“ތީ އަސްލުވެސް އީއްކޮގެ މާމަތަ؟؟” ކާރުގައި އިށީނދެ އިން އައިނާ މައުސޫމްގޮތަކަށް އެ ސުވާލުކުރީ އޭނާއާއި ޖެހިގެން އިން ޝާމިރާއެވެ. ޝާމިރާ ހީލާފައި އައިނާގެ ބޮލުގައި ފިރުމާލިއެވެ. އަދި އާއެކޭ ބުންޏެވެ. ނައިނާ ދެކެ ކިތަންމެ ރުޅިއަޔަސް އޭގެ ބަދަލު އައިނާއަށް ދޭން ބޭނުންނުވަނީ އައިނާގެ ބޭނުން ހިފައިގެން ނޫނީ ނައިނާ އާއި އައިޒަންގެ ދެމެދުގައި އޮތް އެ ގުޅުން ނުކެނޑޭނެކަން އިނގޭތީއެވެ. އައިނާ މަންމަ ކޮބައިތޯ ސުވާލުކުރުމުން ޝާމިރާ ބުނީ މަންމަ އައިނާ ބައްޕި ކައިރިއަށް ފޮނުވާލީ ކަމަށާއި މަންމަ ދެން ނާންނާނެކަމަށެވެ. އައިނާ އެއްޗެއް ނުބުނި ކަމުގައިވިޔަސް އެޅަ ސިކުނޑިއަށް އެކި ހިޔާލުތަށް ދިޔައީ އަންނަމުންނެވެ. މަންމަ އައިނާ ދޫނުކޮށްލާނެކަން އޭނާއަށް އިނގެއެވެ.
……..
ބޮޑު ގޭޓުތެރެއިން ވަދެގެން ދިޔަ ކާރު ހުއްޓުނީ ގޭ ދޮރުމައްޗަށެވެ. ޝާމިރާ އޭނާ ގެންދިޔަ އަންނައުނު ހުރި ފޮއްޓާއި އެކު ފޭބީ އައިނާވެސް ގޮވައިގެންނެވެ. އައިނާ ކުރިމަތީ ހުރި ގެޔަށް ބަލައިލުމަށްފަހު ޝާމިރާއަށް ބަލައިލިއެވެ. “މީ އީއްކޮގެ ބައްޕިގެ ގެ..” ޝާމިރާ އެހެން ބުނުމުން އައިނާ އުފަލުން އެތެރެއަށް ވަނީ އައިޒަން އާއި ބައްދަލުކުރަން ހިތް އެދޭވަރުންނެވެ. ޝާމިރާވެސް އެތެރެއަށް ވަނެވެ. އަދި އައިޒަންއަށް ގޮވަމުން ދިޔައެވެ. ބަންދު ދުވަހެއްކަމުން އައިޒަން އޮފީހަށް ނުދާނެކަން ޝާމިރާއަށް އިނގެއެވެ. ކޮޓަރިން ނިކުތް އައިޒަން ހައިރާންވެފައި ޝާމިރާއަށް ބަލައިލީ ބައްޕީ އޭ ކިޔާފައި އޭނާގެ ގައިގާ އޮޅުލައި ގަތް ކުޑަކުއްޖާ ދުރަށްލާފައެވެ. ޝާމިރާ ފަހުން ވާހަކަދައްކާނީ އޭ ބުނެފައި ދެން ބުނި ޖުމްލައިން އައިޒަން ދެލޯ ބޮޑުކޮށްލާފައި ކައިރި ހުރި އައިނާއަށް ބަލައިލިއެވެ. “އެއީ އައިޒަންގެ އައިނާ..” ޝާމިރާ ހީލާފައި ބުންޏެވެ. އައިޒަން އުފަލުން އައިނާ އެ އަތުތެރެއަށްލާ ބޮނޑިކޮށްލާފައި އެތަކެއް ފަހަރު މޫނަށް ބޮސްދެމުންދިޔައެވެ. އޭރު އެ ދެލޮލުން ޝާމިރާއަށް ފެނުނީ ކަރުނައެވެ. އައިނާވެސް އައިޒަންގެ ގައިގާ ބައްދާލައިގެން އެ އަތުތެރޭ އިނެވެ.
އިނާ ކޮޓަރިން ނިކުތީ އެވަގުތުއެވެ. އެއާއި އެކު ފެނުނު މަންޒަރުން މުޅި ތަނަށް ބަލައިލެވުނީ ހައިރާންވެފައެވެ. ޝާމިރާ އައިނާ އެގެނައި ގޮތެއް ނޭނގުމުން އޭނާ އެ ހުރިތާ ހުރީ އައިޒަން އަތުތެރޭ އުފަލުން ވާހަކަދައްކަން އިން އައިނާ އަށް ބަލަހައްޓައިގެންނެވެ. މިވީ ފަސްއަހަރުތެރޭ ނުފެނުނު ހިނިތުންވުމެއް އޭރު އައިޒަންގެ ތުންފަތްމަތީ ވެއެވެ. ވާނުވާގައި ހުރި އިނާ ކައިރި ޝާމިރާ ބުނީ އައިނާ ލާނެ އަންނައުނާއެއްޗެހި ގަންނަން ޖެހޭނޭއެވެ. އިނާ ބޯޖަހާލާފައި އައިނާއަށް ބަލަންހުއްޓެވެ. ހިތުގައި ސުވާލުތަށް ފުނިޖެހެމުން ދިޔައެވެ. ޝާމިރާ ޔަޤީނުންވެސް އެއައީ ނުބައި ރޭވުމެއްގެތެރެއިން ނައިނާ އަތުން އައިނާ އަތުލައިގެންނެވެ. އައިޝަމް ގަބޫލުނުކުރިޔަސް އިނާއަށް ޝާމިރާ އެއައީ ރިސޯޓަކުން ނޫންކަން އިނގެއެވެ. އަދި އެއައީ އުނގޫފާރުންކަން އެނގި އެހިތުގައި ބިރުވެރިކަން އުފެދުނީ ނައިނާ ގެ ހާލެއް ނޭނގުނީމައެވެ. ޝާމިރާ ދެއްކި ވާހަކައިގައި ހުރި ރުޅިވެރިކަން އިނާއަށް ވަނީ އެރޭ އިވިފައެވެ. ނައިނާއަށް ކޮންމެކަމެއްވެސް ކޮށްފާނެއެވެ.
