ހިތްއެކީ ދެވިއްޖޭ (8)
އަޖުވަދުގެ ބާރު ހަޅޭކުގެ ސަބަބުން ސިހިފައި އަވަސް އަވަހަށް ނައިރާ ސިޓިންރޫމަށް އައެވެ. ރުޅިއައިސް ރަތްވެފައިހުރި އަޖުވަދުގެ ނަޒަރު ސީދާ ނައިރާގެ މޫނަށް އަމާޒުވުމާއެކު ބިރުގެންފައިހުރި ނައިރާއަށް ހިންދިރުވައިލެވުނެވެ. މިއީ މުޅިއުމުރުގައިވެސް އަޖުވަދު އަޑުއުފުލައި ނައިރާއާ މުހާތަބުކުރި ފުރަތަމަ ފަހަރުކަމުން އެހިތަށް ބަޔާންކުރަންދަތި ތަދެއް އިހުސާސުވެގެން ދިޔައެވެ. އަލިފާންކަނި ބުރަމުންދިޔަ އަޖުވަދުގެ ދެލޯފެނުމާއެކު ނައިރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ.
“ހާމިދާ ނިކަން ބަލާބަލަ ނައިރާ ކޮށްގެންއުޅޭ ކަމެއް. ލަދުން ބޯހަލާކުވޭ.” ނިތްކުރިމަތީގައި އިނގިލިތައް ކާތައިލަމުން އަޖުވަދު ބުނެލިއެވެ.
“ނައިރާ ކީއްތަކުރީ އަޖުވަދު ތިހައިރުޅި އައިސްގެން ތިއުޅެނީ؟” ރޮވިފައިހުރި ނައިރާގެ މޫނަށް ބަލައިލަމުން ހާމިދާ އަހައިލިއެވެ.
“އަހާބަލަ އޭނަ ގާތު އޭނަ ކޮށްގެން އެއުޅޭކަމެއް.” ނައިރާއާ ދިމާއަށް ކަޅިއަޅައިލަމުން އަޖުވަދު ބުނެލިއެވެ.
“ބައްޕާ އަޅުގަނޑު.” ނައިރާގެ ވާހަކަމެދުކެނޑުނީ އަޖުވަދު އަތުން ވާހަކަދެއްކުން މަނާކުރީމައެވެ. “ހުއްޓާލާ. އެނުލަފާ ޝިވަންއާ ގުޅިގެން އުޅޭހައިދުވަހަކު އަހަރެންނަށް ބައްޕަކިޔައިގެން ނުވާނެ.” ޝަހާދަތް އިނގިލި ނައިރާއާ ދިމާއަށްދިއްކޮށްލަމުން ރުޅިއައިސްފައި އަޖުވަދު ބުނެލިއެވެ.
“ކީކޭ؟ ނައިރާ ޝިވަންއާ. އަޖުވަދު ކީކޭތަ ތިކިޔަނީ؟ ނިކަންވެގެންއުޅޭ ގޮތެއް ރީތިކޮށްބުނެބަލަ.” ހާސްވެފައިހުރި ހާމިދާ ބުނެލީ ތަންކޮޅެއްބާރަށެވެ.
“އަހަރެމެންގެ މިހިރަ ފެންނަ ދަރި އެއުޅޭ ޕާޓޭ ޝިވަންއާ ރަށްޓެހިވެގެން އުޅޭ ވާހަކަ މިބުނީ. މިއަދު އަހަރެންގެ އޮފީހުގައި އުޅޭމީހަކު އެހެންބުނީ އަހަރެންގާތު. މީގެ ކުރިންވެސް ދެތިންދުވަހު ކޮންމެވެސް އެހެން ދެމީހަކުވެސް ބުންޏޭ އަހަރެން ގާތު. އެކަމަކު އަހަރެން މިހުންނަނީ ގަބޫލު ނުކުރަން. ދެން މިއަދު އަހަރެން ގަބޫލު ނުކުރީމަ އޭނަ އަހަރެންނަށް ފޮޓެއެއްދެއްކީ މިދެމީހުން ފިހާރައެއްގަ ތިއްބަ. ކީކޭ ކިޔާނީ؟ ލަދުން ބޯހަލާކުވާވަރުވޭ. ނައިރާއަށްވެސް އެނޫންމީހަކު ނުލިބުނީތަ ރަށްޓެހިވަން؟” ކަޅިއަޅައިގެންހުރި އަޖުވަދު ހާމިދާއަށް ވީގޮތް ކިޔައިދިނުމަށްފަހު އަނެއްކާވެސް ނައިރާއާ ދިމާއަށް ހަޅޭލަވައިގަތެވެ.
