Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޅަނދުންވަންތަކަން ( 5 ވަނަބައި)

dhonthi Level 210 Stories
November 24, 2017 3 Mins Read
8 Comments

އަހަންނާއި ސާލިމް އާއި ދިމާވީ ރަށު ސުކޫލުންނެވެ. އެއީ އަހުމަދިއްޔާ ސުކޫލްގެ ގްރޭޑް 10 ގެ ފަސް ދަރިވަރަކާއި ދެ ޓީޗަރަކު ލާމް އަތޮޅު ތައުލީމީ މަރުކަޒަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.އެއިގެ ފަހުން އެކަކަށް ނޭނގޭ އެއްޗެތި އަނެކަކަށް ބުނެދީ ހަދަމުން ގެންދިޔައީ ފޫހިކަމެއް ނެތި އެވެ. ހަމައެއާއިއެކު އަހަރުމެންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވެ ކުރިއަރަމުންނެވެ. ދެމީހުންވެސް އޯލެވެލް އިމްތިހާނުން ރަންވަނަ އެއް ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔައީމެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. މިއަދަކީ އަހަރެންގެ އެންމެ ފަހު އިމްތިހާން އޮންނަ ދުވަހެވެ.އަހަރެން ފަތިސް ނަމާދުކޮށްގެން އަވަހަށް ކެމިސްޓްރީ ފޮތް ނަގާ އަޔޮނިކް ބޮންޑްސް އާއި ކޯވަލެންޓް ބޮންޑްސް ފަރިތަކޮށްލީ އެއީ އަހަންނަށް ވަރަށް އުނދަގޫ އެއްޗަކަށް ވާތީއެވެ.7 ގަޑި 45 ހާއިރު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ސާލިމްގެ މެސެޖެކެވެ. އޭގައި އޮތީ “ގުޑް މޯނިންގް ޕްރިންސަސް އަވަހަށް ތައްޔާރުވާން އުޅޭ..ބެސްޓް އޮފް ލަކް..”  އެއީ ކޮންމެ ދުވަހެއްގެ އާދައެވެ. އަހަރެންވެސް އަވަހަށް ރިޕްލައި ކޮށްލުމަށްފަހު ފެންވަރާލައިގެން ސައިބޮއިގެން ދިޔައީ ސުކޫލަށެވެ. ޓެސްޓް ޕޭޕަރ އަހަރެން ހީކުރި ވަރަށްވުރެވެސް ފަސޭހައެވެ.

ޓެސްޓު ނިންމާލާފަ ގެއަށް އައިއިރު މަންމަ ހުރީ އަހަންނަށް އެންމެ މީރު ނޫޑުލްސް ތައްޔާރު ކޮށްލާފައެވެ. އަހަރެން ނަމާދު ކޮށްނިމުނުތަނާ ކޮއްކޮ މަޑު މަޑުން ހިނގަމުން އައިސް ކޮއްކޮގެ ތުއްތު އަޑުން ދޮންތީ އޭ ކިޔާ އަހަރެންގެ ފައިގަ އޮޅުލައި ގަތެވެ. އަހަރެން ކޮއްކޮގެ ކޮލަށް ދޮނެއް ދިނުމަށްފަހު  އުރާލީމެވެ. އަދި ކޮއްކޮ ގޮވައިގެން ނިކުމެ ކާން ފެށީމެވެ. މަންމަ ގާތުގައި ޓެސްޓު ވަރަށް ފަސޭހަކަމަށް ބުނެ ކޮއްކޮ މަންމަ އަތަށް ދީފައި  ހަވީރު ކޮއްކޮ ގޮވައިގެން ހިނގާލަން ދާނެ ކަމަށްބުނެ ދިޔައީ އަރާމުކޮށްލުމަށެވެ. ކޮޓަރިއަށްވަދެ ފުރަތަމަ އަހަރެން ހަވީރު ލާނެ ހެދުމަކާއި ޝޯލް އެއް ތައްޔާރުކޮށް ލީމެވެ. އަހަރެން މިއަދު ހުރީ ބުރުގާ އަޅަން ކަމަށް ވާތީއެވެ.

