Skip to content
އެސްފިޔަ

ސިއްރުން މިހިތާ ކުޅެނީހޭ (ނުވަވަނަބައި)

“މިކްޔަން” ޓީވީ ބަލަން އިން މިކްޔަން އަށް ކޮޓަރީގައި ހުރި އާލިމާ ގޮވާލިއެވެ. މިކްޔަންވެސް އެ ބާރުމުނުގައި ކީއްވީހޭ އެހުމުން އާލިމާއެދުނީ އެކޮޓަރިއަށް އައުމަށެވެ. ޗޮކެއް ކަނޑާލުމަށްފަހު މިކްޔަން އާލިމާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އާލިމާގެ ކޮޓަރިއަށް ވަންނަން ދިޔަ މިކްޔަން ސިކުންތަކަށް ހުއްޓުންއެރީ އެކޮޓަރިން ނިކުމެގެން އައި ޒާއިން ފެނިފައެވެ. ޒާއިން މިކްޔަން އަށް ބަލާލުމެއްވެސް ނެތި އެތަނުން ދިޔައެވެ.

“މިތާ އިށީއިނެބަލަ” އެނދަށް އިޝާރަތް ކުރަމުން އާލިމާ ބުނެލިއެވެ. އެތާ ގޮނޑިއެއްގައި ނާސިހްވެސް އިށީއިނދެލައިގެން އިނެވެ. މިކްޔަން މަޑުމަޑުން ގޮސް އާލިމާ ކައިރި އެނދުގައި އިށީއިނދެލިއެވެ.

“ހޫމް. ކޮންއިރަކުންނޭ ޔާނާ ވަރިކުރަން ތިއުޅެނީ؟” އާލިމާ މަލާމާތުގެ ގޮތަކަށް މިހެން ބުނުމުން މިކްޔަން ސުވާލުގެ ނަޒަރަކުން އެއްފަހަރު އާލިމާއަށް އަދި އަނެއްފަހަރު ނާސިހް އަށް ބަލާލިއެވެ. “މިކްޔަން ތިއުޅެނީ ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެންތަ.” އާލިމާގެ އަޑުގައި މިފަހަރު ވީ ރުޅިވެރިކަމެވެ. މިކްޔަން ފާޑަކަށް ތުންފިއްތާލީ ވީފޫހިންނެވެ. “ބަލަ ޒިޔާދުމެން އަހަރެމެންނަށް އޭނަގެ ދެލޯފަދަ ނޫރު ހަވާލު ކުރާނީ ހާދަ ބޮޑު އިތުބާރެއްކުރާތީއޭ. ޔާނާ ވަރިކޮށްލާފަ ނެރެލީމަ އަހަރެމެންގެ އަގޭ ވެއްޓޭނީ” މިހުރިހާވާހަކަ އެއްދެއްކިއިރުވެސް ނާސިހް އެކެއްޗެކޭވެސް ނުބުންޏެވެ.

“މަންމަ މެން އުޅޭނީ މަންމަ މެންގެ އަގު ވެއްޓޭތީ. އެއްފަހަރުވެސް އަހަރެންގެ އުފަލަކަށް ނުވިސްނާނެ. އެހެންވެ އަހަންނަށް ބުނެވެނީވެސް މަންމަމެންގެ އަމިއްލައެދުން ބޮޑީއޭ” މިކްޔަން އަސަރެއްނެތި ބުނެލިއެވެ.

“މިކްޔަން.” ނާސިހް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެކަން ހުއްޓުވީ އާލިމާއެވެ. “އަހަރެމެން މިކްޔަންގެ އުފަލަށް ވިސްނާތީ މިބުނީ ނަޝްވާ ކަމަކު ނުދެއޭ. ކޮބާ އޭނާގެ ރަނގަޅުވާ ގޮތަކީ. މީހުން ކިޔަނީ އޭނާގެ ގޯސް ވާހަކަ”

“މަންމާ ޕްލީޒް. ނަޝްވާ ކުރިން އެހެން އުޅުނަސް އޭނަ އެހެނެއް ނޫޅޭ މިހާރު. ކުރިން މަންމަ ވެސް އޯކޭ ވެފަ. މިހާރު ކޮބާ މައްސަލައަކީ؟” މިކްޔަން އާލިމާގެ އަތުގައި ހިފާލިއެވެ. އާލިމަވެސް މިކްޔަންގެ އަތްމަތީ އަތްބާއްވާލިއެވެ. “އާން. އަހަރެން ވެސް ހުރީ މޮޔަވެފަ. މިކްޔަންގެ އުފާ މުހިއްމުވީ. އެކަމް އަދިވެސް މީހުން ކިޔައޭ ނަޝްވާ ފިރިހެނަކާއެކީ އުޅޭ ވާހަކަ. އިނގޭ މީހަކު ބުނާއެއްޗެއް ގަބޫލު ކުރަން ނުވާނެކަން. އެކަމް މިހާރު ޔާނާއަކީ ދަރިފުޅުގެ އަނބިމީހާ. އޭނާގެ ކުށަކީ ކޮބާ؟” މިކްޔަން އާލިމާގެ އަަތުން ދޫކޮށްލިއެވެ.

