Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޖިސްމު (2)

Shazam Level 1
October 10, 2017 2 Mins Read
11 Comments

އާޝާގެ ކޮޓަރީގެ ހަމަހިމޭންކަން ނެތިގެން ދިޔައީ ކޮޓަރި ދޮރު މަޑުމަޑުން ވިޔަސް މީހަކު ހުޅުވާލުމުންނެވެ. ނިދިފައި އޮތް އާޝާޔަށް އެކަން އިޙްސާސް ކުރެވި ނިދި ލުއިވެއްޖެއެވެ. ނަމަވެސް ހަރާކަތެއްނުކޮއް އޮވެވުނީ އެއީ ނިދީގައި އޮތްއިރު ހީވި ހީވުމެއް ކަމަށެވެ. އަދި އާޝާ ނޫން އެހެން މީހަކު މިގަޑީ އެކޮޓަރިޔަށް ނުވަދޭވެނެ ކަމުގެ ޔަޤީންކަންވެސް އޮތީމައެވެ. ގައިން ހީބިހި ނަގައިގެން ދިޔާއީ ދެން އިވުނު އަޑަކުންނެވެ. އާޝާގެ ކޮޓަރީގެ ދޮރު ޖެހިއަޑެވެ. ސިހިފައި އެދިމާ ބަލާލެވުނީ ގަނެފައި ހުރި ބިރަކުންނެވެ. ފެންނަނީ ކަޅުހިޔަންޏެކެވެ. ފިރިހެނެވެ. މަޑުމަޑުން ކައިރިވާކަން އެގުމުން އާޝާ ތެދުވެ ފަހަތައް ހެޖިލިއެވެ. ކުރާނެ މާގިނަ ކަންތައްތަކެއް ބިރުގަނެފައި ހުރި އާޝާ ގެ ހިތަކަށްނައެވެ. ގޭގައި އެހީއަށް އަދި ގޮވުމުންވެސް ދެންއަންނަން ހުންނާނީ އާޝާގެ ކޮއްކޮ ޝިބާ އެކަންޏެވެ.

އުމުރުން އެގާރަ އަހަރުގައި މަންމަ އާއި ބައްޕަ ދުނިޔެއާ އަލްވަދާއުކުކީ ވަރައްވެސް ބޮޑު ޒިންމާ އާޝާޔާ ހަވާލުކޮއްފައެވެ. އެއީ އާޝާގެ ކޮއްކޮ ޝިބާއެވެ. ޔަތީމު ހާލުގައި ކޮއްކޮ ބާލާބޮޑުކޮއްފައި އެހުރީ އެތައްގުރުބާނީތަކަކާއި ވޭންތަކެއް އުފުލައިގެންނެ. ހިތި އެތައް ތަޖުރިބާތަކެއް ކޮށްގެންނެވެ. އެހެން ކަމުން މި ދަޑިވަޅުގައިވެސް ޝިބާ އެހީއަށް އަތުވެއްޖެނަމަ ކޮއްކޮވެސް މި ކަމުގައި ބެދިގެންދާނެކަމުގެ ބިރު އޮތުމުން ހަނުހުރެ އާޝާ ލޯމަރާލިއެވެ. ކައިރިވެގެން އައި ހިޔަނި މާޒީގެ އެތައް އަހަރުތަކެއް ކުރިޔައްގެންދިޔައެވެ. ހަމަ އެންމެ ބީހުމެވެ. ހިތް ކުދި ކުދިވެގެން ދިޔައެވެ. އެކަމަކުން ސަލާމަތްވެގެން ހުރިކަމަށް ހީކޮށްހުރި ކަންތައް ތަކުރާރިވެގެން ދިޔައެވެ. ކައިރީގައި ހުރި ނަފްސް އާޝާޔަށް އެގެއެވެ.  އެހަޔާތުގެ މައުސޫމުކަމަށް ހިޔަނިއެޅި ވިލާގަޑެވެ.