އެއަށްފަހު އެނދުގައި ޖައްސާލައި ވައިބާއިން ސާލިމް އަށް ޓެސްޓު ފަސޭހަތޯ އަހާ މެސެޖެއް ކޮށްލީމެވެ. އޭނަ މެސެޖު ބެލިނަމަވެސް ދިހަ މިނެޓް ވީއިރުވެސް ރިޕްލައި އެއްނައެވެ. އެހެންވެ ފޯނުބާއްވާފަ ބެލީ ނިދޭތޯއެވެ. ނަމަވެސް އަހަންނަށް ވިސްނެމުން ދިޔައީ ސާލް އާއިމެދުގައެވެ. އަހަންނަށް އޭނަ ވަރަށް ކަމުދެއެވެ. ނަމަވެސް އަހަރެން ކަހަލަ ރާއްޖެތެރޭ މީހެއް ސާލް އަށްވެސް އަދި ސާލްގެ އާއިލާ އަށްވެސް ކަމުދާނެ ކަމާމެދު ޝައްކެވެ. ނަމަވެސް ބައެއްފަހަރު ސާލްވެސް އަހަންނާއި ގަޔާވާހެން ހީވެއެވެ. މިފަދަ ހިޔާލުތަކެއްގައި އޮއްވާ ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ކުއްލިއަކަށް ހޭލެވުނީ ކައިރީގައި ހުރި މިސްކިތުން އަސްރު ނަމާދަށް ބަންގި ގޮވި އަޑަށެވެ. އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދުކޮށް ރީތިވެލައިގެން ނިކުތީ ހިނގާލަން ދިއުމަށެވެ. އެއިރު މަންމަ ހުރީ އިނާއްކޮ ރީތި ކޮށްލާފައެވެ. އަހަރެންގެ ކޮއްކޮ އަށްކީ އިނާޒް އެވެ. އެއީ ބައްޕަ އަށް ވަރަށް ރީތި ނަމެއް ކަމަށް މަންމަ ބުންޏެވެ. މާޝާﷲ ދޮންތިގެ ޕްރިންސް ލޯބިކަން…. ހިނގާ އަވަހަށް ބީޗަށް ދަމާ.. މިހެން ކިޔާ މަންމަ އަށް ބާއީ ކިއުމަށްފަހު ރަށުގެ ބޮޑު މަގުން ހިނގާލާފައި ދިޔައީ ރަށުގެ ހިތްގައިމު ބީޗަށް ދިއުމަށެވެ. އެއިރު އަދި މަގުގައި ތާރު ނާޅައެވެ.އެހެންކަމުން ވިއްސާރަ ވެއްޖެނަމަ ފެން ބޮޑުވެ ވަޅުތައް ހެދުމަކީ އާންމުކަމެކެވެ. މިރަށަކީ ދުއްވާ އެއްޗެހި ގިނަރަށެއް ކަމުން ވަޅުގަނޑުތައް ބޮޑެތި ވުމަށް މަގުފަހިވެއެވެ.

އަތިރި މައްޗަށް ދިއުމުން އެއްކޮޅުން ގަން އަނެއްކޮޅުން ގާދު ވަރަށް ރީތިކޮށް ފެނެއެވެ. އެއިރު ގާދޫގައި ކޮންމެވެސް  ވަރަކަށް މީހުންވެސް ދިރިއުޅެއެވެ. އަތިމަތީގައި އޮތް ރުއްބުޑެއްގެ މަތީގައި އށީނދެލައިގެން އިނީ އިނާއްކޮ ކުޅޭތަން ބަލާށެވެ.

