Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީ މަގޭ ޔާރެކޭ….(ދެވަނަ ބައި)

uniquequeen Level 1
February 26, 2014 3 Mins Read
8 Comments

ދޮރުން ނިކުއިން ތާނިޔާގެ ހަރަކާތްތައް ހުއްޓުނީ ދޮރުމަތީ ސައިކަލެއް މަތީއިން މީހަކު ފެނުމުންނެވެ.

“ހޭ! ބޭބީ، ތި ބޮޑު އަނގަ ލައްޕަބަލަ.މަގުންދާ މީހުންވެސް ބަލާނެއްނު” ތާނިޔާގެ އަނގަ ތަންމިނަށް ހުޅުވިފައި ހުރިތަން ފެނުމުން މަލާމާތުގެ ރާގަކަށް ދާނިޝް ސަމާސާކޮއްލިއެވެ. އެދެ ލޯބިވެރިން ބައްދަލު ވެއްޖެނަމަ އެއީ އަބަދުވެސް އާދައެވެ. ތާނިޔާއަށް ދާނިޝް ކަމުދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ތާނިޔާ ކޮންމެ މޫޑެއްގައި ހުއްޓަސް އެކަން ހަމައަކަށް އަޅުވާލަން ދާނިޝް ގެންގުޅޭ ކޫލް ސްޓައިލް ތާނިޔާއަށް ވަރަށް ކަމުދެއެވެ.

” އަނގަ ލެއްޕޭނެތަ؟ އަރައިގެންއައި އިރާއެކު ޑޭން ތިއިނީ މިގޭ ދޮށުގަ ވިއްޔަ” ހަމަޖެހިލަމުން ތާނިޔާ ބުނެލިއެވެ.

“ކަމަނާއަށް މި ދަންވަރަސް އަޅުގނޑަށް މި ދުވާލޭ. އެހެންނޫނަސް އަހަރެން މި ތި ސްލީޕިން ބިއުޓީއެއް ނޫނޭ. ލިޒް ރޭގަ ބުނި މިއަދު ހުޅުމާލެ ދަމޭ އެހެންވެ ތާނީ ބަލާ މިއައީ. ހާދަ ފުރެޝްކޮށްނޭ ތިހުރީ ހަމަ ހިތަށް އަރާ………………….” ލާނެއް ގޮތަކަށް ހީލަމުން ދާނިޝް ބުނެލިއެވެ.

” އޯ ޕުލީޒް، އެއްކަލަ ޑޭން ފެށުނީ ދޯ. އަބަދުވެސް އުޅޭނީ އެކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔަންވެގެން. ލެޓުސް ގޯ” ދާނިޝްގެ ސައިކަލް ފަހަތުގައި އަރާ އިށިއިންނަމުން ތާނިޔާ ބުނެލިއެވެ. އޭރު އެދެ ލޯބިވެރިންގެ ތުންފަތްމަތީ ހިނިތުންވުމުގެ އަސަރު އެކުލެވިފައި ވެއެވެ. ދާނިޝް ސައިކަލު މިސްރާބު ޖެހީ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާއަށެވެ. ދާނިޝްމެން ޓާމިނަލަށް ދިޔައިރު ލިޒް އާއި މަރީ އަދި ދެތިން ކުއްޖަކު އެމީހުންގެ އިންތިޒާރުގައި ޓާމިނަލުގައި މަޑުކޮށްލައިގެން ތިއްބެވެ.

“ހެޔޮވާނެ ފާހާނާއަށް ދާންވިޔަސް މި ދެ ލަވް ބާޑަށް ދެވޭނީ ދޮންކޮށް ދެކޮލުގަ ފުށްޖަހައިގެން. އެހެންވީމަ ލަސްވާނެއްނު” ލިޒްގެ ޖުމުލަޔާއެކު އެންމެން ހެމުން ހެމުން ފެރީއަށް އެރިއެވެ.

