Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީމަޖާލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ފުރަތަމަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
October 17, 2017 6 Mins Read
62 Comments

ޔާނާ ފާހަނައިން ނިކުމެ ބޮލުގަ އަޅާފަ އޮތް ތުވާލި އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރައަށް ބަލާލިއެވެ.

ފަޔަށް ބާރު ނޫކުލައިގެ ޖިންސަކާއި ރަތާއި ކަޅު ހުންނަ ފޫކޮޅު ކިރިޔާ ނިވާވާވަރުގެ ޓޮޕް ކޮޅެއް ލާފައި ހުންނައިރު ފެޝަނަށް ލޯބިކުރާ ކަން ދޭހަވެއެވެ..

ފޮނި ގޮތަކަށް ތުން އޫކޮށްލާފައި ޔާނާ އޭނާގެ ފަން އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ.

“ދޮންތާ. ޑޭޑް ބުނީ ސައިނުބޮއި ގޮސްގެން ނުވާނޯ. އެންޑް ހީ އިޒް ވެއިޓިންގް ސައިބޯން ވެގެން.” އެ ކޮޓަރިއަށް ވަދެގެން އައި ލާރާ ބުނެލިއެވެ.

“ޔާ ޔާ.. އައި ނޯ. ހިނގާ.. ބައިދަވޭ ހައު އައިމް ލުކިންގް؟” ވަރަށް ފޮނި ގޮތެއް މޫނަށް ހަދާލަމުން ޔާނާ ބުނެލިއެވެ. “ސެކްސީ” ލާރާ ވައި އަޑުން ނަަމަވެސް ބާރަށް ބުނެލީ ހިނިތުންވެ ހުރެއެވެ.

ލާރާ އަކީވެސް އޭނަގެ ދޮންތަ ފަދައިން ފެޝަނަށް ލޯބި ކުރާ މީހެއް ނަމަވެސް ޔާނާ އަށް ވުރެ ލާރާ އަނގަ ގަދައެވެ.

ސައިބޯ މޭޒުމަތީ ޒިޔާދު އިނީ އޭނާގެ ދެކުދިންގެ އިންތިޒާރުގައެވެ. ޒިޔާދުގެ އިންތިޒާރު އެހާދިގެއްނުވިއެވެ. ލާރާ އާއި ޔާނާ ސިޑިން ހިނގާލާފައި އައީ ދުވަސް ގަނޑަކަށް ފަހު ދެއެކުވެރިން ފެނުމުން ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކަމުންނެވެ.

ޒިޔާދުގެ މޫނުމަތީ ދުވެލީ ބަޔާންކުރަންދަތި ހިނިތުންވުމެވެ. އެދެކުދިން އެކީގައި އަބަދުވެސް އުޅޭތީ ޒިޔާދު އުފާވެއެވެ. އެކުދިންގެ މަންމަ ނާހީ ވަނީ ލާރާ އޯ ލެވެލް އަހަރުގަ ކެންސަރުގެ ޝިކާރައަކަށްވެ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އެއަށްފަހު ޒިޔާދު އެއްވެސް އެއްޗެއް އެކުދިންނަށް މަދުވިޔަ ނުދީ ބުނިހާ އެއްޗެއް ހޯދަދެނީ އެކުދިންގެ މަންމަ ގެ ފަޅުކަން އިހުސާސްވެ ނުދިނުމަށްޓަކައެވެ.

ޔާނާ އަށްވުރެ ލާރާ ކުޑަވާނީ އެއްމެ 3 އަހަރެވެ. އުމުރުން 23 އަހަރު ވެފަ ހުރި ޔާނާ މެލޭޝިއާގައި ޑޮކްޓަރީ ކަން ކިޔަވައިގެން މާލެ އައި ފަހުން އަދި މިވީ އެއްމެ މަހެކެވެ. މިހާރު އެއަކީ އޭޑީކޭގައި މީހުންގެ ގަދަރު ލިބިފައިވާ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. މިކަމާ އެއްމެ އުފާވަނީ ޒިޔާދު އެވެ.

“ދަރިފުޅު ކޮން ވިސްނުމެއްގަ؟” ޒިޔާދުގެ މަންމަ އާޝިއާ ޒިޔާދުގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. އޭރު ޔާނާމެން ދެމީހުންވެސް ގޮނޑިގައި އިށީންނަނީއެވެ. ޒިޔާދު ދެކޮޅަށް ބޯހޫރުވާލީ ހިނިތުންވެލައިގެންނެވެ. އާޝިއާ އަކީ އުމުރުން 50 ގެ އަހަރު ގުނަމުންދާ ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގަ ހުރި މީހެކެވެ.

“ތި ކުދިން ފަތިސް ނަމާދުކުރިން؟” އާޝިއާ ޔާނާ އަށާއި ލާރާ އަށް ބަލާލަމުން ކޮންމެ ދުވަހުގަވެސް އެއްމެ ފުރަތަމަ ކުރާ ސުވާލު މިއަދުވެސް ކޮށްލިއެވެ. “ޔެސް މާމާ” ދެމީހުން އެއްފަހަރާ އަތްމައްޗަށް ނަގާލާފައި ބުނެލިއެވެ.

