Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން 12 ވަނަ ބައި

ino Level 110 Stories
November 13, 2017 5 Mins Read
8 Comments

ޒެފަން އާއި ދިމާލަށް މިސްރާބުހުރި ޒޯރާ ސިހުނީ، އާޒިފް ޒޯރާގެ އަތުގައި އަނގޮޓި އެޅުވުމުންނެވެ. ޒޯރާއެކޭ ބުދެކޭ ތަފާތެއް ނެތެވެ. ހުއްޓިފައި ހުރެވުނީއެވެ. ނޭވާ ހިނގާހެންވެސް ހީނުވެއެވެ. އަތްތިލަ އަށް ބާރުކޮށްލެވުނީ އެއްވެސް އިޙްސާސެއްނުވާ ހާލުއެވެ.

އުފާވެރި މުސްތަޤުބަލެއްގެ ފޮނި ހުވަފެން ތަކެއް ދެކެމުން އާދެވުނީ އެއް ވެސް ކުލައެއް ޖެއްސުމުގެ އިޙްތިޔާރެއް ނެތިއެވެ. އެރީތި ކުލަ ހުވަފެންތަކުން ކުލަ ވެއްޓުނީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޒެފަން އާއިއެކު ހޭދަކުރެވުނު އުފާވެރި ލޯބިވެތި ހަނދާންތައް ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. މިކަހަލަ ކަމެއް ޒެފަންއަށް ބަލައި ނުގަނެވޭނެކަން ޒޯރާއަށް އިނގެއެވެ.

އިތުރަށް ޒޯރާގެ އަތަށް ބާރުކޮށްލެވުނީ ޒެފަން އަތުން ދޫވިކަމުގެ އިޙްސާސް ވުމުންނެވެ. މުޅި އުމުރަށްވެސް ވަދާއީ ސަލާން ކުރަން ޖެހުން ގާތްވިކަމުގެ އިޙްސާސް ކުރެވުމުންނެވެ. ޒެފަންގެ ޖާދުވީ ލޮލަށް ބަލަން ހުރެވުނީ އެއްވެސް ބާރަކާ ނުލައެވެ. އެ ހިތުގައި ހިނގާނެ އިޙްސާސް ޒޯރާއަށް އިނގޭ ފަދައެވެ.

” ޒޯ……އިނގޭ ޒޯ ވެސް ބައްޕަގެ ވަސިއްޔަތާ ދެކޮޅު ނަހަދާނެކަން…..ބޭބެ އެއްގެ ގޮތުގަ ދެކެފަ، ފިރިއެއްގެ ހައިސިއްޔަތުން ދެކެން އުނދަގޫ ވާނެކަން…ބަޓް ޓްރައި…އިނގޭ….އަނެއްކާ ޒޯގެ ބިޓެއް ވެސް ނުހުރެއެއްނު…..ޒޯ ކިޔަވާ ނިމުނީމަ މެރީ ކުރާނީ……އޯކޭ އެއްނު……” އާޒިފް ފުރިހަމަ އިސްކޮޅަށް ތެދުވުމަށްފަހު ޒޯރާ އަތުގައި ހިފާލަމުން ބޭރަށް ނުކުތުމަށް މިސްރާބު ޖެހިއެވެ. ޒޯރާ މިދިމާއަށް ނުބަލަން އެއުޅެނީ ލަދުންކަން އާޒިފް އަށް އެނގެއެވެ.

” އަދި ހަނދާން ނެތިފަ އޭ މިހުންނަނީ……ހެޕީ ބާތް ޑޭ ޕްރިންސެސް……ހިނގާ ފުރަންދާން……ހެނދުނު ފުރަންޖެހޭ ފްލޭޓް، މިރޭ ބާރައިގެ ފްލޭޓަށް ބަދަލް ކޮށްލީ އިނގޭ…” އާޒިފް ހީވަނީ ހިތާ ދެކޮޅަށް ކޮންމެ ވާހަކަ އެއް ބުނާހެނެވެ. ލޮލުގައި އަސަރުން ފުރިގެންވީ ރިހުމެއް ވިއެވެ. މިއަދު އެހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ކުރި ހުރިހާ އުންމީދުތައް ފެނަށް ވެގެން ދާކަށް ބޭނުމެއް ނޫނެވެ. ކޮންމެވެސް ގޮތަކުން މިކަން ހައްލު ކުރަން އަޒުމް ކަނޑައެޅިއެވެ.

