Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ސޮރީ

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 7, 2017 7 Mins Read
18 Comments

އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަހަރެމެންގެ ކުރިމަތީގައި ހުއްޓިގެން އެ ހުރީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއް ނޫން ހެއްޔެވެ؟ އަހަރެން އެތާ ތިބި އެހެންމީހުންގެ މޫނުތަކަށް ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހައިރާންވެގެން މިއުޅެނީ އަހަރެން އެކަނި ހެއްޔެވެ؟ އަހަރެން ކުރިމަތީގައި ހުރި ބޭފުޅާގެ މޫނަށް ބަލާލީމެވެ. އަނެއްކާ އަހަންނަށް އެއީ ކާކުމަމާ މެދު އޮޅުން އެރީ ހެއްޔެވެ؟ ދެފަހަރަކު އަހަންނަށް ލޯވެސް އުނގުޅާލެވުނެވެ.

“އުންމީދުކުރަން އަހަރެން ބޭނުންވާ ގޮތަށް ތިޔަ ކުދިން ކަންތައް ކޮށްދޭނެ ކަމަށް. އިނގެއެއްނު މަސައްކަތް ފުރިހަމަ ވެއްޖެނަމަ ކަލޭމެންނަށް ލިބިގެންދާނެ ފައިސާ މަދު ނުވާނެކަން.” އެ ބޭފުޅާ އެހެން ބުނުމަށްފަހު އޭނާގެ ދެ ހަށިފާރަވެރިންނާ އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރުވެސް އަހަރެން އޭނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރީ ސިކުނޑީގައި ސުވާލުމާކެއް ޖަހައިގެންނެވެ.

“ހިނގާ އެހެންވީމަ މިކަމައިގެން ކުރިއަށް.” އަހަރެމެންގެ ގޭންގު ލީޑަރު، ޔާސިރު ދެފަހަރަކު އަތް ޖަހާލަމުން ބުނެލިއެވެ. އަހަރެން ނިތަށް ދެތިން ރޫ އަރުވާލަމުން ޔާސިރުއާ ދިމާ ބަލާލީމެވެ. އޭނާގެ ބޮލުގެ އެކި ދިމަދިމާ ޑައި ކޮށްލާފައި ވީއިރު ލައިގެން ހުރީ ކަޅުކުލައިގެ ކޮނޑުކެނޑިއެކެވެ. ކަންފަތާއި ނޭފަތުގައި ބޮޅު އެލުވާފައި ހުރުމުގެ ސަބަބުން އަހަންނަށް އޭނާގެ ސިފަ ކަމަކު ނުދިޔައެވެ. ކައިރީގައި ހުރި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ތާއިފްގެ ގައިގައި އަހަރެން ކޮށްޓާލީމެވެ.

“ތާއްޓޭ. ކިހިނެއްތަ މި ވަނީ؟” އަހަރެން މަޑުމަޑުން ތާއިފް ގާތު އަހާލީމެވެ. އެއާއެކު ތާއިފް އަހަރެންނަށް އަޑުމަޑުކުރުމަށް އަމުރުކޮށްލިއެވެ. ހަރަން ބަނދެލަމުން އަހަރެން މޫނު ފުސްކޮށްލީމެވެ. ތާއިފްއާއެކު އަހަންނަށް މިތަނަށް އާދެވުނު މޮޔަކަމޭ ހިތަށް އެރިއެވެ.

“މީ އެމީހާގެ ފޮޓޯއަކީ. ފަހަރެއްގަ އޮޅުން އަރައިފާނެތީ މި ދައްކާލީ.” ޔާސިރު ބޮޑު ސްކްރީނަށް އަޅުވާލި ފޮޓޯއަށް އަހަރެން ބަލާލީމެވެ. އެއާއެކު އަހަރެންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ އާދިލްގެ ފޮޓޯ ސްކްރީނަށް އަޅުވައިގެން ޔާސިރު އެއުޅެނީ ކީއްވެ ހެއްޔެވެ؟

“ކުރިންވެސް އަހަރެމެން އެޓޭކް ކުރާނެ ގޮތުގެ ތަފްސީލް ކިޔާދީފަ ވާނީ. ޕްލޭންއާ އެއްގޮތަށް ކަންތައް ކުރާނީ.” ޔާސިރު އެހެން ބުނުމާއެކު އެތާ ތިބި އެންމެންވެސް ބޯ ޖަހާލިއެވެ. އަހަރެން އަދިވެސް ހުރީ ވާނުވާގައެވެ. އެމީހުން އެ ދައްކަނީ ކޮން ޕްލޭންއެއްގެ ވާހަކަ ހެއްޔެވެ؟

