Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (14)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 21, 2017 7 Mins Read
65 Comments

އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އޮށޯތެވެ. ހަށިގަނޑަށްވެރިވެފައިވާ ލޮޑުކަމާއެކު މަލާކަށް ދާާދިއަވަހަށް ނިދުނެވެ. މާދަމާ ޕްލޭނާ އެއްގޮތަށް ނީމް ގޮވައިގެން ޝޮޕިންގްއަށް ދާން ޖެހޭނެތީ އަވަހަށް ހޭލަންވެސް ޖެހޭނެއެވެ. ނިދުމުގެ ކުރިން ޕްލޭނާ އެއްގޮތަށް ހުރިހައިކަމެއްވެސް ކުރިއަށްދިއުމަށްއެދި މަލާކަށް ދުޢާކޮށްލެވުނެވެ. ނިދިފައިވާ މަލާކްގެ މޫނުމަތީގައި މައުސޫމު ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. މަލާކްގެ ހަރަކާތްތައް ބަލަންއިން ބީނިޝްވެސް ކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ވިދައިބަބުޅަމުންދިޔަ އުޑާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

* * *

ހެނދުނު އެރިއިރާއެކު މަލާކް ތެދުވިއެވެ. އޭނާ ގެންގުޅޭ އަތްދަބަހުގެ ތެރެއަށް ބޭނުންވާނެ ހުރިހައި ސާމާނެއްލުމަށްފަހު މަލާކް ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް ތިރިއަށް ދިޔައެވެ. އޭރު ޝާންތާ މޭޒުމަތީގައި ތަށި އަތުރައި އުޅެއެވެ.

“މޯރނިންގް.” ގޮނޑިއެއް ދަމައިލުމަށްފަހު އިނށީދެ މަލާކް ޝާންތާއަށް ބުނެލިއެވެ. “މޯރނިންގް މޭމް.” ހިނިތުންވެލައިފައި ޝާންތާ ވެސް ބުނެލިއެވެ.

ސައިބޮއެގެން މަލާކް ތެދުވިއެވެ. އޭރު އަދި އައިދުން ނުހޭލައެވެ. “ޝާންތާ އަހަރެން މިދަނީ ބޭރަށްދާން ނީމްއާ އެއްކޮށް. އައިދުން ހޭލީމަ އޭނާގާތު ބުނެލާތި.” ފެންތަށި ހުސްކޮށްލައިފައި މޭޒުމަތީ ތަށި ބަހައްޓަމުން މަލާކް ބުނެލިއެވެ. ޝާންތާ ބޯޖަހައިލިއެވެ.

ގޭގެވަލުފަރާތުން ބޭރަށް ނުކުތުމަށްފަހު މަލާކް މިސްރާބުޖެހީ ވަލުތެރެއަށެވެ. ވަކިހިސާބަކަށް ދިއުމަށްފަހު މަލާކް ވަށައިގެން ހޯދައިލިއެވެ. އަދި މަޑުމަޑުން ބީނިޝްއަށް ގޮވައިލިއެވެ.

“ސަލާމް މަލާކް.” ފަހަތުން އިވުނު ބީނިޝްގެ އަޑުން ހެވިފައި މަލާކް ފަހަތަށް އެނބުރުނެވެ. “ސަލާމް ބީނިޝް. ކޮބާ އެގަނޑު؟” އަވަސްއަވަހަށް މަލާކް އަހައިލިއެވެ. އެވަގުތު ބީނިޝްގެ އަތުގައި އޮޅައިލެވިފައި އޮތް ހުދުކުލައިގެ ގަނޑު މަލާކްގެ ލޮލުގައި އަޅައިގަތެވެ.

ބީނިޝް އެގަނޑު ދިއްކޮށްލުމުން މަލާކް އޭގައިހިފައި އެގަނޑު ނިއުޅައިލައިފައި ބަލައިލިއެެވެ. “ވާއު.” ބޭއިޚުތިޔާރުގައި މަލާކަށް ބުނެވުނެވެ. “ޝުކުރިއްޔާ ބީނިޝް” ހެވިފައި މަލާކް ބުނެލިއެވެ. “މަލް އިތުރު އެއްވެސް އެހީއެއް ބޭނުންވަންޏާ އަހަރެންނަށް ގޮވާލަަ. އޭރަށް އިރާދަކުރެއްވިއްޔާާ އަހަރެން އަންނާނަން.” ހިނިތުންވެލައިފައި ބީނިޝް ގެއްލުނެވެ.

ފުންނޭވާއެއްލުމަށްފަހު މަލާކް ގަޑިބަލައިލިއެވެ. ވަލުން ނުކުތުމަށްފަހު މަލާކް ޖިންސްގެ ޖީބުގައި އޮތް ފޯންނަގައި ނީމްއަށް ގުޅައިލިއެވެ. މިދަނީކަމަށްބުނެ ނީމް ފޯނު ބޭވިއެވެ.

ބޭރުގައި ނީމްގެ އިންތިޒާރުގައި އިން މަލާކް ގޭގެ ދޮރުމައްޗަށް މަޑުކުރި ކާރުގެ ދޮރު ހުޅުވައިލުމަށްފަހު އެރިއެވެ. ދުއްވަންއިން ނީމް ފެނުމުން މަލާކް ހިނިތުންވެލިއެވެ. މަލާކް އެރުމާއެކު ނީމް ކާރުދުއްވައިލިއެވެ.

މަލާކް ބޭނުންވި ހުރިހައި ފިހާރައަކަށްގޮސް ޕްލޭނާ އެއްގޮތުގެމަތިން ހުރިހައި އެއްޗެއް މަލާކާ ނީމްވެގެން ގަތެވެ. ބީނިޝްދިން ގަނޑަށް ބަލަމުން ހުރިހައި އެއްޗެއް ހަމަކުރަމުން ދިޔަ ދެމީހުންގެ މޫނުމަތިން ހިނިތުވުންފާޅުވީ ބޭނުންވި ހުރިހައި އެއްޗެއް ހަމަވުމުންނެވެ.