“ދަރިފުޅަށް ކިހިނެއް އިނގުނީ މީ ބައްޕިކަން؟؟” ހީލާފައި އައިޒަން އެހެންއެހިއެވެ. އަދި ސޯފާގައި އައިނާ ގޮވައިގެން އިށީނެވެ. “މަންމި އާއި އެކު އުނގޫފާރަށް ދިޔަތަނާ މަންމި ދެއްކީ ބައްޕި ފޮޓޯ… މަންމި ބުނި ބައްޕި ވަރަށްށް ލޯބިވާނޭ އީއްކޮ ދެކެ…. އެކަމް ބައްޕި ފޮޓޯ އެއް ފެނުނީ އުނގޫފާރުންނޭ…” އައިނާ އަތް ފުޅާކޮށްލާފައި އެހެން ބުނުމުން އައިޒަން ހީލާފައި ޝާމިރާއަށް ބަލައިލީ ވީ ގޮތް އޮޅުންފިލުވާށެވެ. އައިޒަން އައިނާ ކައިރި އިންނާށޭ ކިޔާފައި ޝާމިރާ އާއި އެކު ބަދިގެއަށް ދިޔުމުން އިނާވެސް ސިއްރުން އެދިމާލަށްދިޔައެވެ. “ނައިނާ އުނގޫފާރުގައި އުޅުނީ… މަންމަ ރިސޯޓުން އަނބުރާ މާލެ އަންނަނިކޮށް އެވަގުތު ތިބި މީހުންގެ އެދުމާއި އެކު މަޖުބޫރުވީ އުނގޫފާރަށް ޖައްސަން އެ އޮފީހުގެ ކަންތަށް ބަލަންށޭ ބުނީމަ.. ދެން އެތަނުން ނައިނާ ފެނުނީ… ނައިނާ އަށް މަންމަ ފެނުމާއި އެކު ހީވީ މަންމަ ނޮޅާ ކާލަންއުޅެނީހެން.. އެއީ ރޭގަނޑު ގަޑި… މަންމަ އެއްޗެއް ނުވެސް ބުނަނިސް ނިދިފައި އޮތް އައިނާ މަންމަ އަތުތެރެއަށް ލާފައި ފޮނުވާލީ… މަންމަ އީއްކޮ ކައިރިވެސް ބުނީ ބައްޕި ކައިރި އުޅެން މަންމި ފޮނުވާލީއޭ.. ހީވާ ގޮތުން ނައިނާ އޭރު އުޅުނީ ކޮންމެވެސް ތާކަށް ދާން ފޮށި ތައްޔާރުކޮށްފައި ހުރީ…” ހަދަހަދައިގެން ޝާމިރާ އެވާހަކަދެއްކީ އައިޒަންއަށް ގަބޫލުކުރެވޭނެހެންނެވެ. އައިޒަން ކިތަންމެ އެތެރެގަނޑެއް ކޮނުނަސް އެ ދެއްކި ވާހަކައަކީ ދޮގުވާހަކައަކަށް ނުވާނެއެވެ. އެހެނީ ޝާމިރާގެ ރޭވުންގަނޑުގެ ތެރޭގައި އޭނާ އައީ އޮފީހުގެ ކަންތަށްވެސް ބަލާ އެކަކަށްވެސް އެއްވެސް ޝައްކެއްނުވާގޮތަށް ކަންތަށް ނިންމާލާފައެވެ.
އައިޒަން އިސްޖަހާލިއެވެ. އަދި މަންމަ އަށް ޝުކުރުއަދާކުރުމަށްފަހު އެދުނީ އައިނާ ދެން މިގޭގައި ބެހެއްޓުމަށެވެ. ޝާމިރާ އާއެކޭ ބުނެފައި އައިޒަންގެ ގައިގާ އޮޅުލައިގަތީ ރޮއެގަނެފައެވެ. ދެއްކި ވާހަކަތަށް އަޑުއަހަން ހުރި އިނާ ހިނގައިގަތީ ކޮޓަރިއަށެވެ. އޭރު ފެންވަރައިގެން އައިޝަމް ނިކުމެ ރީތިވަނީއެވެ. “އަހަރެން ބުނީމެއްނު މަންމައެއައީ ނައިނާ ކައިރިއަށް ގޮއްސައޭ.. ދޭބަލަ ބޭރުބަލަން ނިކަން…” އިނާ ހިތްހަމަނުޖެހިފައި އެހެން ބުނީ އައިޝަމް އޭނާ ދެއްކި ވާހަކަ ގަބޫލުނުކުރުމުން ބޮޑުކަމެއްވީކަން ހިތަށް އެރުމުންނެވެ. އައިޝަމް ކޮނޑު ހިއްލާލާފައި ބޭރަށް ނިކުމެ ބަލާލިއިރު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ފިޔަވަޅުތަށް މަޑުޖެހުނީ ސޯފާގައި އައިޒަން އާއި އެކު އުޅެން އިން އައިނާ ފެނިފައެވެ. ހަރު ފިޔަވަޅުތަކެއްގައި އައިޝަމް ގޮސް އެމީހުން ކައިރި ހުއްޓިލުމުން އައިނާ ކުޑޭ އޭ ކިޔާފައި އައިސް އައިޝަމްގެ ގައިގާ ބައްދައިގަތެވެ. އެމަންޒަރު ބަލަން އައިޒަން އިނީ ހިނިތުންވެލައިގެންނެވެ.
“ކޮބާ މަންމި؟؟” އައިޝަމް އެ ސުވާލު އައިނާއަށް ކުރުމުން އޭނާ ދެކޮނޑު އަރުވާލިއެވެ. “މާމަ ބުނީ މަންމި އީއްކޮ ފޮނުވާލީ އޭ ބައްޕި ކައިރިއަށް… އޭރުން ކުޑޭ ކައިރިވެސް އުޅެވޭނެއެއްނު…” ޅަވެލާފައި އައިޝަމް ގެ ގައިގާ ބައްދާލައިގެން އިން އައިނާ އެހެން ބުނުމުން އައިޝަމް ބަދިގެއަށް ވަދެ ވަދެ ހުރި ޝާމިރާ ފެނި އައިނާ ބަހައްޓާފައި އެދިމާލަށް ހިނގައިގަތެވެ. އައިޒަންއަށް އެކަން ފާހަގަވެގެން އެމީހުން ފަހަތުން ދިޔައެވެ. “ކޮބާ ނައިނާ؟ ބުނޭ ރީއްޗަށް!!” އައިޝަމް އެހެން ބުނުމުން ޝާމިރާ ދެބުމަ ގޮށްޖަހާލިއެވެ. “ނައިނާ ފިލައިގެން ގޮއްސި އަހަރެންނަށް ދަރިދީފައި.. އޭނާ ހޯދަން އެއީ އައިޝަމްގެ އަންހެނުންތަ؟ ނައިނާ އައިޝަމްގެ ބޮލަށްވެސް ވަނީތަ؟” ޝާމިރާ ހިތްހަމަނުޖެހިފައި އެކުރި ސުވާލަކުން އައިޝަމް ރުޅިއައިސް ދެބުމަގޮށްޖަހާލިއެވެ. ވާނީވެސް އެހެންތާއެވެ. ކޮއްކޮ ދައްތައެއްފަދަ މަތިވެރި ގުޅުމަކަށް ޝާމިރާ އެ ދިނީ ކޮންފަދަ ހުތުރުނަމެއްހެއްޔެވެ؟ “މަށަށް އިނގޭ ތިއައީ ނައިނާ އަށް ކަމެއްކޮށްފާކަން… ނައިނާއަށް ކަމެއްވެއްޖެއްޔާ ހަނދާންބަހައްޓާތި..” އައިޝަމް އެހެން ބުނެފައި ބަދިގެއިން ނިކުންނަން ހިނގައިގަތީ ހަރުފިޔަވަޅުތަކުގައެވެ. ދޮރުމަތީ އެމީހުންގެ ވާހަކައަޑުއަހަން ހުރި އައިޒަންއަށް ބަލާލާފައި އޭނާ ލޯއަޅާލިއެވެ.