“އެކަމް މާމާ ނަމާދު ކުރަން ހުއްޓަ ހަނދާންވަނީ ކޮލެޖްގަ މިއަދު ކުރާނެ ކަންތައް. އެކީއްވެ؟ ވަރަށް ސަމާލުވެގެން ކުރިޔަސް ވަކި ހިސާބަކުން ކޮންސެންޓްރޭޓް ކަން ގެއްލޭ” ލާރާ މާޔޫސް ކަންމަތީ ބުނެލިއެވެ. ޔާނާ އެއްޗެއް ނުބުނި ކަމުގައި ވިޔަސް އޭނަވެސް އިސްދަށަށް ޖަހާލީ އޭނަ އަށް ވެސް އެހެން ވާތީއެވެ.

އާޝިއާ އެކަމާ އެއްޗެއް ބުނަން އުޅެނިކޮށް އެކަމާ ހުރަސް އެޅުނީ ޒިޔާދުގެ ފޯން ރިންގްވާން ފެށުމުންނެވެ. ޒިޔާދު ވަގުތުން ފޯން ސައިލެންޓަށް ލިއެވެ. “ބައްޕަ ދަނިއްޔޭ. ރަނގަޅަށް ސައިބޮއިގެން ދެކުދިންވެސް ދާތި.” ޒިޔާދު މިހެން ބުނެ އަތް ދޮވެލައިގެން ގޭން ނިކުމެގެން ދިޔައީއެވެ.

“ދެކުދިން މިރޭ އިޝާ ނަމާދުކޮށްގެން މާމަގެ ކޮޓަރިއަށް އަންނާތި” އާޝިއާ ވެސް މިހެން ބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ހޭއި ކޮއްކޯ. ކޮންކަމެއް މިއަދު ކޮލެޖްގަ ކުރަނީ؟ ނަމާދުގައި ހުއްޓާވެސް އެހެން ހިތަށް އެރީތީ. ހެހެ.” ޔާނާ ސައިފޮދެއް ބޯލަމުން ބުނެލިއެވެ. “މިއުޅެނީ ހޮސްޕިޓަލް އަށް ގޮސް ފުރަތަމަ ފަހަރަށް މީހުންގެ ގަޔަށް އިންޖެކްޝަން ޖަހަން” ލާރާ ފޮނިވެލާފަ ބުނެލިއެވެ. ލާރާ އަކީ ނާރސިންގް ކިޔަވަމުންދާ ކުއްޖެކެވެ. އޭނަގެ ކުޑައިރުންސުރެ ދެކެމުންއައި ހުވަފެނަކީ ވެސް އެއެވެ. ލާރާ އެއްމެ އުފާވަނީ އޭނަގެ ހުވަފެން ހަގީގަތަށް ވުމަށް މާ ގިނަ ދުވަހެއް ދެން ނެތީމައެވެ.

“ހޮސްޕިޓަލް؟” ޔާނާ ބުމަ އަރުވާލިއެވެ. “ޔާ. ކޮލެޖް ކުދިން ދަނީ. ބަޓް ބޭޑް ލަކް. އައިޖީއެމްއެޗް އަށް ދަނީ.” ލާރާ ތުންކޮޅު އޫކޮށްލާފައި ބުނެލިއެވެ. “ތި ކަޑަވީނު. ހެހެ.. ދޮންތަ އަށް ލަސް ވަނީ. ދަނީ. ބާއި. ގަޑި ނުޖެހި ކޮލެގް އަށް ދާތި އެޓްލީސްޓް މިއަދު. ހެހެ.” ޔާނާ މިހެން ބުނެ ދާން ހިނގައިގަތެވެ.

“ތިހެން ނުދެވޭނެ. އަހަރެން ކީކޭ ހީވަނީ؟” ލާރާ ކޮޅަށް ތެދުވެ އެނބުރިލަމުން ބުނެލިއެވެ. ކަޅާހުދުގެ ޓޮޕް ކޮޅަކާ ބާރު ސްކިނީ އެއްލާފައި އޮތް އިރު އެ އެހާ ބުޅި ނޫން އިސްތަށިގަނޑު އޮތީ ފަހަތުން އައްސާލާފައެވެ. “ސެކްސީ” ޔާނާވެސް ކުރިން ލާރާ ބުނިގޮތަށް ވައި އަޑުން ބުނެލިއެވެ. ލާރާ ހީލާފައި ޔާނާގައިގައި ބައްދާލީ ލަވް ޔޫ އޭ ބުނެލަމުންނެވެ.

އެދެކުދިންނަކީ ދޮން މޫނު ކޮޅަކާއި ލޫޅާފަތި ހަށިގަނޑެއް ލިބިފަ ހުންނަ ދެކުދިންނެވެ. ގިނަ މީހުން އެކުދިންގެ ލޯތްބަށް ދީވާނާ ވެފައި ވާއިރުވެސް ޔާނާ އަދި ލާރާ ވެސް އެކަމާ އަޅާނުލަނީ އެކަހަލަ ކަމަކަށް “އިންޓެރެސްޓް” ނުހުންނާތީއެވެ.