“އެކްސްކިއުޒް! ކޮން ޕްލޭން އެއްގެ ވާހަކަ ތި ދައްކަނީ؟ އަހަންނަކަށް ނުވިސްނުނު ތި ކިޔާ އެއްޗެއް.” އަހަރެން ޔާސިރުއަށް އަޑުއިވޭވަރަށް ވާހަކަދެއްކީމެވެ. އެއާއެކު ޔާސިރު އަހަންނާ ދިމާއަށް ބަލާލީ ފާޑަކަށެވެ. އެތެރޭގައި ތިބި ހުރިހާ އެންމެންގެ ސަމާލުކަންވެސް އަހަންނާ ދިމާއަށް ހުއްޓުނެވެ. އެތަނުގައި ގިނައީ އަހަރެން ނުދަންނަ މޫނުތަކެވެ. އެވަގުތު ތާއިފް އަހަރެންގެ އަތުގައި ކުޑަކޮށް ވިކާލިއެވެ. ހީވަނީ އަހަންނަށް ބުނަން ނުވާ ކަހަލަ އެއްޗެއް ބުނެވުނީ ހެންނެވެ.

“އައިމަން ދޯ؟” ޔާސިރު އަހަންނާ ދިމާއަށް ފިޔަވަޅުތައް އަޅަމުން އަހާލިއެވެ. އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ.

“ނިއުބީއެއް ދޯ؟” ޔާސިރު އެއްފަހަރު އަހަންނަށް އަނެއްފަހަރު ތާއިފްއަށް ބަލާލަމުން އަހާލިއެވެ. ތާއިފްގެ މޫނުމަތިން އެވަގުތު ފެނިގެން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ކާކުތަ މިތަނަށް ނިއުބީއެއް ވެއްދީ؟ ކާކު؟” ޔާސިރުގެ އަޑު ބާރުވެގެން ދިޔައެވެ.

“އަ.. އަހަރެން..” ތާއިފް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔާސިރު ދަތްކުނޑި ވިކާލަމުން ތާއިފް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ.

“މީނަގެ އަނގަ ބަންދު ކުރުމަކީ ކަލޭގެ ޒިންމާއެއް. ހަނދާންކުރާތި!” ޔާސިރު ނުރައްކާތެރި ގޮތަކަށް ތާއިފްއާ ދިމާއަށް ބުނެލިއެވެ. އަދި ތާއިފް ގައިގައި އަޅައި ކޮއްޕާލުމަށްފަހު ދުރަށް ހިނގައިގަތެވެ. އަހަރެން ކަންބޮޑުވެ ހުރެ ތާއިފްގެ ކޮނޑުގައި އަތް ބާއްވާލަމުން އޯކޭހޭ އަހާލީމެވެ. އެއްވެސް އެއްޗެކޭ ނުބުނެ ތާއިފް އެތަނުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އަހަރެންވެސް ދެޖީބަށް އަތް ޖަހާލައިގެން ހުރެ ތާއިފްގެ ފަހަތުން ހިނގައިގަތީމެވެ.

“ތާއްޓެ ދެން މަށަށް ކިޔާދޭންވީނު ވެގެން އުޅޭ ގޮތް!” ތާއިފް ސައިކަލަށް އެރުމުން އަހަރެން ހިތްހަމަނުޖެހިފައި ބުނެލީމެވެ. އެވަގުތު ތާއިފް އިޝާރާތްކުރީ އޭނާގެ ފަހަތަށް އެރުމަށެވެ. ދެފަރާތަށް ބޯ ހޫރަމުން އަހަރެން ސައިކަލުގެ ފަހަތަށް އެރުމާއެކު ތާއިފް ސައިކަލު ދުއްވާލިއެވެ.