ކޮޓަރިއަށް ވަތްއިރު އިނާ މަސައްކަތްކުރަމުން ދިޔައީ ނައިނާއަށް ގުޅޭތޯއެވެ. ނަމަވެސް އެކަމުގައި އެއްވެސް ކާމިޔާބީއެއް ނުލިބުމުން އައިޝަމް ޖިނާހްއަށް ގުޅާ ވީކަންތަށް ހިއްސާކޮށްލިއެވެ. އެމީހުން ބެލީ ޒުހާމެންނާއި ގުޅޭތޯއެވެ. އެމަސައްކަތުގައި އިރުގަނޑެއް އިންނަންޖެހުނެވެ. ޒުހާމެންގެ ހަބަރެއްލިބި އެ ހަބަރުން އެމީހުން މާޔޫސްވެއްޖެއެވެ. މާރިޔާމެން އެކަކުވެސް ގޭގައި ނެތް ކަމަށް ބުންޏެވެ. އެމީހުންގެ ފޮށިތަކާއި އަންނައުނުތަށް ނެތްވާހަކަ ބުންޏެވެ. ނައިނާއަށް ޝާމިރާ ކަމެއްކުރީކަން އައިޝަމްއަށް އެނގިއްޖެއެވެ. ނަމަވެސް އެހާ ގޯސްކަމެއް މަންމަ ކުރަން ހިތުގައި ކުޑަވެސް ރަހުމެއްނެތީބާއެވެ؟
އައިޝަމް އާއި އިނާ ހަސްވެފައި ކޮޓަރިތެރޭ ޖިނާހް ނުވަތަ ޒުހާމެންނާއި ގުޅައިގެން ވާހަކަދައްކަމުން ދިޔަ އަޑު އައިޒަންއަށް އިވުނެވެ. އައިޝަމް ރުޅިއައިސްގެން ދައްކަނީ ޝާމިރާ އެހެން ހެދީކަމަށެވެ. އައިޒަން އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ކޮންމެ ކަމެއް ޝާމިރާ ބޮލަށް ޖަހައިގެން އައިޝަމް އުޅޭތީ އެއްޗެއް ބުނަން ބޭނުންވިޔަސް ސޯފާގައި އިން ދަރިފުޅު ކައިރިއަށް ދިޔައެވެ. ރަނގަޅަށް އައިނާ އަށް އައިއްސާ ހުރި ބަދަލުތަކަށް ބަލައިލިއެވެ. މީގެ ދުވަސްކޮޅެއްކުރިން ޖިނާހް ބުނިގޮތަށް ފަރުވާތެރިކަމާއި އެކު އެ މޫނަށް ބަލައިލައިފިނަމަ ނައިނާއާއި ވައްތަރުގޮތެއް ހުރެއެވެ. ހާއްސަކޮށް ހީލީމައެވެ. އައިނާއަށް ބަލަންއިނދެފައި ކުއްލިއަކަށް އައިޒަން އެ އަތުތެރެއަށް އައިނާ ލިއެވެ. އެދެލޮލަށް ކަރުނަ ޖަމާވާންފެށީ އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ތޫފާނުން ސަލާމަތްނުވެވުނީމައެވެ. އެކަނިވެރިވެ އެ ހިތް ކުދި ކުދިވެފައިވީތީއެވެ. ނައިނާ ދެކެ ކިތަންމެ ލޯބިވިޔަސް އެ ހިތަށް އަރަންފެށީ ޝާމިރާ ދެއްކި ވާހަކަތަކެވެ.
…………………………
“އައިޒަން ކައިރީގައި އީއްކޮ ހުރީ! އެކަމް މާރިޔައްތަވެސް އަދި ނައިނާގެ އެކައްޗެއްވެސް މިތާކު ނެތް.. އައިޝަމް ބުނަނީ ޝާމިރާގެ ކަމެކޭ އެކަމް މިތަނަށްބަލާފައި ހިއެއްނުވެ މާބޮޑުކަމެއް ހިނގާފައި ހުރިހެންނެއް.. ނައިނާގެ އަންނައުނުތަކާއި ފޮށިވެސް މަދުވިއްޔަ..” ޒުހާ ވާހަކަދައްކަމުން ދިޔައިރު ދިޔައީ ގޭގެ ކޮންމެތަނަކަށްވެސް ނަޒަރު ހިންގަމުންނެވެ. އަނެއްކާވެސް އެކުވެރިޔާއާއި ވަކިވީތީ އެ ހިތަށް ތަދުވިއެވެ. މިގެ ފަސްއަހަރުކުރިން ނައިނާ ގެއްލުނުއިރު ލިބުނު ހިތްހަމަޖެހުމާއި ހިލާފަށް މިފަހަރު ޒުހާ ހުރީ ބިރުގަނެފައެވެ. ނުތަވަސްވެފައެވެ. ޝާމިރާ އެފަދަ ކަމެއް ކުރިއްޔާ ނައިނާ ކޮބައިބާއެވެ؟ ނައިނާ މަރައިލީބާއެވެ.؟ އެފަދަ ހިޔާލުތަކުން ޒުހާގެ ބޯހާސްކުރަންފެށިއެވެ. އެއާއި އެކު ދެލޯ ކަރުނުންފުރުނެވެ. އެމަންޒަރު ބަލަން ހުރި އަކުރަމްއަށް ކެތްނުވެގެން ޒުހާއާއި ދިމާލަށް ދިޔައެވެ. އަދި އޭނާ ހިތްހަމަޖެއްސުވޭތޯ އެތަށް ވާހަކަތަކެއް ދައްކަމުންދިޔައެވެ.
……………….
އައިޒަން އާއި ޝާމިރާ ފިޔަވާ އެހެން އެންމެންގެވެސް ބޯ ހާސްކުރަމުންދިޔައީ އެންމެ ސުވާލަކުންނެވެ. ނައިނާ ކޮބައިބާއެވެ؟ ޝާމިރާ ކައިރި ކިތަންމެ ވަރަކަށް އެހިޔަސް އޭނާ ބުނަމުންދިޔައީ އައިނާ ދީފައި ފިލީކަމަށެވެ. އައިނާ އަށްވެސް މާ ބޮޑު އެއްޗެއް ނޭނގުނެވެ. އެހެނީ އޭނާ ހެނދުނު ހޭލިއިރު ހުރީ ޝާމިރާ ކައިރިއެވެ. އޭނާ ހޭލިގޮތަށް ނައިނާ ކޮބައިތޯ ސުވާލުކުރުމުން ޝާމިރާވެސް ދިނީ އެހެން މީހުންނަށް ދެމުން އައި ޖަވާބެވެ. ޝާމިރާ ކައިރި އެއްޗެއް އަހާއިރަށް، އެމީހަކާއި ދިމާލަށް އައިޒަން އައިސް ހެއްދެވި ނުހެއްދެވިއެއް ގޮވާތީ ޝާމިރާއަށް ލިބުނީ ހިތްވަރެކެވެ. ކޮންމެއަކަސް ނައިނާ އަދި މާރިޔާވީތަނެއްވެސް އިނގޭނީ ޝާމިރާއަށެވެ. މިއަދުވެސް އައިޒަން އެ ގަބޫލުކުރީ ޝާމިރާ ދައްކާވާހަކައެވެ. އޭނާއާއި ދެކޮޅަށް އަމިއްލަ ކޮއްކޮގެ އިތުރަށް ރަހުމަތްތެރިން ތިބިއިރުވެސް އޭނާ ހުރީ ގޮތުގައެވެ. ލޯބިވާ މަންމަ އެފަދަ ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަންއޮތެވެ. ބަނޑުއަޅާ ވިހޭ މައިމީހާ އަދި އެތަކެއް ގުރުބާނީތަކެއް ވަމުން އެކަނިމާއެކަނި އައިޒަން ބެލި މަންމަ އައިޒަންގެ އުފާތަކަށް ހުރަސްއަޅާފާނެކަމަސް އެހިތް ގަބޫލެއްނުކުރެއެވެ. ނައިނާ އަށް ކުރާ އިތުބާރު ގެއްލިފައި އޮތުމުން ޝާމިރާ ދައްކާ ވާހަކަ އެ ހިތަށް ވިސްނައިދޭން މާ ގިނަ ދުވަހެއް ނުނެގިއެވެ. އައިނާ އުޅެނީ އައިޒަންއާއި އެކު ވަރަށް އުފަލުގައެވެ. އިނާ އާއި އައިޝަމް އައިޒަންއާއި ވާހަކަ ނުދެއްކިޔަސް އައިނާ އާއި މަޖާކޮށް ކުޅެހަދައެވެ.
