ގަޑިން 5 ޖެހީއެވެ. މޯލީއަކަށް ދެމިލަމުން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. ނިދިއައިސްގެން ރަނގަޅަށް ދެލޯނުހުޅުވި އިން މިކްޔަން އަށް ފެނުނީ ޔާނާ ނަމާދުކުރާތަނެވެ. ޔަގީންނުވުމުން ދެލޯއުނގުޅާލައިިފައި އަނެއްކާ ބަލާލިއެވެ. އޭރު ޔާނާ ސަލާން ދެނީއެވެ.
“ޔަން ނަމާދުކުރޭ އަވަހަށް” ޔާނާ މުސައްލަ ނަގަމުން ހިނިތުންވެލާފައި ބުނެލިއެވެ. “ތިއުޅެނީ މަށަށް ދެއްކެންތަ؟” މިކްޔަން އެނދުން ފައިބަމުން ބުނެލިއެވެ. ޔާނާ ސުވާލުގެ ނަޒަރަކުން މިކްޔަންއަށް ބަލާލިއެވެ. “ރޭގަވެސް ނުކުރެ. މިރޭ ކީއްވެ ތިކުރީ؟ ހަމަ މަށަށް ދެއްކެން. ބުނަން ކިތަންމެ ހެޔޮމީހަކަށް ވާން އުޅުނަސް އަހަންނެއް ކަލޭއަކަށް ނުލެނބޭނެ” މިކްޔަން މިހެން ކިޔާ ފާހާނައަށް ވަދެގަތެވެ. ޔާނާ ފާހާނަ ދޮރާދިމާލަށް ބަލަން ހުއްޓެވެ. މިކްޔަން އަކަސް އެހެން ބުނާކަށް ނުޖެހޭނެއެވެ. އޭނައަކީ ނަމާދު ކުރާމީހެކެވެ. ހިތަށް އަސަރުކުރިނަމަވެސް ޔާނާބެލީ އެކަން މޫނުން ނުދައްކާވޭތޯއެވެ.
*****
ޒާއިންގެ އިންތިޒާރަށް ނިމުމެއްއައީ ހޮނިހިރު ދުވަސް އައުމުންނެވެ. ފަތިހު 5 ޖެހިއިރު ނާސިިހްގެ އާއިލާ ތެދުވެ ތައްޔާރުވަމުން ދިޔައީ ދަތުރު ދިޔުމަށެވެ.
ތައްޔާރުވަމުން ދިޔަ ޔާނާ މިކްޔަންގެ ޓީޝާޓެއް ނަގއި ކުޑަދަބަސް ތެރެއަކަށް ލިއެވެ. މިތަން ފޯނުގައިހުރި މިކްޔަންއަށޤ ފެނުމުން ހަލުވި ހިނގުމެއްގައި އައިސް އެޖަހައިގަތެވެ. “އަހަރެން ގެންދާނީ މިޔެއްނޫން” މިކްޔަން ޓީޝާޓް ހިފައިގެން ގޮސް ކަބަޑް ހުޅުވައިލިއެވެ. އެޔަކު ދަތުރުދާން ކަމުދާކަހަލަ ޓީޝާޓެއެއް ޔާނާނެގި ޓީޝާޓް ނޫނީ ނެތެވެ. މިކްޔަން އަތުގައއި އޮތް ޔާނާ ނެގި ޓީޝާޓަށް ބަލާލިއެވެ. ރަނގަޅޫ އެއްޗަކަށޤ އޮތީ މިއެކަންޏެވެ. މިކްޔަން އެނބުރި ޔާނާ ކައިރިއަށް ގޮސް ޓީޝާޓް ދަބަހަށް ލިއެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޔާނާއަށް މަޑުމަޑުން ހިނިގަނޑެއްޖަހާލެވުނެވެ.