އަހަންނާ ތާއިފް އަކީ ކުޑައިރުއްސުރެ ގާތް ދެ ރަހުމަތްތެރިންނެވެ. އަހަރެމެން ގުރޭޑު 10 ނިންމާލީ އެކުއެކީގައެވެ. 10 ނިންމި ގޮތަށް ތާއިފް ގޭންގަކަށް ވަތް ވާހަކަ އޭނާ އަހަންނަށް ކިޔާދިނެވެ. އޭރު އަހަރެން އެކަމާ ނުރުހުންވެ ތާއިފްއަށް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް ތާއިފްގެ އެ ވިސްނުން ބަދަލު ނުވާނެކަން އެނގުމާއެކު އަހަރެން ހުއްޓާލީއެވެ. ތާއިފް ބުނާ ގޮތުން އެ ގޭންގުގައި އުޅުމުން ވަޒީފާއެއްގައި އުޅެގެން ނުލިބޭ ވަރަށް ފައިސާ ލިބެއެވެ. މިހާރު އަހަރެމެން ދެމީހުންގެ އުމުރުން 23 އަހަރު ވެއްޖެއެވެ. ތާއިފްގެ އެދުމުގެ މަތިން އަހަރެން މި ގޭންގަށް ވަނީ ލާރި ހޯދުމުގެ ބޭނުމުގައެވެ. ކިޔެވިފައި ވަނީ އޯލެވެލްއާ ހަމައަށް ކަމުން އަހަންނަށް ވަޒީފާއެއް ހޯދުން ވެގެން ދިޔައީ ބޮޑު މުސީބާތަކަށެވެ. އަހަރެން ގޭންގަށް ވަތްތާ އަދި މިވީ ހަފްތާއެކެވެ. ވުމާއެކު އަހަންނަށް މި ގޭންގު ތެރޭގައި ހިނގާ ކަންތައްތަކެއް މާ ބޮޑަކަށް ނޭނގެއެވެ.

ތާއިފު ސައިކަލު ޕާކުކޮށްލީ ކަންމަތީ ހޮޓަލެއްގެ ކުރިމަތީގައެވެ. އަހަރެން ގޮވައިގެން އޭނާ އެ ހޮޓަލަށް ވަދެ ވާހަކަދައްކަން ފެށިއެވެ.

“ބަލަ އައިއްޓެ ބޭނުމީ ފައިސާއެއްނު ދޯ؟ މިއޮތީ ރަނުގެ ފުރުސަތެއް ލިބިފަ. އެހެންވީމަ މި ފުރުސަތު ނަގާ ނުލާތި.” ތާއިފް އަހަންނަށް ބަލާލަމުން އެހެން ބުނެލީ ސީރިއަސްކަމާއެކުގައެވެ.

“ކޮން ފުރުސަތެއްތަ؟ ކޮންކަމެއް ކުރީމަތަ އެއްކަލަ ބޭފުޅާ ފައިސާ ދޭނަމޭ ބުނީ؟” އަހަރެން ދަތްދޮޅީގައި އަތް ވިއްދާލަމުން އަހާލީމެވެ.

“އަހަރެމެންނަށް ހަވާލުކުރި މަސައްކަތަކީ އާދިލް މަރާލުން.” ތާއިފް ވައި އަޑުން ބުނެލިއެވެ. އޭނާ އެހެން ބުނުމާއެކު އަހަންނަށް ތެޅިގަނެވުނެވެ. އަދި ފަރުވާތެރިކަމާއެކު ތާއިފްގެ މޫނަށް އަހަރެން ބަލާލީމެވެ.

“އޭ.. ތާއްޓޭ.. ކަލޭ މަށާ ސަމާސަ ކުރަނީ ދޯ؟ މީހުން މަރާ ގޭންގަކަށްތަ ކަލޭ ވަދެގެން ތިއުޅެނީ؟” އަހަރެން ނިތްކުރިއަށް ރޫތަކެއް ޖަމާކޮށްލަމުން އަހާލީމެވެ.

“ގަބޫލުކޮށްބަލަ އައިއްޓޭ. ހަނދާންވޭތަ މިދިޔަ މަހު ނޫސްވެރިއެއް މަރުވި މަތިން؟” ތާއިފް ފާޑަކަށް އަހާލިއެވެ.

“އާނ. ކީއްވެ އަހަރެން ހަނދާން ނުވަންވީ؟ އެފަކީރުގެ ގައިގެ 32 ތަނަށް ވަޅި ހަރާފައި ވިއްޔަ އޮތީ. ހާދަ ރަހުމުކުޑަ ގޮތަކަށޭ މަރާލާފަ އޮތީ.” އަހަރެން މިދިޔަ މަހު ހިނގި އެ ހާދިސާގެ މަތިން ހަނދާންކޮށްލަމުން ބުނެލީމެވެ. އެ ނިޔާވި ނޫސްވެރިޔާ، ޝާފިއު އަކީ އަހަރެންގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެކެވެ. ވުމާއެކު އަހަރެންގެ އާއިލާވެސް އެ ޖަނާޒާގެ ކަންތަކުގައި ބައިވެރިވީމެވެ. އެ ދުވަހު ޝާފިއުގެ މަންމަގެ ދެލޮލުން އޮހޮރެމުން ދިޔަ  ލޭ ކަރުނަތައް އަހަރެންގެ މިދެލޮލުން ދުށީމެވެ.