އަހަރެން ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ ލޯމަތީގައި އަތް އެޅުމުންނެވެ. އައިރުޅިން އަތުގައި ދަތްއެޅީ ފިރިހެނެއްގެ އަތެއްހެން ހީވީމައެވެ. އެމީހަކު ހަޅޭއްލަވައިގެންފައި އަތް ނެގީ ވީތަދުންނެވެ. އަހަރެން ފަހަތަށް ބަލާލިއިރު ފަހަތުގައި ހުރީ އަހަރެންގެ ކިންގެވެ. އަހަރެން ވަގުތުން ސޮރީއޭ ކިޔަންފެށީމެވެ. ސާލްގެ އަތުން އެއިރު ލޭ އާދެއެވެ. ސާލް އުޅުނީ ވަރަށް ތަދުވެގެންނެވެ. އަހަރެން އަހަރެންގެ ހެދުމުން ބައެއް ކަފާލުމަށްފަހު ސާލްގެ އަތުގައި އައްސައިދިނީމެވެ. އަދި ސާލް ނުބުނެ އައުމުން ޝަކުވާ ކުރަންފެށީމެވެ. ސާލިމް ގޮސް ކޮއްކޮ އުރާލުމަށްފަހު ބުނީ މިއައީ އަސްލު ވަރަށް ބޮޑުކަމަކު ކަމުގައެވެ. ވަރަށް ލޯބިވާ ކުއްޖަކު މިރަށުގައި ހުރީމަ އޭނަ ލިބޭތޯކަމުގައެވެ.އަދި އެކަމުގައި އިފާގެ އެހީ ބޭނިންކަމުގައެވެ. އަހަރެންގެ ހިތަށް ހީވީ މީހަކު ރުވާފަ ދޫކޮށްލި ތީރެއް އައިސް ޖެހުނުހެންނެވެ. ވަގުތުން ފެންކަޅިވިއެވެ. ނަމަވެސް ގަދަކަމުން ހިނިތުންވުމަށްފަހު އަހަރެންގެ އެހީ ލިބޭނެކަމަށާއި ނަމަވެސް ކުރިން އެވާހަކަ ނުބުނުމުން ވަރަށް ދެރަވެއްޖެކަމަށް ބުނީމެވެ. ސާލް ބުނީ އެއީ މިކޮޅަށް އައިސް ބުނަން މަޑު ކުރީކަމަށެވެ. އަދި މިރޭ އޭނާއާއި އެކު ދިއުމަށާއި ނޫންނަމަ އޭނައަށް އެކުއްޖާއާއި ވާހަކަދައްކަން ނުކެރޭނެކަމަށް ބުންޏެވެ. އަދި އަހަރެންގެ އަތަށް ކޮތަޅެއްދީފައި ބުނީ އޭގައި އޮތް ހެދުން ލައިގެން މިރޭ 8:30 އަށް ތައްޔާރު ވުމަށެވެ. އަދި އަހަރެން އެއީ ކޮންކުއްޖެއްތޯ އެހުމުން ބުނީ މިރޭ އެކުއްޖާ ގާތުގައިވެސް އަންނަށް ބުނާނެކަމަށެވެ.އޭރުން ދިމާވާނެ ކަމަށެވެ.

5.30 ވީމާ އަހަރެންނާއި އެއްކޮށް ސާލްވެސް އައެވެ. އެވީ މަދު އިރުކޮޅުގެ ތެރޭގައި ކޮއްކޮ ސާލްއާއި ވަރަށް ރަށްޓެހި ވެއްޖެއެވެ. ގެއަށްއައިސް މަންމަ އާއި ވާހަކަދައްކަން އިނުމަށްފަހު ސާލް ދިޔައީ މަޢްރިބް ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. އަހަރެން ކޮޓަރިއަށްގޮސް ބެލިއިރު އޭގައި އޮތީ މަޑު ފެހި ކުލައިގެ ހެދުމަކާއި އެއަށްވުރެ ތަންކޮޅެއް ގަދަ ކުލައެއްގެ ޝޯލް އެކެވެ. އެހެދުން އަހަންނަށް ހަމަ ހެޔޮވަރެވެ.

