ޢެދެމޭ އުފާ….(32)
ހެނދުނު އިރު އެރީއްސުރެ އަލްޔާ ހީވަނީ ދެފަޔަށް ހިިނި އަރައިގެން އުޅޭހެން ހެންނެވެ. އެހެން ނުބުނެ ހުރެވޭ ވަރެއްވެސްނޫން ވިއްޔާއެވެ. މިއަދަކީ އޭނަގެ އެކުވެރި ޒިއާދާމެން އެއްކޮށް ދޫކޮއްލާ ދުވަސް ވިއްޔާއެވެ. އިބުރާހީމް ބުނީ މިއަދު މެންދުރު އެއްކޮށް ދޫކޮއްލާނެ ކަމަށެވެ. އިދުރީސްއަށް ވަނީ އޭނަ ކުރި ކުށުގެ އަދަބެއްގެ ގޮތުން ވިހި އަހަރަށް ޖަލަށް ލުމަަަށް ހުކުމް ކޮއްފައެވެ. އަދި އޭނަޔަށް އެހީތެރިވެ ދިނުމަށް އެތާ އުޅުނު އެއްމެންނަށް ވެސް އެކުވެރިކޮށް އަދަބު ދީފިއެވެ. އަފީފާ ވެސް އެކަމަށް އެއްބާރުލުން ދީ އަންހެން ކުއްޖަކު ވިއްކާލައިފަ ވާތީ އޭނަޔަށް ވެސް ވަނީ އަދަބެއްގެ ގޮތުން އެއް އަހަރަށް ގޭ ބަންދުކޮއްފައެވެ. ސަބަބަކީ އޭނައަކީ މޮޔައަކަށް ވެފަ ނުކުޅެދޭ މީހަކަށް ވުމެވެ. އެހެން ނޫން ނަމަ އޭނަޔަށް ވެސް އެޔަށް ވުރެ ބޮޑު ހުކުމެއް އަންނާނެއެވެ. “އަލް ހާދަ އަވަސް އަރުވާލައިގެން އުޅޭ ދުވަހެއް އަނެއްކާ މާ ހާއްސަ ކަމެއް އޮތީތަ؟” ގަޑި ޖެހޭތީ ބުމަރެއްހެން އެބުރޭތީ ލީޒާ އަހައިލިއެވެ. “އޭ.. އާ… މިއުޅެނީ ޒިއާމެން ދޫކުރާތީއެއް ނޫންތަ؟ އިއްބެ ގުޅާފަ ބުނީ ދޭއް ޖަހާއިރު އެއްމެން ދޫ ކޮއްލާ ވާހަކަ އެހެންވެ އެމީހުނާ ބައްދަލު ކޮއްލަން ދާން މިއުޅެނީ” އަލްޔާ އެވެސް އަރުވާލައިގެން އުޅޭ ސަބަބު ބުނެލިއެވެ. “އެހެންތަ؟ ނަސީބެއްނުންދޯ؟ ދެން އެމީހުން ދާނީ ކޮންތާކައްތަ؟” ލީޒާ އަހައިލިއެވެ. “ނޭގެ ދިމާވީމާ އެިގޭނީވެސް” އަލްޔާ ކުޑަކޮށް ދެރަވެފަ ބުނެލިއެވެ. “އެހެންދޯ؟ އެއްކުއްޖެއް ނަމަތާ މިގޭގަވެސް ބެހެއްޓޭނީ އެކަމަކު ބައިވަރު ކުދިން ވިއްޔާދޯ؟ ލީ ވެސް ފޫހިވާތީ މިއުޅެނީ ހިނގާބަލަ ލީ ގޮވައިގެން” ލީޒާ ބުނެލިއެވެ. އަލްޔާ އެންމެ ރަނގަޅު ކަމަށް ބުނުމުން ލީޒާ ދުވެފަ ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކުޑަކޮށް މަތި ހަދާލުމަށެވެ. ލީޒާ ވެސް ހުރީ އަލްޔާއަށް އެހާ ތެރިވެދާން ޒިއާދާ ދެކިލާ ހިތުން ކެތްމަދު ވެފައެވެ. ލީޒާ ކޮޓަރިއަށް ވަނދެފަ ކުޑަކޮށް ރީތި ވެލައިގެން ނިކުތީ ބޭރަށެވެ. އޭރު ވެސް އަލްޔާގެ ދެފައި އެއްތާކު ނުޖެހެއެވެ. “ހިނގާ އަވަހަށް ދާން… ގަޑި ޖެހެނީ އެއް ނުންދޯ؟” ކޮޓަރިން ނިކުތް ގޮތަށް ލީޒާ ބުނެލިއެވެ. ލީޒާ އެހެން ބުނުމުން އިތުރަށް މަޑު ކުރުމެއް ނެތި އަލްޔާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ދެކުދިން ފަރިހިނގުމެއްގަ ހިނގާފަ ގޮސް ވަނީ އަތޮޅު ވެއްސަށެވެ. އޭރު އިއްބެ އެމީހުންގެ އިންތިޒާރުގަ ބޭރުގަ މަޑު ކޮއްލައިގެން ހުއްޓެވެ.
