Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން…. (ހަތަރުވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
November 17, 2017 5 Mins Read
20 Comments

ކެންޓީނުގައި މިޔަދު އެމީހުންގެ މައުލުއަކަށްވީ އެވާހަކައެވެ. މުލައިލްއަދި ޔާނީ ދޮގު ހެދިކަން އިނގުމާއެކު ދެންތިބި މީހުންވެސް ވަރަށް އެއްޗެހި ކިޔާލިއެވެ. “އޭ ނިލްއަށްވެސް އިނގޭ.” ޔާނީ ނިލްވެސް ބައްދާލިއެވެ. އެޔާއެކު އެންމެންވެސް ހައިރާންވެފައިތިބެވެސް ނިލް އާދިމާއަށް ވެސް އެއްޗެހި ކީ އެމީހުންކައިރީ ނުބުނުމުންނެވެ. ނިލްވެސް ހީލަހީލާ އިނީއެވެ. “އޭ ތިއެއް ނޫނޭ. މަ މިއުޅެނީ ކަޑަކަމެއް ވެގެން. މަގޭ ދައްތަ ބޭރު ގަ ކިޔަވަން ހުއްޓާ އެކްސިޑެންޓެއް ވެގެން އެނަގެ މިހާރު ޕޯސްޓް ޓްރައުމަޓިކް ޑީސްއޯޑާ ހުންނާތީ ދާން ޖެހިއްޖެ. ވަރަށް ވަރުވާ ބައްޔެއްދޯ އެއީ. މާދަން ފުރަން އިނގޭ.” ޝާމިލް ދެރަވެފާ ބުނެލިއެވެ.  އެޔާއެކު ޔާނީއާ މުލައިލްއަށް އެއްފަހަރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ.

“އެއީ އަސްލު ކިހިނެއްވާ ކަމެއް؟” ފުންނޭވާއެއް ދޫކޮށްލަމުން ޔާނީ ސުވާލުކޮށްލިއެވެ. “ހަގީގަތުގަ ގިނަ މީހުންނަކަށް އެއީ ކޮން ބަޔެއްކަމެއް ނޭންގޭ. އަސްލު އެއީ ދިމާވާ ހާދިޡާއެއްގެ ސަބަބުން އެމީހަކު ގަންނަ ބިރެއް. އެކަހަލަ މީހުންނަށް ހުވަފެނުގަވެސް އެ ކަންތައްގަނޑު ވަރަށް ފެންނާނެ. އެކަމް އެމީހުންނަށް ގިނަ ފަހަރު ނުއެއް އިނގޭނެ. ދެން އަދި އިންސޯމްނިއާ ނުވަތަ ނިދިން މަހުރޫމް ވުން ކަހަލަ ކަންކަން ވެސް ވެ. ހެހެ. ކިހިނެއްވީ ޔާނީ؟” ޝާމިލް އަހާލިއެވެ. ޔާނީއަށް ބޯހޫރާލެވުނީ އޭނާގެ ދޫ އެއްޗެއް ބުނަން ނުކެޅެދުމުންނެވެ. މުލައިލްގެ ހަޔާތުގައި ދިމާވި ހާދިޡާ ހޯދަން އެހިތް މިހާރު ވަނީ ކެތްމަދު ވެފައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މުލައިލް އާ ނިލްގެ އެކުވެރިކަންވެސް މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. ހަމައެޔާއެކު ސްކޫލުގައި އުޅޭ އަލާނިޔާގެ އުނދަގޫ ވެސް ދިޔައީ ބޮޑުވަމުންނެވެ. އަބަދުވެސް މުލައިލްގެ ފަހަތުން އުޅުމާ މުލައިލްއާ ވާހަކަ ދައްކަން އުޅުމުގެ އިތުރަށް މިލް އަދި ޔާނީއަށް ތަފާތު ގޯނާ ކުރަމުން ދިޔައެވެ. ސަބަބެއްކަމަށް އޭނާބުނަމުން ދިޔައީ މުލައިލްއާ މާ ގާތްވުމެވެ.