*************

“ޔާނާ ހީ އިޒް ހޮޓް” ކެބިންނަށް ވަންނަން ހަދާލީ ޔާނާ ސިއްސައިގެން ދިޔައީ ތެޅެމުން ފޮޅެމުން އައި ލީޒާ މިހެންކިޔާ އޭނާގެ އަތުގަ ހިފެހެއްޓުމުންނެވެ. “ވަޓް. ކާކުތަ؟ ހެހެ. ލީޒް އަށް ހޮޓް ވާނެ އިންޑިއާގެ ކަޅު ކަޅު މީހެއް އަޔަސް” ޔާނާ މަޖާވެލާފަ ބުނެލިއެވެ. “ނޫނޭ ދެން އަސްލުވެސް ހޮޓް. ބުނީމޭނު ނިއު ލެބޯޓަރިއަން އެއް އަންނަވާހަކަ. އޭނަ. އެކަމް އަހަންނަށް ވުރެ ބޮޑަށް އޭނަ ގުޅެނީ ޔާނާ އަށް” ލީޒާވެސް ބުނެލިއެވެ.

“އޯ ޝަޓްއަޕް. ޔޫ ނޯ ދޯ ތިކަހަލަ ކަންކަމާ އިންޓްރެސްޓް ނެތް ކަން” ޔާނާ މިހެން ބުނެ ފޮނިވެލާފަ ބާއި އޭ ކިޔާ ކެބިންއަށް ވަނެވެ.

ޒިޔާދު އިނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ނާސިހް އާއި އެކީ ކޮފީއެއްގައެވެ. “ހާދަ ދުވަސް ފަހުންނޭ. ކިހިނެއް ގޭ މީހުން. ދަރިން؟” ޒިޔާދު ނާސިހް ކުރެން އަހާލިއެވެ. “ހަމަ ރަގަޅޭ. އިއްޔެ މާލެ މި ބަދަލު ވީ. ލަންކާ ފޫހި ވީމަ. ހެހެ.. ޒިޔާދުގެ ފެމް؟” ނާސިހް މިހެން އެހުމުން ޒިޔާދުވެސް ރަގަޅޭ ބުނެލިއެވެ. އެގޮތަށް އެކި ވާހަކައިގައި ހުރެފަ ނާސިހް ދާން ހިނގައިގަތީ އަދި ދިމާވާނަންކަމަށް ބުނަމުންނެވެ. ނަމަވެސް ވަކި ހިސާބުން ހުއްޓުނީ އެއްޗެއް ހަނދާންވުމުންނެވެ. ނާސިހް އަނެއްކަ ގޮސް ޒިޔާދުގެ ގާތުގައި އިށީއިނެވެ..

“ޒިޔާދު. އަހަރެން ދުވަހަކުވެސް ޒިޔާދު ކޮށްދިން ކަންތައް މަތިން ހަނދާން ނައްޓައެއްނުލާނަން. އަހަރެން ކައިރި ކަމަކު ބޭނުންވިއްޔާ ބުނައްޗޭ. ހެޔޮ ހިތުން ކޮށްދޭނަން” ޒިޔާދު ވަގުތުން ބޯހޫރުވާލިއެވެ. “އެއަކީ އެއްވެސް ކަމެއް ނޫނޭ ކިތެއްފަހަރު ބުނާނީ. ހޫމް ދެން އަހަރެން ކަމަކު ބޭނުން ވިއްޔަ ނުބުނެ ހުންނާނެތަ. ހެހެ” ޒިޔާދު ހެވިލާފަ ބުނެލިއެވެ. “އެކަމްވެސް އަސްލުވެސް އިނގޭ” ނާސިހް ބުނެލިއެވެ. ޒިޔާދު ހިނިތުންވެލާފައި ބޯ ޖަހާލިއެވެ.

“ބާއި” ޔާނާ މިހެން ކިޔާ ގެއަށް ދާން އެނބުރުނު ތަނާ ލައިގަތީ މީހެއްގެ ގައިގައެވެ. “ސޮރީ” ދެމީހުން އެއްފަހަރާ އެހެން ބުނެ ހަތަރު ކަޅި ހަމަކޮށްލިއެވެ. ޔާނާގެ ދުލުން ވާއު އޭ ބުނެލެވުނީ ބޭއިހްތިޔާރުގައެވެ. ހާދަހާ ރީއްޗެވެ. އެ ޒުވާނާ ޔާނާ ބަލަން ހުރުމުން އުނދަގޫ ވެގެން އެތަނުން ދިޔައީއެވެ. ޔާނާ އަށް ހަމަ ބިމަށް އާދެވުނީ އެ ޒުވާނާ އެތަނުން ދިޔައީމައެވެ. “މިކްޔަން” ޔާނާ ފާޑަކަށް މޫނަށް ގޮތެއް ހަދާލީ ލީޒާ އައިސް އެހެން ބުނުމުންނެވެ. “މިކްޔަން އޯލަ؟ މަ މީ ފިރިހެނެއްތަ މިކްޔަން އޭ ތި ކިޔަނީ؟ އެހެންވިއްޔާ ތީ ބަކުރު” ޔާނާ މިހެން ބުނެ ބާރަކަށް ހިނގާލާފައި ހޮސްޕިޓަލުން ނިކުތެވެ.