“ހަހް ކުށޭ؟ އޭނާގެ ކުށަކީ އަހަރެން ދެކެ ލޯބިވުން. ހޭބަލިވުން. އަހަރެން އުޅެނީ މީހަކާ ގުޅިގެންކަން އެނގިހުރެ އަހަންނާ ގަދަކަމުން ކައިވެނި ކުރުން”

“އަހަރެން ދޮގުހެދީ. ޒިޔާދު އެހި އަހަރެން ކައިރި މިކްޔަން އުޅެނީ ކުއްޖަކާ ގުޅިގެންހޭ. މީހަކާ ނުގުޅޭނަމައޭ ކައިވެނި ކުރުވަން ބޭނުމީ. އެކަމް އަހަރެން ޒިޔާދު މެންނަށް އޮޅުވާލީ” ނާސިހް ތެދުހާމަ ކުރިއެވެ. “ބައްޕަ ތިހާ ބޮޑު އޮޅުވާލުމެއް؟ ކީއްވެގެން ބައްޕަ މެންނަށް ނުވިސްނެނީ. އަހަރެންގެ އުފަލަކީ ނަޝްވާއޭ. އަހަރެންނަށް ހެޔޮ އަހަރެން ޔާނާ ވަރިކުރާނަން ވަރަށް އަވަހަށް” މިކްޔަން މިހެން ބުނެ ދާން ހިނގައިގަތެވެ.

“އެހެންވިއްޔާ މިކްޔަން ވެސް އަޑުއަހާ. މިކްޔަން ޔާނާ ދޫކޮށްލާފިއްޔާ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ފެންނާނީ. ދެން މިކްޔަންއަށް އިނގޭނީ އެ ބޭރު އަންހެނާތޯ ނޫނީ ބަނޑުއަޅާވިހޭ މަންމަ ތޯ މުހިއްމީ” އާލިމާ ޖޯޝާއެކީ ބުނެލިއެވެ. ކުށެއްނެތް ކުއްޖެއްގެ ދިރިއުޅުން ހަލާކުވާކަށް އޭނާއެއް ނޭދެއެވެ. “ހަނދާންކުރާތި ތިކަމުގެ ސަބަބުން މަންމަ އަމިއްލަ ނަފްސަށް ކަމެއްކުރިއްޔާ އަހަރެން މީ ނުލަފާ މީހެއްކަން އަންގާލާނަން. ނަޝްވާގެ ދުވަސް ދުއްވާލާނަން.” މިފަހަރު ނާސިހް ބުނެލިއެވެ. މިކްޔަން ހަތަރު އުދަރެސް ފެނުންޖެހުނު މީހެއްފަދައިން އެކޮޓަރިން ނިކުމެގެން ދިޔައެވެ.

*****

ނަޝްވާއާއި ނަޒީހް އިނީ ނަޝްވާމެން ގޭގައެވެ. “ނަޒީހް ދެން އަހަރެން ބޭނުމީ މިކްޔަންއާ އަހަރެންގެ ގުޅުން ކަނޑާލަން. އަހަންނަކަށް ނުވާނެ ދެން. ނަޒީހް ކޮންކަމެއް ބޭނުން ވަނީ މިކްޔަންގެ ފަރާތުން. ފައިސާތަ؟” ނަޒީހްގެ މޭގައި ބޯއަޅައިލައިގެން ނަޝްވާ ވާހަކަ ދެއްކިއެވެ. “އަހަރެން ބޭނުމެއްނޫން ފައިސާއެއް. އަހަރެންއަތުގައި އެބަހުރި ފައިސާ އަހަރެން ބޭނުންވާވަރަށް. އެއްމެ ރަނގަޅު. އެކަމް އޭނައާ ރުޅިވިޔަސް ނަޝް ޖެހޭނެ އޭނައާ ވާހަކަ ދައްކަން. މިހާރު އޭނަ ނަޝް ދޫކޮށްލާފިއްޔާ އޭނަވަރަށް ދެރަވާނެ. އަހަރެންބޭނުމީ އޭނަ ދެރަވާން. ހަމައެކަނި ދެރަވާން. އުފަލެއް ނުލިބުން. ވަގުތު ޖެހުނީމަ ނަޝް އަށްވެސް އިނގޭނެ އަހަރެން މިހެން މިބުނީ ކީއްވެގެންކަން” ނަޝްވާ ބޯޖަހާލިއެވެ.

****

ފަތިސް ނަމާދަށް ހޭލާފައި ނިދުނު ޔާނާއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭނާ މިއަދު ހޮސްޕިޓަލްއަށްދާންޖެހެއެވެ. ޗުއްޓީ ހަމަވީއެވެ. އަދި މިއަދު އެތަށް ކަމެއް ބަދަލުކުރަންވެސް ޖެހޭނެއެވެ. ފުންމައިގެން ތެދުވި ޔާނާއަށް ފެނުނީ މިކްޔަން ޓައީ ރީތިކުރަން ހުއްޓައެވެ. ކަމަކު ދާކަށް ނެތެވެ. ގަޑިޖެހެނީއެވެ. ޔާނާ ގޮސް ތުވާލި ނެގިއެވެ. “ޔަން. އަހަރެން ވަރަށް އަވަސް ކޮށްލާނަން. އަހަރެން ގޮވައިގެން ދާން ހުންނައްޗޭ” ޔާނާ އިރުކޮޅަކު މިކްޔަން އަށް ބަލަން ހުރީ މިކްޔަން އެއްޗެކޭ ބުނޭތޯއެވެ. ޖަވާބެއް ނުލިބުމުން ޔާނާ ފާހާނައަށް ވަނެވެ.