ދެން އޮތީ ބަންދު ދެދުވަސްކަމުން ނިލް، ޔާނީ އަދި މުލައިލް ހިނގާލަން ނިކުތީ ފިނިކޮށްލުމަށެވެ. “ނިލް..ހިސް ބްލެކް ދީ ލަނީ. ދުވަހަކުވެސް ޔުނީފޯމް ފިޔަވާ އިތުރު ކުލައެއްގެ އެއްޗެއް ލާތަނެއް ނުފެނޭ. އެކަމްވެސް ވަރަށް ސަޅި. މައި ފޭވްރިޓް. ބްލެކް” މުލައިލް ހީލަމުން ބުނެލިއެވެ. އެވަގުތު ޔާނީއަށްވެސް އެކަމާމެދު ވިސްނާލެވުނެވެ. ގާތްގަނޑަކަށްއެއްމަސް ފާއިތުވެގެން ދިޔަ އިރުވެސް ޔާނިލާ ކުލަ ހެދުމެއް ލާތަނެއް ނުފެނެއެވެ. ތިން މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ވަކިވީ ޔާނީ ނިދިއައިސްފިކަމަށް ބުނުމުންނެވެ.

ގެޔަށް ވަދެވުމާއެކު ޔާނީ އަވަސްކަމާއެކު ކޮޓަރިއަށް ގޮސް ވަނެވެ. އަދި ނޯޓިސްބޯޑު ހުޅުވާލުމަށް ފަހު ބަލާލިއެވެ. އޭގައި ވަނީ އެއާއިލާގެ މީހުންގެ އިތުރަށް ނިލް، މުލައިލްގެ އަތުގައި އޮތް ފޮޓޯގެ ކޮޕީއެކެވެ. އެ ހުރިހާ އެއްޗަކަށް ބަލާބަލާ ވެސް ޔާނީއަކަށް އެއްވެސް އެއްޗެއް ވިސްނޭ ގޮތެއް ނުވިއެވެ. އެގޮތުގައި އެތައް އިރެއް ވީއިރުވެސް އެއްޗެއް ނުވިސްނުމުން އެންމެ ފަހުން އެ ނޯޓިސްބޯޑު ކުރިންވެސް އޮތްތަނަށްލާ ފޮރުވާލިއެވެ. އަދި އެނދުގައި ޖައްސާލިއެވެ. ވިސްނުމެއްގެ ތެރޭގައި އޮތް ޔާނީ ސިހުނީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. ފުންމައިގެން ތެދުވިއިރު ގާތުގައި އިން ޔުސްރާ ފެނުމުން ޔާނީ ހީލިއެވެ. އަދި ޔުސްރާގެ ގައިގައި ބައްދާލިއެވެ. “މަންމާ..އިއްލުގެ ފެމިލީއަށް ވީ ގޮތް އަޅުގަނޑަށް ކިޔާ ދީބަ. އަބަދުވެސް މަންމަ ބުނަމެއްނު ރަނގަޅު ވަގުތު އައިސް ޖެހުނީމައޭ. މީ އެވަގުތު ކަމަށްބަލާފަ..ޕްލީޒް.” ކުރެހިފައިވާ އަޑަކުން ޔާނީއަށް ބުނެވުނެވެ. ފުން ނޭވާއެއްލުމަށްފަހު ޔުސްރާވެސް ދެކޮޅުހެދުމެއްނެތި އެވާހަކަ ކިޔައިދޭޏް ފެށިއެވެ.

