Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
HITHUGE THELHUN
ލޯބި

ހިތުގެ ތެޅުން (3ވަނަ ބައި)

neema Level 1
February 20, 2014 2 Mins Read
2 Comments

މާލޭގެ ފަޅުތެރެއަށް ލޯންޗު  ވަނުމުން އަދީލް ނިހާ ކައިރިއަށް ދިޔައެވެ. އޭރު ނިހާއަށް ވަނީ ނިދިފައެވެ. ކުޑަކުއްޖެއްފަދައިން ފައިކުރު ކޮށްލައިގެން އޮތްގޮތުން ނިހާއަށް ބަލަން ހުރެވުނީއެވެ. ލޯންޗުގެ އިންޖީނު ހުއްޓުމާއެކު ނިހާއަށް ހޭލެވުނެވެ. ކުރިމަތީގައި ހަށަންބަދެލައިގެން ހިނިއައިސްފައިހުރި އަދީލް ފެނުމުން ނިހާވެސް ހީލިއެވެ.

“އެގޭތަ؟؟؟ ދެންމްގަ ނިހާ ނިދާފަ އޮތްގޮތުން ހީވަނީ ކުޑަކުޑަ ބޭބީ އެއްހެން” އަދީލް ނިހާއާ ދިމާކޮއްލިއެވެ. އޭރު ނިހާގެ ނަޒަރުހުއްޓިފައިވަނީ މާލޭގެ ބައިބޯ މަގުމައްޗަށެވެ. ދުއްވާއެއްޗިހި ގިނަކަމުން ނިހާއިނީ ބޮލަށް އުދަގޫވެފައެވެ. ނަމަވެސް ހަމަޖެހޭގޮތް ދައްކާލަމުން ނިހާ ހިނިތުންވެލިއެވެ. ނިހާގެ ފޯން ވައިބްރޭޓްވުމުން ސަމާލުކަން ފޯނަށް ދިނެވެ.

“ވަރަށް އުފަލުން ދޯތިހުންނަނީ މާލެ ދެވުނީމަ؟؟؟؟ އެކަމަކު ހަދާންކުރާތި މިވަރަކުން އަދި އަހަރެންގެ ހިތެއް ނުފުރޭ…. އަހަރެންވެސް ދާނަން މާލެއަށް ވަރަށް އަވަހަށް.. ” ފޯނު އުގެމަތީގައި ބާއްވާފައި ނިހާ ފުންނޭވާ އެއްދޫކޮށްލިއެވެ. އެއީ ނިހާގެދިރިއުޅުން ނަރަކައަށް ހަދާލި ނިހާގެ ދޮންމަންމަގެ ދަރިފުޅު ޝިރުހާން އެވެ.

ކާރުގައި ގެއާހަމައަށް ދެވެންދެންވެސް ނިހާއިނީ ނެގިމަޑުވެފައެވެ. ނިހާ މާބޮޑަށް ވަރުބަލިވީކަމަށް ހީކޮށް އަދީލްވެސް އިތުރުވާހަކައެއް ނުދައްކައެވެ. ގޭގެދޮރުމަށްޗަށް ކާރު ހުއްޓުމުން ނިހާ ދޮރުހުޅުވާލިއެވެ. ކުރިއަށްއެޅި ފުރަތަމަ ފިޔަވަޅާއެކު ނިހާއަށް ހީވީ އޭނާގެ ފައިގައި ކަސްތޮޅުއެޅުނުހެންނެވެ. ކުރިމަތިން ފެންނަމުން ދިޔައީ ހަގީގަތެއްބާއޭވެސް ނިހާގެ ހިތް ސުވާލުކޮށްލިއެވެ.

އެއީ ކާކުކަން ނޭގުނުނަމަވެސް ނިހާގެ ހިތުގައި އެސޫރަ ބިންވަޅުނެގެނެވެ. އާދައިގެ ވަރަށްވުރެ ދިގު އިސްކޮޅެވެ. ރީތިވަރަކަށް ކޮށާލެވިފައިވާ އެހާފަންނޫން އިސްތަށިކޮޅެވެ. އިސްތަށިބޯ ބުމައާއި ހަންއޮމާން މޫނެވެ. ހިތްތަށް ކަތިލެވޭހާ ކަޅު ކަޅީގެވެރި ދެލޮލެވެ. ޓްރިމް ކުރެވިފައިވާ ތުބުޅިން އިތުރަށް ސްމާޓްކަމަށް ދައްކައެވެ. އަތްދިގުގަމީސް އުޅަބޮއްޓާ ހަމައަށް އަތްއޮޅާ ބެގީކޮފާ ހުރުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.

