Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސްވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 24, 2017 6 Mins Read
72 Comments

ޔާނާ އާދައިގެ ގޮތަކަށް ތައްޔާރުވެލީ މިރޭ ހިތާނަކުރާ ގެއަށް ދިޔުމަށެވެ. “ދޮންތާ. ރެޑީއެއް ނުވޭތަ؟ ދޮންތަބެ އައިއްސި ބަލައި” ސިޓިންގްރޫމްގައި ހުރި ލާރާ މިހެން ބުނުމުން ޔާނާގެ ދެބުމަ ގޮށްޖެހި ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ކަންތަކާ ލައިގަތީއެވެ.

******

ޔާނާ އަދި ލާރާ ނިކުން އިރު ޑްރައިވާ ސީޓްގައި މިކްޔަން އިންއިރު ފަހަތު ސީޓުގައި ޒާއިން އިނެވެ. މިކްޔަންއަށް ޔާނާ ފެނުމުން އަވަސް އަވަހަށް ކުރީ ސީޓްގެ ދޮރު ހުޅުވާލަ ދިނެވެ. ނަމަވެސް ޔާނާ ތުންއަނބުރާލާފައި ގޮސް ފަހަތު ސީޓް ދޮރުހުޅުވާލުމަށްފަހު ޒާއިންއަށް ހިނިތުންވެލަމުން އިށީއިނެވެ. ލާރާ ދެން އިތުރު ގޮތެއް ނެތުމުން ގޮސް މިކްޔަން ކައިރި ކުރީސީޓްގައި އިށީއިނެލިއެވެ.

ކާރުގައި ދިޔައިރު ހަތަރު މީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހަމަހިމޭންކަމާއެކީ އެމީހުންގެ މަންޒިލަށް ދެވުމުން އެންމެ ފުރަތަމަ ފޭބީވެސް ޔާނާއެވެ.

“މިއޮއް އައީ؟” އެކުވެރިޔަކާ ވާހަކަ ދައްކަން ހުރި އާލިމާއަށް ޔާނާމެން ފެނުމުން މިހެން ބުނެ ގޮސް ޔާނާގެ އަތުގައި ހިފައިގެން ގެނައެވެ.

“މީ ޔާނާ. މިކްޔަންގެ އަންހެނުން” ޔާނާގެ ބުރަކަށީގައި ފިރުމާލަމުން އާލިމާ ބުނެލިއެވެ. ޔާނާ އިސްދަށަށް ޖަހާލިއެވެ. “މާ ޝާ ﷲ. ވަރަށް ފުރިހަމަ. އެކަމް އަޑުއެހިން މިކްޔަން ދެކެ ރުޅިއައިސްގެން އެއްއަހަރު އެހެންތާކު އުޅިފައޭ މި މަންޖެ އެއައީ. އެތެދެއްތަ އާލިމާ؟” އެ މީހާ އަހާލިއެވެ. އާލިމާ އިސްދަށަށް ޖަހާލީ ބުނާނެ އެއްޗެއް ނޭގުމުންނެވެ. ޔާނާއަށް އާލިމާއަށް އަވަސް ނަޒަރެއް ދެވުނީއެވެ.

“އޭ ކޮބާ. އެތެރެއަށް ނުވަންނަންތަ؟” ފަހަތުގައި ހުރި ޒާއިން އާލިމާގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. “ހިނގާ ހިނގާ” އާލިމާ އަވަސް އަވަހަށް އެހެން ބުނެ އެތެރެއަށް ވަނެވެ. ހަލަބޮލިވެފައިވާ އެމާހައުލުގައި އާލިމާ ޔާނާގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ ހިތާނަކޮށްފައިވާ ކުއްޖާ ކައިރިއެވެ. ފަހަތުން ލާރާ އަދި ޒާއިންވެސް އައިސް ހުއްޓުނެވެ. އެކުއްޖާގެ ހާލު އޮޅުން ފިލުވާލުމަށްފަހު އާލިމާ މެން ސްޓޭޖްއާ ދިމާލަށް އެނބުރިލީ މިރޭ އޮންނަ ޝޯއެއް ފެށުމުންނެވެ. “ކޮބާ މިކްޔަން މިހާރު؟” އާލިމާއަށް މިކްޔަން ނެތްކަން ރޭކާލުމުން ޒާއިންމެންނަށް ނިސްބަތްކޮށް އަހާލިއެވެ.

“ދައްތާ އައިޕެޑް” ޔާނާ ހިތާނަކުރެވިފައިވާ ކުއްޖާއާ ދިމާލަށް އެނބުރުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އޮތް އައިޕެޑްއަށް އިޝާރަތް ކޮށް އެކުއްޖާ މިހެން ބުނުމުންނެވެ. ޔާނާ އެކުއްޖާއަށް ހިނިތުންވުމެއް ދިނުމަށްފަހު ގޮސް އައިޕެޑް ނަގައިގެން އައިސް އެދިއްކޮށްލިއެވެ.