“އެއީ އިއްލުގެ އުމުރުން ތިން އަހަރުގަ. ދަރިފުޅަށް އެންމެ ދެއަހަރު. އޭރު ލާނީމެންނާ މަންމަމެން އުޅުނީ އެއްކޮށް. އަލާނިޔާ އެއީ ވަކީލެއް. ލައިތް އެއީ ޕޮލިހެއް. ވަރަށް ލޯބިން އުޅުން ދެކުދިން އެއީ. އެދުވަހަކީ ޔާނީ އުފަންދުވަސް. ލާނީމެން ވަރަށް ޕާޓީ ބާއްވާ ހިތްވާނެ. ލާނީ ދަރިފުޅުވެސް ދެކޭނީ އަމިއްލަ ދަރިއެއްގެ ގޮތުގަ. ހެހެ. ވަރަށް ލޯބިން އުޅޭނީ. އެދުވަހު އެދެމީހުން ވަޒީފާ ނިންމާފަ އިއްލު ސްކޫލުން ގޮވައިގެން ދަމުން ދިޔައީ ދަރިފުޅުގެ ޕާޓީ ހެދުން ބަލާ. ދިޔަ މަގުމަތީ ލައިތް ދުއްވަން އިންކާރުގައި ކުރިމަތިން އައި ލޮރީއަކުން ޖެހުނީ. އެއީ ވަރަށް ބިރުވެރި ދުވަހެއް. އެ ލޮރީގެ ސަބަބުން އެތާ ކައިރީއޮތް ކެރޭނެއްވެސް ފުރޮޅާލި. ދިހަ މީހުންމަރުވެ ފަސް މީހުން ޒަހަމްވި. ދުވަހަކުވެސް ހަނދާނުން ނުފިލާނެ. ދުވަހަކުވެސް. އެ ހާދިޡާގަ ލާނީއާ ލައިތް….އިއްލު އެއީ މަންމަގެ ދަރިއެއްގޮތަށް ބެލުން އެއީ ލާނީގެ ވަސިއްޔަތް. އެހެންނޫނަސް މަންމަ ބަލާދިނީމުން. ލާނީ އެއީ އެއްބަނޑު އެއްބަފާ ކޮއްކޮގެ މަގާމްގަ ހުރި ކުއްޖެއް. އެދުވަސް މިހިތަކުން ދުވަހަކުވެސް ނުފިލާނެ.”

ޔުސްރާގެ ވާހަކަ ނިމުން އިރު ޔާނީއަށްވެސް ވަނީ ރޮވިފައެވެ. ނަމަވެސް ހިތްވަރު ކޮށްފައި ޔުސްރާގެ ކަރުނަތަށް ފޮހެލައިދިނުމަށްފަހު މުލައިލްގެ އަތުގައި އޮތް ފޮޓޯގެ ކޮޕީ ދައްކާލިއެވެ. “އަލާނިޔާ..ލާނީ” އެހެން ބުނަމުން އެފޮޓޯގަނޑުގައި ބޮސް ދޭން ފެށިއެވެ. އަދި އެ ގަނޑު ބޭއްވުމަށްފަހު އެތަނުން ނިކުމެގެން ދިޔައީ އެހިތަށް ކުޅަދާނަ ނުވެގެންނެވެ. ކަރުނަތަށް ފޮހެމުން ޔުސްރާ އެރީ ޓެރަހަށެވެ. “ލާނީ..ކީއްވެތަ އަހަރެމެން ދޫކޮށްފަ ދިޔައީ. އަހަރެމެން އުޅުނީ ކިހާ ލޯބިންތަ؟ އެ ހުރިހާ ކަމަކާ އެއްކޮށް ކުރިމަތި ލާފ އެންމެ ފަހު ވަގުތު ލާނީ ކީއްވެ؟ ލާނީ…ވަރަށް ހަނދާންވޭ. މީ އަބަދުވެސް ލާނީ ބޭނުންވި އުފާވެރި ދިރުއުޅުމެއްނު؟ ދެން ކީއްވެ؟” ޔުސްރާގެ ޝަކުވާތައް އަޑުއަހަން އަލާނިޔާ ނެތްނަމަވެސް ޔުސްރާއަށް ހެވެވެ. އޭނާ ބޭނުންވަނީ ކަރުނަޔާ ޝަކުވާޣެ ސިފައިގައި ހިތުގައިވާ  ހުރިހާ އުދާހެއް ބޭރުކޮށްލާށެވެ.

