދޭހެއް ކުރިހެއްޔެވެ. މިކްޔަން ކިހާވަރަކަށް އޭނާ ޔާނާދެކެ ލޯބިވާކަމަށަ ބުނި ހެއްޔެވެ.
ރިކޯޑިންގް ނިމުމުން ޒިޔާން އައިސް ޝޮކެއްގައި ހުރި ނަޝްވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މިކްޔަން އައިސް ޔާނާގެ ގާތު ހުއްޓުނެވެ.
****
“ޒިޔާން އެ ރިކޯޑިން؟” ޒިޔާންގެ ސައިކަލު ފަހަތުގައި އިން ނަޝްވާ އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. “އަހަރެން އެރޭ ނަޝްގެ ފޯނުން ރިކޯޑް ކުރީ މިދުވަސް އައިސްދާނޭ ހިތްބުނުމުން. ހަނދާންވޭތަ އަހަރެން ނަޝް ފޯނު ގެންދިޔަކަން؟ އެ ގެންގޮސް އެރިކޯޑިން އަހަރެން އަހަރެންގެ ފޯނަށް އަޅާފައި ނަޝް ފޯނުން ޑިލިޓްކޮށްލީ” ޒިޔާން އޮޅުން ފިލުވައިދިނެވެ. “އެހެންވެ ދޯ އެރޭ ފްރިޖް ކައިރި މާމަޑުން ހުރީ” ނަޝްވާ މިހެން ބުނުމުން ޒިޔާން ހީލިއެވެ. “ވީ ކަމެއްވީ. ދެން ޔާނާއަށް މިހާރު ހަގީގަތް އިނގިފަ އޮންނާނީ. ބިކޯޒް އޮފް ޔުއާ ހަޒްބޭންޑް” ފޮނިވެލާފައި ޒިޔާން ބުނެލިއެވެ. “ހޫމް ހޫމް” ނަޝްވާ ފަހަތުން ޒިޔާން ގައިގައި ބައްދާލިއެވެ.
******
“އައިމް ސޮރީ ޔަން” މިކްޔަންގެ ދެލޯބޮޑުވީ ބާރުބާރަށް ޔާނާ ރޯންފެށުމުންނެވެ. މިކްޔަން ގަންލަދުން އަވަސް އަވަހަށް މުޅިތަނަށް ބަލާލިއެވެ. ދެތިން މީހަކު ދުރުގައި ހުރިނަމަވެސް އެތާ ކައިރި މީހަކު ނެތުމުން މިކްޔަން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. “ބޭބް. އޯކޭއޭ. އަހަރެން ނަމަވެސް ކަންތައްކުރާނީ ހަމަ ބޭބް ކަންތައް ކުރި ގޮތަށް” މިކްޔަން މިހެން ބުނި ނަމަވެސް ޔާނާ ރުއިން ދިޔައީ ހައްތަހާ ބާރުވަމުންނެވެ. ޔާނާގެ އުރުގައި އިން ޔުއާން އިނީ ތުންބަނޑިކޮށްލައިގެންނެވެ. މިކްޔަން ޔާނާގެ ކަރުނަތައް ފޮހެލަދިނީ ވަރަށް ލޯބިންނެވެ.
ޔާނާގެ ކަރުނަތައް ފޮހެލާފައި މިކްޔަން ޔާނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “އައި ލަވް ޔޫ. ހަމަ ތެދެއް” މިކްޔަން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ. އަހަރެން އަސްލު ގަބޫލު ކުރަމޭ ޔަން ލޯބިވިކަން. އެކަމް އެކަމް” ޔާނާގެ ލޮލުން އަނެއްކާ ކަރުނަތައް އަންނަންފެށިއެވެ. “އިޓްސް އޯކޭ. ލެޓްސް ސްޓާޓް އަވާ ލައިފް އަގެއިން” މިކްޔަން އަނެއްކާ ޔާނާގެ ކަރުނަތައް ފޮހެލަން އުޅުނެވެ. ނަމަވެސް ޔުއާން ރޮވިފައިވާ އަޑަކުން ހަޅޭލަވައިގެންފައި މިކްޔަންގެ ބޮލުގައި ހިފައިގަތެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
77 Comments!
Comments are closed.





Hey rammm….
Me frst dho ❤
Yayy yess ?
inthizaaru ge nimun aee ❤❤
Hehe dww ?
Thnq darling ?
Wc rana ?
first libunee dho mi
Yess yayy ?
Mashah Allah v v reethi.. Mee fst dhww..
Thankyou shau.. shau, you are second eyy ??
Hi ram… story hama habeys…????
Aww thankyou shiff ???
okay dhen
Thankyou ☺
Wow v salhi
Thankyou ?
Mashaa Allah v v v reethi mi part ves, haw comment nukuriyas hurihaa part eh ves kiyan, v v v v v busy koh ulheythee comment nukurevenee, home ga hithaanu kuran redy vaathee, sorry ramko, by v v nice story ingey, keep it up, may Allah bless you, good night to, by y??
Thankyou ?Awww thanks dear.. may allah bless you too ?
Yuaan.. Hahaha.. So cute ?