މަންމަ އާ ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އެހެނަސް އިޙްތިޔާރެއް ނެއްފަދައެވެ. ހުރިހާ ކަމަކަށްވުރެ މިކުޑަކުޑަ އާއިލާ މުހިންމެވެ. ޒޯރާގެ އަތުގައިވާ ފޯނު އަތުލުމަށްފަހު އައިފޯން 8 ޕްލަސްގެ ފޯނެއް ދިއްކޮށްލިއެވެ.

” އޯހް މައި ގޯޑް…….ތޭންކިއު ދޮންބ…….. ” ޒޯރާގެ އަނގައިގަ ބަސް ތާށިވި ކަހަލައެވެ. ހިންދިރުވާލަމުން ފޯނުގައި ހިފާ ބޭގަށް ލީއިރު ކުރިންގެންގުޅުނު ފޯނާ، ނަންބަރު އާޒިފް އަތުލުމުން ހިތްހަމަ ނުޖެހުނަސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ދެމީހުންގެ ފަހަތުން ޒޯރާ ނުކުންނަމުން ޒެފަން ހުރި ދިމާލަށް ބަލާލަމުން އަތް ހިތްލާލެވުނީ ގަސްތަކާ ނުލައެވެ. ޒެފަންގެ ހާލު ކިތަންމެ ރަނގަޅަށް އިނގުނަސް އިތުރު ޕްލޭން އެއް ކޮށްލަމުން ހިނގައި ގަތީ މީ އެންމެ ރަނގަޅު ވަގުތަށް ނުވާނެތީއެވެ

ޒޯރާ ދިޔަ ދިމާއަށް ބަލަން ހުރެވުނީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. ހަޔާތުގައި ދިމާވި އެންމެ އުފާވެރި ރޭ، އެއުފާވެރިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިތާމައިގެ ކަނޑެއް ފަދައިން ގަރަޣްވެ ނިމިއްޖެއެވެ.

އުންމީދުތަކުގައި ކުލަ ޖެއްސުމަށް، އެކިކުލަ ކުލައިން ފަވަމުން ދިޔަ ކުރެހުން ވީދި ހަސްފަސްވެ ދިޔައެވެ. ކުރަމުން ދިޔަ އުންމީދުގެ އެންމެ ފަހު ވާފަށްވެސް ބުރިވެ ލޮލުގެ ކޮޅަށް ގެއްލުނު ކަހަލައެވެ

ހުވަފެނެއްގައި އުޅެވޭ ކަމުގެ އިޙްސާސެއް ވުމުން، ދެއަތުން މޫނުގައި ޖަހާލިއިރު އެކަނިވެރިކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. ހުވަފެނެއް ނޫންކަން އެނގުމުން މޮޔައެއް ފަދައިން ހޭން ފެށީ މީހަކު ބިރުގަންނަހާ ބާރަށެވެ. މިއޮތް ބޮޑު ދުނިޔޭގައި އެކަނިވެރިކަމުގެ އިޙްސާސް ކުރެވެން ފެށުނެވެ. ލޯބިވާ ފަރާތެއް ގެއްލި ދިއުމުން ކުރާނެ އިޙްސާސް، ހަމަ ރަނގަޅަށްވެސް ކުރެވެން ފަށައިފިއެވެ

ޒޯރާ އަށް އަޑުގަ ނެއްތަނަށް ގޮވަމުން ބިންމަށްޗައް ތިރިވީ ބޮލުގަ އަތް އަޅައިގެނެވެ. އެރީތި ދެލޮލުން ކަރުނަ އަންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ކައިރީގައި ހުރި ބިއްލޫރި ވާސްގަ އަތުން ޖެހިޖެހީނުން ވާސް ތަޅައިގެން ދިޔަ އަޑާއި އެކު، ޒެފަން އަތުން ބޮޑުބައެއް ކަނޑައިގެން ގޮސް ލޭތައް އޮހިގަތީ މުށިގަނޑު މައްޗަށެވެ.

މަޑުމަޑުން ޒެފަންގެ ހަށިގަނޑު މުށިގަނޑު މައްޗަށް ދެމެމުން ދިޔައެވެ. ޒޯރާ މަތިން ހަނދާންވުމުން މޭގައި ފިރުމާލެވުނެވެ.  އަތަށް ބަލާލަމުން ހިތި ގޮތަކަށް ހިނިތުންވެލަމުން ލޯމަރާލިއެވެ.