ކޮޓަރީގައި އޮތް ޔާނީގެ ސިކުނޑި ވަނީ ހާސްވެފައެވެ. ސްކޫލުގައި އުޅޭ އަލާނިޔާގެ ނަން އަޑު އިވުމުން މުލައިލްއަށް އުނދަގޫވާ ސަބަބު އޭނާއަށް އަދި މި އިނގުނީއެވެ. ނަމަވެސް ނިލް އަކީ ކާކުބާވައެވެ؟ އެއީ އަނެއްކާ އަލާނިޔާގެ ދަރިއެއްބާވައެވެ؟ މުލައިލް އާ ޔާނިލާ އަކީ އެއްމާނބަނޑު ދެކުދިން ބާވައެވެ؟ މި ވަނީ ކިހިނެއްހެއްޔެވެ؟ ކުރިމަތިވާން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްކަން ހިޔާލަށްވެސް ގެންނަން ނޭންގިފައި އޮތް ޔާނީއަށް ނިދުނީ އެގޮތުގައި ވިސްނަން އޮއްވައެވެ.

އަރައިގެން އައި އިރާއެކު ހޭލައިގެން މުލައިލް އުޅުނެވެ. އެންމެ ފަހުން ފޫހިވެގެން ޔާނީގެ ކޮޓަރިއަށް ވަނެވެ. ޔާނީއަށް އުނދަގޫކޮށްލާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. ކޮޓަރިއަށް ވަތް މުލައިލް ހައިރާންވީ ބިންމައްޗަށް އުކާލެވުފައިފާ ބާލީސްތައް ފެނުމުންނެވެ. އޭރު ޔާނީ ގެ ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.އަދި އޭނާ ސަލާމަތްކުރުމަށް އެދެމުން ދިޔައެވެ. ބޭއިހުތިޔާރުގައި އެދިމާއަށް މުލައިލްއަށް ދެވުނެވެ. އަދި ޔާނީގެ މޫގުގައި ހިފަހައްޓާލުމަށްފަހު ޔާނީއަށް ގޮވަން ފެށިއެވެ. ނަމަވެސް ޔާނީގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. އެންމެ ފަހުން ހާސްވެގެން ޔުސްރާއަށް ގޮވަންދާން މުލައިލް ތެދުވިއެވެ. އެވަގތު ހިނގައިގަތް މުލައިލްގެ އަތުގައި ބާރުބާރަށް ޔާނީ ހިފަހައްޓާލިއެވެ. މުލައިލްގެ ހަށިގަނޑުހީވީ ގަނޑުވެފައި ހުރިހެންނެވެ. ޔާނީއާ ދިމާއަށް އެނބުރިލިއިރު ޔާނީ ވަނީ ނިދާފައެވެ. ކުރިން ވަމުން ދިޔަ ހެނެއް ނުވެއެވެ. އެވަގުތު ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު މުލައިލް މަޑުމަޑުން ޔާނީގެ އަތް ނައްޓުވާލުމަށްފަހު އެތަނުން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

މުލައިލް އޭޏާގެ އަލަމާރި އެއްފުށުން އަނެއްފުށަށް ޖެހި އިރުވެސް އޭނާ ހޯދަމުން ދިޔަ އެއްޗެއް ނުފެނުނެވެ. ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް މުލައިލް އޭނާގެ އެނދުދަށް ބާލިއެވެ. އަދި އެތަނުން ސިޓީއުރައެއް ނެގިއެވެ. އޭތި ފެނުމުން ޝުކުރުވެރިވާހާލު ﷲއަށް ހަމްދު ކޮށްލަމުން އެ އޮތްތަނަށްލުމަށްފަހު ކާގެއަށް ދިޔައީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. އޭރު ޔުސްރާވެސް ކޮފީއެއް ބޯން އިނެވެ. “މަންމާ..ވާހަކަ އެއް..އަމް..އަހާލަން..މީ ޔާނީ ގެ ހުރޭތަ ޕޯސްޓް ޓްރައުމަޓިކް ސްޓްރެސް ޑިސްއޯޑާ….ލައިބްރަރީ ހާވަނިކޮށް އެ ރިޕޯޓު ފެނުނީ..ސޮރީ” އަޅައަޅައިގަންނަމުން މުލައިލް ބުނެލިއެވެ. އެއީ އޭނާ އެންމެ ފުރަތަމަ އައި ދުވަހު ފެނުން އެއްޗެކެވެ. އެދުވަހު ޔުސްރާ ގާތު ނޭހީ ޔަގީން ނުވާތީއެވެ. ނަމަވެސް މިއަދު ހަމަލޮލަށް އެކަން ފެނުމުން އަހާލަން ބޭނުން ވީއެވެ.