“އަޖުވަދު. ތިވެދާނު އެމީހުނަށް ހީވި ގޮތަކަށްވެސް. އަހަރެންގެ ނައިރާ އެހައި ނުބައި މީހަކާ ގުޅުމެއްނުބާވާނެ.” އިސްޖެހިފައިހުރި ނައިރާ ފެނުމުން ހާމިދާގެ ހިތަށް ތަދުވިއެވެ.
“ހާމިދާ އަދިވެސް އަހަރެން މިދައްކާވާހަކަ ގަބޫލެއްނުކުރަންދޯ. އެހެންވީއިރު މިހިރަފެންނަ ކުއްޖާކުރެ އަހައިބަލަ. އެއީ ދޮގެއްތޯ ނޫނީ ތެދެއްތޯ.” ހަށަންބަނދެލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު އިސްޖެހިފައިހުރި ނައިރާގެ ގާތަށްގޮސް ހާމިދާ ހުއްޓުނެވެ. ބިރުންވިރިވިރި ހުރި ނައިރާ ފެނުމުން ހާމިދާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ.
“ދަރިފުޅާ ބައްޕަ އެބުނީ ތެދެއްތަ؟” ނައިރާގެ ދަތްދޮޅީގައިހިފައި އުފުލައިލަމުން ހާމިދާ ލޯތްބާއެކު އަހައިލިއެވެ. ބިރުންހުރި ނަމަވެސް ނައިރާ މަޑުމަޑުން ބޯޖަހައިލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ. ގަބޫލުނުކުރެވިފައި ހާމިދާއަށް ނައިރާގެ މޫނަށް ބަލަން ހުރެވުނީއެވެ.
“ޕިސްޕިސް. ދަރިފުޅަށް އެޝިވަންއަށްވުރެ ރަނގަޅު މީހެއް ނުފެނުނީތަ؟ އޭނާގެ ގޮތް ދަރިފުޅަށްވެސް ނުލާހިކު ރަނގަޅަށް އެނގޭނެ. ދެންކީއްވެ ތިވަރުގެ ކަމެއް ވިސްނައިނުލާ ނައިރާ ކުރީ؟” ހިތްހަމަނުޖެހިފައި ހާމިދާ ބުނެލިއެވެ.
“މަންމާ ޝިވަން ބަދަލުވަން އެބަ މަސައްކަތްކުރެއޭ. ޕްލީޒް. އަޅުގަނޑު ޝިވަންދެކެ ވަރަށް ލޯބިވޭ. އޭނަ ބަދަލުވާނޭ.” ހާމިދާގެ އަތުގައި ހިފައިލަމުން ރޮވިފައި ނައިރާ ބުނެލިއެވެ.
“ކޮންބަދަލެއްވާނީ؟ އެކަހަލަ މީހުން ދުވަހަކުވެސް ބަދަލެއްނުވާނެ. އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނައިރާގެ ބޯކާލަން. މިހާރު މިވަގުތުން ފެށިގެން އޭނައާ ދެމެދު އޮތް ގުޅުން ކަނޑާލާ. އަޑުއިވިއްޖެ.” ނައިރާ އެގުޅުމަށް އެއްބަސްވިތަންފެނި އަޖުވަދުގެ ލޭ ކެކިގަތެވެ.
“ބައްޕާ ހެޔޮނުވާނެ އެއްފަހަރުވެސް އަޅުގަނޑު.” އަޖުވަދާ ދިމާއަށް ހިނގައިގަތް ނައިރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަޖުވަދު ފަހަތަށް ފިޔަވަޅެއް އަޅައިލިތަން ފެނިފައެވެ.
“ހުއްޓާލާ. އަހަރެންނަށް ބައްޕަކިޔަން ބޭނުންވަންޏާ ނައިރާއަށް ޖެހޭނީ ޝިވަން މަތިން ހަނދާންނައްތަައިލަން. އަޑުއިވިއްޖެ. އެހެންނޫނީ އަހަރެންނަށް ބައްޕަ ކިޔުން ހުއްޓައިލާ.” އަނެއްފަރާތަށް މޫނުއަނބުރައިލަމުން އަޖުވަދު ހަރުކަށި ގޮތަކަށްް ބުނެލިއެވެ.
