Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (15) ފަހުބައި

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 23, 2017 9 Mins Read
76 Comments

އައިދުންއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރުއެތިފަހަރަކުން ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލައިލި އައިދުންގެ އަތުގައި ހުރި ޖޫސްތަށި ވަގުތުން އެއަތުން ދޫވެ ވެއްޓި ތެޅުނެވެ. އެއަޑަށް ސިހިފައި އެންމެން އައިދުންއާ ދިމާާއަށް ބަލައިލިއެވެ.

އައިދުންއަށްވީ ގޮތްފެނި މަލާކް އިސްޖެހުނު ނަމަވެސް ދޮރިމަތީގައި ރަންޔާގެ ސޫރައިގައި އިން ބީނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ.

އެތައް ދުވަހަކަށްފަހު އައިދުންގެ ސޫރަ ފެނުމުން އާމިރުގެ ލޮލުން ނަފުރަތުގެ ކަނި ބުރައިގެންދިޔައެވެ. އެހުރިހައި ދުވަހަކު އެހާލުގައި އެކޮޓަރީގައި ތެޅުމަށްފަހު ސަލާމަތްވީއިރު އެހަށިގަނޑުގައި ހިނގައިލާނެހައި ބާރެއްވެސް ނެތެވެ. ނަމަވެސް ބީނިޝްގެ މޮޅު ބޭސްފަރުވާއިން މަދު ދުވަސްކޮޅެއްގެ ގެރޭގައި އޭނާ ގަދަވެ ސަލާމަތްވީއެވެ.

“ދަފިފުޅާ ކިހިނެއްތިހެދީ؟” އައިދުންއަށް ބަލައިލުމަށްފަހު ވާފިރު އަހައިލިއެވެ. އޭރު ޝާންތާ އެތަން ސާފުކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އަތުން ދޫވީ.” އައިދުން ދިނީ ކުރު ޖަވާބެކެވެ. ވާފިރު ވަކި އެއްޗެކޭ ނުބުނެއެވެ.

އައިދުންގެ ފަހަތުގައި ހުރި މަލާކް އަވަސް އަވަހަށް ހިނގައިފައިގޮސް ރަންޔާގެ ސިފައިގައި ހުރި ބީނިޝްގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. “އަވަހަށް އާދޭ އެތެރަށް” ބީނިޝްގެ އަތުގައި ހިފައި ހިނގައިގަންނަމުން މަލާކް ބުނެލިއެވެ. އޭރުވެސް ހުއްޓުން އަރައިފައި އައިދުން އެދެމީހުންނަށް ބަލަމުން ދިޔައެވެ.

އެއީ ރަންޔާ ނޫންކަން އައިދުންއަށް ޔަގީންވެއެވެ. އެހެނީ ރަންޔާ މަރައިލީ ޚުދު އޭނާގެ އަމިއްލައަތުންނެވެ. އަނެއްކޮޅުން ރަންޔާ ވަޅުލައި ކަންތައްކުރީވެސް އައިދުން އަމިއްލައަށެވެ. މިއީ ރަންޔާގެ ރޫހަށްނޫނީ ނުވާނެއެވެ. އައިދުންގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައެވެ.

އެތައްދުވަހަކު ގެއްލިފައި ކަމަށް ހީކޮށް އެންމެން އެގޮތަށް ގަބޫލުކުރި ދެމީހުން މިހާރު މިތިބީ އެެއެންމެން ކުރިމަތީގައެވެ. ކޮންމެ މީހަކުވެސް މަޑުޑުންތިބެ އެވާހަކަ ދައްކަމުން ދިޔައީ އެމީހަކަށް ހީވާގޮތަކަށެވެ.

ޕާޓީގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔަ ވަގުތު އެކަނި ހުރި އައިދުންގެ ކައިރިން އަޅައިފައި ބީނިޝް ދިޔައެވެ. މަލާކް އެބަ އަންނަންކަމަށް ބުނެފައި ދިއުމުން މޭޒު ދޮށުގައި އެކަނި އައިދުން އިނެވެ. އެހިސާބަށް އެރުމަށްފަހު ބީނިޝް އޭނާގެ އަތުގައި އޮތް ކްލަޗް ވައްޓައިލިއެވެ. އެނަގަން ކަމަށް ހަދައިފައި ތިރިވި ބީނިޝްގެ މޫނަށް އައިދުން ބަލަމުންދިޔައެވެ.

“އަހަރެން ބުނީމެއްނު އަހަރެންނަށްދިން ކޮންމެ އަނިޔާއެއްގެ ބަދަލު އަހަރެން ހިފާނަމޭ. ދެން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.” ސީދާ އައިދުންގެ ދެލޮލަށް ބަލައިލަމުން ބީނިޝް ބުނެލިއެވެ. އެއަޑުއަހައިފައި އައިދުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ގުޑިލަންވެސް ނުކެރިފައި ބީނިޝް ދަންދެން ބަލަހައްޓައިގެން އައިދުންއަށް އިނދެވުނީއެވެ.

ހަފްލާ ނިމެން ތަންކޮޅެއް ގައިވުމުން މަލާކް ކޭކު ފަޅަން ދިޔައެވެ. ކޭކުފެޅި މަލާކަށް ބަލަންތިބި އެންމެން ހިނިތުންވެލައިފައި އަތްޖަހަން ފެށިއެވެ.

އެކަން ނިމުމާއެކު މަލާކް ބީނިޝްގެ މޫނަށް ބަލައިލިއެވެ. އަދި އެއަތުގައި ހިފައިގެން އައިދުންގެ ގާތަށް ދިޔައެވެ. “ހެއި އައިދު. އަދި މީޓްކޮށްދެން ހަނދާންނެތިފަ މިހުންނަނީ. މީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. ރަންޔާ.” މަލާކް އެހެން ބުނުމުން ކާމިޔާބީގެ ހިނިތުންވުމަކާއެކު ބީނިޝް ސަލާމަށް އަތްދިއްކޮށްލިއެވެ. އެއަތަށްބަލަން އައިދުންއަށް ހުރެވުނީއެވެ. އޭރު މުޅިމީހާ ދާހިއްލައި ފޯވަމުންދިޔައެވެ.

އެވަގުތު އެރޭގައި އޭނާއާާ ރަންޔާއާއި މެދުގައި ހިނގި ހުރިހައި ކަމެއް އެސިކުނޑިތެރޭގައި ބުރުޖަހަމުން ދިޔައެވެ. އޭނާ ރަންޔާއާ މެދު ކަންތައްކުރި ގޮތެވެ. އެކަރުގައި ވަޅިއަޅުވައިލައި މަރާލެވުނު ގޮތެވެ. އެކަނިމާއެކަނި ވަލުގައި ރަންޔާގެ ފުރާނަނެތް މަސްގަނޑު ވަޅުލިގޮތެވެ. މިއީކީ ރަންޔާއެއްނޫނެވެ. އެކަން އައިދުންއަށް ޔަގީނެވެ. ރަންޔާގެ ސިފައިގައި ހުރި މިމަޚްލޫގު އެއުޅެނީ އޭނާގެ ދުވަސްދުއްވައިލާށެވެ. އަދި އޭނާގެ އަންހެންނުންގެ ސިކުނޑިއަށް ވަސްވާސްލާށެވެ.

އެކިއެކި ހިޔާލުތަކުގައި އިން އައިދުންގެ ސިކުނޑި ހަމައިންނެއްޓިއެވެ. ވަގުތުން ބީނިޝްގެ އަތުގައިޖަހައި ހޫރައިލިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ބީނިޝް އައިދުންގެ މޫނަށް ބަލައިލިއެވެ.

“އައިދު ކީއްތިކުރީ؟” ހިތްހަމަނުޖެހިފައި މަޑުމަޑުން މަލާކް ބުނެލިއެވެ. “ތީތަ އައިދު އަހަރެންގެ އެކުވެރިންނާ ދޭތެރޭ ކަންތައްކުރާ ގޮތަކީ؟” އަނެއްކާވެސް މަލާކް ބުނެލިއެވެ. އޭރު އައިދުން އިނީ ނުރުހުންވެފައި ބީނިޝްގެ މޫނަށް ބަލާށެވެ.