***************

ގެއަށް ދެވުމާއެކު އާޒިފްވެސް ކޮޓަރިއަށް ވަނީ އެކަކާވެސް އަނގައިން ބުނުމެއް ނެތިއެވެ. ޒޯރާވެސް ދިޔަގޮތަށް ގޮސް ބާރަށް ދޮރުޖަހާލަމުން އެތެރެއަށް ވަނެވެ. އަޒީމާ ހުރީ މިމަންޒަރު ބަލަން ބުނާނެ އެއްޗެއް ހިތަށްވެސް ނޭރުމުންނެވެ. އޭނާގެ ދެދަރިން ހާދަ ދުރު ވެއްޖެއެވެ. އާޒިފް އެއްބަސް ކުރެވުނީ ވަރަށް ވާހަކަ ދައްކައިގެން އެތަކެއް ދޮގެއް ހަދައިގެނެވެ. މިކަން ފަޅާ އަރާ ދުވަހަކީ އަޒީމާގެ ފަހުދުވަސްކަން އޭނާ އަބަދުވެސް ހަނދާން ކުރާނެއެވެ.

” ބައްޕާ…ކީއްވެ ތިގޮތަށް ކަންތައް ކުރީ…. އަޅުގަނޑު ބައްޕަ ދެކެ ހާދަ ލޯބިވަމޭ…އަޅުގަނޑު މިދުނިޔެއަށް އުފަން ކުރުމަށްފަހު، މަންމަ މިފަނާވަނިވި ދުނިޔެއާ ވަކިވީ އަޅުގަނޑުގެ ނަސީބު ދެރަކަމުން…. މަންމަ ފެނުމުގެ ނަސީބު ނުލިބުނަސް މަންމަ ދެކެވެސް ލޯބިވަނީ ހިތުގެ އެންމެ ފުންމިނުން……ބައްޕާ ކީއްވެ އަޅުގަނޑުގެ ބޭބެއާ ކައިވެނި ހަމަޖެއްސީ…… މިއަދު އަޅުގަނޑު ލޯބިވާ އަޅުގަނޑުދެކެ ލޯބިވާ ފަރާތެއް ލިބުނު ހިނދު، އެފަރާތާ ވަކިވާން ޖެހުނީ ބައްޕަގެ ވަސިއްޔަތުން. އެހެންނަމަވެސް ބައްޕަގެ ތިޔަ ވަސިއްޔަށް ފުރިހަމަ ކޮށްދޭނަން ޒޯ ދުނިޔޭގަ ހުރިހާހިނދަކު……” ޒޯރާ އަށް އިތުރަށް ވާހަކަ ނުދެއްކުމުން ފޮޓޯ ލޯގަނޑު ބަންޑުން ޖަހަމުން ލޯފޮހެލިއެވެ. ހިތުގައި ޝަކުވާތައް ގިނަވިޔަސް ހިތްވަރު ކޮށްލީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ. ޒޯރާގެ މިއަސަރުން ފުރިގެންވީ ބަސްތައް އަޑުއިވުމުން އަޒީމާގެ ހިތައް ހަންޖަރެއް ހެރުނު ކަހަލައެވެ. އޭނާ އަށް މިކުރެވުނީ ކީއްހެއްޔެވެ. މިކަން ފޫބައްދަން އިތުރަށް ކުރާނެ ކަމެއްވެސް ނޭނގެއެވެ. ޒޯރާ ދެން ދުވަހަކުވެސް މާފު ކުރާނެކަމެއް، ވާހަކަ ދައްކާނެ ކަމެއްވެސް ނޭނގެއެވެ. ވީހާވެސް އަވަހަކަށް ހުރިހާ ހަގީގަތެއް ކިޔާދޭން ވީއެވެ. އޭރުންވެސް މިއަށްވުރެ ހުރިހާ ކަމެއް ގޯސްވާނެކަން ގާމެވެ. މިގޮތަށް މިކަންތައް ކުރީވެސް، އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައެވެ.

އެއްޗިހި ޕެކް ކޮށްލައި ނިމުމުން ގަޑި ބަލާލިއިރު، 10 ޖަހަނީއެވެ. އަވަހަށް ތެދުވެ ކޮތަޅެއް ހިފައިގެން އާޒިފް ކޮޓަރިއަށް ވަދެ މީހަކަށް މިކޮތަޅު ދީފައި އެބައަންނަމޭ ބުނެ ގޭން ނުކުތެވެ. އޭރު ހިތް ހީވަނީ ތެޅޭވަރުން އެހެން ފަދަ ކަމެއްހެނެވެ. މަންމަ ފެންނަން ނެތުމުން އަވަހަށް ބޭރަށް ދެމިގަތީ ކުޑަހަމަ ޖެހުމަކާ އެކުއެވެ.

