Skip to content
އެސްފިޔަ

ކުރެވުނު ކުށް

އޭ އުޚްތާއެވެ. ނިކަން މިދިމާލަށް ބަލާލަބަލާށެވެ. އަހަރެންގެ ދަރި ތިބާއަށް ކުރީ ކޮން ކުށެއް ހެއްޔެވެ؟ އަހަރެންނަށް ކުރެވުނު ކުށުގެ އަދަބު އަހަރެންގެ ދަރިއަށް ލިބެންވީ ކީއްވެހެއްޔެވެ؟ މިހާރު އަހަންނަށް އިޚްސާސް ވެއްޖެއެވެ. އެހެންމީހުންނަށް މަލާމާތްކޮށް، އެމީހުންނަށް އަޅާނުލާ ގަދަރުނުކޮށް އުޅުނީމަ އަހަރެންނަށް ލިބުނީ ހިތާމަވެރި ހަޔާތެކެވެ. އަހަރެންގެ ބަނަވެފައިވާ ދުނިޔެއަށް ލޯ ހުޅުވައިދިނީ މީގެ 2 މަސް ކުރިން އަހަރެންގެ ދަރިފުޅަށް ލިބުނު ޒަހަމްތަކެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ދަރިންނަށް އަޅާލެވުނުބާއެވެ؟ މައިންބަފައިން ދަރިންނަށް އޮތް ޒިންމާ އަހަރެން އުފުލިންހެއްޔެވެ؟ އަދި އަހަރެންގެ ފިރިމީހާ ޢަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވުނު ހެއްޔެވެ؟

Comments (2)

  1. yula

    Reethi …

  2. eyna

    wow

Comments are closed.