ކާރަށް އެރުމަށްފަހު ދެވަނަ މަންޒިލަށް ދިއުމަށް ދެމީހުން ދަތުރުފެށިއެވެ. އެކިމަގުތަކުގައި ދުއްވުމަށްފަހު އެމީހުންގެ މަންޒިލާ ހަމައަށް އާދެވުމުން ނީމް ކާރު މަޑުކޮށްލިއެވެ. އަދި ދެމީހުން ގަތްތަކެތި ހިފައިގެން ގޮސް އެތަނަށް ވަނެވެ. އަތުގައި އޮތް ގަނޑާއި ގަތްތަކެތި އެތަނުގައި ހުރި މީހާއާ ހަވާލުކުރުމަށްފަހު ހަދަންވީގޮތް އެމީހާއަށް އޮޅުންފިލުވައިދީފައި ދެމީހުން އެތަނުން ނުކުތެވެ.އަދި ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.

މަލާކް ގެއަށްލުމަށްފަހު ނީމް ދިއުމުން އޭނާ އެތެރެއަށްވަނެވެ. އޭރު ސިޓިންރޫމްގައި ޓީވީބަލަން އައިދުން އިނެވެ.މަލާކް ފެނުމުން ހިތާމަވެރިގޮތަކަށް އައިދުން ބަލައިލިއެވެ. މަލާކް އޭނާއާ ދުރުވަމުންދާކަން އެހިތަށް އިހުސާސުވަމުން ދިޔައެވެ.

އައިދުން ފެނުމުން ފުންނޭވާއެއްލުމަށްފަހު މަލާކް ހިނިތުންވެލިއެވެ. އަދި އައިސް އައިދުންގެ ގާތުގައި އިނށީދެލިއެވެ.ވަރަށް ލޯބިން މަލާކް އައިދުންގެ އަތުގައި ހިފައިލުމުން އައިދުން ބަލައިލިއެވެ.

“އައިދު ތިއިނީ ހަނދާންނެތިފަތަ؟” މަލާކް ކޮށްލިސުވާލުން އައިދުންގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައެވެ. “ކޮންކަމެއް ހަނދާންނެތިފަ؟” އައިދުންވެސް ކޮށްލީ ސުވާލެކެވެ. “އިތުރުކޮންކަމެއް. އަހަރެންގެ އުފަންދުވަސް.” އުފާވެލާާފައި މަލާކް އެހެންބުނުމުން އަައިދުންއަށް ބޮލުގައި ޖަހައިލެވުނެވެ. “އެހެންނުވާނީ. މިހެން އުޅެންވީމަ” ހިނިއައިސްފައި އައިދުން ބުނެލިއެވެ. “އައިދު.އަހަރެންގެ އުފަންދުވަހަށް މާލެ ދެވޭނީކީ ނޫން. އެހެންވީމަ އަހަރެން ވަރަށް ބޭނުން މިގޭގައި ޕާޓީއެއް ބާވައިލަން. ޕްލީޒް.” ކުޑަކުއްޖަކުހެން އައިދުންގެ އަތުގައި ހިފައިގެން އިނދެ މަލާކް އާދޭސްކޮށްލިއެވެ. “އެންމެ ރަނގަޅު. އަހަރެންގެ އެއްވެސް މައްސަލައެއްނެތް. މަލް ބޭނުންގޮތަކަށް ހަމަ ޕާޓީ ބާވަންވީ.” މަލާކްގެ ކޮލުގައި ހިފައިލަމުން އައިދުން ލޯތްބާއެކު ބުނެލިއެވެ. “އޯހް އައިދު. ތެންކިޔޫ.” ވަރަށް އުފާވެލައިފައި މަލާކް ބުނެލިއެވެ.

“ކޮންއެއްޗެއް ގަންނަން ދިޔައީ؟” ހިނިތުންވެފައިވާ މަލާކްގެ ފިޔާތޮށިކުލައަރާާ ތުންފަތުގައި ފިރުމައިލަމުން އައިދުން އަހައިލިއެވެ. “އެއީ ނީމް ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަވެގެން ދިޔައިރު އަހަރެންގާތު ބުނީ އޭނައާއެކު ގޮސްލަން.އެހެންވެ.” އައިދުންގެ އަތް ދުރަށްލަމުން މަލާކް ދޮގެއްހަދާލިއެވެ. “އެހެންތަ.” އައިދުން ދިނީ ކުރުޖަވާބެކެވެ. “ހޫމް. މިދަނީ ކުޑަކޮށް އަރާމުކޮށްލަން އެނގޭ.” އެހެން ބުނުމަށްފަހު އިންތަނުން ތެދުވެ މަލާކް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަނުމަށްފަހު މަލާކް ފުންނޭވާއެއްލިއެވެ. އަދި ދަބަސްތެރެއިން ފޯނު ނަގައި މީހަކަށްގުޅައިލުމަށްފަހު ވަރަށް އަދަބުވެރިކޮށް ވާާހަކަދައްކަންފެށިއެވެ.އެފޯނުކޯލް ނިންމައިލުމަށްފަހު އަނެއްކާވެސް އެހެން ނަމްބަރަކަށް ގުޅައިލައި ހަމައެގޮތަށް ވާހަކަދަން ފެށިއެވެ. ކުރަންހުރި ހުރިހައިކަމެއް ކޮށްނިމުމުން މަލާކް ގޮސް އެނދުގައި ހަށިގަނޑުދަމައިލިއެވެ. ފޯނު ވަކިގަނޑިއަކަށް އެލާމް ކުރުމަށްފަހު މަލާކް ނިދައިލުމަށްޓަކައި ދެލޯމަރައިލިއެވެ.