އިރުގެ ދިލަހޫނުން ހުޅުމާލޭގެ މަގުތަށްދަނީ ދޮންވަމުންނެވެ. މަގުގެ އެއްކޮޅުގައި ހުރެފައި އަނެއްކޮޅު ބަލާލުމުން އަވާމެންދުރު ފެންނަމުން ދިޔައެވެ.

” އަޅޭ ކަލޭމެން އަންހެނުންތައް މޮޔަވެގެންތަ މިތާ މި އެނބުރެނީ” އެއްވެސް މިސްރާބެއްނެތި ހިނގަމުން ދާތީ ދާނިޝް ބުނެލިއެވެ.

” އަހަރެމެން އައީ ހަމަ މިތާ އެނބުރޭށޭ. ހެވޭނުން އެކަމަކު ތިއައީނުން އަންހެނަކަށްވެގެން އަހަރުމެން ފަހަތުން ދޯ ތާނީ” ތާނިޔާއަށް ދޯ ދެމުން މަރީ ބުނެލިއެވެ. އެގޮތުގައި އެކަކު އަނެކަކަށް ސަމާސާކޮށް ސަކަރާޖެހުމަށްފަހު ކަރުހިއްކުން ފިލުވާލުމަށްޓަކައި އައިސްކޯނު ބޯލުމަށް ތާނިޔާމެން ފިހާރައަކާ ދިމާޔަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ފިހާރައިން ނިކުއިން މީހެއްގެ ގައިގައި ތާނިޔާ އަޅައިގަތެވެ.

” އޫޕުސް، ސޮރީ” އެމީހެއްގެ މޫނަށް ބެލުމެއްނެތި ތާނިޔާ ބުނެލިއެވެ.

“އިޓްސް އޯކޭ” ކަންފަތުގައި ޖެހުނު އަޑާއެކު ބޭއިހްތިޔާރުގައި ތާނިޔާއަށް އެމީހަކާ ދިމާއަށް ބަލާލެވުނެވެ. ލިބުނީ އިތުރު ހައިރާންކަމެކެވެ.އެމީހަކަށް ވެސް ވީހަމަ އެހެންނެވެ. ނަމަވެސް ހަމަ އެސިކުންތު ކޮޅު ތެރޭގައި ލިޒް ތާނިޔާގެ އަތުގައި ހިފައިގެން ފިހާރަ ތެރެއަށްވަނެވެ. ތާނިޔާއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރުވެސް އެޒުވާނާ ހުރީ ތާނިޔާއާ ދިމާޔަށް ބަލަހައްޓައިގެންނެވެ.

” ތާނީ! ކުއްލިއަކަށް ހާދަ މޫޑް އޮފްވީ. ކިހިނެއްވީ” ތާނިޔާ ޖަހަމުން އައި ސަކަރާތް ހުއްޓި މާ މަޑުމަޑުން ހުންނަން ފެށުމުން މަރީ އަކަށް ކެތެއްނުވިއެވެ.

” ތީ ހީވާ އެއްޗެކޭ. ދެން އަހަރެން އަބަދު ހޭންވީތަ؟ އޭރުން މަގޭ ޖާނުގަނޑު ހިތް ހުއްޓިދާނެއްނު” ދާނިޝްއަށް ބަލާލަމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ތާނިޔާ ބުނެލިއެވެ. ދާނިޝް ތާނިޔާގެ ކޮލުގައި ބާރަށް ހިފާލިއެވެ.

ކިތަންމެ ނޫންކަމަށް ހެދުނަސް އޭރު ތާނިޔާގެ ހިތާއި ސިކުނޑީގައި ބޮޑު ހާޖާނެއް އުފެދިއްޖެއެވެ. އަހަރެންނަށް އަނެއްކާވެސް އޭނައާ މިދިމާވީ ކީއްވެބާއެވެ؟ އަނެއްކާވެސް އަހަރެންގެ ހަޔާތުގައި ކުރިމަތިވާން މިއުޅެނީ ކޮންފަދަ އިމްތިހާނެއްބާއެވެ؟ ތާނިޔާއަށް ހިތާހިތުން ސުވާލު ކުރެވެމުން ދިޔައެވެ.

