ތީ ހާދަ ލޯބި ލޯތްބެކޭ .. ބީވެއްޖެޔޭ އަތުންމަގޭ 2
ގެއަށް އައިސް ވަނުމަށްފަހު ޝަޒާ ފާރުގައި ލެނގިލިއެވެ. އޭނާއަށް ފުންނޭވާތަކެއް ދޫކުރެވެމުންދެއެވެ. އެކަނިމާއެކަނި ހުރެ ހިނިތުންވެވެމުންދެއެވެ، އިފާޒް އޭނާއަށް ބަލާލުމުން އެހިތަށް އަސަރު ކުރިވަރު އޭނާއަށް އެނގިއްޖެއެވެ. ލޯބިވާވަރު އިހުސާސްކުރެވިއްޖެއެވެ. ޝަޒާ ނުކުތީ ބޭރަށެވެ. މިކަމަށް ޙައްލެއް ގެންނަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ކިހިނެތްހެއްޔެވ؟ އޭނާގެ ލޯބި އިފާޒްގެ ކުރިމަތީގައި ހާމަކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ލޯތްބަށް އެދި އެދި ހުއްޓާ ދެން ފެންނާނީ އެހެންމީހެއްގެ ޙައްޤަކަށް އިފާޒް ވާތަންކަން ގައިމެވެ. އެހެންވާކަށް ޝަޒާގެ ހިތެއް ނޭދޭނެއެވެ، ޝަޒާ މިސްރާބުޖެހީ އޭނާގެ އެކުވެރި އިނާގެ ގެއަށް ސިޔުމަށެވެ އިނާ އާޢި އެކަންތައް ހިއްސާކުރުމަށް މިހާރުވެސް މާ ލަސްވެއްޖެކަމުގައި ޝަޒާއަށް ހީކުރެވުނެވެ.
ދޮރުމަތީގައި ހުރި ޝަޒާ ފެނުމާއި އެކު އިނާ އަވަސް އަވަހަށް ނުކުތެވެ. އޭނާ ހެވިލާފައި ޝަޒާގެ އަތުގައި ހިފައިގެން ހިނގައިގަތީ ޖޯއްޔާއި ދިމާއަށެވެ،
” އޮއްސުނު އިރާއި އެކު މިގެއަށް ތިއައިއްޔޯ ؟ “
އިނާ މަޖާރާގަކަށް ބުނެލިއެވެ. ޝަޒާ ހީލިއެވެ. އެ ހީލުމުގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާކަން އިނާއަށް އެނގުނެވެ. އޭނާ ޝަޒާގެ ގައިގައި ޖަހާލިއެވެ،
” ހޫމް.. ކޮން ޚަބަރަކާއިގެންތަ؟ އިރު ގޮސް ފެނުގައި ޖެހުމާޢި އެކު މިގޭ ދޮރުމަތިން ސާދަފަނަރައިގެ ހަނދު އަރާތަން ފެނުނީމަ މަވެސް މި ނިކުތީ… ވީގޮތެއް ކިޔައިދީބަލަ.”
އިނާ ގަޔާވެލިއެވެ. ޝަޒާއަށް އިށިނދެ އިނދެ އެވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ ލަދުގަންނަ ފަދަ ގޮތަކަށް ހީލަމުން ތެދުވިއެވެ އަދި އަޅާފައިވާ ދޯޕައްޓާގެ ކޮޅުގައި ހިފާލައިގެން ހުރެ ބުންޏެވެ
” އިނާ… އަހަރެން… އަހަރެންނަށް މީހަކު ދެކެ.. ލޯބި..”
އެހާ ހަމައަށް ބުނެވުނު އިރު އިނާ ފަހަތުން އައިސް ޝަޒާގެ ގައިގައި ބައްދާލިއެވެ. އުފަލުންނެވެ،
” އަހަންނަށް އޭރުވެސް ހީވި.. އެކަހަލަ ކަމެއް ވެގެންނޭ ތިއައީ.. ދެންބުނެބަލަ ޝަޒާގެ ޕްރިންސަކީ ކާކުތަ؟ “
އިނާ ޝަޒާގެ ގައިން ދޫކޮއްލަމުން ޝަޒާގެ ކުރިމައްޗަށް އެރިއެވެ. ޝަޒާ ބުމަ ހިއްލާލިއެވެ،
” އެއީ.. އިފާޒް..”