“އާނ. އެކަމް ޔާނީއަށް މަންމަމެން ސިއްރު ކުރިން އެކަން. ޔާނީގެ އުމުރުން ދެ އަހަރުގަ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްވީ. އެއީ ޔާނީގެ އުފަންދުވަސް. އެކަމް ޔާނީގެ ހަނދާނަކު އެހާޡާ ހަނދާނެއް ނުހުރޭ. އެކަމު އަދިވެސް އޭގެ އަސަރު ކުރޭ.” ޔުސްރާ އެތަނުން ދިޔައީ މުލައިލްގެ އިތުރު ސުވާލަކަށް ޖަވާބުދޭން ބޭނުން ނުވާތީއެވެ. ކޮޓަރިއަށް ފަހު އަލާނިޔާގެ ފޮޓޮއެއް ނަގާލަމުން ޔުސްރާ އެ ފޮޓޯގަނޑާ ވާހަކަ ދައްކަން ފެށިއެވެ.”ލާނީ. އަހަރެން މިއުޅެނީ ދެކުދިންނަށްވެސް ދޮގު ހަދައިގެން. އެއިން އެއްކުއްޖެއް ކާރީގަވެސް އެ ހާދިޡާގަ ދެކުދިންވެސް ވިކަމެއް ނޭންގެ. އިއްލު ހީކުރަނީ ޔާނީއަށް އެކަނި ކަމަށް. ޔާނީ ހީކުރަނީ އިއްލުއަށް އެކަނި ކަމަށް އެކަންތައްތައް ވަނީ. އިއްލުއަށް ނުވެސް އިނގޭނެ އޭނަގެ މަންމަ މިދުނިޔެ ދޫކުރީ ހަގީގަތުގައި ކީއްވެގެން ކަމެއް. އިނގުނީމަ އެފަކީރު ކިހާ ދެރަވާނެ. އެހެންވެ އަހަރެން އޮޅުވާލީ. އެކަމު އަދިވެސް ހަނދާން އެބަހުރި. ލާނީ ދިޔައީ އެދުވަހު ޔާނީ ވެސް ގޮވައިގެން. އެކަމް ޔާނީމެން އަހަރެމެންނާ ވަކިވީ ދެދރިން ސަލާމަތްކޮށްދީފަ. ލާނީ. އަހަރެން މިކުރީ ކުށެއް ނޫނެއްނު ދޯ؟”

ޔުސްރާ ދެކުނީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. މުލައިލް އަދި ޔާނީގެ ހަނދާނުގައިވެސް އެކަން ނެތުމާއެކު ޔުސްރާ  އެވާހަތައް ސިއްރުކުރީއެވެ.އެއްވެސް ހާލެއްގައި އެކަކުވެސް އެމާޒީ ހޯދަން އުޅޭނެކަމެއް ޔުސްރާއަކަށް ހިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޔުސްރާއަށް ނޭންގުނަސް މިހާރު ދެކުދިންވެސް ވަނީ އެމަސައްކަތް ފަށާފައެވެ. މުލައިލް ބޭނުންވަނީ ޔާނީއަށް ދިމާވި ހާދިޡާ ހޯދާށެވެ. ޔާނީގެ އަޒުމަކީ އޭނާއަށް ވަދެވިފައިވާ ޖަވާބުދޭން ނޭންގޭ ސުވާލުމާކުން ނިކުންނާށެވެ. ކޮންމެ މީހަކުވެސް ތައްޔާރުވަމުން ދިޔައީ އެކަންކަމާ ކުރިމަތިލާށެވެ. އެއްވެސް ހަގީގަތެއް ނޭންގޭހާލުއެވެ.