ރޭގަނޑު 8.15ވީއިރު އަހަރެން ހުރީ ތައްޔާރުވެގެނެވެ.ހިތާދެކޮޅަށްވިޔަސް މިރޭ ދާންޖެހޭނެއެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް ލޮލުން ކަރުނަ ފޮހެލުމަށްފަހު ގަދަކަމުން ހިނިތުންވަމުން ބޭރަށް ނިކުތީމެވެ.އެއިރު ސާލް ހުރީ އަހަރެންގެ ކޮޓަރީ ދޮރު ކައިރީގައެވެ.ލައިގެން ހުރި ފެހި ކުލައިގެ ގަމީހުގެ އަތްވަނީ އުނޅަބޮށްޓާއި ހަމައަށް އޮޅާލެވިފައެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ހަދާލާފައެވެ.ވަރަށް ރީތިކަމަށް ބުނެ އަހަރެން ހިނިތުން ވުމަށްފަހު ކޮންތާކަށްތޯ ދަނީ ސުވާލު ކޮށްލީމެވެ.ޖަވާބުގައި އަހަރެންގެ ބެސްޓީވެސް ވަރަށް ރީތި ހަމަހީވަނީ ޕަރީ އެއްހެން ކަމަށް ބުންޏެވެ.އަދި ދާނީ މިތާ ބީޗަށް ކަމުގައި ބުނެލިއެވެ. އަހަރެން މަންމަގާތު ބުނެލުމަށްފަހު ދިޔައީމެވެ. އޭރު އަތިރިމަތި ހީވަނީ ޕާޓީއަކަށް ތައްޔާރުކޮށްލާފަވާހެނެވެ.އަހަރެން އަންނަން ބުނި ކުއްޖާ ކޮބާތޯ އަހާލަން އުޅެނިކޮށް ސާލް އެތާނގައި ހުރި ގޮނޑިއެއްގައި އިށީންނުމަށް ބުންޏެވެ. އަދި ރަތް ފިނިފެންމަލެއް ދިއްކޮށްލުމަށްފަހު ވިލް ޔޫ ބީ މައިންއޭ ބުނެލިއެވެ.އަހަރެން ހުރީ ގަބޫލުނުކުރެވި ފައެވެ. ސިއްސައިގެން ދިޔައީ އިފާ ޕްލީޒް ގިވްމީ އޭން އާންސާ އޭ ބުނި އަޑަށެވެ. އަހަރެންނަށް ބޭއިޙްތިޔާރުގައި ޔޭސްއޭ ކިޔާ ފުންމާގަނެވުނެވެ. ކުއްލިޔަކަށް އިވިގެން ދިޔައީ އަތްތިލަ ބަޑީގެ އަޑުފަށްގަނޑެވެ. އެއިރު އަހަރެންގެ މަންމައާއި ސާލްގެ މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮވެސް ހުއްޓެވެ..

  • – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

dhonthi

Level 210 Stories

Story lover★★ loves to read and write stories in her free time~ girl★~ Facebook.. "Dhonthi Dhonthi"

Other Articles

Previous

އުއްމީދު

Next

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (8 ވަނަ ބައި)

Next
November 24, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (8 ވަނަ ބައި)

Previews
November 24, 2017

އުއްމީދު

8 Comments!

  1. sana says:
    November 24, 2017 at 11:45 pm

    I also teacher. You are teaching which school.??
    The story is super????

    1. dhonthi says:
      November 24, 2017 at 11:51 pm

      M from laam atoll..
      Thank you dear♥♥

  2. Xee says:
    November 24, 2017 at 11:56 pm

    I read this before it’s same thing happen here

    1. dhonthi says:
      November 25, 2017 at 12:09 am

      Oh maybe but this is my first story..

  3. Mr. Kaafa says:
    November 25, 2017 at 12:33 am

    Haadha faseyha in set v… goaheh nun.. Maaa kuru koh thi genes dheny… ekam ves v reeethi my princess.. <3

    1. dhonthi says:
      November 25, 2017 at 12:38 am

      Oh hmm set vehje dhow maa easy koh. Adhives kuree!!so vaahaka ekkoh up kuranvydho ?
      Anyways thanks for the lovely comment mr.kaafa❤

  4. PRINCESS AFU says:
    November 25, 2017 at 9:06 am

    Story v kuru btw v reethi

    1. dhonthi says:
      November 25, 2017 at 10:43 am

      Thanks PRINCES AFU
      Story dhigu kureveytho balan komme faharakves but dhivehi type kuran v nufaritha abadhu english type kuraatyve.. but will try my best

Comments are closed.

Next Episodeކުޅަނދުންވަންތަކަން (6ވަނަބައި)←


All Right Reserved!