* * *

ފޯނު ސޯނާވާންފެށި އަޑަށް ފުންމައިގެން މަލާކަށް ތެދުވެވުނެވެ. ސޯނާ އޮފްކޮށްލުމަށްފަހު ތުވާލި ހިފައިގެން ގޮސް ފެންވަރާލުމަށްފަހު ތިރިއަށް ދިޔައެވެ. ގޭގައި އައިދުންނެތްކަން މަލާކަށް ޔަގީނެވެ. މިއީ މިހާރަކަށް އައިސް އައިދުން ގެސްޓްހައުސްއަށްދާ ގަޑިއެވެ.

ދެފަރާތް ރަނގަޅަށް ހޯދައިލުމަށްފަހު މަލާކް ގޮސް އާމިރު ހައްޔަރުކޮށްފައި ހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަދި ސިއްރުސިއްރުން އެކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. އާމިރުއަށް ގޮވައިލުމަށްފަހު ހޭނާ ހައްޔަރުކުރުމަށްޓަކައި ޖަހައިފައިވާ ހިލިހިލާތަށް ނައްޓައިލިއެވެ. ހުރިހައި ކަމެއްވެސް މަލާކް ކުރީ ނިކަން އަވަހަށެވެ. މީހަކަށް ފެނިއްޖެނަމަ އޭނާގެ ޕްލޭން ފްލޮޕްވެދާނެއެވެ. އެހެންވާކަށް މަލާކް ނޭދެއެވެ.

އާމިރުގެ ގައިގައި ކޮޅަށް ހުންނާނެ އެއްވެސް ބާާރެއްނެތެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު މަލާކް އާކިފްއަށް ގުޅައިލިއެވެ. ބޭރުގައި މަޑުކޮށްގެންތިބި އާކިފްއާާ ނީމް ސިއްރުސިއްރުން ގޭތެރެއަށް ވަނެވެ. އަދި މަލާކް ކިޔައިދިން ގޮތަށް މަޑުހިނގުމެއްގައި ގޮސް އެކޮޓަރި ކައިރީ މަޑުކޮށްލިއެވެ. މަލާކް ދޮރުހުޅުވައިލުމުން ދެމީހުން އެތެރެއަށްވަދެ އާމިރު ނެރުމުގައި މަލާކަށް އެހީވާންފެށިއެވެ. އާމިރު ފެނުމުން ދެމީހުންނަށްވެސް ފުރަތަމަ ތިބީ ގަބޫލުނުކުރެވިފައެވެ. ހަމައެކަނި އެކަމުންވެސް މަލާކްގެ ވާހަކައިގެ ތެދުކަން ދެމީހުންނަށް އެނގިގެންދިޔައެވެ. އާމިރު ގެންގޮސް ކާރަށް އެރުވުމަށްފަހު ނީމްއާ އާކިފް ކާރު ދުއްވައިލިއެވެ. އެތަންބަލަންއިން މަލާކް ހިންދެމިލުމަށްފަހު ގޭތެރެއަށް ވަނެވެ. އެކޮޓަރި ރަނގަޅަށް ތަޅުލުމަށްފަހު މަލާކް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ރޭގަނޑުގެ ވަގުތު އާމިރަށް ކާންހިފައިގެން ދިޔަ ކަމަރްގެ ފަައިދަށުން ހީވީ ބިންގަނޑު ދެމިގެންދިޔަހެނެވެ. އާމިރު ކޮޓަރީގައި ނެތްކަން އެނގުމުން ކަމަރަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް ގޮސް ޝާންތާާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ކަމަރް ދިޔައެވެ.

“ކިހިނެއްވީތަ ކަމަރް؟” ކަމަރް އުޅޭގޮތްފެނި އުނދަގޫވެފައި ހުރި ޝާންތާ އަހައިލިއެވެ. “މީ.. މީ.. ޝާންތާ. އެއްކަލަ ކޮޓަރީގައި އޮތް ބޭބެ ނެތް މިހާރު އެތަނުގަ.” ހާސްވެފައި ތަންކޮޅެއް މަޑުން ކަމަރު ބުނެލިއެވެ. އެއަޑު ޝާންތާއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. “އޭން. ކީކޭ؟ ކަމަރް ކަލޭ ތިހުރީ ހަމައިގަތަ؟ ނެތޭ؟” ދެލޯބޮޑުކޮށްލަމުން ޝާންތާ އަހައިލިއެވެ. އެއަޑުގައިވެސް ހާސްކަން އެކުލެވިގެން ދިޔައެވެ.

“އާން ނެތް. މިރޭ އަހަރެން ކާން ގެންދިޔައިރަ އެބޭބެ ނެތް އެތަނަކު.” ކަމަރްއަށް މޫނުމަތީގައި އަތް ކާތައިލެވުނެވެ.

“ކޮންތަނަކަށްބާ އެކަމަކު އެބޭބެ ދާނީ؟ ކިހިނެއްބާ އެބޭބެ އެތަނުން ސަލާމަތްވީ؟. ކޮންމެވެސް ނުބަޔެއް އުޅޭހެން ހީވަނީ. އެކަމަކު ބުނަން ކަމަރް. ކަލެއަށްވެސް އެނގެއެއްނު އަހަރެމެންނަށް މިވަޒީފާާ ލިބުނީ ވަރަށް ހާލުންކަން. އައިދުން ސަރ ވަޒީފާ ދިނުމުގެ ކުރިން ދިން އިންޒާރުވެސް ކަލެއަށް އެނގެއެއްނު. މިއިން އެއްވެސް ކަމެއް އައިދުން ސަރ އަށް އެނގިގެން ނުވާނެ. މިކަން ސިއްރުކުރޭ. މިކޮޅަށް އައި ފަހުން ސަރ އެމީހާގެ ހާލުވެސް ބަލައިނުލާ. އެހެންވީމަ އަހަރެންގެ ހިތެއް ނުބުނޭ ދެންއޮތްތަނުގަވެސް ބަލާނެއެކޭ. އަހަރެން މިބުނި އެއްޗެއް ވިސްނިއްޖެދޯ. ހަމަ އެހެންނާވެސް އުޅޭހެން ނޯމަލްކޮށް އެކްޓްކުރޭ. ސަރއަށް ކުޑަކޮށްވެސް ޝައްކުވިޔަދީގެން ނުވާނެ. އެނގޭ.” ވަރަށް ވިސްނުމަށްފަހު ޝާންތާ ގޮތެއް ނިންމިއެވެ. އެކަމާ ކަމަރް ވެސް އެއްބަސްވީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނޭތީއެވެ.