މުޅި ކޮޓަރި ތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެއްވެސް ހަރަކާތެއްނެތި އެނދުގެ ހުރަހަށް އޮށޯއޮވެލައިގެން ތާނިޔާ އޮތެވެ. ތާނިޔާއަށް ވިސްނެމުން ދިޔައީ މިއަދު ހިނގާދިޔަ ކަންތަކައި މެދުގައެވެ. އެފެނުނު މޫނަކީ އޭނާ އިތުރަށް ފެންނާނެކަމަށް އުންމީދު ކުރި މޫނެއްނޫނެވެ. އެ މޫނަކީ އޭނާގެ ހަޔާތަށް އެކި ކުލަ ގެނުވާފައިވާ މޫނެކެވެ. ކުއްލިއަކަށް ކަމެއް ހަނދާންވީފަދަ ގޮތަކަށް ތާނިޔާ ތެދުވެ އެނދުމަތީ އޮތް ލެޕްޓޮޕް އޮންކޮށްލިއެވެ. އިންޓަނެޓް ކަނެކްޓް ކޮށްލުމަށްފަހު ފޭސްބުކަށް ލޮގްއިންވެލިއެވެ. އެންމެފަހުން ތާނިޔާ ފޭސްބުކަށްވަނީ އޮސްޓުރޭލިޔާގައި ކިޔަވަން ހުރިއިރުއެވެ. އެއީމީގެ ހަމަސް ކުރިއެވެ. ފޭސްބުކަށް ލޮގިންވެލުމާއެކު ފުރަތަމަވެސް ފެނުނީ ރީޑްނުކޮށްއިން 7 މެސެޖެވެ. ތާނިޔާ ފަހަރަކު މެސެޖެއް ބަލަމުނަ ކިޔަމުން ދިޔައެވެ. އެކި އެކި ފުރެންޑްސްގެ މެސެޖުތަކެވެ.މެސެޖަކަށް ފަހު މެސެޖެއް ކިޔަމުންގޮސް ތާނިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ އޯޕަންކޮށްލެވުނު ޗެޓް ބޮކްސްގެ ސަބަބުންނެވެ. އެއީ ޔުނިކް ކިންގްގެ އައީޑީއިން އައިސްފައިހުރި މެސެޖްތަކެކެވެ. މެސެޖްތަށް ކިޔަމުންދިޔައިރު މުޅި މީހާ އިނީ ހުއްޓުންއަރާފައެވެ. އެ ސާފު ހުދު ދެލޮލުން ކަރުނައިގެ މުތީތަށް ވިދަވިދާ ހުއްޓެވެ. ހަމަ އެސިކުންތު ކޮޅު ތެރޭގައި ތާނިޔާގެ ފޯނު ރިންގްވިއެވެ. ގުޅަނީ ދާނިޝްއެވެ. އަތުގެ ނުފުށުން ލޯ ފުހެލަމުން ތާނިޔާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ހެލޯއެ ބުނެލިއެވެ.

” ސްވިޓީ ރޮނީތަ؟ ތާނިޔާގެ އަޑުގައިވާ ބަދަލު އެންމެ ފުރަތަމަވެސް ދާނިޝްއަށް ފާހަގަ ކުރެވުމުން އަހާލިއެވެ.

