Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 4ވަނަބައި

Salaa Level 210 Stories100 Comments
February 9, 2014 9 Mins Read
16 Comments

” އެހާ ކަމަކު ނުދޭ ތި ހެދުމެއް…” ދީނާ ބޭނުންވީ ޔަޝްމީ އެ ހެދުން ބަދަލު ކުރުވުމަށެވެ. އޭނާ ހަސަދަވެރިވީއެވެ. ދިނާ ތެދުވެ ވަށައިގެން ބަލަންފެށިއެވެ. ޔަޝްމީއަށް ހެވުނެވެ.

” އަސްލުގަވެސް ބޯ ހަދާފަ ހުރި ގޮތްވެސް ކަމަކު ނުދޭ… ” ދީނާ ހަމަ ރަނގަޅަށްވެސް ޖެލަސް ވެއްޖެއެވެ.

” އެކަމަކު ގަޑި ޖެހެނީ… ދެން ދާނީ މިރޭ މިހެން…” ޔަޝްމީ ހެދުމަށް ބަލާލަމުން ގިޓާ ނެގިއެވެ. ދީނާ ތުން ފިއްތާލިއެވެ. ޔަޝްމީ ނުކުތުމުން ދީނާގެ އަތުގައި އޮތް ފޮތް ހޫރާލިއެވެ.

” އާނ.. އަހަރެން ޔަޝްމީ އާއި މެދު ހަސަދަވެރިވޭ… އޭނަގެ ރީތިކަމަށް ނިކްގެ ހިތް ކިޔަންފަށާނީ އޭނަ އަބަދު އެގޮތަށް ނިކް އާއި ބައްދަލްވަންޏާ.. ދެން އަހަރެންނަށް ނިކް ލިބުން އުނދަގޫވާނެ.. ނިކް މިގެއަށް އަޔަސް ޔަޝްމީ ހުންނާނެ ވިއްދާފަ.. ސޯ.. ސޯ ސޯ.. ޔަޝްމީ މިގޭން ފޮނުވާލަންވީ.. ބަޓް ހައު؟؟ ” ދީނާ އެނދުމަތީގައި އޮތް ބާލީހަށް ވަރުބާލަން ފެށިއެވެ.

އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ނިކް އަވަސް އަވަހަށް ޓީޝާޓް ލަމުން ލަމުން ނުކުތެވެ. އޭރު ޝަކީލާ ހުރީ ނިކްގެ ކޮޓަރި ދޮރުމަތީގައެވެ.

” ދަރިފުޅާ… މަންމަ ވާހަކައެއް ދައްކާލަންވެގެން…. “  ޝަކީލާ ބޭނުންވީ ނިކް ހުއްޓުވާށެވެ. އޭނާ މާ ބޮޑުކަމަކާ ފިކުރު ބޮޑުވެފައި ހުރިހެން ހީވެގެން ނިކް ހުއްޓުނެވެ. އަދި ޝަކީލާގެ ދެކޮނޑުގައި ހިފާ ހިނިތުންވެލިއެވެ،

” ދަރިފުޅު މީހަކާ އިންނަން ވީނު.. މަންމައަށް އެނގޭ އިންނާނެ މީހުން ވާނެކަން.. ތި މަޝްހޫރުކަމުގަ މީހަކާ ނީނދެ ދަރިޔަކު ނުހޯދާ ހުރުމުން ދަރިފުޅަށް ހަމަ ގެއްލުން ވާނީ…. ” ޝަކީލާ ގެ ވާހަކައިން ނިކާލް ހޭންފެށިއެވެ.

” މަންމަ ބޭނުންވަނީ މުއްސަނދި ރީތި ކުއްޖެއްނު.. އެކަހަލަ ކުއްޖަކު ހޯދަންވެގެން މަޑުކުރަނީމި… ރިލެކްސް މަމް…” ނިކް މަންމަގެ ބޮލުގައި ފިރުމާލިއެވެ.

” ހިނގާ ބަލަ ތައިލޭންޑަށް ޖައްސާލަން ” ޝަކީލާ އެހެން ބުނުމުން ނިކް ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

” މަމް.. މަޑުކޮއްލަބަލަ…. އަދި ވަގުތު އެބައޮތޭ” ނިކް ބުރަކަށީގައި އަޅުވާފައިވާ ގިޓާގެ ވާފަށަށް ބާރުކޮއްލަމުން ދުއްވައިގަންނަމުން ބުންޏެވެ.

ޝަކީލާ ހިނިތުންވެލިއެވެ. އޭނާގެ ލާނެތްދަރިފުޅު ބޮޑުވާނެ އިރެއް ނޭނގޭތީއެވެ.

އިމްރާން ކާރުގައި އިނީ ޔަޝްމީގެ އިންތިޒާރުގައެވެ. ޔަޝްމީ އައިސް ކާރަށް އެރުމާއި އެކު އިމްރާން ޔަޝްމީއަށް ބަލާލިއެވެ.

” ވައު.. ހާދަ ނައިސް އޭ…” އިމްރާން ހިނިތުންވެލަމުން ބުނެލިއެވެ. ޔަޝްމީއަށް ސިހުންލިބުނެވެ.

” އަހަރެން މިއީ ރީތި މީހެއްތަ؟ ” އަމިއްލަ ސޫރަ އާއި މެދު މަލާމާތްކޮއްލާފަދަ ގޮތަކަށް ޔަޝްމީ ބުނެލިއެވެ. އިމްރާން ނުސީދާ ގޮތަކަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ.

” ކާކު ބުނީ ޔަޝް ހަޑި އޭ.. ގައިމުވެސް ލޯ ސަލާމަތުން ހުރި މީހަކު ނުބުނާނެ.. ޤަބޫލު ކޮއްބަލަ..” އިމްރާން މަޑުމަޑުން އެހެން ބުނަމުންދާތީ ޔަޝްމީ އަނެއްކާވެސް ބިރުގަތެވެ. އިމްރާން ގެ މަޤްސަދަކީ ކޮބައިބާވައޭ ޔަޝްމީ ހިތައް އެރިއެވެ. އެހާ ލޯބިގޮތަކަށް އިމްރާން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. ޔަޝްމީއަށް ހިތްހަމަ ނުޖެހެވުނެވެ. އިމްރާން އޭނާ އާއި އެފަދަ ގާތްގޮތަކަށް ވާހަކަ ދެއްކުމުން އޭނާ ލަދުގަނެއެވެ.