“އާދޭ… އާދޭ… މެޑަމްމެން އަންނަންދެނޭ މަޑު ކޮއްގެން މިހިރީ އެވެރިން އެބަތިބި ދާހިތުން ކެތްމަދުވެފަ” އެހެން ކިޔާފަ އިބުރާހިމް ވަނީ އެތަނުން ފާޑެއްގެ ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އަލްޔާ އާ ލީޒާޔާ ދެމީހުން ވެސް އިބުރާހިމްގެ ފަހަތުން ގޮސް އެތަނަށް ވަދުނެވެ. “އަލް!” އަލްޔާ ފެނުމާއެކު ޒިއާދާ ދުވެފަ ގޮސް އަލްޔާގެ ގައިގަ ބައްދާލަމުން ގޮވައިލިއެވެ. އެއިރު ޒިއާދާއަށް ރޮވެން ފެށުނެވެ. “އޭ… އަދިވެސް ރޯންތަވީ؟ މިހާރު ރޯކަށް ނުޖެހޭއްނުން؟ އަލް ބުނީމެއް ނޫން ޒިއާމެން ސަލާމަތް ކުރާނަމޭ” ޒިއާދާ ރޯތީ އަލްޔާ ބުނެލިއެވެ. “އާނ… ރޯން ނުޖެހޭކަން އިނގެޔޭ އެކަމަކު އެވަރުގެ ކަމަކުން ސަލާމަތް ވީމަ ކާކަށްތަ ނުރޮވި ހުރެވޭނީ؟ އަލްއަށް އިނގޭތަ؟ އަލް ދިޔަ ފަހުން ހާދަ އަނިޔައެއް ކުރިއޭ ބަލާބަލަ މިހިރީ ހައްތަހާ ކޮއްފަ ހުރި އަނިޔާ… ނިކަން ބަލާބަލަ!” ޒިއާދާ ރޮމުން ރޮމުން އިދުރީސް ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔާދެމުން ދިޔައެވެ. ލީޒާ ވެސް ހުރީ އެ މަންޒަރު ބަލައިގެން ފެންކަޅިވެފައެވެ. “ސޮރީ ޒިއާ! ތިއީ ހައްތަހާވެސް އަލްއާ ހެދި ވީގޮތް އަލް ފިލީމައެއް ނުން ތިހުރިހާ ކަމެއް ތިވީ” އަލްޔާ ރޮމުން ރޮމުން ބުނެލިއެވެ. “ނޫން..! އަލް ތިހެން ނުބުނޭ… މިއީކީ އަލްގެ ސަބަބުން ވީކަމެއް ނޫން ދެން ވެސް ތިހެން ނުބުނާތި!” އަލްޔާގެ އަތުގައި ހިފާ ފިތާލަމުން ޒިއާދާ ބުނެލިއެވެ. “ހޫމް… ތިއެއް ނޫނޭ މުހައްމަދުބެ ކޮބައިތަ؟ އިއްބެމެން ބުނީ މުހައްމަދު ކިޔާ މީހަކު ނެތޯ އެތާކު!” ކުއްލިއަކަށް ހަނދާން ވުމުން އަލްޔާ އަހައިލިއެވެ. “ސުބުހާނަﷲ! ތިވާހަކަ ދައްކަންވެސް ނުވާނެ އަލް ފިލީމަ އެހުރިހާކަމެއް އެޅުނީ އެބޭބެ ބޮލުގައި ތަޅާ ތަޅާ ލޭ ދުއްވާލައިފަ އެތަނުން ބޭރު ކޮއްލީ އޭގެ ފަހުން ނުވޭ ހަބަރެއް!” އަލްޔާ ފިލި ފަހުން ހިނގި ހުރިހާ ކަމެއް ޒިއާދާ ކިޔާދިއެވެ. “އެހެންތަ!؟ ދެން ކޮންތާކުން މުހަންމަދުބެ ހޯދާނީ؟” އަލްޔާ ހައިރާން ވެފަ އަހައިލިއެވެ. އޭރު އެތާ ތިބި ގިނަ ކުދިން އެމީހުންގެ ގާތް ރައްޓެހިންނާ އާއިލާ މީހުން ބަލާ އައިސް ތިބީމަ މަދުމަދުން ދަމުން ގޮސް ހުސް ވެއްޖެއެވެ. އެއްމެން ދިޔުމުން ޒިއާދާ އަދި ދާނެ ވަކިތަނެއް ހަމަޖެހިފަ ނެތުމުން ޒިއާދާ ގޮވައިގެން އަލްޔާމެން ދިޔައީ ގެއަށެވެ.
“މަންމާ ކީކޭތަ ތި ކިޔަނީ؟” އަފީފާ ފާޑެއްގެ އެއްޗެއް ކިޔާތީ ސާފު ނުވެގެން ވިނާން އަހައިލިއެވެ. “މާންމާއޭ! ބުނަން މަޝާ ދިމާލަށް މީގެ ފަހުން މަންމަ ނުކިޔަށްޗޭ މަށަކީ ކަލޭގެ މަންމައެއް ނޫން! މަގޭ ނުހުންނާނެ އެންމެ ދަރި އެއްވެސް… ބަލާބަލަ މިހާރު ވެސް މަ ސުމާޓްކަން… ހީވޭތަ ބަލާފަ ކަމެއްހެން؟! ހައްހައްހާ..!” އަފީފާ އާދައިގެން މަތިން ބުނެލިއެވެ. އެއަޑު މީގެ ކުރިން ކިތަންމެ ފަހަރެއްގަ އިވުނެއް ކަމަކު މިފަހަރު ވެސް ވިނާންގެ ލޮލުން ކަރުނަ ހިލުނެވެ. އަދި މަންމާޔާ ދޭތެރޭ ކަންތައް ވީގޮތުން ކަރުނަ ނައަޅާ އެންމަ ދުވަހެއްވެސް ނުދެއެވެ. “ދަރިފުޅާ ކީއްކުރާނީ؟ ކެތްތެރިވުން ނޫން ގޮތެއް ނޯންނާނެ، ބައްޕަ ވެސް ހާދަ ހިތާމައެއް ކުރަމޭ! އެންމެ ބޮޑު މައްސަލައަކީ ރާއްޖެއިން ބޭރަށް ވެސް ގެންދެވެން ނެތީމަ އެހެން ނޫންނަމަ ބޭރަށް ގެންގޮސްގެން ރަނގަޅަށް ބޭސް ކޮއްލެވޭނީ އޭރުން ތިޔަށް ވުރެ ހެޔޮ ބަދަލެއް އައިސް ދާނެ” އަފީފާގެ ހާލަތު ހިތަށް އަރާ ދެރަވެގެން ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ! ތިއީ ރަނގަޅު ވާހަކައެއް އެކަމަކު އަަހަރެމެން އެބަ ޖެހެއެއްނޫން މިނޫން ގޮތެއް ވޭތޯ ބަލަން! މަންމަ އެއުޅޭ ހާލު