ފާހާނައިން ނިކުމެގެން އައި ޔާނާ ކޮޓަރިއަށް ބަލާލީ މިކްޔަން ހުރިތޯއެވެ. ނަމަވެސް ނެތެވެ. ޔާނާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު މިކްޔަން ކާރުގައި ދުއްވާލަނީއެވެ. ޔާނާ ފުންނޭވާއެއްލިއެވެ. ކުރިން ވިއްޔާ ރުޅިއައިސްގެންވެސް އެއްޗެކޭ ބުނެލާނެއެވެ. މިހާރު ވިއްޔާ އަނގައިންވެސް ނުބުނެއެވެ.

ޔާނާ ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަސޫރައަށް ބަލާލިއެވެ. ލާފައި ހުރީ ކަޅު ބޮޑު ހެދުމެވެ. އޭނާ ބޭނުންވީ މިހެދުން ލައިގެން ހުރެ އެއްމެފުރަތަމަ ވެސް މިކްޔަން އަށް ފެންނާށެވެ. ނަމަވެސް..
ޔާނާ އޭނާގެ ފަންއިސްތަށި ގަނޑުގައި ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ނޫކުލައިގެ ޝޯލްއެއްނަގައި ޒަމާނީ ގޮތަކަށް އަޅާލިއެވެ. ތުންފަތުގައި ފިޔާތޮށި ކުލައިގެ މަޑު މަޑު ލިޕްސްޓިކްއެއް ހާކާލުމަށް ފަހު ލޯ އަނދުނުން ފަވާލިއެވެ. އެއަށްފަހު ކަބަޑް ހުޅުވައިލައިފައި ނޫކުަލައިގެ ހިމަ ބެލްޓެއް ނަގައި އުނަގަނޑުގައި އަޅާލިއެވެ. ފައިވެސް އިސްޓާކީންއިން ފޮރުވާލުމަށްފަހު ކަޅު ބޫޓަކަށް އަރާލިއެވެ. އެއަށްފަހު ބޭނުންވާ ސާމާނު ދަބަހަކަށް އަޅާލުމަށް ފަހު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތެވެ.

“މާ ޝާ ﷲ ޔާނާ. ހާދަ ފުރިހަމައޭ.” ސައިބޯން އިން އާލިމާ ބުނެލިއެވެ. ޔާނާ ހިނިތުންވުމަކުން ފުއްދާލިއެވެ. “މަންމާ. މިއަދު އަޅުގަނޑަށް ނިދުނީ. އެހެންވެ ބަދިގެއަށް ނާދެވުނީ”

“އާން ޔާނާ. އެ ރަނގަޅުވާނެ. މިހާރު އެއްމެން ސައިބޮއިފި. ޔާނާ ވެސް އާދޭ” އާލިމާ ސައިބޮމުން ބުނެލިއެވެ. “ނޫނޭ. މިހާރު ވަރަށް ލަސްވެއްޖެ. ހޮސްޕިޓަލް އިން ބޯލާނީ. ދަނީ އިނގޭ” ޔާނާ މިހެން ބުނެ ހަލުވި ހިނގުމެއްގައި ނިކުމެގެން ދިޔައެވެ.

****

“މިހާރު ހާދަ ވަރަކަށޭ އަހަރެން ކައިރި ކަންކަމުގައި ކިޔަނީ. ލައިކް ވަނީތަ” ސައިކަލު ދުއްވަން އިން ޒާއިން ސުވާލުކުރީ ފަހަތުގައި އިން ލާރާއަށެވެ. “ޗީ ނޯ. އަހަރެން ކަންތަކު ކީމަ އުދަގޫ ވަނީތަ؟” ފާޑަކަށް މޫނުހަދަމުން ލާރާ ބުނެލިއެވެ. މިއަދު ލާރާގެ އެދުމުގެ މަތިން ޒާއިން އެދަނީ ލާރާ އޭޑީކޭއަށް ލާށެވެ. “ނޫނޭ. ލާރާގެ ބީއެފް ހިތްހަމަ ނުޖެހިދާނެތީ” ލާރާ އަށް ދެބުމަ ކައިރި ކޮށްލެވުނެވެ. އަހަރެންގެ ބީއެފް އެއް ހުންނަކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. “ކާކު އަކީ އަހަރެންގެ ބީއެފް؟”
“އަހަރެން..ހަހަ. ސާބަސް. ގަބޫލެއް ނުކުރެވޭ ލާރާ ބީއެފް އެއް ނުހުންނާނެ ކަމަކަށް.” ލާރާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތްހިނިތުންވުމެކެވެ. “ހޫމް. ހުރޭ. އޭނަ ވަރަށް ކޫލްވާނެ. ޒާއިން ހުރޭ؟”

“ނޫން އަހަރެން ލަކީއެއްނޫނޭ.” ޒާއިން މިހެން ބުނެ ސައިކަލްހުއްޓާލިއެވެ. އޭޑީކޭއަށް އާދެވުނީއެވެ. ލާރާ ސައިކަލުން ފޭބިއެވެ. “އޯކޭ.އަހަރެން ބަލައި އަންނާނަން ދޯ؟”

“ނޭނގެ” ޒާއިން ކުރުޖަވާބެއްދިނުމަށްފަހު ސައިކަލު ދުއްވާލިއެވެ. ފާޑަކަށް މޫޑްއޮފްވީއެވެ.

