ކުށްވެރި ލޯބި 1
އަހަރެންނަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމަ އެކަނި ކުއްޖާއެވެ. އެހެންކަމުން އަހަރެންނަށް އަހަރެން ބޭނުންވާ ހުރިހާ ކަމެއްވެސްވެއެވެ. ވިލާތަކުގެ މަތީގައި އަހަރެން ބޭނުން ގޮތަކަށް އުދުހުމުގެ މިނިވަންކަން އަހަރެންގެ މައިން ބަފައިން ވަނީ އަހަންނަށްދީފައެވެ. އަހަރެންގެ އުފަލަށްޓަކާ އެމީހުން ފުރާނަވެސް ގުރުބާން ނުކުރާނެ ކަމާއި މެދު އަހަންނަށް ޝައްކެވެ.
އަހަރެންދެކޭ ގޮތުގައި މިދުނިޔެ އަކީ އަހަރެމެން އުފާކުރަންވާ މާހައުލެކެވެ. އޭގެ ސަބަބުން މަންމަމެން އަހަންނައް ދީފައިވާ މިނިވަން ކަމުގެ ފައިދާ އަހަރެން ވަރަށް ވެސް ރަނގަޅަށް ނަގަމެވެ. ނަމަވެސް މީހެއްގެ ދިރިއުޅުން ބަދަލުވެގެން ދާނީ ބުނެފައެއް ނޫނެވެ. އަހަރެންނަށް ވެސް އަހަރެންގެ ހަޔާތް ބަދަލުކޮށްލުމަށްޓަކައި ބޯމަތިންނެގި ކަޅު ވިލާ ގަނޑެއް ނުފެނެއެވެ. ތޫފާނުގެ ވައި އައި އިރުވެސް އަހަރެންގެ އުފާވެރި ދުނިޔެއަށް ހިލަމެއްވެސް ނުވެއެވެ.
އިޒާން އަކީ އަހަރެންގެ ހިތުގެ ވިންދެވެ. އަހަރެންގެ ނޭވާއެވެ. އަހަރެންގެ ހުރިހާވެސް މީހަކީ ހަމަ އެއީއެވެ. އަހަރެން އެތައް ފިރިހެނުންނާ އެކު އެތައް ގޮތަކަށް އުޅެފައިވާނެއެވެ. ނަމަވެސް އިޒާން ފެނުމުން އަހަންނަށް މިވަނީ ތަފާތު ގޮތެކެވެ. ހީވަނީ މޭފަޅާފާ ހިތް ނިކުމެދާނެ ހެންނެވެ. އިޒާންގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އަހަންނަށް ވެސް ނޭނގިއެވެ.
އެއީ 1 ޖެނުއަރީ 2016 އެވެ. އަހަރެމެން ދެމީހުން ދިމާވީ ނިއު އިޔާ ޕާޓީން ނެވެ. އަހަރެން އަހަރެންގެ ރައްޓެހިންނާ އެއްކޮށް ޕާޓީއަށް ގޮސް އުޅެނިކޮށް އަހަރެންނަށް އިޒާން ފެނުނީ ލަވަކިޔަން ސްޓޭޖް މައްޗައް އަރާ ހުއްޓައެވެ. އިޒާން ލަވަކިޔާ ނިމެންދެން އަހަރެންނަށް ހުރެވުނީ އެރީތި މޫނުގެ ޖާދޫގައިޖެހިފައެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލީގައި އެދޮން މޫނު ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. އަޅި ފެހި ކުލައިގެ ކަޅިއެއް ލިބިފައިވާއިރު ހީލުމުން އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.
އިޒާން ލަވަކިޔަން ހުރިއިރު އެތައް އަންހެން ކުދިން އިޒާން އަށް ބަލަމުން ޗުކު ޗުކު ލައްވާތީ އަހަރެންނަށް ރުޅިއާދެވުނެވެ. އަހަރެންނަށް މިވާގޮތް ހުދު އަހަރެންނަށް ވެސް ނޭނގެއެވެ. ލަވަކިޔާ ނިއްމާލުމަށްފަހު ސްޓޭޖުން ފައިބަމުން އިޒާން އަހަންނާ ދިމާލަށް ބަލާލިއެވެ. ނޫނެކެވެ. މިއެއްމެންގެ ތެރެއިން އޭނަ އަހަންނާ ދިމާލަކަށް ނުބަލާނެއެވެ. އަހަރެން އަމިއްލައަށް އޭނަ ބަލާކަމަށް ހެދެނީއެވެ.
އިޒާން ސްޓޭޖުން ފެބުމާއި އެކު އަހަރެން އޭނައާއި ދިމާއަށް ހިނގައިގަތީމެވެ. އެއްފިޔަވަޅު ކުރިއަށް އަޅައިފިއްޔާ ދެފިޔަވަޅުފަހަތަށް އަޅަމެވެ. މިކަހަލަގޮތަކަށް އުޅެމުން އެންމެ ފަހުން ގޮސް އިޒާން ކައިރިއަށް ހުއްޓިލީމެވެ. ކޯކު ތައްޓެއް ހިފައިގެން އެނބުރުނު އިޒާން ޖެހުނީ އަހަރެންގެ ގައިގައެވެ. އެއާއިއެކު އިޒާންގެ އަތުގައިހުރި ކޯކު ތަށި އަހަރެންގެ ގަޔަށް ބަންޑުން ދިޔައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔަވަގުތު އަހަރެންނަށް ކުރެވުނީ ތަފާތު އިހުސާސްއެކެވެ. އޭރު އިޒާން ހުރީ އަހަރެންނާއި ވަރަށް ކައިރީގައެވެ.
-ނުނިމޭ-
25 Comments!
Comments are closed.

Reethi vaanehen hyvany…starting varah salhi…?
Waiting..?
Thank you.. Keep waiting.. <3
story varah reethi vaanehen heevey ekm kaadha kurey
Lets see dhw.. Thank you Shau.. Next part dhigu kohleweythw balaanan.. <3
Story very very nice but varah kurey I hope next parte will big ???
Thank you dear.. Nxt prt dhigu kohleweythw balaanan… <3
Hye Guys.. This is my first stwrii mikahala site ehga! So let me know mistake thah.. I will try to improve.. Thank You.. <3
Varah reethi vaanhen hyvey
Thnks Shau <3
Varah reethi vaanhen hyvey
kon iraku next part?? story is very nice
I will try maadhamaa ahh.. Thanks Darla.. <3
Vv salhi…. Hykuran dhen oii paat vx salhi vaanekamah…
Ekam vv kuru dhigukohlah chey….
Yeah… Nxt prt dhigu kohla dheynan.. Thnk yew.. <3
V Salhi
Thank yuhh.. <3
Story nice vaane henn heevey… Keep it up n thankolheh dhigukoh genesdhehchey ingey…
Will try Sweetie.. Keep waiting.. <3
Is this a real one ???
Vrh salhi…
Nah.. its not a real one.. Thnks Dear.. <3
Thanks Her… Yahh… I will be waiting for next part Sweetie… Heheheh
Hehe.. <3
Reethi vaanehen heevey…nimeyndhen up kohdhehchey..dhn next part dhigukohladheythi…when next part? Waiting…..?❤❤❤❤
#sanagecomment
In Sha Allah.. Nimen dhen up kohdheynan.. Thanks.. <3
varah reethi mi story