” ދެން އެކަމު ތިހެން ނުބުނައްޗޭ…” ކާރު މަޑުކޮއްލުމާއި އެކު ކާރުން ޔަޝްމީ ފޭބީ އެހެން ބުނެފައެވެ. އިމްރާން ޝީޓްގައި ލެނގިލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ވިސްނާލިއެވެ. ޔަޝްމީގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ނުލިބޭތީ އިމްރާން މިހާރު ކަންބޮޑުވާންފެށިއެވެ. ޔަޝްމީ ގެއްލިދާނެތީ އޭނާ ބިރުގަންނަންފެށިއެވެ. ޔަޝްމީގެ ހިތް ހާސިލްކުރުމަކީ އޭނާގެ ޢަޒުމެވެ. އޭނާ ބޭނުންވާ ގޮތެވެ. އޭނާގެ އުއްމީދެވެ.

ނިކް ދުވަމުން ކަހަލަ ގޮތަކަށް  އައިސް ކްލާހަށް ވަތް އިރު ހުރިހާ ކުދިން އައިސް ތިއްބެވެ. މިހާރު ތިބީ ފަނަރަ ކުދިންނެވެ. ފަސްކުދިން މިރޭ ފެއިލް ވާނެއެވެ. ޔަޝްމީ ބޭނުންވަނީ ފެއިލްވާށެވެ. އޭނާ މިހާރު ނިކް ކައިރިއަށް އައުމުން ހިތައް ލިބޭ ވޭން މާ ބޮޑެވެ. ގެއަށް ދިޔުމުން ބޮލަށް ވާ އުނދަގޫ މާ ބޮޑެވެ.

” ހައި ގައިސް… ވަރަށް ލަސްވެއްޖެ ދޯ..!!  ހިނގާ އަވަހަށް ފަށަމާ!” ނިކް ގިޓާ މޭޒުމަތީގައި ބޭއްވިއެވެ. އޭނާއަށް ބޭ އިޚްތިޔާރުގައި ބަލާލެވުނީ ޔަޝްމީ އާއި ދިމާއަށެވެ. ޔަޝްމީ މިރޭ އާދަޔާޚިލާފަށް ރީތިކަމުގައި ދެކެވުނު ނަމަވެސް މީގެ ކުރިން އޭނާގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމެއް މިރެޔަކު ފެންނާކަށެއް ނެތެވެ.

ކާރުގައި އިރުކޮޅަކު އިނުމަށްފަހު އިމްރާން ކާރު ސްޓާޓް ކޮއްލިއެވެ. އޭނާ ގެއާއި ދިމާއަށް މިސްރާބް ޖެހި ނަމަވެސް އޭނާ ބޭނުންވަނީ ކްލާހަށް ދިޔުމަށެވެ. ޔަޝްމީގެ އަތުގައި ހިފާ އޭނާގެ ހިތުގެ ޙާލު ބަޔާންކޮއްދޭން ބޭނުންވަނީއެވެ. ޔަޝްމީގެ މަޑުމަޑު އަތުން އޭނާގެ ބޮލުގައި ފިރުމާލުމަށް އެދެވެނީއެވެ. ބުދެއް ފަދައިން ކުރިމަތީގައި ބައިންދައިގެން ޔަޝްމީއަށް ބަލަން ނުނިދާ އިންނަ ހިތްވަނީއެވެ. އެހެނަސް އިމްރާން ބާރު ދުވެލީގައި ގޮސް ކާރު މަޑުކުރީ ގޭގެ ދޮރުމައްޗަށެވެ. އޭނާއަށް ހިތްވަރު ނުލިބުނީ ބާވައެވެ؟ ނޫނީ ހާސިލް ނުވެދާނެތީ ބިރުގަތީބާވެއެވެ؟

” މާދަމާ ރޭ ނޯޓިސް ބޯޑުގައި އޮންނާނެ ފާސްވި ކުދިންގެ ނަން.. ބަލާފަ ޖެހިގެން އަންނަ ރޭ އަންނާނީ އިނގޭ.. ދެން ވީކެއްގެ ތެރޭގަ އޮންނާނެ ޝޯވެސް.. އެހެންވީމަ ވަރަށް ހާޑުކޮށް މަސައްކަތް ކުރީމަ ކާމިޔާބު ވާނީ.. ” ނިކް ރެޑީވާން ފެށިއެވެ. ކުދިންތައް ނުކުންނަން ފެށިއެވެ. ޔަޝްމީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން މަޑުމަޑުން ހިނގާފައި ދާތަން ފެނުމުން ނިކް ގޮވާލިއެވެ.

” ޔަޝްމީ…” ޔަޝްމީ ހުއްޓި ބަލާލި އިރު ނިކްވެސް އަންނަނީއެވެ.

” ކޮބާ އިމްރާން؟ މިރޭ ނާންނަނީތަ؟ ” ނިކް ބޭނުންވީ ޔަޝްމީ އާއި ވާހަކަ ދައްކާށެވެ. މަގުމައްޗަށް ނުކުތްތަނާ ހެން އަންހެން ދެކުއްޖަކު އައިސް ނިކްގެ ކުރިމައްޗަށް އެރިއެވެ. ޔަޝްމީ ހުރީއެވެ. ހައިރާންވެފައެވެ.

” އޯހ… ނިކް.. އަޅެ ފޮޓޯއެއް ނެގިޔަސް ހެޔޮތަ؟ ޕްލީޒް..” ތުއި ވަމުން އެކުއްޖާ އެދުނެވެ. ނިކްއަށް ބަލާލެވުނީ ޔަޝްމީއަށެވެ. ޔަޝްމީ އަވަހަށް ދުރަށް ބަލާލިއެވެ.

އެކުއްޖާ ނިކްގެ އުނގަނޑުގައި އަތް އަޅުވާލައިގެން މޭގައި ބޯޖައްސާލައިގެން ހުރުމުން އެހެން ކުއްޖަކު ފޮޓޯ ނެގިއެވެ. ޔަޝްމީގެ ހިތައް ކަށިކަށި ހެރެމުންދާފަދައެވެ. ޔަޝްމީ ގެ އަތް ގޮށްމުށްކެވެމުންދެއެވެ.

