Skip to content
އެސްފިޔަ

ތިޔަ އަސަރު (ތައާރަފު)

އަޝްވާ

އަސްރާރުގެ އެއްމެ ހަގު ދަރިފުޅު އަޝްވާ އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔެވުމުގައި ރަންވަނަ ތަކެއް ހާސިލްކޮށްގެން މިހާރު އަޝްވާ އެދަނީ އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. ވަޒީފާއަށް ދާން ބޭނުން ވިޔަސް އަޝްވާއަށް އެފުރުސަތު ލިބިގެން ނުދަނީ ބޭބެ، އަޝްވިންގެ ދަރިފުޅު ބެލުމަށްޓަކައި އެވަގުތުތައް ހޭދަކުރާތީއެވެ. އީޝްގެ ކަންތައް ކޮށްދިނުމަށްޓަކައި އޭނާ އިސްނެގީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ބޭބެއަށް ހެޔޮ ހިތުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި ކުޑަކުދިންނަށްޓަކައި  ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އަޝްވާގެ އުމުރުން އެކާވީސް އަހަރުވެފައިވާ ވާއިރު ފިރިހެން ކުއްޖަކަށް އެހިތުން ޖާގައެއް ދެވިފައި ނެތެވެ. އެޔަށްވުރެ ބޮޑަށް އޭނާ ސަމާލުކަން ދެމުން ދަނީ ކިޔަވައި ބައްޕަ ފަހުރުވެރިވާ ދަރިއަކަށް ވުމަށެވެ. ސުކޫލު ދައުރުން ފެށިގެން މީހުން އޭނާ ލޭބަލް ކުރަމުން ދިޔައީ “ފަލަ ކުއްޖެކޭ، ބެޓަރިއެކޭ” ނޫނީ މިދަފަ އެހެން ލަފުޒުތަކުންނެވެ. ހިކެން މަސައްކަތް ކުރަން އެތައް ގޮތްގޮތަކުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއް އަދި ނުވެއެވެ. މިހުރިހާ ސަބަބުތަކަށްޓަކައި އަޝްވާއަށް އަމިއްލައަށް އޭނާގެ ދެރަކަން އިހްސާސްވަމުން ދިޔައެވެ. ކާއިން އަބަދު ބުނާހެން އޭނާއަށް އިންނާނެ މީހަކު ނުވާނެބާއޭ ހިތަށް އަރައި އެތައް ފިކުރުތައް ކުރެވެއެވެ.

އެއްމެފަހުން އެގޭގެ ޓެރަހުގައި ބޭއްވި ޝައިމްގެ ކައިވެނި ޕާރޓީ އަށްފަހު މީގެން އެއްކަން ބަދަލުވެގެން ދިޔައެވެ. ކެރިގެން މިއަލަތު ލޯބި ހޯދުމަށްޓަކައި އަޝްވާ މަސައްކަތް ކުރަން ފައްޓައެވެ. ނަމަވެސް ކަންކަން ބަދަލުވެގެން ދަނީ އޭނާ އުއްމީދުކުރަމުން ދިޔަ ގޮތަކަށް ނޫނެވެ.އަޝްވާއަށް ކުރިމަތިވަމުން ދާ މިއިމްތިހާނުން އޭނާ ފާސްވާނެބާއެވެ؟ އަލަތު ލޯބި ކާމިޔާބު ވާނެބާއެވެ؟ ލޯތްބަށް އިއުތިރާފުވާން ފުރުސަތު ލިބުނަސް އެހިތްވަރު އެބަހުރި ބާވައެވެ؟

ޝަނުމް

ކުޑައިރު މައިންބަފައިން މަރުވުމުން ޝަނުމްއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އޭނާގެ ބޮޑުދައިތައެވެ. އެއާއިލާގައި އެހާ ތަނަވަސްކަން ނެތުމުން ޝަނުމް އޭނާގެ ބޮޑުދައިތައާއި އެކު ރަށުގެ އެކި ގެތަކަށް ނޯކަރީކަން ކޮށްދޭން ދިޔައެވެ. މިކަން ވެގެން ދިޔައީ އޭނާގެ ކިޔެވުމަށް ލިބުނު ހިތްވަރަކަށެވެ. ސުކޫލު ނިމިގެން ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ދައްތައަށް އެހީވެ ދިނުމަށްފަހު ރޭގަނޑުގެ ބޮޑުބައި ހޭދަކުރަނީ ފޮތްތަކުގެ ތެރޭގައެވެ. ސްކޫލުން ދަސްކޮށްދޭ ފިލާވަޅުގެ އިތުރުން އަމިއްލައަށް ކަންކަން އުނގެނެން މަސައްކަތް ކުރިއެވެ.