އައިޕެޑް ދިނުމަށް ގުދުވެލި ޔާނާގެ ދެބުމަ ކައިރި ކޮށްލެވުނީ މީހުންގެ އަތްތިލަބަޑިއާއި ހަޅޭލެވުންތަކުގެ އަޑު ކުއްލިއަކަށް ބާރުވުމުންނެވެ. އެއަށްފަހު އިވުނު އަޑަކުން ޔާނާގެ ދެލޯބޮޑުވެ ކުއްލިއަކަށް ސްޓޭޖްއާ ދިމާލަށް ބަލާލެވުނެވެ. އެއީ ހަމަ މިކްޔަންއެވެ.

“ޔާނާ، ދިސް އިޒް ފޯ ޔޫ” މައިކް އަތަށް ނަގައިގެން ޔާނާއާ ދިމާލަށް އިޝާރަތް ކުރަމުން މިކްޔަން ބުނެލިއެވެ. އެއާއެކު މިކްޔަންގެ ފަހަތުގައި ހުރި ސްކްރީން އިން ޔާނާ ގެ ފޮޓޯ ބޮޑުކޮށް ފެންނަންފެށިއެވެ. ކޮންމެ ސިކުންތަކުން އެފޮޓޯ އެހެން ފޮޓޮއަކަށް ބަދަލު ވެގެން ދެއެވެ. ޔާނާ އެކަނި ހުންނަ ފޮޓޮއެވެ. ނޫނީ ޔާނާ އަދި މިކްޔަންއެވެ. ނޫނީ ޔާނާ އަދި ޔުއާންއެވެ.

ފެންނަންފެށި ޔާނާގެ ފޮޓޯއިން އެއްމެންގެ ނަޒަރު ހުއްޓުން އަރާފައި ހުރި ޔާނާއާ ދިމާލަށް ހުއްޓުނެވެ. އާލިމާ، ޒާއިން އަދި ލާރާއަށް ހިނިތުންވެވުނީއެވެ.

ދެން އިވުނު ރާގާއި އެކީ މިކްޔަން އޭނާގެ ހިތުގެ ހާލު ލަވައިގެ ބައިތު ތަކުގެ ސިފާގައި ބޭރުކުރަން ފެށިއެވެ.

*ވާ އިޝްގް ހިތުގާ، ތީ އާޝިގާއޭ މަގޭ*
*ދިރި ހުރުމޭ ތިއީ، ވިންދަކީތީ މަގޭ*
*މިތުރާގެ ހިތުގައި އުޅުމޭ އަބަދަށް މައެދެނީ*
*އެކުގާ ކަލާޔާ ނިމިދާށެ އެދެނީ*
*ވާ އިޝްގް ހިތުގާ، ތީ އާޝިގާއޭ މަގޭ*
*ދިރި ހުރުމޭ ތިއީ، ވިންދަކީތީ މަގޭ*

މިކްޔަން މިހާ ހިސާބަށް ކީތަނާ ޔާނާ އިސްދަށަށް ޖަހާލިއެވެ. މިކްޔަން ބޭނުންވަނީ ކޮންގޮތެއް ހެއްޔެވެ. މިކްޔަން އަނެއްބައިތު ކިޔަން ފެށިއެވެ. އޭނާގެ ހިތުގެ ހާލު ޔާނާއަށް އިވޭނެނަމައެވެ.

*ޖިސްމާ މޭގާ، ނޭވާގާވޭ*
*ތިޔަނަން ފެވިފާ، މުޅިހިތުގާވޭ*
*ޔާރާ ވިންދާ މޭގާވެސްވޭ*
*ލޯބިން ހިތްވެސް ދީވާނާވޭ*
*ވާލޯބި ކިހިނެއްހެއްޔޭ އަންގާލަދޭނީ*
*ޔާރާ ނުލާދެން އަހަރެން ކިހިނެއް އުޅޭނީ*
*ވާ ލޯބި ހިތުގާ ތީ ލޯބިވާއޭ މަގޭ*
*ވާ އިޝްގް ހިތުގާ ތީ އާށިގާއޭ މަގޭ*
*ދިރިހުރުމޭ ތިއީ، ވިންދަކީތީ މަގޭ*

މިކްޔަން ޔާނާގެ ލޮލަށް ބަލާލީ ގަބޫލުކުރާށޭ ބުނާފަދައިނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައިރު ޔާނާގެ ގައިން ހީބިހި ނަގައިގަތެވެ. ޔާނާ ބޭނުންވީ އެތަނުން ދާށެވެ. މިކްޔަން ފާޅުގައި އެގޮތަށް އުޅެންޏާ އޭނާގެ ހިތްބޭޒާރު ވެދާނެއެވެ. އޭނާ މިކްޔަންއަށް މާފް ކުރަން ބޭނުން ވިޔަސް ނުކުރެވޭނެއެވެ. ފެންކަޅިވެފައިވާ ހާލު ޔާނާ އަނެއްކާވެސް އިސްދަށަށް ޖަހާލިއެވެ.