“އެއީ އަހަރެމެން ގޭންގު ކުރި ކަމެއް.” ތާއިފް ހަމަ އެ ސީރިއަސް ރާގުގައި ބުނެލިއެވެ.

“ވަޓް؟ ތި ބުނީ ޝާފިއު މަރާލީ ކަލޭމެންނޭތަ؟” އަހަރެން ހައިރާންވެފައި ސުވާލުކޮށްލީމެވެ. އެއާއެކު ތާއިފް މަޑުމަޑުން ބޯ ޖަހާލިއެވެ. އަހަރެން އިރުކޮޅެއް ވަންދެން އޭނާގެ މޫނަށް ބަލަން ހުރީމެވެ. އެ މުނޫމަތިން ސަމާސާގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ. ކުއްލިއަކަށް އަހަރެން ބިރުގަތެވެ. މިހާރު އަހަންނަށް ތާއިފްވެސް ފެންނަމުން ދިޔައީ ބިރުވެރި ސިފައެއްގައެވެ.

“އައިއްޓޭ. އިނގޭ އައިއްޓެ އަށް އަދި މި ކަހަލަ ކަންތައްތައް އާ ވާނެކަން. އެކަމަކުވެސް ހިނގާ ބަލަ މި ފަހަރު އަހަރެމެންނާއެކު މިކަންތައް ކުރުމުގައި ބައިވެރިވެލަން.” ތާއިފް އަހަންނަށް ވިސްނައިދޭ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފާލުމުން އަހަރެން އެއަތް ފޮޅުވާލީމެވެ.

“ފުލުހަށް އަންގާނަން!” ނިތްކުރިން ދާތިކިތައް ވިދަމުންދާ ހާލު އަހަރެން މަޑުމަޑުން ބުނެލީމެވެ. ދެލޯ ބޮޑުކޮށްގެން އަހަރެން ތާއިފްއަށް ބަލަން ހުރީމެވެ. އަހަރެން އެހެން ބުނުމުން ތާއިފް ފެށީ ފާޑަކަށް ހޭށެވެ. މިއީ އުމުރަށް ޖަލަށް ދާންޖެހިދާނެތީ ބިރުގަންނަ އިންސާނެއް ވެސް ނޫން ހެއްޔެވެ؟

“ފުލުހަށް އެންގީމަ މިކަމުގަ އައިއްޓެ ވެސް ބެދޭނެ. އައިއްޓެ އަކީ މިހާރު އަހަރެމެން ގޭންގު މެންބަރެއް ނޫންތަ؟” ތާއިފް އެހެން ބުނުމުން އަހަރެން އިތުރަށް ހާސްވިއެވެ.

“އަހަރެން ބޭނުމީ މިހާރުން މިހާރަށް މި ގޭންގުން ކެނޑެން. ތި ކަހަލަ މުޑުދާރު ކަންތައް ކުރާ ބަޔަކާ އެކީ އުޅޭކަށް މަށެއް ނެތިން!” އަހަރެން ހިންދިރުވާލަމުން ބުނެލީމެވެ. އެއާއެކު ތާއިފް އެއްމިޔަކުން ހީލިއެވެ.

“ހައްހައް. ތިހެން ވޭތަ؟ މި ގޭންގާ ގުޅުމަށްފަހު، ޔޫ ކާންޓް ލީވް.” ތާއިފް ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. އަހަރެން އޭނާގެ މޫނަށް ބަލާލަމުން ދެބުމަ ގޮށްޖަހާލީމެވެ. އެއީ ހަމަ އަހަންނަށް އަބަދުވެސް ހެޔޮ އެދިގެން އުޅޭ އަހަރެންގެ ބެސްޓުފުރެންޑް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ތާއިފް ހަމަ އެފަދަ ގޮތަކަށް އަހަރެން މިފަދަ ބޮޑު މަޅިއެއްގައި ބައްދާލަފާނެ ހެއްޔެވެ؟