” އޯހ.. ސޯ ކިޔުޓް. ތޭންކިޔޫ…” އެކުއްޖާ ފޯނަށް ބަލަމުން ބަލަމުން ހިނގައިގަތެވެ. ނިކް ހިނިތުންވުމުގައި ހުރި ނަމަވެސް އޭނާ އެހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޔަޝްމީ އެއްވެސް އެއްޗެއް ނުބުނެ ލުއި ހިނިތުންވުމެއް ރައްދުކުރީ ހިތުން ރޮމުންނެވެ. މަޝްހޫރު މީހުން އުޅޭނީވެސް އެހެންނޭ ޔަޝްމީ ހިތައް އެރިއެވެ. ނިކް ވަރަށް ރީތިކޮށް ޔަޝްމީއަށް ބަލަމުން ބުނެލިއެވެ.

” ހިނގާ ސައިކަލްގަ ދާން..” ޔަޝްމީ ބަލާލީ ސައިކަލަށެވެ. އޭނާގެ ހިތް މަރުހަބާ ކިއެވެ. ޔަޝްމީ މަޑުމަޑުން ހިނގައިގަތުމުން ނިކްވެސް ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.

” ބަލީތަ؟ ހާދަ މަޑުމަޑުން…” ނިކް އެހެން ބުނުމާއި އެކު ޔަޝްމީ ކެއްސާލިއެވެ.

” ކުޑަކޮށް ބަލިވެ… މިހާރު ރަނގަޅު..”

” ފިނި އެއްޗެހި ނުބޮއްޗޭ… ވީކެއްގެ ތެރޭގަ ޝޯ ފެށޭނެ. އަޑު ހަޑިވެދާނެ..” ނިކް ލޯތްބާއި އެކު ބުނެލިއެވެ. ޔަޝްމީއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާ އަނެއްކާވެސް ނިކް އާއި މާބޮޑަށް ގަޔާވިއެވެ. އެގޮތަށް ކެއަރ ކުރުމުގައި އަބަދުވެސް ހުންނާނެ ނަމައޭ ހިތައް އެރިއެވެ. ނިކް އެހާ ލޯބިން ވާހަކަ ދެއްކަންފެށުމުން ނިކްއަށްޓަކައި މޮޔަވެފައިވާ ޔަޝްމީގެ ހިތަށް ދިރުން ލިބުނެވެ.

” ހޮވުނީތަ؟”

” ހޫމ.. ޔަޝް ވަރަށް މޮޅު ލަވަ ކިޔަންވެސް… ގިޓާޖަހަންވެސް..” ނިކް އަނެއްކާވެސް ތަޢުރީފްކުރިއެވެ. ޔަޝްމީއަށް އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. އޭނާގެ އަތް މަޑުމަޑުން ހަރަކާތް ކޮއްލިއެވެ. ދެއަތުން ނިކްގެ ގައިގައި ހިފަހައްޓާލެވުނެވެ. ބޭނުންވަނީ އެ ބުރަކަށިމަތީގައި ބޯ ޖައްސާލުމަށެވެ. އައި މަޑު ވައިރޯޅިން ނިކް ޖަހާފައިވާ ލަކޯސްޓޭގެ މީރުވަސް ޔަޝްމީގެ ނޭފަތުގައި ޖެހިލިއެވެ. ޔަޝްމީ އިހުތިޔާރުން ބޭރުވިއެވެ. މަޑުމަޑުން ނިކްގެ ބުރަކަށީގައި ތަތްވެވުނެވެ. އޭނާއަށް ލިބުނީ އަރާމެކެވެ. ނިކްގެ ބަނޑުގައި ދެއަތުން ބާރަށް ބައްދާލެވުމާއި އެކު ނިކް ސައިކަލް މަޑުކޮއްލިއެވެ. ޔަޝްމީއަށް ނިކްގެ ކަނދުރާގައި ތުންފަތް ޖައްސާލެވުނީ ބޭ އިހްތިޔާރުގައެވެ. ނިކްއަށް ބޯތަޅުވާލެވުނީ އެހެންވެގެންނެވެ.ޔަޝްމީ ސިއްސައިގެންގޮސް ދުރަށް ޖެހިލި އިރު މަޖީދީ މަގުގެ ޓްރެފިކެއްގައި ޖެހުނީއެވެ. ގިނަމީހުންގެ ލޯ އަމާޒުވެފައިވަނީވެސް އެމީހުންނާއި ދިމާއަށެވެ.

” ސޮ..ސޮރީ..” ޔަޝްމީ ބުނެލިއެވެ/. ނިކް މަޑުމަޑުންފަހަތަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމުގެ އަސަރެއްނެތެވެ. ނުރުހުމުގެ އަސަރެއްވެސް ނެތެވެ. އެ މޫނުން ދޭހަވަނީ ކޮންކަމެއް ކަމެއް ޔަޝްމީއަކަށް ނޭނގުނެވެ. ސައިކަލް ބާރުމިނުގައި ގޮސް ޔަޝްމީގެ ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއި އެކު ޔަޝްމީ ފޭބިއެވެ. އެއްވެސް އެއްޗެއް ނުބުނެ ނިކް ދުއްވާލިއެވެ.

” ޝިޓް…. ޝިޓް..” ޔަޝްމީއަށް ކުސްޖެހުނެވެ. އޭނާ ހަދާނެ ގޮތް ހުސްވިއެވެ. ބާރުބާރަށް ދުވެފައި ގޮސް އޭނާ އެރީ ޓެރަހަށެވެ. އަދި ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ނިކް އޭނަ އާއި މެދު ދެކޭނީ ކިހިނެތްބާވައޭ ހިތައް އަރާފައި ދެރަވަނީއެވެ. އޭނާގެ އަގު ނިކްގެ ކުރިމަތީގައި ވެއްޓުނީ އޭ ހިތައް އަރާފައި އިތުރަށް ރޮވެނީއެވެ.

