Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް (ފަހުބައި) އެޕިސޯޑް 36

Ushaali Level 810 Stories100 Comments100 Stories500 Comments
October 7, 2017 19 Mins Read
60 Comments

އެއްފަހަރު ދޮރާއި ދިމާލަށް އަނެއްފަހަރު ބީހާލް އަށް ބަލާލަމުން ރަޔާހީން ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އެތެރެއަށް ވަން ރައިނީ ފެނުމުން ރަޔާހީން ގަދަކަމުން ހީލިއެވެ. ވަގު ލޮލުން ބީހާލް އަށް ބަލާލަމުން ރައިނީ އަށް ނުފެންނާނެހެން އެއްއަތުން ތެމިފައިވާ ލޯކައިރި ފޮހެލިއެވެ.
ހީން… ދެންމެ މިއާދެވުނީ. ކޮބާ ފޯނު. ފޯނަށް ވެސް ގުޅައިފިން. ހިނގާ ތިރިއަށްދަމާ ސައިބޯން. ހުރިހާ މީހުން އެބަތިބި” ރަޔާހީން ކައިރީގައި ހުއްޓެމުން ރައިނީ ބުނެލިއެވެ.
“މިދަނީ ބޭރަށްދާންވެގެން. ރެޑީވާން ހުއްޓައޭ ކޫއްތަ ތިއައީ… މެންދުރު ތަންކޮޅެއް ރަނގަޅަށް ކެވުނީމަ އަދި ބަނޑުހައެއްނުވޭ” ރައިނީ އަށް ބަލާލަމުން ހީލާފައި ރަޔާހީން ބުނެލިއެވެ. ރައިނީ ވެސް ހީލާފައި ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.
” ތިބުނީ އަހަރެންގެ ސަބަބުންނޭތަ އިރުފާން ދޮންތަ މަރާލީ… އަހަރެންގެ ލޯތްބަށްޓަކައޭތަ؟ އެހެންވީމަ ދޮންތަގެ މަރުގެ ޒިއްމާނަގަންޖެހޭނީ އަހަރެންތާ” ލަސްލަހުން ރޮވެމުންދިޔަ ރަޔާހީން ބުނެލިއެވެ.
“ނޫން… އެއްގޮތަކަށް ވެސް ހީން ތިހެން ހީނުކުރޭ. މިވަގުތަކީ އަމިއްލަ ނަފްސު ކުށްވެރިކޮށް ހިތާމަކުރަންވީ ވަގުތެއް ނޫން. އަހަރެންގެ ފަރޫ މިދުނިޔެއިން ނެތިކޮށްލުމަށްފަހު ކުށްވެރިޔާ އުފަލުގައި އުޅޭތަން ބަލަން އަހަރެންނަކަށް ކެތެއްނުވޭ. އެ އިންސާނާ ފެންނަ ހިސާބަށް ދާން ވެސް އަހަރެން ބޭނުމެއްނޫން. އަހަރެންގެ ފަރޫ އަށް ވެވިފައިވާ ވަޢުދެއް އަހަރެން އަތުން އުވާލާކަށް ބޭނުމެއްނޫން……” ބީހާލް ދެކޮޅަށް ހިނގަމުން ރަޔާހީނަށް އިތުރަށް ކިޔާދެމުން ދިޔައެވެ.
“އަހަރެންގެ ދޮންތަ ލޯބިވޭތަ ބީހާލް ދެކެ” ރަޔާހީން އެނދުގައި އިށީންނަމުން ބީހާލް އަށް ބަލާލާފައި ބުނެލިއެވެ.
“އަހަރެންގެ ފަރޫ ވަރަށް ރަނގަޅު. އަހަރެންގެ އެހީތެރިކަމަށް ފަރޫ ބޭނުންވީ ފަހަރެއްގައި ވެސް ފިރިމީހާ އަށް ބޭވަފާތެރިވާކަށް ނޫން. ނަމަވެސް ވަގުތާއި ހާލަތު އޭނަ އަށް މަޖުބޫރުކުރީ. ކުޑަކުޑަ ދެކުދިންނާއި ، އޭނާގެ ނިކަމެތިވެފައިވި ހަށިގަނޑު ވޭންތަކުން މިންޖުކުރުވުމަށްޓަކައި އެދެމެދުގައި ހުރަހަކަށް ވެގެން އަހަރެން ހުންނަން ޖެހުމުން އަދި ފަރޫ އަށް އިރުފާން ކުރިމަތިކުރަމުންދާ ކޮންމެ އަނިޔާއަކުން އެއްފަރާތް ކޮށްދޭތީ ފަރޫ އަށް ނުވެސް އެނގި އެހިތުން އަހަރެންނަށް ޖާގައެއް ހުސްކުރެވުނީ. އެކަންވާނީ ވެސް އެގޮތަށްކަން އަހަރެންނަށް އެނގޭ” ބީހާލް ކިޔާދެމުން ދިޔަ ވަރަކަށް ރަޔާހީން އެއްވެސް ފޫހިކަމެއްނެތި އަޑުއަހަމުން ދިޔައެވެ. ރަޔާހީންގެ ލޮލުން ކަރުނަ ހުސްވެފައިވިއެއް ކަމަކު މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ މާޔޫސް ކަމެވެ.
“ދެން އަހަރެން ކިހިނެއްހަދާނީ….. އަހަރެންގެ ދޮންތަ އާއި ދެކުދިންނަށް އަދި މި އާއިލާ އަށް އިންސާފު ލިބެން އަހަރެން ބޭނުން. އެކަމަކު އެކަން އެގޮތަށްވާނީ އަހަރެން ކިހިނެއް ކަންތައްކުރުމުން ކަމެއް އަހަރެންނަކަށް ނޭނގޭ” ދެކަކުލުގައި ބޯއަޅާލަމުން ރަޔާހީން ބުނެލިއެވެ.
“އަހަރެމެންނަށް ކާމިޔާބު އަދި ލިބޭނެ. އަހަރެން ބުނެފާނަން ގޮތެއް. މިގޮތަށް ކަންތައްކުރެވޭނީ ހީން އަށް. ހީން ނޫނީ މި އާއިލާގަ އެކަންތައް އެގޮތަށް ކުރެވޭނެ އެއްވެސް މީހަކު ނެތް. އެކަންތަކަށް ހީން އެއްބަސް ވާން ޖެހެނީ ދެވަނަ މީހެއްގެ ހިތް ރޮށްވާލާފައި” ބީހާލް ރަޔާހީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“އެއީ؟ ކާކު؟ ކޭވީތަ؟ އަހަރެން އިރުފާނަށް އާބަސް ބުނަންވީތަ؟” ބީހާލް އަށް ބަލާލަމުން ރަޔާހީން ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. ބީހާލް ބޯޖަހާލުމުން ރަޔާހީން ނޫނެކޭ ބުނެ ދެފަރާތަށް ބޯތަޅުވަމުން އަނެއްކާ ވެސް ދެކަކުލުގައި ބޯއެޅިއެވެ. ރަޔާހީން އަޑުންއަޑު ނަގާ ރޯމަންޒަރު ފެނި ބީހާލްގެ ހިތަށް ވެސް އަސަރުކުރިއެވެ. އެވަގުތު ވެސް އޭނާގެ ހަނދާނަށް އައީ ލޯބިވާ ފަރުހީނެވެ.
“ހީން…. ނުރޮއި. މިކަން ކުރަން ހީން އަށް ވަރަށް އުނދަގުވާނެ. އެހެންވީމާ މިގޮތް ދޫކޮށްލާފައި އެހެން ގޮތަކަށް ރާވަމާ ހިނގާ. އަހަރެން ވެސް ހީންގެ ހިތް ހަލާކުކޮށްލައިގެން އަހަރެންގެ ލޯބީގެ ބަދަލުހިފާކަށް ބޭނުމެއްނޫން. އެއީ އިންސާފެއްވެސް ނޫން” ރޮމުން ދިޔަ ރަޔާހީންގެ އިސްތަށިގަނޑުގައި ފިރުމާލަމަން ބީހާލް ބުންޏެވެ.
ނޫން… ނޫން… އެއީ ހަމައެކަނި ބީހާލްގެ ލޯތްބެއް ނޫން. އެއީ އަހަރެންގެ ދޮންތަ. އަހަރެންގެ އެންމެބޮޑު ހިތްވަރު. އަހަރެންގެ ދެވަނަ މަންމަ. އަހަރެން ތިގޮތަށް ކަންތައްކުރާނަން. ބީހާލް މިގޮތާއި ނުރުހުންވިޔަސް އަހަރެން ކަންތައްކުރާނީ ހަމަ ތިބުނި ގޮތަށް. އެކަމަށްޓަކައި އަހަރެންގެ ކޭވީގެ ހިތް ހަލާކުކޮށްލަން ޖެހުނަސް ވަރިހަމަ” ރަޔާހީން ފުރަތަމަ ފަހަރަށް ބީހާލް އަތުގައި ހިފައިގެން އިނދެ ބުނަމުން ދިޔައެވެ.
“ހީން އަދި އެއްފަހަރު ވިސްނާލަބާ. މިގޮތަށް ނޫނަސް ކޮންމެސް އެހެންގޮތެއް ވެސް އަހަރެންނަށް ހެދިދާނެ. އިރުފާނަށް ސަލާމަތްވެވޭނެ އެއްގޮތެއް ވެސް ނެތް” ރަޔާހީންގެ ވިސްނުން ބަދަލުކުރުމަށް ބީހާލް އިތުރު ފުރުސަތެއް ދިނީ އެގޮތަށް ކަންތައްކުރަން ބުނި އިރުން ފެށިގެން ރަޔާހީންގެ ރުޔުމަކަށް އަދި ގިސްލުމަކަށް ބަދަަލު އައިސްފައި ނުވާތީއެވެ. ހަޤީޤަތުގައި ބީހާލް ދެރަވީއެވެ.
“އަހަރެން ވިސްނުން ބަދަލުނުވާނެ. އަހަރެން ކޭވީ ދެކެ ވަރަށް ލޯބިވޭ. މިކަންތައް އަހަރެނަށް ކާމިޔާބު ވެއްޖިއްޔާ ކޭވީގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާނަން. އަހަރެން ދުނިޔެއިން އަތްދޮވެލަން ޖެހުނަސް ކޭވީގެ މާފް ހޯދާނަން” އެނދުން ތެދުވެގެން ދެލޯ ފޮހެލަމުން ރަޔާހީން ހުއްޓުނީ ޑްރެސިންގްޓޭބަލް ކުރިމަތީގައެވެ. ކުރިމަތިން ފެންނަން ހުރި އަމިއްލަ ސދޫރައަށް ރަޔާހީން ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ކުރަން އުޅޭ ކަންތަކަށް އަމިއްލަ ލޮލުން ހިތްވަރު ހޯދާކަހަލައެވެ.