“އަހަރެން ވިސްނާލާފަ ޖަވާބެއް ދޭނަން.” އެންމެފަހުން އަހަރެން ބުނެލީމެވެ. އެއާއެކު ތާއިފްގެ މޫނުމަތިން ފެނިގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

“މަށަށް އެނގޭ އައިއްޓެ މިކަން ޕޮލިހަށް ނާންގާނެކަން. އަދި މިކަމުގަ އަހަންނާއެކު ބައިވެރިވާނެކަން. އާފްޓަރ އޯލް، ތީ މަގޭ ބެސްޓީ ވިއްޔަ؟” ތާއިފް ޔަޤީންކަމާއެކު ބުނެލިއެވެ. އޭރުވެސް އަހަރެން ގެންދިޔައީ ވިސްނަމުންނެވެ. އަހަރެންގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ.

ކެފޭއިން ނިކުމެގެން އަހަރެން ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. ތާއިފް ގެއަށް ލައިދެންހޭ އެހި ނަމަވެސް އަހަރެން ބުނީ މިވަގުތު ބޭނުންވަނީ އެކަނި ވެލުމަށް ކަމަށެވެ. މި ކަންތައްގަނޑާމެދު ވިސްނާވަރަކަށް އަހަރެންގެ ސިކުނޑިއަށް ދިޔައީ ބާރުކުރަމުންނެވެ. ހީވަނީ ސިކުނޑި ފަޅައިގެން ހިނގައިދާނެހެންނެވެ.

މާލޭގެ ކާރުބާރޫ ބޮޑު މަގުތަކުގައި އަހަރެން ހިނގަމުން ދިޔައީ އެއްވެސް މަންޒިލެއް ނުވާ މީހެއް ފަދައިންނެވެ. ވެހިކަލްތަކުގެ އިންޖީނުގެ އަޑާއި ބަރުގޮނުތަކުގެ އަޑުން މުޅި މާހައުލު ވަނީ ގުގުމާލާފައެވެ. ތަންކޮޅެއް ދުރުން ކޮންމެވެސް ބަޔަކު ޒުވާބުކުރާ އަޑު އިވެމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަހަރެންގެ ސަމާލުކަން ދަމައެއް ނުގަނެވުނެވެ. އަހަރެންގެ ވިސްނުމާއި ފިކުރު ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ.

އަހަރެންގެ ހަނދާނަށް އަންނަން ފެށީ ތާއިފްއާއެކު ސްކޫލުގައި ހޭދެކުރެވުނު ދުވަސްތަކެވެ. އޭރުވެސް ތާއިފް އަކީ ކުލާހުގައި ސަކަރާތް ޖެހުމުގެ އެއްވަނައެވެ. ދުވަހަކުވެސް ފިލާވަޅެއް ނުނިންމާނެއެވެ. އޭނާގެ ހުރިހާ ފިލާވަޅެއް ލިޔެދީ ހަދަނީ އަހަރެންގެ މި ދެއަތުންނެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ލޯބިވެވެން އޮތް އެންމެ މަތިވެރި ދަރަޖައަށް އަހަރެން ތާއިފް ދެކެ ލޯބިވެއެވެ. ސްކޫލުގައި އުޅޭ ކުދިން އަހަންނަށް ބުލީ ކުރުމަކީ އޭރު ޢާންމު ކަމެކެވެ. އެއީ އޭރު އަހަރެން ހުންނަނީ ތުނިކޮށް ބޯކޮށައި މޫނަށް ނުފެތޭވަރުގެ ބޮޑު އައިނެއް އަޅާފައި ވުމުން ކަމަށް ވެދާނެއެވެ. ކުދިންގެ ދިމާކުރުންތަކާ ކުރިމަތިލާން ނުޖެހޭ ދުވަހެއް އޭރު އަހަރެންގެ ހަޔާތުގައެއް ނާދެއެވެ. ނަމަވެސް، އެ ހުރިހާ ފަހަރަކުވެސް އަހަރެންގެ ދިފާޢުގައި ތެދުވީ ހަމަ އެންމެ މީހެކެވެ. އަހަރެންނާ ދިމާ ކުރާ ބުލީންތައް އަހަރެންގެ ކައިރިން ފައްސާލުމުގައި ދެގޮތެއް ނުވެ ހުންނަނީ ތާއިފްއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ތާއިފް އެ ކޮށްދިން ކަންތައް މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނެ ހެއްޔެވެ؟

