Skip to content
އެސްފިޔަ

ލޯބި އަހަރެންވާނަމެވެ (2)

“އަހަރެން މަރާލަންތަ ތި އުޅެނީ؟ ނޭވާ ހާސް ވެއޭ އެބަ..” އެވަގުތު ކޮޅަށްވެސް އާފްރީންއަށް ޖެއްކޮށްނުލާ އަރްމާންއަށް ނުހުރެވުނެވެ.

“ދެން ދޮންބޭ..!!” އާފްރީން ގާތަށް ރުޅި އައިސްގެން އަރްމާން ގައިގާ ހެސްކިޔާފަ ބޮނޑިއެއް އަޅާލިއެވެ.

މި ދެކުދިން ޖަހާ ސަކަރާތަށް ބލަން އިން އާސިމާގެ ލޮލުންވނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ.

***********************************

މިއުފާވެރި ވަގުތުގައި އާސިމާ ހަނދާނަށްއައީ އޭނާގެ ފިރިމީހާ އަޝްފާގްއެވެ. ނަމަވެސް އަޝްފާގަ ވަނީ މީގެ 4 އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މި ފަނާވަނިވި ދުނިޔެ ދޫކޮށްފައެވެ.

އާސިމާ އަވަހަށް ކަރުންތަށް ފޮހެލީ އެދެ ކުދިންނަށް އޭނާ ކުރާ ހިތާމަ ނާންގަންވެގެންނެވެ.

“ދެން އާފްރީންވެސް ދޮންބެ އަރާމް ކޮށްލަން ފޮނުވާފަ އާދޭ މަންމަ އެކީ ރޭގަނޑުގެ ކެއުމަށް ރަނގަޅު އެއްޗެއް ހަދާލަން.” އާސިމާ އާފްރީންއާއި މުހާތަބުކޮށް މިހެން ބުނުމުން އާފްރީން އަރްމާންގެ ގައިން ދޫކޮށްލާފައި ބަދިގެ ފަރާތަށް ދާން މިސްރާބު ޖެހިއެވެ. އަދި އަރްމާންވެސް ހިނގައިގަތީ އޭނައަށް ހާއްސަ ކޮޓަރިއަށް ދާށެވެ.

އާސިމާއަށް އޭނަގެ ދެދަރިންގެ އެންމެ ކިމުދާ ކަމަކީ އާސިމާ ބުނުމާއެކު އެބުނާ ކަމެއް ކުރަން އަވަސްވެ ގަންނާތީއެވެ.

 

ޔުއާންއަށް ނަމާދުން ފޭބިތަނާ ލިބުނު ކޯލެއަގެ ސަބަބުން ދުން ޖަހާފައި ހޮސްޕިޓަލަށް ދިޔައެވެ. އޭނާގެ މަންމަ ސިޑިން ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީއެވެ.

މާ ބޮޑު އަނިޔާއެއް ނުވެއެވެ. ނަމަވެސް ނިއްކުރި ފަޅައިގެން ގޮސްފައި އިނެވެ. އެތަން ޖެހޭނީ ފަހަންށެވެ. އެތަންކޮޅު ފަހައިގެނަ ޔުއާން މަންމަ ގޮވައިގެން ގެއަށް ދާން ނިކުމެވުނީ ހޮސްޕިޓަލަށް ވަންނަންއައި އާފްރީންގެ ކުރިމައްޗަށެވެ.

“އަނހާ ދައްތާ! ކިހިނެއް ހަދާފަތި ހުރީ ނިއްކުރިއަށް؟”  ޔުއާންގެ މަންމަ ޔުޝްރާގެ ނިއްކުރީގައި އަޅާފަ އިން ބޭސްގަނޑު ފެނުމުން އާފްރީން އަހާލީ ހިތް ހެޔޮ ކަމާއެކީގައެވެ.

“އައްދެ! އާފްރީން ދޯ މީ. ދައްތައަށް ނުވެސް އިނގުނޭ ޔުނިފޯރމް ލާފަ ހުރީމަ. ދައްތަ ސިޑިން ކައަސާލައިގެން ވެއްޓިފަ ނިއްކުރި ފަޅައިގެން ގޮއްސަ މިއޮތީ.” ޔުޝްރާވެސް އާފްރީންއަށް ޖަވާބު ދިނީ ހިތްހެޔޮ ކަމާއެކީއެވެ.

“އާފްރީން ގަޑި ޖެހިދާނެ މިހެން އަނގަ ތަޅަން ހުއްޓަ. އަވަހަށް ދޭ ދެން.” ހިނިގަނޑަކާއިއެކު ޔުޝްރާ ބުނެލީ އާފްރީންގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ.

“ލައްބަ ދައްތާ. މިދަނީ އިނގޭ. ބަލައިގެން އުޅޭތި އިނގޭ.” ޖަވާބު ދިނުމަށް ފަހުގައި އާފްރީން ހޮސްޕިޓަލަށް ވަންނަން ހިނގައިގަތެވެ.