ޒެފަންއާ ކުރިމަތި ލާނެ ގޮތެއްވެސް ނޭނގެއެވެ. އެހިތުގައި މިހާރު ވާއެއްޗެއް ނޭނގޭތީ ނޭވާ ހާސްވާ ކަހަލައެވެ. ޒެފަން ދެރަވާނެ ވަރު ހިތައް އަރާފައި ޒޯރާ ދެލޮލުން ކަރުނަ ނީރާލިއެވެ.

އަވަސް ކުރަންހަދައިގެން ސައިކަލު ހަރު ޖެއްސުނީވެސް ވަރަށް އުނދަގުލުންނެވެ. އަވަސްއަވަހަށް ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތީ އެހާމެ ބާރުމިނުގައެވެ. ފުރަންދާ ގަޑި ކައިރިވާތީ ވެސް ހިތް އަވަސް ވެއެވެ.

އަނގަ މަތީ އަތް އަޅަމުން ހަޅެއް ލަވައިގަތީ ޒެފަން އޮތް ހާލު ފެނިފައެވެ. ފިހިގަނޑު ނަގާ ތެޅިފަހުރި ބިއްލޫރިތައް އެއްކައިރި ކޮށްލުމަށްފަހު، ޒެފަންކައިރީ ކަކޫ ޖަހަމުން ކައިރިވިއެވެ. ވޭނީ އަޑަކުން ޒެފަންއަށް ގޮވާލުމާއެކު ވަރުބަލިކަމާއިއެކު އެ ދެލޯ ހުޅުވާލިއެވެ.

ކުރިމަތިން ޒޯރާފެނުމުން އެހެންކަމެއްގެ މަތިން ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. މުޅިތަނުގައި ލޭގެ ކޯރެއް ހެދިފައި ވީއިރުވެސް އެކަމަށް ވިސްނުމެއް ނެތި ޒޯރާ ގައިގާ ބައްދާލީ މޮޔައެއް ފަދައިންނެވެ. ހަށިގަނޑުން ލޭ ފޭބިލެއް ގިނަކަމުން ވަރުބަލި ވުމާއެކުވެސް ހުރިހާ ވަރުބަލިކަމެއް އެއްފަރާތް ކޮށްލިއެވެ.

” ޑޭމިޓް……އައި މިސް ޔޫ…….މަންމަ ކައިރީ…….ދޮންބެ ކައިރީވެސް ބުނެބަލަ ޒޯ މަށާ ރައްޓެހިވެގެން އުޅޭވާހަކަ……..ޕްލީޒް އައި ކާންޓް ލިވް ވިތްއައުޓް ޔޫ…” ޒެފަން ހީވަނީ ދުނިޔޭން މޮޔަވެފައިވާ މީހެއްހެނެވެ. ޒޯރާ އަށް ނޭވާ ނުލެވޭ ވަރަށް ބައްދާ ލައިގެން ހުރިއިރު، ޒޯރާގެ ހިތަށް ކުރާ އަސަރު އިނގޭނީ ހަމަ ޒޯރާ އަށެވެ.

އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ޒެފަން އުނަގަނޑުގައި އަތް އަޅުވާލައިގެން ހިނގައި ގަތީ ކޮޓަރިއާ ދިމާލަށެވެ. އެނދުގައި ޒެފަން ބެހެއްޓުމަށްފަހު ޒޯރާ އަވަސްވެ ގަތީ ކަނޑައިގެން ގޮސްފައިވާ ޒެފަންގެ އަތުގައި ބޭސް އެޅުމަށެވެ. ޒެފަންގެ އަތް ސާފު ކުރަމުން ޒޯރާ ދިޔައިރު، ޒެފަން އަށް ބެލެނީ ޒޯރާގެ މޫނަށެވެ. ޒޯރާ ދެރަވެފައިވާ ވަރު މޫނުމަތިންވެސް ހާމަވެގެން ދެއެވެ.