“ޝާންތާ” ކަމަރްގެ ކޮޓަރީގައި ވާހަކަދައްކަންތިބި ކަމަރްއާއި ޝާންތާ ސިހުނީ މަލާކްގެ އަޑަށެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުތުމަށްފަހު އަޑު އައި ދިމާއަށް ޝާންތާ ހިނގައިގަތެވެ.

“ލައްބަ މޭމް.” އަދަބުވެރިކަމާއެކު ޝާންތާ ބުނެލިއެވެ. “މިދެކޮަޓަރި ވަރަށް އަވަހަށް ސާފުކޮށްލަބަލަ. މާދަމާ ހެނދުނަށް މިދެކޮޓަރި ހުންނަންވާނީ އެއްކޮށް ސާފުކޮށް ނިމިފަ. އޯކޭ؟” ބަދިގެއާ ޖެހިގެންހުރި ބޮޑު ދެކޮޓަރިއަށް އިޝާރާތްކޮށްލަމުން މަލާކް ބުނެލިއެވެ. ޝާންތާ މަޑުމަޑުން ބޯޖަހައިލުމަށްފަހު އަވަހަށް އެމައްސަކަތާއިވެގެން އުޅެގަތެވެ.

* * *

“އައިދު. އޭ އައިދު ހޭލަބަލަ.” އައިދުންގެ މޫނުގައި މަޑުމަޑުން ޖަހައިލަމުން މަލާކް ގޮވައިލިއެވެ. ނިދިބަރުވެފައިހުރި އެސްފިޔަތައް ގަދަކަމުން ހުޅުވައިލަމުން އައިދުން ގަޑިއަށް ބަލައިލިއެވެ. އޭރު އަދިކިރިޔާ ހެނދުނު 6 ޖަހަނީއެވެ. މަލާކް އެހައި އަވަހަށް އައިދުންއަށް ގޮވުމުން އޭނާ ސުވާލުގެ ނަޒަރަކުން މަލާކްގެ މޫނަށް ބަލައިލިއެވެ. އޭރު މަލާކްއިނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

“ހާދަ ހެނދުނަކާ ތިގޮވީ؟ ކޮންތާކަށްދާން މާ ރީތިވެލައިގެން ތިއިނީ؟” ނިތަށް ރޫއަރުވައިލަމުން އައިދުން މަލާކް ގާތު އަހައިލިއެވެ.

“ތެދުވެބަލަ އަވަހަށް. އައިދުއަށްވީ ވަރަށްބޮޑު ސަޕްރައިޒްއެއް އެބަ އޮތޭ. އަވަސްކުރޭ.” އެންމެފަހުން ކުރުނުކޮށް މަލާކް ކިޔަން ހެދުމުން އައިދުންއަށް ޖެހުނީ ތެދުވާށެވެ. ރީތިވެގެން މަލާކްއާއެކު ގޮސް ސިޓިން ރޫމްގައި އިނށީދެލައިގެން ދެމީހުން ތިއްބެވެ.

“ކިހިނެއްވީ މިތާމިތިބެނީ؟” މަލާކްގެ މޫނަށް ބަލައިލަމުން އައިދުން އަހައިލިއެވެ. “ކެތްކޮށްބަލަ. އެނގޭނެ ތިކަންވެސް.” ގަޑިއަށް ނަޒަރު ހިންގައިލަމުން މަލާކް ބުނެލިއެވެ. އެވަގުތު ގޭގެ ދޮރުމައްޗަށް މަޑުކުރި ދެކާރު އައިދުންގެ ލޮލުގައި އަޅައިގަތެވެ. އިންތަނުން ތެދުވެވުނީ ދެކާރުތެރެއިން ނުކުތް މަލާކްގެ އާއިލާއާއި އޭނާގެ އާއިލާ މެންބަރުން ފެނުމުންނެވެ.

“ބައްޕާ. މަންމާ. ކޮންދަތުރެއްތޯ؟” ގޭތެރެއަށް ވަތް އައިދުންގެ މައިންބަފައިން ގައިގައި ލޯބިން ބައްދައިލަމުން އައިދުން އަހައިލީ ހައިރާންވެ ހުރެއެވެ. “އެހަށް ހިނގާބަލަ އިނށީނަން. ހުރިހައި ވާހަކައެއް ކިޔައިދޭނަމޭ.” ހެވިފައި ހުރެ އައިދުންގެ އަތުގައި ހިފައިލަމުން ވާފިރު ބުނެލިއެވެ.

އެންމެން ސިޓިންރޫމްގައި އިނށީދެ ހަމަޖެހުމުން ވާފިރު ވާހަކަ ފެށިއެވެ. “އިއްޔަ ބައްޕަމެންނަށް ގުޅާފަ މަލާކް ބުނީ މީގެ ތިންދުވަސް ފަހުން މަލާކްގެ އުފަންދުވަސް އަންނަވާހަކަ. މާލެ ނުދެވުނަސް މިކޮޅުގައި ޕާޓީއެއް ބާވާ ވާހަކަ މަލާކް ބުނީ. ދެން ބައްޕަމެން ގާތުބުނީ ދަތިކަމަކަށް ނުވަންޏާ މިކޮޅަށް އައުމަށް. އަދި އައިދުންއަށް ސަޕްރައިޒެއް ދޭން ބޭނުންވާތީ މިކަން ސިއްރުކުރުމަށް. ދޯ ދަރިފުޅާ.” އޭނާގެ މައިންބަފައިން ގާތު އިނށީދެލައިގެން އިން މަލާކަށް ދޯދެމުން ހިނިތުންވެލައިފައި ވާފިރު ބުނެލިއެވެ. އެއާއެކު ހެވިފައި އިން މަލާކް ބޯޖަހައިލިއެވެ.