ޔާނާ ސިހުނީ އައިނައިދިމާލެއް ނޭނގި ކުއްލިއަކަށް ޔާނާގެ ފަހަތުން މިކްޔަން ނިކުމެ ޔާނާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލުމުންނެވެ. އެއަށްފަހު މިކްޔަން އޭނާގެ ލަވަ ކުރިއަށް ގެންދިޔައެވެ. ޔާނާ ގަދަހަދަން އުޅުނަސް ބާރުގަދަ ފިރިހެނެއް ކުރިމަތީ އޭނާއެއް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. އެހެންކަމުން ހިމޭންކަމާއެކީ އިސްދަށަށްޖަހާލިއެވެ.

*އާދޭ ލޯބިން ހިއްސާކޮށްލަން*
*ދީގެން ޖާނާ، ހިތްވެސް އުޅިލަން*
*ދާން ހިތް މިއެދޭ، ތީއޭ މަންޒިލް*
*ހުރެލާހިތް އަދު، ވާތީ ސާހިލް*

މިކްޔަން ޔާނާގެ ދައްދޮޅީގައި ހިފާ އުފުލާލަމުން ކިޔާލިއެވެ. އެއާއެކު ކަރުނަވީ ލޮލަކުން ޔާނާ މިކްޔަންގެ ލޮލަށް ބަލާލިއެވެ. މިކްޔަން ކުއްލިއަކަށް ޔާނާގެ އުނަގަނޑުން ދޫކޮށްލާފައި ފަހަތަށް ފިޔަވަޅު އަޅަންފެށިއެވެ.

*ނެތްނަމަ އެކީގާ ޔާރާ ވާނޭދެން ފަޅުކަން*
*ޖާނާއި ރޫހަށް ލިބެނީ މިއުނިކަން*
*ވާ ހިޔާލު ހިތުގާ ތީ ހިޔާލަކީއޭ މަގޭ*
*ވާ އިޝްގް ހިތުގާ ތީ ހިޔާލަކީއޭ މަގޭ*
*ދިރި ހުރުމް*

މިކްޔަން އަށް ކުއްލިއަކަށް ލަވަ މެދުކަނޑާލެވުނީ ޔާނާ އެތަނުން ދުއްވައިގެންފައި ނިކުތުމުންނެވެ. މިކްޔަން ވެސް އެއްމެ ސިކުންތެއް ބޭކާރު ނުކޮށް އަތުގައި އޮތް މައިކް ކައިރީގައި ހުރި މީހާގެ އަތަށް ދެމުން ޔާނާގެ ފަހަތުން ދުއްވާގަތެވެ.

“ޔާނާ މަޑުކޮށްބަލަ” މިކްޔަންއަށް ޔާނާ އަތުވީ އެގެއާ ޔާނާ ވަރަށް ދުރަށް ދިޔަފަހުންނެވެ. ޔާނާގެ އަތުގާ ހިފާ މިކްޔަން ޔާނާ މިކްޔަންގެ ކޮޅަށް އަނބުރާލިއެވެ. މިކްޔަން ހިފިހެން ހީނުވެ ޔާނާ އެއަތް ފޮޅުވާލިއެވެ.

“މިކްޔަން ކީއްވެގެންތަ ތިއުޅެނީ. ކިތަންމެ ވަރަކަށް ތިލަވަޔާ އެއްޗެހި ކިޔަސް އަހަރެންގެ މާފެއް ނުލިބޭނޭ. މިކްޔަންއަށް ކީއްވެ ނުވިސްނެނީ” ރޮވިފާވާ އަޑަކުން ޔާނާ ބުނެލިއެވެ.

“ޔާނާ ޕްލީޒް. އަހަރެން ހަމައަސްލުވެސް ވަރަށް ލޯބިވޭ. ގަބޫލްކޮށްބަ”

“މިކްޔަން ތިހެންބުންޏަސް އަހަރެން ބިރުގަނޭ. މިއަދު ތިހެން ބުނެފަ މާދެން ބުނެފާނެ މީހެއްގެ ލޯބި ހޯދުމަށް ޖެއްސި އެކްޓެކޭ އެއީ” ޔާނާ އޭނާގެ ހިތުގައިވާ ޝަކުވާ ބޭރުކޮށްލިއެވެ. “ޔާނާ، އޭރު އަހަންނަށް އިނގެޔޭ އަހަރެން އުޅުނީ ގޯސް ކަމެއް ކުރަންކަން. އެކަމް އަހަރެން އަހަރެން”

“ޕްލީޒް މިކްޔަން. އަހަރެން ބޭނުމެއް ނޫނޭ އަޑުއަހާކަށް”

“އިނގޭތަ ނަޝްވާ އުޅެނީ މީހަކާ އިނދެގެން ކަން” މިކްޔަން މިހެން ބުނުމުން ޔާނާ އެއްމިޔަކަނުން ހީލިއެވެ. “އަހަރެން މާލެ އައި ދުވަހު އަހަރެންނަށް އިނގިއްޖެ. އަދި އިނގުން އާބިދާއްތަގެ ދަރި ޒިޔާންއާކަން ވެސް ކައިވެނިކޮށްގެން އުޅެނީ. އަދި ނަޝްވާ ބަނޑުބޮޑުކަންވެސް އިނގޭ” ޔާނާ މިހެން ބުނުމުން މިކްޔަން ފުންނޭވާއެއްލިއެވެ.