” ކިތަންމެ ދެރަވިޔަސް ނުވާނެ މިކަހަލަ ކަމެއްކޮށްގެނެއް ދުވަހަކުވެސް….އައި ލަވް ޔޫ ޒެފް….އަހަންނަށްވެސް ޒެފަން އާ ނުލާ ދިރި އުޅުމަކީ މާފަސޭހަ ކަމެއްހެން ހީވަނީތަ؟….އެކަމަކު އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނީމަ ވަކި މޮޅުތަކެއް ވޭތަ އޭނ…. ” ޒޯރާ އަށް ދެރަވެގެން ވާހަކަ ދެއްކުނީ ރުޅިވެރިކަމާ އެކުއެވެ. ބޭސް އަޅާ ނިމުމުން ޒެފަން ކައިރީ އެނދުގައި ޖައްސާލީ އެއްޗެކޭ ބުނުމެއް ނެތިއެވެ. އެތެރެއިން ހިތް ރޯވަރު އިނގޭނީ ޒޯރާއަށެވެ. ޒެފަން އާއި ދުރުވާން ޖެހުމުން ޒޯރާ ހިތަށް ކެއްވަނީކީ ނޫނެވެ.

ޒޯރާ ހިތްހަމަ ނުޖެހުނަސް ، މިރޭ ޒޯރާ އައީމަ ޒެފަން އަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އިތުރަށް ކައިރިވެލުމަށްފަހު ބައްދާލީ ޒޯރާ ގެއްލިދާނެތީއެވެ. ސޮރީ އޭ ބުނެލަމުން އެނދުގައި ޒޯރާ ބޭއްވުމަށްފަހު ކައިރީގައި ޖައްސާލިއެވެ.

ދެވަނަ ފަހަރަށް ޒޯރާ އަށް ބަލާލުމަށްފަހު ދެއަތުގެ ހިމާޔަތުގެ ދަށަށް ޒޯރާ ގެނައީ ކުޑަހިނދު ކޮޅެއްގެ ތެރޭގައެވެ. އެދުމަތީ އޮތް ޒޯރާ އަށް ބަލާލުމަށްފަހު ކައިރިވެވުނީ އިހްތިޔާރަކާ ނުލައެވެ. ޒޯރާގެ މަޑު ތުންފަތުގައި ބޮސްދެމުން ދިޔައިރު ޒޯރާއަށްވެސް އެކަމުގައި ބައިވެރި ވެވުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ގަޑި ޖެހެމުން ދާތީ ޒެފަން ހުއްޓުވަން ކިތަންމެ ބޭނުމަސް އެކަން ކުރާނެ ހިތްވަރެއް ޒޯރާ ގަޔަކު ނެތެވެ.

އިރުކޮޅަކު އެގޮތުގައި ވަގުތު ހޭދަކުރުމަށްފަހު ކުޑަކޮށް ދުރުވެލުމަށްފަހު ޒޯރާއަށް ބަލާލީ ހިތްހަމަ ނުޖެހިފަ ހުރިތޯ ބަލާލުމަށެވެ. ހިނިތުންވެގެން އޮތް ޒޯރާފެނިފައި، އަދިވެސް އިތުރަށް ކައިރިވެލީ ޒޯރާގެ ރުހުމާއެކުއެވެ.

އެހެނަސް ދެމީހުންނަށް ދުރަށް ޖެހެވުނީ ބޭރުން ބަޔަކު ސަލާން ގޮވާއަޑަށެވެ. މެއާ ހަމައަށް ތިރިވެފައިވާ ޒޯރާގެ، ލޭސްފޮތީގެ ރަތް ހެދުން ރީތިކޮށްލުމަށްފަހު ހިންދެމިލިއެވެ. ކޮނޑުމަތިން އިސްތަށި ގަނޑު އެއްފަރާތް ކޮށްލުމަށްފަހު، ތެދުވެ މިރޭ ގެނަ ފޮޓޯ އަލްބަމް ޒެފަން އަތަށް ދެމުން ބުނެލީ ޒޯރާގެ ހަނދާނެއްގެ ގޮތުގައި ބޭއްވުމަށެވެ. މާލެ ދެވުނުހާ އަވަހަކަށް ގުޅާނެ ވާހަކަ ބުނަމުން ބޭރަށް ދާން ހިނގައިގަތީ ކޮންބައެއްކަން ނޭނގިހުރެއެވެ.