ޝަޒާގެ ދުލުން އިފާޒްގެ ނަން ކިޔުމާއި އެކު އިނާގެ ދެލޯ ބޮޑުވިއެވެ،
” އޭނ..؟؟؟ އިފާޒްއޭ ؟؟؟ އޭނަ ޕްރޮޕޯސްކުރީތަ؟ “
ހައިރާންވެފައި އިނާ އަހާލިއެވެ. ޝަޒާ ނޫނެކޭ ބުނަން ބޯހޫރާލުމުން އެއީ ޝަޒާގެ ހޮވުން ކަން އިނާއަށް އެނގުނެވެ، އިނާ ހަށަންބަނދެލިއެވެ. އަދި ޝަޒާއަށް ބަލާލަމުން ހަރުކަށިވެލިއެވެ،
” ޝަޒާ ޝަޒާ ޝަޒާ……. އެނގޭތަ އަމިއްލައަށް ތި ފުންމާލެވުނީ ކިޙާ ވަރުގަދަ އަނދަވަޅަކަށްކަން؟ ޝަޒާ މި ހުރިހާ ދުވަހަކު މީހަކު ދެކެ ލޯތްބެއް ނުވެޔޭ އެއްވެސް މީހަކާއި މެދު ހިތްހަމައެއް ނުޖެހޭކިޔާފަ އިފާޒް ނޫން މީހަކު ދެކެ ލޯބި ވާން ނޭނގުނީތަ؟ “
ޝަޒާ އިނާގާތަށް އައީ އެފަދަ ވާހަކައެއް ދައްކަފާނެކަމަކަށް ނޫނެވެ. އޭނާ އަޢީ އުއްމީދެއްގައެވެ. އެކަން ކާމިޔާބު ކުރުމަށް އެހީއަކަށް އެދޭށެވެ. އެހެނަސް އިނާެ ފަރާތުން ފެނުނު ދެކޮޅުވެރިކަމުގެ ސަބަބުން ޝަޒާގެ އުފާވެރި މޫޑު ބަދަލުވެގެން ދިޔައެވެ،
” އޭނަ ދެކެ ލޯބި ވިއްޔާ ވާނީ ކީއްތަ؟ އެއީވެސް ފިރެހެނެކޭ.. އަހަންނަށް ކަމުދާ ހުރިހާ ސިފައެއް އެބަހުރި..”
ޝަޒާ އިނާއަށް ބަލާލިއެވެ. އިނާ ޝަޒާގެ ދެއަތުގެ އުޅަނބޮއްޓާއި ދިމާލުގައި އަތްޖައްސާލިއެވެ،
” އެއީ ރަށުގެ ޤަދަރުވެރިން.. އެމީހުން ތިބެނީ އެކަން ފެނިފަ..އެގޭގެއަށް އަވައްޓެރިން ވަންނަތަން ދުވަހަކުވެސް ދެކެއުޅެންތަ؟ އެގޭގެ މީހުން އެހެން މީހުން އުޅޭހެން އެކުވެރިވެގެން އުޅޭތަން ދެކެންތަ؟ އަދި އިފާޒް އެއީ އެގޭ އެހެންކުދިން ވާހަކަ ދައްކާ ވަރަށްވެސް ވާހަކަ ނުދާއްކާ މީހެއް… އާނ އޭނަ ކިތަންމެހާވެސް ރީތި.. އެކަމަކު އޭނާގެ ކިބައިގައި ކަމުދާ ސިފައެއް ހުއްޓަސް ނެތަސް އެކަން އެނގޭނެ އަންހެންކުއްޖަކު މިރަށުގައި ހުރިހެނެއް ހިއެއްނުވެ.. އޭނައަށް ހިތްކިޔާ ކުދިން އެބަތިބި.. އެކަމަކު އެއްވެސް ކުއްޖަކަށް އެކަން ކުރާކަށް ނުކެރެ.. އިފާޒްގާތު ރައްޓެހިވާން އަހާލާކަށްވެސް ނުކެރޭ..އެއީ ވަރަށް އެހެން ކަހަލަ މީހެއް.. އޭނަ މީހުންނަކާވެސް އެއްގޮތަކަށްވެސް ނުގުޅޭނެ.. އަދި އަމުދުން ޝަޒާ ކަހަލަ ރަނގަޅު ކުއްޖަކާ އޭނާގެ އެ މިޒާޖެއް ނުގުޅޭ..”
ލަސްލަހުން އިނާ އޭނާ ދެކޭ ގޮތް ބުނަމުން ދިޔައެވެ. ޝަޒާ ތުންފަތް ހަފާލަ ހަފާލަ ހުރީއެވެ. އޭނާ އިނާގެ މޫނަށް ބަލާލިއެވެ،
” އަހަންނަށް އޭނަ ރަނގަޅު ކުރެވިދާނެ އެއްނު.. މީހެއްގެ މިޒާޖަކީ ބަދަލު ނުކުރެވޭނެ އެއްޗެއް ނޫނޭ.. ޕްލީޒް އިނާ.. އަހަރެންގެ ހޮވުމަށް ދެކޮޅު ނަހަދާ އެލޯބި ހޯދައި ދިނުމަށް އަހަންނަށް އެއްބާޜުލުންދީ.. އަހަރެންނަށް އިފާޒް ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެން އޭނަ ދެކެ ލޯބިވާވަރާ މިހިތުގައި ވޭންއަޅާވަރު އަންގައިދެވިދާނެ އެއްނޫންތަ؟.”
ޝަޒާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ހަމަހިމޭންވަގުތުކޮޅެކެވެ. އިނާ ހުރީ ޝަޒާގެ މޫނަށް ބަލާށެވެ.
” ކެރޭނެތަ؟ ޝަޒާގެ ހިތުގެ ތެޅުން އިފާޒްއަށް އިއްވައިދޭން ކެރޭނެތަ؟ “
އިނާ ހަރުކަށިކަމާއި އެކު އެހެން ބުނުމުން ޝަޒާއަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. އޭނާ އެއްފަރާތަކަށް ޖެހިލަމުން ފޭރުގަހުގެ އޮފިގަނޑުގައި އަތްޖައްސާލިއެވެ،
” އަހަރެން ނެތިން ޝަޒާ ހުއްޓުވާކަށް.. އެކަމަކު… އަހަރެންނަށް ތިކަމެއް ނުކުރެވޭނެ. އަހަންނަކަށް ނުކެރޭނެ އިފާޒް ގާތު ބުނާކަށް.. އަހަންނަށް މަޢާފްކުރޭ ޝަޒާ..”
އިނާގެ އަޑުން އެނާ ދެރަވެފައި ހުރިކަން ޝަޒާއަށް އެނގުނެވެ. ޝަޒާ އަވަސް އަވަހަށް އެނބުރިލިއެވެ،
” ނޫން.. ތިހެން ނުބުނޭ.. އަހަރެން އިފާޒްދެކެ ލޯބިވަނީ…. އިނާއެއްނޫން.. އެހެންވީމަ އަހަންނަށް ކުރަން ނުކެރިގެން އުޅޭއިރު އިނާއަށް ވަކި ކިހިނެތް ކެރޭނީ ؟ އަހަރެންނަށް އަންޑަސްޓޭންޑްވޭ..”
ޝަޒާގެ ގައިގައި އިނާ އަތްޖައްސާލިއެވެ. ދެރަވެފައި ހުރެ ހިނިތުންވެފައެވެ،
******************************
އިނާ އެގެއިން ނުކުމެގެން ގެއަށް ދާން ހިނގައިގަތެވެ. އޭނާ މަގުގެ ކޮޅުކޮޅު ބަލަމުން އެދަނީ މަގުމަތިން އިފާޒް ފެނޭތޯއެވެ. ގަޑީގެ ގޮތުން އޭނާ ފެންނާނެހެން ޝަޒާއަކަށް ހިއެއް ނުވެއެވެ. އެހެންކަމުން ހިނގުން ބާރުކޮއްލިއެވެ.
ޝަޒާގެއަށް ވަތްއިރު ބައްޕަ މަސްކަނޑާތާ މަންމަ ހުއްޓެވެ،
” އަހަނ.. މިއޮއް އައީނު.. ދަރިފުޅު ނެތިގެން ބައްޕަ މިހާރުވެސް އެވާހަކަ އެ ދައްކަނީ..”
މަންމަ އަވަސް އަވަހަށް ބުނެލިއެވެ. ޝަޒާ ކިހިނެތްވީހޭ އަހާލީ މަޑުމަޑުންނެވެ،
” ބައްޕަ މިޔަދު މަހަށް ދިޔައީ ކަތީބުގޭ ދޯނިން.. ބައްޕަ އެގެނައީ މަސްކޮޅު ކަނޑާލަން… އެގެއަށް މި މަސްކަހަނބު ގެންދަން އެބަޖެހޭ..”
މަސްއަޅާ ފުރާފައިވާ ކަހަނބު ދައްކާލަމުން މަންމަ ޝަޒާގާތު ބުންޏެވެ، ޝަޒާގެ ހިތް އަވަސް އަވަހަށް ތެޅިލިއެވެ،
” ނޫން… އަހަންނަކަށް ނުކެރޭނެ މަންމާ.. “
ޝަޒާ ޅަވެލާފައި ބުންޏެވެ. އައިސަ ހޭންފަށާފައި ތެދުވިއެވެ،
” ޝަޒާ އެކަނި ދާށެކޭ ނޫނޭ މިބުނީ.. މަންމަ އާއި އެކު ހިނގާށޭ މިބުނީ..”
ކަހަނބު ހިފައިގެން އައިސް ހިނގައިގަތެވެ. ޝަޒާއަށް ތުންފަތުގައި ދަތްއެޅުނެވެ. މާ ދުރަށް ނުދެވެނީސް އެގެ ފެނުނެވެ. ގޭގެ ބޭރުގައި ހުރި އިފާޒްގެ ސައިކަލް ފެނުމުން އޭނާ ގޭގައި އުޅޭކަން ޝަޒާއަށް ޔަޤީންވިއެވެ،
” އަހަރެން ހުންނާނަން ބޭރުގަ.. މަންމަ ވަދޭ..”