“ބަކުރޯ. އަހަރެން އަދި އެ ޒުވާނާގެ ނަން ބުނީމަ ވެސް އެދިޔައީ މަށަށް ބަކުރޭ ކިޔާފަ. ދޮން ބަބުރު” ލީޒާ މިހެން ބުނެ ޔާނާ ދިޔަ ދިމާލަށް ބަލާލާފައި ފާޑުފާޑަށް ދޫ ނެރެން ފެށިއެވެ. “ސުބުހާނަ ﷲ. އޯކޭތަ؟” ލީޒާ ކައިރިން ލާފަ ދިޔަ ހަސަން އަށް ލީޒާ ފާޑަކަށް ދޫ ނެރޭތީ ބުނެލެވުނެވެ. ހަސަން ދެކެ ކިތައްމެ ފޫހިވިޔަސް އެހެން ބުނީމަ ލީޒާ ލަދުގަތީ ވަކި ވަރެއް ބަލާފަ އެއް ނޫނެވެ. އެތާ އެއްމެ މިނެޓެއްވެސް މަޑުނުކޮށް އޭނަ ދިޔައީ ވެސް އެހެން ވެގެންނެވެ.

*******

ގެއަށް ވަދެގެން އައި ޔާނާ އަށް ކުއްލިއަކަށް ސިޓިންގްރޫމް ސޯފާ ކައިރިއަށް ދުއްވާގަނެވުނީ އޭނާގެ ލޯބިވާ ކޮއްކޮ ރޯތަން ފެނިފައެވެ.

“ހޭއި ކޮއްކޯ. ކިހިނެއްވީ؟ ނުރޮއިބަލަ” ޔާނާ ހާސްވެހުރެ މިހެން ބުނުމުން ލާރާއަށް ކަރުނާގެ ތެރެއިން ވެސް ހިނިތުންވެވުނެވެ. ޔާނާއަށް އަމިއްލަ މޫނުމަތީ އަތް އަޅާ ލެވުނީ ލާރާ ޓީވީ އާ ދިމާލަށް އިޝާރަތް ކުރުމުންނެވެ. ޓީވީއިން މާ އިމޯޝަނަލް ސީން އެއް ދައްކަނީއޯލައެވެ. ޔާނާ ކައިރީގައި އޮތް ކުޝަން އެއް ލާރާއާ ދިމާލަށް އެއްލާލުމަށްފަހު ބިރުންހަލާކުވެއްޖޭ ކިޔާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ލާރާ އަށް ހިނިތުންވެވުނީ އޭނާގެ ދޮންތަ އޭނާދެކެ ލޯބިވާވަރު ފެނިފައެވެ.

ޔާނާ ކޮޓަރިއަށް ވަދެ ނަމާދު ކުރަންހުއްޓާ ހަނދާންވީ އޭނާގެ މާމަ ކައިރިއަށް ދާންޖެހޭ ކަމެވެ. ނަމާދުކޮށް ނިންމައިގެން ލާރާ ގޮވައިގެން ޔާނާ ހިނގައިގަތީ އާޝިއާގެ ކޮޓަރިއަށް ދިޔުމަށެވެ.

*****

ރަސްފަންނުގައި މިކްޔަން އޭނަގެ ލޯބިވެެރިޔާ ނަޝްވާ ކައިރި އިނެވެ. “ކޮންއިރަކުން މެރީ ކުރަން ނަޝް ބޭނުން ވަނީ؟ އަހަރެން ބޭނުމީ ވީހާވެސް އަވަހަށް ކުރަން” މިކްޔަން ނަޝްވާ ކުރެން އަހާލިއެވެ. “އަދި މާ އަވަހޭ. އަދި މެރީވެސް ކުރެވޭނޭ. ހަމަޖެހިބަލަ.” ނަޝްވާގެ ޖަވާބުއިވިފަ މިކްޔަން ހައިރާނެއް ނުވިއެވެ. އެއީ އަބަދުވެސް ދައްކާ ބަހަނާއަކަށް ވާތީއެވެ.

ނަޝްވާ އަކީވެސް ބަލާލަން ހުތުރު މީހެއް ނޫނެވެ. ދޮން މޫނެކެވެ. ބުޅި ބުޅި ކޮނޑު ކިރިޔާ ނިވާވާވަރުގެ އިސްތަށި ގަނޑެކެވެ. އޭނާއަކީ ވެސް ޒަމާނަށް ލޯބިކުރާ ކުއްޖެއް ނަމަވެސް އޭނާ މުޅިންވެސް ލަނީ ދިގުހެދުމެވެ. މިކްޔަން އަށް ކުރު ހެދުން ކަމުނުދާތީއެވެ. މިކްޔަން އޭނާގެ މަޅީގައި ޖައްސައިގެން އަދި ދުވަސް ކޮޅަކަށް ބަހައްޓަން އެބަ ޖެހެއެވެ. އެހެންނޫނީ އޭނާ ބޭނުންވާނެ ކަންތައް ހާސިލްވާނީ ކިހިނެއްހެއްޔެވެ.