ސިޓިންގ ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ދީނާ ހުއްޓެވެ. ކޮންމެ ރެޔަކު ކްލާސް ނިންމާފައި ކޮފީ ބޯން އަންނާނެ ކަމަށް ނިކް ބުނެފައިވެއެވެ.

” އަނެއްކާ ޔަޝްމީ އާއި ދެމީހުން ކޮބާބާ؟ ދޮންބެވެސް އެ އުޅެނީ ކޮޓަރީގަ.. ޔަޝްމީ އާއި އެކުގަ  ނިކް..” ދީނާ ދާހިއްލާ ފޯވަމުންދެއެވެ. ކުއްލިއަކަށް ދީނާއަށް ފެނުނީ ސިޑިން ތިރިއަށް ފައިބަމުން އަންނަ ޔަޝްމީއެވެ. ދީނާ ހުރީ އޭނާގެ ފަހަތުން ނިކް އާދޭތޮއެވެ. ނަމަވެސް ނިކްގެ ޚަބަރެއް ނުވުމުން ދީނާ ބުނެލިއެވެ.

” ޓެރަހުގައި ކީއްކުރަނީ މިގަޑީގަ؟ “

” ގިޓާ ޖަހާލަން އެރީ… އެނގޭތަ؟ އަހަރެން ޝޯ އަށް ހޮވުނޭ…:” ޔަޝްމީ ބޭނުންވީ ދީނާ އާއި އެގުޅުން ކުރިއަށް ގެންދިޔުމަށެވެ. ހީނަރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދީނާ އާއި ގިނަގިނައިން ވާހަކަ ދައްކަން ޔަޝްމީ ބޭނުމެވެ.

” އެހެންތަ؟ ވަރަށް އުފާވެރި ޚަބަރެއް ތީ.. ދޮންބެއަށް ތި ޚަބަރު ދޭންވާނެ.. އޭރުން އެންމެ އުފާވާނީ ދޮންބެ އޭ…” ޔަޝްމީ ޝޯއަށް ހޮވުމުން ދީނާވެސް އުފާވާކަން އޭނާ ދައްކާލިއެވެ. ދީނާ ޓެރަހަށްދާ ސިޑިން މައްޗަށް އަރަންފެށިއެވެ. އަތުގައި އޮތް ފޯނަށް ބަލަމުންނެވެ. ޔަޝްމީ ހުރީ ދީނާ ބުނި އެއްޗެއް ނުވިސްނިފައެވެ. އިމްރާން އުފާވާންވީ ކީއްވެ ހެއްޔެވެ؟ ދީނާ އެހާ މާނަ ފުންކޮށް އެހެން އެ ބުނީ ކީއްވެހެއްޔެވެ؟ ޔަޝްމީ ހާސްވިއެވެ. އޭނާ ބޭނުންވީ އެހެން އަހަންޖެހުނީ ކީއްވެތޯ ބަލާށެވެ. އޭރު ދީނާ ޓެރަހަށް އަރައިފިއެވެ. ބާރުބާރަށް ޔަޝްމީވެސް ޓެރަހަށް ދާން ސިޑިއަށް އަރަންފެށިއެވެ.

” އަޅެ.. މިރޭ އައި ނަމަ… ކީއްވެ ދޮގު ހެދީ ” ދީނާ ލޯބީގެ ރާގަކަށް ބުނެލިއެވެ.ޓެރަސްމަތީގައި ހުރި ބަގީޗާ ގަހަކާއި ކުޅެމުން ދީނާ ވާހަކަ ދައްކަންހުރީ ފޯނުންނެވެ.

ގިޓާ އެނދުމަތީ ބާއްވަމުން ނިކް ބުނެލިއެވެ.

” މިރޭ މާބޮޑަށް ވަރުބަލިކަމުން ނިދާލަން މިއައީ.. ކޮބާ އިންމަ؟ ” ނިކް އާދައިގެ ގޮތަކަށް އެހިއެވެ،

” ދޮންބެ އެބައުޅޭ ކޮޓަރީގަ…  ޖައްސާލަންވީނު ކޮފީ ބޯން..” އާދޭހުގެ ރާގަކަށް ދީނާ ބުނެލިއެވެ. ނަމަވެސް ނިކް އަންނަ ހިޔާލެއް ނުކުރިއެވެ.

އެ ހުރިހާ ވާހަކައެއް ޔަޝްމީއަށް އަޑުއިވިއްޖެއެވެ. އޭނާ ދީނާ އެނބުރިލާން ވާއިރަށް ސިޑިން ފައިބަން ފެށިއެވެ. ކޮޓަރިއަށް ވަދެ އަވަހަށް އޮށޯތެވެ. ޔަޝްމީއަށް ވިސްނިއްޖެއެވެ.ދީނާ ނިކް ބޭނުންވެއެވެ. ދީނާއަށް އެކަން ހާސިލްކުރެވިދާނެއެވެ. ޔަޝްމީ ޖެހޭނީދުރުވާށެވެ. ނިކް މަތިން ހަނދާން ނައްތާލާށެވެ. ޔަޝްމީ ޝޯއަށް ހޮވުނީމަ އިމްރާން އުފާވާނެޔޭވެސް އެބުނީ ޔަޝްމީއޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ކިޔަން ވެގެންކަން އޭނާއަށް އެނގުނެވެ. ޔަޝްމީގެ ލޯބި ޤުރުބާން ކުރެވިދާނެ ބާވައެވެ. ޔަޝްމީއަށް މިކަމާމެދު ފުންކޮށް ވިސްނަންޖެހުނެވެ.

ނިކް ގެއަށް ދިޔަތަނުން މަންމަ ޝަކީލާއާއި ދިމާވިއެވެ.

” ހާދަ އަވަހަކަށް މިރޭ ތިއައީ؟ ހިނގާ ކާން…” ޝަކީލާ އެހެން ބުނުމާއި އެކު ނޯކަރެއް އައިސް ކާންހެދިފައި ހުރިކަމަށް ބުނެލިއެވެ.