******************************************
ބީހާލް އާއި އެތައް މަޝްވަރާއެއް ކުރުމަށްފަހު އެދުވަހު ހަވީރު އެއީ ރަޔާހީން ވިކްޔަން އާއި ހުރިހާ ގުޅުމެއް ކަނޑާލި ދުވަހެވެ. ކުށަކާއި ނުލާ ކަނޑު އަޑިއަށް ވިކްޔަން ކޮށްޕާ ވައްޓާލި ދުވަހެވެ. އަމިއްލަ ހިތްމަތީގައި އަތް އަޅައިގެން ރަޔާހީން ފަސްނުބަލާ ކުރިއަށް ދިޔައީ ފަރުހީންގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅަމުންނެވެ.
މަޑުމަޑުން އިރުފާންގެ ކޯލްތަކަށް ރަޔާހީން ޖަވާބުދެމުން ގޮސް ކުރިން އިރުފާނާއި ވާހަކަދައްކަމުން ދިޔަ ރޫޑް ގޮތްގަނޑު މުޅިން ކަނޑާލިއެވެ. އަދި ރަޔާހީން ވެސް އިރުފާންގެ ހިތް ރަޔާހީނަށް އިތުރަށް ޖެއްސުމަށްޓަކައި ލޯބީގެ ރީތި ވާހަކަދައްކަމުން ދިޔައެވެ. އެންމެ ފުރަތަމަ އަމިއްލަ ލޮލަށް އިރުފާން ފެނުނު ދުވަހު ބޮލަށް އަރައިގަންނަން ވެސް ހިތަށް އެރިއެވެ. އެއީ ފަރުހީންގެ ގާތިލް ކަން އެނގުނު ހިނދު އިރުފާން ދިއްކޮށްލި އަތުގައި ހިފަން ހިތް ދެކޮޅުވިއެވެ. ނަމަވެސް އިރުފާނުގެ ފިޔަވަޅުތައް ކޯޓްތަކާއި ދިމާލަށް ގެންދެވެން އޮތީ އެއަތުގައި ހިފައިގެންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން ލޯބީގެ އެކި މާތަށް ފޮޅުވަމުން އައިސް އިސާހިތަކު ކައިވެނީގެ ވާހަކަތައް ވެސް ދެކެވެން ފެށިއެވެ.
އެއްދުވަހަކު ރަޔާހީންގެ އެދުމަށް އިރުފާން އޭނާގެ އާއިލާ އާއި ބައްދަލުކުރުމަށްޓަކައި ރަޔާހީންގެ ގެއަށް އައުމުގެ މަގުމަތީގައި އިރުފާންގެ ފަހަތުގައި ސައިކަލުގައި އިން ވަގުތެވެ. އާދައިގެ ވަރަކަށް ދުއްވަމުން ދިޔަ ސައިކަލު ކުއްލިއަކަށް މަގުމެދަށް ހުއްޓާލީ ރަޔާހީންގެ ގޭ އެޑްރެސް ބުނެލުމުންނެވެ. “ކިހިނެއްވީ އިރޭ…. ” ރަޔާހީން އަވަސް އަވަހަށް އަހާލިއެވެ.
“ކޮންނަމެކޭތަ؟ އަދި އެއްފަހަރު ބުނެބަ” އިރުފާން ހީކުރީ އެއީ އޭނަ އަށް އިވުނު ގޮތް ކަމަށެވެ.
“މ.ލަކީވިލެޖް. އެނގޭ އިރޭ އަށް އެގެ އެނގޭނެކަން. ފަރުހީން އެއީ އަހަރެންގެ ދޮންތަ. އިރޭ މިހުރިހާ ދުވަސްވީ އިރު ވެސް ނުބުނެ ހުއްޓަސް އަހަރެންނަށް ހުރިހާ އެއްޗެއް އެނގޭ. އިރޭ އާއި ދޮންތަ ކައިވެނި ކުރި އިރު އަހަރެން ނެތިން. ދޮންތަ ވަރަށް ލޯބިވާނެ އަހަރެންދެކެ. އިރޭ އަށް އެނގޭތަ! އަހަރެން ނުވެސް ދެކެން އިރާ އާއި ރަހާ” ރަޔާހީން ވާހަކަދައްކަމުން ދިޔއިރު ސައިކަލުގެ ލޯގަނޑުން އިރުފާންގެ މޫނަށް އަރާ ފައިބަމުން ދިޔަ ހުރިހާ ކުލަވަރެއް ފެނުނެވެ.
“ކީއްވެ އެއްޗެއް ނުބުނެ ތީނީ. އަހަރެންނަކީ ދޮންތަގެ ކޮއްކޮއަކަށް ވީމަ ގުޅުން ކަނޑާލާންތަ ބޭނުމީ. އެހެން ނަހަދައްޗެ. އޭރުން އަހަރެންގެ މަގްސަދެއް ހާސިލެއް ނުވާނެ” ރަޔާހީން ފަހު ބަސް ބުނެލީ ލަސްލަހުން އަކުރުތަކަށް ވާން ކޮށްލާފައެވެ.
“މާމަމެން ގަބޫލުވާނެތަ އަނެއްކާ” އާބިދާ އެގުޅުމާ ގަބޫލުވާނެ ކަމާކެދު އިރުފާނަށް ޝައްކެވެ.
“ދޮންތަގެ ފިރިއަކަށް އިރޭ ވީ ކުރީގައެއްނު. މިހާރު އެއްވެސް ގުޅުމެއް ނެތެއްނު. އަހަރެންނާއި އަހަރެންގެ ލޯތްބާއި ދެމެދަށް ވަންނަން މާމަ މަސައްކަތެއް ނުކުރާނެ” ޔަގީންކަމާއެކު ރަޔާހީން ބުނެލިއެވެ. އިރުފާން ހީލަމުން އަމިއްލަ ތުނބުޅީގައި އަތް ހާކާލި މަންޒަރު ވެެސް ރަޔާހީނަށް ލޯގަނޑުން ފެނުނެވެ.

*************************************

ރަޔާހީން އިންނަން އުޅޭ މީހާގެ ގޮތުގައި އާބިދާ އަށް އިރުފާން ފެނުމުން ހުއްޓުން އެރިއެވެ. ދެކޮޅަށް އެއްޗެއް ބުނަން އުޅެފައިވެސް އިރުފާންގެ އަތާއި ޖޯޑުކޮށްލާފައި އޮތް ރަޔާހީންގެ އަތްތިލަ ފެނި އާބިދާގެ ދުލުގައި ތަޅެއް ލެވިގެން ދިޔައެވެ. ހިތުގައި އުފެދިފައިވި ބިރުވެރިކަމާއި ސިހުން އެއްފަރާތްކޮށް ރަޔާހީންގެ ނިތަށް އާބިދާ ބޮސްދިނީ އެދަރިފުޅުގެ އުފާތަކަށް އާބިދާގެ އެއްވެސް ހުރަހެއް ނެތްކަން އަންގައިދިނުމުގެ ގޮތުންނެވެ. އިރުފާންގެ ރަޔާހީނާއި އެއްވަރުގެ ބޮޑު ފިރިހެން ދަރިއެއް ހުންނަކަމާއި އަދި އެކުއްޖަކީ މެލެޝިޔާގައި ރަޔާހީން ކިޔަވަމުން ދިޔައިރު އެއް ކުލާހަކުން އެތައް އުނދަގުތަކެއް ކުރަމުން އައި މާކިލް ކަން އެނގުމުން ރަޔާހީން ހިތުގައި ބިރުވެރިކަން ހިފާލިއެވެ. ނަމަވެސް އެއަށްވުރެ ގަދައަށް އޭނާގެ ހިތުގައިވި ބަދަލުހިފުމުގެ ރޫހު މާބޮޑުވެފައި ބާރުގަދައެވެ. އިރުފާނުގެ މައިންބަފައިންނާއި ބައްދަލުކުރުމަށް އެގެއަށް ގޮސް އުޅުމުގެ ތެރޭގައި ވިކްޔަން އަކީ އިރުފާންގެ ކޮއްކޮ ކަން އެނގުމުން ރަޔާހީން މުޅިން މާޔޫސްވެ ރޮވޭގޮތްވިއެވެ. ވިކްޔަންގެ ހިތް ރޮށްވާލުމަށްފަހު ރަޔާހީން ހިފީ ވިކްޔަންގެ ބޭބެ އަތުގައި ކަމެއް މާދުރުގައި ކިޔެވުމުގައި އުޅުނު ވިކްޔަންއަކަށް ނޭނގެއެވެ.

*************************************************

ހިޔާލުތަކާއި ކުރީގެ ވިސްނުންތަކަށް ގެނބިފައި އޮތް ރަޔާހީން ހަމަބިމަށް ގެނައީ ކައިރީގައި އޮތް ފޯނުން މަޣްރިބް ނަމާދުގެ ބަންގި ދޭން ފެށި އަޑަށެވެ. ލަސްނުކޮށް ތެދުވެ ހޭވިފައިވި އިސްތަށިގަނޑު ހުޅިއެއް ޖަހާލަމުން ތުވާލި ހިފައިގެން ވަނީ ފާޚާނާ އަށެވެ. ވުޟޫކޮށްގެން ނިކުމެ ނަމާދުކޮށްލުމުން ހިތުގައި އުފެދިފައިވި ހިތާމަތަކަށް ލުޔެއް ލިބިގެން ދިޔައެވެ. ނަމާދު ދޮޅިއާއި އެކީގައި ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރައަށް ބަލާލަމުން ހިނިތުންވެލީ ވިކްޔަންގެ ހަނދާނުގައި ދެން ހިތާމަނުކުރަން ނިންމައިގެންނެވެ.

ބަނޑުގައި ރިއްސާކަމަށް ބުނެ ރޭގަނޑުގެ ކެއުމަށް ވެސް ރަޔާހީން ތިރިއަށް ނުފައިބާތީ އެކަމާއި އާބިދާ ހުރީ ކަންބޮޑުވެފައެވެ. ދުލުން ނުބުނިކަމުގައި ވިޔަސް ރަޔާހީންގެ ހިތާމަތަކަކީ ކޮބާ ކަން އާބިދާ އަށް އެނގޭއެވެ. އެދަރިފުޅުގެ ހިތާމަތައް އުފާވެރިކަމަށް ބަދަލުކުރާނެ ގޮތަކާއި މެދު ވިސްނާލުމަށް ސިޓިންގްރޫމް ގޮނޑީގައި އިން އާބިދާ ސިހުނީ ކައިރީގައި ހުރި ރައިނީ ކޮށްޓާލުމުންނެވެ.
“މަންމަގެ ބޭސް” ފެންތައްޓަކާއި އެކު އާބިދާގެ އަތުގެ ތެރެއަށް ބޭސްގުޅަ ލަމުން ރައިނީ ބުނެލިއެވެ. ހުސްތަށި އާބިދާ ރައިނީގެ އަތަށް ދިނުމުން ރައިނީ ބަދިގެއަށް ތަށި ލުމަށްފަހު އައިސް އާބިދާ ކައިރީގައި އިށީނެވެ.
“ަމަންމަ ކަމަކާއި ވިިސްނާހެން ހާދަ ހީވެއޭ” ރައިނީ އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން އަހާލިއެވެ.
“ވިސްނޭނެތާ… ބޮޑުވެފައި ހުރި އަންހެންދަރިއަކު ހިތާމަ ކުރާ މަންޒަރު ބަލަން ކެތްވާނެތަ. އަހަރެން ހިތަށް އަރާ އެމަންޖެގެ އުފާވެރިކަން ހޯދަދޭން އަހަރެންނަށް ކުރެވޭނީ ކޮންކަމެއްބާއޭ” ދަތްދޮޅީގައި އަތް ވިދެލައިގެން އިން އާބިދާ ބުނެލިއެވެ.
ކުއްލިއަކަށް ދޮރުގައި ބެލްއަޅާލި އަޑު އިވުމުން ރައިނީ މިސްރާބު ޖެހީ ދޮރާއި ދިމާލަށެވެ. މިވަގުތު އެގެއަށް އައީ ކާކުބާއޭ ހިތަށް އަރާ އާބިދާ ވެސް އިނީ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“މައިސަރާ… އެނގޭނެ ކަންނޭނގެ. ދެން މީ އަހަރެންގެ ދެދަރިންނާއި ފިރިމީހާ. މީ ވިކްޔަން” ކުރިމަތީގައި ހުރި ރައިނީ އަށް ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަމިއްލަ އަށް ތަޢާރަފް ވެލިއެވެ. އެންމެފުރަތަމަ ރައިނީގެ ހިތުގައި ރުޅިވެރިކަމެއް ހިނގާލިޔަސް ވިކްޔަން އަކީ ރަޔާހީންގެ ލޯބިކަން އެނގުމުން ގަދަކަމުން ހިނިތުންވެލަމުން މައިސަރާ އާއި ސަލާން ކޮށްލިއެވެ.
“އަޅުގަނޑުމެން މިއައީ ރަޔާހީންގެ ބެލެނިވެރިންނާއި ބައްދަލުކޮށްލަން” މައިސަރާ ބުނެލިއެވެ.
ރައިނީގެ ފަހަތުން ވަދެގެން ދިޔަ މައިސަރާގެ އާއިލާ އާބިދާ ކުރިމަތީގައި ހުސްކޮށް ހުރި ސޯފާ ގޮނޑިތައް ފުރާލިއެވެ. ކޮޓަރިތަކުން ނިކުމެގެން އައި ނަޔާޝީނާއި ނައުޝީން ފެނި ވިިކްޔަން ހުއްޓުން އެރިއެވެ. ރަޔާހީނާއި ނުލާހިކު އެއްގޮތް ދެކުދިން އައިރު ރަޔަހީން ފެންނަން ނެތުމުން ދެފަރާތަށް ލޯ ހިންގާލިއެވެ. ކުރިމަތިން ރަޔާހީންގެ އާއިލާ އަލަށް ފެނުމުން ވިކްޔަން ކުޑަކޮށް ފިނިވިޔަސް ދެއަތް ދެއަތްތިލަ ދެއަތްތިލަ އާއި ހާކާލެވުނީއޭނާގެ ހުށައެޅުމަށް މިފަހަރު ވެސް ރަޔާހީން ފުރަގަސް ދީފާނެތީއެވެ. މިފަހަރު ރަޔާހީންގެ ނުރުހުމާއި ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ރަޔާހީންގެ ލޯތްބަށް އެދި މިފަހަރު އޭނާ އައިސް އޭނީ ވަރަށް ހިތްވަރު ކޮށްގެންނެވެ.
“މީ މަންމަ. ދެން މިތިބީ ރަޔާހީންގެ ދެކޮއްކޮ. ނަޔާޝީން އަދި ނައުޝީން. ދެން މިގޭގައި އުޅޭނީ އަހަރެންގެ ފިރިމީހާ އާއި ރަމްލާ. ރަޔާހީން އުޅެނީ ބަލިކޮށް. އެހެންކަމުން ކޮޓަރިން ނުނިކުމޭ” ރައިނީ އޮޅުންފިލުވާ ދެމުން ދިޔައެވެ.
“އެގޭތެރޭގައި ހިނގާ ދިޔަ އެއްވެސް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުގެ އަމިއްލަ ދައްތަ އެކަހަލަ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް އަޅުގަނޑު ހިއެއް ވެސް ނުކުރަން. އެކަމަކު އެކަންތައް އެއޮތީ އެގޮތަށް ހިނގާފައި. އެކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާގެ އިހުމާލެއް ވާކަމަށް ތިއާއިލާ އަށް ހީވާނަމް އަޅުގަނޑު މާފަށް އެދެން” މައިސަރާ ބުނަމުން ދިޔައެވެ.
“ކުށްކުރި މީހުންނަށް ޤާނޫނީ ގޮތުން ލިބެންވާ އަދަބެއް ލިބޭނެ ކަމަށް އަހަރެމެން ބަލަނީ. ހުރުމަތްވެގެންވާ ނަފްސެއް މިދުނިޔޭގައި މަރާލި މީހަކަށް އެދުނިޔޭައި ލިބެންވާ އުޤޫބާތެއް ދެއްވާނީ މާތް ރަސްކަލާނގެ. ތިއާއިލާ އަށް އަހަރެމެންގެ ހިތް ގޯހެއް ނޫން” އާބިދާ ބުނެލިއެވެ.
“އަޅުގަނޑުގެ ދަރިފުޅު ވިކްޔަން ރަޔާހީން ދެކެ ވަރަށް ލޯބިވޭ. އިރުފާނާއި ރަޔާހީން ކައިވެނިކުރުމުގެ ކުރިން ވެސް އެދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވޭ. ލޯބި އަތުން ބީވުމުގެ ހިތާމަ އެދަރިފުޅު ކުރި މަންޒަރު އަޅުގަނޑުގެ މިދެލޮލުން ދެކުނިން. އަޅުގަނޑު މިއައީ އަޅުގަނޑުގެ މިދަރިފުޅަށްޓަކައި ރަޔާހީންގެ ކިބައިން ސަލާން ޖަހަން. އަޅގަނޑަށް ރަޔާހީނާއި ބައްދަލުވެވިދާނެތޯ” މައިސަރާ ވަރަށް އަދަބުވެރިކަމާއެކު އަހާލިއެވެ.
“ރަޔާހީންގެ މާމަ އާއި ދައްތަގެ އެއްވެސް މައްސަލައެއް ނެތިއްޔާ އަޅުގަނޑު އެންމެ ރަނގަޅުތޯ ރާޔަން އާއި ބައްދަލުކޮށްލިޔަސް” އާބިދާ އަށް ބަލާލަމުން ވިކްޔަން އަދަބުވެރިކަމާއެކު ބުނެލިއެވެ.
“އެންމެ ރަނގަޅު. އަހަރެންގެ ހީން އަކީ ކުޑައިރުން ފެށިގެން ވެސް ބޮޑާހާކާ ޒާތުގެ ކުއްޖެއް. އޭނަ ބޯޑާހާކާނީ ހަމައެކަނި އޭނަދެކެ ލޯބިވާ މީހުން ކުރިމަތީ. ވިކްޔަން ދަރިފުޅަށް މާމަ މިބުނި އެއްޗެއް ވިސްނޭނެ ކަންނޭނގެ. އަހަރެންގެ ދަރިފުޅު ވަރަށް ހިތާމަ އެބަކުރޭ… އެދަރިފުޅު މޫނުމަތިން ހިތްހަމަޖެހުމެއް ނުފެނޭ….. މާމަ އުއްމީދުކުރަން ދަރިފުޅަށް ހީން ރުއްސޭނެ ކަމަށް. ތިދެކުދިންގެ ގުޅުމަށް މާމަ ރުހި ގަބޫލު” އާބިދާގެ އާބަސް ލިބުމާއެކު ކައިރީގައި ކޮޅަށް ހުރި ނަޔާޝީންގެ ފަހަތުން ވިކްޔަން ހިނގައިގަތީ ރަޔާހީންގެ ކޮޓަރި ދެއްކުމަށެވެ.