ގެއާއި އަރާ ހަމަވެފައި ޝަޒާ ބުންޏެވެ. އައިސަ އަށް ދޮރުހުޅުވާލަދެމުންނެވެ. އިފާޒް އާއި ކުރިމަތިލާން ޝަޒާއަށް އުނދަގޫވާނެތީ އޭނާ އިފާޒް އާއި ބައްދަލްވާކަށް ބޭނުމެއް ނޫނެވެ. އައިސަ އެތެރެއަށް ވަދެގެން ދިޔުމުން ޝަޒާ މަޑުކޮއްލީ ބޭރުގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރާށި ހުޅުވުނު އަޑު އިވުނެވެ. ޝަޒާ އަވަސް އަވަހަށް ބަލާލީ މަންމަކަމަށް ހީކޮށެވެ. އެހެނަސް ދޮރާށި ހުޅުވާފައި ނުކުތީ އިފާޒްއެވެ. ޝަޒާއަށް ހިންދިރުވާލެވުނެވެ، ލަދުން ހުރެ އަތުތެރޭގައިވާ ދޯޕައްޓާގެ ކޮޅު ދޫކޮއްލެވުނެވެ. ކަޅުގަމީހަކާއި ހުދު ސޯޓްބުރިއެއްގައި ހުރި އިފާޒް ޝަޒާއަށް ފުންނަޒަރަކުން ބަލާލިކަން ޝަޒާއަށް އެނގުނެވެ. އޭނާއަށް އިސްޖަހާލެވުނެވެ. ޝަޒާއަށް ހުރެވުނީ އިފާޒްގެ ސައިކަލް އާއި ދާދި ކައިރީގައި ކަމުން އިފާޒްއަށް ހުރީ ސައިކަލްއަށް އަރަން ދާން ނުކެރިފައެވެ. އޭނާ ދޮރާށި ކައިރީގައި ހުރީއެވެ. ޝަޒާވެސް ގުޑިވެސް ނުލާ ސައިކަލްކައިރީގައި ހުއްޓެވެ. އިފާޒް ދޮރުކަނީގައި ލެނގިލިއެވެ. ސިއްރުން ޝަޒާ އިފާޒްއަށް ބަލާކަން އިފާޒްއަށް އެނގުނު ނަމަވެސް އޭނާ އެއްޗެއް ނުބުނީ ޝަޒާ ލަދުގަންނަވާ ނުލާންވެގެންނެވެ. އިފާޒްއަށް ޝަޒާގެ މޫނުގައި ކިތަންމެ ކުދިކޮށް ނަމަވެސް ލިޔެފައިވާ ހުރިހާ އެއްޗެއް ކިޔަން އެނގޭ ފަދައިން އޭނާ ބަލަމުންދެއެވެ. ޝަޒާއަށް ފާޅުގައި އިފާޒްއަށް ބަލާލެވުނެވެ. ޝަޒާގެ ހިތަށް ތެޅުން ނުދެއްވާނަމައޭ އޭނާގެ ހިތަށް އެރިއެވެ. ޔަޤީނެވެ. އެ ހިތްތެޅޭއަޑު އިފާޒްއަށްވެސް މިހާރު އިވޭނެއެވެ.. ކުއްލިއަކަށް ދޮރާށި ހުޅުވާލުމާއި އެކު އިފާޒް ދޮރުމަތިން ދުރަށް ޖެހިލިއެވެ. އޭނާ އިސްއުފުލާލާ އައިސައަށް ބަލާވެސް ނުލައެވެ. ޝަޒާ ކުރިއަށް ހިނގައިގަތެވެ. އެއާއި އެކު އިފާޒް ސައިކަލް ސްޓާޓް ކޮއްލިއަޑު އިވުނެވެ. އެތާ އިފާޒްއަށް ހުންނަންޖެހުނީ ކީއްވެކަން ޝަޒާއަށް އެނގުނީ އަދި ކިރިޔާއެވެ. އޭނާއަށް ދުލުގައި ދަތްއަޅާލެވުނެވެ.
” މަންމަ ހާދަ ލަސްވީ…”
ޝަޒާ މަންމަގެ އަތަށް ހިފާ ދަމާލަމުން ބުންޏެވެ، އައިސަ ކަހަނބު ކިހިއްޔަށް ޖަހާލަމުން ވާހަކަދެއްކިއެވެ،
” އާނ.. ކަތީބު އަންހެނުން ކިޔައިފި ފިޔާކޮޅެއް ނަޅާލަދޭށޭ.. އެހެންވެ މަޑުކޮއްލަންޖެހުނީ..”