” ނޫން ނުރޮން. ނަމާދުކޮށްލައިގެން ޖައްސާލިތަނާ ނިދުނީ. އެހެންވެ ހީވާގޮތް އެއީ.” ތާނިޔާ ފުރަތަމަ ފަހަރަށް ދާނިޝްއަށް ދޮގުހެދިއެވެ. އެއީ އޭނާ ރޯކަން އެނގިއްޗާ ދާނިޝްއަށް ސަބަބު ކިޔައިދޭންޖެހޭނެތީއެވެ. އޭނާއަށް އެކަން ކުރަން ފަސޭހައެއް ނޫނެވެ. އަދި ދާނިޝް ދެރަ ކުރާކަށް ތާނިޔާ ބޭނުމެއް ނޫނެވެ. ދާނިޝް ތާނިޔާދެކެ ލޯބިވާވަރު ތާނިޔާއަށް އިހްސާސް ކުރެވެއެވެ. ދާނިޝްއާ އެކިއެކި ވާހަކަ ދައްކަން އޮތުމަށްފަހު ތާނިޔާ ނިދީ ވަރަށް ލަސްވިފަހުންނެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއްނުވެ ތާނިޔާއަށް ހޭލެވުނީ އަނެއްކާވެސް ފޯނު ރިންގްވާ އަޑަށެވެ. ނިދީގެ ތެރޭގައި އޮވެ ތާނިޔާ ފޯނުނަގާ ހެލޯއެ ބުނެލިއެވެ.

” ހާދަ ވަރަކަށޭ ދޯ ތި ނިދަނީ” ކަންފަތުގައި ޖެހުނީ ތާނިޔާއަށް އާ އަޑެއް ނޫނެވެ. ވަގުތުން ނިދިފިލާ ދިޔައެވެ. ތެދުވެ އެނދުގައި އިށިއިދެލެވުނީ ލިބުނު ސިހުމުންނެވެ.

” އަހަރެންނާ ފިލައިގެން ދޯ ތިއުޅެނީ” އަނެއްކާވެސް އެކޮޅުން ވާހަކަ ދެއްކިއެވެ.

” ސޮރީ، ޔު ގޮޓް ރޯންގް ޕާސަން” ތާނިޔާ މިހެން ބުނެލުމަށްފަހު އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަނެއްކާވެސް އެނަންބަރުން ގުޅިއެވެ. ތާނިޔާ ބިޒީކޮށްލިއެވެ. ނަމަވެސް އެނަންބަރުން ގުޅުމެއް ނުހުއްޓިއެވެ. ހަމަ ބިޒީ ކޮށްލާ އިރަށް ގުޅައެވެ. އެންމެފަހުން ތާނިޔާ ފޯނު ނިއްވާލިއެވެ. އޭރު ކޮޓަރީގެ އޭސީގެ ފިނިކަމުގެ ތެރޭގައިވެސް ތާނިޔާގެ ނިކުރިމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ހާސްވެ ކޮޓަރީގެ ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަންފެށިއެވެ….. (ނުނިމޭ)

Share Article

Follow Me Written By

uniquequeen

Level 1

i love to write and make public love to read,,, my acievementsbased on your support

Other Articles

Previous

މަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)

Next

އެކުގައިވާން އެދެމޭ… 13

Next
February 26, 2014

އެކުގައިވާން އެދެމޭ… 13

Previews
February 26, 2014

މަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)

8 Comments!

  1. uniquequeen says:
    February 26, 2014 at 4:17 pm

    މި ބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން

  2. me says:
    February 26, 2014 at 4:50 pm

    salhi salhi

  3. Me says:
    February 26, 2014 at 5:58 pm

    V shalhi

  4. Mary Niu R A says:
    February 26, 2014 at 6:45 pm

    v reethi

  5. Anonymous says:
    February 26, 2014 at 6:46 pm

    v shalhi ..

  6. uniquequeen says:
    February 26, 2014 at 7:15 pm

    THANK YOU ALL 🙂

  7. shai says:
    March 12, 2014 at 4:20 pm

    nice

  8. sis says:
    May 30, 2017 at 9:42 am

    Wow vv nice

Comments are closed.



All Right Reserved!