………………………….
“އަހަރެން ގައިގާ އިނގިލި ކުރި ޖައްސާލިޔަސް ހަނދާން ބަހައްޓާތި…!” ރުޅިވެރިކަމާއި އެކު ނައިނާ އެހެން ބުނެ ކުރިމަތީ ހުރި މިހާއަށެވެ. ސިންގާއެއް އޭގެ ޝިކާރައަކަށް ބަލާ އުސޫލުން އޭނާ ދިޔައީ ނައިނާގެ ރީތި ހަށިގަނޑަށް ބަލަމުންނެވެ. އެ ފިރިހެންމީހާގެ ގައިން ނައިނާއަށް ދުވީ ރާވަހެވެ. މިއީ އާކަމެއްވެސް ނޫނެވެ. ނައިނާ ހުށިޔާރުކަމާއި އެކު އެމީހާ ކައިރިން ރެކިގަނެފައި ދެތިން ފަހަރު އެނާގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. ކުރީގައި މީހަކާއި ދިމާލަށް ރުޅިއައިސް އެއްޗެއް ބުނަން ނުކެރޭ ނައިނާ މިއަދު އެހުރީ މުޅިން ބަދަލުވެފައެވެ. ރުޅިވެރިކަމާއި އެކު އަނެއްކާވެސް އެމީހާގެ ގައިގާ ޖަހާ ބިމަށް ތިރިކޮށްލިއެވެ. މަސްތުވެފައިވުމާއި އެކު އެމީހާއަށް ދެއްކޭނެ ބާރެއް ނެތުމުން ނައިނާއަށް ފަސޭހަކަމާއި އެކު ކާމިޔާބު ލިބުނެވެ. ބޮޑު ހަށިގަނޑެއް ލިބިފައިވާ އެމީހާ ދަމާ ކާއްތަމުން އެކޮޓަރިން ނެރުނީ ނައިނާއަކީ ރަހުމެއްނެތް މީހެއްކަން ރަނގަޅަށް ސާފުވާވަރު ކޮށްފައެވެ. އެމީހާ އޭރުވެސް ކޮޓަރިބޭރުގައި ވޭނާއިވެގެން އެނބުރެނީއެވެ. ނައިނާ ދެލޯ ހަނިކޮށްލާފައި ހިނިތުންވެލިއެވެ. އަދި ބަން ކިޔާފައި ދޮރުލެއްޕިއެވެ.
ނޭވައެއް ދޫކޮށްލުމަށްފަހު ދެއަތް ފޮޅާލާފައި އެނދުގައި އިށީނީ ދެން ދިމާވާނީ ކޮންކަމެއްކަން އެނގި އެކަމާއި ކުރިމަތިލާށެވެ. ކުރީގެ އެ ފިނޑި ކަފަކޮޅެއްހާ މަޑު ހިތް މިއަދު ވަނީ ހަރު ހިލައަކަށްވެފައެވެ. އެ ހިތުގައި އަދަމުންދިޔައީ ނަފުރަތުގެ އަލިފާނެއެވެ. ބަދަލުހިފުމުގެ ޖަޒުބާތުގައި އޮޔާބެހެމުންދިޔަ ނައިނާގެ ސިކުނޑިއާއި ހިތް ހަމަޔަކަށް އަޅުވާލަން ޖެހުނީ ދޮރުހުޅުވާފައި ވަތް ބޮޑު ފިރިހެނެއްގެ ސަބަބުންނެވެ. ނައިނާ މޫނަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތްކޮށްލީ ފަހުރުވެރިކަމާއި އެކުގައެވެ. ކުރިމަތީ ހުރި ސުހުދު ހުރީ ރުޅިއައިސްގެން ގޮސް ހަލާކުވާވަރުވެފައެވެ. ނައިނާ ކޮޅަށް ތެދުވެފައި ހަށަން ބަދެލުމުން ސުހުދު ކައިރިއަށް އައި ހައްތަހާ ރުޅިއެވެ. “ކަލޭ ކީކޭ ހިތަށް އަރައިގެން ތިއުޅެނީ؟ ކަލޭ ބަފާ މަގޭ އަތުން ނެގި ލާރީގެ ބަދަލު ކަލޭ އަދާކޮށްދޭންޖެހޭތީތަ ތިވައްތަރަށް ތެޅެނީ؟ ކަލެއަށް އަންދާޒާވެސް ނުކުރެވޭނެ އެއީ ކިހާވަރެއްކަން…” ސުހުދުގެ ރުޅިވެރިކަމާއި އެކު އޭނާގެ ބަސްތަށް އިއްވާލުމަށްފަހު އިންތިޒާރު ކުރީ ނައިނާގެ ޖަވާބަކަށެވެ.
ނައިނާ ފޫހިކަމާއި އެކު އަނގައިގާ އަތް އަޅާފައި އާފުރުނެވެ. ސުހުދު ދެދަތްޕިލަ ޖައްސާ ބާރުކޮށްލާފައި ގޮއްމުއްކަވާލިއެވެ. “އަހަރެންނެއް ނޫން މިތަނަށް އައީކީ.. އަހަރެންނެއް ނޫން އަހަރެންގެ އަމިއްލަ ނަފްސް ވިއްކާލީ.. އެހެންވީމަ އަހަރެންގެ ސަބަބުން އެހެންމީހަކަށް ފައިދާވާތަން ބަލާކަށް އަހަރެންނެއް ނުހުންނާން.. އަހަރެން ރީއްޗަށް މިބުނީ އަހަރެން ކައިރިއަށް ވައްދާ ކޮންމެ ފިރިހެނަކު މި ކޮޓަރިން ނިކުންނަންޖެހޭނީ ބައޮ ޖަހާފައި…” ނައިނާ ޖެހިލުމެއްނެތި އެހެން ބުނިއިރުވެސް އެ އަޑުގައި އެއްވެސް އަސަރެއްނެތެވެ. ރުޅިވެރިކަމެއްނެތެވެ. ނުވަތަ ފޫހިކަމެއްވެސްނެތެވެ. ނައިނާ އެބުނީ ތެދެކެވެ. އޭނާ މިތަނަށް ގެނައީތާ އަހަރަކަށް ވުރެ ގިނަދުވަސްވީއިރު އޭނާގެ ކޮޓަރިއަށް ވަންނަ ކޮންމެ ފިރިހެނަކު ނިކުންނަންޖެހޭނީ އަނިޔާތަކަކާއި އެކުގައެވެ. ކިތަންމެ ބައިމަތި ފުޅާ ވަރުގަދަ ފިރިހެނަކަށްވިޔަސް ހަތިޔާރު ބަހައްޓާފައި ނިކުންނައިރު މޫނުމަތިން ތަނެއް ހުންނަނީ ފަޅާލާފައެވެ. ގިނަފަހަރު އެމީހަކު އޮންނާނީ ނުހިނގޭވަރުވެފައެވެ.
އެއްދުވަހަކު އެކަމުގެ އަދަބަށް އެއްފަހަރާ ތިންމީހަކު ވެއްދިއެވެ. އެދުވަހު ކާމިޔާބި ލިބި ލިބި އޮއްވާވެސް އެކަން ނައިނާ ނާކާމިޔާބުކޮށްލިއެވެ. އޭނާގެ ހަށިގަނޑުގައި އެހެން މީހަކު ބީހުން އެއީ އޭނާ ބޭނުންވާކަމެއް ނޫނެވެ. އޭނާ އަށް އެ ބާރު ލިބެނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ޖާނުންވަރުގަދަ ތިން މީހުންނާއި ނިކަމެތި އަންހެންކުއްޖެއްގެ ދެމެދު ހިނގި ކަންތަށްގަނޑުގައިވެސް އަނިޔާތަކަކާއި އެކު ނިކުމެގެން އައީ އެ ތިންމީހުންނެވެ. ނައިނާގެ ވަރުގަދަކަން ފެނި ސުހުދުވެސްޖެހިލުންވެއެވެ. ނައިނާ އަކީ އެހާ ރުޅިވެސް ގަދަކުއްޖެކެވެ. “މަށަކަށް ނޭނގެ ކަލޭ ކޮންތާކުން ހޯދައިގެން އުޅޭ ބާރެއްކަމެއް ތީކީ…. ކަލޭގެ ބޭނުމެއް މިތާކު ނެތް ކަލޭ މިތަނުން ނެރެލާނަން..” ސުހުދު އެހެން ބުނުމުން ނައިނާ ވިހަގޮތަކަށް ހީލިއެވެ. “އަހަރެން އަންހެނެއްކަމަކު ބާރު އޮންނާނެ.. ކަލޭ ކަހަލަ ވިޔާނުދާ މީހުންވެސް އުފަންކުރީ އަންހެނެއްގެ ބަނޑުން.. ތިކަހަލަ ދަރިން ވިހަން އުފުލާ ބަރާއި އަޅާ ވޭނަށް ކެތްކުރެވޭހާ ބާރު އޮތް ބަޔަކަށް މިވަރު ކަމެއް މީ އެއްވެސް ކަމެއް ނޫން… އަހަރެންނަށް ހެޔޮ އަހަރެން މިތާ ބެހެއްޓިޔަސް، ކަލެއަށް ރަނގަޅަށް އިނގޭނެ އަހަރެން މިތާ ހުރިއްޔާ ވާނެގޮތްވެސް… އަހަރެންގެ ނިންމުމެއް ނޫން މިތަނަށް އައުންމީ އެހެންވީމަ އަހަރެންގެ ނިންމުމެއް ނޫން މިތަނުން ދިޔުމަކީވެސް..” ނައިނާ އެހެން ބުނެފައި ފާހަނައަށް ވަންނަން ހިނގައިގަތެވެ. ސުހުދު އައި ރުޅީގައި ފޯނު ނަގާ ޝާމިރާއަށް ގުޅަންފެށިއެވެ. ނަމަވެސް އެކަންވަނީ ނާކާމިޔާބެވެ. ނައިނާގެ އުޅުމުގެ ސަބަބުން ސުހުދު އެތަކެއް ފަހަރު ޝާމިރާއަށް ގުޅަން އުޅުނެވެ. ޝާމިރާ ގެ އޮފީހަށް ގުޅިޔަސް ނުވަތަ ބައްދަލުކުރަން އުޅުނަސް އެކަން ނާކާމިޔާބު ކުރަނީ ޝާމިރާއެވެ. އެހެނީ މިހާރު ނައިނާ ކުރާ ކަންތަކާއި އޭނާ އާއި ނުބެހެވޭނޭ ސުހުދު ކައިރި އޭނާ އޮތީ ބުނެފައެވެ.
ނައިނާގެ ފަރާތުން ސުހުދުއަށް އެއްވެސް ފައިދާއެއް ނުކުރުމުން އޭނާ ވިސްނަމުން ދިޔައީ ނައިނާ މިތަނުން ދޫކޮށްލާށެވެ. ނަމަވެސް އެކަން ކޮށްފިއްޔާ ނައިނާ އޭނާގެ ވާހަކަތަށް އެހެން މީހުން ކައިރި ކިޔާ މި ހިންގާ ވިޔަފާރި ހުއްޓުމަކަށް އައިސްދާނެއެވެ. އެހެންވާކަށް ސުހުދު ބޭނުމެއްނުވެއެވެ. އިންޑިޔާގެ ޓްރިވަންޑްރަމްގައި ހުންނަ މި ހޮޓަލްގައި ގިނަ އަދަދެއްގެ އަންހެންކުދިން ވިއްކަމުންދާއިރު ގިނައީ ރުހުމުގައި ވިކިގެންދާ ކުދިންނެވެ. ދުނިޔޭގެ އުފަލަށްޓަކައި ފާފައަށް އަރައިގަންނަ ކުދިންނެވެ. މިތަނަށް މުޅީންވެސް މަޖާނަގާށާއި އަމިއްލަ އެދުން ފުއްދާލަން އަންނަނީ ރާއްޖޭ މީހުންނެވެ. ނައިނާ ފިޔަވާ މިތާ އުޅޭ ގިނަ ކުދިންނަކީ އެ ފާހިޝް އަމަލު ހެޔޮހިތުން ގަބޫލުވެ އަމިއްލަ އިއްޒަތާއި އަބުރާއި ހަށިގަނޑު ވިއްކާ ކުދިންނެވެ. ނަމަވެސް އެކަންތަކުން ނައިނާއަށް އަސަރެއްނުކުރެއެވެ. ދުނިޔޭގައި ވިއްޔާ ވީހާ ނުބައިކަމެއް އޭނާގެ ދެލޮލަށް ފެނިފައިވާކަހަލައެވެ.
ނައިނާއަށް މިއައިސްފައިވާ ބަދަލުގެ ފަހަތުގައި ވަނީ އެންމެ މީހެކެވެ. އެންމެ ހާދިސާއެކެވެ. އެކަން އޭނާ ހަނދާންކުރަންވެސް ބޭނުމެއްނުވެއެވެ. ނަމަވެސް އޭނާ ނިމިގެން ދާނީ އޭނާއަށް ޝާމިރާ އެ ދިން ހައްޤުނޫން އަދަބުގެ ބަދަލު ދީފައިކަމަށް އެތަކެއް ފަހަރު އަޒުމްކަނޑައެޅިއެވެ. އޭނާގެ ކުށަކީ ޝާމިރާގެ ދަރިއެއްދެކެ ލޯބިވުމެވެ. ނިކަމެއްޗަކަށްވުމެވެ. އެކަހަލަ ހިޔާލުތަކުން ނައިނާއަށް ކުރިން ރޮވުނަސް މިހާރު އެހުރި ނައިނާ ކައިރިއަށް އަންނަނީ ހިންޏެވެ. އޭނާގެ މޮޔަކަމާއި މެދު ވިސްނާފައެވެ.
ނަމަވެސް ހިތް މަޑުކަފަކޮޅަކަށްވާ ފަހަރުވެސް އާދެއެވެ. އަބަދުވެސް އަލިފާންކަނި ބުރާ އެދެލޯ ތެންމާލާ ވަގުތުތަށް އާދެއެވެ. ލޯބިވާ ދަރިފުޅު މަތިން ހަނދާންވުމުންނެވެ. ޝާމިރާ ގެ ތަރުބިއްޔަތު އެކުއްޖާއަށް ލިބޭކަށް އޭނާ ނޭދެއެވެ. ޝާމިރާ ގެ އުޅުން ލިބޭކަށް ނޭދެއެވެ. އެފަދަ ވިސްނުންތަކުން ދުރުވާން އޭނާ ކުރާކަމަކީ ދެއަތް އުފުލާލާ ވެރި ރައްބަށް ދުޢާ ކުރަނީއެވެ. ހެޔޮހާލުގައި ދަރިފުޅު ލެއްވުމަށެވެ. ޝާމިރާގެ ނުބައި ވިސްނުންތަކުންނާއި އެ ތަރުބިއްޔަތުން ދުރުކުރުމަށެވެ. ނައިނާގެ ސަބަބުން ނިމިގެންދިޔަ ދެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުމަށެވެ. ނައިނާގެ ދިރިއުޅުމުގައި މިހާރު އައިނާ ނޫންމީހެއްނުހުންނާނެއެވެ. ކުރިން ކަރުނައަޅާ ރުއި އައިޒަންގެ ހަނދާންތަކުން އޭނާ ދުރުވެއްޖެތާ ކިތަންމެ ދުވަހެކެވެ. މިހާރު އެ އައިޒަން އަކީ އޭނާގެ އެއްވެސް މީހެއްނޫނެވެ. އައިޒަން އޭނާ ދަންނަނީ އޭނާގެ ދުޝްމަނެއްގެ ދަރިއެއްގެ ގޮތުގައެވެ. އޭނާ މިހާރު ހިތްވަރުގަދަ ކުއްޖަކަށް ވެއްޖެއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ޝާމިރާ އަށް އޭނާ ކުރި ކަންތަކުގެ ބަދަލު ދިނުމަށްޓަކައެވެ.
ސުހުދު އޭނާ ގެންގުޅޭ އެތަށް ބަޔަކާއި ވާހަކަދެއްކުމަށްފަހު ނިންމީ ނައިނާ މިތަނުން ނެރޭށެވެ. ޝާމިރާގެ ހަބަރެއްވެސް ވީކީ ނޫނެވެ. ނައިނާ ހުރެގެން ވަނީ ގެއްލުމެވެ. އަންނަ ކަސްޓަމަރުން ތަޅާ މަރަންޏާ ވިޔަފާރިއަށް ގެއްލުންވެސްކުރާނެތާއެވެ. ނައިނާ ވަރުގެ އަންހެނެއް އަދި އޭނާ ނުދެކެއެވެ. ޝާމިރާ އާއި އިތުރަށް ނުގުޅުމަށް އޭނާ ނިންމާ ނައިނާ ކައިރިއަށް ދިޔައެވެ. ސުހުދު ދިން ހަބަރަކުން ނައިނާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ނައިނާ މިނިވަން ވާނެ ދުވަހަކީ ޝާމިރާގެ ފަހުވަގުތު ގުނަންފަށަންވީ ދުވަހެވެ. ޝާމިރާއެވެ. މަރާއި ކުރިމަތިލާން ތައްޔާރުވާށެވެ. ޝާމިރާ ގެ ހައްޤު އަދަބަކީ ހަމައެކަނި މަރެވެ. ހަމައެކަނި މަރެވެ.
ސުހުދުގެ ކުރިމަތި ނައިނާ އޭނާގެ އެއްޗެހިތަށް ދަބަހަކަށް އަޅައިގެން ނިކުންނަމުން ދިޔައީ ސުހުދުގެ މޫނުމައްޗަށް އަތްތިލައިގެ ހޫނު ހަމަލާއެއް އަރުވާފައެވެ. އެހެނީ މި ނުބައި ފާހިޝް އަމަލުކުރުމަށް ފުރުސަތު އެލިބެނީ ސުހުދުގެ ސަބަބުންނެވެ. މާލެއަށް މައްޝޫރު ވިޔަފާރިވެރިޔާ ސުހުދުގެ މި ނުބައި ނުލަފާ ފަޅިއަކީ އެތަށް ބަޔަކަށް ފޮރުވިފައިވާ އެއްޗެކެވެ. ނައިނާ އޭނާގެ ބަދަލުފުރިހަމަ ކުރާއިރު ކުރާނީ ސުހުދުގެ މި ވިޔަފާރިވެސް ހުއްޓުވޭނެގޮތަށެވެ. ސުހުދު އޭނާގެ ކޯތާފަތުގައި އަތް އުނގުޅާލަމުން ނައިނާއާއި ދިމާލަށް ބަލައިލުމުން ނައިނާ ހީލިއެވެ. މިވަރުގެ ނުބައި އަންހެނަކާއި އޭނާ އަދި ކުރިމަތިލާފައެއް ނުވެއެވެ. ނައިނާ އެ ތަނުން ނިކުމެގެން ދިޔައީ ވަކި ދާނެ ތަނެއް އިނގޭތީ ކީ ނޫނެވެ. އަތުގައި ލާރި ހުރީކީނޫނެވެ. އަނެއްކާ މަގެއްގައި ހިނގާލަންވެސް ނޭނގެއެވެ. ނަމަވެސް ކަންބޮޑުވުމެއް އެ މޫނުމައްޗަކުން ފާޅެއްނުވެއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެއެވެ. އެ ރީތި މޫނުގެ އުޖާލާކަން ގެއްލިފައިވާކަހަލައެވެ. އެ އުފާވެރި މަޖާ ލޯބި ނައިނާ މިހާރު ނެތްފަދައެވެ. އޭނާ ދުނިޔޭގެ އެތަށް ނުބައި މީހުންނެއް ދެކެފިއެވެ. އެތަކެއް ވޭންތަކަކާއި އަނިޔާތަކަކާއި ކުރިމަތިލައިފިއެވެ. ހަމައެކަނި ނިކަމެއްޗަކަށް ވީތީ ބަފައެއްގެ ލޯތްބާއި ފިރިމީހާގެ ލޯބިންވެސް މަހުރޫމްވީއެވެ. ލިބެމުންދިޔަ ދެ މަންމަގެ ލޯބިވެސް އޭނާގެ އަތުން ބީވީއެވެ. ދަރިފުޅުވެސް އަތުން ދޫވީއެވެ. މިއަދު މީ އޭނާގެ ދުވަހެވެ.
…..