އައިސަ ހަމަޖެހިލާފައި އެހެން ބުނިކަމުގައި ވިޔަސް ޝަޒާ އެކަމާއި މެދު ހިތްހަމައެއް ނުޖެހުނެވެ. އޭނާ ވައްލޮލުން ބަލާލަމުން މަންމައާއި ދިމާއަށް ބުންޏެވެ،
” އެ ކިއްކުރަން؟ މަންމައަށް ޖެހޭތަ އެގޭ މަސައްކަތްކުރަން؟ “
” ހޫމް.. ކުޑަ ކަމަކު ވަންނަން ޖެހުނަސް ކޮންމެވެސް ކަމެއް ބޮލުގަ އަޅުވާލާނެ.. އަދި ބުނި މާދަމާ އަންނާށޯ ބަނބުކެޔޮ ކޮށައިދޭން،، ގޯންޏެއްގެ ކެޔޮ ހުރި.. ނޫނެކޭ ބުނާކަށް ނުކެރޭނެއެއްނު… އަހަރެން ބުނިން ދަރިގޮއްޔަ އެކަނި ގޭގަ ބަހައްޓާފަ ނުވެސް އާދެވޭނެޔޭ.. ދެން ކިޔައިފި ގޯނި ގެންދާށޯ ގޭދަށުގަ އިނދެގެން ކޮށާލަން..”
އިފާޒްގެ މަންމަގެ ގޮތްގަނޑު މިހާރުވެސް ކޮންމެވެސް ވަރަކަށް ޝަޒާއަށް އެނގުނެވެ. ޝަޒާ ހިތްހަމައެއް ނުޖެހުނެވެ
” މީހުންނަށް ކަންތައްވެސް ކޮއްދޭންވާނެ. އެކަމު އެގެއަށް މަންމަ ދިޔައްޔާ އަންނާނީ ކޮންމެވެސް ކަމަކާ ޙަވާލުވެގެން.. “
އައިސައަށްވުރެން ބޮޑަށް ޝަޒާ ނުރުހުން ފާޅު ކުރުމުން އައިސް ހޭންފެށިއެވެ.
***************************************
ނިދާ ވަގުތު ޖެހުމާއި އެކު ޝަޒާ އޮށޯތެވެ. އޭނާ މިހާރު ވިސްނަމުންދާ ކަމާއިމެދު އެންމެ ހަމަޖެހިގެން ހިޔާލުކޮށް ފިކުރުކުރާ ވަގުތަކީވެސް މިއީއެވެ. އޭނާ ބާލީހުގައި ބައްދާލީ ދެލޯ މަރާލަމުންނެވެ. މިރޭ އެހާ ގާތުން އިފާޒް ފެނުމުން އޭނާގެ ހިތަށް ވަނީ އުފާވެރިކަމާއި ފިނިކަން ގެނުވާފައެވެ. އިފާޒްގެ ލޯތްބަށް އެދެން އޭނާ ކިތަންމެވަރަކަށްވެސް ބޭނުމެވެ. އިތުރަށް ލަސްކޮށް އެކަމާ ވިސްނާކަށް އެނާ ބޭނުމެއްނޫނެވެ. މެރިފައިވާ ދެލޯ ބާރުކޮއްލަމުން އޭނާއަށް އެއް އަތުން އަނެއް އަތުގައި ބީހެލެވުނެވެ. އެއާއި އެކު ބޯ ދެފަރާތަށް ތަޅުވާލެވި އަމިއްލައަށްވެސް ލަދުވެތިކަން ޝަޒާއަށް އިހުސާސްކުރެވުނެވެ. ލޯބިވެވުމުން އޭގެ އަސަރު ފާޅުވާންފެށީކަން އޭނާއަށް އެނގުނެވެ. ލޯބި ހޯދަން އޭނާ ބޭނުންވިއެވެ. އިފާޒްއަށް އޭނާގެ ހިތުގެ ތެޅުން އަންގައިދޭން އޭނާ ވޭނުންވިއެވެ.ޝަޒާއަށް ތެދުވެވުނެވެ، އެތަން މިތަނުން އިފާޒް ފެނިފައިވާ ވަގުތުތައް ހަނދާނަށް އާވެގެން ދާންފެށުމުން ޝަޒާއަށް ބާރަށް ނޭވާލެވެން ފެށިއެވެ. އެ ބަލާލުން ތަކުން އޭނާގެ ހިތް ކަތިލެވެން ފެށިހެން ހީވިއެވެ.