އައިދުން ކުޑަކޮށް ކަންބޮޑުވި ނަމަވެސް އެކަން މޫނުމައްޗަކުން ނުދައްކައެވެ. މިކޮޅަށް އެމީހުން އައިފަހުން އާމިރުގެ ކަންތައްވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ. އެކަމާ އޭނާ ހުންނަނީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ.

“ދެން މިހެން ނުތިބެ ހިނގާ އަވަހަށް ސައިބޯން ދާން.” އައިދުންގެ މޫނަށް ނަޒަރު ހުއްޓައިލަމުން މަލާކް ބުނެލިއެވެ. މަލާކް އެހެން ބުނުމުން އެންމެން ތެދުވެ ކާކޮޓަރިއާދިމާއަށް ހިނގައިގަތެވެ.

* * *

އޭގެ ތިންދުވަސްފަހެވެ. ގޭތެރޭގައި އެކިމީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ހަވާލުކުރެވިފައި ހުރި ކަންތައް އެންމެ ފުރިހަމައަަށް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ގޭތެރެ ޒީނަތްތެރިކުރާމީހުން އެކަމުގައި އަވަދިނެތި އުޅެމުން ދިޔައިރު މޮޅެތި ކެއްކުންތެރީން އެރޭ އޮންނަ ޕާޓީއަށް އެކިވައްތަރުގެ ކާތަކެތި ތައްޔާރުކުރަމުން ދިޔައެވެ. މުޅިގޭތެރެވަނީ އެކި މަސައްކަތްތައް ކުރާ މީހުންތަކުން ހަލަބޮލިވެފައެވެ. ޕާޓީގެ ތައްޔާރީތައް ކުރިއަށް ދާގޮތް ބެލުމުގައި މަލާކް ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ ކަމެއްވެސް އޭނާގެ ބެލުމުގެ ދަށުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދަމުން ދިޔައެވެ.

ރޭގަނޑު ގަޑިން އަށެއް ޖެހުމާއެކު މެހެމާނުންތައް އެގެއަށް ހާޒިރުވާން ފަށައިފިއެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި ހުރި އައިދުންގެ ރީތިކަމަށް އެތައް އަންހެންކުދިންތަކެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ. އެހުރިހައި މަންޒަރެއްފެނި އައިދުން ލާނެތް ފާޑަކަށް ހިނިތުންވެލިއެވެ.

އާކިފްއާ އެއްކޮށް ދޮރުން ވަދެގެންއައި ގްރޫޕް ފެނުމުން އައިދުންގެ މޫނުމައްޗަށް ފުޅާހިނިތުންވުމެއް ވެެރިވެގެން ދިޔައެވެ. އެއީ އެރަށަށް އެންމެފަހުން އައި ފަހަރުވެސް އޭނާ ބޭވި ޕާޓީގައި ބައިވެރިވި އޭނާގެ އެކުވެރިންނެވެ. އެމީހުން އައިދުން ގާތަށް ދިއުމުން އާކިފް އަވަސްވެގަތީ ނީމް ގޮވައިގެން މަލާކްގެ ކޮޓަރިއަށް ދިއުމަށެވެ.

ދޮރުގައި ޓަކި ޖަހައިލުމާއެކު ހިތްއަވަސްވެފައި ހުރި މަލާކް ގޮސް ދޮރުހުޅުވައިލިއެވެ. އެއާާއެކު އާކިފްއާ ނީމް އެތެރަށްވަނެވެ. “މަލް ބުނީމެއްނު މަލް ތައްޔާރުކޮށްދެން އަހަރެންނަށް ހެލްޕްވަން އަންހެންކުއްޖެއް އަންނަވާހަކަ. ކޮބާ އޭނަ؟” ކޮޓަރިތެރެ ހޯދައިލަމުން ނީމް އަހައިލިއެވެ.

“މަޑުކޮށްލާާ. ބީނިޝް.” މަލާކް ގޮވައިލުމާއެކު މަޑު ވައިރޯޅިއަކާއެކު އެތަނަށް ބީނިޝް ފާޅުވިއެވެ. އެއާއެކު އެމަންޒަރު ބަލަންތިބި އާކިފްއާއި ނީމް ހަޅޭލަވައިގަތެވެ. ބިރުންގޮސް ދެމީހުންނަށް އެކަކު އަަނެކަކު ގައިގައި ބައްދައިލައިގެންތިބެ ކިޔުނުނައި ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ.

އެދެމީހުން އުޅެމުންދިޔަގޮތްފެނި މަލާކަށް ބޮލުގައި މަޑުމަޑުން ޖަހައިލެވުނެވެ. “ސާބަހޭ. ބަލަ އެއީވެސް އަހަރެމެންފަދަ މުސްލިމެކޭ. އެއީ މުސްލިމު ޖިންނިއެއް. ބީނިޝް” ހިނިއައިސްފައި މަލާކް ބުނެލިއެވެ. “ނުވާނެ އެހެނެއް. އޭތި އެހުރީ ރަންޔާގެ ސިފައިގަ.” ދެލޯބޮޑުކޮށްލަމުން ނީމް ބުނެލިއެވެ. “އަހަރެން މިދައްކާ ވާހަކަތައް އަޑު އަހާބަލަ. އާކިފް އެހީމެއްނު އަހަރެންނަށް މިހުރިހައި ކަމެއް އެނގުނީ ކިހިނެއް ހެއްޔޭ. މިއީ އަހަރެންނަށް ހަގީގަތް ހާމަކޮށްދިން ފަރާތް.” އެއަށްފަހު މަލާކް ފެށިގެން ނިމެންދެން ބީނިޝްގެ ވާހަކަތައް އެދެމީހުންނަށް ކިޔައިދިނެވެ.