އެކިކަހަލަ ނުބައި ހިޔާލްތައް ސިކުނޑިއަށް ޖަމާވެ ބޮލަށް ބާރުވާން ފެށުމުން ފާޚާނާއަށް ފެންވަރަން ވަން ރަޔާހީން ނިކުމެ ބޮލުގައި އޮޅާލާފައި އިން ތުވާލި ނަގާ ހަރުގައި ފަތުރާލިއެވެ. ދެއަތުން އިސްތަށިގަނޑު ހާނުވާލަމުން ޑްރެސިންގްޓޭބަލް ކުރިމައްޗަށް ހުއްޓި ލައިގެން ހުރި ރަތްކުލައިގެ ޕިޖާމާ އަށް ބަލާލިއެވެ. އެއީ ބޭރުގައި ކިޔެވި ދުވަސްކޮޅުގައި ވިކްޔަން އަށް ވަރަށް ރީތިވެގެން ގަތް ޕިޖާމާއެކެވެ. ކުރުތާ ވެސް ހަރުވާޅު ވެސް ވަނީ މުޅިން ރަތްކުލައިގައެވެ. މިރޭ ރަޔާހީން އެޕިޖާމާ އެލީ ނުލާތާ އެތައް ދުވަހެއް ފަހުންނެވެ.
އުފަންދުވަހުގެ ހަދިޔާއަކަށް ވިކްޔަން ދީފައިވާ ތުން ގުޅުވާލައިގެން އިން ބިއްލޫރި ދެގުރާ އަތަށް ނަގައިގެން އެނދުގައި އިށީނދެލީ އެހެންރޭރޭ ތަކާއި ހިލާފަށް މިރޭ މާބޮޑަށް ވިކްޔަން މަތިން ހަނދާންވާވަރުންނެވެ. ކުއްލިއަކަށް ރަޔާހީން ސިހުނީ ދޮރުހުޅުވާލާފައި ވަން ނަޔާޝީން ފެނުމުންނެވެ. ބަހެއް ވެސް ނުބުނެ ހެވިލާފައި ނަޔާޝީން އެނބުރި ދިޔުމުން ރަޔާހީން ހިނގައިގަތީ ނަޔާޝީން ހުޅުވާލާފައި ދިޔަ ކޮޓަރީގެ ދޮރު ލައްޕާށެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާނާ ފެނިފައެވެ.
އަޅިކުލައގެ އަތްދިގު ޓީޝާޓާއި އެކު ކަޅު ކުލައިގެ ޖީންސުގައި ހުރި ވިކްޔަން ފެނި ރަޔާހީން ހުރީ ބަސްހުއްޓިފައެވެ. މިގޮތަށް ވިކްޔަން ރަޔާހީން ގެއަށް އައިސްދާނެ ކަމަކަށް ރަޔާހީން ކުޑަކޮށް ވެސް ހީކޮށްފައެއް ނެތެވެ. ވިކްޔަން އާއި މެދު މާބޮޑަށް ވިސްނުމުން ހީވާގޮތް ކަމަށް ހީކޮށް އެއްއަތުން އަނެއް އަތުގައި ވިކާވެސް ލިއެވެ. ހަމަ އެހިނދު ތަދުވެގެން އަނގައިން އަޑެއް ލައްވާލާފައި ވިކްޔަން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
ކުރިމަތީގައި ހުރި ބުދެއްފަދަ ލޫޅާފަތި އަންހެންކުއްޖާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ވިކްޔަން ބަލާލިއެވެ. ރަޔާހީން އެ ޕިޖާމާ ހުއްޓާ ފެނުމުން ވިކްޔަންގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ރަޔާހީން އަދިވެސް އޭނާ ދެކެ ހިތާއި ފުރާނައިން ލޯބިވާކަމަށް އަތުގައި އޮތް ދެގުރާ ފެނުމުން ވެސް ވިކްޔަން އަށް އެނގޭއެވެ. ރަޔާހީން އަވަސް އަވަހަށް އެގުރާ އެނދުުގައި ނުވެއްޓޭނެހެން ބެހެއްޓިއެވެ.
“ކީއްކުރަން މިތަނަށް ތިއައީ” ފުރަގަހަށް އެނބުރި ހުރެ ރަޔާހީން ބުނެލިއެވެ. އަޑުގައިވީ ނުރުހުމެވެ.
“އަހަރެންގެ ރާޔަން ހޯދަން. މިއަތުގައި ހިފާލާތޯ” ކުރިއަށް އެއްފިޔަވަޅު އަޅަމުން ވިކްޔަން ބުނެލިއެވެ.
“ނުހިފާނަން. މިގެއިން ތިއައި ތަނަކަށް ދާންވީ… މީކީ ކޭވީގެ ދޮންބެގެ ގެއެއް ނޫން” ހަމަ އެހުރި ގޮތަށް ހުރެ ރަޔާހީން ބުނެލިއެވެ.
“ހެހެހެ…. ނުދާނަން. އަހަރެންގެ ރާޔަން ގޮވައިގެން ނޫން ގޮތަކަށް ނުދާނަން” އެކޮޓަރީގެ ހުރިހާ ދިމާލަކަށް ބަލާލަމުން ވިކްޔަން ބުނެލިއެވެ. ކޮޓަރީގެ އެކި ހިސާބުތަކުން ފެންނަން ހުރީ އެކި މުނާސަބާތްތަކާއި ގުޅުވައިގެން ވިކްޔަން ރަޔާހީނަށް ދީފައިހުރި އެކި ހަދިޔާތަކެވެ.
“ކީއްވެ ނުދާންވީ… އަހަރެން މާމަމެންނަށް ގޮވާފާނަން” ރަޔާހީން ބުނެލިއެވެ.
“އަވަހަށް ގޮވާ…. މަޑުކުރޭ އަހަރެން ގޮވާފާނަން….. މާމާ!!! ކޫއްތާ!!!” ވިކްޔަން އަޑުހަރުކޮށް ގޮވާލިއެވެ.
“ކީއްކުރަން ތިގޮވީ. ކީއްކުރަން އެމީހުން މިތަނަށް ގެންނަނީ. އެހެންނޫނަސް އެއީ އަހަރެންގެ މާމަ އާއި ކޫއްތަ” ރަޔާހީން ވިކްޔަން އާއި ކުރިމަތިލަމުން ވިކްޔަން އަށް ދެލޯ އަޅާލިއެވެ.
“ރާޔަން އަށް ފަސޭހަކޮށްދިނީނު މި. އަދި އެއްފަހަރު ގޮވާދޭންވީތަ” ވިކްޔަން ހީލަމުން އަހާލިއެވެ.
“ހެޔޮ ނުގޮވިޔަސް. ދެން ދާންވީ” ރަޔާހީން ބުނެލިއެވެ.
“ކީއްވެ މެސެޖަށް ޖަވާބު ނުދެނީ. ކީއްވެ ގުޅީމަ ބިޒީ ކުރަނީ. ކީއްވެ އެވަރަށް އަހަރެން ތަޅުވަނީ”ވިކްޔަން ހުރިހާ ސުވާލެއް އެއްފަހަރާ ރަޔާހީނަށް އަމާޒުކޮށްލިއެވެ.
“ކީއްވެ އަހަރެން ބުނަންވީ. ނުބުނާނަން.” ކުޑަކުއްޖެއްހެން ތުން ފިއްތާލަމުން ރަޔާހީން ބުނެލިއެވެ.
“އަހަރެން ހިނގައިދާނަން. އެކަމަކު މިތަނުގެ ތެރެއިން އަހަރެންގެ އެއްޗެހިތަކެއް އެބަ ފެނޭ. އަހަރެން ބޭނުން އެކީގައި އެހުރިހާ އެއްޗެއް ގެންދަން. ކީއްކުރަން މިތާ ބަހައްޓަންވީ” ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރަޔާހީނާއި ކައިރިއަށް އަޅަމުން ގޮސް ވިކްޔަން ހުއްޓުނީ ފާރުގައި ޖެހި ދެން ރަޔާހީނަށް ކުރިއަކަށް ނުދެވޭނެކަން އެނގުމުންނެވެ. ހިތްއަވަސްވެފައި ހުރި ރަޔާހީން ވިކްޔަންގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ރަޔާހީންގެ މަޑުމަޑު ކޯތާފަތުގައި ވިކްޔަން ތުންފަތް ބީއްސާލީ ރަޔާހީން އެގޮތުގައި ހުއްޓައެވެ. ސިހިފައި ރަޔާހީން ވިކްޔަން އަށް ބަލާލުމާއެކު ވިިކްޔަން އެއްލޯ މަރާލިއެވެ. ރަޔާހީންގެ ދެކޯތާފަތަށް އަރައިގެން ދިޔަ ޖަންބުކުލަ ފެނި ވިކްޔަން ކައިރިއަށް ލާނެތް ހިންޏެއް އައެވެ. ރަޔާހީން ތުން އަނބުރާލުމަށްފަހު ވިކްޔަންގެ މޭގައި އަތް އަޅާ ފަހަތަށް ކޮށްޕާލިއެވެ.
“ދެރަކަމެއްނު. މިބުނީނު މިގެއިން ދާށޭ. ހެޔޮ ކޮންމެ ކަމެއްކުރަން މިގެއަށް އަޔަސް” މޫނުމަތިން ރުޅިވެރިކަން ދައްކާލަމުން ރަޔާހީން ބުނެލިއެވެ.
“އަސްލު މިއައީ އިންވިޓެޝަނެއް ދޭންވެގެން” ޖިންސުގެ ދެޖީބަށް އަތް ޖަހާލަމުން ބޯއަރިކޮށްލާ ރަޔާހީނަށް ބަލާލަމުން ވިކްޔަން ބުނެލިއެވެ.
“މިއުޅެނީ މެރީކުރަން…..” ވިކްޔަން ރަޔާހީންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. ރަޔާހީން ވަގުތުން އަނެއް ފަރާތަށް އެނބުރުނެވެ.
“ހުންނަ ނުބައި ކަން. ކޮންމެހެން ނިހާ އާއި ދެމީހުންގެ ކައިވެންޏަށް ދަޢުވަތު ދޭން މިގެއަށް އަންނަންޖެހޭތަ؟ ހަމަމިހާރު ނިކުމޭ…” ރަޔާހީން ބުނެލިއެވެ. ވިކްޔަން އާއި ހަތަރުކަޅު ހަމަކޮށްލިއިރު ރަޔާހީންގެ އަތުގެ ޝަހާދަތް އިނގިލި އަމާޒުކޮށްލާފައިވަނީ ކޮޓަރީގެ ދޮރަށެވެ. ނިކުންނަންވީ ދޮރު ވިކްޔަން އަށް ދައްކާލީ ކަހަލައެވެ.
“ކާކު ބުނީ ނިހާ އޭ… ރުކޫ އޭ އެ ގާރލް އަކީ” ވިކްޔަން މަޑުމަޑުން ބުނެލިއެވެ. ރަޔާހީން އިރުކޮޅަކު ވިކްޔަންގެ މޫނަށް ބަލަން ހުރުމަށްފަހު ވިކްޔަންގެ ފައިބުޑަށް ޖެހުނީ ރުޅި އައިސް ރަތްވެފައިވާ ސިންގާއެއް ފަދައިންނެވެ.
“މަށަށް އޭރުވެސް އެނގޭ އެންމެފަހަށް ކޭވީ އިންނާނީ ކާފަރަކާއި ކަން. ދޭ މިހާރު ދޭ މިތަނުން. މިބުނީނު ދާށޭ…” ވިކްޔަންގެ މޭގައި ދެއަތުން ތަޅަމުން އެންމެފަހުން ކޮޓަރީ ދޮރާއި ދިމާލަށް ވިންޔަންގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަން ފެށިއެވެ.
“މަޑުކޮށްބަލަ އަހަރެން ކިހިނެއް ތިހެން ބުންޏަކަސް ދާނީ. މިތާ ހުރި އަހަރެންގެ އެއްޗެއް ވިއްޔާ ދީ. އޭރުން އަހަރެން ހިނގައިދާނަން” ވިކްޔަން އެކޮޓަރިއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. އަނގަ ހުޅުވިފައި ރަޔާހީން ވިކްޔަން އަށް ބަލާލުމާއެކު ވިކްޔަން ބުމަ އަރުވާލިއެވެ.
“ގެންދޭ.. އަހަރެން ނޫޅެން ބޭނުންވެގެނެއް. މިތަނުގައި ކޭވީގެ އެއްޗެއް ހުރިއްޔާ ހިފައިގެން ދޭ” ރަޔާހީން އަޑަށް ބާރުލާ ބުނެލިއެވެ. ވިކްޔަން އަށް ހެވެން އުޅުނަސް އަވަހަށް ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ.
“އެންމެ ރަނގަޅު. އަހަރެން ހިފައިގެން ދިޔަސް ރުޅި ނާއްނައްޗެ” ރަޔާހީނާއި ކައިިރިއަށް ފިޔަވަޅު އަޅަމުން ވިކްޔަން ބުނެލިއެވެ.
“ހުނ… އަހަރެން ކޮންރުޅިއެއް. ހުރިހާ އެއްޗެއް ގެންދާތި. އެކަތި ވެސް ބަހައްޓައިގެން ނުވާނެ. އަހަންނަށް ވަރިހަމަ ތިކޮނޑަށްލައިގެން ނުގެންދެވެންޏާ އުރާލައިގެން ބާއްދާލައިގެން ގެންދިޔަސް” ރަޔާހީން ބުނަމުން ދިޔައެވެ. ކުއްލިއަކަށް ރަޔާހީން ނުވިސްނާ ހުރި ގަޑީގައި ވިކްޔަން ރަޔާހީން އޭނާގެ ދެއަތް މައްޗަށް އުފުލާލީ ލުއިލުއި ފަތެއްހެންނެވެ.