” ނޫން.. މަމް.. ވަރަށް ވަރުބަލި.. ފަހުން ކާނަން..” ޝަކީލާއަށް މާބޮޑު ސަމާލުކަމެއް ނުދީ ނިކް ވަނީ ކޮޓަރިއަށެވެ. ޔަޝްމީގެ ހަރަކާތްތަކާއި މެދު ވިސްނެނީއެވެ. ޔަޝްމީ ބަލާލާފަ ” ކޫޑި ” އަންހެން ކުއްޖެއްހެން ހިއެއް ނުވެއެވެ. އޭނައަށް ހިލޭ ފިރެހެނަކާ އެހާ ގާތްވާން ކެރޭނެހެނެއްވެސް ހިއެއް ނުވެއެވެ. ދެން ޔަޝްމީ އެހެން އެ ހެދީ ކީއްވެބާވައެވެ؟ ޔަޝްމީގެ ފަރާތުން މާބޮޑު އިޝާރާތެއް ނުފެނި ހުރެފައި މިރޭ އެހެދީ ކިހިނެތްބާވައެވެ. ނިކް ޓީޝާޓް ބޭލުމަށްފަހު ޖައްސާލިއެވެ..

ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން އިނީ ޔަޝްމީ އެކަންޏެވެ. އިމްރާން އޮފީހަށް ދާން ނުކުތް ވަގުތަކީ ދީނާވެސް ކޮޓަރިން ނުކުތް ވަގުތެވެ.

” ހަވީރު ނޫހުގައި ހާދަ މަޝްހޫރުވާހަކައެއް އެބައޮތޭ…” މާނަފުން ރާގަކަށް އިމްރާން ބުނެލިއެވެ. ޔަޝްމީ ސައިތަށި ބެހެއްޓިއެވެ. އަދި ލޯ ކުޑަކޮއްލާފައި ބަލާލިއެވެ.

” ނުވިސްނުނު،،،،”

” ބަލާލަބަލަ ގޮސް. .” އިމްރާން ހުއްޓުމެއްނެތި ބޭރަށް ދިޔައެވެ. އިމްރާންގެ ރާގު ހުރި ގޮތުން  ޔަޝްމީއަށްވުރެން ކުރިން ދީނާ ލެޕް ހިފައިގެން އައެވެ.

” ދޮންބެއަށް ކޯއްޗެއް ފެނުނީބާ؟” ދީނާ ލެޕް ހުޅުވާލަމުން ބުނެލިއެވެ. ޔަޝްމީވެސް އައިސް ދީނާއާއި ދާދި ގާތުގައި ހުއްޓި ގުދުވެލިއެވެ.

ލޯޑުވަމުން އައިސް އެ ފެނުނީ ނިކްގެ ބުރަކަށީގައި ތަތްވެގެން ސައިކަލްގައި އިން ޔަޝްމީއެވެ. ދީނާއަށް ބަލާލެވުނީ ޔަޝްމީއާއި ދިމާއަށެވެ. ޔަޝްމީގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ.

” މީތަ ކްލާހަށް ގޮސްކުރާ ކަމަކީ؟ ” ރުޅިއައިސްފައި އިނދެ ދީނާ ބުނެލިއެވެ. ޔަޝްމީއަށް އިސްޖެހުނެވެ. ދެރަވެގެންނެއް ނޫނެވެ. ދީނާ އެހެން ބުނުމުން ހައިރާންވެގެންނެވެ.

” އަހަރެން ނިކް ދެކެ ލޯބިވާ ވަރާ ނިކް ބޭނުންވާވަރު ދީނާއަށް ނޫން އެހެން އެކަކަށްވެސް ނޭނގޭނެ.. އެރޭ އިމްރާން އަހަރެން ބަލާ ނާންނާތީވެ ނިކް އާއި އެކު ގެއަށް އަންނަން އޭނަ ބުނީމަ ސައިކަލަށް އެރީ.. އަހަރެންނަށް މިސްރާބު އޮޅުނީ.. އެހާ ލޯބިވާ މީހަކު އެހާ ގާތުގަ އިނުމުން ކެތްތެރިކަން ކޮޅުންލީ…. ” ޔަޝްމީ އިނގިލިތައް ފިއްތަންފެށިއެވެ.

” އެހެން ނޫނަސް ދީނާ ކީއްވެ މިކަމާ އެހާ ރުޅި ތިއައީ؟ ދީނާއަށް އެނގެއެއްނު އަހަރެން ނިކްދެކެ ވަރަށް ލޯބިވާކަން.. ” ޔަޝްމީ ބޭނުންވީ ދީނާ އަނގަބައްދާލާށެވެ. އެހެން ނަމަވެސް ދީނާ އެއަށްވުރެން މާ ހުށިޔާރެވެ.

” މަށެއް ނޫން.. އެހެން މީހުންވެސް ރުޅި އަންނާނެ.. ނިކްގެ މަންމަމެން ވެސް ރުޅި އަންނާނެ.. ޔަޝްމީ މި އާރޓިކަލް ނިކަން ރަނގަޅަށް ކިޔާފަ މަށާ ތި ސުވާލު ކޮއްބަލަ ކެރެންޏާ…” ދީނާގެ ހަރުކަށި ބަސްތަކުން ޔަޝްމީ ހާސްވިއެވެ.

” މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޕްރެކްޓިސްކޮއްދެމުންދާ މިޔުޒިކް ކްލާހުގެ އަންހެން ކުދިންނާއި އޭނާ އާއި އޮންނަނީ ކޮންކަހަލަ ގުޅުމެއް؟ ” ފުރަތަމަ ސުރުޚީ އާއި އެކުގައިވެސް ޔަޝްމީގެ ހިތް ފުނޑުފުނޑުވިއެވެ. އޭނާ ލަދުންގޮސް ރަތްވިއެވެ.