“މަލް. މީ އިންސާނެއްނޫން. އާން. މީނާއާ ދުރުގަހުރޭ. އޭނަ އެއުޅެނީ މަލްގެ ބޮލަށް ނޭރެވިގެން.” މަލާކްގެ އަތުގައި ހިފައި އައިދުންއާ ގާތަށް ދަމައިލަމުން އައިދުން ބުނެލިއެވެ.

“ވަޓް؟ އައިދުއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ މޮޔަވީތަ؟ މިއީ އަހަރެންގެ ވަރަށް ކްލޯސް ފްރެންޑެއް.” މަލާކް ގާތަށް ރުޅިއައެވެ. އެކްޓްކުރަމުން ދިޔަ މަލާކާ ބީނިޝްގެ މޫނަށް ބަލަން އާމިރު ތަންކޮޅެއް ދުރުގައި ހުއްޓެވެ.

“ވަރަށް ދެރަވެއްޖެ އަހަރެންނާ ދިމާއަށް ތިކަހަލަ އެއްޗެއް ބުނީމަ. މަލް. އަހަރެން ހިއެއްނުކުރަން މަލްގެ ފިރިމީހާ އަހަރެންދެކެ މިހައި ރުޅި އަންނާނެކަމަކަށް. އަދި އެފަދަ އިލްޒާމެއް އަހަރެންގެ ބޮލުގަ އަޅުވާނެކަމަކަށް.” ލޮލަށް ކަރުނަ ގެންނަމުން ދެރަވެލައިފައި ބީނިޝް ބުނެލިއެވެ. އެތަންފެނި ރުޅިއައިސްފައިހުރި އައިދުންގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އައިސްފައިހުރި ރުޅި މަތީގައި މަލާކްއާ ރަންޔާ އެކުވެރިވީ ކިހިނެއް ކޮންއިރަކުތޯ ބަލައިލާކަށްވެސް އައިދުން ހަނދާނެއްނެތެވެ.

“ހުއް. އަދި ވަރަށް މާތްވާން އެބައުޅެއެއްނު. ކަލެއަށްވެސް އެނގޭނެ އަމިއްލައަށް ތިއީ އިންސާނެއް ނޫންކަން. ބަލަ މަރުވެފައި ތިބޭ މީހުން އެނބުރި އާދޭތަ؟ މަލް. މީނަގެ ބަހަށް ނުހެއްލޭތި.” އަޑުގެ ކޮޅަށް ރުޅިއައިސްފައި އައިދުން ބުނެލިއެވެ.

“އައިދު. ކީކޭތަ ތިކިޔަނީ؟ މިހާރު މަރުވެސް ވީތަ؟ ކުރިންބުނީ އިންސާނެއް ނޫނޭ. އަހަރެންގެ ބޯގޮވާއެބަ. ކިހިނެއްތަ އައިދުއަށް ވެފަ ތިހުރީ؟” މަލާކްވެސް ރުޅިއައިސްފައި ބާރަށް ބުނެލިއެވެ.

“ދަރިފުޅާ ކިހިނެއްވީ؟” ސައީދު ކަންބޮޑުވެފައި އަހައިލިއެވެ. “ބައްޕާ. ބަލާބަލަ އައިދު މިކިޔާ އެއްޗެއް. ރަންޔާއަކީ އިންސާނެއް ނޫނޯ. އޭނަވީ މަރުވެފައޭ. އާން. އަހަރެންވެސް ގަބޫލުކުރަން އަހަރުތަކަކަށް ރަންޔާއާ އޭނާގެ ބައްޕަ ގެއްލުނުކަން. އެއީ މިރަށު އެންމެނަށްވެސް އެނގޭ ކަމެއް. އެކަމަކު އެކަހަލަ އެއްޗެހި މީހަކާ ދިމާއަށް ކިޔާކަށް ނުވާނު. ރަންޔާ ބޭނުމެއްނުވޭ އޭނާ ގެއްލިފައިވީ ދުވަސްތަކުގެ ވާހަކަ ދައްކާކަށް. ނަމަވެސް އެމީހުން އެނބުރިއައުމުން އަހަރެމެން ޖެހޭނު އެމީހުން ބަލައިގަންނަން.” މަލާކްގެ ވާހަކަތަކުން އޭނާ ހިތްހަމަނުޖެހިފައިހުރި ވަރު ހާމަވެގެން ދިޔައެވެ.

“އެދޮގެއް ބައްޕާ. އަހަރެން މިހަދަނީ ތެދު. މިއީ އިންސާނެއް ނޫން. މަލް ޕްލީޒް ގަބޫލުކޮށްބަލަ. އަހަރެންނަަށް އިތުބާރުކޮށްބަލަ. ރަންޔާ ގެއްލުނީއެއްނޫނޭ. މަރުވީއޭ.” ރުޅިއައިސްގެންގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހާލުގައި އައިދުން ހަޅޭލަވަމުން ދިޔައެވެ. އޭނާގެ ވާހަކަތައް ގަބޫލުކުރުން އެދިއެވެ.

“އައިދުއަށް ތިހާ ޔަގީންކޮށް ކިހިނެއްތަ އެނގެނީ ރަންޔާވީ މަރުވެފަކަން؟ ބަލަ އޭނަ އެހެރީ ގަދަވެ ސަލާމަތުން އަހަރެމެން އެންމެން ކުރިމަތީއޭ.” މަލާކްގެ ރުޅިގަނޑުވެސް ގަދަވަމުން ދިޔައެވެ.

“މަލް ޕްލީޒް ގަބޫލުކޮށްބަލަ. ބަލަ މަރުވެފައި ތިބޭމީހުން އެނބުރި އާދޭތަ؟” އައިދުންގެ އަޑުބާރުވިއެވެ.

“އަހަރެންނަކަށް ނުވިސްނުނު އައިދު ތިކިޔާ އެއްޗެއް. ބަލަ ރަންޔާ މަރުވިކަން އައިދުއަށް ތިހާ ޔަގީންކޮށް ބުނަންއެނގުނީ ކިހިނެއްހޭ؟ އަޖައިބުވޭ.” މަލާކްގެ އަޑުވެސް އިހުނަށްވުރެ ބާރުވިއެވެ.

“އަހަރެންނޭ ރަންޔާ މަރާލީ. އަހަރެންގެ މިދެއަތުންނޭ އޭނާ މަރުވީ.” ރުޅިއައިސްގެން ގޮސް ރަތްވެފައިހުރި އައިދުންއަށް ކުއްލިއަކަށް ބުނެވުނެވެ. އެންމެންގެ ލޯތައް ބޮޑުގެ އައިދުންއާ ދިމާއަށް އަމާޒުވެގެންދިޔައެވެ. ބުނެވުނު އެއްޗެއް އައިދުންއަށް ރެއަކާލީ ދެނެވެ. ކުއްލިއަކަށް މުޅިމީހާ ހިމޭންވެއްޖެއެވެ. ދާހިތްލާ ފޯވެއްޖެއެވެ. އައިގަދަ ރުޅީގައި މިބުނެވުނީ ކީކޭ ހެެއްޔެވެ؟ އުމުރު ދުވަހު ސިއްރުކޮށްގެން އުޅުނު އެބޮޑު ސިއްރު ފަޅައިއަރުވާ މިލެވުނީވެސް އަމިއްލައަށެވެ. އެއީ އަސްލު ރަންޔާ ނޫންކަން ސާބިތުކޮށްދޭން ބޭނުންވެފައިހުރިވަރުން އެންމެފަހުން މިބެދުނީ އޭނާއެވެ.