“މިކަޮޓަރީގައި އަހަރެންގެ އެއްޗެއް ހުރިއްޔާ ގެންދަން ރާޔަން ހުއްދަ ދިނީމަ މިގެންދަނީ. މީ ހަމައެކަނި އަހަރެން ބޭނުންވި އެންމެ އަގުބޮޑު އެއްޗަކީ” ގަދަހަދަމުން ދަނިކޮށް ވިކްޔަން ރަޔާހީން އަތްމައްޗަށް އުފުލާލައިގެން ސިޑިން ފައިބާ މަންޒަރު ފެނި ތިރީގައި ތިބި މީހެއް ފަހުން ތިބީ އަނގަ ހުޅުވިފައެވެ. މާމަ އާއި އިތުރުން ވިކްޔަންގެ ބައްޕަ ވެސް އެތަނުގައި ހުރި ކަން އެނގުމުން ރަޔާހީން ލައްޕާލި ދެލޯ ހުޅުވާލާކަށް ވެސް ނުކެރުނެވެ. ޖުނައިދު ހިނި އައިއްސަ މައިސަރާ ގައިގާ ކޮށްޓާލާފައި ” އަހަރެންގެ ދަރިފުޅު އުޅެނީ އަހަރެންނަށް ވުރެ މަތީގައޭ” ބުނުމުން މައިސަރާ ޖުނައިދު ގައިގާ ކުޑަކޮށް ޖަހާލިއެވެ.
“ވާއު ތިއްތާ!!!” ބޮޑެތި މީހުންގެ ދުލަށް ބުނާނެ ބަހެއް ނައިރު އެއްޗެއް ނުބުނެ ނުހުރެވުނީ އެންމެ އަނގަ ގަދަ ނަޔާޝީނަށެވެ. ނަޔާޝީންގެ އަޑު ކަންފަތުގައި ޖެހުމާއެކު ރަޔާހީން ސިހިފައި ދެލޯ ހުޅުވާލިއެވެ. ކުރިމަތީ ތިބި ހުރިހާ މީހުންގެ މޫނަށް ވަކިވަކިން ރަޔާހީން ބަލާލިއެވެ. ކޮންމެ މީހެއްގެ ނަޒަރު އެދެމީހުންނަށް އަމާޒުވެފައި ވީއިރު އެއިން ކޮންމެ މީހެއްގެ ތުންފަތްމަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. ” މީ ކޭވީގެ ކަންތައް. ނުޖެހޭ ދޯ އަހަރެން އުރާލައިގެން އަންނަން. އަހަރެންނަށް ހިނގާފައި ވެސް އާދެވުނީސް” ރަޔާހީން ވިކްޔަން އަތްމަތިން ތިރިއަށް ފުންމާލަމުން ވިކްޔަންގެ އަތުގައި ތަޅައިގަންނަމުން ބުނެލިއެވެ.
“އަހަރެން ކުށްވެރި ތިކުރަނީ. ނޮޓް ފެއަރ…. ރާޔަން ބުނީ އަހަރެންގެ އެއްޗެއް ކޮޓަރީގައި ހުރިއްޔާ ހިފައިގެން ދާށޭ… އަހަރެންގެ އެއްޗަކަށް ވިއްޔާ އެކޮޓަރީގައި ހުރީ ރާޔަން. އެހެންވެ ރާޔަން ގެނައީ” ރަޔާހީން ޖަހާލި ތަނުގައި ފިރުމާލަމުން ވިކްޔަން ބުނެލިއެވެ.
ދެކުދިންގެ ކޯޅުންގަނޑު ފެނި މަންޒަރު ބަލަން ތިބި ކޮންމެ މީހެއްގެ ހިތުގައި ވަނީ އެކައްޗެކެވެ. ކައިވެނިކުރަން މި ބިންމަތީގައި އެދެކުދިންނަށް ވުރެ ގުޅޭ އެއްވެސް ޖޯޑެއް ނެތް ކަމެވެ.
“ބަލަބަލަ ދަރިފުޅާ ހީން!! އާދެބަލަ މިކޮޅަށް” ވިކްޔަން އާއި ތޮޅެމުން ދިޔަ ރަޔާހީނަށް ގޮވާލަމުން އާބިދާ ބުނެލިއެވެ. ރަޔާހީން ވިކްޔަން އަށް ދެލޯ އަޅާލަމުން ގޮސް ހުއްޓުނީ އާބިދާ ކައިރީގައެވެ. ރަޔާހީން ކައިރީގައި ހުރި އެކަކަށް އިނދެވޭ ހުސް ތަންކޮޅުގައި މައިސަރާ ގޮސް އިށީނެވެ. ޖުނައިދު ކައިރީގައި ވިކްޔަން އިށީނުމާއެކު ޖުނައިދު ވިކްޔަން ކޮނޑުގައި ޖަހާލަމުން ލޯބިވާ ފިރިހެން ދަރިފުޅު ގަޔާ ކައިރިކޮށްލިއެވެ.
“މިހެން ބުނަން ލަދުވެސް ގަނޭ… މަންމަގެ ވިކްޔަން ހީން ދެކެ ވަރަށް ލޯބިވޭ… މިދިޔަ ދުވަސްތަކުގައި މަންމަ އަށް ހީން އާއި ދޭތެރެ ކަންތައްކުރެވިފައި ވަނީ ރަނގަޅަކަށް ނޫން. ވިކީ ދަރިފުޅު ދެކެ ވާ މަތިވެރި ލޯތްބަށްޓަކައި މި މަންމަ އަށް މާފްކޮށްދީ” ރަޔާހީންގެ އަތްތިލައިގާ ހިފައިގެން އިނދެ އިސްޖަހާލަމުން މައިސަރާ ބުނެލިއެވެ.
“ނޫން…އަޅެ ނޫން…. ކޭވީ މަންމަ އަށް ކުށެއް ނުކުރެވޭ. އަޅުގަނޑު ކުށް ކުރީ…. އަޅުގަނޑު ތިއާއިލާ އަށް ވަނީ މަކަރުންކަން މިހާރު އެނގިފައި އޮންނާނީ. އަޅުގަނޑު މާފަށް އެެދެން ޖެހޭނީ. އަޅުގަނޑަށް ވުރެ އުމުރުން އެތައް ތަނެއް ދޮށި މީހަކު އަޅުގަނޑު ކައިރީގައި މާފަށް އެދުމުން އަޅުގަނޑު ވަރަށް ލަދުގަނޭ” ރަޔާހީންގެ ޖަވާބު އައި ގޮތުން މައިސަރާގެ ދެލޮލުން ކަރުނަ ނީރާލީއެވެ. ހަޤީޤަތުގައި ވެސް އޭނާގެ ދަރިފުޅު ލޯބިވަނީ ލައްކައަކުން އެކެއް ދެކެއެވެ. އާބިދާ ރަޔާހީނަށް ދީފައިވާ ތަރުބިއްޔަތަށް ހަމަ ސާބަސް ދޭހާވޭއެވެ.
“އެހެންވެއްޖިއްޔާ މަންމަ އެދޭ ކަމެއް ހީން ކޮށްދީފާނަންތަ؟ މަންމަ މިއަދު މިގެއަށް މިއައީ މަންމަގެ ވިކީއަށްޓަކައި. ވިކީ ލޯބިވަނީ ދަރިފުޅު ދެކެ. ނިހާ ދެކެއެއް ނޫން. މަންމަ ބޭނުމީ މަންމަގެ ދަރިއަކަށް ވެގެން ދަރިފުޅު އެގެއަށް ދާން. ފަރުހީނާއި މެދު އެހާ ރަހުމުކުޑަ ގޮތަކަށް އަހަރެންގެ އާއިލާ މީހުން ކަންތައްކޮށްފައިވާތީ ހީން ރައްކާތެރިކޮށްދޭނަމޭ ބުންޏަސް މި އާއިލާ އެކަން ޤަބޫލެއް ނުކުރާނެކަން އެނގޭ… އެކަމަކު އަހަރެން އެހާ ނުބައި މީހެއް ނޫން މީ…..ބުނެބަލަ ދަރިފުޅު ދާނަންތަ؟” އިސްޖަހާލައިގެން އިން ރަޔާހީންގެ ދަތްދޮޅީ ދަށުގައި އިނގިލި ޖައްސާ މަޑުމަޑުން މައްޗަށް އުފުލާލަމުން މައިސަރާ އަހާލިއެވެ. ވަކި އެއްޗެއް ނުބުނެ ރަޔާހީން ބަލާލީ ވިކްޔަން އަށެވެ. ރަޔާހީން ދޭނެ ޖަވާބެއް ނޭނގޭތީ އޭނާގެ މޭގެތެރޭގައި އޮތް ހިތް ތެޅި ފޮޅޭ އިރުގައި ވެސް އެވަގުތު ރަޔާހީން ބަލާލުމާއެކު ވައިއަޑުން ދެތުންފަތް ދޭތެރެއިން ‘އައިލަވްޔޫ’ އޭ ބުނެލިއެވެ. ވިކްޔަން އަށް ދެލޯ އަޅާލުމަށްފަހު ރަޔާހީން ދެން ބަލާލީ އާބިދާގެ މޫނަށެވެ. ރަޔާހީން އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމާލަމުން އާބިދާ ބޮލުން އާއެނކޭ ބުނާށޭ ބުނެލިއެވެ.
“ހީންދައްތާ!! ބުނޭ މާއްކޮމެން ގެއަށް ދާނަމޭ… ޕްރޮމިސް ދޮންބެއަކަށް ނުކެރޭނެ ހީންދައްތަ ދެރަކޮށްލާކަށް…. ޕްލީޒް ދޮންބެދައްތާ!!” ޖުނައިދުގެ އަނެއް ފަރާތުގައި އިން މަހާ އެންމެފަހުން ބުނެލި ޖުމްލައިން ރަނގަޅަށް ވެސް ރަޔާހީން ރޮށްވާލައިފިއެވެ. ވިކްޔަންގެ އަންބެއްގެ ގޮތުގައި އެގެއަށް ދާން އޭނާ ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ. ރަޔާހީން އާބިދާގެ ކޮނޑުގައި ބޯ އަޅާލިއިރު ދެލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށް ދަތުރު ފަށައިފިއެވެ. އަނެއް އަތުން އަނގަމަތީގައި އަތް އަޅާލިއިރު ފުސްވެފައިވި ދެލޮލުން ކަރުނަތަކާއެކު ވިކްޔަން އަށް ބަލާލިއެވެ.
ރަޔާހީން އެގޮތަށް ރޯތަން ފެނުމުން ވިކްޔަންގެ ހިތުގައި ރިއްސާލިއެވެ. ލަސްލަހުން އިންތަނުން ތެދުވެގެން ގޮސް ރަޔާހީން ކުރިމަތީގައި ކުރުކަކޫ މައްޗަށް އިށީނދެލިއެވެ. ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގާ އޭގައި އިން ކުޑަ ދަގަނޑުބޮޅު ރަޔާހީނަށް ދިއްކޮށްލަމުން ހީލިއެވެ.
“ރާޔަން!! އަހަރެންގެ އަނބިމީހާ އަށް ވެގެން އަހަރެންގެ ހަޔާތުގައި ބާކީ މިއޮތް ދުވަސްކޮޅުގައި އުޅެން އަހަރެން ކައިރިއަށް އަންނާންތަ؟” ރަޔާހީން ކަރުނަތަކާއި އެކު ބަލާލީ ވިކްޔަން ދިއްކޮށްލައިގެން އިން ބޮޅަށެވެ. މާޒީގެ ތެރެއިން ދުވަހެއްގައި ހަމަ އެގޮތަށް އޭނާ ވެސް ވަނީ ވިކްޔަންގެ ލޯތްބަށް އެދިފައެވެ. ރަޔާހީނަށް ހެވުނެވެ. ކަރުނަތައް ފޮހެލުމަށްފަހު ވާއަތްތިލަ ވިކްޔަން އަށް ދިއްކޮށްލިއެވެ. ރަޔާހީންގެ ކަށި އިނގިލި ތެރެއަށް ވިކްޔަން ބޮޅު ލައްވާލުމާއެކު އަނެއްކާ ވެސް ރަޔާހީން ފުރަގަހުގައި ހުރި ނަޔާޝީން ‘ވާއު’ އޭ ބުނެލިއެވެ.
“މިހާރު އެނގިއްޖެ ހަޤީޤީ ލޯބިވާކަން ރަނުން ، ޖަވާހިރުން ، އަލިމަހުން ނޫން ކަން އަންގައިދެވެނީ…. އަޅުގަނޑުގެ ތިއްތަ ވަރަށް ނަސީބުގަދަ” ފުރަގަހުން ރަޔާހީންގެ ގައިގާ ބައްދާލަމުން ނަޔާޝީން ބުނެލިއެވެ. ޖަޒުބާތުގައި ޖެހި މައިސަރާ ވެސް ފެންކަޅިވިއެވެ. ނަމަވެސް އޭނާ ހީލާފައި ރަޔާހީންގެ ނިތަށް ބޮސްދިނެވެ. ނޭނގުމުގެ ތެރެއިން އެކި ދުވަސްމަތިން ވިކްޔަން ރަޔާހީނާއި ދިމާލަށް ކިޔާފައިވާ އެކި އެއްޗިއްސަށް އެންމެން ކުރިމަތީގައެވެ.
އެރެއަށް ދެއާއިލާ ވަކިވެގެން ދިޔައީ ރަޔާހީންގެ އިއްދައިގެ ދުވަސްތައް ނިމިނުހާ އަވަހަކަށް ކައިވެނީގެ ހުރިހާ ކަމެއް ފަށާނެ ކަމަށް ބުނެ ތާރީޚެއް ކަނޑައަޅަން ދެކުދިންނަށް ފުރުސަތު ދެމުންނެވެ. އާބިދާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ރަޔާހީނަށް ނިކުންނަމުން އެއްފަހަރު ވިކްޔަން ބަލާލިއެވެ. ރަޔާހީން އެއަތުގެ ތެރެއަށް ގެނެސް ލޯބިން ފިރުމާލަން އިންތިހާ އަށް އެހިތް އެދެމުން ދިޔައެވެ. ނަމަވެސް ކައިވެނުން ބޭރުން ރަޔާހީންގެ ހަށިގަނޑުގައި ބީހޭކަށް ވިކްޔަން ބޭނުމެއްނޫނެވެ. ކުރީގައި ކުރެވިފައިވާ ކުށް ތަކުރާރު ވާކަށް އޭނާ ނެދޭއެވެ.