“އެކަމް ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރަކާ ގާތް ވަނީ. އަހަންނަށް 25 އަހަރު ވެއްޖެ. ނަޝްއަށް 23. ދެން ކީއްވެ؟ މިހެން ގިނަދުވަހު އުޅޭކަށް ނުވާނެ” މިކްޔަން ހިތްހަމަނުޖެހުނެވެ. ” މިހެން ތިބުނީ ކިހިނެއް؟ މިއޮއްހުރިހާ ދުވަހު އެންމެ ކުޑަމިނުން ކިސް އެއްވެސް ކޮށްނުލާ” ނަޝްވާ އެއްމެފަހު ޖުމްލަ ބުނެލީ މިކްޔަންގެ ތުންފަތާ އޭނާގެ ތުންފަތް ކައިރިކޮށްލާފައެވެ. މިކްޔަން ދުރުވެލާފަ މުޅިތަނަށް ނަޒަރު ހިންގާލީ މީހަކު ބަލަން ހުރިތޯއެވެ. “އެހެންވެ އޭ ނަޝް ކައިރި މިކިޔަނީ ކައިވެނި ކުރަން އުޅޭށޭ.” މިކްޔަން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަރެމެން ގޯސް ކަމެއް ނުކުރަމޭނު. އަދި ކައިވެނިވެސް ކުރެވޭނެ އޭ ޔަން ގަނޑާ” ނަޝްވާ މިހެން ބުނެ މިކްޔަން ކޮނޑުގައި ބޯއަޅާލިއެވެ. މިކްޔަން ހިނިތުންވެލިއެވެ. “އަހަރެން ވަރަށް އުފާވޭ ނަޝް އަހަންނަށް ޔަން ކިޔާތީ. އެހެން މީހެއް ނުކިޔާނެ އެހެނެއް” “ޔަން” މިކްޔަން މިހެން ބުނުމުން ނަޝްވާ ތުއިވެލާފަ ބުނެލިއެވެ. މިކްޔަން ހިނިތުންވެލާފައި ނަޝްވާ އެ މެޔާލާބޮނޑިކޮށްލިއެވެ.

*****

“މިއޮތީ” އާޝިއާ ކޮންމެ ކުއްޖަކަށް ކުޑަ ފޮތެއް ދިއްކޮށްލިއެވެ. ޔާނާ އަދި ލާރާ ވެސް އެއަށްބަލާލީ ސުވާލުގެ ނަޒަރުކުންނެވެ. “މިއަކީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ. ވެދާނެ ތިކުދިން ނަމާދުގައި ކިޔަނީ ކޯއްޗެއްކަން ނޭގޭތީ ނަމާދުގައި އެހެން ކަންކަމަށް ވިސްނެނީ ކަމަށް. ތި ކިޔާލީމަ ރަނގަޅު ވެދާނެ. ދެން އެންމެ ރަގަޅު ދިޔަޔަސް” އާޝިއާ އެދެކުދިން ގައިގަ ބައްދާލަމުން އެއްމެ ފަހު ޖުމްލަ ބުނެލިއެވެ. ޔާނާ އަދި ލާރާ އަކީ އާޝިއާގެ ފުރާނައެވެ. ދުވަހަކުވެސް މިދެކުދިންނަށް ދެރަގޮތެއްވާކަން އޭނާ ނޭދެއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޒިޔާދު ހުރީ ހިނިތުންވެލައިގެންނެވެ. އާޝިއާ ނެތްނަމަ އޭނާގެ ދަރިން ހެޔޮ މަގަކަށް އޭނާއަށް ނުގެނެވޭނެ ކަން ޒިޔާދު ގަބޫލުކުރެއެވެ. ހުރިހާ ޝުކުރެއް އޭނާގެ ލޯބިވާ މަންމައަށެވެ.

*****

ހަވީރުގެ ވަގުތެވެ. ޔާނާ ތައްޔާރުވަމުން ދިޔައީ ޔާނާ ކިޔާވަރުން އައިސްކްރީމް ބޯން ދާށެވެ. “ދެން ދޮންތަ ގަނޑު ވަރަށް ލަސް” ޔާނާގެ ކޮޓަރިއަށް ވަދެގެން އައި ލާރާ ޝަކުވާ ކޮށްލިއެވެ. މިއަދު ލާރާ ފެންނަލެއް ވަރަށް ފުރިހަމަ އެވެ. ކަޅުކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމެއް ލާފައި ހުރިއިރު ހެދުމުގެ ދެކޮޅުން ކަކުލުން ފެށިގެން އުނަގަނޑާ ހަމައަށް ފަޅާލެވިފައި ވެއެވެ. ލާފައިހުރި ބާރު ސްކިނީގެ ސަބަބުން އެ ފައިގެ ހިކިކަން އިނގިގެންދެއެވެ. އެ ދިގު އިސްތަށިގަނޑު މިނިވަން ކަންމަތީ ދޫކޮށްލާފައިވާއިރު ކޮށްފައިވާ ގަދަ މޭކަޕްގެ ސަބަބުން އެ ދޮން މޫނު އިތުރަށް ދޮންކުރުވާފައި ވެއެވެ.