“ދެން ކީއްވެ؟”

“އަހަރެންނަށް ހީވަނީ އަނެއްކާ މިކްޔަން އަހަރެންނަށް އޮޅުވާލާނޭ. މިކްޔަން، އަހަރެންނަކަށް ފަސޭހައެއް ނޫނޭ. މިކްޔަން ބުނެބަލަ. އަހަރެން މިކްޔަން އާއެކީ ލޯބިން އުޅެފަ އަހަރެން މިބުނަނީ އަހަރެންޖެއްސީ ޑްރާމާއެކޭ. މިކްޔަންއަށް ފަސޭހަވާނެތަ މާފްކުރަން؟ އިތުބާރު އަނެއްކާކުރެވޭނެތަ އިތުރު ފުރުސަތެއް އަހަރެންނަށް ދޭށޭ ބުނުމުން؟” ޔާނާ ހަޝަންބަދެލަމުން ބުނެލިއެވެ.

“ޔާނާ އަހަރެން އުޅުނިން ޔާނާއަށް އޮޅުވާލަން. އެކަމް އަހަރެން އޮޅުވައެއް ނުލަން. އަހަރެން ވަރަށް ލޯބިވި އޭރުވެސް ޔާނާދެކެ. މިހާރުވެސް ވަރަށް ލޯބިވޭ” މިކްޔަން މިހެން ބުނުމުން ޔާނާ މޫނުއަނބުރާލިއެވެ.

“ތިލޯތްބެއް ވަންޏާ އަހަރެންނާ ދުރުގަ އުޅޭ” ޔާނާ ފޫހިކޮށް ބުނެލިއެވެ. “ދުރުގައެއް ނޫޅެވޭނެ. އެއަށްވުރެ ލޯބިވޭ. އެހެންނޫނަސް ޔޫއާ މައި ވައިފް” މިކްޔަން އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. “އަހަރެން މާދެން ވަރިވާން ފޯމް ލާނަން” ސީދާ މިކްޔަންގެ ލޮލަށް ބަލަން ހުރެ ޔާނާ މިހެން ބުނެ ފަސް އެނބުރި ހިނގައިގަތެވެ.

މިކްޔަންއަށް ގަބުވެފައި ހުރެވުނީއެވެ. ދުވަހަކުވެސް ޔާނާ ވަރިއާ ހިސާބަށް ދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

*******

“ހަލޯ. މަންމާ އަހަރެންނަށް މާފް ކުރޭ. ނުވެސް ބުނެ މިއާދެވުނީ” އާލިމާ ފޯނު ނަގައިލުމުން ޔާނާ ބުނެލިއެވެ. އާލިމާ އެ ރަނގަޅުވާނެ ކަމަށްބުނެ ފޯނު ބޭއްވިއެވެ. އާލިމާ ވެސް ދެން އެތާ ހުންނަން ނަހަދާ ލާރާ އަދި ޒާއިންއާއެކީ ގެއަށް ދިޔުމަށްޓަކައި ދިޔައެވެ.

******

ކޮޓަރިއަށް ވަންގޮތަށް ޔާނާ ދޮރުގައި ލެނގިލިއެވެ. އަހަރެންނަށް މިކްޔަން ކައިރިން ވަރިވެވިދާނެހެއްޔެވެ. އަދި ވެސް އަހަރެންގެ ހިތުގައި ދެގޮތެއް ނުވެ ވަނީ މިކްޔަންގެ ލޯތްބެވެ. ބައެއްފަހަރު މިގޮތްދޫކޮށްލާފައި މިކްޔަންއާއި އެކު އުޅެން އޭނާ ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެހިތް ފުނޑުފުނޑުކޮށްލެވޭނެހާ ހިތްވަރެއް އެހިތުގައި ނެތެވެ. ކުރިން ލޯބިވާކަމުގެ އެކްޓް ޖެއްސިމީހެއް މިހާރުވެސް އެ ފޭކް ޑްރާމާ ކުޅިފާނެއްްނޫންހެއްޔެވެ.

ޔާނާ އިސްއިފުލާލުމަށްފަހު ގޮސް ޔުއާން ކައިރި ނިދިފައި އޮތް އާބިދާއަށް ގޮވާލިއެވެ. “ދައްތާ. އަޅުގަނޑު މިއައީ” ޔާނާ ފުރަތަމަ ގޮވާލުމާއެކީ އާބިދާ ލޯހުޅުވާލިއެވެ. ޔާނާ އުޅުނީ އާބިދާއަށް ނުގޮވާށެވެ. ނަމަވެސް މީ އާބިދާ ދައްތަ އަދި ޑޭޑްގެ ކައިވެނީގެ ފުރަތަމަ ރޭކަމުން ޔާނާ އިތުރުވިސްނުމަކަށް ނުގޮސް އާބިދާއަށް ގޮވީއެވެ.

“ދަރިފުޅު ހާދައަވަހަށް؟”

“އެތަން ފޫހިވީމަ” ޔާނާ ދޮގެއް ހަދާލިއެވެ. އާބިދާ ހިނިތުންވެލުމަށްފަހު އެކޮޓަރިން ނިކުމެގެން ދިޔައެވެ.