ކަރުނަވީ ދެލޮލުން ނީމް ބީނިޝްގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ރަންޔާއާއެކު ފެންނަ ބުޅަލަކީ މިއީތާއެވެ. މަލާކްގެ ވާހަކަތަކުން ދެމީހުންގެ ހިތުގައިވި ބިރުވެރިކަން ފިލައިދިޔައެވެ. ހިނިތުންވެލައިފައި ބީނިޝް ސަލާމް ގޮވައިލުމުން ދެމީހުންވެސް ސަލާމް ބަލައިގަތެވެ. ދެން އެރޭގެ ޕްލޭން މަލާކް ނީމްއާއި އާކިފްއަށް ކިޔައިދިނެވެ. މަލާކްމެން ތައްޔާރުވަން ފުރުސަތުދީފައި އާކިފް ކޮޓަރިން ބޭރަށް ނުކުތެވެ. އެއާއެކު ނީމް އަވަހަށް މަލާކްގެ ހެދުން ނަގައިފައި މަލާކަށް ދައްކައިލިއެވެ.

ހެދުންލައިގެން ނުކުތް މަލާކް ފެނިފައި ނީމްއާއި ބީނިޝް ހިނިތުންވެލިއެވެ. އަވަސް އަވަހަށް މަލާކް ތައްޔާރުކުރުމުގައި ދެމީހުން ޝާމިލުވިއެވެ. ބީނިޝް ކިޔައިދެމުންދިޔަ ގޮތަށް ނީމް މަލާކްގެ އިސްތަށިގަނޑު ސްޓައިލް ކުރަމުންދިޔައެވެ. ހިތްހަމަޖެހޭވަރަށް މަލާކް ތައްޔާރުކުރެވުމުން ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

“ބީނިޝް ރެޑީތަ؟ ބޭބެ ކޮބާ؟” މަލާކް ލޯގަނޑުން އަމިއްލަަ ސޫރައަށް ބަލައިލަމުން ބީނިޝް ގާތު އަހައިލިއެވެ. “ހާސްނުވޭ. އަހަރެންވެސް އަދި ބޭބެވެސް ހަމަ ތައްޔާރު.” ފުޅާ ހިނިތުންވުމަކާއެކު ބީނިޝް ބުނެލިއެވެ.

* * *

“ވާއު މަލާކް ހާދަ ރީއްޗޭދޯ.” އައިދުން ގާތު ހުރި އާާކިފް ސިޑިން ފައިބަމުން އައި މަލާކްއާާ ދިމާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. އެއާއެކު ސިޑިއާ ދިމާއަށް ފުރަގަސްދީގެންހުރި އައިދުން އެނބުރި ބަލައިލިއެވެ. އެވަގުތު އައިދުންއަށް ހީވީ އޭނާގެ ވަށައިގެންވި މާާހައުލު އެނބުރިގަތްހެނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަލާކް ލައިގެން އެއިނީ މީގެ އަހަރުތަކެއްކުރިން އެގޭގައި ބޭވި ޕާޓީއަކަށް ލައިގެން އައުމަށްޓަކައި އައިދުން ރަންޔާއަށްދިންކަހަލަ ހެދުމެކެވެ. އެއްވެސް ތަފާތެއްނެތެވެ. އެކުލައެވެ. އެ ޑިޒައިނެވެ. ނުވިތާކަށް ބޮލުގައި ފުނައި އަޅައިފައިވެސް އެވަނީ އެރޭ ރަންޔާ ފުނައި އަޅައިފައި ހުރި ގޮތަށެވެ. އައިދުންއަށް ދެލޯބޮޑުކޮށްލެވުނެވެ. މަލާކަށް އެހުރިހައި ކަމެއް އެނގުނީ ކިހިނެއްހެއްޔެވެ؟

“އޭތް. އެހެދުން ކޮންމެވެސް ތަނަކުން ދެކުނު ވައްތަރު ވަރަށް ޖަހައި. ކޮންތަނެއްބާ؟ ހޫމްމްމްމް.. ޔެސް ހަނދާންވެއްޖެ. އެއީ އެއްކަލަ ޕާޓީގަ ރަންޔާ ލައިގެންއިންކަހަލަ ހެދުމެއްދޯ.” ވަރަށް ނޭނގޭކަމަށް ހަދައިފައި އާކިފް އެހެން ބުނުމުން ގާތުގައި ތިބި މީހުންވެސް އެކަމަށް އެއްބަސްވިއެވެ. ނަމަވެސް އައިދުން ހަމަ އަނގައިން ބަހެއްވެސް ނުބުނެ ހުރިގޮތަށް ހުރީއެވެ.

“އައިދު. މިރޭ އަހަރެން ކިހިނެއް؟ މިހެދުން ރީތިތަ؟ އަހަރެންނާ ގުޅޭދޯ.” ޝޮކެއްގައިހުރި އައިދުންގެ ކުރިމައްޗަށް މަޑުކޮށްލުމަށްފަހު މަލާކް އަހައިލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި މަލާކަށް ބަލަހައްޓައިގެން އައިދުންއަަށް ހުރެވުނީއެވެ. މާޒީގެ އެތައް ހަނދާނަކުން އެހިތް ނުތަނަވަސްވަމުން ދިޔައެވެ.

“އައިދު. އޭތް. ހާދަ ފާޑަކަށްތިބަލަނީ؟ ހަޑީތަ؟” ދެރަވެލައިފައި މަލާކް އެހެން ބުނުމުން ގަދަކަމުން ހިނިތުންވަމުން އައިދުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

މަލާކްގެ ރީތިކަމަށް އެތައްބައެއްގެ ތައުރީފުގެ ބަސްތައް އޮހެމުންދިޔައެވެ. މިއިން އެއްވެސް އަޑެއް އައިދުންއަށް ނީވޭފަދައެވެ. ކަންބޮޑުވެ ހިތްބިރުގެންފައި ހުރި އައިދުންގެ ނަޒަރު މަލާކްގެ ހެދުމުން ވަކިވާގޮތެއް ނުވިއެވެ.