ދެން ޔާނާއެވެ. ޔާނާވެސް ހުރީ ހަމަ އެހެންނެވެ. ހެދުން ވެސް އެއްވައްތަރެވެ. ނަމަވެސް ހެދުމުގެ ކުލަ ހުރީ ހުދުކުލައިންނެވެ. އުނަގަނޑާ ހިސާބަށް އަންނަ ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވާއިރު މީހުން ފިދާ ވާނެކަން ޔަގީނެވެ.

ޔާނާގެ އަޅި ކަންގަދަ ލޮލުގެ ބޭރު ކަޅުކުލައިން ފަވާލުމަށް ފަހު އެކި ކޮޅަށް އެނބުރި އަމިއްލަ ސޫރައަށް ބަލާލީ ފޮނިވެފަ ހުރެއެވެ. “ވާއު ދޮނޭ. ތި އަޅި ކުލަ ލޯ ވަރަށް ސަޅި ކޮން އެބަ އިނގޭ” ލާރާ އަށް ނުހުރެވިގެން ބުނެލިއެވެ.

“ހެހެ. ކޮއްކޮގެ އަޅި ކުލައިގެ ދެލޯ ވެސް. ވަރަށް ސަޅި. އިނގޭ ދޯ. މަމް ވެސް ހުންނާނީ އަޅި ކުލަ” ޔާނާ އިސްދަށަށް ޖަހާލީ މަންމަ މަތިން ހަނދާންވުމުންނެވެ. “ދޮންތާ ލެޓްސް ގޯ.” ލާރާ ވާހަކަ އޮޅުވާލާފައި ޔާނާ ގޮވައިގެން ނިކުތެވެ.

“ކޮންތާކަށް ދަރިފުޅު މެން؟” ޒިޔާދު އަހާލިއެވެ. “މި އައިސްކްރީމް ބޯލަން” ޔާނާ ބުނެލިއެވެ. ޒިޔާދު ހިނިތުންވެލާފައި ލަސްނުވެ ގެއަށް އަންނަން ބުނެ އެކުދިން ފޮނުވާލިއެވެ.

ދެ މީހުން ދިޔައީ ރަސްފަންނު އަށެވެ. “ހާދަ މީހުން ގިނައޭ. ދޮންތަ މަޑުކުރޭ. އަހަރެން އަންނާނަން އައިސްކްރީމް ގަނެގެން.” ލާރާ ދެ އުކުޅުގައި އަތްވިއްދާލައިގެން ހުރެ މިހެން ބުނެލިއެވެ. ޔާނާ އެއްބަސްވުމުން ލާރާ އަވަހަށް ހިނގައިގަތީ އައިސްކްރީމް ބޯހިތުން ނުހުރެވޭތީއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ތި ލޯތްބަށްޓަކައި (27)

Next

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (2)

Next
October 17, 2017

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (2)

Previews
October 16, 2017

ތި ލޯތްބަށްޓަކައި (27)

62 Comments!

  1. Ram says:
    October 17, 2017 at 12:14 pm

    Hey guyxx.. here is the first part of the storyy.. adhi first bai v ma intro ge bai e annany.. hope you guys will like it.. loves ? plx comment below your views ???

  2. Shal says:
    October 17, 2017 at 12:16 pm

    Mi ah dhenn vaahaka ey kiyaane tha?

    1. Ram says:
      October 17, 2017 at 12:43 pm

      Thankyou for commenting dear.. dhen inna part in ragalhu vaane kamah balamaa..

  3. ??? says:
    October 17, 2017 at 12:20 pm

    Yey ram ge vaahaka eh kiyaalan libuniii hykurann vvv rythi vane kamah mivaahaka vess????????

    1. Ram says:
      October 18, 2017 at 10:02 am

      Thankyou so much.. in sha allah reethi vaane. ?❤❤

  4. eyna says:
    October 17, 2017 at 12:30 pm

    nice ingey
    v habeys
    ekamu not nice

    1. Ram says:
      October 17, 2017 at 12:44 pm

      Thankyou comment kohlyma.. next part reethi vaane kamah balamaa.. ?

  5. Kitty ❤️ says:
    October 17, 2017 at 12:37 pm

    Mi vess vaahaka.. vaahaka akee kobaikan dhas kohfa thing buneba Shall ?
    Vaahaka varah reethi. Nxt part dhigu kohlahche ? waiting ❤️

    1. Ram says:
      October 17, 2017 at 12:46 pm

      Yeah dhigukohlaanan.. thankyou ?