ކީއްހެއްޔެވެ؟ އިފާޒް އަހަރެންގެ ލޯބި ޤަބޫލުކުރާނަމައެވެ.އަހަރެންނަކީ ގުލްޝަންތެރޭގައި ތާޒާވެ ފަރިވަމުން އަންނަ މަލެކެވެ. މިވީހާތަނަށް އެއްވެސް ފިޔައަކަށް މީހެއްގެ އަސަރުވެސް ކުރުވާފައެއް ނުވާނެއެވެ، ބުލްބުލްތަކާއި ކޮކާތައް އަހަރެންގެ ފިޔަތަކަށް ލޯ އަމާޒު ކުރުވުމުގެ ކުރިން އިފާޒް އަހަރެން ރައްކާތެރކޮއްދޭށެވެ.އެ ކޮކާތަކުގެ ފިރުމުންތަކުން ސަލާމަތްކޮށް އިފާޒްގެ ހިމާޔަތުގެ ދަށުގައި މިމާ ފަރިކަމާއި އެކު ފޮޅުވާލަދޭށެވެ.
އަމިއްލަ ނަފްސާއިމެދު އަނެއްކާވެސް ޝަޒާއަށް ލަދުވެތި ވެވުނެވެ. އޭނާ އެނދުގައި ހުރަހަށް އޮށޯވެލިއެވެ،
*******************************************
ޖެހިގެން އައި ދުވަހެވެ. އައިސަ ވިއްދާފައިހުރީ ޝަޒާ ގޮވައިގެން އެގެއަށް ދިޔުމަށެވެ. އެހެނަސް އޭނާ އެކަމަށް ފާޅުގައި އިންކާރު ކުރިއެވެ،
” އެކަމަކު ދަރިފުޅާ.. އެކަނި ގޭގަ ހުންނާނެކަމެއްނެތް. އެއްގަޑި އިރެއް ދެގަޑި އިރެއް ނޫނޭ ވާނީ އެތާނގަ.. އަންނަހަށޭ ދާން..”
ވަޅި ތޫނު ކުރަން ހުރި އައިސަ ތަންކޮޅެއް ބާރަށް ބުންޏެވެ. ޝަޒާ ތުންފިއްތާލިއެވެ.
އޭނާ އައިސަގެ ފަހަތުން ގޮސް އެގެއަށްވަނެވެ، ޝަޒާ އެގެއަށް އެވަނީ އަދި އަލަށެވެ. ރީތިކޮށް ހަދާފައިވާ ބޮޑު ގެއެކެވެ. އޭނާ ގޭތެރެއަށް ނަޒަރު ހިންގަމުންގޮސް ބަދިގެ ފަރާތަށް ނުކުތެވެ. އޭރު އިފާޒްގެ މަންމަ މުނީރާ އުނދޯލީގައި އިނެވެ،
” އެހުރީ ގޯނި.. މިތަނަށް އޮއްސާލާފަ ކޮށާލާ.. މިގޮއްޔައަށް އެނގޭތަ ކޮށަން؟ “
އޭނާ އިނީ ދުފާށެވެ. ޝަޒާ ނޫނެކޭ ބުނަން ބޯ ހޫރާލިއެވެ. ވަރަށް ބާރުން ގޯނި މަޑުމަޑުން ބާޢްވާލަމުން ސަތަރިގަނޑު މައްޗަށް އައިސަ ކެޔޮތައް އޮއްސާލިއެވެ. އައިސަ މަސައްކަތް ފެށި އިރުވެސް މުނީރާ ހެއްލާލަ ހެއްލާލަ އިނީއެވެ.އޭނާ އެއިން އެއްޗެއްގައި އަތްލާކަށް ނޫޅުނެވެ. މުނީރާގެ ނޯކަރެއްފަދައިން އައިސަ ކެޔޮތައް މަށަމުންދިޔައެވެ. ޝަޒާ ޖޯލީގައި އިށީތްވަގުތު އޭނާއަށް އިވުނީ އިފާޒްގެ އަޑެވެ.
އޭނާގެ މަޑުމަޑު ލުއިލުއި އަޑުން މަންމާއޭ ކިޔާ ގޮވާލި އަޑެވެ. އިވުނީ ގޭތެރެއިންނެވެ، ޝަޒާއަށް ބަލާލެވުނީ ބޭ އިޚްތިޔާރުގައެވެ. އެހެނަސް އިފާޒްއެއް ފެންނާކަށް ނެތެވެ. ޝަޒާއަށް އުނދަގޫވާން ފެށިއެވެ.
” ކީއްވީ ؟ “
ފަސްއެނބުރި ބަލާލަމުން މުނީރާ އެހިއެވެ.
” ތުވާލި ގެނެސްދީބަލަ..”
ދެންވެސް އިވުނީ އިފާޒްގެ އަޑެވެ. އޭނާ ނުނިކުތްކަން އެއީ ނަސީބޭ ޝަޒާގެ ހިތަށް އެރިއެވެ.