“ދަރިފުޅާ ކާކުގެ އިންތިޒާރެއްގަ؟” އައިދުންގެ ގާތުހުރެ ގޭގެ ބޮޑުދޮރާ ދިމާއަށް ބަލަމުންދިޔަ މަލާކް ގާތު ވާފިރު އަހައިލިއެވެ. “އެއީ.. އޫމް. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކާ އޭނާގެ ބައްޕައަށް ވާނެ މިޕާޓީއަށް ދައުވަތު އެރުވިފަ. އެއީ ވަރަށް ޚާއްސަ ދެމެހެމާނުން. އެކަމަކު އަދިވެސް ނާދޭ. އެހެންވެ. އެމީހުންގެ އިންތިޒާރުގަ.” މަލާކަށް އެހެންބުނެވުނުތަނާ ދޮރު ކުރިމައްޗަށް އައިސް ހުއްޓުނު ދެމީހުން އެލޮލުގައި އަޅައިގަތެވެ.

“އަހަ. އެއޮތް އައީ. ލަހެއްނުވިއެއްނު.” ހިނިތުންވެލައިފައި މަލާކް އެހެން ބުނުމުން އައިދުންއާ ވާާފިރުވެސް ދޮރާދިމާއަށް ނަޒަރު ހުއްޓައިލިއެވެ.

ހިނިތުންވެފައި ދޮރުމަތީގައި ތިބި ރަންޔާއާ އާމިރު ފެނުމުން އައިދުންއާ މަލާކްގެ އާއިލާ ފިޔަވައި ދެންތިބި އެންމެންގެ ދެލޯބޮޑުވެގެންދިޔައެވެ.

އައިދުންއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރުއެތިފަހަރަކުން ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލައިލި އައިދުންގެ އަތުގައި ހުރި ޖޫސްތަށި ވަގުތުން އެއަތުން ދޫވެ ވެއްޓި ތެޅުނެވެ. އެއަޑަށް ސިހިފައި އެންމެން އައިދުންއާ ދިމާާއަށް ބަލައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ ދިން އުފާ 26

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 45 (ފަންސަޔާޅީސްވަނަ ބައި)

Next
October 21, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 45 (ފަންސަޔާޅީސްވަނަ ބައި)

Previews
October 21, 2017

ތިޔަ ދިން އުފާ 26

65 Comments!

  1. Naape says:
    October 21, 2017 at 9:09 pm

    First dhw… varah varah nice .. good luck always dear LY ?❤️️

    1. Naufa says:
      October 21, 2017 at 10:50 pm

      Oh sry. Ur the first dhw.. Hehe.. Thanks dear?❤

  2. Naufa says:
    October 21, 2017 at 9:13 pm

    Assalaam alaikum all.. Here is the next part of this story.. Hope all will like it.. Enjoy.. N have a v v gud nyt all.. Ly all..❤?

  3. Shaima says:
    October 21, 2017 at 9:16 pm

    Wow

    1. Naufa says:
      October 21, 2017 at 9:34 pm

      Thanks shaima. Ya u first?

  4. Shaima says:
    October 21, 2017 at 9:17 pm

    Yeyeyey me first oh

  5. suha says:
    October 21, 2017 at 9:19 pm

    Varah reethi.aneh inthixaar kuran

    1. Naufa says:
      October 21, 2017 at 9:34 pm

      Thanks suha?

  6. Aicha says:
    October 21, 2017 at 9:26 pm

    Woooooow v reethi obinoavey hama when next part

    1. Naufa says:
      October 21, 2017 at 9:35 pm

      Thanks aicha?

    2. Naufa says:
      October 21, 2017 at 9:38 pm

      In sha allah tmrw?

  7. someone says:
    October 21, 2017 at 9:27 pm

    omg dhn vaany kihineh??? dn oh baaves avahah up kohla dhehchey

    1. Naufa says:
      October 21, 2017 at 9:36 pm

      Thanks someone.. In sha allah tmrw?

  8. Hana says:
    October 21, 2017 at 9:29 pm

    Alheyy .. emme kiya hiyy va thankolhu .. haadha hiyy thelheye.. vvv reethi dhen annabai v avaha genes dheythi??❤❤ masha allah v reethi vaahaka eh..

    1. Naufa says:
      October 21, 2017 at 9:37 pm

      Thanks hana.. Ya in sha allah?❤

  9. Anonymous says:
    October 21, 2017 at 9:47 pm

    Sabahy naufa kiyaa meehun inthizaar kuran nujahi mivaahaka v habeys koh kuriyah dhaathi v thi kuraa hithvarah Sabahy

    1. unaal says:
      October 21, 2017 at 9:54 pm

      yeah.. she is the best

    2. Naufa says:
      October 21, 2017 at 10:00 pm

      Thanks both?

  10. unaal says:
    October 21, 2017 at 9:53 pm

    ooh .. vrh reethi
    ei bynish n her brw dhw ehn veema
    aidhun u ge dhuvac dhiyae thi

    1. Naufa says:
      October 21, 2017 at 10:01 pm

      Thanks unaal.. ?

  11. annoying reader says:
    October 21, 2017 at 9:55 pm

    curious to know wats going to happen next, reethi mi part ves waiting for thenext part <3

    1. Naufa says:
      October 21, 2017 at 10:02 pm

      Thank u dear?

  12. SJK says:
    October 21, 2017 at 10:04 pm

    Ammaaai.. Ey oh vee gotheh. Hama neyvai hifahahtaigen mynii.. ? emme kiyaa hiyyvi thankolhun thi nimmaaly.. Obiness to the max mi part. Varah salhi malaak menge plan..can’t wait to read nxt part. Dhn othy last tha?? Eagerly Waiting dear??☺

    1. Naufa says:
      October 21, 2017 at 10:18 pm

      Thank u soooooooo much sjk.. Ya i guess the lst part.. ??❤

  13. @!n says:
    October 21, 2017 at 10:16 pm

    Wow…. avahah up kohadhetie

    1. Naufa says:
      October 21, 2017 at 10:19 pm

      Thanks dear.. Ya in sha allah?