ފަހަތަށް ދެކޮނޑު އަރުވާލާފައި އެނބުރުނު ލާރާއަށް ޔާނާ ފެނުމުން ހުއްޓުންއެރިއެވެ. އެ ހަމަ އޭނާގެ ދޮންތަ ހެއްޔެވެ.”ދޮންތާ” ލާރާ ގޮވާލުމުން ހޮސްޕިޓަލްއަށް ވަންނަން ދިޔަ ޔާނާ ބަލާލިއެވެ. ވާއުއޭ ކިޔާ ލާރާ ޔާނާ ގައިގައި ބައްދާލިއެވެ. “ނުވެސް ބުނެ ތި ބަދަލުކޮށްލީ. އަހަރެންވެސް ލާހިތްވޭ” ލާރާ ބުނުމުން ޔާނާ ހިނިތުންވެލިއެވެ. އެއަށްފަހު ބްރޭކް ގަޑީބައްދަލުވާނޭ ކިޔާފައި އެތަނުން ދިޔައެވެ.

ކެބިންނަށް ދިޔަމަގުމަތީވެސް ޔާނާގެ ލޯހޯދަމުން ދިޔައީ އެއްމެފަރާތެކެވެ. ނަމަވެސް ނަސީބްދެރަކަމުން ދިމާވާ ގޮތެއް ނުވިއެވެ. ބަލިމީހުން ބަލަމުން ދިޔަ ޔާނާ ދޮރާދިމާލަށް ބަލާލީ ދޮރުހުޅުވުމަށްފަހު ވަދެގެން އައި ދެމީހަކަށެވެ. އެކަކު ހުރީ މޫނުބުރުގާ އަޅާފައެވެ. ހީވާގޮތުން ދެމަފިރިންނެވެ. ފިރިހެންމީހާ ބޮޑަށް ވައްތަރީ ޕާޓޭ މީހަކަށެވެ. ކަރުގައި އެކި ވަރުގެ ފަށްތަށް އަޅައިފައި ހުރިއިރު ބޯވެސް އެހާދިގެވެ.

ކޮންމެއަކަސް ޔާނާ ހިނިތުންވުމަށްފަހު އިށީއިނުމަށް ބުނެލިއެވެ. “އާދެ. ކިހިނެއްތޯ ވަނީ؟” “މަންޖެ ހާދަ ރީއްޗޭ” އެ ފިރިހެންމީހާ ބުނެލިއެވެ. ޔާނާ ކަރުކެހެލުމަށްފހު މޫނުބުރުގައި އަޅާފައި ހުރިމީހައަށް ބަލާލަމުން އަނެއްކާ ސުވާލު ތަކުރާރު ކޮށްލިއެވެ. ޔާނާގެ ލޯލިތަށް ކޮޅަށްޖެހުނީ އެ ފިރިހެންމީހާ ތެދުވެ އައިސް ޔާނާގެ އަތުގައި ހިފާލީމައެވެ. ޔާނާ ވަގުތުން އަތްފޮޅުވާލިއެވެ. އެއަށްފަހު އެއަންހެން މީހާއަށް ބަލާލީއެއްޗެކޭ ބުނޭތޯއެވެ. އެމީހާ އަޅައިފައި ހުރި މޫނުކޮޅު ނެގިއެވެ. ޔާނާގެ ދެލޯބޮޑުވިއެވެ. އެވެސް ފިރިހެނެކެވެ. އެމީހަ އައިގޮތަށް އައިސް އުޅުނީ ޔާނާގެ އަނގަ މަތީ އަތްއަޅާށެވެ. ނަމަވެސް އެއަށްވުރެ ކުރިން ޔާނާ ހަޅޭލަވައި ގަތެވެ. ޔާނާގެ ނަސީބު ރަނގަޅުކަމުން އެތާއުޅޭ ސްޓާފެއް އެތަނަށް ބޯދިއްކޮށްލިއެވެ. އެއަށްފަހު ފެނުނު މަންޒަރުން ވަގުތުން ސެކިއުރެޓީގެނައެވެ. ޔާނާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އެމީހުން ގެންދިޔާމައެވެ.