ތާއިފް އެ ގޭންގާއި ގުޅުނީ ކީއްވެގެން ހެއްޔެވެ؟ ބަލާލާފައި އެއީ އެކަހަލަ ވިޔާނުދާ ކަންތައް ކުރާ މީހެކޭ ހަމަ އެކަކުވެސް ނުބުނާނެއެވެ. އަބަދު ގަމީހާއި ސްކިނީ ވައްޓާލާފައި ހުންނައިރު ތާއިފްގެ މޫނުމަތިން އަހަންނަށް ފެންނަނީ އިނޮސެންޓް ކަމެވެ. ތާއިފްއަކީ ރީތި އަންހެންކުދިން ކޮޓަރިއަށް ވައްދައިގެން މަޖާ ނަގާ މީހެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް މީހުން މެރުން ފަދަ ކަމެއް އޭނާ ކޮށްފާނެ ކަމަކަށް އަހަންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. އެމީހުންނާއެކު އެ ހަރަކާތުގައި ބައިވެރިވުމަށް އެ ގޮވާލީ ހަމަ އަހަރެންގެ ތާއިފް ހެއްޔެވެ؟

އަހަރެން ގެއަށް ދިޔަ ގޮތަށް އެނދުމައްޗަށް ވެއްޓިގަތީމެވެ. އަހަންނަށް މިހާރު އޮތީ ދެގޮތް ކަމަށް އަހަރެންގެ ސިކުނޑި އަހަރެން ގާތު ބުނަމުން ދިޔައެވެ. އެއް ގޮތަކީ ތާއިފް އާއި އޭނާގެ ގޭންގްއާއެކު އެ ވިޔާނުދާ ޢަމަލުގައި ބައިވެރިވުމެވެ. އިންސާނެއްގެ ފުރާނަ ދުއްވާލުމުގައި ބައިވެރިވުމެވެ. އަނެއް ގޮތަކީ އެމީހުން ކުރަން އެއުޅޭ ކަންތައް ފަޅާއަރުވާލުމެވެ. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމެވެ. އަދި އެންމެ ލޯބިވާ އެކުވެރިޔާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާތަން ބަލަން ހުރުމެވެ. ނަމަވެސް…

އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްފަރާތުގައި މައުސޫމް އިންސާނެއްގެ ފުރާނައެވެ. އަނެއް ފަރާތުގައި ލޯބިވާ ރަހުމަތްތެރިޔާއެވެ. އެތަނުން އަހަރެން ނަގާނީ ކާކު ހެއްޔެވެ؟ އެއް ކޮޅުގައި އިންސާފުވެރި ގޮތެވެ. އަނެއް ކޮޅުގައި އަހަރެންގެ އަމިއްލަ އެދުމެވެ.

މިފަދަ އެތައް ޚިޔާލުތަކެއްގައި އޮއްވާ އިސާހިތަކު އަހަރެންގެ އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. ބޮލުގައި ރިއްސާފައި ހުރިވަރުން އަހަރެން އެވަގުތު ގެނބިގެން ދިޔައީ ފުން ނިންޖެއްގެ ތެރެއަށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އަހަންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ މަރައިގެން އޮވެ އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ. އެއާއެކު އަހަންނަށް އިވިގެން ދިޔައީ ތާއިފްގެ އަޑެވެ.

“އޭ ކޮބާ؟ ނިދަނީ ދޯ؟ ހިނގާ ދާން ޕްރެކްޓިސްއަށް.” ފޯނު ނެގުމާއެކު ތާއިފް ބުނެލި އަޑު އިވިގެން ދިޔައެވެ.

“ކޮން ޕްރެކްޓިސް އަކަށް؟” އަހަރެން ނިދި އަޑުން އަހާލީމެވެ.

“ދެން އެނގެއެއްނު؟ އެއްކަލަ ޕްލޭންގެ ކަންތަކުގަ. ޕްލީސް ޕްލީސް އައިއްޓެ ޖެހޭނެ ބައިވެރިވާން މިކަމުގަ. އެހެންނޫނީ ޔާސިރު އަހަރެން މަރާނެ!” ތާއިފް އެހެން ބުނުމުން އަހަރެން މި ނިކުންނަނީއޭ ބުނެފައި ފޯނު ކަނޑާލީމެވެ.