****
ޔާނާ ކޮޓަރިން ނިކުންއިރު ލާރާ އާއި ޒިޔާދު ދަބަސް ހިފައިގެން އައިސް ހުއްޓެވެ. “ކޮބާ މާމަ؟ ނާދޭތަ؟” ޒިޔާދުކުރެން ޔާނާ އަހާލިއެވެ. “މާމަ ލާހިކެއްނޫން ގެންދާކަށް ފަޅު ރަށަކަށް އެވެސް އޯވާނައިޓަކަށް” ހިނިގަނޑަކާއެކީ ޒިޔާދު ބުނެލިއެވެ. ޒާއިން މަޑު ހިނގުމެއްގައި ގޮސް ލާރާ ކައިރި ހުއްޓުނެވެ. “ފަޅު ރަށުގައި ގޮރިލްލާ ކަހަލަ އެއްޗެހިވެސް އުޅޭނެ.” ޒާއިން މިހެން ބުނުމުން ލާރާ ޗޮކެއްކަނޑާލިއެވެ. “ނޫޅޭނެ މޮޔަޔާ”
“ގައިމުވެސް އަހަަރެމެން މި ދާން އުޅޭ ރަށުގައި އުޅޭނެ” އެތެރޭން ހީލަ ހީލަ ހުރެ ޒާއިން ބުނެލިއެވެ. “ރާއްޖޭގައެއް ނޫޅޭނެ. ކާޓޫން ބަލާފައި ކުޑަކުއްޖަކަށްވީތަ؟” ލާރާ މިހެން ކިޔާ ޔާނާ ކައިރިއަށް ދިޔައެވެ. “ކޮބާ ހުރިހާ އެއްޗެެއް ހަމަވެއްޖިއްޔާ ހިނގާ ނައްޓާލަން” ނާސިހް މިހެންބުނުމުން އެއްމެން ބޭރަށް ދިޔުމަށް ހިނގައިގަތެވެ.
****
ޔާނާ މެން ބަނދަރަށް ދިޔައިރު ޒާއިން އާއި ލާރާގެ ރައްޓެހިންގެ އިތުރުން ޔާނާއަދި މިކްޔަންގެ ރައްޓެހިންވެސް އެތާ ހުއްޓެވެ. ޔާނާގެ ލޮލުައި އެއްމެ ފުރަތަމަވެސް އަޅައިގަތީ ދުރުގައި މިކްޔަންއަށް ބަލަން ހުރި ނަޝްވާ އެވެ. މީނަވެސް ދޭހެއްޔެވެ.؟ “ބައްޕަ ގަބޫލެއް ނޫން އެ ނަޝްވާއެއް ދާކަށް” ނާސިހްއަށް ނަޝްވާ ފެނުމުން މިކްޔަން ކައިރިއަށް ގޮސް ބުނެލިއެވެ. “އަހަރެންގެ ރައްޓެހިންނަށްވެސް ދެވެންޖެހޭނެ” މިކްޔަން ފޫހިކަމާއެކީ މިހެންބުނެ ގޮސް ހުއްޓުނީ ސީދާ ނަޝްވާ ކައިރީގައެވެ. މިކްޔަން ދިޔަ މަންޒަރު ބަލަން ހުރި ޒާއިން ގޮސް މިކްޔަންގެ އަތުގައި ހިފާ ދުރަށް ގެންދިޔައެވެ. “ދޮންބޭ ޕްލީޒް. އަދިވެސް ނަޝްވާއާ ގުޅުން ކަނޑާނުލަނީ ދޯ. މިހާރު ތީ މީހެއްގެ ފިރިއެކޭ. ދޮންބޭ ސޮރީ. އެކަމް ލަދެއްވެސް ނުގަނޭތަ ބަފާބެ ހުއްޓަ ޔާނާ ކައިރި ނުހުރެ ހިލޭ އަންހެނެއް ކައިރި ހުންނަން؟”
“އާން. ކީއްވެ ލަދުގަންްނަންވީ، އެއަންހެނާ އަހަރެންގެ އުފާވެރި ދިރިއުޅުން ނިގުޅައިގަނެފި. އަހަރެންގެ ލޯބިވި ކުއްޖާއާ ދުރުކުރުވީ. އަހަރެން ނޭދެން އޭނައަށް އުފަލެއް ލިބޭކަށް. އަހަރެން ނަޝްވާއާއެކީ އުޅިގެން އޭނަގެ އެސުންޕާ ހިތަށް އަސަރުކުރާކަމަށް ވަންޏާ އެކަންވެސް އަަހަރެން ކުރާނަަން. އަދި ބުނަންތަ ޒާއިން، އަހަރެން އޭނަަ ވަރަށް އަވަހަށް