އައިދުންގެ ޖުމްލައާއެކު މަލާކްގެ ދެލޯމެރިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ދެލޯފުރި ބަންޑުންވާންފަށައިފިއެވެ. އެތާނގައިތިބި އެންމެން އޭރު ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. މިއޮތްހުރިހައިދުވަހު އެންމެން ހީކުރީ ރަންޔާވީ ގެއްލިފައިކަމަށެވެ. ނަމަވެސް…

“އެހެންވީމަ އައިދު ދޯ ހަމަ ރަންޔާ މަރައިލީ؟” ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަމުން މަލާކް ހިތުގައި ޖެހިފައި ބުނެލިއެވެ. “މަލް. އެއީ.. އެއީ.. އަހަރެން..” ބުނާނެ ވަކި އެއްޗެއް އެވަގުތަކު އައިދުންގެ ސިކުނޑިއަކަށް ނައެވެ. “އަހަރެންގެ ސުވާލަށް ޖަވާބުދީ. އައިދު ދޯ ރަންޔާ މަރައިލީ؟” ތަންކޮޅެއް ބާރަށް މަލާކް ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިސްޖެހިގެންދިޔަ އައިދުންއަށް ބަލަހައްޓައިގެން އެންމެން ތިއްބެވެ. ބުނާނީވެސް ފަހެ ކީކޭހެއްޔެވެ؟ އައިދުންގެ އެއަމަލުން އެކަނިވެސް އެއީ ތެދެއްކަން އެންމެނަށް އެނގި ހާމަވެގެން ގޮސްފިއެވެ.

އިސްޖަހައިލި މަލާކް އޭނާގެ މައިންބަފައިންނާ ކުރިމަތިލިއެވެ. ހުއްޓުން އަރައިފައިތިބި ވާފިރުއާ ޝީރީން ފެނުމުން މަލާކް ދެރަވިއެވެ. “މަންމާ ބައްޕާ އަހަރެންނަށް މައާފު ކުރާތި. އަހަރެން މިބޮޑު ޕާޓީ ބޭއްވި ހަމައެކަނި އައިދުގެ ދުލުން ތެދު ހަގީގަތް ހޯދަން. މަންމަމެންނަށާ މިރަށުގެ ރައްޔިތުންނަަށް ރަންޔާގެ ހަގީގަތް އަންގަން.” ރޮއެގަންނަމުން މަލާކް ގޮސް ޝީރީން ގާތުގައި ބުނެލިއެވެ.

“ރަންޔާ އެއީ ކާކު؟” ވާފިރު ތަންކޮޅެއް އަޑުހަރުކޮށް އަހަލިއެވެ. އެއާއެކު މަލާކް ރަންޔާއަކީ ކާކުކަމާއި އަދި އެރަށަށް އައީއްސުރެ އޭނާއާާމެދު ކަންތައް ހިނގަމުންދިޔަ ގޮތް ކިޔައިދިނެވެ. އިވުނު ވާހަކަތަކުން ކޮންމެ މީހަކުވެސް ތިބީ ބަސްހުއްޓި އާނގަމަވެފައެވެ. އޭގެ އިތުރުން އައިދުން އާމިރުއާ ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތުގެ ވާހަކަވެސް މަލާކް ކިޔައިދިނެވެ. ރޮވިފައި ޝީރީން އައިދުންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅު އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގައިފާނެކަމަކަށް އެއްއިރަކުވެސް އޭނާ ހިއެއްްނުކުރެއެވެ.

“ރަންޔާވީ މަރުވެފައިކަމަށް ވަންޏާ އެއީ ކާކު؟” ބީނިޝްއާ ދިމާއަށް އިޝާރާތްކޮށްލަމުން ވާފިރު އަހައިލިއެވެ. އެއާއެކު މަލާކް ބީނިޝްގެ ހަގީގަތްވެސް ހާމަކޮށްދިނެވެ. ޖެހިލުންވި ނަމަވެސް އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އިސްޖެހިފައިހުރި އައިދުން ހުރީ ގަބޫލުނުކުރެވިފައެވެ. ކުރެވުނު ބޮޑު ކުށް މިއަދު އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް މަލާކް ހަނދާންކޮށްދީފިއެވެ. އައިދުން ލަދުގަތެވެ.ނިކަމެތި އަންހެއްކުއްޖެއްގެ އިއްފަތް ފޭރިގަތުމަށްފަހު އެކުއްޖާގެ ވަސްވެސް ދުނިޔެއިން ފުހެލީއެވެ.

“ބައްޕާ އަޅުގަނޑު..” އޭނާގެ ގާތަށް އައިސް ހުއްޓުނު ވާފިރުގެ މޫނަށް ބަލައިލަމުން އައިދުން ބުނަން އުޅުނު ޖުމުލަ ފުރިހަމަނުވީ ކޯތާފަތް މައްޗަށް އަރައިގެންދިޔަ ވާފިރުގެ އަތުގެ ހޫނު ހަމަލާގެ ސަބަބުންނެވެ. “ހުއްޓާލާ. އަަހަރެން ކުޑަކޮށްވެސް ހިއެއްނުކުރަން އައިދުން ތިފަދަ ނުބައި އަމަލެއް ހިންގަފާނެ ކަމަކަށް. އަހަރެންގެ ކުދިންތަކުގެ ތެރެއިން އަހަރެން އެެންމެ ފަޚުރުވެރިވީ ދަރިއަކީ ތީ. އެކަމަކު މިއަދު އައިދުންގެ ސަބަބުން ބައްޕަ އަށް މިޖެހުނީ މީހުންގެ ކުރިމަތީގައި ލަދުން އިސްޖަހަން. ކޮބާ ބައްޕަމެން ދިން ތަރުބިއްޔަތު؟ ދަސްކޮށްދިން ރިވެތި އަޚުލާގު. ހުރިހައިކަމެއް ހަނދާން ނެތުނީތަ؟ ކުޑަވުގުކޮޅެއްގެ އުފަލައްޓަކާ. ބަލާބަލަ ބައްޕަމެން އުމުރު މީހަކާމެދުވެސް އައިދުން ކަންތައްކުރިގޮތް. ލަދުން ބޯހަލާކުވާވަރުވޭ.” ވާފިރަށް ރުޅިއައިސްގެންގޮސް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. “ބައްޕަމެން އެދަތުރު ދަރިފުޅު ފޮނުވީ ކިހައި އިތުބާރެއް ކޮށްފަ؟ އެދަތުރުގަ މަންމައާ ބައްޕަ ބައިވެރިނުވީވެސް ދަރިފުޅުމެންނަށްވެސް ކޮންމެވެސް މިނިވަންކަމެއް އޮންނާނޭ ހިތަށްއަރައި. އެކަމަކު ބަލާބަލަ ކަންތައްކުރި ގޮތް. މިހާރު ހިތަށްއަރާ އެކަނި އައިދުން މިކޮޅަށް ނުފޮނުވުނު ނަމައޭ.” ރޮވިފައިހުރި ޝީރީންގެ މޫނަށް ބަލައިލަމުން ވާފިރު ދެރަވެލައިފައި ބުންޏެވެ.

އެއްވެސް އެއްޗެކޭ ނުބުނެ އައިދުން އިނީ ބުނާނެ އިތުރު އެއްޗެއް ނެތުމުންނެވެ. މަޑު ހިނގުމެއްގައި ގޮސް ވާފިރު އާމިރުގާތަށް ހުއްޓުނެވެ. “އަހަރެންގެ ދަރީގެ ސަބަބުން ލިބުނު ހުރިހައި ހިތާމައަކަށް އަހަރެން މައާފަށް އެދެން. އެދަރިފުޅަކީ އާމިރުގެ ކުށްވެރިއެއް. ބޭނުން ސަޒާއެއްދީ.” ކަރުނަވީ ދެލޮލުން އާމިރުގެ މޫނަށް ބަލައިލަމުން ވާފިރު ބުނެލިއެވެ.