******

ޒާއިން ކާރުގައި އާލިމާ ގެއަށް ލުމަށްފަހު މިސްރާބުޖެހީ ލާރާ ގެއަށް ލާން ދިޔުނަށެވެ. ކުރީ ސީޓްގައި ދެމީހުން އިންއިރު އެކަކުވެސް ވާހަކަ ނުދައްކައެވެ. ލާރާއަށް އެ ހަމަހިމޭންކަން ކަމުނުދިޔައީ ކަންނޭނގެއެވެ. “އަމް ވަރަށް ޒިންމާދާރު ޓައިޕް ޖަހާ މިހާރު. ކޮބާ ސިއްރަކީ؟” ލާރާ ޒާއިންއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ޒާއިން ހިނިތުންވެލުމަކުން ފުއްދާލިއެވެ. “ކުރީގެ ނަންބަރުތަ ހަމަ ގެންގުޅެނީ؟” ޒާއިންވެސް ކޮށްލީ ސުވާލެކެވެ. ލާރާ ޒާއިންއަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ. ލާރާ ޒާއިންގެ އަތުގައި އޮތް ޒާއިންގެ ފޯނު ދަމައިގަތެވެ. ޒާއިންއަށް ލާރާއަށް އަވަސް ނަޒަރެއް ދެވުނެވެ.

“ނަންބަރ ޖަހަންވެގެން” ލާރާ މިހެން ބުނެ ފޯނު ހުޅުވާލިއެވެ. ނަމަވެސް ލާރާއަށް ދެބުމަ ކައިރި ކޮށްލެވުނީ އޭގަ ޖަހަންވެފައި އިން ކޯޑް ފެނުމުންނެވެ. “ކޯޑް” ލާރާ ފޯނު ދައްކާލަމުން ބުނެލިއެވެ. “މިހާރު ކާރު ދުއްވަނީ އެއްނު” ޒާއިން ބުނެލިއެވެ. “ކިޔާ ކޯޑް” ލާރާ މިހެން ބުނުމުން ޒާއިން ލާރާއާ ދިމާލަށް ބަލާލިއެވެ.

“ކީއްވީ؟ ބިޓެއްގެ ނަންބަރެއްތަ މީގަ އިންނާނީ. ނޫނީ މީހެއްގެ ނަމެއްތަ. ކޮންމެގޮތެއްވިޔަސް ބުނޭ” ލާރާ ކަޅިއަޅާލަމުން ބުނެލިއެވެ. “އާރާލް” ޒާއިން މިހެން ބުނުމުން ލާރާ ފާޑަކަށް ހުރެ ޒާއިންއަށް ބަލާލިއެވެ. “އޭ، އޭ، އާރް، އޭ، އޭ، އެލް. އާރާލް” ޒާއިން ސްޕެލިންގް އާއެއްކޮށް ކިޔާލިއެވެ. ލާރާ ޒާއިން އަށް ފާޑަކަށް ބަލާލާފައި ކޯޑްޖަހާލިއެވެ. އެއާއެކު ފޯނު ހުޅުވެގެން ދިޔައެވެ. ލާރާގެ ދެލޯބޮޑުވީ ވޯލްޕޭޕާރ ގައި އިން އޭނާގެ ފޮޓޯ ފެނިފައެވެ. ލާރާ ވިސްނާލިއެވެ. “ވެއިޓް. އާރާލް، ލާރާ ދޯ. އިދިކޮޅަށް ޖަހާފަ. އޭ އޭ އާރް އޭ އޭ އެލް އާރާލް އިދިކޮޅަށް ޖެހީމަ އެލް އޭ އޭ އާރް އޭ އޭ. ލާރާ” ލާރާ މިހެން ބުނުމުން ޒާއިން ހިނިގަނޑެއް ޖަހާލާފައި ބޯޖަހާލިއެވެ.

ލާރާވެސް ފަނޑުހިނިތުންވުމެއް ދިނެވެ. އެއަށްފަހު ފޯނުގައި އޭނާގެ ނަންބަރު ޖަހާ ޒާއިންގެ ފޯނު އިން ލާރާގެ ފޯނަށް މިސްކޯލްއެއް ޖެހިއެވެ.

******

ލާރާ ގެއަށް ވަނެ ބަދިގެއަށް ވަނުމަށް ދިޔައީ ފެންބޯލުމުގެ ނިޔަތުގައެވެ. ނަމަވެސް ބަދިގެއަށް ނުވަދެވެނިސް ފޯނު ރިންގްވާން ފެށުމުން ލާރާ މަޑުކޮށްލާފައި ފޯނަށް ބަލާލިއެވެ. “ދޮންތަބެ؟” ލާރާ އަށް ބުނެލެވުނެވެ. ލާރާ އަވަހަކަށް ފޯނު ނެގިއެވެ. “ލާރާ، ޔޫ ހޭވް ޓް ޑޫ ސަމްތިންގް ފޯ މީ” ލާރާ ނެގުމާއެކީ އެކޮޅުން މިކްޔަން ބުނެލިއެވެ. “ޔެސް. ކޮންކަމެއް؟” ލާރާ އެނބުރިގޮސް ސޯފާގައި އިށީއިންނަމުން ވާހަކަ ދެއްކިއެވެ. މިކްޔަން ކަންތައް ކުރަންވީ ގޮތް ކިޔާދިނެވެ. އަޑުއަހަމުން ދިޔަ ލާރާ މަޢުނަވީ ގޮތަކަށް ހީލިއެވެ. “އޯކޭ ޑަން” ލާރާ ހިނިތުންވެލާފައި ބުނެލިއެވެ. ފޯނު ބޭއްވި ލާރާ ހުރީ ދަތްތައް ފެންނަވަރަށް ހީލައިގެންނެވެ.

