Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބިކަވި ހަޔާތް (1)

lyla Level 1
October 18, 2017 3 Mins Read
6 Comments

ޖެހި ބާރު ގުގުރިއާއިއެކު ނިދިފައި އޮތް ނާޒިމާއަށް ހޭލެވުނެވެ. ހޭލެވުމާއި އެކު ދެލޮލަށް ޖަމާވީ ހޫނު ކަރުނައެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އޭނާ އަށް ރޮވެމުން ދިޔައެވެ. އޭނާގެ ހާލަތާއި މެދު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ. ދެލޯ މަރާ ބާރުކޮށްލީ ހިތައް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބޭތޯއެވެ.

ސްކޫލް ގެ ފަހު އަހަރުކަމުން ނާޒީމާ ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލޯބިވާ މައިންބަފައިންގެ އުއްމީދު ފުރިހަމަކޮށްދެވޭތޯއެވެ. ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެން އުޅެމުންވެސް ކިޔެވުމަށް އިސްކަމެއް ދެމުން ދިޔައެވެ. ލޯބީގެ ގޮތުން އޭނާ ގުޅިގެން އުޅެނީ އެރަށު ކުއްޖަކާ ނޫންކަމުން މަންމަމެންނަށް އެ ގުޅުން އޭނާ ސިއްރުކުރިއެވެ. ފާއިޒް އަކީ އެރަށަށް ބަންދެއްގައި އަރުވާލާފައިވާ މީހެއްކަމުން ގިނަ މީހުންގެ ނަފްރަތު ކުރިމަތިވެފައިވާ މީހެކެވެ. ނާޒިމާ އާއި ފާއިޒް ބައްދަލުކުރަމުން ދިޔައީ ރަށުގެމީހުން ދިރި ނޫޅޭ ހިސާބުތަކުންނެވެ.

ނާޒިމާ ރީތިވެލައިގެން ގެއިން ނިކުތީ ފާއިޒް އާއި ބައްދަލު ކުރަން ދިއުމަށެވެ. އޭނާ މިސްރާބު ޖަހާފައިވަނީ ރަށުގެ ތުނޑިއާއި ދިމާލަށެވެ. މިލަ ހަނދުވަރެއް ދީފައިވީ ނަމަވެސް މަގުތައް ފެންނަނީ އަނދިރިކޮށެވެ. ވަށައިގެން ހޯދަމުން ބަލަމުން ނާޒިމާ ހިނގުން ބާރުކޮއްލީ ހިތައް ކުޑަ ބިރުވެރި ކަމެއް ވެރި ވުމުންނެވެ. ތުނޑީއާއި އަރާ ހަމަވި އިރު ފާއިޒް އޭނާގެ އިންތިޒާރުގައި ހުރިތަން ފެނުމުން ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ފާއިޒް އާއި އަރާ ހަމަވި އިރު ފާއިޒް މަސްތީގޮތަކަށް ނާޒިމާ އަށް ބަލަމުން ދިޔަކަން އޭނާ އަށް ފާހަގަކުރެވި ލަދުން އިސްޖަހާލިއެވެ. ފާއިޒްގެ ތުންފަތަށް ވެރިވެގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. މަޑުމަޑުން އޭނާ ނާޒިމާގެ އަތުގައި ހިފާ ފިތާލިއެވެ. ނާޒިމާ ފާއިޒަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