މިއީ މަޝްހޫރުމީހުންގެ އާދައެވެ. އެމީހުންނަކީ ހިތުން ވަރަށް މޮޅުބައެކެވެ. އެތައް އަންހެންކުދިންނެއްގެ ހިތް ހަލާކުކޮއްލާ ބުއްދިވެރި ބައެކެވެ. ފޮނިކަނޑާ ސަޅިބައިސާ ކަނޑާ ބައެކެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއަށް ޕްރެކްޓިސްކޮއްދިނުމުގެ ގޮތުން ކްލާހެއް އުފައްދައިގެން ކުދިންނަށް ގިޓާކުޅެން ދަސްކޮއްދިނުމުގައި ނިކާލް، މަޝްހޫރުނަމުން ނަމަ ނިކް ހަރަކާތްތެރިވަމުންދެއެވެ، އެހެނަސް ރޭގެ ވަގުތެއްގައި އެ ކްލާސް ކައިރީގައި ހުރި ޓްރެފިކް ލައިޓުގައި ޖެހިފައި ތިބެ ފެނުނު މަންޒަރަކުން އެ ކްލާހުގައި ނިކް ކުރަމުންދާ މަސައްކަތް މިހާރު އޮޅިއްޖެއެވެ.އެމަންޒަރު ފެނިފައިވަނީ މި ނޫހުގެ ޖާނރނަލިސްޓަކަށް ވެފައި ވާތީ މިއީ ތޯތޯ ވާހަކައެއް ނޫނެވެ. މިއީ ސުވާލު އުފެދޭ ކަމެކެވެ. ޝޯ ކާމިޔާބު ޝޯ އަކަށް ވެއްޖެނަމަ އަޅުގަނޑުމެންނަށް ނިކް ބަލައިގަނެވިދާނެއެވެ. ނަމަވެސް ޝޯ ފްލޮޕް ވެއްޖެ ނަމަ ނިކް ކުރި މަސައްކަތަކީ މުޅިން އެހެން ކަމެއްކަން ޤަބޫލުކުރެވޭނެއެވެ.

އާރޓިކަލް ކިޔާ ނިމުމާއި އެކު ޔަޝްމީ ފެންކަޅިވިއެވެ. އޭރު ދީނާއެއް ކައިރިއަކު ނެތެވެ. ޔަޝްމީ ފޮޓޯއަށް ބަލަން އިނެވެ.

” ނިކް،،، އަހަރެންނަށް ޤަބޫލެއް ނުކުރެވޭ..” ދީނާ ރޮވޭގޮތްވަމުން ބުނެލިއެވެ. ނިކް ފުންމައިގެން ތެދުވިއެވެ. ފޯން އަނެއް އަތަށް ބަދަލުކޮއްލަމުން ނިކް ހީލިއެވެ.

” ކިހިނެތްވީ؟”

” ހަވީރު އޮންލައިން ބަލާލަބަ…” ދީނާ ތަންކޮޅެއް ބާރަށް ބުނެލުމުން ނިކް ޑެސްކްޓޮޕް ކައިރީ އިށީނެވެ. ކުޑަވަގުތުކޮޅެއް ފާއިތުވިއެވެ.

” އެހެން އަޑުއަރުވާނެ.. އަޅާނުލާ…” ނިކް ބުނެލި އަޑުއިވުނެވެ. ދީނާ ހައިރާންވެއްޖެއެވެ.

” ނިކް… ނިކްގެ ސަބަބުންނެއް ނޫނެއްނު ތިހެން ތިވީ؟ ޔަޝްމީ އެހެން ނޫޅުނު ނަމަ ތިހާ ހުތުރު ނަމެއް ނުލިބުނީހެއްނު… އަހަރެން ވަރަށް ދެރަވެއްޖެ.. ” ދިނާއަށް ރޮވޭގޮތްވުމުން ނިކް ޝައުޤުވެރިވިއެވެ.

” ކީއްވެތަ ދީނާ އެހާ ބޮޑަށް ދެރަވަނީ؟ ” ނިކް ހުރަހަށް ވާގޮތަށް އެނދުގައި ޖައްސާލިއެވެ. އަދި އަނެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުންދެއެވެ. ދީނާހުރީ ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލައެވެ.

” ނޭނގެ.. އަހަރެން ބޭނުމެއްނޫން ނިކް އެހެން މީހަކާ އެއްކޮށް އުޅޭކަށް… ” ދީނާ ބޭ އިހްތިޔާރުގައި ބުނެލިއެވެ. ނިކް ކުއްލިއަކަށް ތެދުވިއެވެ.

” ކީއްވެ ވާގޮތެއް؟ ” ނިކް ބޭނުމީ އެ ޖަވާބެވެ. އެ އަލްބަމްގެ ވެރިޔަކީ ކާކުކަން ޔަޤީން ކުރުމަށެވެ. އެ އަލްބަމްގެ ވެރިފަރާތަކީ ނިކްދެކެ ހަޤީޤީ ލޯބިވާ ފަރާތް ކަމުގައި ނިކް ޤަބޫލުކުރެއެވެ. އެއީ ދީނާ އާއި ޔަޝްމީ އާއި ދޭތެރެއިން އެކަކެވެ. ކުރިންރޭ ޔަޝްމީގެ ފަރާތުން ފެނުނީވެސް އެފަދަ ނިޝާނެކެވެ.

” ލޯބިވާތީ… ” ދީނާ ގިސްލާންފެށިއެވެ. ނިކް ދެލޯ މަރާ ބާރުކޮއްލިއެވެ.

” އޯހ… ދީނާ ދީނާ… ކިއްވެ ސިއްރުކޮއްގެން ތިހުރީ؟ އަހަންނަށް އޭރުވެސް ވަރަށް ހީވި ދީނާ އަހަރެންދެކެ ލޯބިވާހެން… ހަޤީޤީ ލޯބިވާމީހަކީ ތީކަމަށްވެސް އަހަރެން ޤަބޫލުކޮއްފިން.. އަހަރެންގެ ހިތުގަ މިހާރު އާވިންދެއް ޖަހަމުންދޭ.. އެއީ ކާކަށްޓަކައި ޖަހާ ވިންދެއްކަމެއް އަހަންނަކަށް ނޭނގެ.. އެކަމަކު މިހާރު ޔަޤީންވެއްޖެ އެމީހަކީ ދީނާކަން…. “

ނިކްގެ ޖުމުލަތަކުން ދީނާ ހައިރާންވަމުން އުފާވަމުންދެއެވެ. އެހާ އަވަހަށް އެހާ ފަސޭހައިން ދީނާގެ ލޯބި ކާމިޔާބު ވެދާނެކަމަކަށް ދީނާ ފަހަރެއްގައިވެސް ހީ ނުކުރެއެވެ. އޭނާއަށް ބޮއްކުރާދަށަށް އޮޑިކެނބުނީކަމަށް ހީކޮށް ލަދުގަތް ނަމަވެސް މިހާރު އޭނާ ވަނީ އުފަލެވެ. އެހާ ރީތި ފިރެހެންކުއްޖެއް ހަޔާތުގެ ބައިވެރިޔަކަށް ވީތީ އުފަލުންގޮސް ދީނާ މޮޔަވާވަރުވިއެވެ.