އާމިރު އިސްއުފުލައިލައި އެއާއިލާގެ އެންމެންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ ރޮވިފައިހުރި މަލާކްގެ މޫނަށެވެ. އިސްޖަހައިގެން އިނދެ ގިސްލަ ގިސްލާފައި ރޮމުންދިޔަ މަލާކް ފެނުމާއެކު އާމިރުގެ ހިތްމަޑުކަފަކޮޅަކަށް ވެގެންދިޔައެވެ. ކިހައި މައުސޫމު ކުއްޖެއްހެއްްޔެވެ؟ ދިރިއުޅުމުގައި ހަގީގީ ފޮނިމީރުކަން ނުލިބެނީސް އެކުއްޖާ އެޖެހުނީ ކިހައިބޮޑު ހިތާމައަކާ ކުރިމަތިލާން ހެއްޔެވެ؟ އެއްވެސް ކުށެއްނެތިއެވެ. މިއަދު އެމާތް އަންހެން ކުއްޖާގެ ކިބައިން އޭނާއަށް އޭނާގެ ލޯބި ލޯބި ރަންޔާ ސިފަވަމުން ދިޔައެވެ. އެދަރިފުޅުގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓޭތަން ބަލަންވެސް އޭނާއަކަށް ކެތެއްނުވެއެވެ. ވީއިރު އޭނާގެ ދަރިއެއްފަދަ މިލޯބި އަންނެންކުއްޖާ އުމުރަށް ރޮއްވައިލަން ކެރޭނެހެއްޔެވެ. މަލާކްގެ އެއްވެސް އުފަލަކަށް ބެލުމެއްނެތި މިއަދު އޭނާ އުޅުނީ އާމިރުގެ މަރުވެފައިވާ ދަރިފުޅަށް އިންސާފު ހޯދައިދޭށެވެ. އަމިއްލަ އުފާތައް ގުރުބާންކުރީ އެކަމަށްޓަކައެވެ. އެއްވެސް ޝަކުވާއެއް ކުރުމެއްނެތިއެވެ. އަލަތު ކައިވެންޏަށް އަންނާނެ ލޮޅުމަކަށް ބެލުމެއްނެތިއެވެ. އެއީ ކޮންފަދަ މާތް ކުއްޖެއް ހެއްޔެވެ؟ އާމިރުގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ބޭއިޚުތިޔާރުގައި އޭނާއަށް މަލާކާ ދިމާއަށް ހިނގައިގަނެވުނެވެ.

ރޮވިފައިހުރި މަލާކްގެ އިސްއުފުލައިލަމުން އާމިރު އެދޮލުން ހިފެހެއްޓުމެއްމެތި އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ. “ދަރިފުޅާ. ދެން ނުރޮއެ ހުއްޓާލާ.” ނުހަނު ލޯތްބާއެކު އާމިރުއަށް ބުނެވުނެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އާމިރުއަށް ކިތަންމެ ރަނގަޅަކަށްވެސް މަލާކްގެ ގޮތް އެނގި ދަސްވެއްޖެއެވެ. އެނިކަމެތި އަންހެންކުއްޖާ އައިދުންދެކެ ލޯބިވާވަރު އިހުސާސު ވެއްޖެއެވެ.

“ދަރިފުޅާ މަލާކް. މިއަދު މަލާކްގެ ކިބައިން ބޭބެއަށް ސިފަވަނީ ބޭބެގެ އަމިއްލަ ދަރިފުޅު. ރަންޔާ. އެދަރިއަކީ ހަމަ ތިފަދަ މާތް ކުއްޖެއް.މީހެއްގެ އުފަލަށްޓަކައި އަމިއްްލަ އުފާ ގުރުބާން ޖެހުނަސް ދުވަހަކުވެސް ޝަކުވާއެއްނެތި އެކަން ކުރާނެ. މިއަދު ބޭބެ ފަޚުރުވެރިވޭ ތިފަދަ މާތް ކުއްޖެއް ބޭބެގެ ދަރިފުޅަށް އިންސާފު ހޯދައިދޭންކުރި ބުރަ މަސައްކަތާ ދޭތެރޭ. ތީހަމަ ބޭބެގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެއް. އާން. ބޭބެގެ ދެވަނަ ރަންޔާ. އެކަން ހަނދާނުގައި ބަހައްޓާތި. އަބަދުވެސް ރަންޔާގެ އުފަލަށް ބޭބެ އެދުނުފަދައިން މަލާކްގެ އުފަލަށްވެސް ބޭބެ އެދެން.” އާމިރު ވާހަކަތައް މެދުކަނޑައިލައިފައި ވާފިރުގެ މޫނަށާއި އިސްޖެހިފައި ހުރި އައިދުންގެ މޫނަށް ބަލައިލިއެވެ.

“ވާފިރު. އަހަރެން އައިދުންއަށް ހެޔޮހިތުން މައާފު ކޮށްފިން. ނުބުންޏަސް އަހަރެންނަށް އެނގޭ އައިދުން އެހުރީ ކުރެވުނު ކަންތަކާމެދު ދެރަވެ ލަދުގަނެފަކަން. އަހަރެންގެ އެއް ދަރިފުޅަށްޓަކައި ދެވަނަ ދަރީގެ އުފާތަކެއް އަހަރެން ނިގުޅައެއް ނުލާނަން.” މަލާކްގެ މޫނަށް ލޯތްބާއެކު ބަލައިލަމުން އާމިރު ބުންޏެވެ.

“ނޫން ބޭބެ. ތިހެން ނުބުނޭ. އަހަރެންނަކީ އެހައި އަމިއްލަ އެދުން ބޮޑު މީހެއްނޫން. އަހަރެން އައިދު ދެކެ ކިތަންމެ ލޯބިވިޔަސް އައިދު އެކުރި ކުށަށް ސަޒާލިބެންޖެހޭނެކަން އަހަރެން ގަބޫލުކުރަން. އަހަރެން ހުރިހައި ކަމެއްކުރީ އިންސާނިއްޔަތަށްޓަކައި. ރަންޔާ އަށް އިންސާފު ހޯދައިދޭން. އައިދު ގެއްލުނަސް… ގެއްލުނަސް.. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް.” ގިސްލެވޭ ހާލު މަލާކް ބުނެލިއެވެ. އެއާއެކު އާމިރު ކުޑަކޮށް ހީލިއެވެ. ކޮންފަދަ މާތް އަންހެއްކުއްޖެއް ހެއްޔެވެ؟ ދިރިއުޅުމުގައި މިފަދަ ބޮޑު ހިތާމައެއް މަލާކްފަދަ މާތް ކުއްޖަކަށް ހައްގެއްނޫނެވެ.

“ނޫން ދަރިފުޅާ. މީ ބޭބެގެ ފަހުގެ ނިންމުން. އެއްއިރެއްގަ ބޭބެގެ ހިތަށްއެރި ދުވަހަކުވެސް އައިދުންއަށް މައާފެއް ނުކުރާނަމޭ. އެކަމަކު މިއަދު ބޭބެއަށް ވިސްނިއްޖެ. އެކުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅު ތެރޭ ބޭބެއަށް އަމިއްލަ ދަރިއެއްހެން މަލާކްދެކެ ލޯބިވެވިއްޖެ. ތީ މިއަދު ބޭބެގެ ހުރިހައިވެސް މީހަކީ. ތި ދަރިފުޅު. އެއްވެސް ބަފަޔަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއެއް ހިތާމަކުރާ މަންޒަރު ބަލާކަށް. މޭގައި އޮންނަ މިހިތަކަށް ކެތެެއްނުވާނެ. ކޮންމެ މީހަކުވެސް އެދޭނީ އެމީހެއްގެ ދަރިއެއްގެ އުފާ. އަބަދުވެސް އެދަރިފުޅު އުފަލުން އުޅެން. އެހެންވީމަ ބޭބެވެސް އެދެނީ ތިދަރިފުޅުގެ އުފާާ. އާން. އަހަރެންގެ މިލޯބި ދަރިފުޅުގެ އުފަލަށްޓަކައި އަހަރެން އައިދުންއަށް ހެޔޮހިތުން މައާފު ކޮށްފިން. އަހަރެމެންނަކީ މުސްލިމުން. އެމީހަކަށް އެމީހެއްގެ ކުށް އިހުސާސުވުމުން އެންމެ ރަނގަޅު ގޮތަކީ މައާފުކުރުން. އައިދުންގެ ލޮލުން އެފައިބަމުންދާ ކަރުނައިން ބޭބެއަށް އެނގޭ އޭނާގެ ކުށް އޭނާއަށް އިހުސާސު ވެއްޖެކަން. އެހެންވީމަ އަހަރެންގެ އެދުމަކީ އެންމެންވެސް ހެޔޮހިތުން އައިދުންއަށް މައާފުކުރުން. ދެން އަނެއްކޮޅުން އަހަރެން އައިދުންއަށް ހައްގު އަދަބު ދިނެކޭ ކިޔާފަ އަހަރެންގެ ރަންޔާ އެނބުރި މިދުނިޔެއަށް އަންނާނެތަ؟ ނޫން. ވީއިރު އަހަރެންނަށް މުހިންމީ ދުނިޔޭގައިހުރި އަހަރެންގެ ލޯބިވާ ދަރިފުޅު މަލާކްގެ އުފާ.” މަލާކްގެ ލޮލުން އޮހޮރެމުންދިޔަ ކޮންމެ ކަރުނަތިއްްކެއް އާމިރު ލޯބިން ފުހެދެމުން ދިޔައެވެ. އެފަދަ ބައްޕައެއް ލިބޭނީ ނަސީބު ވެރިއަކަށޭ މަލާކްގެ ހިތަށް އެރިއެވެ. އާމިރުގެ ވާހަކަ އަޑުއަހަން ތިބި އެންމެން އާމިރު ވާހަކަދައްކައި ނިންމައިލުމާއެކު އަތްޖަހަންފެށިއެވެ. އާމިރުގެ ވާހަކައިގެ ތެދުކަން ކޮންމެ މީހަކަށްވެސް މިއަދު އިހުސާސު ވެއްޖެއެވެ.