Dww hehe ?
yuaan .. ure doing great baby..hahaa..so cute
dhn ekuhjjja ruhsan ulhen jeheyny
yaana yah vure e kujja ruhsan difficult vaane dhw.. e hery viyya mikyan fakyra hadhaala varu
Hehe yess ?
this is one of the best story I have read ❤❤❤
Aww thanks yanaa ?
Vvvv rythi alhe mi yuaan ehdw haadha aniyaa kuraa kuhjjekey DW ??vvvv rythi mibaiiiiiiiiiii??????
Thankyou luvv ?
Wow wow my luving ram, haadha ryhchey mibaives.. Ekam nimen ulheythi v dheravey.. Ram ge ehen story eh fennaane kamah umeedh kuran.. Dhonthi ge ram v molhu vaahaka liyan.. Ram dhonthi ge number ah Viber in message eh kohlahchey.. Luv u bodu bodu koh n miss u ram
Yess i will.. thankyou and i will miss you tooo.. luv you dhonthi ?
This story is the best
Aww thanks naail ?
Hey gud morning ramuuu………….
Masha allah mi part vess vvv reethi…….
KEEP IT UP RAM…
Waiting 4 next part….????????????????????????????????????????
Hei frnd.. thankyou ?
Wow….. varah reethi
Thakyou zuam ?
Alhey yuaan dhooni kolhu???…mammi ge loabi share kuran v ma dho thunkolhu bodu kuranee??.
And laaraa v majaa..wrong number eh dheegen e kuhjja zaain ah ❤ vehjjihyya o?.
V cute, ❤ ,fun, stry eh..??
Hehe dww.. thanks ?
Wow❤❤????
Thanks juma ?
v reethi mivaahaka
Thankyou ?
Love this story
Thankyou anonymous ?
Yeyyy finally laara ah visnuni? vvvvv reeeeethi mi part ves..?ramputty story nimeni dhw so sad mioh salhi story nimeythy adhi nimmaa nulahche? waiting! Loves??
Aww nish.. thankss ?
V Reethi..?
Thankyou ?
wow ……>3>3>3>3>3booootiful
..ram u r the best .alhey nimeny dhw…btw knirakun next part…..next part thankolheh dhigukoh genesdhechey …..zaain n laaraa ge bai ves thankolheh rom koh …..ram babe??????
Hehe i will tryy.. thankss ?
Reethi abadhuves reethi ram ge vaahaka
Thankyou hairaan ?
Masha allah vrh vrh furihama❤
Thankyou nerz ?
Baeh readers hiyhama nujehidhaane… dhn othy vaahakaige fahubai.. and ram akah hiyeh nuveyy ehkoh mirey type kohleveyne hn.. vanyaa upkohlaanann.. nuvanyaa maadhan heylaafa complete kohfa upkohlaanan.. thankyou ?
RAM dhooni mirey up kohla dheebaa pls pls mihaaru ves kiyaa hithun nuhurevey
Aww aki nuvaane kanneyge.. maadhen avahah upkohlaanan igeyy ?
Alheyyy… Mirey nunidhaa up kohdhy.. Maadhan hendhunu nidhaalaa ????
Hehe eyrun liyeveyny nubai koh kanneyge ??
ok ekm vrh kiyaa hiyy vey.. vaahaka up vitho bala balaa mi innany. .. yuaan ge lovely see n akah vrh wait eba kureve..
scene
@unaal, alheyy keep waiting ?
@anonymous, ?
yeah..scene dhw..thanks anonymous..a very crazy typing mistake
actually I forgot the spell of that word so I wrote it like that..
Ram v fake… mihaarh mulhi ves thihen hadhany…chutty libunyma dhw…holiday mode ga thihunany
Kobatha next part
Kba ram heylevijje tha..???? Avahah up kohdhybala dear….
Ram.. Miadhu thankolheh avahah upkolladhehchchey.. last part v ma varah bodah kiyaahiyyvvey nimey goii
Haadha lahey avassss avasss ramoo dhoonii???
Haha yuan baby ah ves ingey dhw mammi rovvaa kudhin faahaga kuran ?
Dhn mivaahaka nimen dhw miulheny ?
Varah miss vaane dhn
Mibaives varaaaaaah reethi ?
Keep it up ram ❤️❤️❤️
Adhives nuhelyveny tha
???????????
Kba tha Ram.?? Haadha lahey dhw heylaaleh.. dhn avas kohdhybala ram dhoony..
Alhey adhives nidhaa nuheylany tha ??
Ramoooooo avasss avasss lass vaniii mihaaru maabodah vess kiyaa hithunn keh madhuvefa mihunn naniii????
ramu koba thr next part?????????morningn nuveythr adhi…….avahah up kohdhybaa plyyyyyyyxxxxx??????
Pls alhe avahah up kph dheeba
Ram adhives nuheylani thrr… Mihar 1:30 vi ???
SHE SLEEPS LATE AND WAKES UP LATE MAYBE, SHE TOLD RIGHT THAT SHE’LL UPLOAD AS SOON AS FINISHES WRITING THE STORY!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Thankyou all.. ?? upkohlaafin.. and ram heylan fathihah.. but free velaafa dww complete kohleveynyy.. so sorry late veema igeyy… lovess ?