****

ލާރާއާ އެކީ ކޭންޓީނަށްވަދެގެން އައި ޔާނާދިޔައީ މިއަދު ވީކަންތައް ކިޔާދެމުންނެވެ. ވާހަކަ ކިޔާދެމުން ދިޔަ ޔާނާ ލައިގަތީ މިކްޔަން ގައިގައެވެ. ވެއްޓުމުން ސަލާމަތްވުމަށް ޔާނާއަށް ހިފާލެވުނީ މިކްޔަންގެ ގަމީހުގެ ގިރުވާނުގައެވެ. ނަމަވެސް އެވަރުން ސަލާމަތްނުވެގެން ޔާނާ ބިންމައްޗަށް ވެއްޓެންދިޔައެވެ.ނަމަވެސް ހުށިޔާރު ކަމާއެކީ މިކްޔަން ޔާނާގެ އުނަގަނޑުގައި ހިފާލިއެވެ. އެއަށްފަހު މިކްޔަންގެ ނަޒަރު ހުއްޓުނީ ޔާނާގެ މޫނުކޮޅަށެވެ. އެއީ ޔާނާކަން އިނގެން މިކްޔަންއަށް ކުޑަވަގުތުކޮޅެއް ނެގިއެވެ. “ޔާނާ” މިކްޔަންއަށް ޔާނާގެ ނަންކިޔާލެވުނީ އިޙްތިޔާރުން ބޭރުގައެވެ. އިރުކޮޅަކަށް ނަމަވެސް މިކްޔަންއަށް ޔާނާގެ މޫނަށް ބަލަންހުރެވުނެވެ. ޔާނާއަށް ވެސް ވީއެވަރެވެ. މިކްޔަންގެ ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. ޔާނާ ހުރީ އަނގަމަތީ އަތްއަޅައިގެން ހިނިތުންވެފައެވެ. ފަހަތުގައި ހުރި ހުސެން ކަރުކެހިލުމުން މިކްޔަންއަށް ހަމަބިމަށްއާދެވުނެވެ. ލިބުނު ސިހުމުން ޔާނާގެ އުނަގަނޑުންވެސް ދޫކޮށްލިއެވެ. މިކަމާ ނުވިސްނާހުރި ޔާނާގޮސް ބިންމައްޗަށް ޖެހުނެވެ. ޖެހުނު ގޮތަކުން އުނަގަނޑަށްވެސް ތަދެއްއަރައިގެން ދިޔައެވެ. މިކްޔަން އެތަނުން ދާން ބޭނުންވިޔަސް ލާރާ ހުރުމުން ދާކަށް ނުކުރުނެވެ. އެހެންވެ މަޑުމަޑުން ޔާނާއާ ދިމާލަށް އަތްދިއްކޮށްލީ ހިފާށޭބުނާފަދައިންނެވެ.

މިކްޔަން ދިއްކޮށްލި އަތަށް ބަލަންހުރެ ޔާނާ އެއަތުގައި ހިފާލިއެވެ. ޔާނާ ތެދުވުމުން ލާރާ ވާހަކަ ދައްކަންފެށިއެވެ. “ޔޫ ގާއިސް އާ ކިއުޓް. ހިނގާ އެހެންވެ ސައިބޯން.ހުސެން ވެސް އާދޭ” ޔާނާގެ އަތުގައާއި މިކްޔަންގެ އަތުގައި ހިފަމުން ލާރާބުނެލިއެވެ. ހުސެން ނޫނެކޭ ބުނުމަށްފަހު އެތަނުންދިޔައެވެ.ލާރާ ގޮސް ހުސް މޭޒެއް ހޯދުމަށްފަހު އިށީއިނެވެ.

“ދޮންތަބެ ވަރަށް ދުރު” ލާރާ ފުރަތަމަ ވެސް ބުނެލީ މިހެންނެވެ. މިކްޔަން ހިނިތުންވެލިއެވެ. “ޒާއިން އާ ކައިރިއޭނުން” ލާރާ ޗޮކެއް ކަނޑާލިއެވެ. “ހޫމް ވަރަށް ކައިރި. ހެހެ. މިއަދު އަޅުގަނޑަށް ބީއެފްއެއްވެސް ދީފި.” މިކްޔަން މަޑުމަޑުން ހިނިގަނޑެއް ޖަހާލިއެވެ. “އަޅުގަނޑު ބުނިން ދެން ބީއެފްއެއް ހުރެޔޭ. އެކަމް އަސްލު ނުހުރެ އިނގޭ. ދޮންތަބެ ނުވާނެ ބުނެގެން އަޅުގަނޑު ބީއެފް އެއްހުންނަކަން އިނގޭ” ލާރާ އަވަސް އަވަހަށް ބުނެލިއެވެ.

“ޔަގީނޭނުން” މިކްޔަން ބުނެލިއެވެ. ޔާނާ އިނީ މިއޮއްހާއިރު މިކްޔަންއަށް ބަލަހައްޓައިގެންނެވެ. މީހަކާ މިހާގާތްކޮށް މިކްޔަން ވާހަކަ ދައްކާތަނެއް އަދި ޔާނާއަކަށް ނުފެނޭވިއްޔާއެވެ. “ދޮންތަ މިހާރި މާ ސަޅިދޯ ދޮންތަބޭ” ލާރާގެ މިސުވާލުން ޔާނާ އިސްދަށަށް ޖަހާލިއެވެ. މިކްޔަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވެ ހިނިތުންވުމަކުން ފުއްދާލިއެވެ. “ދެން ތި މީހުން ކޮންއިރަކު ބޭބީއެއް ހޯދާނީ؟ މިހާރު މެރީ ކުރިފަހުން މަހަކަށް ވުރެ ގިނަދުވަސް ވަނީ” ޔާނާއާއި މިކްޔަންއަށް އެކަކު އަނެއްކަކަށް ބަލާލެވުނީ ކުއްލިއަކަށެވެ. މިފަހަރު ނަޒަރު ވަކިކޮށްލީ ޔާނާއެވެ. “އެއްކަލަ އަނގަގަދަ މިތުރު. މަޑުން އިނެ ސައިބޯންވީ” ޔާނާ ލާރާގެ އަތުގައި ބޮނޑިއެއްއަޅާލިއެވެ. ޔާނާ ޖެހިތާފިރުމަމުން ލާރާ ސައިބޯންފެށިއެވެ.