ވަރިކޮށްލާނަން” ޒާއިން އެއްމެ ފަހު ޖުމްލަ ބުނެލީ އެއްމިޔަކަނުން ހިނިތުންވެލަމުންނެވެ. ޒާއިން ހުރީ ބުުނާނެއެއްޗެއް ނޭނގިފައެވެ. “ނަޝްވާ ހާދަވަރެއް ކޮށްލާފިއޭ ދޯ މިކްޔަން އަލީ ނާސިހް.” ޒާއިން މިކްޔަން އޭ ބުނުމުން މިކްޔަންގެ ދެލޯބޮޑުވިތަން ޒާއިންއަށް ފެނުނެވެ. “އާނ. ހަމަރަނގަޅަށް ތިއިވުނީ. އަހަރެންގެ ދޮންބެ ތިކަހަލަ އެއްޗެއްސެއް ނުކިޔާނެ. ރަނގަޅު ކަންތަކާ ގޯސްކަންތައް އެދޮންބެ އަށް ވަރަށް ރަނގަޅަށް އިނގޭނެ. އަހަރެންގެ ދޮންބެއެއް މީހެއް ދައްކާ ދަޅައަަކަށް ނުހެއްލޭނެ. އެކަމް ހިތާމަހުރި، ތި އެ ދޮންބެއެއްނޫން. އަހަރެންގެ ދޮންބެއެއް ނޫން..” ޒާއިން ފަހަތަށް ފިޔަވަޅު އަޅަމުންގޮސް ފަސްއެނބުރިދިޔައެވެ. މިހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޔާނާއަށް ހުރީރޮވިފައެވެ.މިކްޔަންއަށް ޒާއިންއަށް ގޮވާލެވުން ނޫން ކަމެއް ނުކުރެވުނެވެ. އޭނައަށް ހަމަބިމަށް އާދެވުނީ ހުސެންއައިސް ދޯންޏަަށްް އަރަންހިނގާށޭބުނުމުންނެވެ.
****
އަމާން ދަތުރަކަށްފަހު އެއްމެނަށް މަންޒިލަށް ދެވުމުން އެއްމެން އަވަސްވެ ގަތީ ހެނދުނުގެ ނާސްތާ ކުރުމަށެވެ. ގޭން ހެނދުނު ކާނެއެއްޗެހި ހިފައިގެން އައުމުން އިތުރުއެއްޗެއް ހަދާކަށް ނުޖެހުނެވެ. ސައިބޮއިނިމުމުން ޒިޔާދު އަދި ލާރާގެ އިތުރުން ނާސިހްގެ ދެމަފިރިން ފިޔަވައި އެއްމެން ހިނގައިގަތީ ރަަށުތެރެބަލާށެވެ. ފިރިހެނުންއަދި އަންހެނުން ދިޔައީ ވަކިންނެވެ. އަންހެނުންތެރޭގައި ހުރި ނަޝްވާ އިރިއިރުކޮޅާ ޔާނާގެ މޫނަށް ބަލާލައެވެ.
ލާރާ ފޫހިވެފާއިނުމުން ފޯނުއަތަށް ލައިގެން ޓެންޓް ތަކާ ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި އިށީއިނދެލިއެވެ. މިހާރު އެމީހުނާއެކީ ދެވުންނަމައޭ ލާރާ ހިތަށް އަރަމުން ދިޔައެވެ. “ތިހެން އިންދާ އެއްކަލަ ގޮރިއްލާއައިސް ކާލަފާނެ.” ލާރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ޒާއިންގެ އަޑުޖެހުމުންނެވެ. ސިހުނުވަރުން ލާރާއަށް ހުރެވުނީވެސް މޭގައި އަތްއަޅައިލައިގެންނެވެ. އޭރު ޒާއިން ލާރާ ކައިރި އިށީއިންނަނީއެވެ. ލާރާ ޒާއިންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. “ނުދަންދޮ އެމީހުނާއެކީއެއް؟” ލާރާމިހެން ބުނުމުން ޒާއިން ބޯޖަހާލިއެވެ.