“ދަރިފުޅާ މަލާކް. ދަރިފުޅުވެސް އައިދުންއަށް މައާފުކުރޭ. އަދި އަހަރެންގެ އެދުމަކީ ދެންތިބި މީހުންވެސް އައިދުންއަށް ހިތްހެޔޮކޮށް މައާފު ކުރުން.” މަލާކަށް ބޭއިޚުތިޔާރުގައި އާމިރުގެ ގައިގައި އޮޅިލައިގަނެވުނެވެ. އަދި ގިސްލަ ގިސްލާފައި ރޮއެގަތެވެ. މިތަންބަލަން އިން އައިދުންގެ ބަޑިވެސް ފަޅައިގެން ދިޔައެވެ. އޭނާއަށް ބޭއިންސާފުން އަނިޔާ މިދެވުނީ ހާދަހައި ރަނގަޅު އިންސާނަކަށެވެ. އެހައި އިހާނެތިކޮށް ކަންތައްކުރުމުންވެސް ހެޔޮހިތުން އެމައާފުކޮށްދިނީއެވެ. ދުނިޔޭގައި މަދުން ނަމަވެސް އެފަދަ މާތް އިންސާނުން އުޅޭކަން މިއަދު އާމިރު ސާބިތުކޮށްދީފިއެވެ. ތެދުވެރި މުސްލިމެއްގެ ގައިގައި ހުންނަންޖެހޭ އެންމެހައި ރިވެތި ސިފައެއް އާމިރުގެ ކިބައިގައި ވެއެވެ.

ރޮވިފައިހުރެ އައިދުން ގޮސް އާމިރު ގާތުގައި ހުއްޓުނެވެ. އަދި ދެއަތް ޖޯޑުކޮށްލަމުން ގިސްލެވިފައި ހުރެ އޭނާއަށް ކުރެވުނު ހުރިހައި ކުށަކަށް މައާފަށް އެދުނެވެ. ހިނިތުންވެފައި އާމިރު އައިދުންގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެންގެ ހިތުގަ މިހާރު އައިދުންއާމެދު އެއްވެސް ބުރަކަމެއް ނުވޭ. އަހަރެންގެ އޮތީ ހަމައެންމެ އެދުމެއް. މަލާކް މުޅިއުމުރަށްވެސް އުފަލުގައި ގެންގުޅުން. ދެން ދުވަހަކުވެސް އެހިތުގައި އައިދުންއާމެދު ޝަކުވާއެއް އުފެދޭނެ އެއްވެސް ކަމެއް ނުކުރުން. ވެދިޔަކަމެއް ވެދިޔައީ. އަހަރެމެންނަކަށް މާޒީއެއް ބަދަލެއް ނުކުރެވޭނެ. އެމާޒީ އަށް ބަލަން ހަދައިގެން އަހަރެމެންނަށް ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެ. އެހެންވީމަ އަހަރެން އެދެނީ ކޮންމެ މީހަކުވެސް އަނެކާއަށް ހިތްސާފު ކުރުމަށްފަހު މާޒީ ހަނދާން ނައްތައިލާ އާފެށުމަކުން އަލުން ފަށަން.” މަލާކްގެ ބޮލުގައި ލޯތްބާއެކު ފިރުމައިލަމުން އާމިރު ބުނެލިއެވެ. އެތަންފެނި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ނިރާލިއެވެ.

އެހުރިހައި މަންޒަރެއް ބަލަންހުރި ބީނިޝްވެސް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ. އާމިރުފަދަ ހެޔޮލަފާ ހެޔޮވިސްނޭ އިންސާނަކު ބީނިޝް އަދި ނުދެކެއެވެ. “ބައްޕާ. އަހަރެންވެސް ބޭނުން އާމިރުބެ ކަހަލަ ރަނގަޅު ހެޔޮވިސްނޭ މީހަކަށްވާން. އޭރަށްދޯ އަހަރެމެންގެ ކަލާނގެ އަހަރެމެންދެކެ ބޮޑަށް ލޯބިވާނީ.” ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ބީނިޝް އޭނާގެ ގާތުގައި ޣައިބުވެގެން ހުރި ޒަފަރްގެ މޫނަށް ބަލައިލާފައި ޅަގޮތަކަށް ބުންޏެވެ. އެއާއެކު ރޮވިފައި ހުރިި ޒަފަރްވެސް ހިނިތުންވެލަމުން ބީނިޝްގެ ބޮލުގައި ފިރުމައިލައިފައި ބޯޖަހައިލިއެވެ.

އެންމެން ކުރިމަތީގައި އައިދުން މަލާކްގެ ކިބައިންނާއި ދެންތިބި އެންމެންގެ ކިބައިން މައާފަށް އެދުނެވެ. ކޮންމެ މީހަކުވެސް އާމިރުގެ އެދުމަށް ހެޔޮހިތުން އައިދުންއަށް މައާފުކޮށްދިނެވެ. ކުރިއަށްއޮތް ތަނުގައި ތައުބާވެ ހެޔޮލަފާ މީހަކަށް ވުމަށް އައިދުން އަޒުމުކަނޑައެޅިއެވެ. ދިރިއުޅުމުގައި ކޮންމެ ކޮންމެ މީހަކީ ދެވަނަ ފުރުސަތެއް ލިބޭ ބައެއްނޫނެވެ. ނަމަވެސް އެލިބޭ ފުރުސަތެއް ގެއްލުވައި ލާނީ މޮޔައިންނެވެ. އެފުރުސަތުގެ ބޭނުންހިފައި ހެޔޮމަގަށް ރުޖޫޢަވާން މަސައްކަތްކުރާނީ ބުއްދިވެރިންނެވެ. އައިދުންވެސް ބޭނުންވީ އޭނާއަށް މިލިބުނު ދެވަނަ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި އިސްލާޙުވާށެވެ.

“މިކޮޅަށް އައި ހުރިހައި ބޭނުމެއްވެސް ދެން މިފުދުނީނު. އަހަރެންނަށް ފެންނަނީ މީގެ ދެދުވަހެއް ފަހުން ދެން މާލެދާން ފުރަން.” ލޮލުން ކަރުނަ ފުހެލަމުން ސައީދު ބުނެލިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އެގޮތެވެ.

“އެކަމަކު އަހަރެން މިރަށުން ފުރާނީ މަލާކްގެ ދެވަނަ ބައްޕަވެސް ގޮވައިގެން.” އާމިރުއާ ދިމާއަށް ބަލައިލުމަށްފަހު ސައީދު އަނެއްކާވެސް ބުނެލިއެވެ. ދޭނެ ވަކިޖަވާބެއް ނޭނގިފައި އާމިރުއަށް ހުރެވުނީއެވެ. “އާމިރުގެ އިތުރު މީހަކުވެސް މިރަށުގައި ހުރީކީނޫން. އެހެންވީމަ އަހަރެން ބޭނުމީ އާމިރު ގޮވައިގެން ދާން. ދޯ މަލީކާ.” ހިނިތުންވެފައި އާމިރުގެ ކޮނޑުގައި ޖަހައިލަމުން ސައީދު ބުނެލިއެވެ.