” މީ ހަމަ އަންހެންކުއްޖެއް.. ދެލޯ ފުޅާ އައިސާ.. އެސޮރު އެހުންނަ ލަދުރަކިކަމަކުންވެސް ނެތް އުޅެވޭކަށް.. އެ ޓީޝާޓްގަނޑު ބާލައިގެންވެސް ބޭރަށް ނުކުންނަން ލަދުގަންނާނެ.. އަހަރެމެންނާވެސް އެއްޗެއް ބުނާނީ ކޮންމެހެން ބުނަންޖެހުނިއްޔާ… ކިތަންމެ ދުވަހަކަށްފަހު މި އިވުނީ މަންމާއޭ ކިޔާ ގޮވާލިއަޑު.. ތިތާ އައިސަ އިނީމަ ނުކުންނަން ނުކެރިގެން އެގޮވީ.. “
އުނދޯލިން ފައިބަމުން މުނީރާ ހިނިއައިސް ވާހަކަދެއްކިއެވެ. އެވަގުތު ބަދިގޭގައި އުދާފައި ހުރި ސައިކުރާ ކެކުމުން އޭގެން ގޮވާ އަޑު ބާރަށް ގޮވަންފެށިއެވެ،
” އައްދެ.. މަ މިއިނީ ހަނދާންވެސް ނެތިފަ.. އަންނާނަން އުނދުން ބަންދުކޮއްލާފަ.. އެކޮއި ދޭބަލަ އެހެރަ ރޯނުގަ ހުރި ތުވާލި ގޭތެރެއަށް ވައްދާލަން..”
ޝަޒާއަށް ތެޅިގަނެވުނެވެ. އޭނާއަށް ބަލާލެވުނީ އައިސައަށެވެ. އައިސަ އޭރުވެސް އިނީ ފޯރީގައި ކެޔޮމަށާށެވެ، ޝަޒާ ތެދުވިއެވެ، އޭނާ މަޑުމަޑުން ހިނގާފައި ގޮސް ތުވާލީގައި އަތްޖައްސާލެވުނެވެ. މޫނުޖައްސާލާ ހިތްވެސް ވިއެވެ. އޭނާ ތުވާލި ރޯނުން ދަމައިގަތީ މޫނާޢި ދިމާއަށެވެ. އެ ތުވާލިން ދުވި މީރުވަހުން އޭނާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެތެރެއަށްދިޔުމަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކުން އޭނާގެ ހިތް އުނދަގޫ ކުރަން ފަށައެވެ.
ތި ސާފު މޫނު އަހަންނަށް ނުދައްކާށެވެ. ތިޔަ ސާފު މޫނު ފެނުމާއި އެކު ހިތުގައިވާ ވިންދުތައް ދިރިގަތުމާއި އެކު ހިތް ހޭލާނެއެވެ. އަހަންނަށް ގޯހެއް ހެދިދާނެއެވެ،
ގޭތެރެއަށް ވަދެގެން ދިޔައިރުވެސް ޝަޒާގެ ހިތުގައިވަނީ އެފަދަ ޝަކުވާތަކެކެވެ. އެނާގެ ފިޔަވަޅު ލަސްވީ ސިޓިންރޫމުގައި ހުރި ސަރަންފީގައި އިން އިފާޒް ފެނުމުންނެވެ. އޭނާއަށް ހުއްޓެވުނެވެ. ފަހަތުން ގޮސް ތުވާލި ދިއްކޮއްލީ އިފާޒްގެ އެއް އަރިމަތިންނެވެ. އިފާޒް ތުވާލީގައި ހިފީ ތެދުވަމުންނެވެ. އެއާއި އެކު ކައިރީގައި ހުރި ޝަޒާ ފެނުމުން އިފާޒްއަށް ހިނގައި ގަންނާކަށް ނުކެރުނެވެ، ޖިންސްބުރިއެއްގައި އޭނާ ހުރީ ހުސްގަޔާއެވެ، ތުވާލި ދީފައި ނުކުމެގެން ދާން ޝަޒާ ހަނދާންނެތުނު ކަހަލައެވެ. ގަތާލެވިފައި ކުރިމައްޗަށް ވައްޓާލާފައިވާ އޭނާގެ ދިގު އިސްތަށިގަނޑާއި ކުޅެލަ ކުޅެލަ ހުރެވުނީ އިފާޒްގެ މޫނަށް ބަލާށެވެ. އެ މޫނުން ލަދުވެތިކަމާއި އެކު ނުތަނަވަސްކަން އިފާޒްއަށް ފާހަގަވިއެވެ. އިފާޒްއަށްވެސް ޝަޒާއަށް ބެލެމުންދަނީ އޭނޭގެ އިހުތިޔާރަކާޢި ނުލައެވެ. އިފާޒްގެ ހަށިގަނޑު ރީއްޗެވެ. ދޮންވެފައި ފިރެހެންވަންތަ ގޮތެއް ހުއްޓެވެ. ޝަޒާއަށްވުރެން އިފާޒް ދިގުވުމުގެ ސަބަބުން ޝަޒާއަށް ހުރި ސީދަލަށް ބެލެނީ އޭނާގެ ހަށިގަނޑަށެވެ. އެ މޭމަތީގައި ހާ ހާކޮށް ފަންފަން އިސްތަށިކޮޅެއް ހުރުމުން ޝަޒާއަށް ވަރަށް ކަމުދިޔައެވެ. ޝަޒާއަށް ކުއްލިއަކަށް އިސްއުފުލާލާ އިފާޒްގެ މޫނަށް ބަލާލެވުނެވެ. އިފާޒް ހުރީ ޝަޒާއަށް ބަލަންކަން އޭނާއަށް އެނގުމުން އޭނާ ހޭވެރިކަންވިއެވެ. އަވަސް އަވަހަށް އޭނާ ފަސްއެނބުރުނެވެ. އަދި މަގާއި ދިމާއަށް ނުކުންނަން ބާރަށް ހިނގައިގަތެވެ. އިފާޒް އެއްވެސް އެއްޗެއް ނުބުނެ ފާޑަކަށް ހީލިއެވެ،