މި ހުރިހާ އިރު ޔުއާން ހުރީ އާފްރީންއާއި ދިމާލަށް ކަޅި ހުއްޓާލައިގެންނެވެ.އ އެރީތި ބޮޑު ދެލޮލެވެ. ހިތިފަތު ބުމައާއި ދިގު އެސްފިޔަ ތަކެވެ. ކުޑަ ނޭފަތް ކޮޅެކެވެ. ގުދުރަތުން ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތެކެވެ. އެ ލޯބި ތުންފަތުގައި ލޯބި ކޮށްލަން ޔުއާންގެ ހިތް ބޭނުންވި ވަރު ހުދު ޔުއާންއަށްވެސް ނޭނގެއެވެ.

“ދަރިފުޅާ. އަވަހަށް ހިނގާ ގެއަށް ދާން.” ޔުއާން ސިއްސައިގެން ދިޔައީ ޔުޝްރާ ވާހަކަ ދައްކަން ފެޝުމުންނެވެ. ނަމަވެސް އެ ސިހުން ފޮރުވާލަމުން ހިނިތުން ވެލާފައި ސައިކަލާއި ދިމާލަށް ހިނގައި ގަތެވެ.

“މަންމާ. މަންމަ ކާކާއެކީ ހޮސްޕިޓަލަށްއައީ؟” ޔުޝްރާގާތުގައި ޔުއާން އަހާލީ ގޭގައި މިގަޑިގައި ޔުއާންގެ ބައްޕަ ޢަލީވެސް ނޫޅޭނެކަން ހަނދާން ވުމުންނެވެ.

“މަންމަ ވެއްޓުނީ ހާމިދާއްތަ ގޭގައި އިންދަ. ހަމިދާއްތަ އައީމަ ތިރިއަށް ފައިބަނިކޮށް ވެއްޓުނީ. ދެން ހާމިދާއްތަ މަންމަ ގޮވައިގެން އައީ. އާން އަންނަންވާއިރަށް ދާން ޖެހުނީ ރަޝީދުބެ ގުޅީމަ.” ޔުޝްރާއަށްވެސް ޔުއާން ކަން ބޮޑުވެފައި ހުރި ވަރު އެނގި ވަރަށް ތަފްސީލްކޮށް ވީ ގޮތް ކިޔާދިނެވެ.

ދެމައިން އަވަހަށް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Shaasha

    Varah salhi akam ma kuri

    1. SunShine
      Shaasha

      dhn faharakun dhigu kohlaanan ingey miyah vuren in sha allah

  2. Unoosha

    First me dhw ….v loabi vaahaka dhaagoii……v reethii ??????

    1. SunShine
      Unoosha

      Thank you unoosha 🙂

  3. yumm

    Nice but maa kury
    thankolheh dhigukohladheeba plx..

    1. SunShine
      yumm

      Thank you..
      dhn part thankolheh dhigu kohleweythw balaanan

  4. Kudoo

    Maa kurey adhi dhigukohlaa

    1. SunShine
      Kudoo

      dhn part eh dhigu kohlaanan ingey kudooo

  5. Twinkle

    Nice mi part vx. Bt maa Kury. Thankolheh dhigu koh up kohba. Plx 🙂 🙂 waiting for next part

    1. SunShine
      Twinkle

      thank you..
      dhigukohlaanan alhe ingey

  6. Shuma

    Salhi bt mistakes nulaa liyelahchey…. story vvvv reethi.. ekam aafreen dw.. afreen liyununama ekam aslu v reethi

    1. SunShine
      Shuma

      thank you.
      fenna mistake eh viyya hama rangalhu kohlan.. nufeni hunna ehchehi dhn e hury

  7. Zuam

    Reethi…. thankolheh dhigu koh labaa…..

    1. SunShine
      Zuam

      thank you..
      dhn part miyah vure dhigukohlaanan

  8. Reet

    Haadha kurukoh

    1. SunShine
      Reet

      dhn part dhigukohlaanan ingey

  9. psenhi

    Feshumun kiyairu shaviyani dhw liyaany. N fahanshe ge badhalga fahaasheve kannenge liyun rangalhy. Im not sure nikkuryga falhaigen gossa innaanytha noony hunnaanytha?? Overall koh story v reethi. N good luck.

    1. SunShine
      psenhi

      heheh..
      ethan neynguny..
      thank you mistakes point out kohdheythy

  10. Shifaana Shifaana

    haadha kurukoh

    1. SunShine
      Shifaana Shifaana

      dhn part dhigu kohlaanan in sha allah

  11. SJK...KOREAN

    varah salhi 😀 but thankolhe kury 🙂 dhn anna part eh dhigukohlahchey 🙂 waiting

    1. SunShine
      SJK...KOREAN

      thank you..
      yes in sha allah dhn part dhigu kohlaanan

  12. naffa

    Varareethi konirakun next

    1. SunShine
      naffa

      thank you..
      miadhu up kohlaanan hama

  13. Hashaa

    Wow,..

    1. SunShine
      Hashaa

      thank you hashaa

Comments are closed.