 

އާޝާގެ އުމުރުން 11  އަހަރެވެ. އުފާވެރި ހަޔާތެއް އުޅެމުން އަޢީ ލޯބިވާ މަންމަ ޢާއި ބައްޕަގެ އިތުރުން އާޝާޔަށްވުރެ 5އަހަރު ކުޑަ އަންހެން ކޮއްކޮ ޝިބާޔާއި އެކީގައެވެ. އާއިލާ އަކީ މުއްސަދި އާއިލާއެއް ނޫންނަމަވެސް ދަތިކަމެއް އާޝާ މެންނަކަށް އިޙްސާސެއްނުވެއެވެ. މަންމަ އާއި ބައްޕަ އެ އިޙްސާސުވިޔަކަ ނުވެސް ދޭނެއެވެ. އަދި އެންމެ ކުޑައިރުން ފެށިގެންވެސް އެދިރިއުޅުމަށް އާދަވެފައިވާތީ މާމޮޅު އަދި ގިނަ އެއްޗިސްއަކަށް ކިޔައެއްނޫޅެއެވެ. އާއިލާގައި އާޝާ އަށް އެގިގެން އެހެންމީހަކު ނުހުރެއެވެ. ނަމަވެސް ކޮންމެސް ބޮޑުބޭބެއެއްގެ ވާހަކަ މަންމަ ކިޔާ އުޅެވެ. އިގެނީ ކޮންމެސް އެހެން ރަށެއްގައި އުޅޭކަމެވެ. އިތުރު އެކައްޗެއްވެސް ނޭންގެއެވެ. އެހެން ކަމުން އެންމެސް ދެކިގެން އައީ އެ އާއިލާ އަކީ އެންމެ 4 މީހުންގެ ތިބޭ އާއިލާއެއް ކަމުގައެވެ. އުފާވެރި އެކުޑަ ކުޑަ އާއިލާ ސިހުމަކަށްގެނައީ އާޝާގެ މައިންބަފައިންގެ ކުއްލިމަރެވެ. ރަށުގެ ކައުންސިލުން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުގެ ނަތީޖާކަށް ވެގެން ދިޔައީ ކާނާ ވިހަވެގެން ކަމަށެވެ. އާޝާ އުމުރުން ކުޑަނަމަވެސް ހިތުގައި އެވަގުތުވެސް އުފެދިގެންދަޔައީ ހަމަ އެންމެ އެހާމެ ބޮޑު ސުވާލެކެވެ. އާޝާ މެންނަށް އެކާނާ އަކުން އަސަރު ނުކުރީ ކީއްވެހެއްޔެވެ؟ މަންމަމެން އާޝާމެންނަށް ނުދީ އެހެން އެއްޗެއް ކެއީބާއެވެ؟ އާޝާމެންގެ ހަޔާތް ފުޑު ފުޑުވެގެން ދިޔައީ އެވެ. އަޅާލާނެ މީހެއްނެތެވެ. ނަމަވެސް ކައިރި ރައްޓެހި ގެތަކުން ހާލު ބަލާއެޙީ ފޯރުކޮއްދެއެވެ. މުޅި ދުވަސް ހޭދަކުރަން ޖެހުނީ ރުއިމުގައެވެ. ނުވަތަ މޮޅިވެ ގަބުވެ އިންދެއެވެ.