ދޮރާ ހަމައަށް ގޮސްގޮސް ހުރި ޒޯރާ އަތުގައި ހިފާ ދަމާލަމުން ޒޯރާ ކައިރިކޮށްލީ އެހެން ގޮތެއް ނެތުމުންނެވެ. އަދިވެސް މިވަގުތު ކޮޅު ނިމެން ޒެފަން ބޭނުމެއް ނުވެއެވެ. ޒެފަންގެ ދެލޮލުން ފެންނަމުން ދިޔަ މަސްތުކަންދެކެ ޒޯރާ ބިރުގަނެއެވެ. މިއަށްވުރެ ދުރަށް ދާކަށް ޒޯރާ ބޭނުމެއް ނޫނެވެ. ކިތަންމެ ހަނގުރާމައެއް ކޮށްގެންވެސް ޒެފަންގެ މީހަކަށް ވާންބޭނުންވެއެވެ. އެދުވަހަކުން ޒެފަންއަށް މުޅި ދިރިއުޅުން ހަދިޔާ ކުރަން ޒޯރާ ފަސްޖެހުމެއް ނުވާނެއެވެ.

” ޒޯ…ދޮންބެއާ މެރީ ނުކުރަށްޗޭ….އަންނަ ހަފްތާގަ މާލެ ޗޭންޖު ވާނަން…ގޮއްސަ ގުޅާނަން…ޒޯގެ ނިއު ނަންބާރ ފޮނުވާލާތި ޒެފްއަށް…އަބަދުވެސް ހަނދާންކުރާތި އަހަރެން ވަރަށް ލޯބިވާކަން….ދުވަހަކު ގިވްއަޕް ނުކުރާނެކަން….ޒޯ ހާސިލް ކުރާނަން ޒޯގެ ދޮންބެ ކައިރީ ސަލާން ޖަހަން ޖެހުނަސް ހެޔޮ….އައި ލަވް ޔޫ ” ޒެފަން ހިތަށް ވަރަށް އަސަރު ކުރެއެވެ. ޒޯރާ މާލެ ދާތަނުން ގެއްލިދާނެތީއެވެ. އަދި މިރޭ ހިނގާދިޔަ ކަންތަކުން މައާފަށް އެދެމުން ޒޯރާ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. ފަހުފަހަރަށް އެސޫރަޔަށް ބަލާލިއެވެ.

ޒޯރާ ފަހަތުން ބޭރަށް ނުކުތީ އަދިވެސް އެރީތި ސޫރަ ދުށުމަށެވެ. ޒޯރާ އަތުގައި ހިފައިގެން ބޭރު ދޮރާ ހަމައަށް ގޮސްގޮސް ހުރި ޒެފަން އަށް ކުއްލިއަކަށް ޒޯރާ އަތުން ދޫކޮށްލެވުނީ ކުރިމަތިން ފެނުނު މީހެއްގެ ސަބަބުންނެވެ. ހާސްކަމާއިއެކު ބަލާލެވުނީ އެއްކައިރީގައި ތެޅިފައިވާ ބިއްލޫރި ތަކަށާ، މުށި ތަކުގައިވާ ލޭތަކަށެވެ. ކުޑަކަމަކަށް ނުވާނެކަން އެނގުނު ހިނދު ހިންދިރުވާލެވުނީ އަވަސްކަމާއިއެކުއެވެ.

ނުނިމޭ……….

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

އިންތިހާ ލޯބިވޭ…(2)

Next

މީޝާ ( 14 )

Next
November 13, 2017

މީޝާ ( 14 )

Previews
November 13, 2017

އިންތިހާ ލޯބިވޭ…(2)

8 Comments!

  1. lala says:
    November 13, 2017 at 12:54 pm

    yeeh…mee first dhoo…mihaaru haadha intresting ey mi story,,,,alhe zefan aa zooraa vaki nukurey…edhemyhunn ehaa loabivaairu…zefan and zora ehaa gaathugaa vyiru hyvy sifa kurevunuhen.

  2. unaal says:
    November 13, 2017 at 3:41 pm

    interesting .. vrh reethi

  3. G says:
    November 13, 2017 at 7:50 pm

    Maashaa allah vvv reethi ekam kuru veema varah dheravey adhives dhigukoladheeba

  4. sina says:
    November 14, 2017 at 11:21 am

    alhey adhi kiyaa levunymi, comment nukuriyas kiyan eba ,,,varah intresting…waiting

  5. kamana says:
    November 14, 2017 at 11:26 am

    varh touching story eh…sifa kurunthah varah habeys…konme dhuvahaku part eh genes dheebala…

  6. nxt punaal says:
    November 29, 2017 at 4:25 pm

    alhe kobaa tha part ?
    mi story dhn nuliyany tha ??
    mi vrh reethi stry eh

    1. unaal says:
      November 29, 2017 at 4:39 pm

      I mean next part ?

  7. unaal says:
    December 10, 2017 at 11:33 pm

    kbr tha nxt part

Comments are closed.



All Right Reserved!