  14. Xoo says:
    October 21, 2017 at 10:18 pm

    V furihama

    1. Naufa says:
      October 21, 2017 at 10:20 pm

      Thanks xoo?

  15. Mode says:
    October 21, 2017 at 10:27 pm

    Wooow nic aneh bai

    1. Naufa says:
      October 21, 2017 at 10:28 pm

      Thanks mode.. In sha allah tmrw?

  16. Mary says:
    October 21, 2017 at 10:35 pm

    Om shanti om ge fahubayaa mi story ge fahu baiyaa v ehvvahtharu. ???

    1. Naufa says:
      October 21, 2017 at 10:40 pm

      Hehe.. Thanks mary?

  17. Yalun says:
    October 21, 2017 at 10:36 pm

    Alhey..nauuu…this is awesome..cant wait fr the next prt..my curiosity is in its max nw..hehehe..u r such a talented author.kyp up the gud wrk…n thnks bodukoh..avahah up kohdheythyyy…eagerly waitingggg….?

    1. Naufa says:
      October 21, 2017 at 10:41 pm

      Thanks yalun.. ??

  18. Azu says:
    October 21, 2017 at 10:50 pm

    Vara Lobi waiting for next part❤️❤️

    1. Naufa says:
      October 21, 2017 at 10:55 pm

      Thanks azu❤❤

  19. Ilha says:
    October 21, 2017 at 11:09 pm

    V vv intresting. alhey aidhun ah anehkaa hearteteykeh nujehrynebaaaaaa.ranyaafenueema.hehe. next part v kiyaahih vejje.?????

    1. Naufa says:
      October 21, 2017 at 11:13 pm

      Thanks dear?

  20. binnu says:
    October 21, 2017 at 11:16 pm

    Salhi ey

    1. Naufa says:
      October 21, 2017 at 11:18 pm

      Thanks binnu?

  21. zaam says:
    October 22, 2017 at 1:08 am

    vvvruthi mi part ves… naufa kairin beynun migothah rythi kon vaahaka liyan dhaskuran…. ahyvevidhaanetha?

    1. Naufa says:
      October 22, 2017 at 5:44 am

      Thanks zaam.. Ofcourx i can?

  22. Hudher says:
    October 22, 2017 at 2:22 am

    Ma Sha Allah varh interesting❤?can’t wait for the next part??

    1. Naufa says:
      October 22, 2017 at 5:45 am

      Thanks hudher?❤

  23. remoo says:
    October 22, 2017 at 2:23 am

    wow v chaaalu

    1. Naufa says:
      October 22, 2017 at 5:46 am

      Thanks remoo?

  24. khajja says:
    October 22, 2017 at 2:34 am

    Ohh wow ??masha allah stry v v awsome ?? thank u so much 4 the luvly stry naufa u r the great writer welldone dear thikuraa hiyvarah hama saabas kiyun theringe ihusaas thah engey writer eh thiee adhi ehaame kolety kon stry write ves kurany thank u mistry v v interesting v v kiyaahithun foohikamennethi kiyaa stry eh miee?? nxt prt avaskurachchey gud nyt ly???❤??❤??????

    1. Naufa says:
      October 22, 2017 at 5:47 am

      Thank u sooooooo much khajja.. Ya in sha allah dear.. ?❤?

  25. mamee says:
    October 22, 2017 at 5:18 am

    Nau thikuraa hivvarakah hamasaaabas …..vvvvv salhi v reethi mibaeved…???????????????????????

    1. Naufa says:
      October 22, 2017 at 5:48 am

      Thank u soooooooooo much mamee..???❤❤❤❤

  26. Yaania? says:
    October 22, 2017 at 6:32 am

    Masha Allah varah reethi.. keep the good work nau..??

    1. Naufa says:
      October 22, 2017 at 9:22 am

      Thanks yaania?

  27. Abhy says:
    October 22, 2017 at 8:41 am

    Nau haadha reehchey mi baives. Vvv loabi. Dhen avahah aneh bai genes dheeba.

    1. Naufa says:
      October 22, 2017 at 9:23 am

      Thanks abhy. In sha allah tday?

  28. minnu says:
    October 22, 2017 at 10:09 am

    V hihgaim vaahaka v kihaahihvey

  29. NAAZ says:
    October 22, 2017 at 10:35 am

    Masha Allah…..wow aidhun ah reethi bodieh libeny dhw..aidhu ah eohvgotheh ???….vvv reethi vaahaka next part avaskurahcheyyyyyy….?

  30. xim says:
    October 22, 2017 at 2:12 pm

    varah hiyygaimu hama….keep going…??

  31. Naufa says:
    October 22, 2017 at 2:33 pm

    Thanks all?❤

  32. Naufa says:
    October 22, 2017 at 2:38 pm

    Assalaam alaikum all.. I m sorry to say this.. But miadhu alhuganduge kudakoh balive ulheythy story up kureven nei vaahaka bunelan.. Sorry all.. In sha allah maadhamaage vaguthehga up koh dheynan.. Hope all will wait.. Sorry again.. ?

  33. Anonymous says:
    October 22, 2017 at 4:24 pm

    It’s ok. Thankolheh dhigukoh liyefa genes dhehchey. Gws

    1. Naufa says:
      October 22, 2017 at 6:29 pm

      Thanks dear.. Ya in sha allah will try?

  34. Vindhu says:
    October 23, 2017 at 10:57 am

    Story v obi GWS

  35. Girly says:
    October 23, 2017 at 12:16 pm

    Whn nxt part nereni? Mihaar eh part nunikumegen mihuri ?

  36. Naufa says:
    October 23, 2017 at 12:41 pm

    Hey all.. Liye nimunuhaa avahah up kuraanan.. ?

  37. Saajy says:
    October 23, 2017 at 2:29 pm

    B salhi waiting for the next part avahah up kurahchey..

Comments are closed.

Next Episodeހަވޭލީ (15) ފަހުބައި←


All Right Reserved!