*******

“ޒިޔާ. ޔާނާ މެން މާލޭގަ ދޯ؟ މިކްޔަންމެން ދެމީހުން މިހާރު އޯކޭ ވާނެބާ؟” ހެދުންތައް ފަށް ޖަހަން ހުރި ޒިޔާންއަށް ބަލާލަމުން އެނދުގައި އޮތް ނަޝްވާ އަހާލިއެވެ. “ނޭނގެދޯ. އެކޮޅަށް ދިޔާމަ އިނގިދާނެއްނު. މިހާރު އޯކޭ ނުވިޔަސް އަހަރެމެން ދިޔާމަ އޯކޭ ވާނެ.”

“ކީއްވެ ޒިޔާ ތިހާ ޔަގީން ކަމާއެކީ ތިހެން ތިބުނަނީ؟ ގައިމު އަހަރެން މިކްޔަން ލޯބިވީ ޔާނާދެކެ އޭ ބުންޏަސް ޔާނާ ގަބޫލެއް ނުކުރާނެއްނު” ނަޝްވާ އޮތްގޮތަށް އޮވެ ބުނެލިއެވެ. “ދެން އިނގިދާނެއްނު އެކޮޅަށް ދިޔާމަ. ދެން އަނެއްކާ އެކަމާ މާބޮޑަށް ވިސްނަން ހަދާނެކަމެއް ނެތް އިނގޭ.” ޒިޔާން ބުނެލީ ފޮށްޓަށް ހެދުންތައް އަޅަމުންނެވެ.

“ހޫމް. އެކަމް ޔާނާ”

“ދެން ނަޝް. އެވާހަކަ ނުދައްކަބަލަ. ހުރިހާ ކަމެއްވެސް އޯކޭ ވާނޭ” ޒިޔާން މިހެން ބުނުމުން ނަޝްވާއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ނަމަވެސް އޭނާއަށް ވިސްނެނީއެވެ. ޔާނާ އަދި މިކްޔަން ގުޅޭނެބާއެވެ. ޔާނާ މިކްޔަންއަށް މާފް ކުރާނީ ކީއްކުރީމަހެއްޔެވެ. އެރޭ މިކްޔަން ދެއްކި ހުރިހާ ވާހަކައެއް ޔާނާ އަޑުއެހިނަމައެވެ. ނަމަވެސް ވާން އޮތްކަމެއް ވާނެއެވެ. އެކަމެއް ނުހުއްޓުވޭނެއެވެ.

“އެކަމާ ނުވިސްނާށޭ” ނަޝްވާ ސިހުނީ ޒިޔާން ގޮވާލުމުންނެވެ. ނަޝްވާ އަވަސް އަވަހަށް ނުވިސްނަމޭ ބުނެލިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (8 ވަނަ ބައި)

Next

ވޭންތަކުން ދިން ހިތި މާޒީ (21)

Next
November 25, 2017

ވޭންތަކުން ދިން ހިތި މާޒީ (21)

Previews
November 24, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (8 ވަނަ ބައި)

72 Comments!

  1. Ram says:
    November 24, 2017 at 11:56 pm

    Heyy guyxx.. miothyy 30th vana bai.. dhn vaahaka nimumakaa hisaabah annanyy igeyyy.. loves ?❤

  2. Xee says:
    November 24, 2017 at 11:57 pm

    Yey xeeeeee first dwww

    1. Ram says:
      November 25, 2017 at 12:25 am

      Yayy.. yess ?

  3. unaal says:
    November 25, 2017 at 12:04 am

    wow.. stunnig
    gorgeous

    1. Ram says:
      November 25, 2017 at 12:25 am

      Thankyou unaal ?

  4. Rsh says:
    November 25, 2017 at 12:05 am

    V Reethi…?

    1. Ram says:
      November 25, 2017 at 12:26 am

      Thankyou Rsh ?

  5. Howety says:
    November 25, 2017 at 12:05 am

    Haadha kurey, santhi mariyanmboooo, dhen kon irakun tha next part?

    1. Ram says:
      November 25, 2017 at 12:27 am

      Ram free vefa type kojlevunuhaa avahakah.. thankyou ?

  6. $$$ says:
    November 25, 2017 at 12:06 am

    Pic change kuryma thanks …. Mi part ves vara vara rythi…

    1. Ram says:
      November 25, 2017 at 12:27 am

      Thankyou dear ?

  7. Limsha says:
    November 25, 2017 at 12:20 am

    Hama best ingey my

    1. Ram says:
      November 25, 2017 at 12:28 am

      Thankyou lim ?