****

ލާރާ ގެއަށް ދިޔުމަށްޓަކައި ހޮސްޕިޓަލްއިން ނިކުތެވެ. ޒާއިންއަށް މެސެޖްކުރަން އުޅެފަވެސް ކުރަން ނުކެރުނީއެވެ. ސީދަ މޫނު މައްޗަށް ނޭނގެއޭ ބުނީމައެވެ. ގެއަށް ދިޔުމަށް ހިނގައިގެން ލާރާ ހުއްޓުން އެރީ ކުރިމައްޗަށް ސައިކަލެއް އެރުމުންނެވެ. އެއީ ޒާއިންކަން އިނގުމުން ލާރާ އަވަހަށް ސައިކަލު ފަހަތަށް އެރިއެވެ. “ކީއްވެ ދޮންމަނިކު ތިއައީ. އަހަރެން ހީކުރީ ނާންނާނެ ކަމަށް” ސައިކަލު ނައްޓާލުމުން ލާރާބުނެލިއެވެ. ޒާއިން އެއްވެސް އެއްޗެކޭ ނުބުނެ ސައިކަލުގެ ސްޕީޑް ބާރުކޮށްލިއެވެ.

****

“ޔަން އަހަރެން ގޮވައިގެން ދާންވީނުން. ވަރަށް ލަސްވެސް ވެއްޖެ. ހިނގައިފައި އައީވެސް” ގެއަށް ދިޔުމަށް ނިކުމެގެން ދިޔަ މިކްޔަން އާއި އަރާހަމަ ކުރަމުން ޔާނާބުނެލީ ރޭގަނޑުވެފައި ހުރުމުންނެވެ. ނަމަވެސް މިކްޔަންއަށް އަޑުއިވުނު ކަމަކަށް ނުވިއެވެ. އޭނާ ކާރަށް އަރައި މަޑުކޮށްލުމެއްވެސް ނެތި ދިޔައީއެވެ. ފެންކަޅިވެފައި ހުރި ޔާނާ ގެއަށްދިޔުމަށް ހިނގައިގަތެވެ. ލީޒާވެސް އަވަހަށް ނިމުމުން ގެއަށް ދިޔައީއެވެ.

ޔާނާ ސިހިގެންދިޔައީ ކުއްލިއަކަށް މީހަކު ޔާނާގެ ގައިގައި ހިފަހައްޓާލުމުންނެވެ. ޔާނާއަށް ކަމެއް ނުކުރެވެނިސް އެމީހަކު ޔާނާގެ ނޭފަތުގައި ފޮތިގަނޑެއް ޖައްސާލިއެވެ. ވަގުތުން ޔާނާގެ ހަބަރުހުސްވެގެން ވެއްޓުނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (105)

  1. Ram

    Sorry guyx las veema.. ehnve ram ninmaifin gotheh.. i will upload knme dhuvahaku.. vaki vagutheh nubunaanan.. e vaguthakah upnukohdheveythyy ehen mibunyy.. but sure konme dhuvahaku upkuraanan.. ramu bunaa vaguthakah up nukuriyas konme dhuvahaku up kurameynun dww.. sorry guyx miadhu mihen veema.. comment below igeyy your views ? so next part maadhan konmx vaguthehga in sha allah ?? loves 🙂

    1. Rumy
      Ram

      Haaaaadha kurey mioh lahun up kuri iruves ?

  2. Unaal

    Alhe.. So cute
    Vrh reethi … Maashallah

    1. Unaal
      Unaal

      Yaay .. Ma dhw first miadhu ..

    2. Ram
      Unaal

      Thankyou so much.. and yess your first ?

  3. Nai

    Yay me first. Nice ingey mi part ves

    1. Ram
      Nai

      Thankyou Nai ?❤

  4. Nas

    Thanxx Ram vvv reathi ??

    1. Ram
      Nas

      Wc and thankyou so much ?❤

  5. bolheh

    Toooooo short

    1. Ram
      bolheh

      Ohh aslu tha? kurutha? ?

  6. Haw shiaa shabaa shiaar

    Mashaa Allah v v reethi mi part ves, v v ufaavejje kiyaalevuneema, thanks ram

    1. Ram
      Haw shiaa shabaa shiaar

      Wc darl and thankyou ?

  7. Merr

    Ramko ❤
    Story varah loabi ?
    Waiting for the next part
    Yaanaa ah gotheh nuhadhaathi ingey ?

    1. Ram
      Merr

      Thankyou so much mer ??❤❤

  8. ???

    Haadha kurey mibaii ramooo ?Vvv rythi ekamaku ??…anehkaa kaakutha yaana fahathunn alhai ganegenn miulhenii?? e mikuyan haadha gohey hurebala adhi fahunn dheravaane mikuyan?? yaana roavarah eyna vess rohvaathi ramoooo☺☺???

    1. Ram
      ???

      Alheyy kurutha? lets see kaakukn dww.. balaanan igey mikyan rohveythww.. heheh.. thankyou love ?❤

  9. Ainth

    V v v v reethi ?

    1. Ram
      Ainth

      Thankyou darl ?❤

  10. Bestfriend

    Haadha hurey but nice?

    1. Ram
      Bestfriend

      Ohh.. thankyou love ?❤

  11. Nish

    Hi ram nice mi part ves hama perfect..?awlhey yaana ah dhen kihinehbaa vaani..waiting!LY ram???

    1. Ram
      Nish

      Helw nish..? lets see dwww… thankyou nish and loves more ?❤

  12. Mal.

    Miadhu hyvey dhigu hn.. v salhi egey

    1. Ram
      Mal.

      Thankyou maloo ?❤

  13. elii

    Pic vr nice.. nd story vs vvvvv best

    1. Ram
      elii

      Thankyou so much elii ?❤

  14. Yaana

    Alhey varah reethi ngy
    Waiting for next part❤❤❤
    Yaana ah dheragotheh nahadhaathi plx?