ބެލުމަކީ އަޅުގަނޑަށް ކެތް ވާވަރުގެ ކަމެއް ނޫން! މިއަދު ވެސް ޖަޔާ ބުނީ ކާން ދޭން އުޅެނިކޮށް އޭނަގެ މޫނަށް ކުޅުޖަހާ ވައްތަރު ޖައްސާ ހަޑި އެއްޗެހި ކިޔޯ! އަޅުގަނޑަށް ފެންނަނީ ޑީޕީއާރްއެސްގެ މީހުންނާ ވާހަކަ ދައްކައިގެން މަންމަ ބޭރަށް ގެންދެވޭތޯ އުޅެން ވީހެން… އެހެން ނޫނަސް އަޅުގަނޑުމެންނަށް މިކަން ނުވެފަ ތިބެގެން ނުވާނެ، ބައްޕަޔަކީ އެއްމެން ވެސް އިހުތިރާމް ކުރާ ގަދަރު ވެރިއެއް ސަރުކާރު ތެރެއިން ވެސް ބައްޕަޔަށް އެކަން ކުރަން ފަސޭހަ ވާނެކަން އަޅުގަނޑަށް މުޖައްރިބު” އެއްނޭވާއިން ވިނާން ބޭނުން ވާގޮތް ބުންޏެވެ. ސައުދު ހުރީ ވަކި އެއްޗެއް ނުބުނެ އެކަމާ ވިސްނަންށެވެ. “އަހަ… ދަރިފުޅު ވެސް އައީތަ؟” ވަޒުނާ އައިސް ހުއްޓުމުން ސައުދު އަހައިލިއެވެ. “ލައްބަ ބައްޕާ ޑިއުޓީ ނިމުމާއެކު މިއައީ މިހާރު އިތުރު ގަޑިއެއްވެސް ނުނަގަން މަންމަ އެހާ ބަލިވީމަ… ގިނައިރު ގެއިން ބޭރުގަ ހުރެގެން ކަމަކު ނުދާނެއެއްނުން؟!” ސޯފާގައި އިޝީންނަމުން ވަޒުނާ ބުނެލިއެވެ. އެއަޑު އިވުމުން ސައުދުގެ ލޮލުން ކަރުނަ ފައިބައިގަތީ ހީވެސް ނުކުރާހާ އަވަހަށެވެ. “ބައްޕަ ވަރަށް އުފާވޭ ދަރިފުޅުމެން މަންމަ ދެކެ ތިހާ ލޯބިވާތީ އަދި ތިހާ ކެއާރ ކުރާތީ! ބައްޕަ ހިތަށް ވެސް ނާރާ މަންމަ އެފަދަ ގޯސް މީހަކު ދެކެ ތިހާ އަޅާލައިފާނެ ކަމަކަށް ތި ކުދިން..!” ރޮމުން ސައުދު ބުނެލިއެވެ. ސައުދު ރޯތަން ފެނުމުން އަފީފާ ފެށީ ދެއަށް ތަޅާފަ ހޭންށެވެ. އޭރު ފާޑެއްގެ އެއްޗެހި ތަކައް ވެސް ފޫޅަށް ނޭނގޭހާ މަޑުން ކިޔަމުން ވެސް ދެއެވެ. “ބައްޕާ ތިހެން ނުބުނުއްވާ އަޅުގަނޑުމެން އެ މަންމަ ދެކެ ލޯބިނުވެ ކާކުދެކެތަ ލޯބިވާނީ؟ ނުވަތަ ކާކުތަ ލޯބިވާނީ؟ އަދި ނުވިތާކަށް ކާކު އަޅާއްލާނީ ؟” ވަޒުނާ ރޮމުން ބުނެލިއެވެ. ސައުދުވީ އުފާ ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދެދަރިން ގަޔާލާ ބޮނޑި ކޮއްލިއެވެ.
“އައްސާލާމް އަލައިކުމް!” މާކިންމެން ގެ ދޮރު މައްޗަށް އަރާ ވިނާން ސަލާމް ގޮވައިލިއެވެ. ދޮރ ހުރީ ހުޅުވައިފަކަމުން އެތެރެ އޮތީ ރީއްޗަށް ފެންނަންށެވެ. އެހެން ނަމަވެސް ސަލާމް ބަލައި ނުގަންނާތީ ވިނާން ހުރީ ދޮރު މަތީ މަޑު ކޮއްލައިގެންނެވެ. “ވައިލައިކު މުއްސާލާމް!” ސަލާމް ބަލައި ގަންނަމުން ލީޒާ ނިކުތީ ސިޓިން ރޫމަށެވެ. އޭރު އެއްފަރާތެއްގައި ސޯފާގައި ތިބި އަލްޔާއާ މާކިން ފެނުމުން ލީޒާ ހުރީ ވިނާން ކައިރި ވަންނަން ވެސް ބުނަން ނުކެރިފައެވެ. “ކޮބާތަ މާކް؟ ގުޅާ ގުޅާ ފޯނު ނުނަގައިގެން މިއައީ އެތެރެއަށް ވަނދެލަންތަ؟” މާކިން ކޮބާތޯ ސުވާލް ކުރުމަށް ފަހު އެތެރެއަށް ވަންނަން ވިނާން ހުއްދަޔަށް އެދުނެވެ. ބުނާނެ އެއްޗެއް ނޭނގި އަލްޔާ އާ ދިމާލަށް ބަލާފަ ވިނާން އާ ދިމާލަށް ބަލާފަ ލީޒާ ހުރީ ކުރާނެ ކަމެއް ނޭނގިފައެވެ. އަލްޔާއާ މާކިންއާ ދައްކަން ތިބި އޮލަ ވާހަކަޔަކުން އެގެއަށް މީހަކު ވެސް އައިސްގެން އުޅޭކަމެއް އެ ދެކުދިންނަށް ރޭކާވެސް ނުލައެވެ. އެންމެ ފަހުން ކުރާނެ ކަމެއް ނޭގުމުން ވިނާންއަށް އެތެރެއަށް ވަންނަން ލީޒާ ހުއްދަދިނެވެ. ހަގީގަތުގަ މިރެއަކީ އަލްޔާއާ ވިނާންއާ ބައްދަލު ކުރުމަށް އެމީހުން ރާވަމުން ދިޔަރެއެވެ. އެހެން ނަމަވެސް އަދި އެވާހަކަ ވިނާންއާ އަލްޔާ ކައިރީގަ ނުބުނެވިގެން އުޅެނިކޮށް ވިނާން އެހެރީ އެގެއަށް އައިސްފައެވެ. ދެން ކުރާނެ ކަމެއް ނެތެވެ. “މާކް ކޮބާތަ؟” ވިނާން އަނެއްކާވެސް އަހައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން ވިނާން ހުއްޓުން އެރިއެވެ. “ދޮންބެ ނެތް މިވަގުތު ގެއަކު..” ލީޒާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. ލީޒާ ބުނި އެއްޗަކަށް ވިނާންގެ ސަމާލު ކަމެއް ނެތެވެ. އޭނަ ހުރީ އެޔަށް ވުރެ ބޮޑަށް ލޯމަތިން ފެންނަމުން ދިޔަ މަންޒަރު ބަލައިގެން ހުއްޓުން އަރާފައެވެ. “އަލްޔާ އަލްޔާ އުޅެނީ މިގޭގަތަ؟” ހުރި ގޮތަށް ހުރެ ހައިރާން ވެގެން ވިނާން އަހައިލިއެވެ. އޭރު އަލްޔާއަށް ވެސް ވިނާން އެތާ ހުއްޓާ ފެނުމުން ފުއްމާފަ ހުރިތަނުން ތެދުވެވުނެވެ. ނަސީބު ދިމާ ކުރި ގޮތުން އެވަގުތަކީ މާކިންވެސް ޒިއާދާ ގޮވައިގެން އޭނަގެ ރައްޓެހި ބަޔަކު އުޅޭ ގެއަކަށް ގޮސްފަ އައިސް ވަން ވަގުތެވެ. ވިނާން ފެނުމުން މާކިން ވެސް ހުރީ ދެލޯ ބޮޑުވެ ހުރި ތަނަށް ގަނޑު އަރާފައެވެ. އެކުވެރިޔާއަށް ސިއްރު ކޮއްގެން އުޅުނު ކަންތައް މިއަދު މިއޮތީ ލޮލުން ދެކި އަތުން ހިފާފައެވެ. އެހެން ކަމުން މާކިންގެ އިހުސާސްތައް ވިސްނާލާށެވެ. “ކީއްވެ މަކުރާ ސުވާލަށް ޖަވާބު ނުދެނީ؟ އަލްޔާ މިގޭގަ އުޅެނީ ކީއްވެ؟” ވިނާން ތަން ކޮޅެއް ބާރަށް އަހައިލިއެވެ. އޭރު ވިނާންއަށް މާކިން ވެސް އަންހެން ކުއްޖަކާ އެކު އެތާ ހުއްޓިލައިގެން ހުއްޓާ ފެނުނެވެ. މިފަހަރު މާކިންގެ ކައިރިއަށް ގޮސް އޭނަގެ ދެއަތުގަ ހިފާ ތަޅުވަމުން އަނެއްކާ ވެސް ވިނާން އެސުވާލް ތަކުރާރު ކޮއްލިއެވެ. “އާނ… ނޫން… އަލް އުޅެނީ މިގޭގަ! ވިނާން ހަމަޖެހިގެން މިތާ އިށީނދެބަލަ ކިޔާދޭނަމޭ ހުރިހާ ވާހަކައެއް…” ބުއްދީގެ ބޭނުން ހިފާ ވަގުތުން މާކިން ބުނެލިއެވެ. “މާކު އިތުރަށް ކޮން ވާހަކައެއްތަ ދައްކަން އޮންނާނީ؟ މިހިރީ ލޯމައްޗަށް ފެންނާކަށް ނޫންތަ؟ މާކުއެއް ނޫންތަ ބުނީ އަލްޔާ އާ ކަރަމް އާ ގުޅުމެއް ނޯންނާނެޔޭވެސް؟ ދެން ކޮބާ މިތާ ދައްކަން އޮތް ވާހަކައަކީ؟ ބަލަ މި ދެލޮލަށޭ ހުރިހާ ތަނެއް މިފެނުނީ ވިނާން ތަންކޮޅެއް އަޑު ހަރުކޮށް ބުނެލިއެވެ. އެތާ އަޑު ގަދަވުމުން ކަރަމް މަޑު މަޑުން ނިކުމެގެން ހިނގައްޖެއެވެ. “ވިނާން! އަހަރެން ވެސް މިދައްކާ ވާހަކައެއް އަޑުއަހާބަލަ އޭރުން ނޫންތަ؟ އެއްޗެއް އޮޅުން ފިލާނީ!” މާކިން ހިތްވަރު ކޮއްލާފަ ބުނެލިއެވެ. “އާނ ވިނާން! އަލްޔާ އުޅެނީ މިގޭގަ!އޭނަ މިގެއަށް ގެނައީ ލީ! އޭނަ އެތަނުން ނިކުމެގެން އައިސް ހުރީ ކޮންމެވެސް ގޭއެއްގަ އެގެއިން ލީ އޭނަ މިގެއަށް ގެނައީ..!” މާކިން ކަން ހިނގި ގޮތަށް ފެށިގެން ނިޔަލަށް ކިޔާދިނެވެ. އަދި ވިނާން ކަިރީގަ ނުބުނެ ތިބި ސަބަބާ މިރެއަށް ރާވާފަ އޮތްކަން ވެސް މާކިން ކިޔާދިނެވެ. އަދި އަލްޔާގެ ވެސް އެދުމުގެ މަތިން ނުބުނަން މަޖުބޫރު ވީކަމަށް ވެސް ކިޔާދިނެވެ. އަދި ޒިއާ ތައާރަފު ކޮއްދީ ޒިއާދާ އަކީ އަލްޔާ އެތަނުން ނެރުމަށް ހުރިހާ އެހީއެއް ވީ ކުއްޖާ ކަމުގައި ވެސް މާކިން ބުންޏެވެ. އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެންނެވެ. އޭނަގެ ސަބަބުން ނުލާހިކު ގާތް ދެރަހުމަތް ތެރިން ޖެހުނީތީ އިންތިހާޔަށް ދެރަވެފައެވެ. “މާކް އެކަމަކު އެންމެ ފަހަރަކު ވެސް އަލްޔާ އުޅެނީ ތިމީހުން ކައިރީގައޭ ބުނެލިނަމަ! އޭރުން ވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނީހެއް ނޫން؟! މާކްއަށް އެންމެ ރަނގަޅަށް އިނގޭނީ އަހަރެން އުޅުނު ހާލު އަދި މިހާރު ވެސް އުޅޭ ހާލު!” ފެންކަޅިވެފަ ވިނާން ބުނެލިއެވެ. “ވިނާން ގަބޫލް ކޮއްބަލަ ހަމަ އިތުރު ގޮތެއް ނެތީމައޭ ނުބުނީ” މާކިން ހިތަށް ކުރި އަސަރުން ބުނެލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ވިނާން ނިކުމެގެން ހިނގައްޖެއެވެ. ވިނާން ދިޔައީ ހިތަށް ކުރި އަސަރުން ކެތްނުވުމުންނެވެ. އެންމެ ރަނގަޅަށް ކަންތައް އިނގޭ މީހާ އެހާ ބޮޑު އުޅުވާލުމެއް އުޅުވައިލީތީ ވާނީވެސް އެހެންތާއެވެ.