މިހާރު ޝަނުމް އަކީ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ކެރުންތެރި ޒުވާނެކެވެ. ގައުމީ ޖޯޝު އެ ލޭގައި ދައުރުވަމުން ދެއެވެ. އެއީ ހުނަރުވެރިކަމުގެ މިސާލެކެވެ. ޝަނުމް ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ލިބެން ފައްޓައިފިއެވެ.

ޝަނުމްގެ ލޯބީގެ ހަޔާތަށް އަޑިގުޑަންތައް އަންނަން ފެއްޓީ އޭނާ ހަގީގީ ލޯބިވާ ކުއްޖާ ނުލިބޭނެކަން އެނގުނު ދުވަހުން ފެށިގެންނެވެ. އެޔަށްފަހު ޝަނުމް މަސައްކަތް ކުރަމުން ދަނީ އޭނާ ދެކެ ލޯބިވާ ކުއްޖަކާއި އެކީ އައު ބާބެއް ފެށުމަށެވެ. ނަމަވެސް ޝަނުމްއަށް އެކުއްޖެއްގެ މަތިން ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ އެމަގާމް އެހެން ކުއްޖަކަށް ދެވޭނެ ހެއްޔެވެ؟ ފަސް އެބުރި ބެލުމެއް ނެތި ކުރިއަށް ދެވޭނެ ހެއްޔެވެ؟

ޝަނުމްއަކީ ހަމަތަކަކާއި ވަކި އުސޫލުތަކެއްގެ ވެރިއެކެވެ. ނަމަވެސް މިކަންތައް ފަހުން ވެގެން ދަނީ އޭނާއަށް އުފާވެރި ހަޔާތެއް ހޯދުމަށް ދިމާވާ ދަތިތަކަށެވެ. ޝަނުމް އޭނާގެ އުފާވެރިކަން މިމިންގަނޑުތަކަށްޓަކައި ގުރުބާންކޮށްލާނެ ހެއްޔެވެ؟

އަޝްވިން އާއި ހިންދު

ދެމީހުންގެ ކައިވެނީގެ ގޮތް ޖެހުމާއިއެކު ނަފުރަތުގެ ލޯތައް އެދެމީހުންނަށް އަމާޒުވާން ފަށައެވެ. އަޝްވިން ހިންދު އާއި އޭނާގެ ކުރީގެ އަނބިމީހާ ( އީޝްގެ މަންމަ) އާއި މެދު ސުލްހަ ގާއިމް ކުރެވޭނެ ގޮތެއް ހޯދަން އުޅެއެވެ. މިކަމުގައި އޭނާއަށް ގޮތެއް ނިއްމަން އުދަގޫވެގެން ދަނީ އީޝް ބީވެދާނެކަމުގެ ބިރުއޮތުމުންނެވެ. އެއީ އޭނާގެ ދެލޮލުގެ ނޫރުކަމުގައި ވާއިރު އެފަދަ ކަމެއްވާން އަޝްވިންއަށް ފުރުސަތެއް ނުދެވޭނެއެވެ.

ކާއިން

ރާއްޖެއިން ބޭރަށް ކާއިން އޭނާގެ މައިންބަފައިންނާއި އެކު ދިރިއުޅުން ބަދަލުކުރީ މަތީ ތައުލީމު ހާސިލުކުރުމަށެވެ. އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއަށް ވުމުން އެމީހުންގެ ލޯބި އިންތިހާއަށް އޭނާއަށް ލިބެއެވެ. ކާއިންގެ ކޮންމެ އެދުމަކަށް އާބަސް ނޫނީ ނުބުނެއެވެ. ކާއިންގެ އުފަލަށްޓައި ޖީބުން ކިތައްމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެމީހުން ފަސްޖެހޭތަނެއް ނުފެނެއެވެ.

