Skip to content
އެސްފިޔަ

ނޭގޭހޭ؟

ދިރިއުޅުމަކީ އުފާވެރި އެއްޗެއްކަން ތިބާކަން ހަދާދެނީ ހަމަނޭގޭހޭ؟
ކޮންމެދުވަހަކު ލޯމަތީގަ ތިބާގެ ސޫރައުޅޭކަން ހަމަނޭގޭހޭ؟
ކޮންމެ ރެޔަކު ހުވަފެނުގަ ތިބާކެނޑި ނޭޅި ފެންނަކަން ހަމަނޭގޭހޭ؟
ނޭވާލާ ކޮންމެ ފަހަރަކު ތިބާގެ ހިތްގައިމުވަސް ދުވާކަން ހަމަނޭގޭހޭ؟
މިހިތުގެ ވިންދުވެސް ތިބާގެ ނަން ކިޔާކަން ހަމަނޭގޭހޭ؟
ތިބާގެ އެންމެ ބަލާލުމަކުންވެސް މިހިތް ގެނބޭކަން ހަމަނޭގޭހޭ؟
ތިބާގެ އެންމެ ހިނިތުންވުމެއްވެސް މިހިތް ފުރާލާކަން ހަމަނޭގޭހޭ؟
ތިބާ ދުރައްދާ ކޮންމެ ފަހަރަކު ފެންނާނެ އިރަކަށް މިހިތް ކެތްމަދުވާކަން ހަމަ ނޭގޭހޭ؟
ތިބާހިނދުކޮޅަކަށް ނަމަވެސް ފެންނައިރަށް ލޯބިކޮށްލުމަށް މިހިތްއެދޭކަން ހަމަނޭގޭހޭ؟
ތިބާގެ އަތުތެރޭގަ ވާއިރު ހުރިހާ މާޔޫސްކަމެއް ފިލާދާކަން ހަމަނޭގޭހޭ؟
ތިބާޔާ ދުރުގަ އުޅުމަކީ މިހިތައް ކެތްވާ ވަރުގެ ކަމެއް ނޫކަން ހަމަނޭގޭހޭ؟
ތިނޫން ބީހުމަކަށް މިހިތްއިޖާބަ ނުދޭކަން ހަމަނޭގޭހޭ؟
ކިތަންމެ ކުޑަވަގުތުކޮޅެއް ލިބުނަސް ތިބާޔާއެކު ހީސަމާސާކޮށްލަން ހިތްއެދޭކަން ހަމަ ނޭގޭހޭ؟
ތިބާޔަކީ މިހިތުގެ ހިތްހަމަ ޖެހުމާ އުފާކަން ހަމަ ނޭގެހޭ؟

 

Comments (5)

  1. maroon

    Wow. Mihaaru egijje. Vaahaka ah vure lhen kiyaa hiyvey. Heekurain ginain fennaane kamah ?

  2. Adha?

    Hehe.. dhen mivarah keema knme kujjakah ves engeyne??.. varah reethi mi lhen.. love it sooooo much..?❤

  3. daan

    mihaaru ingihjje

  4. thohoo

    thanks a lot every one. happy that you all liked

  5. Anonymous

    neygeyhey ther innani nuni nengey hey ther..

Comments are closed.