ވިނާންގެ ފަހަތުން އޭނަޔަށް ގޮވަމުން މާކިން ވެސް ދެފަޔަށް ބާރު ލައިފަ ނިކުތެވެ. ވިނާން ހުރީ ދެރަވެގެން ހަމައިން ނަށްޓާވަރުވެފަ ކަން މާކިންއަށް އިނގޭތީ އޭނަ ވެސް ނިކުތީއެވެ. އޭރު ވެސް އަޑުގެ ނެތްތަނަށް ވިނާންއަށް ގޮވަމުން މާކިން ދިޔައެވެ. ފަސް އެބުރި ބަލާ ވެސް ނުލާ ވިނާން ސައިކަލަށް އަރާ މުއްގަނޑު ފެލާލައިފަ ދުއްވާލިއެވެ. ވިނާން ސައިކަލް ދުއްވަމުން ދިޔައީ ހޭބުއްދި ފިލާ ހުރި މީހެއް ފަދައިންނެވެ. ވިނާން ދިޔަ ބާރު ކަމުން ނޭނގޭ ބިރުވެރި ކަމެއް ހިތަށް ވެރި ވުމުން މާކިން އޭނަގެ ސައިކަލަށް އަރައިގެން ދުއްވާލިއެވެ. ހަމަހޭވެރި ކަމެއް ނެތި ސައިކަލް ދުއްވަމުން ދިޔަ ވިނާންއަށް ހޭވެރިކަންވީ ކުރިމަތިން ހުރަސް ކުރި ލޮރީއެއް އައިސް އޭނަގެ ސައިކަލުގަ ޖެހި މާދުރަށް ބުރައިގެން ދިޔައީމައެވެ. ޖެހުނުއާ އެއްކޮށް ވިނާންގެ ހޭބުއްދި ފިލާ ދިޔައެވެ. އޭގެ ސިކުންތު ކޮޅެއް ފަހުން މުޅި މަގު އޮތީ މީހުން ތަކުން ތޮތްޖެހިފައެވެ. އެވަގުތު މާކިން އައިސް އެހިސާބަށް މަޑު ކުރީއެވެ. ކަމެއް ގޯސް ވެއްޖެކަން މާކިންއަށް އެނގުނީ މީހުންތައް ތޮއްޖެހިގެން ޗުކު ޗުކު ލައްވާ އަޑު އިވި ފެނުނީމައެވެ. އެހެން ކަމުން މާކިން މީހުންތަށް ފޭކުރަމުން ގޮސް އެތެރެއަށް ދެމިގަތެވެ. ލޮލަށް ފެނުނު މަންޒަރުން ގަނޑު ވެފަ މާކިންއަށް ހުރެވުނެވެ.
“ކޮއްކޯ އަވަހަށް އެކުއްޖާ ހޮސްޕިޓަލަށް ގެންދަން އުޅެބަލަ ހޭއްވެސް ނެތޭ!” އެތާ ހުރި މެދު އުމުރުގެ ފިރިހެނަކު މާކިންގެ ގައިގަ ކޮއްޓާލައިފަ ބުނެލިއެވެ. އެމީހާ އެހެން ބުނުމުން މާކިންއަށް ހޭވެރި ކަމެއް ޖެހި ދުއްވާ ގަނެވުނީ ލެއާ ތަތްތެޅިފަ އޮއް ވިނާން ކައިރަޔަށެވެ. “ވިނާން! ވިނާން! ކީއްވެ މިހެން މިވީ؟ ވިނާން ކީއްވެ މިހާބާރަށް ސައިކަލް ދުއްވީ؟” އަޑުގެ ނެތްތަނަށް ރޮމުން މާކިން ވާހަކަ ދައްކަމުން ދިޔައެވެ. މާކިން ކިތަންމެ ބާރަށް ވާހަކަ ދެއްކިޔަސް ވިނާންއަށް އަޑު ނީވޭނެ ކަމެއް އޭނަޔަށް އެ ވަގުތު ދަނެނުގަނެ ވުނެވެ. “ކޮއްކޯ ތާކިޔާ އެއްވެސް އެއްޗެއް އޭނަޔަށް ނޭނގޭނެ މިހާރު ޕޮލިސް އެއައީ!” މާކިން ރޯތީ ދެރަވެގެން އެތާ ހުރި މީހަކު ބުނެލިއެވެ. ޕޮލިސް އައިސް އެތާ ތިބި އެއްމެން ދުރަށް ޖެއްސުމަށް ފަހު އެމީހުންގެ މަސައްކަތައިގެން އުޅެގަތެވެ. އަދި ޕޮލިހުންގެ ބެލުމުގެ ދަށުން ވިނާން ހޮސްޕިޓަލަށް ގެންދިޔައެވެ. މާކިން ވެސް ލީޒާއަށް ގުޅާ ވެގެން އުޅޭ ގޮތް އޮޅުން ފިލުވައިދީ އަދި ވަޒުނާޔަށް ގުޅާފަ އެހަބަރު ދިނުމަށް ބުުނުމަށް ފަހު ހޮސްޕިޓަލަށް ދިއުމަށް ސައިކަލަށް އަރާ ދުއްވާލިއެވެ.
“ބައްޕާ ކުޑަބެ އެކުސިޑެންޓް ވެއްޖެ!” ލީޒާ ގުޅައިގެން ވާހަކަ ދައްކަ ދައްކަ ހުއްޓާ ވަޒުނާ ބާރަށް ރޮއެ ގަންނަމުން ބުނެލިއެވެ. އެވަގުތު ވަޒުނާގެ އަތުން ފޯނު ދޫވެގެން ބިން މައްޗަށް ވެއްޓުނެވެ. “ކީކޭ ދަރިފުޅާ؟ ކޯއްޗެކޭތަ ދަރިފުޅު ތިކިޔަނީ؟” ސައުދައަށް ގަބޫލު ކުރަން ދަތި ވުމުން އަހައިލިއެވެ. ގަބޫލް ކުރަން ދަތި ވެސް ވާނެ ނޫން ހެއްޔެވެ. ވިނާން އަކީ އެއްއިރެއްގަ ވެސް ބާރު ސުޕީޑްގަ ސައިކަލް ދުއްވާ ކުއްޖެއް ނޫން ވިއްޔާއެވެ. “ކުޑަބެ އެކުސިޑެންޓް ވީއޭ! ލީޒާ ގުޅައިފަ އެބުނީ މާކް ވެއްޖެޔޯ ހޮސްޕިޓަލުގަ..!” އޮޅުން ފިލުވާދެމުން ވަޒުނާ ބުނެލިއެވެ. “ސުބުހާނަﷲ! ހިނގާ އަވަހަށް ދާން” މަގޭ ދަރިއޭ ކިޔާ ރޮއެގަންނަމުން ސައުދުއަށް ބުނެވުނެވެ. ސައުދު އާ ވަޒުނާ ދެބަފަގައިން ހޮސްޕިޓަލަށް ދިއުމަށް ހިނގައިގަތީ ޖަޔާ ކައިރީގަ އަފީފާ އަށް ރަގަޅަށް ބަލަން ބުނިފައެވެ. ދެބަފައިން އަވަހަށް މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ.