ހުރިތަނަށް ގަނޑުވެފައިކަހަލަ ގޮތަކަށް ނައިރާއަށް ހުރެވުނީއެވެ. ދުވަހަކުވެސް އެފަދަ އެއްޗެއް އަޖުވަދު ބުނެފާނެކަމަކަށް ނައިރާ ހިއެއްނުކުރެއެވެ. ދެލޯބޮޑުކޮށްގެން އަޖުވަދާ ދިމާއަށް ބަލަންހުރި ނައިރާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.
އަޖުވަދުގެ ޖުމްލަތަކާއެކު ބަސްހުއްޓިފައި ހާމިދާއަށްވެސް ހުރެވުނީއެވެ. ކިތަންމެ ރުޅިއައި ނަމަވެސް އެފަދަ އެއްޗެއް އަޖުވަދު ބުނެފާނެކަމަކަށް ހާމިދާާވެސް ހިއެއްނުކުރެއެވެ.
“މިމަހު ނައިރާގެ ހުރިހާ އެގްޒާމް ތަކެއްނިމުނީމަ ދޮންތަ ގާތަށް މެލޭޝިޔާއަށް ދާން ތައްޔާރުވޭ. އަހަރެން ދެން ބޭނުމެއްނޫން އެންމެ ހިނދުކޮޅަކުވެސް ނައިރާ އެޝިވަން ފެންނަ ހިސާބުގައި ހުންނާކަށް. އަދި އެއްވާހަކަ. މިއަދުންފެށިގެން ގެއިން ބޭރަށް ދިއުން ނައިރާއަށް މަނާ. އެކަނި އެއްވެސް ތާކަށް ނުދެވޭނެ. ނައިރާގެ އެކުވެރިންވެސް ބައްދަލުކުރަން ބޭނުންވާނަމަ އަންނަންޖެހޭނީ މިގެއަށް. މިއީ އަހަރެންގެ ނިންމުމަކީ. އެކަކުވެސް މިނިންމުމަށް ފާޑުކިޔާކަށް އަހަރެން ބޭނުމެއްނޫން. ދެން އިތުރަށް މިމައުލޫއަށް އެކަކުވެސް ވާހަކަދައްކައިގެން ނުވާނެ.” ބޭނުންވި ހުރިހައި ވާހަކައެއް ބުނުމަށްފަހު އަޖުވަދު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އަޖުވަދު ދިއުމާއެކު ރޮވިފައި ނައިރާ ހާމިދާގެ މޫނަށް ބަލައިލިއެވެ. “މަންމާ. ޕްލީޒް. ބައްޕައަށް ވިސްނައިދީބަލަ. އަޅުގަނޑު ވަރަށް ލޯބިވޭ ޝިވަންދެކެ. އޭނަ ބަދަލުވާނޭ މަންމާ. ކީއްވެތަ ގަބޫލުނުކުރަނީ؟ ހެޔޮނުވާނެ އަޅުގަނޑަށް ތިހެން ނުހަދާ. އަޅުގަނޑަކަށް ނޫޅެވޭނެ ޝިވަންއާ ނުލައެއް.” ގިސްލައި ރޮމުންދިޔަ ހާލު ނައިރާއައިސް ހާާމިދާގެ ކުރިމަތީގައި ދެއަތްޖޯޑުކޮށްގެން ހުރެ އާދޭސްކުރަމުން ދިޔައެވެ. ދޭނެ ވަކިޖަވާބެއް ނޭނގިފައި ހާމިދާ ހުއްޓެވެ. “މަންމާ.” ހާމިދާގެ އަތުގައި ހިފައި ތަޅުވައިލަމުން ނައިރާ ގޮވައިލިއެވެ.