************************************

ވާރިސުންގެ ބަހެއް ހޯދަން ކޯޓަށް ރަޔާހީންގެ ތިން ކުދިން ގެންދިޔައީ ލާމިއުއެވެ. ފުލުހުންގެ ބަހުން ބިޑީގައި ކޯޓުތެރެއަށް ވެއްދި އިރުފާން ރަޔާހީނަށް ބަލާލިއިރު އެމޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ މާޔޫސް ކަމެވެ. ރަޔާހީން ފެންނަކަމަށް ވެސް ހަދާނުލާ ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ވިކްޔަންގެ އަތުގައި ހިފާލިއެވެ. އިރުފާން ދެރަވީވަރުން ކުރިއަށް ހިނގައިގަންނާކަށް ވެސް ނޭނގުނެވެ. ރަޔާހީނަށް ބަލަން ހުރެވުނީއެވެ. ކޯޓުން ބޭރުގައި އިރުފާނަށް ބަލަން ޔޫމީގެ އަތުގައި ހިފާލައިގެން ހުރި މާކިލް އަށް އޭނާގެ ބައްޕަ ފެނި ރޮވުނެވެ. އިރުފާންގެ މުޅި މޫނުމަތީގައި ވަނީ ތުނބުޅީގެ އިސްތަށިތަކުން ބޯވެފައެވެ. ވަރަށް ބަލައިގެން ނޫނީ ތުނބުޅީގެ ތެރެއިން އަނގަ ވެސް ވަކި ނުވާވަރަށް މުޅި މޫނުމަތި ވަނީ ތުނބުޅީގެ އިސްތަށިތަކުން ފުރިފައެވެ. ކުރިއަށް ވުރެ ހަށިގަނޑު އަނަރޫފަވެފައި ވާއިރު މިއިން ދުވަހަކު ވެސް ގައިން ތާހިރު ވެފައިވާ ކަމެއް ނޭނގެއެވެ. ދެލޮލުގައި ރަތްކަމެއް ހުރިއިރު ފައި ދަށުގައި ހުރީ ނައިލޯނު ފައިވާނެކެވެ. އިރުފާން ހަރަކާތްކޮށްލި ގޮތުން ދުރުގައި އޭނަ އަށް ބަލަން ހުރި މާކިލް ފެނި އެދިމާލަށް ދެވެން އުޅުނެވެ. ނަމަވެސް ކައިރީގައި ތިބި ފުލުހުންގެ އަމުރަށް އިރުފާނަށް ޖެހުނީ ރަޔާހީން ހުރަސްކޮށް އެތެރެއަށް ވަންނާށެވެ.
އޭގެ އިރުކޮޅެއްފަހުން އައި އެހެން ބަހެއްގައި ފީރޯޒާ ނެރުމުން ދުރުގައި ހުރި މާކިލް އަށް އެދިމާލަށް ދާން ދެތިން ފިޔަވަޅު އެޅުނެވެ. ފީރޯޒާގެ މޫނުމަތީގައި ވެސް ހީވަނީ ހިތާމައިގެ ތަސްވީރެއް ކުރަހާލާފައި ވާހެންނެވެ. ކުރިއަށް ވުރެ ހަށިގަނޑު ހިކިކަމަށް ދެއްކިއަސް އައިބު ވާހާ ހިއްކެއް ނޫނެވެ. ގޮނޑީގައި ވެއްދި އާސިރު ފެނި މާކިލް އަށް ޔޫމީގެ ގައިގާ ބައްދައިގަނެވުނެވެ. ލައްކަ އިރު ވަންދެން ކަރުނަތައް އޭނާ ހިފަހައްޓައިފިއެވެ. ނަމަވެސް ލޯބިވާ އާއިލާ އެހާލުގައި ވާތަން ފެނި އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތަކަށް ވެސް ބާރުބޮޑުވެގެން ހިފަހައްޓާ ނުލެވުނީއެވެ. އޭނާ ހިތް ނޭދުނަސް އެމީހުންނަށް އަދަބު ލިބޭނެކަން އޭނާ އަށް އެނގޭއެވެ.
ރަޔާހީން ، ނަޔާޝީން އަދި ނައުޝީން ވެސް ބޭނުންވަނީ އިރުފާންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އެއިން ކޮންމެ ކުއްޖެއްވެސް ކޯޓުން ނިކުމެ ލާމިއު އާއެކު ކާރަށް އެރީ ހިތަށް ކޮށްފައިވާ އަސަރުން ދެލޮލުން ކަރުނަ ފޮހެމުންނެވެ. ކާރަށް އަރަން އުޅުނު ރަޔާހީނަށް ބޭރު ފާރު ކައިރީގައި ހުރި މާކިލް ފެނުމުން އެދިމާލަށް ދިޔައީ އެކަންތައް ހިނގިފަހުން އޭނާ އަށް އަދި ކިރިޔާ މާކިލްގެ ސޫރަ އެފެނުނީ އެންމެ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
“ޔޫމީ… ކިހިނެއް؟ ޔޫމީ ވަރަށް ލޯބި” މާކިލް ކައިރިއަށް ދިޔަސް ރަޔާހީނަށް މާކިލް އާއި ބަސްކިޔާކަށް ނުކެރުނެވެ. ޔޫމީ ހީލާފައި އޭނާ ރަނގަޅުކަމުގައި ބުނެލިއެވެ.
“އަހަރެންދެކެ ވެސް ހީން ރުޅިއައިއްސަތަ؟ ރަޔާހީން އެއްޗެއް ނުބުނާނެކަން އެނގުމުން އެންފަހަށް މާކިލް ބުނެލިއެވެ.
“ނޫން… މާކް ރުޅިއައިއްސަ ކަމަށް ހީކުރީ… ސޮރީ…..” ރަޔާހީން މާކިލް އާއި ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ.
“އެއީ އެވަރުގެ ކަމެއް ނޫން… ހީން ސޮރީ ބުނާކަށް ނުޖެހޭނެ. ހީން ކަންތައްތިކުރީ އަހަރެންނަމަ ވެސް ކަންތައްކުރާނެ ގޮތަށް……. އެހެންވީމަ އެމައުޟޫ އަށް ވާހަކަ ނުދައްކަމާ….. އަވަހަށް އަހަރެންގެ ފަހަރިއަކަށް ވެގެން އާދޭ… ތިކަންތައް ނިމުނީމަ ނޫނީ އެކޮޅަށް ނުފުރަން މިހުރީ” މާކިލް ސަމާސާ ކޮށްލުމުން ރަޔާހީންގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އެކީ ފިލައިގެން ދިޔައެވެ. ހީލަމުން ބޯޖަހާލި ވަގުތު ކައިރިއަށް އައިސް ހުއްޓުނު ވިކްޔަން އަށް ބަލާލިއެވެ.