“ޑޮކްޓާރ ވިނާން ހޭ އަރައިފިތޯ؟” ޑޮކްޓަރު ބޭރަށް ނިކުތުމާއެކު މާކިން އަހައިލިއެވެ. “އަލްހަމްދުލިﷲ ހޭއަރައިފި! އެކަމަކު އެކިވަރުގެ އަނިޔާތަށް ވެފަހުރީ އަދި ދެތިން ދުވަހު މިތާ މަޑު ކޮއްލަން ޖެހޭނެ އަދި އެއްވާހަކަ ޖެހުނު ބާރުކަމުން ވަނީ ވައަތް ބިންދައިގެން ގޮސް އެނޫނީ މާބޮޑު އަނިޔައެއް ނެތް ވެފަ އެކަމަކު ފަޅައިގެން ދިޔަ ތަންތަނުން ލޭފޭބި ވަރުން ވަނީ ގިނަ އަދަދަކަށް ލޭމަދުވެފަ… އިރާދަ ކުރެއްވޭތީ މިހާރު އޮތީ ލޭވެސް ގުޅައިފަ! ހިތްވަރު ކުރަން ވާނެ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅު ވާނެ” ޑޮކުޓަރު ވާހަކަ ދެއްކިއިރު ސައުދުއާ ވަޒުނާޔާ ދެބަފައިން ވެސް ތިބީ އެވާހަކަ އަޑުއަހާށެވެ. “ޑޮކުޓަރ ޔަގީންތޯ އިތުރު ކަމެއް ނުވާކަން؟!” ވަޒުނާ ތެޅި ތެޅި އޮތް ހިތަކާ އެކު އަހައިލިއެވެ. “އިންޝާﷲ އިތުރު އެއްވެސް ބޮޑު ކަމެއް ނެތް! ފަޅިއިގެން ގޮސް ހުރި ތަން ތަނުގަވެސް ބޭސް އަޅައިފަ ހުރީ ކެތްތެރިވާން ވާނެ..!” ސައުދުގެ ބުރަކަށީގަ ފިރުމާއިލައިފަ ހިތްވަރު ކުރުމަށް ބުނެފަ ޑޮކުޓަރު އެބުރި ވަނީ އެތެރެއަށެވެ. “މާކް ކީއްވެ ކުޑަބެ އެކުސިޑެންޓްވީ؟ މާްކް ހުއްޓާތަވީ؟” ގޮނޑިއެއްގާ އިށީނދެ ހަމަ ޖެހުމުން ވަޒުނާ އަހައިލިއެވެ. އޭރު މާކިންގެ މޫނު އެއްކޮށް މިޅާ މޯޅިވިތަން ސައުދުއަށާއި ވަޒުނާއަށް ފެނުނެވެ. އެތަން ފެނި އެ ދެބަފައިންގެ ހައިރާންކަން އިތުރު ވެގެން ދިޔައެވެ. މާކިން ހުރީ ބުނާނެ އެއްޗެއް ނޭގުމުން އިސްޖަހައިގެންނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ. އަލްޔާ އެމީހުންގެ ބެލުމުގެ ދަށުގަ ހުރިކަން ވިނާންއަށް އެނގުމުން ވީގޮތެކޭ ބުނާކަށް މާކިން އަކަށް ނުކެރުނެވެ. “މާކް ކީއްވެ އެއްޗެކޭ ނުބުނެ ތިއިނީ؟!” ވަޒުނާ ހައިރާން ވެގެން އަހައިލިއެވެ. މާކިންގެ މަޑުމައިތިރިކަން ފެނި ކޮންމެވެސް ކަމެއް ގޯސްވިކަން ވަޒުނާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. “ތިކަމުގަ ދޮންބެގެ އެއްވެސް ކުށެއް ނޯންނާނެ ކުށް ކުރެވުނީ އަހަރެންނަށް!” ކުއްލިއަކަށް އެތަނަށް އައިސް ހުއްޓެމުން ލީޒާ ބުނެލިއެވެ. ލީޒާ އެބުނި އެއްޗެއް ނޭނގުމުން ސައުދުއާ ވަޒުނާޔާ ދެބަފައިން ހައިރާންވެގެން ލީޒާޔާ ދިމާލަށް އެބުރުނެވެ. “އާނ ވަޒޫ… ހުރިހާ ކުށެއް ކުރެވުނީ އަހަރެންނަށް މިއަދު ވިނާންއަށް އެލިބުނު އަނިޔާގެ ޒިންމާ ވާންޖެހޭ މީހަކީ އަހަރެން! އަހަރެންނަށް އިނގޭ މާފު ވެސް ހައްގެއް ނޫންކަން އެކަމަކު އަލްޔާ އަކީ އަހަރެން ކަހަލަ އަންހެނަކަށް ވީތީ އަދި ނިކަމެއްޗަކަށް ވީތީ އޭނަޔަށްޓަކައި އަހަރެން ވަނީ ތިއާއިލާއަށް ވެސް އަދި ވިނާންއަށް ވެސް ގިނަ ކަންތަކެއް ސިއްރު ކުރެވިފަ… ބޭބޭ ހަމަ ތެދެއް މިބުނީ މިއަދު ވިނާންއަށް އެލިބުނު އަނިޔާއަކީ އަޅުގަނޑުމެންގެ ގެއަށް ގޮސް ދިމާވި ކަމެއްގެ ސަބަބުން ވީ އަނި……” ލީޒާއަށް އެހިސާބަށް ބުނެވުނުތަނާ ރޮވޭވަރުން އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. “ލީ ކީކޭތަ ތިކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުވާ ގޮތަށް ކިޔާބަލަ… ޕުލީޒް!” ލީޒާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން ވަޒުނާ ބުނެލިއެވެ. އޭރު މާކިން ވެސް ހުރީ ދެލޯ ބޮޑު ކޮއްލައިގެން ލީޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “އާނ ވަޒޫ… އަޑުއަހާ މިއަދު ވިނާން ދިޔައީ ލީމެން ގެއަށް ދިޔައިރު އަލްޔާ އުޅޭ، އޭރު އޭނަ އިނީ އޭނަގެ ރަށު އޭނަގެ ގާތް ރައްޓެއްސަކާ ވާހަކަ ދައްކަން އެކަމަކު ވިނާންއަށް މާނަ ނެގުނީ ގޯސްކޮށް! ގަބޫލް ކުރަން މާނަ ނެގޭނީވެސް އެހެންކަން… އާނ ވަޒޫ! އަލް އެ ކިއްލާއިން ސަލާމަތް ވެގެން ހުރީ މާލޭގަ ނުވެސް ދަންނަ ބައެއް ކައިރީގަ.. އަހަރެން