“މަންމައަކަށް ނޭނގެ ބުނާނެވަކި އެއްޗެއް ދަރިފުޅާ. ބައްޕަ އެދިޔައީ ބައްޕަގެ އެންމެފަހު ނިންމުން އިއްވާފަ. ދެން އެންމެ ރަނގަޅުވާނީ ބައްޕަ ބުނާގޮތް ހެދިއްޔާ. އެއްވެސް މަޔަކާ ބަފަޔަކު އެމީހުންގެ ދަރިންނަށް ދެރަވާނެ ގޮތަކަށް ނިންމުމެއް ނުނިންމާނެ. އެހެންވީމަ އެކަން ދަރިފުޅުވެސް ވާނެ ގަބޫލުކުރަން. ޝިވަންއަށްވުރެ މާރަނގަޅު ކުދިން ދަފިފުޅަށް ވާާނެ. ދުނިޔޭގަ ފިރިހެނުން ހުސްވީކީ ނޫނެއްނު. އެެހެންވީމަ ޝިވަން މަތިން ހަނދާން ނައްތައިލާ. އެއީ މަންމަ ބުނަންއޮތްހައިވެސް އެއްޗަކީ. ދެން ދޭ ކޮޓަރިއަށް އަރާމުކޮށްލަން.” ލޯތްބާއެކު ނައިރާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަދެމުން ހާމިދާ ނައިރާއަށް ވިސްނައިދެވޭތޯ މަސަތްކަތްކުރިއެވެ. ނަމަވެސް ހާމިދާާގެ ވާހަކަތަކަށް ވަކި ޖަވާބެއްނުދީ ނައިރާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ވެފައިހުރި ދެރައިން ވާހަކަދައްކަންވެސް އެވަގުތު ނައިރާއަށް ދަތިވަމުންދިޔައެވެ. މުޅި ހަޔާތުގައިވެސް މިހައި ހިތާމަކުރި ދުވަހެއް ނާދެއެވެ.
** ** **
ނިދިފައި އޮތް ޝިވަން ސިހިފައި ފުންމައިގެން ތެދުވީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ނައިރާއާާ ވަކިވެ ދުރަށްދާ މަންޒަރު ހުވަފެނުން ފެނުމާއެކު އެހިތް ނުތަނަވަސްވާން ފެށިއެވެ. ނައިރާއަށް ކޮންމެވެސް ބޮޑު ހިތާމައެއް ދިމާވެގެން އުޅޭކަމުގެ އިހުސާސު ކުރެވެމުންދިޔައެވެ.
ނައިރާގެ ހާލު ބަލައިލުމަށްއެދި އެހިތް ގޮވަމުންދިޔައެވެ. ނަމަވެސް އޭނާގެ އަތުގައި ފޯނެއް ނޯނާތީ އެކަންކުރެވޭކަށް ނެތެވެ.
މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ފުހެލަމުން ޝިވަން އެނދުގައި ހަމަޖެހިލިއެވެ. އަމިއްލަ ހިތަށް ވިސްނައިދެން މަސައްކަތްކުރަމުންދިޔަ ޝިވަން ގަޑިއަށް ބަލައިލިއެވެ. ނައިރާ ސްކޫލަށް ދާގަޑި ކައިރިވަމުން ދިޔަތަންފެނި އަވަހަށް ފެންވަރަން ވަނީ މަގުމަތިން ނައިރާއާާ ބައްދަލުވާނެ ކަމުގެ އުއްމީދުގައެވެ.
އާންމުކޮށް ނައިރާ ސްކޫލަށްދާ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ޝިވަން ހުއްޓެވެ. ނައިރާގެ އިންތިޒާރުގައި ހުރި ޝިވަންގެ މޫނުމަތިން މާޔޫސްކަންފެންނަންފެށީ އަޖުވަދާއެކު ސައިކަލުގައި އިން ނައިރާ ފެނުމުންނެވެ. އޭނާއާާ ރަށްޓެހި ވީއްސުރެ ހިނގައިފައި ސްކޫލަށްދާ ނައިރާ މިއަދު ކުއްލިއަކަށް ސައިކަލުގައި ދާތަންފެނި ޝިވަން ހައިރާންވިއެވެ. އޭނާގެ ހައިރާންކަން އިތުރުވީ އޭނާއާާ ދިމާއަށް ކަޅިއަޅައިލި އަޖުވަދު ފެނިފައެވެ. އަދި ހަމައެއާއެކު އޭނާހުރި ފަރާތްނޫން އަނެއްފަރާތަށް މޫނު އަނބުރައިލި ނައިރާ ފެނިފައެވެ. ވަގުތުން ވެގެންއުޅޭ ގޮތަށް ޝިވަންގެ ސިކުނޑިއަށް ވިސްނައިގަނެވުނެވެ. ހިތަށްވީ ތަދާއެކު ދެރަވެފައި އޭނާއަށް އިސްޖަހައިލެވުނެވެ. ރިހެބްއަށް ދާން އެންމެ ހަފުތާއަކަށްވެފައި ވަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟
** ** **
ކޮޓަރީގައި ގަމީސް އިސްތިރިކުރަން ޔައިޝް ހުއްޓެވެ. ހަނދާންނެތި ދޮރު ތަޅުނުލައި ހުރިކަމެއް ޔައިޝްއަކަށް ނޭނގެއެވެ.