“ނިހާ…. އާދޭ އެތެރެއަށް…” އެސްފިޔަޖަހާލަން ނޭގިފައިހުރި ނިހާ ސިއްސައިގެން ދިޔައީ ދާދިކައިރިން އަދީލްގެ އަޑު އިވުމުންނެވެ. ތެޅިގަނެފައި އަދީލްއާ ދިމާއަށްބަލާލެވުނީ ވަގަކު ވައަކަން ކުރަން އުޅެނިކޮށް ފަޅާއެރީމާ ބަލާލާގޮތަށެވެ.

އަދީލްގެ ފަހަތުގައި ހުރެގެން ނިހާ އެތެރެއަށް ވަންއިރު އަދީލްގެ އަންހެނުން ތޫމާ ސޯފާގައިޓީވީ ބަލަންއިނެވެ. ނިހާފެނުމުން ތޫމާ ހިނިތުންވެލާފައި އައިސް ނިހާކައިރިއަށް ހުއްޓި އަތުގައި ހިފާލިއެވެ.

“ދެން އަހަރެން އެކަންޔެއްނުވާނެ އެއްނު އަދީލް ރަށުގައި ނެތަސް… ދޯ ނިހާ…” ނިހާއަށް ދޯ ދެމުން ތޫމާ އަދީލްއާ ވާހަކަދެއްކިއެވެ.

“އަށްދޭ… ތިހެންބުނީމަ ހީވަނީ ކުރިން ދޮންތަ އެކަނިކަމަށް މިގޭގައި އުޅެނީ…” ފަހަތުން އިވުނުއަޑަށް އެންމެން އެދިމާއަށް އެބުރުނެވެ.

ނިހާ މެއަށްހީވީ މީހަކު ފިނިފެން އެއްޗެއްޖަހާލިހެންނެވެ. ކުރިމަތީގައި އެހުރީ ނިހާއަށް ދެންމެގައި މަގުމަތިން ފެނުނު ޖާދުވީ މޫނުގެ ވެރިޔާއެވެ. ހިނިތުންވެލާފައި ހުރުމުން ކޮލަށް އެޅިފައިވާ އަޑިކޮޅުން ފެނުމުން ނިހާގެ ހިތްހުއްޓުނުކަހަލައެވެ.

” ޒިހާން… އެބައުޅެންދޯ ގޭގައި…. އަހަރެން ހީކުރީ އޮފީހުގަކަމަށް ވާނީ…” ޒިހާން އާ ސަލާމްކޮށްލަމުން އަދީލް ވާހަކަދެއްކިއެވެ.

“އާ… އޮފީހުގަ ހުރެފަ މި އައީ… ވަރަށް މުހިންމުފައިލެއް ބާއްވާފައިދެވުނީމާ މިއައީ…” ނިހާާއާދިމާއަށް ބަލާލަމުން ޒިހާން ޖަވާބުދިނެވެ.

“މީތަ….. ނި…ހާ…؟؟؟؟” ބަސްތައް ދުރުކޮއްލަމުން ޒިހާން ސުވާލުކުރިއެވެ. ޒިހާންގެ ދުލުން ނިހާގެ ނަން އިވުމުން ނިހާގެ ހިތް އުފަލުން ފޮޅުނެވެ. ނަމަވެސް އެކަންހާމަނުކޮށް ހަމައެކަނި ބޮލުގެ އިޝާރާތުން އޭއެކޭ ބުނެލިއެވެ.

“ދޮންތަ ދޭބަލަ ފައިލް ހިފައިގެން އަންނަން… ޕްލީޒް…” ތޫމާއާ ދިމާއަށް އެބުރެމުން ޒިހާން ބުނެލިއެވެ. އޭރު އަދީލްވެސް ފޯންއެއް އައިސްގެން ބޭރަށް ނުކުންނަނީއެވެ.

” ހައި… އައި އޭމް ޒިހާން… ތޫމާގެ ކޮއްކޮ.. މިގޭގަ އަހަރެންވެސް އުޅެނީ….” ތޫމާ ލޯމަތިން ގެއްލުމުން ޒިހާން ނިހާއަށް ތައާރަފުވެލިއެވެ.

