އެއިރު އެއެންމެން އެތާނގައި ތިބުމުން އަހަރެން ލަދުގަތް ވަރުން އިސްދަށަށް ޖެހީމެވެ. މަންމަމެން އައިސް އަހަރުމެނަށް މަރުހަބާ ކިއުމަށްފަހު ދިޔައެވެ.
ޕްރިންސަސް ހާދަ ލަދުން ހުރިހެން ހީވެއެވެ.އެމީހުން ދިއުމުން ސާލް ބުނެލިއެވެ.އަހަރެން ސާލް ގައިގަ ވިކައިގަތީ މާބޮޑަށްލަދު ގަތީމައެވެ.
އެރޭ އަހަރުމެން ގެއަށް ދިޔައީ ރެސްޓޯރެންޓން ކައިގެނެވެ.
ސާލް ބުނިގޮތުގައި އަހަރެންވެސް އޭނައާއި ގަޔާވާކަން އެނގޭތީ ސަޕްރައިޒެއް ދޭންބޭނުންވީ ކަމުގައެވެ.އަހަރެން ގެއަށްލާފައި އޭނަ ދިއުމުން އަހަރެން އުފަލުން މަންމަ ގައިގާ ބައްދާލުމަށްފަހު ކޮޓަރިއަށްގޮސް ހެދުން ބަދަލްކޮށްލައިގެން ސާލް ގުޅުމުން ވާހަކަދައްކަން އޮތުމަށްފަހު ނިދީއެވެ. ސާލްގެ މަންމަމެން އެހާ އޯކޭ ވުމުން އަހަރެން ހުރީ ވަރަށް އުފާވިއެވެ.
އައު ދުވަހަކަށް އިރު ފެނުން ތޮޅިލީ އަހަރެންނަށް އެތައް އުފާތަކެއް ލިބެމުންނެވެ.އަހަރެންގެ ކުޑަކުޑަ އާއިލާއާއި އެކު ސާލްގެ އާއިލާވެސް މުޅިދުވަސް ހޭދަކޮށްލަނީ އަހަރުމެން ގޭގައެވެ.
މިހެން ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެންގެ ޖީސީ ނަތީޖާ ލިބޭ ދުވަހެވެ. އަހަރެންގެ އަތްފައިވަނީ ފިނިވެފައެވެ.މަންމަގެ އެތަކެއް ނަސޭހަތަކާއި އެކު އަހަރެން ނަތީޖާ ބަލަންދިޔައީ މަންމައާއި އެކުގައެވެ.ހެނދުނު ފުލައިޓުން ސާލްވެސްވަނީ ނަތީޖާ ބަލަން ގޮސްއެވެ. އަހަރެން ނަތީޖާބަލާލުމަށްފަހު އުފަލުން ފޮޅުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދުކުރީމެވެ.އަހަންނަށް ލިބުނީ އެއް.މާއްދާއިން ބީ އެއް މާއްދާއިން އޭ ސްޓާރ އަދި ދެން ހުރިހާ މާއްދާއަކުން އޭ އެވެ. އަހަރެން މަންމަ ގާތުބުނުމުން މަންމަ އުފަލުން ރުޔެވެ.ސާލް އަށް ލިބުނީ ހުރިހާ މާއްދާއަކުން އޭ އެވެ. މިގޮތައް އުފާފާގަތި ކަމުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރުމެން އޭލެވެލްވެސް ނިންމީ ފަޚުރުވެރި ވަނަތަކާއި އެކުގައެވެ. އޭލެވެލް.އަށްފަހު ދެމީހުން ކޯސް ހަދަން ބޭނުންވީ ކައިވެނި ކުރުމަށްފަހުގައެވެ. އެހެންކަމުން ދެއާއިލާގެވެސް ރުހުމާއުއެކު ކައިވެނި ކުރީ ހަސަދަވެރިވާ ބައެއް ތިބިކަން ނޭނގިތިބެއެވެ.ކައިވެންޏަށްފަހު އަހަރުމެން ދިޔައީ މެލޭޝިއާ އަށެވެ. ސާލް ބޭނުންވީ ޑޮކްޓަރުކަން ކިޔަވާށެވެ.އަހަރެން ބޭނުންވީ ނާސިން ހަދާށެވެ. ނަމަވެސް ކޯސް ފެށިތަނާ އަހަރެން ބަނޑުބޮޑު ވިއެވެ. އެހެންކަމުން ކޯސް ފަހުން ހެދުމަށް އަޒުމް ކަނޑައަޅާ ގޭގައި މަޑު ކުރީ ކުރިއަށް އަންނަން އޮތް ތޫފާނުގެ އެއްވެސް ހިލަމެއް ނުވާހާލުގައެވެ……..
ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބޭއްވީމައެވެ… (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Story aslu rythi Ekam haadhisaa thah genesdhyfa huri goiy eha kamaku nudhey and also basmagu Eba jehey v bodah improve kuran. Liyelaifa amilla ah kiyaa laifa up kuran vaany. And also I have a confusion. Ifa ge dad v maruvefa ehnun tha thankolheh kuri ge part ehga? But here propose kuri iruga Ebain mom and dad vx in vaahaka.
Ei saalimhge mom and dad.. ok.thanks will try to correct my mistakes.. aslu my fisrt story vyma ei but dhn will.try more..
Furathama vaahaka ah balaafa hadi eh noon..hurihaa vaahaka ehgoiy vaakah nujehey
Thanks hairaan
First story aa balaafa okey ekam adhi thankolheh bodah sifa kurumuge bai gennan jehey eba and haadhisaa thah gena umuga ves thankolheh avas aruvaalaafa huri kamah faahaga kurevunu so ebai rangalhukoglan feney
Any how stry is nice and all the best
Thank u will try
Vř reethi btw its your first story ehnu đhoww…mistakes hunnane..madu madun ekanthah ragalhu vamun dhaane in sha allah…loves it nd waiting for the next part❤❤❤
=ekm dhn thankolheh dhigukoh genesdhehchey?
Kba7
In shaa allah mireyge vaguthehgai genesdheynah.. midhuvaskolhuge gothun nugenesdhevi adhi miulheny ekamahtakaa maafah edhen