    2. yula says:
      October 17, 2017 at 12:58 pm

      Ya..right.. shall u need to do it first
      Okay

    3. Ram says:
      October 17, 2017 at 2:19 pm

      Yeah thankyou kitty.. ?

    4. Shal says:
      October 17, 2017 at 2:33 pm

      I know wat a story is…n i already read a lot of stories from this site…varah reethi vaahaka thah vx kiyunn…mi vaahaka ehaa reethi koh bayaan kohdheefakaa neii…i mean ibaaraaii kurunn…yola ey nuliyaane mihaaraku…aee kuryga dhivehinn liye ulhunu gotheh ..ehennve bunelee..hp that u ll improve it..gud luk

    5. Ram says:
      October 17, 2017 at 2:49 pm

      Thankyou.. aslu mistake thah faahaga kohly ma i can improve.. thankyou so much ?

  6. blush says:
    October 17, 2017 at 12:40 pm

    Good Luck!! 🙂 starting was nice and hope you will improve day by day 🙂

    1. Ram says:
      October 17, 2017 at 12:47 pm

      Thankyou… in sha allah.. ?

  7. yula says:
    October 17, 2017 at 12:59 pm

    Story …vrh vrh vrh reethi

    1. Ram says:
      October 17, 2017 at 1:59 pm

      Thankyou yula?

  8. Suhaa says:
    October 17, 2017 at 1:12 pm

    Adhi kudakoh odd ekam rangalhu kurevidhaane ibaaraiyy sifa kurun salhi vyma hama normal,vaane …anehkkaa myga ulhey dhekudhin ekaku dhekebaa loabi vaany ??

    1. Ram says:
      October 17, 2017 at 2:00 pm

      Hehe.. trailer kiyaalahchey dear ??

  9. annoying reader says:
    October 17, 2017 at 1:14 pm

    reethi vaane hen heevey waiting for the next part

    1. Ram says:
      October 17, 2017 at 2:01 pm

      Thankyou ?

  10. Desert Rose. ? says:
    October 17, 2017 at 1:14 pm

    Varah teethi feshun. Ma Sha Allah..
    Ekamu hithah araa 23 aharu ga specialised anhenunge doctor akah vevidhaane baaey. MBBS ves 23 aharuga nimmaaleveynee hama A’level nimaafayaa ehkoh medicine hadhan feshijeyyaa..

    1. Glitzy ?? says:
      October 17, 2017 at 1:45 pm

      Adhi maama yah 50 aharu?

    2. Ram says:
      October 17, 2017 at 2:02 pm

      Nuveveyne dho? I don’t know.. liyely hama.. sorry for that dear..yeah maama ah 50..

  11. Adam says:
    October 17, 2017 at 1:25 pm

    Wow ram up vee ey dhw adhi nuves kiyan kiyaafa adhi comment kohlaanan

    1. Ram says:
      October 17, 2017 at 2:03 pm

      Hehe thankx adamm.. ?

  12. Adha? says:
    October 17, 2017 at 1:32 pm

    Hey ram.. varah salhi mi part?.. kn dhuvass thakehga up vany?.. nd can u tell me meaning of “oala”.. ebass inyma neyngun e buni ehcheh..
    Waitingss ❤❤❤❤

    1. Ram says:
      October 17, 2017 at 2:18 pm

      Dhedhuhun ehdhuhu.. next part on Thursday.. thankyou dear.. ?

    2. Ram says:
      October 18, 2017 at 10:05 am

      Neyge.. oala ge maana eh bunedheykah dear.. ram mn kiyaa ehcheh veema liyevuny.. sorry.. hehehe

  13. click a shot ? says:
    October 17, 2017 at 2:27 pm

    varah reethi mi part ves..?trailer kiyaalaafa ves mi vaahakaige furihama kan egigendhiya..but there’s a mistake..laara jahanvy thanakah yaana jehifa ini..when next part.. waitting ?

    1. Ram says:
      October 18, 2017 at 10:06 am

      Awww.. hehe.. sorry.. click thee ram ge varah favourite reader ekey.. hehe.. thankyou.. ??❤

    2. Ram says:
      October 18, 2017 at 10:13 am

      Thursday ga ?

  14. Aisha says:
    October 17, 2017 at 2:43 pm

    Varah reethi.. ❤ waitting ?

    1. Ram says:
      October 17, 2017 at 2:50 pm

      Thankyou aish ?❤

  15. reader says:
    October 17, 2017 at 2:49 pm

    Miaky eh nuliyaane Mi’ee liyaany

    1. Ram says:
      October 17, 2017 at 2:52 pm

      Okay dhn faharakun ragalhu kohlaanan.. thankyou ?

  16. Sum_az says:
    October 17, 2017 at 5:03 pm

    Rythi stry eh hen heevy….waiting 4 de next prt

    1. Ram says:
      October 17, 2017 at 5:10 pm

      Thankyou sum ?