****
ޓެންޓް ކައިރިއަށް ދިޔުމަށް ހިނގަމުން ދިޔަ ޔާނާއަށް އެއްލިކަޅިއަކުން ފެނުނީ މިކްޔަން އެކަނި ހިނގާލާފައި ދަނިކޮށެވެ. ގާތުގައި އެހެން ކުއްޖަކާ ވާހަކަ ދައްކަން ހުރި ނަޝްވާ ވެސް ވާހަކަ ނިންމާލުމަށް ފަހު މިކްޔަން ކައިރިއަށް ދިޔުމަށް ހިގައިގަތެވެ. ޔާނާ ބަލަން ނުހުރެ ދުއްވައިގަންފައި ގޮސް މިކްޔަންގެ އަތުގައި އެލިގަތެވެ. ނަޝްވާވެސް ހުއްޓުުންއެރިއެވެ. މިކްޔަން އެއްފަހަރު ޔާނަހިފާފަ ހުރިއަތަށް އަދި އަނެއްފަހަރު ޔާނާއަށް ބަލާލުމަށްފަހު އަތްފޮޅުވާލިއެވެ. “ސުންޕާ އަންހެނާ. ކިހިނެއްވެގެން ތިއުޅެނީ” މަޑުން ބުނިނަމަވެސް މިކްޔަންގެ އަޑުގައި ހުރި ރުޅީވެރިކަން ސިއްރެއްނުވާނެއެވެ. “ޝޫޝް” ޔާނާ މިކްޔަންގެ ތުންފަތުގައި އިނގިލިޖައްސާލިއެވެ. މިކްޔަން އަށް ނޭވާ ހިފަހައްޓާލެވުނުގޮތަށް ޔާނާއަށް ބަލަން ހުރެވުނީއެވެ. މަންޒަރު ބަލަން ހުރި ނަޝްވާގެ ތުންފަތަށް ވެރިވީ މަޢުުނަވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި ހުރެ އޭނަ ހިގައިގަތެވެ.
މިކްޔަންއަށް އަމިއްލަ ދުނިޔޭން ބޭރުވެވުނީ ނަޝްވާ އެމީހުން ހުރަސްކޮށް ދިޔުމުންނެވެ. ވަގުތުން އޭނަ ޔާނާ ދުރަށްކޮށްޕާލުމަށްފަހު ނަޝްވާ ފަހަތުން ދާންހިގައިގަތެވެ.. ނަމަވެސް ހުއްޓުންއެރީ ޔާާނާ އެއަތުގައި ހިފުމުންނެވެ. “ކިހާ ދެރަކަމެއް. ތިހެން އުޅެންޏާ އަހަންނަކަށް ގިނަދުވަހަކު ނުހުރެވޭނެ ކަލޭ ވަރި ނުކޮށެއް” ޔާނާގެ އަތްފޮޅުވާލަމުން މިކްޔަން ބުނެލިއެވެ. ޔާނާ އެކިކޮޅުކޮޅަށް ބަލާލިއެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ އެތާ ކައިރި އެއްވެސް މީހަކު ނެތުމުންނެވެ. “ކީއްވެ ޔަންއަށް އަހަރެން ކަމުނުދަނީ. ކޮބާ އެ ނަޝްވާއާ އަހަރެންގެ ތަފާތަކީ؟” ޔާނާއަހާލިއެވެ. މިކްޔަން ހިނިގަނޑެއް ޖަހާލިއެވެ.
“ކަލޭއަށް ރަނގަޅަށް އިނގޭނެ. އަހަންނަށް އިނގެނީ އަހަރެން ކަލޭދެކެ ފޫހިވާކަން. އަންހެނަކަށްވެހުރެ މާކެރިގެން އުޅޭމީހުންދެކެ ފޫހިވޭ. ތިކަހަލަ ކުރު ހެދުން ލާ މީހުންދެކެ ފޫހިވޭ” މިކްޔަން ޔާނާ ލައިފައި ހުރި ކުރު ސޯޓްކޮޅަށް އިނގިލި ދިއްކުރަމުން ބުނެލިއެވެ. “އައި ހޭޓް ޔޫ” މިކްޔަން މިހެން ބުނެއެތަނުން ދިޔައެވެ. މިކްޔަން ދިޔަގޮތަށްގޮސް ނަޝްވާގެ އަތުގައި ހިފާ މިކްޔަން ހުރި ފަޅިއަށް އަނބުރާލިއެވެ. މިތަންފެނި ޔާނާގެ ލޯފެންކަޅިވިއެވެ. ބަލަން ކުޅަދާނަނުވުމުން އަނެއްކޮޅަށް އެނބުރި މޭގައި އަތްއަޅާލިއެވެ.