“ދަރިފުޅާ ތީކޮންކަމެއް؟ ކޮބާ މިޒްރާ؟” ޔައިޝަށް ސައިބޯންގޮވަން އައި ސާޖިދާއަށް އިސްތިރިކުރަންހުރި ޔައިޝް ފެނިފައި އަހައިލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެން ވިއެވެ. އެފަދަ ކަންކަން ކޮށްދޭނެ އަންބަކު ހުއްޓައި ޔައިޝް އެކަން ކުރަންޖެހޭހެއްޔެވެ؟
އެއްޗެކޭ ބުނަން އަނގަހުޅުވައިލި ޔައިޝް ފާޚާނާއިން ނުކުތް މިޒްރާ ފެނިފައި މަޑުޖެހެލިއެވެ. “މިޒްރާ. ޔައިޝްގެ އެގަމީސް އިސްތިރިކޮށްދީބަލަ. އެއީ މިޒްރާ ކުރަންޖެހޭ ކަމެކޭ.” މިޒްރާގެ މޫނަށް ބަލައިލަމުން ހިތްހަމަނުޖެހިފައިހުރި ސާޖިދާ ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ މިޒްރާ ގޮސް ޔައިޝް އަތުން އިސްތިރިއަތުލިއެވެ. “ތިކަންތައް ނިންމާފަ އާދެ ދެމީހުން ސައިބޯން.” އެހެންބުނެލުފަށްފަހު ސާޖިދާ ދިއުމުން ޔައިޝްގެ މޫނަށް ބަލަންހުރި މިޒްރާ ކަޅިއަޅައިލިއެވެ.
“ގެނޭ އަހަރެން އަތަށް. މިޒްރާކުރާކަމެއްކުރަން މިޒްރާދޭ.” ސާޖިދާ ދިއުމާއެކު އަވަސް އަވަހަށް ދޮރުުތަޅުލަމުން ޔައިޝް ބުނެލިއެވެ. “ނޫނޭ. ކަލޭގެ މަންމަ އެދިޔައީ އަހަރެންނަށް އަމުރުކޮށްފަކާނު. މިއަދު އަހަރެން އިސްތިރިކުރާނީ. އާން އެހެންނާފެހެ. ދެންގޮސް މަންމަ ގާތުގައި ކުޓުވައިފާނެ ވިއްޔަ ދޯ.” ހިތްހަމަނުޖެހިފައިހުރި މިޒްރާ ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޔައިޝް ފާޚާނާއަށް ވަނެވެ.
“ހުރެބަލަ މިއަދު ނިކަން ރަނގަޅަށް އިސްތިރިކޮށްދޭނަމޭ.” ޔައިޝް ފާޚާނާއަށް ވަނުމާއެކު ދަތްކުނޑިވިކައިލަމުން މިޒްރާ ބުނެލިއެވެ.
ފެންވަރައިގެން ޔައިޝް ނުކުތްއިރު ކޮޓަރީގައި މިޒްރާއެއް ނެތެވެ. އިސްތަށިގަނޑު ހިއްކަމުންގޮސް އަޔަން ބޯޑް މަތީގައި އޮތް ގަމީސް ނަގައި ބަލައިލިއެވެ. އެއާާއެކު ޔައިޝްގެ ދެލޯބޮޑުވެގެން ދިޔައެވެ. ގަމީހުގެ އެއްފަޅިވަނީ ވިރުވައިލައިފައެވެ. ޔައިޝަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ކޮލެޖަށްދާ ވަގުތު ކުޑަތަންވެފައިވުމުން އަވަސް އަވަހަށް އެހެން ގަމީހެއްނަގައި އިސްތިރިކޮށްލުމަށްފަހު ތައްޔާރުވާން ފެށިއެވެ. ކޮޓަރިން ނުކުތް ޔައިޝް ފެނުމުން ކާމިޔާބީގެ ހިނިތުންވުމެއް މިޒްރާގެ ތުންފަތްމަތީގައި ދުވެލިއެވެ.