ބަންދު ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ދެމީހުން އެކަކު އަނެކަކަށް ސިއްރުން ކުރީގެ ނޫސްތަކާ ހަބަރުތައް އެއްކުރަމުން ދިޔައެވެ. ނަމަވެސް ސްކޫލު ހުޅުވުމާއެކު އަނެއްކާވެސް އެކަންތައް މަޑުޖައްސާލުމަށްފަހު ކިޔެވުމައިގެން އުޅެން ޖެހުނީ ފުރަތަމަ ޓާމުގެ ފުރަތަމަ ޔުނިޓް ޓެސްޓަށް ތައްޔާރުވުމަށެވެ.

ކްލާހުގެ ހަމަހިމޭން މާހައުލެވެ. ދިވެހި ގަޑި ކަމުން ހުރިހާ ކުދިންވެސް ތިބީ ނުހަނު ގަޔާވެގެން ޓީޗަރު ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. “ހުރިހާ ކުދިންނަށްވެސް އިނގޭނެ ފަދައިން މިހާރު މަންހަޖު މިވަނީ ވަރަށްވެސް ބޮޑަށް ބަދަލު ވެފަ. ލިޔުމުގެ އިތުރަށް ވާހަކަ ދެއްކުމުންވެސް ޓެސްޓު ނެގޭ. އެހެންވީމަ މިފަހަރު މުދައްރިސް ދޭނަން ޕްރޮޖެކްޓެއް. ވަކިވަކިން ހަދާނީ. ރިޕޯޓެއް ހުށަހަޅަން ޖެހޭނީ. މައުލޫއަކީ 2019 ވަނަ އަހަރު ރާއްޖޭގައި ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓު. އެއީ ތިކުދިންގެ އުމުރުން ތިން އަހަރުގަ. ލޮރީ އެއްގެ ސަބަބުން ހިނގި ކަމެއް. މިހާރު މިއާ ބެހޭ މައުލޫމާތު ވަރަށް އުދަގޫ ވާނެ ހޯދަންވެސް. އަދި އެއްވާހަކަ. މި ހާދިޡާގަ ވަރަށް އިސް ޕޮލިހަކު ނިޔާވި. އެހެންވެ ގިނަ މައުލޫމާތު ހިއްސާވެސް ނުކުރޭ. ތިކުދިންގެ ހިތްވަރުން ހޯދަންވީ. އެއްވަނަ ހޮވުން އޮންނާނެ.”

މުލައިލް ވިސްނަމުން ދިޔައީ އެ ކަމާ މެދުގައެވެ. އެއީ އަނެއްކާ ޔުސްރާއެ ދެއްކި ހާދިޡާގެ ވާހަކަހެއްޔެވެ؟ ނަމަވެސް ޔާނީއަށް އެވަރުގެ ބޮޑުކަމެއް ވީނަމަ އޭނާއަށް ނޭންގި ނުހުންނާނެކަން އިނގޭތީ މުލައިލް ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ދުވަހުގެ ފިލާވަޅައިގެން އުޅުނެވެ. ސްކޫލް ނިންމާލުމަށްފަހު ގެއަށް ދަމުން ދަމުން ޔާނީގެ އެހީ ބޭނުންވާވާހަކަ މުލައިލް ބުނެލިއެވެ. “އައްޗި. މަ؟ ހަހަ. އޭ މިހިރަ މޮޔަ މީހާ. ހުވަފެން ނުބަލަބަލަ މިއޮއްފަދަ ދުވާލުވެސް. ނޫޅެން އެހީވާކަށް. ތިއަށްވުރެ ރަނގަޅު ވާނެ މީހަކާ އިންނަން އުޅުނަސް. ” ޔާނީ ވަގުތުން ދެކޮޅު ހަދާލިއެވެ. އެޔާއެކު ހުވަފެން ބަލަނީކީ ނޫންކަމަށް ބުނެ މުލައިލް ހަށިގަނޑު ދަމާލަމުން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. މަންޒަރު ބަލަންހުރި ޔާނީގެ ހިތް ހީވީ މޭފަޅާލުމަށްފަހު ނިކުތް ހެނެވެ. “އޭ!!!! ބުނާނެ މަށޭ ހުވަފެން ބަލަނީ. ތިއޮއް އަނގައިން ސޮނި ފައިބަނީ..ހޭލާ.!!!” ޔާނީގެ ނިއްކުރީގައި ޖަހާލަމުން މުލައިލް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޔާނީވެސް އަމިއްލަ މޮޔަކަމާމެދު ހެމުން މުލައިލްގެ ފަހަތުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލާނިޔާގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (2)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (6 ވަނަ ބައި)