ޔަޝްމީ ލެޕްޓޮޕް ލައްޕާލުމަށްފަހު ބޭރަށް ނުކުތެވެ. ޓެކްސީއެއް ހުއްޓުވުމަށްފަހު އޭނާ ދިޔައީ ކްލާހަށެވެ. އޭނާ ބޭނުންވީ ނިކް އެތަނަށް ގެނައުމަށެވެ.

” ޕްލީޒް.. އަހަރެންނަށްޓަކާ މިތަނަށް އައިސްދީ.. ޕްލީޒް..” ޔަޝްމީ ނިކްއަށް ގުޅާފައި އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނިކް ފޯން ކަނޑާލުމަށްފަހު ބޭރަށް ނުކުތެވެ.

އިމްރާން އޮފީހުގައި އިނދެ ވިސްނަމުން ހިތް ފިއްސަމުން ދިޔައެވެ. ޔަޝްމީ އާއި ނިކް އެފަދަ ގުޅުމެއް އޮވެދާނެކަމަށް އޭނާއަށް ޤަބޫލު ކުރެއެވެ. ޔަޝްމީ ފަދަ ރީތި ކުއްޖަކު ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެ މައުޟޫއަށް ވާހަކަ ދެއްކުމަށް އޭނާ ބޭނުމެވެ. ނަމަވެސް އޭނާ ފުރަތަމަވެސް ވާހަކަ ދައްކަން ބޭނުމީ ޔަޝްމީ އާއެވެ. އޭނާ ބޭނުންވަނީ ޔަޝްމީ ދެކެ ލޯބިވާ ވަރު ބަޔާން ކޮއްދޭށެވެ. އާދޭސްކޮއްގެން ނަމަވެސް ޔަޝްމީ ހޯދުމަށެވެ. ނިކް އާއި އޮތް ގުޅުން ކެނޑުނަސް ފަރުވާލެއް ނެތެވެ. ޔަޝްމީ އާއި ގާތްވެގެން އުޅުމުން ޝައްކުވެދާނެތީ އިމްރާން އަބަދުވެސް އުޅުނީ ޔަޝްމީއާއި ދުރުދުރުންނެވެ. ކްލާސް ނިމުމުން ބަލާދާ ހިތްވިޔަސް ފަހުން ފަހުން އައިސް ނުދަނީވެސް ގޯހެއް ހެދިދާނެތީއެވެ. ނަމަވެސް ދެނެއް ކެތެއް ނުވާނެއެވެ. ތެޔޮނާށި ކާޅުޖަހައި ގަންނަންދެން ބަލަން ހުރެވުނު މޮޔަ ހީވެއްޖެއެވެ. އިމްރާން އައިނު ނަގާ ބޮލަށް ޖަހަމުން މޭޒުކައިރިން ތެދުވިއެވެ.

ނިކް ގޮސް ކްލާހަށް ވަތްއިރު ޔަޝްމީ އިނެވެ. ނިކް ފެނުމާއި އެކު އޭނާ ކޮޅަށް ތެދުވިއެވެ. ނިކް ޔަޝްމީއަށް ފުރަގަސްދިނެވެ.

” އައި އެމް ސޮރީ ނިކް….” ޔަޝްމީ ކުޑައިރުކޮޅަކު މަޑުކޮއްލުމަށްފަހު ވާހަކަ ދެއްކިއެވެ. ނިކް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

” އަހަރެން ހިއެއް ނުކުރަން އެފަދަ ގޮތަކަށް ޚަބަރު ފެތުރިގެން ހިނގައިދާނެކަމަކަށް….” ޔަޝްމީ އަށް ރޮވުމުން ނިކް ބަލާލިއެވެ. އަދި ޔަޝްމީގެ އަތުގައި ހިފާ އޭނާ އާއި ދިމާއަށް ލުތްކެއް ޖެހިއެވެ.

” އެނގޭތަ އަހަރެންނަށް މީހުން މަލާމާތްކުރާނެވަރު.. ޝޯއަށް ލިބޭނެ ތަރުހީބު ކުޑަވާނެކަން..؟ ” ނިކްގެ ޖުމުލައިގައި އަސަރެއް އެކުލެވިގެން ވެއެވެ. ކަރުނައިގެ ކޯރެއް ދެމިގަތީ ޔަޝްމީގެ މޫނުމަތީގައެވެ.

” މިހާރު އެނގިއްޖެ އެހެން އަންހެން ކުދިންހެން ތިއީވެސް ” ބަޑި ” އެއްކަން… އެހެން ނޫންނަމަ އެންމެ ރެއަކުން އަހަރެންނާ އެހާ ގާތްވާކަށް ނުކެރުނީހެއްނު…” ނިކްގެ އެޖުމުލައިން އަނެއްކާވެސް ޔަޝްމީ ދެރަވިއެވެ. އޭނާ އިސްޖަހައިގެން ހުރެ ގިސްލަމުން ދިޔައެވެ.

” އަހަރެންދެކެ ހަޤީޤީ ލޯބިވަނީ ހަމައެކަނި ދީނާ.. އޭނަ މިޔަދު އެކަން މަށަށް ސާބިތު ކޮއްދީފި. އަހަރެން ބޭނުންވަނީ އަހަރެންދެކެ ހަޤީޤީ ލޯބިވާ މީހެއް.. އަހަރެންގެ ރީތި ކަމަށް، އަހަރެންގެ މުއްސަނދިކަމަށް އުޅޭ މީހުންނެއް ނޫން… ދީނާ އެއީ ކުރިއްސުރެންވެސް އަހަންނަށް އިންތިޒާރު ކުރަމުން އައި ކުއްޖާ.. އެއީ މިޔަދުންފެށިގެން އަހަރެންގެ ބައިވެރިޔާ… އަހަރެންވެސް ލޯބިވާނީ އަހަރެން ދެކެ ލޯބިވާ މީހެއް ދެކެ.. ތިގޮތަށް ހަށިގަނޑުން މީރުކަން ހޯދަން މަސައްކަތްކުރާ މީހުންދެކެއެއްނޫން،،،” ނިކް ބާރު ބާރަށް ޔަޝްމީގެ އަތުން ދޫކޮއްލަމުން ހިނގައިގަތެވެ.