އަތު ގުޅާލައިގެން މަޑު ހިގުމެއްގައިގޮސް ދެމީހުން އިށީނީ މޫދާ ކުރިމަތިލައިގެންނެވެ. މަޑުމަޑު ފާއިޒް ނާޒިމާގެ ބުރަކަށީގައި އަތް ހިންގަމުން ދިޔައެވެ. ނާޒިމާ އަށް މިކަމުން އުދަގޫވަމުންދިޔަ ނަމަވެސް ހިނތުންވެލައިގެން ހުރީ ފާއިޒް ހިންހަމަ ނުޖެހިދާނެތީއެވެ. އެހެން ރޭ ރެޔާއި ފާއިޒްގެ އަމަލު ތަފާތުކަން ނާޒިމާ އަށް ފާހަގަ ވަމުން ދިޔައީ ފާއިޒް މާ ގައިގޯޅިވަމުން ދާތީއެވެ. ނާޒިމާ ސިހިގެން ދިޔައީ ފާއިޒް އޭނާގެ ބުރުގާގައި ޖަހާފައި ހުރި ދަތި ނައްޓަން ފެށުމުންނެވެ. ނާޒިމާ އަށް ބޭއިޙްތިޔާރުގައި ދުރައްޖެހިލެވުނެވެ. ފާއިޒް އަނެއްކާވެސް ނާޒިމާ އާއި ކައިރިވެލިއެވެ. “ވަރަށް ލޯބިވޭ” މަޑުމަޑުން ނާޒިމާ ކަންފަތްދޮށުގައި ފާއިޒް ބުނެލީ މަސްތީ ރާގަކަށެވެ. ނާޒިމާ ލަދުން އިސްޖަހާލުމަށްފަހު އޭނާގެ މޫނު ފާއިޒްގެ މޭގައި ފޮރުވާލިއެވެ. ފާއިޒް ނާޒިމާ ގައިގައި ބައްދާލީ ލޯބިވާ ވާހަކަ ތަކުރާރުކުރަމުންނެވެ. މަޑުމަޑުން ނާޒިމާގެ ބުރުގާ ގައި ހުރި ދަތި ނައްތާލުމަށްފަހު ފާއިޒް ނާޒިމާގެ ބުރުގާ ބޮލާއި ވަކި ކޮއްލީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނާޒިމާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ ލަދުގަތްވަރުންނެވެ. މީގެ ކުރިން އޭނާގެ ކަނދުރާ އާއި އިސްތަށިގަނޑު ދުވަހަކުވެސް ފާއިޒް އަށް ފެނިފައިނުވުމާއި އެކު ފާއިޒް އޭނާއަށް ބަލަމުން ދިޔަ ގޮތުންނެވެ. ފާއިޒް ނާޒިމާ އަށް ބަލަމުން ދިޔައީ އާޝޯހް ވެހުރެއެވެ. ނާޒިމާގެ ރީތިކަން މިހާ ކައިރިން ހާމަކަން ބޮޑުގޮތެއްގައި ފެނުމުން އޭނާގެ ހިއްސުތައް ހޭލަމުން ދިޔައެވެ. ނާޒިމާ ލަދުން މޫނުގައި އަތް އެޅުމަށް ފަހު ފާއިޒަށް ފުރަގަސްދިނެވެ. ފާއިޒް މަޑުމަޑުން ނާޒިމާގެ ބޮލުގައި ޖަހާފައި ހުރި ހުޅި ނައްޓާލިއެވެ. އެވަގުތު ހީވީ ސިލްކް ފޮތި ރޯލެއް ރޫޅާލިހެންނެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ތިރިއަށް ސޮހިގެންގޮސް ދޮންވެލިގަޑުމައްޗަށްވެސް ފޭބިއެވެ. ކަޅުކަންގަދަ ބޯ ފަން އިސްތަށިގަނޑުގެ ނިވަލުގައި ހުރި ދޮން ކަދުރާ ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ. ފާއިޒް ހުރި ބުނާނެ އެއްޗެއް ނޭގި އަގަ ހުޅުވިފައެވެ. އޭނާގެ މުށުތެރޭގައި މިވަނީ މިފަދަ ރީތި ދޫންޏެއް ކަމަށް އޭނާ ހުވަފެނުގައިވެސް ދެކިފައި ނުވެއެވެ. މަޑުމަޑުން ފާއިޒް ނާޒިމާގެ އިސްތަށިގަނޑުގައި ވަސްބަލާލިއެވެ. އަދި މަޑުމަޑުން އިސްތަށިގަނޑު އެފަރާތް ކުރުމަށްފަހު އެ ދޮން ކަދުރާގައި ބޮސް ދިނެވެ. ނާޒިމާ ގައިން ހީބިހި ނަގައިގެން ދިޔަކަން އެގިގެން ދިޔައީ ކަނދުރާގައިހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔަތަން ފެނުމުންނެވެ. ފާއިޒް އާއި ނާޒިމާ އެކަތި ގަނޑަކަށް ވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ފެންވަރަން ފާޚަނާއަށް ވަން ނާޒިމާ ލޯ މަރާލަމުން ހިނިތުންވެލީ މިރޭ ފާއިޒް އާއި އެކު ހޭދަކުރެވުނު ލޯބީގެ ވަގުތު ހިތައް އެރުމުންނެވެ. ފާއިޒް އަށް އޭނާގެ ހުރިހާ އެއްޗެއް ހިބަކޮށް ދިނީ ލޯބި ވާތީއެވެ. ފެންވަރައިގެން ނިކުމެއް ފޯނު ކޮބައިތޯ ބަލައިލިއެވެ. އަތްދަބަސް ތެރޭގައި އޮތް ފޯނު ނެގުމަށް ފަހު ފާއިޒަށް ގުޅާލިއެވެ. ފާއިޒް ފޯނަށް ޖަވާބު ނުދިނުމުން މެސެޖެއް ކުރުމަށްފަހު ފިލާވަޅު ދަސްކުރެވޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ވަރުބަލިވެ ލޮލަށް ބަރުވާން ފެށެމުން އެދަށް އަރާ އޮށޯތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނާޒިމާ އިނީ ބަދިގޭގައި މަންމައަށް އަތްގާތްކޮއްލަދޭން ރޮށި ފިހޭށެވެ. އޭނާގެ ދޮން މޫނު މަތިން ދާހިއްލާ ފައިވާއިރު ވަރުބަލިކަމެއް ފެންނަމުން ދިޔައެވެ. “ދަރިފުޅާ! ބަލީތަ؟” ފާތުމާ އަހާލިއެވެ. “ނޫން މަންމާ.. ހެނދުނުއް ސުރެން ވަރުބަލި ވާތީ މި އުޅެނީ. އަނެއްހެން މާ ބޮޑު ކަމެއް ވީއެއް ނޫން. ވެދާނެ ސައި ނުބޮއި ހުރީމަ ކަމަށްވެސް” ނާޒިމާ ހިނިތުން ވަމުން ބުނެލިއެވެ. “އެހެންތަ؟ އެހެންޏާ ދަރިފުޅު ދޭ ސައިބޮއެގެން އަރާމު ކޮއްލަން. މަންމަ ތިކަންތައް ކޮއްލަފާނަން” ފާތުމަ ނާޒިމާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ނާޒިމާ ބޯ ޖަހާލުމަށްފަހު ސައިބޯން އިށީނެވެ. މޭނުބައި ކުރާ ގޮތް ވުމުން އަވަހަށް ކޮޓަރިއަށް ގޮސް ވަދެ އޮށޯތެވެ.