ކާއިންއަކީ އެތައް އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ޒުވާނެކެވެ. ފިރިހެންވަންތަ ހަށިގަނޑާއި މައިންބަފައިންގެ މުއްސަނދިކަމުން އަންހެންކުދިން ވަރަށް ފަސޭހައިން ކާއިންގެ މަޅީގައި ޖެހިގެން ދެއެވެ. ނަމަވެސް ކާއިންއަށް މިކުރެވެނީ ރަނގަޅު ކަމެއް ނޫންކަން އެނގިގެން ދަނީ އޭނާއަށް އަންހެން ކުއްޖެއް ދެކެ ކުރިން ނުދެކޭ ނަޒަރަކުން ދެކެވެން ފެށުމުންނެވެ. ހަގީގީ ލޯބީގެ އިހްސާސްތައް ކުރެވެން ފެށުމުންނެވެ. އެހެނަސް ކާއިންއަށް މިކަން ވިސްނެނީ ވަގުތު ފާއިތުވާން ކައިރިވެފައި ހުއްޓައެވެ. އެކުއްޖާއާއި އެހެން މީހަކާއި ކައިވެނީގެ ގޮށް ޖެހުމުގެ ކުރިން ކާއިންއަށް އޭނާގެ ލޯތްބަށް އިއުތިރާފު ވެވޭނެ ހެއްޔެވެ؟

ކާއިން އާއި އެއްފަދައިން އޭނާގެ ބައްޕައަކީވެސް ޒުވާން އުމުރުގައި އެތައް އަންހެން ކުދިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. މިހާރުގެ އަބިމީހާއަށް ސިއްރުން ދެތިން ކައިވެނިވެސް ކުރިއެވެ. ނަމަވެސް މިއިން އެއް ކައިވެންޏަށް އޭނާއަށް ބައްޕަ ކިޔާނެ އިތުރު ދަރިއެއް ހުރިކަން ނޭނގެއެވެ. ކާއިންއަށް އޭނާގެ އެއްބަފާ އަންހެން ކޮއްކޮއެއް ހުންނަކަން އެނގުނު ދުވަހުން ފެށިގެން އޭނާ އެއީ ކާކުކަން ހޯދުމަށް މަސައްކަތް ކުރަން ފައްޓައެވެ. ބައްޕައާއި މަންމައާއި ބައްޕައާއި ދެކޮޅަށް ހޯދިހޯދުންތަކުން އެކުއްޖަކީ ކާކުކަން ކާއިންއަށް އެނގިގެން ދަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.


މީ އަޅުގަނޑު ދެން ގެނެސްދިނުމަށް ގަސްދުކުރާ “ތިޔަ އަސަރު” ވާހަކައިގައި އުޅޭ މައިގަނޑު މީހުންގެ ކުރު ތައާރަފެކެވެ.

މި ދިގު ވާހަކައާއި އެކީ ކިޔުންތެރިންނާއި ވަރަށް އަވަސް މުސްތަގުބަލެއްގައި ބައްދަލު ކޮށްލާނަމެވެ.

މިފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ކިޔުންތެރިން ދިން ތަރުހީބަށް ޝުކުރު އަދާކުރަމެވެ. ހާއްސަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އުފަލާއި އެކީ ބަލައިގަންނެމެވެ. ތި ދެއްވި ހިޔާލާއި އެކީ، އިން ޝާ ﷲ އެއަށްވެރެ ފުރިހަމަ ވާހަކައެއް ގެނެސްދެވޭނެ ކަމުގެ އުއްމީދު ކުރަމެވެ.

 

Comments (75)

  1. NAAZ

    Unmeedhukurane vaahaka reethivanekamah….. nimigendhiya vaahaka vx v reethi ??

    1. maroon
      NAAZ

      Thanku naaz in sha Allah ??

  2. xoxo??

    woww varah reethi vaane hen hyvany loabin hinithun velaashey vaahaka aa gulhuvaalaifa dho woww waiting for this story

    1. maroon
      xoxo??

      yes evaahakaai gulhuvaafa . Thank you ??