ޔަޝްމީއަށް ޤަބޫލުކުރަން ދަތިވިއެވެ. ދީނާގެ އެ ވާހަކަ ތަކަކީ ޔަޝްމީގެ ކަންފަތަށް އަހަން ފަސޭހަވި ވާހަކަ ތަކެއް ނޫނެވެ. ދީނާ އެހެން އެ ހެދީ ކީއްވެހެއްޔެވެ؟ ކުރިއްސުރެން ނިކް ދެކެ ލޯބިވީ ޔަޝްމީއެވެ. ނިކްއަށް މަލާމާތްކޮށް ނިކް އެއީ ގޯސްމީހެކޭ ބުނެ ޔަޝްމީވެސް ނިކް އާއި ދުރުކުރަން މަސައްކަތްކުރީވެސް ދީނާއެވެ. އެކަމަކު މިޔަދު ދީނާ އެހެން ހެދުމުން ޔަޝްމީއަށް ވަރަށް އަސަރުކުރިއެވެ. އޭނާ ބޭނުންވީ ދީނާ ކައިރިން ދުރަށް ދާށެވެ. ނިކް އާއި ދީނާގެ ލޯބިގެ އާ ޙަޔާތުން ދުރަސް ދާށެވެ. އޭނާ ލޮލުން ކަރުނަ ފޮހެލުމަށްފަހު ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ވީރާނާ (10 ވަނަ ބައި)

Next

( ބިރުވެރި ލޯބީގެ ވާހަކަ މަރުހަބާ ( ފަހުބައި

Next
February 10, 2014

( ބިރުވެރި ލޯބީގެ ވާހަކަ މަރުހަބާ ( ފަހުބައި

Previews
February 9, 2014

ވީރާނާ (10 ވަނަ ބައި)

16 Comments!

  1. na says:
    February 9, 2014 at 4:01 pm

    alhe dhyna haadha goahey v foohivey…..nik ves haadha nuvisne ey dhw……v v salhi next part ah waitingsssssss

    1. Salaa says:
      February 10, 2014 at 5:45 pm

      thanks na… next part ves mihaa reethi vaane

  2. greeny says:
    February 9, 2014 at 4:20 pm

    aaekey aharen next partah inthixaru kurame mi hen bunumah aharen comment kollyme thankx…v nice vaaha

    1. Salaa says:
      February 10, 2014 at 5:46 pm

      thanx eve.. greenee mi vaahaka kiyaa hiy vaathy ekamaa ufaa kuraa vaahaka bunelan mi comment kolleemeve.. 🙂

  3. Anonymous says:
    February 9, 2014 at 5:33 pm

    waiting for the next part
    nice story salaa 🙂

    1. Salaa says:
      February 10, 2014 at 5:46 pm

      thankx Anon…. keep witing 🙂

  4. me says:
    February 9, 2014 at 7:10 pm

    dhen dheena gandu dheke rulhi aissi,,,, v salhi vaahaka,,, waiting 4 d next

    1. Salaa says:
      February 10, 2014 at 5:47 pm

      hi me.. dhen ehaa rulhi naadhey… hehehe thanxs me

  5. hhhhhhhhhhhhhhhhhhhhhhhhhhh says:
    February 9, 2014 at 7:15 pm

    jelous gril

    1. Salaa says:
      February 10, 2014 at 5:47 pm

      hi hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh J dheenaa dw

  6. Reem says:
    February 9, 2014 at 9:30 pm

    salaa mee hama e reem 🙂 Fahun comment kurun huttaaleee email jahan jeheytheeve. Araamagu ge admin kaireega buneba kurin in gothah change kohbalaashey. Mihaaru e site ah vannan varah foohivey inna gothun :/ Plx salaa buneba admin kaireega mivaahaka. Mihaaru vaahakathavves varah up nuvy eygen btw mivaahaka effaharu kiyaiafa anekkaa meegen ves mikiyanee hama ehaa reethiveema Thanx a lot salaa….. salaa vaahaka upkuraatheeve mihaaru foohivaakavves nujehey. Ehennonee foohivefa innan jehenee 🙂 Aharen nethive dhiyas thihayaathun vaahaka mi site ga up kuranfashaaba. Araamagu ga mvboli fontga hunnaathyve varah undhagoo kiyan.. byw for nw… type koh koh varubalivejje… 😛 May allah bless u every secnd of ur life <3 Gud night tgc, regards 😀

    1. Salaa says:
      February 10, 2014 at 5:50 pm

      ok bunaanan ingey..reem dear aharen nethivedhiyas ge baeh baithah me ah save kurevifa huree… ehenve e site in vahaka thah gellumaai eku evaahaka ves…:( dhen ekm admin v try eba kurey backup libeytho.. libunyma up kuranvee… ehentha? foohi filan yaa dhen thi vee.. hehehe thankx my dear reem.. <3

  7. Reem says:
    February 10, 2014 at 2:00 pm

    Salaa baleetha? rply evves nukurey 🙁 wat happen to u??????? Anebbai up kobba. Foohivanings miadhu salaa ge vaahaka eh up nuvaathy :'(

    1. Salaa says:
      February 10, 2014 at 6:27 pm

      HMM REEM… miadhu kudakoh balive… tmrw dho dhen … foohivany tha? hehe

  8. na says:
    February 10, 2014 at 6:29 pm

    salaa koba story….v kiya hithun mi hunnane.plxxxxxx avas kh dheeba…

  9. na says:
    February 10, 2014 at 6:30 pm

    ohhhhhh Get well soooooooon salaa…….

Comments are closed.

Next Episodeހިތް މި އެދޭ ސޫރައޭތީ މަގޭ 05←


All Right Reserved!