ލަންކާއިން އައިދުވަހު ލޭން ނަންބަރަކުން އަލްޔާ ގުޅީ! އޭނަ ގުޅައިގެން އެގެއަށް ގޮސް އަލްޔާ އެދުމުން އޭނަ ގޮވައިގެން އައީ އަހަރެން..! ވަޒޫ އަހަރެންނަށް މާފުކުރޭ! އަލްޔާ އެތަނުން ނިކުމެގެން އޭނަ މަސައްކަތް ކުރީ އެތާ ހައްޔަރުވެފަ ތިބި އެހެން ކުދިން ސަލާމަތް ކުރަން އަދި އެ ނުލަފާ އަމަލު ހިންގާ މީހުންނަށް ހައްގު އަދަބުދޭން! ޕޮލިހުންނާ ވެސް އަހަރުން ހުރިހާ ކަމެއް ހިއްސާ ކުރިން ނަމަވެސް އެފަރާތުން ވެސް އެދުނީ އަލްޔާގެ ކަންތައް އެއްވެސް ބަޔަކަށް ނުއަންގާ ސިއްރުކުރަން އަލްޔާ ވެސް އެދުނީ އެގޮތަށް! އަނެއްކޮޅުން ވަޒޫގެ މަންމަ ކަންތައް ކުރި ގޮތުން އަލްޔާ ބޭނުން ނުވީ ވަޒޫމެންނަށް އޭނަ އުޅޭތަންވެސް އަންގަން އަދި އުޅެނީ އަހަރެން ކައިރީގަކަން ވެސް ނުއަންގަން އަލްޔާ ތަކުރާރުކޮށް ބުނަމުން ދިޔައީ ދެން ވިނާންއާ ގުޅެން ބޭނުން ނުވާ ކަމަށް ގުޅިއްޖެނަމަ އަދި ވެސް އޭނަޔާ ދޭތެރޭ ދިމާވާނީ އެކަހަލަ ކަންތައް ގަނޑެއްކަން..! އެހާ ނިކަމެތި ކުއްޖަކު އެވަރަށް ރޮއެ އާދޭސް ކުރުމުން އިތުރު ގޮތެއް ނެތުމުން އަހަރެނޮ ނު ބުނީ…!” ލީޒާ ރޮމުން ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައެވެ. އަދި މިއަދު އެކުސިޑެންޓްވީ ސަބަބުވެސް ތަފުސީލު ކޮށް ކިޔާދިނެވެ. މާކިން އިނީ އެމީހުން ދޭނެ ޖަވާބެއް ނޭނގޭތީ އިސްޖަހައިގެންނެވެ. “ބޭބެ ގަބޫލް ކުރަން ތިހުރިހާ ވާހަކައެއްވެސް އަދި ތިހުރީހާ އެއްޗެއް ވެސް ބޭބެއަށް އިނގޭ ބޭބެއަށް މާކުރިންވެސް އިނގޭ މިދުވަސް އަންނަން ކައިރިވާކަން ވެސް ބޭބެއަށް އިނގޭ! ތިބުނާ ކުއްޖަކީ ކާކުކަން ބޭބެއަށް އިނގޭ! އެއީ ބޭބެގެ އޮފީހުގަ އުޅުނު ކުއްޖެއް އޭނަޔަށް ކިޔަނީ ކަރަމް އެހެން ނޫންތަ؟” ސައަދު އެހެން ބުނުމުން ލީޒާޔާ މާކިން އާ ދެބެއިންގެ ލޫ ދިޔައީ ބޮޑުވެގެންނެވެ. “ކޮއްކޮމެން ހާސް ނުވޭ ބޭބެއަށް އިނގެޔޭ ހުރިހާ އެއްޗެއް ވެސް! ތި ކަރަމް އޮފީހުން ކެނޑެން ވެގެން ސިޓީލީމަ ބޭބެ އޭނަޔާ ވަރަށް ސުވާލު ކުރިން… ބޭބެ ސުވާލް ކުރީ ކީއްވެކަން އިނގޭތަ؟ ތިކުދިން ހަނދާން ވޭތަ މީގެ ދުވަސް ކޮޅެއް ކުރިން ވިނާން އާ އަލްޔާ އާ ދިމާވި ހަނދާނެއް އެދުވަހަކީ އަފީފާ ވެއްޓިގެން ހޮސްޕިޓަލަށް ގެނައި ދުވަސް… ވިނާން އޮތީ ބޭބެ ކައިރީގަ ބުނެފަ އަލްޔާ އުޅެނީ ކަރަމް އާ މެރީ ކުރަންށޭ އެ ކަރަމް އަކީ ބޭބެގެ އޮފީހުގަ އުޅޭ ކަރަމްއޭ އެހެން ވިމާ ބޭބެ އެވަރަށް އޭނަޔާ ސުވާލު ކުރީ އޭނަ ބުނީ އޭނަ ވަރަށް ލޯބިވާ ކަމަށް އަލްޔާ ދެކެ އަދި އޭނަޔާ އެއްކޮށް އުޅެން ބޭނުންވާ ކަމަށް އޭނަ އަކީ ތިމަންނަ ރަށު ކޮއްޖެކޯ އެހެންވީމަ ބޭބައަށް ވެސް ގަބޫލު ކުރެވުނީ ވިނާން ބުނި ފަދައިން އެއީ ތެދެއް ކަމަށް އެދިމީހުން އުޅަނީ ކައިވެނި ކުރަން ކަމަށް ދެން ބޭބެ ބޭނުންވީ އަލްޔާ އުޅޭ ތަނެއް ބަލަން ބޭބަ އޭނަ ކައިރީގަ އެހީމަ ބުނީ އަލްޔާ އުޅެނީ އޭނަ ރައްޓެހި ލީޒާމެން ގޭގަޔޯ ދެން ބޭބެ ބޭނުންވީ އެވެސް ތެދުތޯ ބަލަން އެހެންވެ ސީދާ ބޭބެ ފާރަލިން ކަރަމްއަށް ބޭބެ ފާރަލީ އިރު އެއީ ތެދެއް! އަލްޔާ އުޅެނީ ތިކުދިންގޭގަ ބޭބެ ކިތަންމެ ދުވަހަކު ދެކުދިން ތިގެއަށް ވަނދެފަ ކަރަމް ނިކުންނަ ތަން އަދި އެދެ މީހުން އެއްކޮއްވެސް ވަނދެފަ ނިކުންނަތަން އަދި ބޭރު ތެރެއިން ވެސް އެދެމީހުން އެއްކޮށް އުޅޭތަން މިއަދާ ހަމަޔަށް ބޭބެ ހީކޮއްގެން މިހުރީ އެދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށް އެކަމަކު މިއަދު ބޭބެއަށް އެނގިއްޖެ އެއީ އަދި ކުށް ހީއެންކަން ތިކިދިންނަށް އިނގޭތަ؟ ބޭބަ ކިތަންމެ ފަހަރަކު ހިތަށް އެރި ވިނާން އުޅޭ ހާލުފެނި އެވާހަކަ ބުނަން އެކަމަކު އަލްޔާއަށް ރަނގަޅު ގޮތެއް ވާން އެދޭތީ ނުބުނީ… ތިކުދިންނެކޭ އެއްގޮތަށް ބޭބެއަށް ވެސް މަޖުބޫރުވީ އަނެއްކޮޅުން ބޭބެއަށް އިނގޭ އަލްޔާ ބޭބެ ގެއަށް ދިޔަޔަސް އެފަކީރަށް އުފަލެއް ނެތްކަން އަނެއްކޮޅުން އޭނަ ނުވެސް ދާނެކަން ބޭބެއަށް އިނގޭ ނަމަވެސް އެބުރި ދާނެ ވަރު ކަންތައް ތަކެއް ނޫން އަފީފާ ކޮއްފަ ހުރީކީ ބޭބެއަށް ވިސްނުނު ގޮތުގައި އަލްޔާއަށް ވެސް ރަނގަޅު ގޮތަކީ އެއީ އެހެން ނަމަވެސް ބޭބެ މިވަގުތުން ފެށިގެން ބޭނުން ވަނީ އަލްޔާއަށް ވެސް އޭނަ ލޯބިވާ މީހާ ލިބުން އެހެން ވީމަ މިއީކީ ހަމަ އެކަނި ތި ދެކުދިންގެ މައްސަލައެއްވެސް ނޫން ބޭބެގެ ވެސް މައްސަލަ… އަލްޔާ ހުރި ތަން އެނގި އިތުރު ފިޔަވަޅެއް ނުއެޅުނު، ހަމަ ގައިމުވެސް ފިޔަވަޅު އަޅަން ވީވަގުތު ފިޔަވަޅު އެޅުނުނަމަ މިބޭބެގެ ދަރި އެހާލުގަ އޮންނާކަށް ނުޖެހުނީސް އަދި ތިކިދިން ދެކެ ވިނާން ހިތްހަމަ ނުޖެހޭކަށް ވެސް ނުޖެހުނީސް ހަމަ ޔަގީނުން ވެސް ބޭބެ ވަރަށް އިތުބާރު ކުރަން ތިކުދިން ދައްކާ ވާހަކަޔަށް ބޭބެގެ ހިތުގަ ތިކުދިންނާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ދެން ވެސް ބަލަންވީ ވިނާން ހަމަޔަކަށް އެޅުވޭތޯ މިއީކީ ރައްޓެހިން މޫނުކެނޑި ދެބަސް ވާންވީ ވަގުތެއް ނޫން ބޭބެ އުންމީދު ކުރަން ތިދެކުދިން ވެސް މިކަމުގަ ބޭބެއަށް އެއްބާރުލުން ދޭނެ ކަމަށް… ދަރިފުޅާ ވަޒޫ… ދަރިފުޅު ވެސް ނުވާނެ މިކަމުގަ ލީޒާމެން ދެކެ އެއްވެސް ބަރު ހިތެއް ބާއްވައިގެން! ބައްޕައަށް އިނގޭ މިހެން ބުނާއިރު ވެސް ދަރިފުޅުގެ ހިތް ސާފު ވާނެކަން” ސައުދު ހުރިހާ ވާހަކައެއް ދައްކާ ނިއްމާލިއިރު ހުރީ މާނޭވާ ލެވިފައެވެ. ސައުދު އަކީ ކިހާ ރަނގަޅު އިންސާނެއް ހެއްޔެވެ. “ސާބަސް ބައްޕާ! ތިއީ އަޅުަނޑުމެން ފަހުރުވެރި ވާންޖެހޭ ވަރު ބައްޕައެއް” ސައުދުއަށް ތައުރީފް ކޮއްލަމުން ވަޒުނާ ބުނެލިއެވެ. އަދި ސައުދުގެ ގައިގަ ބާރަށް ބައްދާލިއެވެ. އޭރު ބައްޕަގެ ހިތް ތިރިކަމާ ކެތްތެރިކަން ހިތަށް އަރާ ވަޒުނާ ހުރީ ރޮވިފައެވެ. ލީޒާޔާ މާކިންއާ ދެމީހުން ވެސް އުފާވެލާފަ ސައުދުއަށް ޝުކުރު އަދާ ކުރިއެވެ. އެއްމެން ވެގެން މޮޅު ރޭވުމެއް ރާވައިލިއެވެ. ވިނާން ހަމަޔަކަށް އެޅުމުން އޭނަޔަށް ހުރިހާ އެއްޗެއް ކިޔާދީ އަލްޔާއާ ވިނާންއާ ދެމީހުންގެ ކައިވެނި ވީ އެންމެ އަވަހަކަށް ކުރުވާށެވެ.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Ummeedhu kuran mi part ves kamu dhane kamah
Varah wait kurin mi part ah.. v salhi ?
Thanks ram lol ram ge story kiyaafin v v salhi comment koh nulevunee adam buxyveema
Awwn hehe.. thankyou ❤❤
huss eh vahaka thakeh ginain mi partt ga huree
Hehe ehentha next part ragalhu vaane
Alhey aadham haadhahaa asarugadha ey mi stry masha allah v v awsome??? whn nxt prt avaskolladhybala plx gud nyt ly ??❤????
Then vinaan ge memory kanyge gehhleynee dho adam ?
Then vinaan ge memory kanyge gehhleynee dho adam ?
woww varah asarugadha.. hama habeys mi part.. whn nxt part??? waiting 😀
Masha allah… v reethii…
Wen nxtpart???
reethi mi part ves, when next part, afeefa rangalhah ves moya vejje dhw. AL and vinaa gulheyne irakah miharu enme inthizaru kureveni
Mi part ga kusheh in kamah faahaga kollan…vinaan leeza mn geah dhiyairu maakin aa Al dhemeehun vaahaka dhakkan thibbaa fenuny…ekam irukolhakun maakin and ziyaadha Frnd eh geyga ulhefa geah ai vaguthu a e…a e kihineh v kameh baa…guess karam jahan v thanah maakin nan jehifa hn iny…anyway v v reethi mi part…when next part
Assu Karam Jahan Veena maakin jehifa inee
Eagerly waiting for ur story… pls pls upkohdheeba