ވަރުބަލިކަމެއް ނެތި ހިނގަމުން ދިޔަ ނައިނާ ސިހުނީ އޭނާގެ ގައިގާ ޖެހިފައި ވެއްޓެން ދިޔަ އަންހެންކުއްޖާ ފެނިފައެވެ. ހުށިޔާރުކަމާއި އެކު ނައިނާ އެ ކުއްޖާ ވެއްޓުނަނުދީ ހިފެހެއްޓިޔަސް އެ ހިމަތޮޅި ހަށިގަނޑުގައި އެ ކުއްޖާ ހިފަހައްޓާނެ ބާރެއް ނެތުނުނަމަވެސް އެކުއްޖާ ސަލާމަތްކޮށްލިއެވެ. ކުރިމަތީ ހުރީ ރީތިގޮތަކަށް ބުރުގާ އަޅާ ފުރިހަމަ ޖިލްބާބަކުން ނިވާވެރި ހުރި އަންހެންކުއްޖެކެވެ. ނައިނާ އަށް އެކުއްޖާ ފެނި ކާކުކަން އެނގުމާއި އެކު އެކުއްޖާގެ ގައިގާ ބައްދާލިއެވެ. “ލީޝް!!” ނައިނާ އެހެން ބުނުމާއި އެކު ލީޝާވެސް އުފަލުން ނައިނާގެ ގައިގާ ބައްދާލީ އެއަޑުން ކާކުކަން އެނގިއެވެ. ލީޝާ އަކީ ސުހުދުގެ ހައްޔަރުގެ ދަށުގައި ހުރި ނިކަމެތި ކުއްޖެކެވެ. ނައިނާއާއި ލީޝާ އެންމެ ފުރަތަމަ ދިމާވީ މާލޭންނެވެ. ސުހުދު ނައިނާ ގޮވައިގެން 5 މަސް މާލޭގެ ހަވޭލީއެއްގައި އުޅެފައި ލަންކާއަށް ބަދަލުވިއެވެ. ލީޝާ އާއި ދިމާވީ ލަންކާއިންނެވެ. ހަމަ އެފަދަ ފާހިޝް އަމަލުތަކުގެ ދަށުވި ހިތްވަރުގަދަ ކުއްޖެކެވެ. ނައިނާ އާއި ލީޝާގެ އިތުރަށް 10 ވަރަކަށް ކުދިން ގޮވައިގެން އަނެއްކާވެސް އިންޑިޔާއަށް އައީ އޭގެ 4 މަސްފަހުންނެވެ. އޭގެ ފަހުން 6 މަސްވަންދެން ނައިނާ އުޅުނެވެ. ނަމަވެސް ލީޝާ އިންޑިޔާއަށް އައުން ވީ ރަނުގެ ފުރުސަތަކަށެވެ. އެހެނީ އޭނާގެ ރައްޓެއްސެއް މިކޮޅުގައި އުޅޭތީވެ އޭނާ އެތަނުން ފިލައިގެން ދިޔައީ އެކުއްޖާގެ އެހީގައެވެ. އޭގެ ފަހުން އެދެމީހުން އެދިމާވީ އަލަށެވެ.
ދެމީހުން އެކަކު އަނެކަކުގެ ހާލު އަހާ ހަދާލިއެވެ. ލީޝާ ނައިނާ ކައިރި ނިކުތީ ކިހިނެއްތޯ އެހުމުން ނައިނާ ސުހުދު ފޮނުވާލީކަމަށް ބުންޏެވެ. ލީޝާއަށް ނައިނާގެ ނަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނޭނގުނަސް އެދެމީހުންގެ ދެމެދުގައި ވަނީ އެކުވެރިކަމެކެވެ. “ހިނގާ އަހަރެން މިއުޅެނީ އެކުވެރިޔާގެ ގޭގައި… ވަރަށް އަވަހަށް ރާއްޖެ ފުރަން މިއުޅެނީ…. އަހަރެން ވަގު ޕާސްޕޯޓެއް ހަދައިގެން މިތަނުން ފިލޭތޯ މިއުޅެނީ.. އަހަރެން މިތަނުން އަސްލުނަމުގައި ފިލައިފިނަމަ ސުހުދުއަށް އިނގެން ނުނަގާނެ ދެ މިނެޓްވެސް… އެހެންވެ އަދިވެސް ނުފުރިފައި މިހުންނަނީ އެކަމް ދެން މާގިނަދުވަހެއްނެތް..” ލީޝާ އެހެން ބުންޏެވެ. ލީޝާ ހެދުން އެޅުމުގައި މިއައި ބަދަލުގެ ސަބަބަކީ މީތާއެވެ. ލީޝާ އޭނާއައީ ބާޒާރުކޮށްލަންކަމަށް ބުނެ ބާޒާރު ކޮށްލައިގެން ނައިނާ ގޮވައިގެން އެކުވެރިޔާގެ ގެއަށްދިޔައެވެ. އެކުވެރިޔާ އަށް ނައިނާ ތައާރަފުކޮށްދީ ދުވަސްކޮޅަކަށް އުޅުމަށް ހުއްދަ ހޯދައިދިނެވެ. އަދި ނައިނާއަށްވެސް މިތަނުން ބޭރުވެވޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް އެދުނެވެ.
“ނައިނާ ޖެހޭނެ އޭރުން ތަންކޮޅެއް ބޮޑަށް ބަދަލުވެލަން..” ހީލާފައި ލީޝާގެ އެކުވެރި އިބްތިޝާމް ބުންޏެވެ. ނައިނާ އެކަމަށް ތައްޔާރޭ ބުނީ އޭނާ މާލެ ދާން ބޭނުންވާލެއް ބޮޑުކަމުންނެވެ. ދަރިފުޅު ނުދެކޭތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެއެވެ. އުޅޭނެ ހާލެއް އުޅޭނެ ގޮތެއް އިނގެނީކީނޫނެވެ. މާރިޔާ މަރާލި ޤާތިލު ގައިމުވެސް އުޅޭނީ މިނިވަންކަމާއި އެކު އުދުހޭންށެވެ. އެފިޔަތަށް ކޮށާލަން ނައިނާ ހުރީ ތައްޔާރުގައެވެ. ނަމަވެސް އެކަން ކުރެވޭނީ އޭނާއަށް ބައެއްގެ އެހީ ލިބިގެންނެވެ. އެހެންކަމުން ދެވިސްނުމެއްގައި ހުރެފައިވެސް އިބްތިޝާމްއާއި ލީޝާއަށް އޭނާގެ ވާހަކަ ކިޔައިދީ އޭނާ މާލެދާ މަޤުސަދު ހާމަކޮށްލިއެވެ. އެއިން އެންމެ ފަހަރަކުވެސް އެދެލޮލުން ހިތާމައެއް ކަރުނައެއް ނުފެނެއެވެ. ވާހަކަދައްކަމުން ދިޔައިރު ހޭންވެސް ހެއެވެ. ނަމަވެސް ލީޝާއަށާއި އިބްތިޝާމްއަށް އެކަމުން ވަރަށް ބޮޑަށް ހިތުގައި ޖެހި ފެންކަޅިވިއެވެ. ދުނިޔޭގައި ނުބައި މީހަކު އުޅުނަސް ޝާމިރާ ފަދަ ނުބައި މީހެއްނުދެކެއެވެ.
އިބްތިޝާމް ނައިނާއަށް އެހީވާނެކަމާއި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނުމުން ނައިނާ ޝުކުރުދެންނެވިއެވެ. ނަމަވެސް އިބްތިޝާމް އެދުނީ ފުލުހުންނަށް އަންގާ އިންސާފު ލިބެންވާގޮތަށް ހޯދުމަށެވެ. ނައިނާ ނޫނެކޭ ބުންޏެވެ. އަދި ޝާމިރާ އަކީ ކިހާވަރެއްގެ މީހެއްކަން އެނގި އެކަމުން ސަލާމާތްވާނެކަމަށް ބުންޏެވެ. ޝާމިރާ އެރޭ އޭނާ ދޫކޮށްލަމުން ބުނި އެއްޗަކީވެސް އެއީއެވެ. “އޭނާ ބުނި އަހަރެންނާއި ދިމާލަށް، އެއްވެސް ހެއްކެއް އަހަރެން އަތުގައި ނެތްއިރު ޝާމިރާ އެމީހުންނާއި ހަވާލުކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނޭ.. އެބުނީ ތެދެއް.. އަހަރެން އަތުގައި ހެއްކެއް ނެތް.. އެކަހަލަ ޅައެއްޗެއް އަޅައިގެން އަނެއްކާވެސް ޝާމިރާއަސް މޮޅު ލިބޭކަށް އަހަރެން ބޭނުމެއްނޫން.. މިހާރު ރާއްޖޭގައި ފައިސާއިން އެތަށް ކަމެއްކުރެވޭ…” ނައިނާ ބުންޏެވެ. ޝާމިރާއަށް ހައްޤު އަދަބު ދެވޭނީ ހަމައެކަނި ނައިނާއަށް ކަމަށް ބުނެ އެދެމީހުން ލައްވުވާ ވައުދު ކުރުވީ އެއިން އެއްވެސް ވާހަކައެއް އިތުރު މީހެއްކައިރި ނުކިޔުމަށެވެ. ދެން ފެށިގެންދިޔައީ ނައިނާ ރާއްޖެ ގެންދިޔުމަށް ވާންޖެހޭ ތައްޔާރީތަށްވުމެވެ. އިބްތިޝާމް އޭނާގެ އިންޑިޔާ ރައްޓެއްސެއްގެ އެހީގައި އެކަން ނިންމާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.