“ތެދެއް ބޭބޭ. ހިނގާ އަހަރެމެންނާއެކު ދާން. ބޭބެގެ މިދަރިފުޅަށްޓަކައި ހިނގާ.” އާމިރުގެ އަތުގައި ހިފައިލަމުން މަލާކް އެދުނެވެ. އެއާއެކު ރޮވިފައި އާމިރު ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

ޕާޓީ ނިމި އެންމެން ގެއަށްދިއުމުން މަލާކް ބޭރަށް ނުކުމެލީ ބީނިޝްއާ ބައްދަލުކުރާށެވެ. ގަހެއްގެ ކައިރީގައި ހުރި ބީނިޝް ފެނުމުން މަލާކް ހިނިތުންވެލައިފައި އެދިމާއަށް ދިޔައެވެ. “ސަލާމް ބީނިޝް. މިއަދު އަހަރެން ވަރަށް އުފާވޭ ޖިންނިއެއްގެ ގޮތުގައިވެސް އަހަރެންނަށް ބީނިޝް ކަހަލަ ރަނގަޅު ރަހުމަތްތެރިއަކު ލިބުމުން. ބީނިޝް ބުނިފަދައިން އަހަރެން އެނބުރި އަހަރެންގެ ކަލާނގެ ހަޟްރަތަށް ރުޖޫޢަވާން އެބަ މަސައްކަތްކުރަން. އަހަރެންނަށް ހެޔޮވިސްނުން ވިސްނައިދިނީތީ ވަރަށް އުފާވޭ. ބީނިޝް ކޮށްދިން ހުރިހައި ކަމަށްވެސް އަހަރެން ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން.” ބީނިޝްގެ އަތުގައި ހިފައިލައިގެން ހުރި މަލާކް ބުނެލިއެވެ. “ކޮބާ ބައްޕަ އޭރުވެސް ބުނީމެއްނު އަދި ކޮންމެވެސް އެއްދުވަހަކުން މަލާކް ދަރިފުޅު ކޮށްދިން ކަންކަމަށް ޝުކުރުވެރިވާނޭ.” އެއަޑުއަހަން އިން ޒަފަރް ބީނިޝްގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެއާއެކު ބީނިޝްއަށް ހެވުނެވެ. އެތައް އިރަކު ދެމީހުން ވާހަކަދައްކަން ތިބުމަށްފަހު ވަދާއީ ސަލާމް ކުރިއެެވެ.

* * *

ފުރަންދާން ތައްޔާރުވުމަށްޓަކައި މަލާކް ލޯގަނޑު ކުރިމަތީގައި ތައްޔާރުވާން ހުއްޓެވެ. މަޑު ފެހިކުލައިގެ ގަޔަށް ދޫ ދިގު ހެދުމެއްލައިފައި ވުމުން އެރީތިކަން އެތައް ގުނައެއް އިތުރުވެފައި ވިއެވެ. ހަމައެކުލައިގެ ކުދިކުދި މާތަކެއް ޖަހައިފައި ހުރި ޝޯލް ރީތިގޮތަކަށް ބޮލުގައި އޮޅާއިލުމަށްފަހުު ޕިނެއްޖަހައި ހަރުކޮށްލިއެވެ. އާނއެކެވެ. މަލާކް ބުރުގާ އެޅީއެވެ. މިއަދު އެރީތިކަން އެތައްތަނެއް ފުރިހަމަކަމަށް ދައްކައެވެ.

މަލާކް ލަސްވެގެން ކޮޓަރިއަށް ވަތް އައިދުން މަލާކް ފެނުމާއެކު ލޯބިގޮތަކަށް ހީލިއެވެ. އޭނާގެ އަނބިމީހާގެެ ފުރިހަމަކަން ފެނިފައި އައިދުން ހުރީ އާޝޯޚުވެފައެވެ.

އެރެއަށްފަހު އައިދުންވެސް ތައުބާވެ ހެޔޮމަގަށް އެޅުނެވެ. ކުރެވުނު ނުބައި ބޮޑެތި ފާފަތަކަށް ﷲ ގެ ކިބަފުޅުން އަފޫކުރެއްވުމަށްއެދި ތެދުވެރި ހިތަކުން އައިދުން ތައުބާވެ ދުޢާކުރިއެވެ. އެދުވަހަށްފަހު ބަޔާންކުރަންދަތި އުފަލެއް އެހިތަށްވަނީ ލިބިފައެވެ.

“މަލް ނުނިމޭތަ؟ ހިނގާ އަވަހަށް.” މަލާކްގެ ފަހަތަށް ހުއްޓެމުން އައިދުން ބުނެލިއެވެ. “މިނިމެނީއޭ.” ޝޯލްގައި އެހެން ޕިނެއް ހަރުކޮށްލަމުން މަލާކް ބުނެލިއެވެ. “މަލް ހާދަ ލޯތްބޭ މިއަދު. ހީވަނީ އެހެން ދުވަސްދުވަހާ ވަރަށް ތަފާތުހެން. ތިރީތިކަން އިތުރުވެފައިވާހެން ހީވަނީ.” މަލާކް ގައިގައި ފުރަގަހުން ބައްދައިލަމުން އައިދުން ބުނެލިއެވެ. އެއާއެކު މަލާކް ހިނިތުންވެފައި އައިދުންއާ ދިމާއަށް އެނބުރުނެވެ. އަދި އެހަށިގަނޑުގައި ބައްދައިލިއެވެ. “އައިދު. އަހަރެން އައިދު އަށް ދޭންޖެހޭ ވަރަށް އުފާވެރި ޚަބަރެއް އެބައޮތް. އަަހަރެން ބަނޑުބޮޑު. އައިދު ބައްޕައަކަށް ވަނީ.” ހިނިތުންވެލަމުން އައިދުންގެ ކަންފަތްދޮށުގައި މަލާކް ބުނެލިއެވެ. ގަބޫލުނުކުރެވިފައި އައިދުންއަށް ހުރެވުނީއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އިރުކޮޅަކު އެހެން ހުރުމަށްފަހު އައިދުން މަލާކް އުރާލިއެވެ.

ބިންމަތީގައި މަލާކް ބެހެއްޓުމަށްފަހު އައިދުން ކުޑަކަކޫ ޖަހައި މަލާކްގެ ހިނދި ބަނޑުގައި މޫނު ޖައްސައިލަމުން ބައްދާލިއެވެ. “މަލް. އަހަރެން ވައުދުވަން. ދުވަހަކުވެސް މަލް ދެރަވާނެ ވަރުގެ ކަމެއް ﷲ ގެ އިރާދަފުޅުން ދެން އަހަރެން ނުކުރާނަން. އިރާދަކުރެއްވިއްޔާ ހެޔޮލަފާ ޞާލިޙް ފިރިއަކާ ބައްޕައަކަށްވެފަ އަހަރެން ދައްކާނަން. އުމުރަން ތިދެމައިން އުފަލުގަ ގެންގުޅޭނަން.” އައިދުންގެ ވާހަކަތަކާއެކު މަލާކް ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

ގެއިން ނުކުމެގެން އައި މަލާކްއާ އައިދުން ފެނުމުން އެންމެން ކާރުތަކަށް އަރަންފެށިއެވެ. ކާރުގެ ދޮރުކައިރީ މަޑުކޮށްލުމަށްފަހު ދެމީހުން އެއްކޮށް އެބޮޑު ހަވޭލީއެއްފަދަ ގެއަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެއީ އެދެމަފިރިންގެ މުޅި ދިރިއުޅުން ބަދަލަކޮށްލި ގެއެވެ. ހަވޭލީއެވެ.

“މަލް. މީހުން ބުނެއެއްނު މާތް ﷲ އެކިއިންސާނުންނަށް އެކަލާނގެ ތެދުމަގު ދައްކަވަނީ އެކިގޮތަށޭ. އަހަރެން ގަބޫލުކުރަނީ މިހާދިސާއަކީ އަހަރެމެން ދެމަފިރިންނަށް އެކަލާނގެ ތެދުމަގު ދައްކަވަން މެދުވެރިވި ގޮތެއްކަމަށް.” ހަވޭލީއަށް ބަލަން ހުރެ އައިދުން މަލާކްގެ އަތަށް ފިތައިލިއެވެ. އައިދުންގެ ވާހަކައަށް މަލާކް މަޑުމަޑުން ބޯޖަހައިލިއެވެ. ހިނިތުންވެފައި އެންމެފަހު ފަހަރަށް އެހަވޭލީއަށް ބަލައިލުމަށްފަހު އައިދުންގެ ދެމަފިރިން ކާރަށް އެރިއެވެ. އެއާއެކު އާކިފް ކާރު ދުއްވައިލިއެވެ.