Next
November 17, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (6 ވަނަ ބައި)

Previews
November 17, 2017

ތިޔަ ލޯބީގެ ހައްޤުގައި (2)

20 Comments!

  1. imagination ?? says:
    November 17, 2017 at 6:53 pm

    sorry mi bai lasvima. but next part miah vure dhigukoh maadhan upp kohllaanan ingey. so tell me how its going.

    1. imagination ?? says:
      November 17, 2017 at 6:57 pm

      also mistakes hurihyaa faahaga kohlla dhehchey ingey. i’ll be glad. <3 <3

  2. SJK...KOREAN says:
    November 17, 2017 at 7:08 pm

    wowww .. just love it 😀 😀 waiting.. me first tha??

    1. imagination ?? says:
      November 17, 2017 at 7:23 pm

      yep. you first. hehehe.. thanks. was reading ur story and is superb <3

  3. reader says:
    November 17, 2017 at 7:08 pm

    Accirent eh noon, accident.. And, vaahaka hama habeys…

    1. imagination ?? says:
      November 17, 2017 at 7:24 pm

      woops. let me change. haha.. thanks a lot reader <3 <3

  4. sana says:
    November 17, 2017 at 7:13 pm

    Wowww!very nice!When next part????????????????

    1. imagination ?? says:
      November 17, 2017 at 7:24 pm

      thank you. ?? maadhan

  5. Shudha says:
    November 17, 2017 at 7:28 pm

    v reethi ingey… anga mahchah jahaigen mi indhveny.. lol..
    v gina typing mistakes ebahuri … rangalhu kohlachey… keep it up girl 😀 😉 <3

  6. Mysh says:
    November 17, 2017 at 9:50 pm

    Mi vaahaka aky imagination kurin liyunu vaahakaige continuation dhw?Btw stwry v rythi as always❤

  7. Coco says:
    November 17, 2017 at 10:18 pm

    Mi story up vany kon dhuvas thakeh ga

  8. Friends says:
    November 17, 2017 at 10:37 pm

    Hey seyma.
    Masha allah stry vvv nice…
    Keep it up …
    Waiting 4 next part…plx plx upload soon dear..
    Gud nyt seyma????

  9. Lam says:
    November 17, 2017 at 10:51 pm

    Vvv reethi..i lov it

  10. Rsh says:
    November 18, 2017 at 2:16 am

    WoW V Salhi

  11. Limsha says:
    November 18, 2017 at 8:49 am

    V v v rythi

  12. Anonymous says:
    November 18, 2017 at 12:11 pm

    As usual. Mi bai ves hama varah reethi. Alaaniya goahy tha?

  13. Laith says:
    November 18, 2017 at 12:12 pm

    Typing mistakes eba huri. But its good

  14. Aisha says:
    November 18, 2017 at 3:34 pm

    Hey dear what is boma? v baivaru mistakes eba huri ekm story v loabi…. hope next part eh ga recheck kohlaafa up kuraane kamah…. lots of luv…

  15. Friends says:
    November 22, 2017 at 1:30 pm

    Hey seyma..
    Kobaa tha dear stry..?
    Plx plx upload soon dear.
    Waiting waiting.????

  16. ? says:
    December 27, 2017 at 11:49 pm

    ?????✌️?????????

Comments are closed.

Next Episodeލޯބިވަން….(ފަސްވަނަބައި)←


All Right Reserved!