  8. Roo says:
    November 25, 2017 at 12:25 am

    As always hama varah salhi maasha allah ?❤️ Dhen alhey vaahaka nimeny dhww.. varah miss vaane ? Waiting for next part.. avahah genes dhehchey ? love you ramkolhu ❤️??

    1. Ram says:
      November 25, 2017 at 12:29 am

      Awwnn.. thankyou rooo.. loves more roo ?

  9. Choppi says:
    November 25, 2017 at 12:29 am

    Alhey mi Yaanaa Haadha sturbbon ey…
    But story Hama best…

    1. Ram says:
      November 25, 2017 at 12:31 am

      Hehe dwww.. thankyou choppi ?

  10. maya says:
    November 25, 2017 at 12:31 am

    haadha kurey ramu…..bt story was awesome as always???:):)avahah next part up kohdhehchey darling………..waiting waiting,,,,,

    1. Ram says:
      November 25, 2017 at 1:13 am

      Aww.. thankyou maya darl ?❤

  11. Ainth says:
    November 25, 2017 at 1:39 am

    Wow my luving ram, mibaives v v v rythi.. Hama bunaane ehcheh ves neynge.. Story feshigen mihaa hisaabah ai iru maabaodahves rangalhu.. Ehbayah vure anehbai ge furihamakan bodu.. V ves rythi hurihai baehves.. Luv u bodu koh ram

    1. Ram says:
      November 25, 2017 at 8:14 am

      Thankyou so muchh.. love you dhonthi ?❤

  12. Iza says:
    November 25, 2017 at 1:48 am

    Alheyy, this part was so nice that it felt so short!
    Btw Ram, mi aslu lava eh tha nuny you just made that lava all by yourself?

    1. Ram says:
      November 25, 2017 at 8:15 am

      Thankyou dear.. e hama aslu lava eh ?

  13. Riii says:
    November 25, 2017 at 1:55 am

    wOw…WoW…WOW… Its so so so Nice….

    1. Ram says:
      November 25, 2017 at 8:16 am

      Thankyou rii.. ?❤

  14. mifu says:
    November 25, 2017 at 6:25 am

    wow…vara reethi mi part ves… next part avaha up kolachey…????

    1. Ram says:
      November 25, 2017 at 8:17 am

      Yess thankyou dear ?

  15. Friends says:
    November 25, 2017 at 7:09 am

    Hey ramuu gud morning.
    Masha allah mi part vess vvvvv nice ingey..
    KEEP IT UP….
    Plx plx upload soon dear.
    Waiting 4 next part….
    Have a nice day.?????????????????????????????????

    1. Ram says:
      November 25, 2017 at 8:18 am

      Good morning.. Yesss… thankyou dear..have a nice day friends ?

  16. Nish says:
    November 25, 2017 at 7:24 am

    Awlheyy yaana dhen mikyan ah maaf kohbala e fakyrah ehn hadhaakah nuvaane ey dhw ramputty☺mi part ves hama vvv salhi awesome fab superb!?waiting for the nexy part?luv u?

    1. Ram says:
      November 25, 2017 at 8:19 am

      Hehe dww ? thankyou nishh.. luvx more?❤

  17. ??? says:
    November 25, 2017 at 7:48 am

    Vvvvvv rythi mibaiiii konn irakunn anehbaii nerenii ☺☺alhey nimenii tha vaahaka ?????

  18. bolheh says:
    November 25, 2017 at 8:38 am

    Ram genai improvement eh buneba….bolheh nubunan ram ey ulheny mi vaahaka best ah hadhan… liyefa oi echeh kiyaanama evaru visneyne… u didnt improve…ehn noon nama kudakoh ves improve vefa inany…sifa kurumeh ves nei…ehn nama scene thakah ves ithuru furihama kameh anaany… ram beynun vaany ragalhah mistake eh point out kuraa meehakaa rude koh tlk kuran…kurin v kamudhiya ram not anymore… and one more thing… thihen ulhey writers dheke readers foohi vaane… echeh bunaa irah aasmaanah araameehun

    1. Ram says:
      November 25, 2017 at 11:33 am

      Ram nubunamehnu improve viyyey.. ram bunyy try kurameyyy.. thankyou ?

  19. aika says:
    November 25, 2017 at 8:40 am

    V kuru…dhe dhuwas kohfa genae ves ethikolheh lava akaa eky eves

    1. Ram says:
      November 25, 2017 at 11:35 am

      Ohh sorryy..

  20. nerz says:
    November 25, 2017 at 8:58 am

    Varah reeethi ingey… masha allah..❤.. keep it up…

    1. Ram says:
      November 25, 2017 at 11:35 am

      Thankyou nerz?

  21. Malsha says:
    November 25, 2017 at 8:59 am

    V v rythi. .BT Thankolheh kuruhen mal ah hyvany…ingey ram buxy kanves. .next part Dhigu kohlahchey. .and avas kohlahchey. Plx plx. BYE..ly

    1. Ram says:
      November 25, 2017 at 11:36 am

      Yesss… thankyou mal ?

  22. Zuam says:
    November 25, 2017 at 9:07 am

    V reethi……

    1. Ram says:
      November 25, 2017 at 11:37 am

      Thankyou zuam ?