** ** **
ކްލާހުގައި އިން އަލްކާގެ މޫނަށް ދޭތެރެ ދޭތެރެއިން ޔައިޝްގެ ނަޒަރުގޮސް ހުއްޓެއެވެ. އެތަންފެނި އިރުއިރުކޮޅާ ޝަޔާނީ އަލްކާއާ ދިމާކޮށްލައެވެ. ލަދުގަނެފައި އިސްޖަހައިގެން އަލްކާ އިނީއެވެ.
އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ކްލާސްތައް ނިންމައިލުމަށްފަހު އަލްކާއާ ޝަޔާނީ ގޮވައިގެން އައިސްކްރީމް ބޯން ޔައިޝް ދިޔައެވެ. އެމީހުންނާ އެއްކޮށް ޝަޔާނީ ގެންދިޔަ ނަމަވެސް އަަބަދުވެސް އޭނާ އުޅެނީ އެދެމީހުންނާ ތަންކޮޅެއް ދުރުންނެވެ. ދެމީހުންނަށް އެކަނި ހޭދަކޮށްލެވޭ ހަމައެކަނި ވަގުތުކޮޅަކީ އެއީ ކަމަށްވެފައި އޭނާގެ ސަބަބުން އެވަގުކޮޅު ގެއްލިދާކަށް ޝަޔާނީ ނޭދެއެވެ.
** ** **
ކޮޓަރީގައި ދެފަރާތަށް ހިނގައިލަ ހިނގައިލާ މިޒްރާ އިނީ ހާސްވެފައެވެ. ދިމާވެގެން އުޅޭ މައްސަލައިގެ ބޮޑުކަމުން ހަދާނެގޮތެއް ނޭނގި އިރުއިރުކޮޅާ ނިތްކުރިމަތީގައި އަތުން ޖަހައިލައެވެ.
އެންމެފަހުން ހިނގައި ހިނގައި ފަޔަށް ވާޅުވާން ފެށުމުން އެނދުމަތީގައި މިޒްރާ އިނށީދެލިއެވެ. އަދި ހަމަޖެހިލެވޭތޯ މަސަތްކަތްކުރަމުން ދިޔައެވެ. ކޮންމެވެސް ގޮތެއް އޮންނާނެއެވެ. ކޮންމެ މައްސަލައަކަށްވެސް ހައްލެއް އޮންނަން ޖެހޭނެއެވެ.
ސިކުނޑިއަށް ބާރުލައިފައި ވިސްނަމުން ދިޔަ މިޒްރާއަށް ރަނގަޅު ގޮތެއް ވިސްނުނީ ކަންނޭނގެއެވެ. ނުލަފާ ފާޑަކަށް ހިނިތުންވެލުމަށްފަހު ގަޑިއަށް ނަޒަރު ހިންގައިލިއެވެ.
އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަން ފެށޭނީ ޔައިޝް ގެއަށް އައި އިރަކުންނެވެ. ހިނިތުންވެލަމުން ފޯން ނަގައި ޒާންގެ ނަމްބަރަށް ގުޅާލިއެވެ. އަދި އޭނާ ހޯދަންބޭނުންވާ އެއްޗެއްގެ ނަންބުނެ މިރޭވުމުގެ ކުރިން އެއެތި ގަނެގެން ގެނެސްދިނުމަށް އެދުނެވެ. ހެވިފައި ޒާންވެސް އެކަމަށް އެއްބަސްވިއެވެ. ރޭގަނޑަށް އިންތިޒާރު ކުރާ ހާލު މިޒްރާ ފެންވަރަން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.







Yeyyy me first tha???????
Yes dear. Hehe
Wowww. Varah salhi. Nai ah haadha dheragothekey dw evy. ? kihinehbaa vaane dhn. Varah kiyaa hithun mihury. Waiting waiting ?? loves❤❤❤
Thanks dear.. Lets see dhw wat hppns.. ?
“aan ehennna fehe” jehifa iny ” fahe” jahan jehey thankolhakah ??
Ohh.. Sry e ee writing mistake eh.. Hehe.. Check kuri iru alhaa nugane e iny.. Thanks for telling dear?
Assalaam alaikum all.. Here is the 8th part of this story.. Hope u guys will like this part too.. Point out the mistakes ok.. N enjoy.. Ly all.. ?
Vvv reethi…avahah up kohdhey thee vv happy vey aslu…ey ehaa kiyaa hithun kiyaa levey kama kee..waiting nxt part ah …lov it
Thanks lam..?