ފެންވަރާ ހަދައިގެން އަހަރެން ތާއިފްއާއެކު ގޭންގު ހުރިތަނަށް ދިޔައީމެވެ. އެޓޭކް ކުރާނެ ތާރީޚަކާއި، އެޓޭކް ކުރާނެ ގޮތާއި ހުރިހާ އެއްޗެއް ކިޔާދޭ އަޑު އަހަރެން ކަނުލާ އަޑު އަހަން އިނީމެވެ. ހަތިޔާރުތައް ވެސް ހުރީ ހަމަ ތައްޔާރަށެވެ. ޕްލޭންއާ އެއްގޮތަށް ހުރިހާ ކަމެއް ދާނެ ކަމުގެ ޔަޤީންކަން އަހަރެމެން ޔާސިރުއަށް ދިނީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަޝްހޫރު ވިޔަފާރިވެރިޔާ އާދިލްގެ އަޖަލު ހަމަވާ ދުވަސްވެސް އަތުވެއްޖެއެވެ. ޔާސިރުގެ އިރުޝާދާ އެއްގޮތަށް އަހަރެމެން ތިބީ އާދިލްގެ އޮފީހުގެ ވަށައިގެންވާ މަގުތައް ހިސާރުކޮށްގެންނެވެ. އާދިލް އައިސް ކާރަށް އަރަން ވާއިރަށް އަހަރެމެން ހަމަލާ ދޭން ޖެހެއެވެ. ތާއިފް އާއެކު ހަނި ގޯޅިގަނޑެއްގެ ތެރޭގައި އަހަރެން ހުއްޓިގެން ހުރީމެވެ. ދެމީހުންވެސް ތިބީ ހުޝިޔާރުވެގެންނެވެ. އެ އަނދިރި ގޯޅިގަނޑުގައި އަހަރެމެންނަށް އެކަކު އަނެކަކުގެ މޫނު ދެނެގަންނަންވެސް އުނދަގޫވިއެވެ. އަހަރެން ހަންޖަރެއް ފާޑުގެ އެއްޗެއް އަތަށް ހެޔޮވަރުކޮށްލައިގެން ހުރިއިރު ތާއިފްގެ އަތުގައި އޮތީ ދަގަނޑު ލަޓިބުރިއެކެވެ.

ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށުމުން ތާއިފް ނުރުހުންވެފައި އަހަރެންގެ ގައިގައި ޖަހާލިއެވެ. އަހަންނާހެދި އެމީހުންގެ ޕްލޭން ފެއިލްވެދަނެތީ އޭނާ ހުރީ ބިރުންކަން އޭނާގެ ހަރަކާތްތަކުން ހާމަވެއެވެ. އަހަރެން ފަނޑު ހިނިތުންވުމަކާއެކު ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ.

“މިހާރު!” އަހަރެން އެކޮޅުން ވާހަކަ ދައްކަން ހުރި މީހާ ގާތު ބުނެލީމެވެ. އެއާއެކު ޕޮލިސް ސައިރަންގެ އަޑު މުޅި މާހައުލުގައި ގުގުމާލާފިއެވެ. ތާއިފް ހާސްވެފައި ހުރެ އަހަރެންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. އޭރު ގޭންގުގެ އެހެން މީހުންވެސް ދުރަށް ދުވާ ތަން އަހަންނަށް ފެނިގެން ދިޔައެވެ. ނަމަވެސް އެތަނުން މަދު މީހަކަށް މެނުވީ ސަލާމަތެއް ނުވެވުނެވެ. ފުލުހުން އައިސް ގިނަ މީހުން ހިފައި ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ތާއިފްވެސް ހިމެނުނެވެ.

“ގުޑް ވޯކް!” ތާއިފްގެ އަތުގައި ބިޑި އަޅުވަމުން އަހަރެންގެ ރައްޓެހި ފުލުހެއް ކަމުގައިވާ، ޝިބާން އަހަރެން ގާތު ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އޭރު ތާއިފް ދެލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ.

“އައިމަން؟ ކަލޭ؟ ކަލޭ ފުލުހުންނަށް އެންގީ؟” ތާއިފް ތުރުތުރުލާ އަޑަކުން އަހާލިއެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

“އާނ. ސޮރީ ތާއިފް. އަހަރެން ބޭނުންވީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން.” އަހަރެން ތާއިފްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލީމެވެ. އެއާއެކު ތާއިފް އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. އޭނާ އަހަންނަށް ހާދަ އިތުބާރެއް ކުރިއެވެ. ނަމަވެސް އަހަރެން އެ އިތުބާރު ފުނޑުފުނޑުކޮށްލީއެވެ. އޭނާ ހަޤީޤަތުގައި ހާދަ ދެރަވާނެއެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ.