އެނދުގައި އޮށޯވެގެން އޮތް ނާޒިމާ ވިސްނަމުން ދިޔައީ އެންމެ ފަހުން އޭނާ މަސްސަރުކަންތައް ޖެހުނު ދުވަހާ ދޭތެރޭގައެވެ. މަސްސަރުކަންތައް ނުޖެހޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން ހަނދާން ވުމުން ނާޒިމާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އަވަސް އަވަހަށް ތެދުވެ ފާޚަނާއަށް ވަދެ ކުޑަ ގޮތަކަށް ރީތި ވުމަށްފަހު ބޭސް ފިހާރަ އާއި ދިމާލަށް މިސްރާބު ޖަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyla

Level 1

Other Articles

Previous

ހަވޭލީ (9)

Next

ނޭނގި ހިތޭ ގެންދެވީމާ ލޯބިން…

Next
October 18, 2017

ނޭނގި ހިތޭ ގެންދެވީމާ ލޯބިން…

Previews
October 18, 2017

ހަވޭލީ (9)

6 Comments!

  1. Nix says:
    October 18, 2017 at 6:41 pm

    Wow.. intresting?? heevey v reethivaane hen kndhuvas dhuvahak vaahaka upload vaani plx vaahaka nimendhen upload kohdheythi… plx plx ❤❤?

    1. lyla says:
      October 19, 2017 at 9:00 am

      thank you Nix. vaahaka upload kuran nimaafa miothee sunday , tuesday and thursday ga. ekam dheythereyakun time vaavarakun koh dheynana. <3

  2. Shifu says:
    October 19, 2017 at 9:58 am

    Heevanee v reethivaanehen.

  3. mal-mal says:
    October 19, 2017 at 11:01 am

    nice start!!! looking forward to the story to proceed! 🙂 😀

  4. Ishu says:
    October 19, 2017 at 3:06 pm

    V salhi mi story

  5. lyla says:
    October 22, 2017 at 1:54 pm

    thank you guys for the support <3

Comments are closed.

Next Episodeބިކަވި ހަޔާތް (2)←


All Right Reserved!