  3. Muff

    Interesting… waiting for the 1 st part

    1. maroon
      Muff

      Thanku muff??

  4. $JK..KOREAN

    Wowww. Intro hama amazing.. Yageen story v vvv salhi vaane kan.. Waiting.. Hope to read this story soon.. Good luck maroon.. Ly

    1. maroon
      $JK..KOREAN

      Thanku sjki ? in sha Allah love u too dear ??

  5. Xxxx

    Woooww?..cute cover pic??? waiting

    1. maroon
      Xxxx

      Thanku xxxx ??

  6. ?

    Varah furihama vefa rythi vaane kamuge shakkeh ves nei. Eagerly waiting ………
    ??

    1. maroon
      ?

      Thanku dear ??

  7. Anee

    Wow another story..
    Love your stories 🙂

    1. maroon
      Anee

      Thanku anee ??

  8. maroon

    Mi charactersge ithurun mi vaahaikaga ulheyne ithuru meehunves. Bodah rahumahtheri kamaai aailee gulhun fenigendhaane.Adhi ehen gulhunthahves. As requested by reader i ll try to include a bit of detective plot? loves ?

  9. Fary

    Waiting for story vara nalavaaneyhen heevey all the best

    1. maroon
      Fary

      Thanku fary ??

  10. Mal.

    Thiya asara asaru lolun balaa gothakun…. hehe?.. v v v rythi vaane mi story.. waiting… tick tock..⌚ ? love you?❤

    1. maroon
      Mal.

      Thanku malla ? love u too ??

  11. sana

    Wow!When next part??????

    1. maroon
      sana

      Thanku sana .. in sha Allah v avahah ??

  12. Zuam

    Masha Allah….. varah reethi….. varah ahvaha update koh dhehcheh…… waiting…..❤❤❤❤

    1. maroon
      Zuam

      Thanku zuam ??

  13. Bestie

    Maroo i cant wait?? Hope vrh avahah kiyaalan libeyne kamah… Ur one of my bst stry writer❤❤?I love ur stories?? All my bst wishes are with u??

    1. maroon
      Bestie

      Thanku bestie ??

  14. niha

    vvvvvvvvvv reethi vana hen hivai
    waiting
    good luck maroon

    1. maroon
      niha

      Thanku niha ??

  15. click a shot ?

    .varah reethi vaanehen hyvany…mi intro ah balailaafa ves engey mi story ge reethi kan..best of luck maroon…waitting for this beautiful story..hope to see you soon…??

    1. maroon
      click a shot ?

      Thanku click ??

  16. Boabi

    kaain ge kokko is ashvaa i guess

    1. maroon
      Boabi

      Thanku boabi ?? its not her .. but someone close ?

    2. mlllll
      Boabi

      I know kaaku tha marooo….?

    3. maroon
      mlllll

      Do u really want me to tell ??

    4. Mal.
      Boabi

      Kaaku kan liyan ulheni kn “tha” jehifa e iny…??

  17. Shudha

    Yessss… vaahaka reethi vaane kamaa medhu evves shakkeh neiy… hope to see the sttory soon.. ekam faharehga shudha ah konme episode akah comment nukurevidhaane.. cause i have exams coming up… can u tell us when will u start to upload the story? hope to see you soon and the story.. ly <3

    1. maroon
      Shudha

      Thanku shudha .. in sha Allah soon ?? goodluck with ur exams ly too?

    2. Shudha
      Shudha

      thanh you Maroon 😀

    3. $JK..KOREAN
      Shudha

      Shudha..shudha vx thee scl kuhjehtha??

  18. ?

    ???

  19. cya

    Story reethi vaanekamaa medhu shakkeh nei . I’m waiting .

    1. maroon
      cya

      Thanku cya ??

  20. annoying reader

    oh my god varah reethi vaane hen heevey, curious vejje varah gina kanthakah, specially kaain ge kokko aki kaaku tho balan. new twists coming dhw,cant wait for the first part. please update the first story as soon as possible maroon <3

    1. maroon
      annoying reader

      Thanku annoying reader.. kaainge kokko akee kaakukanves twistakun egeyne. In sha Allah more twists coming ??

