ހުރި ގޮތް
ސިއްސައިގެންގޮސް ހޭލެވުނީ ޖެހިގެން ހުރި ގޭގެ ދެމަފިރިން، މާނަފުން ބަސްތަކުން ލޯބީގެ ޝުޢޫރު ފާޅުކުރާ އަޑަށެވެ. މިގޮތަށް އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލުމަކީ އާންމުކަމެކެވެ. ހައްލު ނުގެނެވިފައިވާ ބޮޑު ބޮލުގެ ރިހުމެކެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. އެވެސް ލޯތްބެވެ. އެމީހުންގެ ލޯބި އެކަކު އަނެކަކަށް އަންގައިދޭ ގޮތްކަމުކައި ވެދާނެއެވެ.
ހަމަ ނިދި ނުލިބުމުގެ ސަބަބުން މޫޑު ސަކަރާތްވެފަ ހުރިވަރުން ފިރިމީހާ ކައިރީގަ ނެތްކަންވެސް ރޭކާލީ އެނދުގައި ދެކޮޅަށް ފުރޮޅިލި ފަހުންނެވެ.މިހާ ދަންވަރުވެސް ފިރިމީހާ އަހަރެން އެކަނި ދޫކޮށްލާފައި ދާނީ ކޮންތާކަށްކަން އަހަންނަށް ހަމަ ރަނގަޅަށް އެނގެއެވެ. ކުރެވޭނެ އިތުރު ކަމެއް ނެތުމުން ހިތާހިތާ ކުނޑިކިޔާލެވުނެވެ. އިތުރު މާޔޫސްކަމާއެކު،މިރޭ އިތުރަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހޭނެކަން ޔަގީންވާތީ، އެނދުން ތެދުވެގެން ގޮސް ބެލްކަނީގެ ކުޑަދޮރު ހުޅުވާލީމެވެ. ކާރޫބާރު މަގުތަކަށް ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް އައިސްފައިވެއެވެ. އުޑުމަތި ސާފު ރެއެއްކަމުން ތަރިތަކުގެ އަލިން އުޑުމަތި ވަނީ ދިއްލިފައެވެ. ހިތުގައި ކުޑަރިހުމެއް އުފެދުނީ މިކަހަލަ ހަނދުވަރުދޭ ރޭތަކުގައި ފިރިމީހާއި ދެމީހުން ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންވުމުންނެވެ. މެންދުރެއް ދަންވަރެއް ބެލުމެއް ނެތި ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ހޯދައިގެން ދުއްވަންދާ ހަނދާންވުމުންނެވެ. ބައެއްފަހަރު ޖެހިގެން ހުރި ގޭގައި އުޅޭ ދެމަފިރިންގެ ކޯޅުންތައް ލޯބީގެ ގޮތުގައި ސިފަކުރެވެނީ އެގޮތަށް ޒުވާބުކުރަން ނަމަވެސް އޭނާގެ ފިރިމީހާ ކައިރީގައި ހުންނާތީއެވެ.
މާޔޫސްކަމާއެކު ކޮޓަރިތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ޤަބޫލުކުރަން ދަތިވެގެން ލޯ އުނގުޅާލީމެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކުޑަމޭޒު މަތީގައި ބާއްވާފައިވާ ތާޒާ ރަތް ފިނިފެންމާ ނަގައި ބޮސް ދިނީމެވެ. އަދިވެސް އަހަރެމެންގެ ލޯތްބަށް ބަދަލެއްނާންނަ ކަމަށް ހިތަށް ވިސްނައިދެމުން މަލާއި އެކުގައިވާ ނޯޓު ކިޔަން ފެށީމެވެ. އެއީ ދެވަނަ މީހެއްނޫނެވެ، އަހަރެންގެ ފިރިމީހާ ނިޝާންގެ ލިޔުމެވެ.
ލޯބިން ގަތާފައި އޮތް ބަސްކޯނީގެ ތެރެއިން ވެސް އަހަންނަށް ފާހަގަވީ އޭނާގެ ބަންޑާރަ އުޒުރެވެ. ކިތަންމެ ފަށުވި ކުރަން އުޅުނުކަމަށް ވިއަސް ހަމަ ވާނީ އެއްގޮތެވެ.
ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަވަސް އަވަހަށް ބެލްކަންޏަށް ނުކުތީމެވެ. ޝައްކު ޔަޤީނަށް ބަދަލުވިއެވެ. މިއޮއް ހުރިހާ ދުވަހު ބުރަމަސައްކަތުން ހެއްދި ފިނިފެންމާގަސް ހުރީ ނޮޅާލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައި ރުޅިން ދާގޮތަށްގޮސް ގުދަނުގައި ހުރި ޑޮލަރު ގޯނި މަގުމައްޗަށް އޮއްސާލާފައި ދިވެހިރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގެނެސް މަގުމެދުގައި ބޮޑު ޕްރެސް ކޮންފަރެންސް އެއް ބާއްވާނަމޭ ހިތައް އެރިއެވެ. ބެލްކަނިން ނުކުންނަން ނެގި ފައި އެޅުނުގޮތުން ކައްސާލައިގެން ގޮސް އަނގަވަތަށް ވެއްޓިއްޖެއެވެ.
ސިއްސައިގެން ހޭލެވުނީ ތަޅުންގަނޑު މައްޗަށް މީހާ ޖެހުމުންނެވެ. ވީ ތަތުން “އައްދިއްޔޯއި” އޭ ބުނެލެވުނެވެ. މި ފެނުނީ ހުވަފެނެއްކަން ރޭކާލީ ދެނެވެ. އޭރުވެސް ނިޝާން އެނދުމަތީގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ދުމަށް ބަޑިއެއް ޖެހިއަސް އޭނާ އެއް ނުހޭލާނެއެވެ. ރިޝްވަތުން ފުރާލާފައިވާ ސިނގުބަނޑު ދެކެ ކިތަންމެ ފޫހި ވިއަސް އަހަންނަށް މިނޫންގޮތެއް ނެތެވެ. އެއީ އެންމެންގެ ކުރިމަތީގައި އެންމެ އިޙްލާސްތެރި ޞާލިހް ނަޒާހަތްތެރި ވެރިޔާއެވެ.
-ނިމުނީ-
16 Comments!
Comments are closed.

Wow! Story is very nice?????????????????
Story best???
Dhn ok
varah majaa n varah salhi.. ibaaraaiyy tha genessa huri goih v funny . whn nxt part?? 🙂
I don’t get
Vaahaka dhn nimunee mi dhw???
hehe. nice. i like it. wish there was a bit more.
Shalhi v shalhi
am i the only one who dont get this??
me too
dhivehi kiyan neygenii tha $JK..KOREAN ah…
Hahahah dhogehvx nuuney.. numuny dhw.. ekam haadha kureyyy. mee dhn vaahakaeh? goaheh nuun.. heheh someone. $jk ah ingey dhivehi vx 😉 korean vx 😉 dhn kihineh ingeynee ehaa kurukoh nimmaalaane kameh. ethankolhu nufennyvx ehnve kanneyne 😀
Hey dude… this is a place to comment about the story.. NOT the readers… better watch out
🙂 🙂 its ok..
but you are right shudha.. 🙂
what kind of story.kind of nice. and kind of physco.