“މި ފޯނުގަ ހުންނާނެ ރިކޯޑިންގްތައް.” އަހަރެން ޖީބުން ކުޑަ ފޯނެއް ނަގައި ޝިބާންއަތަށް ދިއްކޮށްލަމުން ބުނެލީމެވެ. އޭގައި ހުންނާނީ ގޭންގު ތެރޭގައި ދެކެވިފައިވާ އެކިއެކި ވާހަކަތަކެވެ. އޭގައި އެމީހުންނާ ދެކޮޅަށް ވަރުގަދަ ހެކި ހުންނާނެއެވެ.

ތާއިފްއާއި އޭނާގެ މީހުން ޕޮލިސް ޖީޕަށް އަރުވަން ގެންދާ މަންޒަރު ބަލަން އަހަރެން ހުރީމެވެ. އޭރު އަހަރެންގެ ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައެވެ. އެކުވެރިޔާއަށް އެހާލު ޖެއްސުނީތީ އަހަރެން ދެރަވެސް ވިއެވެ. ނަމަވެސް އިންސާނެއްގެ ފުރާނަ ސަލާމަތްކުރެވުނީތީ އެ ހިތްހަމަޖެހުން އަހަންނަށް ލިބިލިބި ހުއްޓެވެ.

“ސޮރީ..” ޕޮލިސް ޖީޕު ނައްޓާލުމާއެކު އަހަރެން މަޑުމަޑުން ބުނެލީމެވެ.

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (26)

Next

ވޭންތަކުން ދިން ހިތި މާޒީ (12)

Next
November 7, 2017

ވޭންތަކުން ދިން ހިތި މާޒީ (12)

Previews
November 7, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (26)

18 Comments!

  1. Liaa says:
    November 7, 2017 at 10:15 pm

    Here is a short story by me 🙂 Hope u liked it
    Loves <3

  2. PRINCESS AFU says:
    November 7, 2017 at 10:25 pm

    Wow Hama v reethi ?❤️

    1. Liaa says:
      November 7, 2017 at 10:30 pm

      Thank u dear! 🙂 <3

  3. Aicha says:
    November 7, 2017 at 11:16 pm

    Nimuneetha ? v reethi

    1. Liaa says:
      November 8, 2017 at 7:59 am

      Thank u .. Yes nimunee 🙂

  4. Anonymous says:
    November 8, 2017 at 12:14 am

    Emme fahu thankolhuga dhivehi rahyyithege furaana salaamai kurevuneethy hiyhama jehun libunu vahaka eba oi.
    Eah vure reethi vis insaanegge furaana ey jahaalinama

    1. Liaa says:
      November 8, 2017 at 7:59 am

      Ur right anonymous. thanks for the idea. I ll change it ingey! 🙂

    2. Liaa says:
      November 8, 2017 at 7:59 am

      Ur right anonymous. thanks for the idea. I ll change it ingey! 🙂

  5. Eyra says:
    November 8, 2017 at 7:26 am

    Good?

    1. Liaa says:
      November 8, 2017 at 8:00 am

      Thank u 🙂

  6. Shudha says:
    November 8, 2017 at 10:27 am

    v reeethi

    1. Liaa says:
      November 8, 2017 at 2:23 pm

      THank u dear! 🙂

  7. Hana says:
    November 8, 2017 at 10:39 am

    varah thafaathu interesting vaahaka eh.
    Keep posting more stories like this!
    Awesome work
    😀

    1. Liaa says:
      November 8, 2017 at 2:23 pm

      Thank u! 🙂

  8. Falak says:
    November 8, 2017 at 11:27 am

    Nice. Really nice.

    1. Liaa says:
      November 8, 2017 at 2:24 pm

      Thank u! 🙂

  9. Fan says:
    November 8, 2017 at 2:51 pm

    Mi story idea varah salhi story vs salhi ekamaku story dhigulohlinama adhi vakin reethi vaane. E gang mihunah plan bust kohly aiman kan engi aiman maraalan… dhen aiman hiyy hama jehigen insaanehge furaana salaamaiyy kuriyas emihun badhalu hifaane. Migothah story liyeli nama varah reethi vaane dhen gang filaigen dhiya mihun vs fenuni emihun hahyaru kurinama.

  10. ziun says:
    November 9, 2017 at 8:16 am

    very nice .. thank you liaa ??

Comments are closed.



All Right Reserved!