********************************************************

ސިޓިންގްރޫމަށް ރަޔާހީންމެންގެ ހުރިހާ މީހުން ޖަމާވެފައި ތިބީ އެވަގުތު ޓީވީން ގެންނަމުން ދިޔަ ބްރޭކިންގްނިއުސް އަޑު އެހުމަށްޓަކައެވެ. ދެކުދިންނާއި ފަރުހީން މަރާލުމުގެ ސަބަބުންނާއި ރަމްލާ ގިނަ ދުވަސްތަކެއް ވަންދެން ރަހީނުކޮށްގެން ގެންގުޅުމުގެ ސަބަބުން އިރުފާން މަރާލުމަށް ކޯޓުން ހުކުމް ކުރިއެވެ. ރަމްލާ އާއި އާސިރު ގެ މައްޗަށް ރަމްލާ ފޮރުވައިގެން އުޅުމުގެ ސަބަބުން ޓެރަރިޒަމްގެ ދަޢުވާކޮށް ތޭރަ އަހަރަށް ޖަލުގައި ބަންދުކުރުމަށް ހުކުމް ކުރިއެވެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބުމުން ރަޔާހީންގެ ހިތަށް ހަމަޖެހުން ލިބި ހިތުގައި ކުރަހާލި ލޯބިވާ ދޮންތަގެ ސޫރައަށް ހިނިތުންވުމެއް ދިނެވެ. އެތަނުގައި ތިބި ކޮންމެ މީހެއްގެ ލޮލުގައި މިވަގުތުވީ އުފާވެރިކަމުގެ ކަރުނައެވެ. ލޯބިވާ ދޮންތަ އާއި ދެކުދިންނަށް އިންސާފު ހޯދާދެވިއްޖެ ކަމުގެ ހިތްހަމަޖެހުން ރަޔާހީނަށް ލިބިގެން ދިޔައެވެ. ހަމަޖެހުމުގެ ނޭވައެއް ލަމުން މަޑުމަޑުން ބީހާލްގެ ނަން ވެސް ކިޔާލިއެވެ. ބީހާލްގެ އެހީ އާއި ނުލާ މިއަދު އޭނާ އަށް އެކަންތައް ކާމިޔާބު ނުކުރެވުނީހެވެ.
ރަޔާހީންގެ ކުރިމަތިން ބީހާލް ފާޅުވުމާއެކު އެދިމާލަށް ރަޔާހީނަށް ދެވެން އުޅުނެވެ. ނަމަވެސް ކައިރީގައި އެހެން މީހުން ތިބިކަން އެނގުމުން ބީހާލް އަށް ހިނިތުންވުމެއް ދެމުން އެވަގުތަށް ފުއްދާލިއެވެ. ސޯފާގައި ތިބި އާބިދާއަށާއި ރައިނީ އަށް އެކަކު އަނެކަކު ލައިގެން އިން ހެދުމުގައި ހިފައިގަނެވުނީ ރަޔާހީން އެހެންދިމާލެއް ބަލާފައި ހެމުންދާތިއެވެ. ބިރުގަނެފައި ހިން ދިރުވާލަމުން އެދެމީހުން ވެސް އެދިމާލަށް ބަލާލިއެވެ.