  21. Reem

    Shaim n malakaa nufennaanetha?
    I miss dhem a lot..
    Shaim n malakaaves vaane baiverikuran..plz…

    1. maroon
      Reem

      Thanku reem. Yes sure emyhunge baives annaane kudakoh. And reem kiyaa kujjehves ulheyne ??

    2. Malaak
      Reem

      Reeeeeeeemmmm

  22. leesh

    Wow heeevany varah reethi vaane hen

    1. maroon
      leesh

      Thanku dear ??

  23. Adha?

    Intro varah salhi.. huss suvaalu dw?? story ves hama varah reethi vaane.. no doubt about that?.. maroon when first part.??
    Waitingss eagerly ❤❤❤❤

    1. maroon
      Adha?

      Thanku adha ? in sha Allah soon ??

  24. Merr

    Yayyy ??
    Marron is back ?
    Love all your stories dear maroo ❤
    Avahah up kohdheyne kamah ummeedhu kuran ??

    1. maroon
      Merr

      Thanku merr… ?? in sha Allah

  25. Raiya

    Oh my godd alhey vvvbb rythi vaane hen hyvany and i love ur stories alt its like vvv feel ga kiyaanimeyiruves hureveny i jus love ur stories and maa bodah intrest vejje meege bathalaa fat veema … ahahah nvm and ashvaa akee varah rythi namrh i luv ur story characters names…?

    1. Raiya
      Raiya

      Vvvv* luv yuh maroon ?????

    2. maroon
      Raiya

      Thanku raiya.. ur name is beautiful too.. love u too ??
      In sha Allah ehen characters ves thafaathu kureveythe balaanan

  26. Yaania?

    Waiting.. kurin genesdhin vaahaka v v reethi.. keep it up.. And best wishes darling???

    1. maroon
      Yaania?

      Thanku yaania ??

  27. LAI?

    woww intro is just amazing ? ????keep it up and wish you good luck luv you so much ???❤️

    1. maroon
      LAI?

      Thanku lai..love u too ?? in sha Allah soon will start

  28. Sinaa

    Keep it up dera!

  29. maya

    maroon koniraku mi story up waany? Kehmadhu wefa indheweythy ?
    I hope mi story Wes warah reethi waane kamah , intro warah salhi?

  30. maahy

    yageenunvess mi story varah habbu vaane. maroon kon irakuntha mi story up kuran fashaany. kiyaalaahithun nuhurevey. ehen writers in hen mahaku ehfaharaku noon genes dheyny. hafthaaaku 3 dhuvahu noony 4 dhuvahu genes dheynvynu kurukoh namavess, varah obbi storyakah vaane kan yageen

  31. SJK

    maroo. when story up kuraany?? can’t wait to read,. 🙂

  32. Shudha

    kn irakun up kurany

  33. maroon

    Thanku everyone. I m currently writing the episodes. I ll start as soon as m finished. Nimmaanulaa upkuran fashaifi nama medhu kedumeh aisdhaane kamah biruganey. Eyrhn readers ah kamaku nudhaane

    1. SJK
      maroon

      Waiting for the story ??

  34. maya

    .☺??????

  35. Reem

    Ashvaa vaane hihkaalan ves ingey maroon..

  36. Shudha

    oki will be waiting marrooonnii… <3

    1. menan
      Shudha

      Mihaaru kon zamaanehtha waahakaige thaarafu genesdhiyfa
      Furathama part nugenesdheytha ?

  37. Shudha

    hey maroon.. when will u upload the stories… i just cant wait patiently.. date eh bunevidhaanetha?

  38. maya

    Maroon haadha lahey .awahah up kohdheeba. Chuty v ma warah foohsey??

  39. maya

    Maroon , where is the storyyy

  40. Shudha

    ..Maroon mi vaahaka,ah inthizaaru nukuraa dhuvaheh nudhey pls avahah up kohdhyba

  41. Maroon

    Hello everyone. This is maroon. The story will be published on 27th of this month. Thank you for the patience. In sha Allah see you soon.

Comments are closed.