  23. PRINCESS AFU says:
    November 25, 2017 at 9:19 am

    Hi ram
    Good morning ?
    Anyways story Hama habeys ??????
    Kyp it up dear ??
    LYSM ????

    1. Ram says:
      November 25, 2017 at 11:38 am

      Heii afu.. Good afternoon ?Thankyou afu.. LYMM ?

  24. Aegi gom ? says:
    November 25, 2017 at 10:23 am

    Haadha dhigu inthizaareh kurevijjey vaahak up veythoa..meehun bunaahen inthizaaruge nimun varah foni..mi bai ves varah reethi hama ❤️
    Waiting for the next part ram ?

    1. Ram says:
      November 25, 2017 at 11:39 am

      Awww thankyou dear.. ?❤

  25. SJK...KOREAN says:
    November 25, 2017 at 11:13 am

    alheyy ramko! plx miadhu thabkolheh avahaa up kohla dhyba.. storyy vvvv habbu! reallyyy love it,
    waiting. love u! ❤❤❤

    1. Ram says:
      November 25, 2017 at 11:40 am

      I will try igeyy ? thankyou sjk .. loves more ?❤

    2. SJK...KOREAN says:
      November 25, 2017 at 5:06 pm

      gonna miss u and this lovely ? story

    3. Ram says:
      November 26, 2017 at 12:48 am

      Will miss you too eyy luvv ?

  26. ahmed says:
    November 25, 2017 at 12:48 pm

    hey ramla ever did this.???

  27. yaina says:
    November 25, 2017 at 1:53 pm

    Alheyy miadhu kn irakun up vaani dear hama kiyaa hiyy vanii eyy plx plx plx avas kohbaa??????

    1. Ram says:
      November 25, 2017 at 2:01 pm

      Awwn.. thankyou dear ?

  28. Eethan says:
    November 25, 2017 at 2:51 pm

    Ram..Mirey tha dn up vaany..? Waiting for next part..story hama habeys..

  29. maii says:
    November 25, 2017 at 3:10 pm

    Maaaaa kuru ???

  30. Anonymous says:
    November 25, 2017 at 3:25 pm

    filmee vegen gos aneh athah alhaafa. OVER!!!!!!!!!

  31. Rau says:
    November 25, 2017 at 8:12 pm

    Wow .. love this
    Next part avaha up kohdhyba

  32. ??? says:
    November 25, 2017 at 9:20 pm

    Alhey ram dhooni mibaii vess vvvv rythi anehbaii avahah nerebala plxplx????☺☺???

  33. Eethan says:
    November 25, 2017 at 9:38 pm

    Ramoo…kiyaahithun keiy madhu vefa..when next part kiyaalan libeyny…?

  34. Shaa says:
    November 25, 2017 at 10:56 pm

    Konirakun tha next part up kurani… Story v reethi ehenve Hama kiyaalaan keymadhuvefa

  35. yaina says:
    November 25, 2017 at 11:04 pm

    Ramm yai mihar guiter kulhey thaa kn ireh vaahakaa ge inthixaaru gaaa plx plx plx dear avas kohba….Plxxxxxxxxxxxx

    1. yaina says:
      November 25, 2017 at 11:13 pm

      Alhey ram yaiii moya vaniyyyee?????????????????????????

  36. Yum says:
    November 25, 2017 at 11:07 pm

    Mirey story kiyaalan libeynetha☺

  37. Shaya says:
    November 25, 2017 at 11:07 pm

    Ram kobaatha.. Mirey vaahaka kiyaalan libeynetha

  38. Aki says:
    November 25, 2017 at 11:31 pm

    ram dhooni ❤❤❤ vaahaka inthizaaru ga mihuree

  39. Hairaan says:
    November 25, 2017 at 11:36 pm

    Ramoooo….vaahaka kiyaahithun nunidhifa.pls up koh bala.

  40. Shuza says:
    November 25, 2017 at 11:45 pm

    Alhey ramooo kn irakun tha up kurany can’t wait anymore plx dear avas knbah

  41. Lam says:
    November 25, 2017 at 11:57 pm

    Ram…kobaa stry…alhey

  42. yaina says:
    November 25, 2017 at 11:59 pm

    Aharun gadin mihar 00:00

  43. Anonymous says:
    November 26, 2017 at 12:13 am

    ram mihaaru busy kamun vaahaka liyevey vare ves noon … dhen huhtaalaa

    1. Ram says:
      November 26, 2017 at 12:37 am

      Thankyou dear.. ram bxy viyass vee varakun upkohla dheveythw balan igeyy.. thankyou dear.. Aslu ram konme dhuvahaku reygadu 12 ge fahun upkohladheythee dww mahsala akee emmenah? so sorry for that igeyy…

  44. Ram says:
    November 26, 2017 at 12:33 am

    Thankyou @Ethan, @maii, @shaa, @yaina, @yum, @shaya, @Aki, @hairaan, @lamuu,.. reallyy thanks a lot.. sorry igeyy vaki vakin reply nukolevunyma.. dhn kohlaanan ?

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ތިރީސް އެއްވަނަބައި)←


All Right Reserved!