*******************************
ޝަޒާ ދުވަމުން ދުވަމުން ދާވަރަކަށް ފަހަތަށް ގަތާލެވިފައިވާ އޭނާގެ އިސްތަށިގަނޑު ނިއުޅެމުންދިޔައެވެ.ޝަޒާ ބާރު ބާރަށް އައިސް ކޮޓަރިއަށްވަދެ އެނދުމައްޗަށް ޖެހިގަތެވެ. ލަދުގަނެފައިވާ ވަރުން އޭނާ ތުރުތުރުއަޅައެވެ. އޭނާގެ ކުރިމަތިން ސިފަވަމުންދަނީ އިފާޒްއެވެ. ޝަޒާއަށް ރޮވެންފެށިއެވެ. އޭނާ އިފާޒްދެކެ ވާ ލޯބި ޔަޤީންކުރެވުނެވެ. އެނދުމަތީގައި އޮތް ފޯން ނެގުމަށްފަހު އޭނާ ރޮވެމުން ރޮވެމުން ނަންބަރަކަށް ފިތާލިއެވެ.
” ހަލޯ…”
އަޑުޖެހުމުން ޝަޒާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. މިވަގުތު އޭނާ ބޭނުންވަނީ އެއަޑު އަހާކަށް ނޫނެވެ. އެހެނަސް އޭނާއަށް ހިތް މަޖުބޫރުކުރުވީ ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮއްލުމަށެވެ. ހިތުގައި ފޮރުވައިގެން ސިއްރުކޮއްގެން ހުރުމުން އެކަމުގެ ވޭންވެސް އިތުރުވާނީ ޝަޒާއަށްކަން ޝަޒާއަށް މިހާރު އިހުސާސްކުރެވެއެވެ.
” ހަލޯ..”
އަނެއްކާވެސް އިވުނީ އިފާޒްގެ އަޑެވެ، ޝަޒާ އޭނާގެ އަޑު ނީއްވާ މަޑުމަޑުން ހިތުން ރޮއިލަ ރޮއިލަ ހުރީ އޭނާއަށް ހިތްވަރު ލިބޭނެކަމަށް ހީކޮށެވެ.
” ޝަޒާ! ” މިފަހަރު އިފާޒް ޝަޒާގެ ނަމުން ގޮވާލިއެވެ.ޝަޒާއަށް ފޯނު އެނދުމައްޗަށް ވައްޓާލެވުނެވެ.
9 Comments!
Comments are closed.



kihinehtha mivany mi vaahakain furathama bain edhemyhun ulheny rattehi vegn mi bai midhany mulhin ehen gothakah boahalaaku vaanuvaa eh neyge..
ޝަޒާ ފޯން ބާއްވަމުން ކަރުގައި އޮތް ދޯޕައްޓާ ނެގިއެވެ. އަދި އެނދުމަތީގައި އޮށޯވެލީ އިފާޒްގެ ހަނދާނުގައެވެ. އޭނާގެ ހިޔާލުތައް އިފާޒް އާއި ގުޅިލާމެހުނެވެ
mee furathama baige thankolheh… shazaa oshoavelumahfahu eynaage handhaanthah ifaaz aai eku vee hisaabun e annany kureege handhaanthah.. hiyaal thah.. eynaa ifaaz aai rattehivee goiy kiyaadheefa e innany..
v.v.v. nice story eh
Ehntha. Mashah olhunee dhoa. Okay 🙂 Mibaives varah reethi 😀
comment nukuriyas v v v salhi hama
salhi avahah up kohdhevun edhen
Knirakun tha up kohladhenyyy avas this story is awesome
Salaa mivaahakaige an eh part genesdhyniy Kong dhuvahakuntha v kiyaahithun mihiry next part umeedhu kurgan v a aha vaahaka kiyaalha lhibeynekama
Thankolheh avahah vaahakaige part thah up kohdhybela ehaa lahun up kuranya kiyan foohi plxxxxxxxxxxxxxxxxxx avas