މަންމަމެން ވަކިވީ ފަހުން މަހެއްވެ ހިގައްޖެއެވެ. ނަފްސާނީ ހާލަތައްބަދަލެއް ނާދެއެވެ. ނަމަވެސް 6 އަހަރުގެ ކޮއްކޮ ޝިބާގެ ކަންތައް ކުރަމުން އަޢީ އެދުވަހުން ފެށިގެން އާޝާއެވެ. އެގޮތައް ދުވަސްތައް ގުނަމުން ދަނިކޮއް އެއްދުވަހުގެ މެންދުރު ވަގުތު ވެގެން ދިޔައީ ހަޔާތް އަނެއްކާވެސް އެހެން މަގަކަށް ގެންދިޔަދުވަހަކަށެވެ. އާޝާގެ ކޮއްކޮއަށް ކާންދޭން އިންދާ ބަޔަކު ގެޔަށް ވަދެގެން އަންނަތަން ފެނުނެވެ. އާޝާ އިނީ ގޯތިތެރޭ ހައްދާފައިވާ ބަބުކެޔޮ ގަސް ދަށުހރި ޖޯލިއެއްގައެވެ. އެމީހުން ވަދެގެން އައިސް އާޝާ އިން ޖޯލިއާ ހަމަވުގެ އެއްފޫޓުވަރު ކުރިން ސާލާމް ގޮވާލިއެވެ. އާޝާގެ ހިތް ނުތަނަވަސް ވީ ދެން ބުނިބަހަކުންނެވެ. ” ކޮއްކޮމެން ބަލާ މިއައީ” ހިނިތުންވުމަކާއި އެކު އެމީހުން ތަކުތެރޭގައި ހުރި ފިރިހެނަކު ބުނެލިއެވެ. ބޭއިހްތިޔާރުގައި އާޝާ ކޮއްކޮ ގަޔާ ކައިރިކޮއްލިއެވެ. ހިތްބިރުގަނެފައި ހުރީމައެވެ. ނުދަންނަ ބަޔަކު އެގޮތައް އައިސް ބުނުމުންނެވެ. އެތަނުގައި ވަރަށް ރަސްމީކޮން ތިބި ދެމީހުން ތިއްބެވެ. ސަރުކާރުން އާޝާމެން އެހެންތާކަށް ގެންދަނީކަމަށް ހީވެ މީހާ މޮޅިވެއްޖެއެވެ. އުފަންވީ ދުވަހުންފެށިގެން އުޅޭ ގެވެސްދޫކޮށްދާން ޖެހުނީއެވެ. ދެންވާހަކަ ދެއްވީ ކައިރީގައި ހުރި އެހެން މީހެކެވެ. “އަޅުގަނޑުމެން މީ މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން، މިހިރީ ތިޔަކުދިންގެ މަންމަ ފަރާތު ބޮޑުބޭބެ.”

Share Article

Follow Me Written By

Shazam

Level 1

Other Articles

Previous

އީލާމް -11

Next

ހަވޭލީ (2)

Next
October 10, 2017

ހަވޭލީ (2)

Previews
October 10, 2017

އީލާމް -11

11 Comments!

  1. sweetie. says:
    October 10, 2017 at 12:37 pm

    Alhe haadha kurey.

  2. khajja says:
    October 10, 2017 at 1:11 pm

    Stry rythi akamaku haadhahaa kurey dhw??

  3. kokaa says:
    October 10, 2017 at 1:28 pm

    Reethi?

  4. sana says:
    October 10, 2017 at 1:46 pm

    Nice akamaku kuru ?

    1. Asley says:
      October 10, 2017 at 2:22 pm

      Vaahaka vr salhi ehkam maakuruveema foohi

  5. yaloon says:
    October 10, 2017 at 1:50 pm

    DHN MIYAH VURE DHIIGU KOHGENESDHE VEY KAH NEIYY THA…

  6. Maikaa says:
    October 10, 2017 at 2:47 pm

    varah reethi. than kolheh dhigukohla dhiniyyaa varah rangalhu.. intresting story eh …

  7. $JK..KOREAN says:
    October 10, 2017 at 6:03 pm

    v salhi. interesting story eh.. good luck

  8. Nash says:
    October 10, 2017 at 7:49 pm

    Masha feney liyan nukerenyaa nuliye huttaalan. Muskulhin bune ulhey mekunu fumunakas gaahaka akah nufume veyne ey…

  9. someone says:
    October 10, 2017 at 8:34 pm

    mives vaahakaige trailer eh dhw…vaahaka varah reethi ekam miah vuren dhigukon genesdhiibala…thigothah genes dhenya ok up nukuriyas..vaahaka varah reethi…

  10. Aisha says:
    October 10, 2017 at 8:59 pm

    Varah reethi vaane hen heevey… But the storh is too short…

Comments are closed.



All Right Reserved!