Varah reethi nau ur best writer akam haadha kurey???when next part waiting…….??????
Thanks shuza?
vvvvvvvvvvvvvv reeeth
Thanks hai
Eyna preg v kanneyge. Eulheny yaishge boluga alhuvaane gotheh neyggen. Yaish eynadhey ehvves ehcheh buyaka nudhehchy.
Hehe.. Hinga dhw balamaa mizra kuran eulhey kamehvx.. Thanks dear..
Haha mizu preg v dhw….
Hehe.. Lets see dear.. Thanks
vvvvvv reeethi. alhugadah heeevany mirza badubodyhen. alhe yaish boluge ezinmaaaaa nalhuvahchey igey
Thanks dear
V nice waiting next part
Thanks siya
Wow v v reethi …….. Thanks nau …..thihaa avahah up kohdheythii loves……….
Wlcm n thanks xim
Whn next part????can’t wait
Soon in sha allah.. Thanks coco
vara reethi mirxa yaish ah gotheh hedhiya nudhechey vara reethi stry.
Thanks shalu
Nau haadha ragalhey……konme dhuvahaku story up kohdheythy…..story v nice…..
Thanks sidhu
??❤ waiting…. when is next part nau?
Thankx axu.. In sha allah soon.. ?❤
Vvvv reethi?? kihinehtha vaan eulhenee
Thanks mary..
woow….Hama soni faibaa varu veyy..??..varah reethi story
Thanks xim.. Hehe.. Ehntha.. ?
mi part vx varah reethi.waiting…….
like this story.
Thanks sham
Hii Nau.. Story is awesome..I love this story.. Alhe Yaish ah dhera gotheh viya nudhehchey.. And mi story ga kithah parts ovey??
Hi aree.. Happy to knw that.. Thanks dear.. Ehn neenge bunaakah kithah parts kameh.. Hehe
Nice mi part vess
Thanks limsha
Vara loabi
Thanks lee
naira and shivan vaki nukurahchey nau ..
Lets see hw true love find its way.. Thanks dear..
yageen miruzaa bandubodu veekan, eulheny zaan boluga dari alhuvan, naufaa plx zaan ekamaa ehbas viya nudhechey, miruzaa falhaa aruvaalabala naufaaa plx i cant wait yaish aa gulheny alkaa
Hehe.. Mizra ah rangalhu landeh dheynvy dhw.. ?.. Thanks ino.. ❤
??????
Thanks ❤
Wow
Thanks
Best author dheyn varah feney. Varah ufaavey konme dhuvahaku vaahaka up kiraathee. Mirza pregvee yageeney e ukheny yaish boluga alhuvan ehenviya nudhehchey
Awwn. Thank u sooo much dear..
Nau mrey next part up kolla dheeba?
Yes jjey.. Tday adhi one part up kuraanan.. Thanks dear..
Mizra kon plan eh kohgen baa eulheny…curious to know..varah reethi mi part ves…??alhey naira ah ehen nahadhaba…pure her….i wish her parents get convinced…waitting..ly n tc ❤️❤️❤️
Thanks click.. Ya dhw.. Hehe.. Lets see mizra kuran eulhey kameh..Ly too n tc..❤
Kiyaahithun indha nimunee?❤, varah reethi???
Thanks eyra❤
yaish ge bai varah kudakoh genys dhynee dho namaves varah reethi vaahaka
Ya.. I also felt like that.. Thikan adhi rangalhukohlaanan.. Thanks shanhaa
baraabarah story kiyan comment nukuriyas.hama vaahaka reethi kamun mi comment kury….nauge vaahakathah hama habeys…..love you nau….
Thank u sooo much yunaa.. Happy to see ur comment.. Ly too dear..
Shiwan alun goas nukurahchey ingey plx
Lets see dhw.. Thanks xaal
nau,plx….naira and shivan dhuru nukurahchey……
Lets see dhw dear.. Hehe
Soo sad… Naira ah v goi dhw……
Vvv salhi ingey nau…
Ya dhw dear.. Thanks
V salhi…
Waiting for next part.
??????
Thanks niu
mirxa akee dho naira ge dhontha. hehe vara reethi cant wait kiyaalaa hithun
Thanks dear.. No naira ge dhontha akee alkaa..
Masha Allah.. Nau haadha reechey mi story.. Avahah anehbai up kohdhehchey
Thanks dear
Aminath Ifasha