Salaaam ??
Sorry if its not going the way you guys want but all these parts r completed. And there’ll come good parts too. And mi hama story ihna goii. 😉
Thankyou ?
Midhen huss haasaru gandu . I used to love ur stories. But now hadi
waahaka dhigu kuran wegen liyaane ehcheh neygigen hindhi serial akah hadhaifi mi waahaka
Kithah part himeney mi story ga.. varah reethi ????❤️❤️??
Me first… Run thankolheh dhigu kohlinama.. Anyway v salhi
foohi . maa haasaru dhigy
No. Salhi.
HADI HAMA
Nice waiting for next part
Alhey me first …. vvvvv rythi story .. plx plx nyna ah ehen nuhadhachchey ehaa goaskameh eyna lavva nukuruvachchey …..
Midhen koacheh…foohi… budhi gabooleh nukurevey… kamaku nudhey …v foohi vrjjr
Woww me first…
Wow….. Thanks vara vara salhi..dhn naina ah dheraeh nudheche plz
me first dhw
nice whwn next part
Wow I love this story. Bunaa gadiah up kuraathi v v v happy ?????
v reethi
Yey.. me first
Superb.
Alhe thi emmn kehkoba dhw naina ah mihaaru othy baaru dhn oi part ga saamira ekani huhta naina fenna going hadhaaba ryn any way nice story.. Loabivey ?
Me 1st tha??
Foohi,fooohiii…..maa dhigy.ekam mi part dhn OK….☺?
Kamaku nudhey mihaaru kurin varah rythi.
V reethi thanks
Alhe dhenn aizan ah igenn vehjje ehnunn naina noonkann gohii ☺☺mibaii vvv ryth avahah 3kudhinn ehkohfa vaahaka majaa kohlabala????
Miharu hadi mivahaka abadhu meehun maran ulheythee
Alheyy. Thankolheh dhigukoh llinama…
.. cant waitfor next partt..
By the way varah rythi❤
Interesting ???
Very nice When next part????????????? GOOD NIGHT
Vvvv reethi thankolheh avahah please please
Wow vvvv reethi
bt Nainaa lavaa gos gotheh nahadhaathi shamira ah plx plx Shamira viyas polihaa havaalu kuranyy ey run salhi vaane I hope you will understand good night ? ly more
Nainaa Badhal hifan ulhuneh kamaku adhives eynage heyo visnun eba hurithaa. Eynage sababun maruvi meehunnah dhuvaa kure adhi eynage dharifulhu rangalhu meehakah veythow dhuaa kure. Mi dhiya part ah fahu furathama heekury nainaa dhuniye ah moyavee kamah. Btw waiting for next part. Mi stry hama varah reethi. Adhi v v v happy daily koh konme dhuvahakuvess part eh up kohdheythee.
How many parts left
Wow ? Hama bunaane ehcheh neyngifa mihury story Hama habeys ???? Ly ryn ??❤️️?
Midhiya part ge cmnts ah rply nukoh aneh part!!!hama cmnts akiii ehaa beykaaru ehchehtha?dhen nuuniyyaa y?
Thigen dhen mihaaru kyhkurany? hama 100% hindi tv series eh hyvany. but anyways, tele series ves balanynu mi ves kiyaany cause though there are a few unbelievable things going on, kiyaalan okay.
Salhi keep it up
Aizan I hate u…….naina dhn aizan ah maaf nukuraathi
Varah reethi mi baives.. ??Naina and Aizan change v ma dhera ves vey..? ekm Ryn liyan beynun gothakah dhw liyaanee..Emme beynun vaa gothah story mihaaru kuriah nudhiyas Ryn ge story eh v ma reethi vaanekan igey.. I have been reading ur stories from the beginning.. All the stories are just perfect..And eh story ah vure aneh story ragalhu kan faaga kurevey..Keep it up! ?☺
By the way mi story nimen kairi v tha??Nimen beynun vaathee eh noon igey.. just curious as this story is taking unpredictable twists and turns..????
Good night. Ly.tc.. ?
Mee reethi vaahaka eh fehshigen mikiyanee foohikameh nethi dhen bune lan beynun vanee adhi ves dhigu kohlaashey
hihvaru gadha anhen kuhjeh ragalhu hyki hodhaagen aizan ge kurimathiga hyki dahkaa adhi shamiraa ah hahgu adhabu dhi dhen aizan nainaage dhiri ulhumah gen naany kameh neh eykamaku dharifulhuge hahguga ekan ves kuran eybajyhy dho vvvv salhi
Dhn Aizan eiee moya eh tha….samiraa bunaa konmme eccheh gabool kuran…atleast dharifulhu nubalaan Ella nulaane kamah gabool kuran vaane dhw..5 yrs vandhen ekani beli dhariyeh viyya…aizan dhuvahakuves nainaa dheke loabi nuvey. ..loabi vi nama konmmes varakah ithubaaru kuraane…nainaa eh noon dhw marry kuran edhi aadheys kuree..aizan aadheys kuree dhn samiraa bunaa haa eccheh aizan gaboolu kuran
can you just stop this and nainaa ah rangalhu goyy hadhan veyje eyh nun. maa over veyfa miothi
Mihaaru vahtharee aneh vaahaka a…meehun maraahithun moya vefa meethi miothy… naina eyna maraifiya naina nuwi ragalhu anhenakah…dheen ehgaduntha eyna ugenuny…eyrah naina beynun viyas naina akah dharifulheh ves aizan ehes nulibeyne… ehaa reethi vaahaka eh hadi kohy thi
Just woow
Konme vaahaka ehga ves haasaru hunnane ekm mee mihaatha nah kiyun enme haasaru kida vaahaka
Anyways v v reethi vaahaka and badhalu hifan naina shamira marantha ulhenee?? Eyrun ainaa yo??
Sameera marailaagen aminlayan jalandhaan jeheygoyy nuhadanchey ryn. Erunvaahakaige foorikedunee.Nainaa akee mulhiduniyeanh misaalen kaman dhankanvaanee.vahaka varan reethi.Aizan nananves eynaage abimeehaage theduverikan egen vaane.Adi enfaharu naina aai Aizan gulhuvan vaane.
vara foohi mihaaru gabool nukurevey kahala kanthatha vaahakaiga vanee .
varah obi story eh mee. mibai alah mikiyaaly, kuryge baithah kiyaalaa hih vejje
hadi
maariyaa dheke loabivaanama eynaa ge fahu vasiyyaih handhaan hunnaane