” މީ… ނިހާ… އަދީލްގެ ކޮއްކޮ…” ނިހާވެސް ހިނިތުންވެލަމުން ޒިހާން އަށް ބަލާލިއެވެ. އެވަގުތު ޒިހާން ބަލަން ހުރިގޮތުން ނިހާ ރަކިވިއެވެ. ލަދުން އިސްއޮބާލިގޮތައް ގޮސް ކޮޓަރިއަށް ވަނެވެ.

ނިހާގެ ހިތް އޭރު ތެޅެމުން ދަނީ އޮބިނޯންނަވަރަށެވެ. ޒިހާން އޭނައާދިމާއަށް ބަލަން ހުރިގޮތް ހަދާންވުމުން ނިހާއަށް މޫނުގައި އަތްއަޅާލެވުނެވެ. މިއީ މީގެކުރިން ދުވަހަކުވެސް ނިހާއަށް ކުރެވިފައިވާ އިހުސާސްއެއްނޫނެވެ. ލޯތްބަކީ ކޮބާ ކަމެއް ނިހާއަކަށް ނޭގެއެވެ. ނަމަވެސް މިހާއަވަހަށް ޒިހާން އަށް އޭނާގެ ހިތް އެދެންފެށީއެވެ. ފުރަތަމަ ނަޒަރުންވެވޭ ލޯތްބަކީމިއީ ބާއޭ ނިހާގެ ހިތަށް އެރިއެވެ. އެދުގައި އޮށޯވެލައިގެން ޒިހާންގެ ހިޔާލުގައި ނިހާ އޮތެވެ. އެފޮނި ހިޔާލުތަކުގައި ހިނިތުންވެފައި އޮތް ނިހާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށެވެ. ނިހާ މަޑު ހިގެމެއްގާ ގޮސް ދޮރު ހުޅުވާލިއިރު ތޫމާ ހެވިފަ ދޮރުމަތީގައި ހުއްޓެވެ.

“އަށްދެ… އަހަރެން ހީކުރީ ފެންވަރަން ކަމަށް ނިހާ ކޮޓަރިއަށް އައީ؟؟؟ މާބޮޑަށް ވަރުބަލީ ދޯ؟؟؟” އެތަށް ޒަމާނެއްވަންދެން އެކުގައި އުޅެފައިވާ އެކުވެރިއެއް ފަދައިން ތޫމާ ވާހަކަ ދެއްކިއެވެ.

“އާން، ކުޑަކޮށް އަރާމު ކޮއްލަންވެގެން ކޮޓަރިއަށް އައީ… ދޮންބެދައްތާ މިގޭގަ އުޅެނީ ކޮންބައެއްތަ؟؟؟؟” ނިހާވެސް ބީރައްޓަހިކަން އެއްފަރާތް ކުރަމުން ވާހަކަ ދެއްކިއެވެ.

“މިގޭގަ އިންނާނީ 3ކޮޓަރި… އެއީ ތިރީގަ އެއްކޮޓަރި… މަތީގަ ދެކޮޓަރި… މީ ނިހާގެ ކޮޓަރި… ޖެހިގެން އެއީ ޒިހާންގެ ކޮޓަރި ދެން…..” ތޫބާގެ ޖުމުލަ ފުރިހަމަ ނުވަނީސް ނިހާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. މާލެ އައުމުން އޭނާގެ ހިތާމަވެރި ދިރިއުޅުމުގައި ސިއްކަ ޖެހުނީކަމަށް ނިހާއަށް ހީވިއެވެ. ނަމަވެސް ތަގުދީރުގައި ވާގޮތެށް އެއްވެސް މީހަކަށް ނޭގޭނެތާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

neema

Level 1

Other Articles

Previous

އެކުގައިވާން އެދެމޭ… 8

Next

އެކުގައިވާން އެދެމޭ… 9

Next
February 20, 2014

އެކުގައިވާން އެދެމޭ… 9

Previews
February 19, 2014

އެކުގައިވާން އެދެމޭ… 8

2 Comments!

  1. lady gaagaa says:
    February 20, 2014 at 1:52 pm

    vrh reathi mi bai ves
    next part akah vrh wait kurevey eba

  2. liu says:
    February 20, 2014 at 2:24 pm

    Haadha kurey thankolheh dhigukohlaba

Comments are closed.

Next Episodeހިތުގެ ތެޅުން (4ވަނަ ބައި)←


All Right Reserved!