*******************************************

ދުވަސްތައް މާޒީގެ ޞަފްހާތަކާއި އެކުވަމުން ގޮސް ރަޔާހީނާއި ވިކްޔަންގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެނި ކުރުން އޮތީ ވިކްޔަންގެ ގޭ ސިޓިންގްރޫމުގައެވެ. ލޯބިވާ ފިރިހެން ދަރިފުޅުގެ
ކައިވެންޏަށްޓަކައި އެގެ މައިސަރާ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްލާފައެވެ. ރޭގަނޑު އަށެއް ޖަހާއިރު ކުރެވޭ ކައިވެންޏަށްފަހު ޕާރޓީ އޮތީ އެގޭ ތަނަވަސް ޓެރަސް މަތީގައެވެ. ކައިވެންޏަށްޓަކައި ދެފަރާތުގެ އާއިލާ ވެސް ރިހި ކުލައިން ޖަރީވެފައި ތިބިއިރު އެގޭ ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދަނީ ހަމަ އެކުލައެވެ. ނަޔާޝީން ، ނައުޝީން ، ޔޫމީ އަދި މަހާ އެއްގޮތަކަށް ހެދުން ފަހައިގެން ތިބިއިރު މައިސަރާ ، އާބިދާ އަދި ރައިނީ ތިބީ ހަމައެކުލައިގެން ޑިޒައިންޖެހި ހައުސްކޯޓްގައެވެ.
ހުދުކުލައިގެ ބޮޑު ކައިވެނި ހެދުމުގައި ރަޔާހީން ފަލަކުން ނައްޓާލައިގެން ބިމަށް ތިރިވެ ހުރި ސާދަވިލޭރޭގެ ފުރިހަމަ ހަނދެއް ފަދައެވެ. މޫނުމަތީގައިވާ މޭކަޕްގެ ސަބަބުން ރަޔާހީނަށް އިތުރު ފުރިހަމަ ކަމެއް އައިސްފައިވާ ކަހަލައެވެ. ލައިގެން ހުރި ވެޑިންގްޑްރެސްގެ ފަހަތުން ބޮޑުބައެއް ބިމުގައި ފެތުރިލާފައި ވާއިރު އެބައިގާ ހިފާ ކުޑަކޮށް އުފުއްލާލައިގެން ހުރީ މަހާ އާއި ނައުޝީނެވެ. މިރެއަށް ހާއްޞަކޮށް ރަޔާހީން ބުރުގާ އަޅާފައިވާއިރު ހުދުކުލައިގެ ބުރުގާގެ ތެރެއިން މަޢުސޫމް ކުޑަ މޫނުކޮޅު ފެންނަން ހުރިއިރު ބަލާ މީހަކު ތަލިން ކުޅު ހިކޭހާ ވެއެވެ.
ވިކްޔަންގެ ވައަތްފަރާތުގައި އައިސް ހުއްޓުނު ރަޔާހީނަށް ވިކްޔަން އިސްއުފުލާ ބަލާލިއެވެ. އެވަގުތު ވިކްޔަން އަށް ބަލާލެވުނީ ދިމާ ކުރިމަތީގައި ހުޅުވާފައި ހުރި ކުޑަދޮރުން ފެންނަން ހުރި އުޑުގައިވާ ފުރިހަމަ ހަނދެވެ. އެހަނދު ވިލާ ކޮޅަކާއި ނިވާވެލީ ވިކްޔަން ބަލަން އިންދައެވެ. އެއްތުންފަތުން ހީލަމުން ވިކްޔަން ދެވަނަ ފަަހަރަށް ރަޔާހީނަށް ބަލާލިއިރު އިނީ ކައިރީގައި ހުރި ގޮނޑިގައި އިށީނދެގެންނެވެ. ވިކްޔަންގެ ބެލުންތަކުން ލަދުގަތް ވަރުން ރަޔާހީނަށް އޭނާގެ މޫނުމަތީގައި ދެއަތް އަޅާލެވުނެވެ. ހަނދުވެސް ލަދުން ނިވާވެލީ ހަމަ އެފަދައިންނެވެ. ކައިވެނި ކުރެވެމުން ދިޔަ ވަގުތު ރަޔާހީނާއި ވިކްޔަންގެ މޫނަށް ކެމެރާތަކުގެ ފްލޭޝްތަކުގެ އަލި އެޅެމުން ދިޔައެވެ. އެއިން ކޮންމެ ފޮޓޯއަކަށް ރަޔާހީން ހިނތުންވަމުން ދިޔައެވެ.
“އަނބިޤަބޫލުކޮށްފިން” ވިކްޔަން އެހެން ބުނި ވަގުތު ރަޔާހީން ހިފަހައްޓާލައިގެން އިން ނޭވާ އޭނާ ދޫކޮށްލިއެވެ. ފެންކަޅިވެގެން ދިޔަ ވަގުތު ވިިކްޔަން އޭނާގެ އަތްތިލަ ނަގާ އޭނާގެ ތުންފަތުގައި ޖައްސާލީ ހުރިހާ މީހުން ކުރިމަތީގައި ތިއްބައެވެ. އެވަގުތުކޮޅު ވެސް އެތައް ބައެއްގެ ކެމެރާތަކުގައި ރައްކާކުރަމުން ދިޔައެވެ.
ޕާރޓީ ފެށިގެން ކުރިއަށްދާން ފެށުމުން ޓެރަސް މަތީގައި މީހުންތައް ގިނަވާން ފެށިއެވެ. ވަކިކަހަލަ ހެދުމެއްގައި ނެތްނަމަ ދެފަރާތުގެ އާއިލާ ވެސް ހޯދަން އުނދަގުވާވަރަށް މީހުން އަންނަމުން ދިޔައެވެ. ރަޔާހީންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ވިކްޔަން އަންނަމުން ދިޔަ މެހްމާނުނަށް މަރުހަބާ ކިޔަމުން ދާއިރު ރަޔާހީނަކީ ހަމައެކަނި އޭނާގެ މިލްކެކޭ ބުނާ ކަހަލައެވެ. ވަކިން މޭޒެއް ކައިރީގައި ތިބި އާބިދާ އާއި ރައިނީ އަދި މައިސަރާ ފުން ނަޒަރަކުން ބަލަން ތިބީ އެމީހެއްގެ ދަރިއަކަށެވެ. ރަޔާހީންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި އާބިދާ އާއި ރައިނީގެ ހިތަށް ހަމަޖެހުން ލިބިފައިވެއެވެ. އިރުފާނާއިއެކު ރަޔާހީންގެ ކައިވެނި ޕާރޓީ އޮތް ރޭގައި ރަޔާހީންގެ ތުންފަތްމަތިން އެފަދަ ހިނިތުންވުމެއް ފެނިފައިނުވާކަން މިރޭ އާބިދާ އަށް ފާހަގަވިއެވެ. އޭގެ ފަހަތުގައިވި ސަބަބު އާބިދާ އަށް އެނގި ހިނިތުންވެވުނެވެ. މައިސަރާ ވެސް ވިކްޔަންގެ ތުންފަތްމަތީގައިވި ހިނިތުންވުމުގެ ސަބަބުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އެހިތަށް ލިބިިފައިވެއެވެ. އެދަރިފުޅަށް އެފަދަ އުފާވެރިކަމެއް ދެއްވީތީ މައިސަރާ ހިތުގެ އަޑިން ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.
މީހުންތައް އެންމެ ބައިބޯވެ ގާތްގަނޑަކަށް ޕާޓީ ނިމުމާއި ދާދި ގާތްވެފައި ވަނިކޮށް ރަޔާހީން އޭނާގެ ދެތިން ރައްޓެހިންނާއެކު ދުރަށް ޖެހިލިއެވެ. ވިކްޔަން ވެސް އޭނާގެ ރައްޓެއްސަކާއެކު ވަކިން ހުރި ގޮނޑިއެއްގައި އިންއިރު ގިނަ ފަހަރަށް އޭނާގެ ނަޒަރު ސީދާވެފައިވަނީ ދުރުގައި މަލެއްހެން ފަރިވެ ފޮޅިފައި ހުރި އަނބިމީހާ އަށެވެ. އެގޮތުން އެއްފަހަރު ވިކްޔަން ބަލާލި ވަގުތެއްގައި ފެނުނު މަންޒަރަކުން ވިކްޔަންގެ ފައިދަށުން ބިންގަނޑު ދެމިގެންދަިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. މެހެމާނުންތަކާއި ވަކިން ރަޔާހީން އޭނާގެ ދިގު ހެދުން ދެއަތުން އުފުއްލާލައިގެން ހީނހީފަ ވާހަކަދައްކަމުން އެގެންދަނީ ކާކާބާއޭ ވިކްޔަންގެ ހިތަށް އެރިއެވެ. އެތަނަކުން ރަޔާހީން ނޫނީ ވިކްޔަންގެ ލޮލުގައި އެހެންމީހަކު އަޅައެއް ނުގަނެއެވެ. ވިކްޔަންގެ ހިތުގައި ނުބައި ގޮތަކަށް ވިންދެއް ޖަހާލީ ރަޔާހީން ޖިންނި މޮޔަވީއޭ ހިތާއެވެ. އިރުކޮޅަކުން ރަޔާހީން ވިކްޔަން އާއި ދިމާލަށް އެނބުރި އައިސް ވިިކްޔަންގެ އަތުގައި ބައްދާލިއެވެ. ރަޔާހީނާއި ސުވާލުކުރަން އުޅެފައި ވެސް ވިކްޔަން އެހެން ވަގުތަކަށް އެވާހަކަ ލަސްކޮށްލިއެވެ.
ޕާރޓި ނިމި އާބިދާގެ އާއިލާ ރަޔާހީންގެ މޫނުގައި ބޮސްދީފައި އެދަރިފުޅު އަމާނާތްތެރިކަމާއެކު ބެލުމަށް މައިސަރާގެ އާއިލާ އަށް އަދޭސް ކުރުމަށްފަހު އެގެއިން ދިޔައެވެ. ރަޔާހީންގެ އަތުގައި ހިފައިގެން ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި މައިސަރާ އަދި މަހާ ގޮސްވަނީ ކުރިން ވިކްޔަން އުޅުނު ކޮޓަރިއަކަށް ނޫނެވެ. ނަމަވެސް އެކޮޓަރިއާއި އިންވެގެން ހުންނަ އަބަދުވެސް ތަޅުލާފައި ހުންނަ ކޮޓަރިއަށެވެ. އެކޮޓަރިއަށް ވަދެ މައިސަރާ ލައިޓްތައް ޖައްސާލުމާއެކު ރަޔާހީނަށް ސިހުމެއް ލިބިގެން ދިޔައެވެ. މުޅި ކޮޓަރީގެ ހަތަރުފާރުން ފެންނަން ހުރީ ކިޔެވި އެކި ދުވަސްވަރު ވިކްޔަން ނަގާފައި ހުރި ރަޔާހީންގެ އެކި ފޮޓޯތަކެވެ. ލިބުނު ޚައިރާންކަމުގައި ރަޔާހީނަށް އޭނާގެ އަނގަަމަތީގައި އަތް އަޅާލެވުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
“މީ އަބަދުވެސް ވިކީގެ އެންމެ ފޭވަރިޓް ކޮޓަރި. މިކޮޓަރި އެހާ ދުވަސްވަނދެން ތަޅުލައިގެން އެހެން މީހަކު ވަނަނުދީ ގެންގުޅުނު ސަބަބު މަންމައަށް ވެސް އެނގުނީ ވަރަށް ފަހުން. މަންމަގެ ދަރިފުޅު އޭނަގެ ރާޔަން ދެކެ ވަރަށް ބޮޑަށް ލޯބިވޭ….. މިކޮޓަރި ކޮޓަރިއަކަށް ހަދަންވީ ދެން ދަރިފުޅު…. ވިކީ ދިޔައީ ބައްޕަ ލޯންޗު ކައިރިއަށް ވައްޓާލަދޭން. އަންނާނެ އިރުކޮޅަކުން” މައިސަރާ ރަޔާހީންގެ ބުރަކަށީގައި ފިރުމާލާފައި މަހާ ގޮވައިގެން އެކޮޓަރި ދޮރު ލައްޕާލާފައި ނިކުތެވެ.
ރަޔާހީން އެކޮޓަރި ވަށައިގެން ބަލަމުން ދިޔައިރު އަޑުނުވީއްލާ ހެމުން ދިޔައެވެ. އޭރުގެ އެކި ހަނދާންތައް އާވެ އިތުރަށް ހިތްހަމަޖެހިގެން ދިޔައެވެ. އޭނާގެ ހެދުމުގެ ދެފަރާތުގައި ހިފާލައިގެން ކޮޓަރިތެރެން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެލި ވަގުތު ގުދުރަތީ ނަލަ ވައިރޯޅިއެއް ރަޔާހީންގެ މޫނުގައި ބޮސްދީފައި ދިޔައީ ރަޔާހީން އިތުރަށް ހެއްވާލާފައެވެ. ބުރުހަމަ ހަނދު އޭގެ ވާޖިބުއަދާ ކުރުމުގައި އެއްވެސް ފޫހިކަމެއް ނެތި އުޑުމަތީގައި ރަސްކަންކުރަމުން ދިޔައިރު އޭގެ ވަށައިގެން ތަރިތައް ފިޔަޖަހަމުން ހަނދަށް ތަޢުރީފް ކުރަމުންދާ މަންޒަރު ބަލަން އުޑަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ސިހިގެން ދިޔައީ ރަޔާހީންގެ އުނަގަނޑުގައި ފިރިހެންވަންތަ ދެއަތަކުން ވަށާލުމުންނެވެ.
މަޑުމަޑު ހުނުމަކަށް ފަހު އެނބުރިލާ ރަޔާހީން ބޯއަޅާލީ ފަހަތުގައި ހުރި ވިކްޔަންގެ މޭމަތީގައެވެ. ވިކްޔަންގެ ހިތުގެ ވިިންދުގެ އަޑު ރަޔާހީންގެ ކަންފަތަށް އިޙުސާސްވި ހިނދު ދެލޯ މަރާލެވުނެވެ. ވިކްޔަން ވެސް ރަޔާހީންގެ ހަށިގަނޑު އޭނާގެ ހަށިގަނޑާއިލާ ފިއްތާލިއެވެ.
“ހިނގާ އެތެރެއަށް. މިތާ ހުއްޓާ މާބޮޑަށް ފިނިވެދާނެ” ރަޔާހީންގެ ބުރަކަށީގައި ފިރުމލާމުން ވިކްޔަން ބުނެލިއެވެ. އެއަޑަށް ރަޔާހީން ދެލޯ ހުޅުވާލަމުން ވިކްޔަންގެ މޫނަށް ބަލާލިއެވެ.
“ކޭވީ!!! ކޮޓަރިތެރޭގައި އެގޮތަށް ފޮޓޯ ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން. މާމަ އަބަދުވެސް ބުނާނެ ރަޙްމަތުގެ މަލާއިކަތާ ގޭތެރެއަށް ނުވަންނާނޭ އެހެން ހުރީމަ. އެފޮޓޯތައް ނަގަމާ” ރަޔާހީން ވިކްޔަންގެ ގައިގާ ބައްދާލައިގެން ހުރެ ބުނެލިއެވެ.
“ހަމަ ނަގަންވީ… މިކޮޓަރި އަދި މިގެ ވެސް ތަނަކަށް ހަދާނީ ހަމަ ރާޔަން. ރާޔަން ބޭނުންގޮތަކަށް ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޮންނާނެ” ރަޔާހީންގެ ބޮލުގައި ބޮސްދެމުން ވިކްޔަން ބުނެލިއެވެ.
“އަދި ކޭވީ އަށް އަންގަންޖެހޭ ވަރަށް ބޮޑު ހަޤީޤަތެއް އެބައޮތް. އެވާހަކަ އަންގަންޖެހޭ އެންމެފަހު މީހަކީ ކޭވީ….ބުނަންވީތަ؟”ރަޔާހީން ބުނެލިއެވެ.
“ބުނެބަލަ. އަޑުއަހަން މިހުރީ” ވިކްޔަން ބުނެލިއެވެ.
“ޖިންނިއަކާއި ބައްދަލުކޮށްފާނަންތަ؟” ރަޔާހީން ބުނި އެއްޗަކުން ވިކްޔަން އަށް ރަޔާހީން ގަޔާ ދުރުކޮށްލުމަށްފަހު އެމޫނަށް ބަލާލިއެވެ.
“ރަނގަޅަށް ތިއަޑު އިވުނީ… ބީހާލް އާއި ބައްދަލުކޮށްލަފާނަންހޭ…” ރަޔާހީން އަނއްކާ ވެސް ވިކްޔަންގެ މޫނަށް ބަލަން ހުރެ އަހާލިއެވެ.
“ބީހާލްއޭ… ކާކު އެއީ؟” ވިކްޔަން ކޮށްލީ ސުވާލެކެވެ. ރަޔާހީން ހީލާފައި ވިކްޔަންގެ އަތު ތެރެއިން ނިކުމެގެން ގޮސް ހުއްޓިލީ ރެއިލިންގް ކައިރީގައެވެ.
“ހެހެހެ… އެއީ ބީހާލް…. ޖިންނިއެއް. އަހަރެމެންނަށް ހެޔޮއެދޭ މޫމިނު ޖިންނިއެއް. އަހަރެން ދެކެ ބޭބެއަކު ފަދައިން ލޯބިވާ މަހްލޫގެއް. އިރުފާންގެ ކިބައިން ބަދަލު ހިފުމަށް އަހަރެންނަށް އެހީވެދިން މަދަދުޤާރެއް. އަހަރެންގެ ދޮންތައަށްޓަކައި ހިތާއި ފުރާނައިން ލޯބިވާ ފަރާތެއް. ބީހާލްގެ ވާހަކަ މިހާރު ނޭނގެނީ އެކަނި ކޭވީ އަށް. މާމަ އަދި ކޫއްތަ ކައިރީގައި ވެސް ބުނެފިން” ރަޔާހީން އެހިިސާބަށް ބުނުމުން ކުޑަކޮށް ޖެހިލުންވެފައި ހުރި ވިކްޔަން ތުނިތުނިކޮށް ފަޅާފައި ހުރި ތުބުޅީގައި އަތް ހާކާލިއެވެ. ކުއްލިއަކަށް ވިކްޔަން ހަނދާނަށް އައީ އިރުފާނާއި ބައްދަލުކުރުމަށް މާކިލް އާއި އެކު އަތޮޅުވެއްސަށް ދިޔަ ދުވަހު އިރުފާން ބުނެލި ވާހަކައެވެ. ފަރުހީން ވެސް އަދި ރަޔާހީން ވެސް ހިމެނޭ ގޮތަށް ޖިންނިއެއްގެ ވާހަކައެއް ދެއްކުމުން އެކަން މާކިލް ގަބޫލުނުކޮށް އިރުފާނަށް ހަމަނުޖެހޭ މީހެކޭ ބުނި ހަނދާނެވެ. ދާދި ދެންމެއަކު ޕާރޓީ ތެރޭގައި ރަޔާހީން ހީނފައި ވާހަކަދެެއްކި މަންޒަރެވެ. އެއީ ޖިންނިއެއްގެ ކަންތައްކަން އޭރު ވިކްޔަންއަށް ގަބޫލުނުކުރެވުނަސް މިހާރު ޤަބޫލުކުރެވިއްޖެއެވެ. އެވާހަކަ އެގޮތަށް ރަޔާހީންގެ ދުލުން ހާމަކުރީމައެވެ.
“ދޮންބެއަށް އެނގޭތަ އެކަން. މިބުނީ ޖިންނި ކަންތައް” ވިކްޔަން އަހާލުމުން ރަޔާހީން ބޯޖަހާލިއެވެ. އެކަމާއި ބެހޭ ގޮތުން ވިކްޔަން ކުރި ކޮންމެ ސުވާލަކަށް ރަޔާހީން ތެދުވެރިކަމާއެކު ޖަވާބު ދިނެވެ. ބީހާލްގެ ވާހަކަ ފެށިގެން ނިމެންދެކަށް ކިޔާދިނެވެ.
“ކޭވީ ބޭނުމިއްޔާ ބައްދަލުކުރެވިދާނެ މިހާރު ވެސް” ރަޔާހީން އެންމެފަހުން ބުނެލި ޖުމްލައިން ވިކްޔަން ބިރުގަތެވެ. ނަމަވެސް ރަޔާހީން ކުރިމަތީ ފިރިހެނަކަށްވެ ހުރެ ފިނޑިނުވާން ވެގެން އާއެނކޭ ބުނެލިއެވެ.
ކުއްލިއަކަށް ޖެހިލި ފިނިވައިރޯޅިއަކާއި އެކު ވިކްޔަންގެ ކަންފަތުގައި އެޖެހުނީ އޮމާން ފިރިނެއްގެ އަޑުން އޭނާ އަށް ގޮވާލި އަޑެވެ. ވިކްޔަން ކިތަންމެ ހިތްވަރެއް ކޮށްގެން ހުރި ނަމަވެސް ކުޑަކޮށް ހަޅޭއްލަވާ ގަނެ ރަޔާހީންގެ އަތުގައި ހިފާލެވުނެވެ. މަޑުމަޑުން ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރި އެއްވެސް އައިބު ކަމެއް ނުވާ ޒުވާން ރީތި ފިރިހެންކުއްޖެކެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ބީހާލް ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ކުރުތާއެކެވެ. ބީހާލް އިސްވެ ވިކްޔަން އަށް ސަލާމަށް އަތް ދިއްކޮށްލުމުން ބިރުން ހުރެ ވެސް ވިކްޔަން ސަލާންކޮށްލިއެވެ.
“ވަރަށް އުފާވެއްޖެ ވިކްޔަން އާއި މިގޮތަށް ބައްދަލުވެވުނީމަ. އަހަރެން ކުރަން ބޭނުންވި ހުރިހާ ކަމެއް ކުރެވިއްޖެ. އަހރެންގެ ފަރޫގެ މަރަށް އިންސާފް ހޯދަދެވިއްޖެ. އަހަރެންގެ ލޯބިވާ ހީން ކޮއްކޮގެ ލޯބި ހޯދަދެވިއްޖެ. މިދުނިޔޭން ދެން އަހަރެން ބޭނުން އެއްވެސް ކަމެއް ނެތް. އިރާދަކުރެއްވިިއްޔާ އަދިވެސް ހީން ބޭނުންވި ކޮންމެ ވަގުތެއްގައި އަހަރެންގެ އެހީތެރިކަން ލިބޭނެ. ހީން ބޭނުން ކޮންމެ ވަގުތެއްގައި އަހަރެންނާއި ބައްދަލުކުރެވޭނެ…. އަހަރެން ދެން ދަނީ…..” ކުއްލިއަކަށް ބީހާލް ލޯމަތިން ގެއްލުމާއެކު ވިކްޔަން ސިހިގެން ދިޔައެވެ. ފެނުނު މަންޒަރު އޭނާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ވިކްޔަން އަށް ވީގޮތް ފެނި ރަޔާހީން ހެމުން ދިޔައިރު ވެސް ކުރީގެ ހާލަތަށް އަންނަން ވިކްޔަން އިރުކޮޅެއް ނެގިއެވެ.
ވިިކްޔަން އަށް ޖޯކް ޖަހާފައި ހޭން ހުރި ރަޔާހީން ކުއްލިއަކަށް ސިހިގެން ދިޔައީ އޭނާ ނުވިސްނާ ހުއްޓާ ވިކްޔަން ކުރި ކަމަކުންނެވެ. ރަޔާހީންގެ އުނަނގަނޑުގައި އަތް އަޅުވާލުމަށްފަހު ކުރިއަށް ލއްކެއް ޖަހާލިތަނާ ރަޔާހީން އައިސް ތަތްވީ ވިކްޔަންގެ މޭމަތީގައެވެ. އެވަގުތު ވިިކްޔަން ރަޔާހީންގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން ފަހަތަށް ޖެހިލާ ބެލްކަނީގެ ފާރުގައިވާ ސުވިޗަކަށް ފިތާލުމާއެކު ބެލްކަނި އެއްކޮށް ނިވިިގެން ދިޔައެވެ.
ބެލްކަންޏަށް ފެތރިފައިވި ކަނު އަނދިރީގައި ދެހަށިގަނޑު އެއްވެ ލޯބިކުރަމުން ދިޔައިރު ދުރުން ބަލާ މީހަކަށް އެތަނުގައި މީހަކު ހުރި ކަމެއް ނޭނގޭނެ ކަން ގައިމެވެ. އިރުކޮޅަކުން ފެނުނީ ވިކްޔަންގެ އަތްދަނޑި މަތީގައި ރަޔާހީން ގޮަވައިގެން އައިސް އެނދުގައި ބާއްވާލި ތަނެވެ. އެކަކު އަނެކަކަށް މަސްތުން ފުރިގެންވީ ހިނިތުންވުމެއް ދެމުން އެކަކު އަނެކަކާއި އެމީހެއްގެ ހަށިގަނޑު ހަވާލުކުރީ ކައިވެނީގެ ފުރަތަމަރޭގެ ފޮނި މީރުކަމަށް ފުރިހަމައަށް އެދެމުންނެވެ.