    1. Ram
      Yaana

      Thankyou.. lets see dw ??❤

  15. Angry birds

    Alhe yaana rape kurantha e ulheny .. No no!!
    V salhi mi baivxx.. ????

    1. Ram
      Angry birds

      Lets see dww darl.. thankyou so much ?❤

  16. Shaa

    Kihinehba vaany ehkala partey meeha kahneayge dhw aiee alhe mikyan ves yaana nulaey edhiyaee evarun buneema ves .. Story hama habeys varah v v v v reethi ?? ?waiting for the next part ly… ?❤

    1. Ram
      Shaa

      Lets see dww.. yes mikyan kihaa goas dww.. hehe.. thankyou shaa and loves more?❤

  17. SJK...KOREAN

    Dhn RAMKO kiyaany???
    Well, mi part varah kurehnuuuun, varah dhigu?? asluvx varah reethi mi part. ??Being honest, u can be a fantastic writer in sha allah, I wish… Keep up the good works dear.. Ly? waiting ⏳

    1. Ram
      SJK...KOREAN

      Hehe heyo ? awwn thankyou so much sjk.. one of my favourite reader and soon to be favourite writer in sha allah.. loves more ?❤

    2. SJK...KOREAN
      SJK...KOREAN

      Ohh.. So happy to know that??
      Luv u ???????????

    3. Ram
      SJK...KOREAN

      ❤❤

  18. click a shot ?

    wow…? SUPERB ram..mi varah intresting story eh first part aa hisaabun ves.?..asluves varah reethi vehje click ah mivaahaka…☺️haadha curious kohlaafa ey thi ninmaaly…dhen enme minetehves madun neendheveyne Kaneyge…?ehenehnun vaani next part kiyaa hithun keikureveni ehnun…hehe..anehkaa yaana ah dhera gotheh nahadhachey..yan anaane dhw hero eh hen save kuran…???.and it’s okay ram…bunaa gadiah up nuviyas..daily koh up kohdhenikoh nimuni..we’ll understand…ehenvima thi ninmi goi ves hama best…love you so much ram…waitting…tc..?❤️

    1. Ram
      click a shot ?

      Hehe.. lets see vaagoiy ? thankyou so much click.. loves more darl ?❤

    2. click a shot ?
      click a shot ?

      when is your birthday ram ?❤️…

    3. Ram
      click a shot ?

      Fahun bunaanan igey click. ? next year ga gaimuvx ? private koh nama bunymus ?

    4. click a shot ?
      click a shot ?

      ok dear ram..?

  19. inaya

    yageen nazeeh kamehkan

    1. Ram
      inaya

      Lets see dww.. hehe.. thankyou inaya ?❤

  20. Sinaa

    Wow …. keep it up… ekm adhi vx kuruhn hyvany ??

    1. Ram
      Sinaa

      Alheyy hehe ?? thankyou so much sinaa ?❤

  21. Shauna

    Varah loabi story dhaa goi! Hama fantastic ey bunaany!! Aslu you can be a great writer Insha Allah…. N waiting for the next part! And Ram thy kon rasheh ge kujje? If you don’t mind…. Loves ♥♥

    1. Ram
      Shauna

      Awwn thankyou so much darl.. male’ ga ulheny dear ..loves more igeyy ?❤ rah nukereyey bunaakah ? hehe ?

    2. Shauna
      Shauna

      Hehe…. It’s ok!! You’re most welcome ram!! Okay tha Ramko kiyas?? ♥♥♥

    3. Ram
      Shauna

      Yess ❤

  22. Roo

    Woww ram ❤️ Mi part thankolheh kuru hen heevy.. vedhaane maa bodah story kiyaa hithun inyma kamah ves dhw.. ? Mikyan alhe rangalhah dhera kollan ulheba.. yaanaa ah ehen hadhaakah nuvaane ehnu roo ves nulaahiku dhera vey viyya ?? Thank you sooo much ram everyday up kohdheythy.. mihaaru emme kiyaa hithun kiyaalevey story.. Ly ☺️??

    1. Ram
      Roo

      Alhey… lets see hehe..roo dheranuvahcheyy igeyy… thankyou so much.. v ufaavejje.. loves more ?❤

  23. miniiiion

    its a nice story.keep it up the good work. 🙂

    1. Ram
      miniiiion

      Thankyou so much miniiiion ❤

  24. Ainth

    Wow ram alhe haadha reechey mi baives… Mistake thah rangalhu kohlaafa huryma v ufaavi.. Alhe yaanaa ah kihineh thihedhy… Mikyan haadha goahey dhw… Ekam fahun rangalhu vaane dhw.. Ram ge mi story v v v rythi

    1. Ram
      Ainth

      Thankyou so much.. aslu vx v goas dww.. lets seee ragalhu veythww vx dww hehe.. thankyou so much ?❤

  25. Rishu

    Awsom

    1. Ram
      Rishu

      Thankyou ?❤

  26. Team

    Hello

    1. Ram
      Team

      helww Team ?