=ނިމުނީ=

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ބޭނުންވަނީ އުމުރަށް 10

Next

ސިއްރުން މިހިތާ ކުޅެނީހޭ (ފަސްވަނަބައި)

Next
October 23, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ފަސްވަނަބައި)

Previews
October 22, 2017

ބޭނުންވަނީ އުމުރަށް 10

76 Comments!

  1. Naufa says:
    October 23, 2017 at 3:47 pm

    Assalaam alaikum.. Here is the last part of this story.. Hoep u all will like the ending.. Let me knw hw it is.. Hv a nice day.. Ly all?❤

  2. sana says:
    October 23, 2017 at 3:57 pm

    Very very nice this story end Then when we see you’re story nau ?????????

    1. Naufa says:
      October 23, 2017 at 4:03 pm

      Thanks sana.. In sha allah soon.. ?❤

  3. Yaania? says:
    October 23, 2017 at 3:59 pm

    Masha Allah. Mi vaahaka v reethi.. nau ge story akah wait kuraanan. Salaam. Good luck dear..

  4. Only says:
    October 23, 2017 at 4:07 pm

    Very nice. Adhi eh waahaka genes dheyne kamah heekuran

  5. Only says:
    October 23, 2017 at 4:09 pm

    V nice story. Nau get adhi eh story kiyan libeyne kamah unmiidhu kuran. This varah best writer eh.

  6. Nicky says:
    October 23, 2017 at 4:12 pm

    Nyc

    1. Naufa says:
      October 23, 2017 at 4:18 pm

      Thanks nicky?

  7. unaal says:
    October 23, 2017 at 4:15 pm

    Omg..nice ingey… I mean fantastic
    I luv it
    Vrh loabi gothakah mi nimuny
    And GOOD job nau… waiting for ure next stry

    1. Naufa says:
      October 23, 2017 at 4:19 pm

      Thanks unaal?

  8. Sallu says:
    October 23, 2017 at 4:19 pm

    Nimmun kada.. Aidhun ehaa ihaanethi gothakah rayyaa maraalumunves eyna akah evves adhabeh nulibunu. I thought ending varah reethi vaane kamah. Mi hedhi gothun mulhin foohi vejje. Hate aidhun so much. and malaak ah kihineh efadha nubai gaathilakaa ehkoh e ulhevenee. Hama ekahjehves hithakah naaraatha?

    1. Naufa says:
      October 23, 2017 at 4:24 pm

      Sallu.. U knw actually ending bodah beynunvy dheenaa gulhuvaalan.. Marah marah hifun ovey.. Ekm dheengavx enme rangalhu gothaky emyhakah maaf kohdhinun.. Bt v madhu bayakah noony ehn nuhedheyne.. Undhangoo vx vaane.. Bt we r muslims.. We shud always follow the best way in our religion.. N sorry i forgot to mention gisaas nuhifunas aidhun ah jeheyne kahfaara dhahkan.. E ee keevx kuda adhbeh nun.. N ya kusheh kurevunas ekuh ihusaasvyma maafu kuran jehene.. Thaubaa vaan furusathu dheyn jeheyne dhw.. Ehnve ehn hedhy.. Sorry u didnt like that way.. Bt thanks for the comment?

  9. Shau Aria says:
    October 23, 2017 at 4:29 pm

    varah reethi story… Ninmunvex hama varah reethi…. You are so talented Masha Allah…. Eagerly waiting for your next story…. ?

    1. Naufa says:
      October 23, 2017 at 5:06 pm

      Thanks dear.. In sha allah v soon??

  10. SJK...KOREAN says:
    October 23, 2017 at 4:39 pm

    vvvvv furihama vaahaka, just love it.. ending vx aslu varah salhi.. keep it up Nau.. dhn nauge vaahaka eh kiyaalan varah avahaa libeyne kamah ummeedhu kuran.. 🙂 😀 to be honest, you are a great writter.. 🙂

    1. SJK...KOREAN says:
      October 23, 2017 at 4:41 pm

      *writer

    2. Naufa says:
      October 23, 2017 at 5:07 pm

      Thank u sooooooo much sjk.. In sha allah soon?❤

  11. Mary says:
    October 23, 2017 at 4:46 pm

    Vvvvv salhi vaahakaeh….mikahala reethi vaahakayakan adhives inthixaaru kuran??

  12. Naape says:
    October 23, 2017 at 4:49 pm

    Varah varah varah varah reeethi adhi mikahala ehen vaahaka eh liyun edhen LY ?❤️️

  13. Ryn says:
    October 23, 2017 at 4:55 pm

    From the start to beginning this one story amazed me completely everyday. Every part ends in a way that excites me to read the next one asap. And u did a great job. Vrh vrh rythi ?? and love the ending cx everyone deserve a second chance and he got it in a way that changed him and also mal. Amazing ?. Hope to see a new story very soon. Gonna miss u and this story. ??

    1. Naufa says:
      October 23, 2017 at 5:08 pm

      Thanks alt ryn.. Ya in sha allah soon.. ??

  14. aisha says:
    October 23, 2017 at 4:56 pm

    Mifadha ibrayytheri vaahaka thakah shukuriyya

    1. Naufa says:
      October 23, 2017 at 5:09 pm

      Thanks aisha?

  15. I_far says:
    October 23, 2017 at 4:58 pm

    Vvv reethi. Maa Shaa ALLAH.

    1. Naufa says:
      October 23, 2017 at 5:10 pm

      Thanks dear..?

  16. Rose says:
    October 23, 2017 at 5:06 pm

    V vvvvv nice. ..

    1. Naufa says:
      October 23, 2017 at 5:11 pm

      Thank u rose.. ?

  17. Lam says:
    October 23, 2017 at 5:14 pm

    Vvv reethi masha Allah….waitinh for a new story …ending ves hama best

    1. Naufa says:
      October 23, 2017 at 5:20 pm

      Thanks lam?

  18. imagination ?? says:
    October 23, 2017 at 5:17 pm

    Aahh.. Its touching. I logged im just to read this story. Istg mi story hama v furihama. In sha allah I’ll learn from what u wrote. ??

    1. Naufa says:
      October 23, 2017 at 5:48 pm

      Thank u soooo much imagination.. ??

  19. khajja says:
    October 23, 2017 at 5:28 pm

    Ohhh wow ?????? masha allah v v rythi v v ibraiytheri stry eh?? nau haadha molhey masha allah ?? we miss u bodukon? dhen kon irakun nau ge stry eh kiyaalan libeyny will wait insha allah gud luck thank u soooomuch mihaa rythi stry eh kiyaalan libunyma thanks a lot n ly???❤❤❤❤?????❤❤??????

    1. Naufa says:
      October 23, 2017 at 5:30 pm

      Thank u sooooo much khajja.. Will miss u guys too.. In sha allah soon.. New story eh kiyaalan libeyne.. Ly too dear.. ??❤

  20. Hana says:
    October 23, 2017 at 5:41 pm

    Oooh.. v reethi vaahaka eh.. ?❤masha allah.. mivaahaka kiyumun rivey goih veyy.. haadha rangalhu baekey dhw.. hana ah hikuri aidhun maraalaanr kamh.. ekamaku aamiru be haadha rangalheyy dhw.. kiha hiyy heyo maai inshaaneh❤❤..anekaa ah maruge inshaaf haodhai dhinumu ge kurin edhini heyo naseyhatheh… v reethi vaahaka eh❤❤❤ masha allah masha alllah.. hana ummedhu kuran dhen faharakun ves mikahala asharugadha vaahaka eh liyaane kamh..good luck naufa??❤❤

    1. Naufa says:
      October 23, 2017 at 5:49 pm

      Thank u sooooo much hana.. Ya in sha allah soon.. ??❤

  21. Anonymous says:
    October 23, 2017 at 5:57 pm

    varah reethi its amazing

    1. Naufa says:
      October 23, 2017 at 5:58 pm

      Thanks dear?