  17. Xxxx says:
    October 17, 2017 at 5:08 pm

    Nice begining…??good that namaadhuga kiyaa ehcheheege maana aa ekahala beynun theri kanthakah ali alhuvaafa hureema…when next part

    1. Ram says:
      October 17, 2017 at 5:12 pm

      Thankyou dear.. aslu intro ge part eh v ma hithah ery ekahala msg eh himanaalaany eyy.. but xx ah ekani faahaga v.. v happy vejje.. thankyou dear ??❤

  18. khajja says:
    October 17, 2017 at 5:39 pm

    Masha allah stry v v awsome whn nxt prt avahah up kolladhybala ???❤❤?????????????

    1. Ram says:
      October 17, 2017 at 5:51 pm

      Thankx khajjaa.. next part on thursday.. ??❤❤

  19. Luya says:
    October 17, 2017 at 6:43 pm

    Thanks varah bodah name change kohlyma love…???

    1. Ram says:
      October 17, 2017 at 11:24 pm

      Thankyou luya.. ??❤❤

  20. Natha says:
    October 17, 2017 at 7:46 pm

    V reethi story

    1. Ram says:
      October 17, 2017 at 11:25 pm

      Thankyou ?

  21. Unknown says:
    October 17, 2017 at 8:43 pm

    Good start

    1. Ram says:
      October 17, 2017 at 11:25 pm

      Thankyou ?

  22. Mayameen says:
    October 17, 2017 at 10:45 pm

    Feshun reehchey nun…. 4 5 mistakevs vs fenunu…. Mistakey indedaane… ekm mihaa kurukoh genesdeyiru 4 5 mistake vyma ei gina… goase koh bas beynun kurevifa hunnany… Kujja jahanvi 2 tanah ebaan meehaavs jahaafa… dn baaru skinee eh laafa oyy ireynun huri iru…. dn falhukan ihusaas ve nudinumahtaka eh nun… falhukan ihusaa viya nudinumahtaka….. catagery ga in hagee gee kamah vs bunefa… ekamaku story feshigen airu ehvs vkah sinkundi gaboolu kuraa kahala bastakey nun asfa huryki…. anyways take it easy…. n kyp it up….

    1. Ram says:
      October 17, 2017 at 11:29 pm

      Hageegee tha iny dear? Omg.. mi true ehcheh noon igeyy.. olhigen kamah vaany.. thankyou so much mistakes thah faahaga kohlyma.. but kujja eyy thibuni thankolhuga hama hyvany myha hn beynun kuran jeheyny.. cox dhey are not kids right? Anyway, thankyou ?❤

  23. Haw Shia shaba shiar says:
    October 17, 2017 at 10:59 pm

    Mashaa Allah feshun v reethi, kuriyah huri part thahves reethi vaane kamah uhmeedhu kuran, keep it up dear

    1. Ram says:
      October 18, 2017 at 10:08 am

      Thankyou so much dear ??❤

  24. Jin says:
    October 17, 2017 at 11:04 pm

    Kiyaalyma heevani mi story reethi vaane hen. Mi part v nice. Ekm ebahuri kudhi mistakes. Good luck???

    1. Ram says:
      October 17, 2017 at 11:31 pm

      In sha allah reethi vaane.. thankyou mistakes thah buneladheythy.. i ll try to improve igey ❤ mi part interest eh noon kn ram ah vx faahaga vey.. fahun ok vaane kamah ram mibalanyy.. thankyou ??❤

  25. inaaa says:
    October 18, 2017 at 8:37 am

    varah reethi story akaa vahtharu, varah salhi mibai. ram thanks. but kon dhuvas thakehga genes dheny mi vaahaka.

    1. Ram says:
      October 18, 2017 at 10:10 am

      Thankyou.. ram visnaafa innaany dhedhuhun ehdhuhu upkuraagothah.. but dhn test nimunyma annaany free days thah.. so faharehga knme dhuvahaku part eh up kohdhinun ekashygen vey.. heheh.. thankx dear.. ??❤

  26. cherish? says:
    October 18, 2017 at 12:00 pm

    Mivaahaka varah hadi…abadhu ingireysi vegen ulheny…dhn adhi maa gulhey veganegen…kada..mieh nuvaane reehcheh?????

    1. Ram says:
      October 18, 2017 at 2:16 pm

      Hehehe dear.. ehen vx vaane.. thankyou for commenting… alhamdhulillaah gina readers ah mivaahaka reethi vaane kamah ummeedhu kureveythyy.. in sha allah reethi vx vaane.. thankyou..

  27. .... says:
    November 15, 2017 at 6:46 pm

    Salhi ingey…vvvv cute

  28. Nadhoo says:
    December 9, 2017 at 2:15 pm

    Wow. It is nice. I love this story. Hee kuran meeghe aneh part reethi vane Kamah.

  29. Mal says:
    December 16, 2017 at 8:04 pm

    Nice story

  30. Maii says:
    May 30, 2018 at 6:57 pm

    Dhivehi vaahaka eh ga maagina english words use kohfa Huryma ehaa reeechehnoon. …try to make the next part more amazing:) ?

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ދެވަނަބައި)←


All Right Reserved!