މިކްޔަން ނަޝްްވާ ކައިރި ރުޅިއައިއްސަހޭ އަހާލިއެވެ. ނަޝްވާ ބޯހޫރުވާލުމަށްފަހު އެއްޗެކޭ ބުނަންއުޅުނުނަމަވެސް އެތަނަށް ހުސެން އަންނަތަން ފެނުމުންް އެއްޗެކޭ ނުބުނެ މިކްޔަންއާ ދުރަށް ހިނގައިގަތެވެ.
****
“ހިނގާ މަށާއެކީ ހިނގާލަން” ލާރާގެ އަތަށް ދަމާލަމުން ޒާއިން ބުނެލިއެވެ. ލާރާވެސް ދެބަހެއްނުވެ ދިޔުމަށް ތެދުވީ ފޫހިވެފައި ހުރިވަރުންނެވެ. “އޭ އަހަންނަކަށް ލާހިކެއްނޫން ތިމަގުން ދާކަށް” ވަލުތެރެއަށް ވަދެވޭ ގޮތަށް އިންމަގަކުން ޒާއިން ދާން ހެދުމުން ލާާރާ ބުނެލިއެވެ. “މިހެން ގޮސްގެނޭ ރަށުތެރެއަށް ނިކުމެވޭނީ” ޒާއިން ހިނގައިގަންނަމުން ބުނެލިއެވެ. ލާރާވެސް ހިންދިރުވާލުމަށްފަހު ޒާއިން ފަހަތުން ހިނގައިގަތެވެ. ހިނގަމުން ދިޔަ ލާރާއަށް ޒާއިން ގޯޅިއެއް އަޅާލިކަން އިނގުމުން ހިނގުން ބާރުކޮށްލާފައި އެގޯޅިއަޅާލިއެވެ. ނަމަވެސް ޒާއިންއެއްނުފެނުނެވެ. އެކިކޮޅުޅުބެލުމުންވެސް ނުފެނުނެވެ. އެއްމެ ފަހުން ޒާއިންއަށް ގޮވަންފެށުނެވެ. އެކަމަކުވެސް ހަބަރެއްނުވިއެވެ.ލާރައަށް އެއްމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. އައިކޮޅަށް ދާކަށްވެސް ލާހިކެއް ނޫނެވެ. ކުއްލިއަކަށް ޒާއިން ދެއްކި ވާހަކަ މަތިން ހަނދާންވިއެވެ. އަނެއްކާ ބޮޑު ބޯޑު ގޮރިއްލާއެއް އައިސް އޭނަ ކާލަން އުޅެނީހެއްޔެވެ.. ނޫނީ ޒާއިންގެ ސިފައިގައި އޭރުހުރީ ޖިންނިއެއްބާއެވެ. ޔާނާއަށް ކުއްލިއަކަށް ސިހުން ގެނުވީ އެއްޗެއް ވެއްޓުން އަޑަށެވެ. ހަޅޭލަވައިލައިފައި އެދިމާ ބަލާލިއިރުު ކަމަކު ދާކަށް ނެތެވެ. ބޮޑު ބޮޑު ރާމާމަކުނެއް އެހެރީ ސީދާ ލާރާއަށް ބަލާށެވެ. އިސްކޮޅުން ލާރާއަށް ވުރެދިގެވެ. ހަމަ ގޮރިއްލާއަކާ ވައްތަރެވެ. އޭތި ލާރާއާދިމާލަށް ދެއަތްފުޅާކޮށްލާފައި ދުއްވައިގަތެވެ. ލާރައަށް ހުރެވުނު ގޮތްވެސް ނޭގުނެވެ. ވީއެއްމެ ބާރަކަށް ދުއްވައިގަތެވެ. ނަމަވެސް ފުރަތަމަ ފިޔަވަޅާއެކީ ގަލެއްގައި އަޅައިގަނެ އަނގަވަތަށް ވެއްޓުނެވެ. ލާރާ ތެދުވާކަށް ހިޔާލެއްނުކުރެއެވެ. އެއޮތްގޮތަށް އޮވެ ރޯންފެށީއެވެ. ރާމާމަކުނެއްގެ މޫނުގަނޑެއް އަޅާފައި ހުރި ޒާއިން ޔާނައާ އަރާހަމަކޮށްފައި ހޭންފެށިއެވެ. ބިރުން އޮތް ޔާނާގެ ރުއިން ބާރުވީ އޭތިހޭންފެށުމުންނެވެ. ޒާއިން ހެމުން އަޅާފައި ހުރި މާސްކްް ނަގައި ލާރާއަށް ގޮވާލިއެވެ. އެއީ ޒާއިންކަން އިނގުމުން ލާރާ ފުންމައިގެން ތެދުވިއެވެ. “ޒާން ޒާން ގޮރިއްލާ” އެކި ކޮޅުކޮޅަށް އިނގިލިދިއްކޮށް މިހންބުނެ ލާރާ ޒާއިންގައިގަ ބައްދާލިއެވެ. ހަމައެވަގުތު ޒާއިންގެ އަތުގައި އޮތް މާސްކް ފެނުމުން ލާރާއަށް ވާނުވާ ރޭކާލިއެވެ. “ޔޫ” ލާރާ ޒާއިންގެ ބޮލުގައި ހިފައިގަތެވެ. ޒާއިންއަށް ތަދުވިނަމަވެސް އޭނަ ހިނިގަނޑެއްޖަހާލިއެވެ.. “ހޭ” ލާރާގެ އަތުގައި ހަލާކުވެފައި އިންތަން ފެނުމުން ލާރާގެ އަތް ނައްޓުވަމުން ޒާއިން ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.





❤❤❤❤❤❤❤
Thankyou ??
Alhey haadha kurey
Yes aslu vx ? dn lap in nuliyaanan
Its ok ram ❤
Next part ah inthizaaru kuraanan ??
Avahah up kolladhehchey ??
Yes and thankyou?Yess
V v salhi mi part vx.. Bt Haadha kurey.. thankolheh dhigu koh genesdhyba..
Yes twinkle v kuru aslu vx
Koniraku next part up vaany??
varah avahah
wowww. hama speechless .. ekam adh thankolheh dhigujohlinama 😉 😉 hahaha zaain gorillaa dhw.. mi vaahaka haadha salhiey masha allah. hithah araa ehkoh ehfaharaa kiyaalan libey namaey. 🙂 🙂 keep it up dear. waiting.. loves.
Thankyou sjk.. gaboolukuran mi part kurukan.. sorry for that ?
mibaivess varah reethi Ram, next part konirakun,,,,waiting waiting
Thankyou inaya ?
alhe mioh irukohfa mihaa kurukukon… v foohi mibaa aslahves… uhmeedh kuran next bai Reethi vaanekamah.. next bai konirakun up kohdheynee
Thankyou v avahah upkohladheynan..
V loabi. ❤ ?
Thankyou kitty ?
??????????????❣️?❣️??????❣️
??❤????????
Bodu bodu gorilla ?
Heheh
Maa kuree
Yaa i know dear ?
Wow.. varah reethi mi part ves…?haha zaain ves ulhey gotheh…laaraa adhi badhal hifaane Kaneyge…varaugadha dhemyhun ney dhw mi ram…dhemyhun ekaku anekaku dheke loabi vevihjiyaa foari hunaane..hehe…waitting..❤️??
Yess.. hahah.. thankyou ?
maaakuri…..
eha lahu up kofa vas….vrh sad vaja thihan hadima…..
readers evara up vitho bala iru hikuri stry digu vana kama…..
vrh disapoint vaja…
I m so so sorry.. give me a chance.dhn ehenviyaka nudheynan ?
Mashaa Allah mi part ves haadha reechey, v v v v v kiyaa hiay vey next part, dhen konirakun up kuranee, v inthixaaru kurifahun thi up kuree, thank you ram
Asluvx haadha kurey dwww..kiyaalyma igijje.. im sorry..