  22. Girly says:
    October 23, 2017 at 6:24 pm

    Vaahaka eege ninmun varah furihama .. keep it up ❤️ God bless yuh❤️

    1. Naufa says:
      October 23, 2017 at 8:03 pm

      Thanks girly❤?

  23. kail says:
    October 23, 2017 at 6:24 pm

    NAU vaahaka vrh reethi
    waiting 4 next story of yours

    1. Naufa says:
      October 23, 2017 at 8:04 pm

      Thanks kail?

  24. Blush says:
    October 23, 2017 at 6:36 pm

    Varah reethi vaahaka!!! From the start to end ehves foohi kameh nethi kiyaalevunu. Waiting for another story of yours. Best of luck!! ❤️?

    1. Naufa says:
      October 23, 2017 at 8:05 pm

      Thanks blush?❤

  25. DHIM says:
    October 23, 2017 at 6:37 pm

    Vaahaka vvvvv reethi….keep it up…

    1. Naufa says:
      October 23, 2017 at 8:06 pm

      Thanks dhim?

  26. NAAZ says:
    October 23, 2017 at 6:43 pm

    Maasha Allah v furihama….thank you nau ?❤️?

    1. Naufa says:
      October 23, 2017 at 8:08 pm

      Thanks naaz?❤

  27. Ibbe says:
    October 23, 2017 at 6:43 pm

    Superb! pls a horror story again! You are one of the few outstanding horror-story writers.

    1. Naufa says:
      October 23, 2017 at 8:09 pm

      Thanks ibbe.. Bt this tym a love story.. Ekm in sha allah adhi horror story eh plan kuraanan ingey?

  28. Saajy says:
    October 23, 2017 at 7:15 pm

    Salhi nimmun v … adhi mikahala vaahaka kiyas lumuge furusathu libeyne kamah ummydhu kuran.. n biruveri mikahala reethi vaahakaeh nauge v avahah up kuraane kamah hykuran

  29. suha says:
    October 23, 2017 at 7:27 pm

    Varah ufaa vejje mihaa furihama kamaa eku vaahaka nimmaalythyve. Aamiru edekky varah vx reethi namoona eh. Finally malaak ah vx hiyyhama jehumaa ufaaverikan libijje.
    Kurin nauge vaahakatha nukiyas mihaaru nau ge varah bodu fan akah suha vejje kanneyge. Nau kurin genas dhin story vx suha kiyaalafin iyye. Varah reethi evaahaka vx leen ah v gothun varah dera ves vi.
    Suha ummydhu biruveri reethi vaahaka eh nau genas deynekamah.

    1. Naufa says:
      October 23, 2017 at 8:11 pm

      Thanks suha.. V happy vehje thihen bunyma.. In sha allah adhi horror eh genesdheynan.. ?❤

  30. mamee says:
    October 23, 2017 at 7:28 pm

    rasoolaayah musrikun kihaa aniyaaehdy ekam emeehunnaa deythery kudakohves hibburaeh nukurahva aee e meehunnah heyovisnun visni heyomagah elhynethee .ekuverinny mi vaahakaen eburae libigany kuhkuraa meehunnah maafdinumaky v reethi sifaeh.100 meehun maraafa huri meehaaves thaubaavaan hithuga azum kandaelhythee alhaah emeehaayah suvaruge dehvi vaahaka adu eheemennu.alhugandu vvvvvvv boda ufaave Nau as dythery fahruverivan mikahala iburaetheri vaahakathah kiuntherinnaahamayah genesdy kujakah veethy.l u Nau…???????v furihama mivaahaka ufalun gos rovihje.?????????

  31. Nuppu says:
    October 23, 2017 at 9:34 pm

    Mashaa Allah.. kiyaa hithun kiyaalevunu story eh mee.. varah salhi…

  32. Hudher says:
    October 23, 2017 at 9:45 pm

    Ma Sha Allah varh reethi story eh… and ending varh vx reethi❤❤… thanks Nau, for this beautiful story???

    1. Naufa says:
      October 23, 2017 at 10:07 pm

      Thanks hudher.. ?❤

  33. saadhu says:
    October 23, 2017 at 9:51 pm

    alhey naufaa?i love it.u r tha best writter.v fruhima vahakaye.maashaa Allah

    1. Naufa says:
      October 23, 2017 at 10:08 pm

      Thanks saadhu. ??

  34. Ibbe says:
    October 23, 2017 at 10:28 pm

    Thanx Nau

  35. Mal says:
    October 24, 2017 at 12:25 am

    Story hama best.. wrh reethi I love it.. ❤️?

  36. zaam says:
    October 24, 2017 at 12:29 am

    vvvvvv rythi mivaahaka.. feshigen nimendhen ves kiyaaly shaugunverikamaaeku…..best of luck naufa…

  37. Naufa says:
    October 24, 2017 at 5:45 am

    Mi vaahaka ah comment kohli hurihaa kudhinnah v v bodah thanks.. ?❤

  38. jewel says:
    October 24, 2017 at 1:07 pm

    I loved the story… But still our religion doesn’t forgive such big crimes.. Aidh raped and killed ranya and kidnapped Amir..he deserves some kind of punishment.. What about justice for ranya.. Malaak was not even in the equation when all of this happened.. An eye for an eye

    1. Naufa says:
      October 24, 2017 at 4:34 pm

      Yes dear.. Actually i forgot to mention about ah kahfaara. Gisaas nuhifiyas kahfaaraa dheyn jeheyne.. N ya.. Gisaas n dhiya e ee maruvi myhaage vaarutha verinnah forgive kohdhevey ehcheh.. Emyhun dhekolhu hadhaafi nama gisaas nuhifeyne.. Ehnve aslu ehn jehy.. Bt kahfaara dhahkan jeheyne aidhun ah.. Ethan mention kuran handhaan nuvy.. Sry dear.. Bt happy u liked the story.. Thanks..?

  39. Haifa? says:
    October 24, 2017 at 2:48 pm

    Yeah jewel is right… but the story is very nice ingey..✨ dhn kon irakun u ge story eh kiyaakah libeynee?

    1. Naufa says:
      October 24, 2017 at 4:36 pm

      Thanks dear.. Nw vx innaane story eh up kohfa.. Bt dh in dhigu vaahaka fennaany nov 6 ge fahun. ?

  40. click a shot ? says:
    October 24, 2017 at 7:30 pm

    wow..varah reethi mi story..and mininmunves hama superb..varah intresting gothakah thi ninmaaly..enme fahun mi comment kurevuny ves..love you dear ??❤️

    1. Naufa says:
      October 25, 2017 at 11:37 am

      Hey click happy to see ur comment.. Thanks dear.. Ly too?❤

  41. raai says:
    October 25, 2017 at 3:18 am

    vaahaka feshun ves numin ves adhi mulhi vaahaka ves reethi vys ehen myhunge vaahakain than thankolhu nunagaa genes dhin nama…

    1. Naufa says:
      October 25, 2017 at 5:17 am

      Ehvx myhehge vaahakain ehvx thaneh nagaafa eh noanaane.. This is my own idea.. Bt thanks for the comment

  42. Aslam says:
    November 11, 2017 at 10:32 pm

    V reethi vaahaka eh
    Thigothuga kuriyah dhiumah edhen

  43. xeybooo says:
    November 13, 2017 at 2:10 pm

    wowwwwwwwwwwwww..<3

  44. Aimi says:
    November 15, 2017 at 10:16 am

    Vrh reethi vaahakaeh mihaa furihama vaahakaeh adhi nukiyan thanks naufa adhi

  45. Muslim jinni says:
    January 2, 2018 at 11:33 am

    Ninmun v kada
    Meehaku maraafa ehves adhabeh nulibi ufaluga ulhevigen nuvaane, adhi maraafa bappa hahyarukoffa hilihilaa jeheemaves
    Meethi v v kada
    Kuhveriyaa ah sarukaarun konmeves varehge adhabeh libunukan liununama v furihamaveees,

  46. Dheem says:
    April 24, 2020 at 8:14 pm

    OMG. The best story I have ever read in my whole life. It literally made me cry. U are the best writer. ??
    Hoping for another great story from you.

  47. MNJ says:
    October 7, 2020 at 8:28 am

    Very emotional ending.. Story is really wonderful.. ? ?

Comments are closed.



All Right Reserved!