  27. Rishu

    V v v nic stry eh..v kiyalahithun mihiry aneh part ves??luv u ram

    1. Ram
      Rishu

      Thankyou so much darl and luvs more ?❤

  28. Moose

    Varah reethi vaahaka.. mihen konme dhuvahaku part eh genesdhemun gos vaki hisaabakun vaahaka liyun huhtaa nulahchey.. I mean vaahaka ehkoh nunimenys.. varah gina liyuntherin mihaarkh ais kuraa Kameh.. mihaa reethi vaahaka eh kiyan libeyny madhu faharaku.. good work???

    1. Ram
      Moose

      Yes in sha allah darl.. thankyou ?❤

  29. Jin

    Mikyaan haadha goahey???.. Yaanaa ah ehn hadhaakah nuvaanehnnu.. Jin v rulhiaadhey mikyan yaana aa dheytherey kantha kuraa gothun. kaakuba Yaana kidnap kuran ulheny??? Next part kiyaa hithun meenee kei madhuvefa.. Waiting ❤❤❤

    1. Ram
      Jin

      Lets see darl.. thankyou so much ?❤

  30. writer

    i love this story… komme dhuwahaku mi vaahaka kiyan … just love it… keep up the good work Ram.. 😀 <3

    1. Ram
      writer

      Thankyou so much writer ?❤

  31. RAA

    V salhi…

    1. Ram
      RAA

      Thankyou RAA ?❤

  32. Adha?

    Alhe kaakutha yaana kidnap mi kurany.. im very curious to know that..
    Varah reethi mi part ves.. nd pic ves varah salhi?
    Waitingss ?
    Loves❤❤❤❤

    1. Ram
      Adha?

      Thankyou adhaa darl… varah avahah igeyne kaaku kn.. thankyou and keep waiting.. loves ?❤

  33. Xee

    Alhey ramm vvv salhi ingey ❤❤❤????????????vvv wait kuru vaafa dw up ☝ v bt it’s ok ??my dear who is that? ???? unknown person I’m very very curious to know about that good nyt ❤❤❤

    1. Ram
      Xee

      Thankyou so much xee.. adhi ingeyne ? keep waiting.. loves.. good nyts ?❤

  34. Xesh

    Vedhaane mikyan ge loabi hoadhan yaana ulhey gotheh kamah vx….???

    1. Ram
      Xesh

      Thivx vedhaane kameh dww xesh.. hehe… thankyou darl ?❤

    2. Ram
      Xesh

      Thivx vedhaane kameh dww xesh.. hehe… thankyou darl ?❤

  35. Kukoo

    Alhey please save her. Waiting for the next part 😉

    1. Ram
      Kukoo

      Lets see dww ? thankyou kukoo ❤

  36. Xxxx

    Wooooowww ???? waiting…

    1. Ram
      Xxxx

      Thankyouu xxxx ?❤

  37. Pinky shifoo

    Wow… Story vvv reethi.. Waiting…

    1. Ram
      Pinky shifoo

      ??

  38. Min

    This is my first comment. ?But abadhu ves mi vaahaka kiyan?.This story is amazing and Yana ??ah vaa gothun varah dheravey ??.Any way I love this story ☺? Keep up the good work. Ly???❤???????

    1. Ram
      Min

      Thankyou and loves more ?

  39. Angry birds

    upvakah nulheythr ram..

    1. Ram
      Angry birds

      Mirey i guess ?❤

    2. Angry birds
      Angry birds

      ?ok waiting ?

  40. SJK...KOREAN

    ?Hey Ramko.. Aslu story submit kuriyas emyhun varah lahun dhw publish kurany, I guess? ???

    1. Ram
      SJK...KOREAN

      Ekm publish kohlaane vee emme avahakah check kohlaafa❤

  41. Chawder

    Hey ram.what’s up!waiting for next part.comment nukureveny test v ma.hurihaa part eh ves vvvvv salhi.

    1. Ram
      Chawder

      Alhey thankyou so much love.. good luck for your exam.
      loves

    2. Chawder
      Chawder

      Thanks dear.
      And u r v kind.
      Aslukoh thy i ah fe nunu ehme kind writer.once again thank you foe being sp kind anf honest

  42. Shaya

    Ram kobaatha next part… Avaskohllahchey… Comment nukuriyas vaguthun kiyan… Nw kehmadhuvefa

    1. Ram
      Shaya

      Awwn thankyou shaya ?

  43. Lil

    Ram kobr tha next part??? Mirey up kohdhehchey..

    1. Ram
      Lil

      Upkohfin darl ?

  44. Nz

    My v first comment here.
    Really a nice story. Different from other stories at efiya. Good work. Waiting for today’s part since you have mentioned there will b new part everyday. Cannot wait too long dear. Make it fast. Feeling sleepy.
    Hope you will not disappoint readers. Best wishes ???

    1. Ram
      Nz

      Thankyou so so so much darl.. upkohfin ??

  45. aish

    Ram koba next part…mirey up nukurantha?

  46. ???

    Dhn kobaa tha ….konme dhuvahaku up kuraana Mey kiyaafa …mirey vx mi nimenii. ..keeh kuraany dhw dhn ….vaahakaige inthizaaru ga ….still waiting. .

    1. Ram
      ???

      Upkohfin ?❤

  47. Shaashaa

    Alheh ramuu dhen avas kon ba can’t wait anymore plx dear

  48. Anonymous

    Aslu mi vaahaka v reethii ehn vaahaka thakaa v thafaathu. ..

    1. Ram
      Anonymous

      Thankyou so much anonymous ?❤

Comments are closed.