Ram its ok.. Ethah dhuvahakah fahu upkuraa iru vx baeh writers hurey miah vure vx kurukoh upkohfa.. Ram mihaaru daily koh upvx kuramehnnu ?
Thankyou ?
V salhi mi bai vx.. E nashwa e ulheny kn vahtharakah thr dhigu hedhun liyakas..huh
Hehe dwww ?
Ram haadha kurey mibaiii ?vvvvv rythi elamaku mibaiiii vess ??adhi 1baii geness dheebala plxplx???
Hey thankyou..i have uploaded a new part ?
Story hama super.. Ekam liyumuga mistakes Gina v ma kiyaairu v confuse vey. Like laara innathanah yaana kiyaathyy…
Ohh dhn burun ragaLhu kohlaanan.. thankyou ?
Vrh reethi.. Mi part ah vure next part dhigu kohlahche
Kuru v ma kada … Ehn noony hama habeys
Okay darl thankyou ?
?cute
Thankyou ??
zaain gorilla hehe vara majaa ethankolhu☺..nd vara salhi mi baives? v kiyaahiyyve mi vaahaka.. waiting for the next part..?
Thankyou so much love?
Yaa dhw thankolhe kury umeedhun kuran next part dhigu kon genesdheyne kamah story hama speechless v v v reeethi ???
Yess.. thankyou so much ?
Kuryge bayah vure vs maa kuru. Miadhu hendhunun feshigen readers lavvaa wait kuruvaafa ehaa kurukoh genesdhinyma varah disappointed vhje. I didn’t expect this. Hykury ram buni gadiyah varah dhigukoh genesdheyne kamah. Ehn Noony vaki dhuvas thakehga like dhedhuvahu ehdhuvahu noony konme dhuvahehge vs vaki gadiyah Genna gothah hadhaalaafa readers ah inform kohlaa gothah hedhiyyaamu okay vaane kanneynge.. Eyrah ram ah vs faseyha vaane ehnu time ah up kohdheyn. Plus readers nujeheyne abadhu abdhu vaahaka up vitho balaakasheh. So think it’s better to make a schedule. Ram bunaany mi dhuvasthakuga migadyga up kohdheynamey. Do you guys agree with me. Readerss. Anyway, vaahaka anehhen hadiyeh noon. Reethi. Ekm mi gorilla ulhey Bai vrh fake. Dhn varah avahah scene that nimmaalaafa hurikan faahaga kurevey. Vedhaane ram avahah up kohdheyn hadhaigen kamah vs ehen evy.. gorilla scene Realistic gothakah genesdhin nama vrh reethi vaane. Ekm vs vaahaka hadiyeh noon. Dhn I hope next part up kohdhey iru varah dhigukoh up kohdheyn kamah.. and thank you. Mihaa lahun viyas part kiyaalan libunyma.
Thankyou for the opinion.. so emmen i will upload knmedhuvahaku dhigukoh.. e dhuvahehge kon vaguthaku kameh neyge ekm hehe..?
Kuru… but nice .. avahah baithah nimmaafa hury ekm vx lowbii hama …
Ohh… thankyou ??
Varah mistake ginakan faahaga kohlevey… Ekam vaahaka v rythi vaanehen hyvey… Thigothuga kuriah gendhey RAM
Thankyou so so so much?
Vv salhi ram keep it up
Thankyou adam?
Laara aa zaain ulhey gotheh dhw..? Next part miahvure dhigukoh genesdheythi ram..! Mi part ves reethi.
Yes and thankyou?
Wow… Story vvv nice ingey Ram.. Mihaaru kiyaa vaahaka thakun one of my favourite..
Nice. Keep it up
Hey ram kihinehtha? varah gina dhuvass vejje dw comment eh nukohleveythaa.. buxi kamun….
Ekam baraabarah kiyan?.. varah salhi story dhaagoiy..
Love it?
Waiting 4 next part ❤❤❤❤
very nice! keep it up!
waiting 4 next part
so proud of uuuuu ram!
varah salhi!
unmeedhu kuran kuriyah gendhaane kamah!