ތިންއަހަރު ފަސް

ދެއަހަރުގެ ކުޑަކުޑަ ވިރަންގެ ފަހަތުން ދުވެފައި އައިސް ބަދިގެއަށް ވަން މަހާ އުނގަނޑުުގައި އަތްއަޅުވާލީ ވަރުބަލި ވީމައެވެ. ޒިންކު ކައިރީގައި އަތް ދޮންނަން ހުރި ރަޔާހީން އެނބުރިލާ ވިިރަން އަށް ހިނިތުންވުމެއް ދިނެވެ.
“ދޮންބެދައްތާ!! ވިއްކޮ ފަހަތުން ދުވެވޭ ވަރެއް ނޫން މިހާރަކު. ކުޑަޔަކަސް ހާދަ ބާރޭ ދުވާލެއް. މާއްކޮ މުޅިން ބަލިކޮށްލައިފި” ކަބަޑު ކައިރީގައި ހުރި ކުޑަކުޑަ ވިރަން އަށް އަނެއްކާ ވެސް މަހާ އެނަގެ ފަހަތުން ދުއްވައިގަނެފާނޭ ހިތަށް އެރުމުން ދުވެފައި ގޮސް ރަޔާހީންގެ ފައިގާ ބައްދައިގަތެވެ. ތުވާލިކޮޅުން އަތް ފޮހެލަމުން ވިރަން އުރާލަން ދިމާކޮށްލި ވަގުތު ބަދިގެއަށް އައިސް ވަން ޖުނައިދު އާއި މައިސަރާ އަށް އެތަން ފެނި ވިރަން އުރަން ރަޔާހީނަށް މަނާ ކުރިއެވެ. ސަބަބަކީ އަށްމަހުގެ ބޮޑު ބަނޑާއެކު ގުދުވެ އެއްޗެހި އުފުލުން ޑޮކްޓަރ ރަޔާހީނަށް މަނާ ކޮށްފައިވީތީއެވެ. ވިރަން ވެސް ފަހުން ރަޔާހީން އުރާތޯ ބޮޑާހާކަން ނުހުރެ ގޮސް އެރީ އަބަދުވެސް އެސޮރު އެންމެ ލޯބިވާ ކާފަގެ އުރަށެވެ. ޖުނައިދު ވިރަން ކޮނޑުމައްޗަށް ލަމުން ބަދިގެއިން ނިކުތްއިރު ވިރަންގެ ހުނުމުގެ އަޑު އިވިއވި ހުއްޓެވެ.
“ދަރިފުޅުގެ ތި އިންތިޒާރަށް ނިމުމެއް އަންނާނެ މިރޭ… މަންމަ އަށް ހީވޭ ވިކީ އަށް ޗުއްޓީ ހަމަޖެހިއްޖެހެން” އުނދުން ކައިރީގައި ހުރެ ތެލިތަކުގެ މަތި ނަގަމުން މައިސަރާ ވާހަކަދެއްކީ ރަޔާހީނާއެވެ. މައިސަރާ އާއި ބައިވެރިވެގެން ބަދިގެ ތެރޭގައި ނިންމަން ހުރި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ރަޔާހީން ކޮޓަރިއަށް ވަންތަނާ ފަހަތުން އައި މައިސަރާ ނިދާފައި އޮތް ވިރަން ގޮސް އެނދުގައި ބާއްވާލަމުން ކައިރީގައި ބާލީސްތައް ޖަހާލިއެވެ. ހީލަމުން މައިސަރާ ކޮޓަރިން ނިކުމެ ދޮރު ލައްޕާލުމުން ރަޔާހީން ފެންވަރާ ގައި ދޮވެލުމަށްޓަކައި ފާހާނާ އަށް ވަދެލިއެވެ.
ފެންވަރާ އިސްތަށިގނަޑުގައި ތުވާލި އޮޅާލަމުން ރަޔާހީން ނިކުމެ އެނދުގައި ނިދާލާފައި އޮތް ވިރަންއަށް ބަލާލިއެވެ. އެތުއްތު މޫނުގައި ތުންފަތް ޖައްސާލީ ނިދީތެރޭ އޮވެ މަޢުސޫމް މޫނުން ރަޔާހީނަށް ހަދިޔާކޮށްލި ހިނިތުންވުން ފެނިފައެވެ. ވިރަން ހީގަތުމުން ވިކްޔަން އާއި ހަމަ ތަފާތް ވެސް ނެތޭ ރަޔާހީން ހިތަށް އެރިއެވެ.
ގަޑިއަށް ބަލާލަމުން ރަޔާހީން ބެލްކަންޏަށް ނިކުމެ ބޭރު ބަލާލިއިރު ބޭރު ގޭޓު ކައިރީގައި ވިކްޔަންގެ ސައިކަލު ހުއްޓާ ފެނުމުން ރަޔާހީން ހީލިއެވެ. ބަރާބަރު ތިން ދުވަސް ފަހުން ވިކްޔަން ދަތުރުން އެނބުރި އައީއެވެ. އިރުކޮޅަކުން ކޮޓަރީ ދޮރު ލައްޕާލި އަޑު އިވުމުން ވިިކްޔަން އައީކަން ރަޔާހީނަށް އެނގުނެވެ. އެނދުމައްޗަށް ކޮނޑުގައި އޮތް ދަބަސް ދޫކޮށްލަމުން ވިކަޔްން ބެލްކަންޏަށް ނިކުމެލީ އޭނާގެ ހިތުގެ ރާނީ ހުންނާނީ އެތަނުގައި ކަން އެނގުމުންނެވެ.
ދެލޯމެރި ރަޔާހީން އެތެރެއަށް ނޭފަތް ދަމާލީ ފަހަތުން އައިސް އޭނާގެ ބޮޑު ބަނޑުގައި ބައްދާލި ވިކްޔަންގެ ހަށިގަނޑުން ދުވި ލުއިލުއި މީރުވަސް ނޭފަތުގައި ޖެހުމުންނެވެ.
“ޗުއްޓީ ހަމަޖެހިއްޖެ. ދެން ނިކުންނާނީ އަހަރެންގެ ކުޑަކުޑަ ރާޔަން އަށް ވެލްކަމް ކިޔާފައި” ރަޔާހީންގެ ކަނދުރާގައި ތުނބުޅި ހާކާލަމުން ވިކްޔަން ބުނެލިއެވެ.
ވަރަށް ބިރުއެބަގަނޭ” ވިކްޔަން އާއި ވީކޮޅަށް އެނބުރިލަމުން ރަޔާހީން ފުން ނޭވައެއް ލަމުން ބުނެލިއެވެ.
“ކޮންކަމަކާ” ވިކްޔަން ރަޔާހީންގެ ކުޑަކުޑަ ނޭފަތު ކޮޅުގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ.
“ހަނދާންވޭތަ ކުރީ ފަހަރު ވިއްކޮ ވިހަން އުޅުމުގެ ތެރޭގައި އަހަރެން ހާލުބޮޑުވެ އައިސީޔޫ ގައި ފަރުވާދިން ހަނދާން” ކުރީގެ ބިރުވެރި ހަނދާނެއް އާކޮށްލަމުން ރަޔާހީން ބުނެލި އެއްޗަކުން ވިކްޔަން ހާސްވިއެވެ. ތެދެކެވެ. އެދުވަހަކީ ވިކްޔަންގެ ހަނދާނުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ދުވަހެކެވެ. އެފަހަރު އެކަމުން ރަޔާހީން ގަދަވުން އެއީ މާﷲގެ ރަޙްމަތްފުުޅެވެ.
“ހުރިހާ ފަހަރަކު އެއްގޮތެއް ނުވާނެ. އެފަހަރު ރާޔަންގެ ލޭމަދުވީމަ އެހެން ދިމާވީ. މިފަހަރު އެހެނެއް ނުވާނެ. ދެން ތިކަހަލަ ވާހަކަ ނުދައްކައްޗެ. އެހެން މީހުން ބުނާހެން ރާޔަން އާއި ނުލާ އަހަންނަކަށް ނޫޅެވޭނޭ ބުނާކަށް ބޭނުމެއް ނޫން. އަހަރެން ބުނާނީ ރާޔަން އާއި ނުލާ ދުނިޔޭގައި އުޅޭކަށް އަހަރެން ބޭނުމެއްނޫނޭ….. އަހަރެމެންގެ ޕްރިންސަސް އަންނާކަށް ދެން ގިނަ ވަގުތެއް ނެތް… ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް.. އިންޝާﷲ…” ވިކްޔަންގެ މޭގެތެރޭގައި ރަޔާހީން ބޮނޑިކޮށްލަމުން ބުނެލިއެވެ. އެވަގުތު ދެމީހުންގެ ނަޒަރު ވެސް އެރޭގަނޑުގެ އަނދިރީގެ ތެރެއިން ވިިދައިގަތީ ވަރަށް ތިރިން އުދުހިލާފައި ދިޔަ ދުވަހަކު ވެސް ނުފެންނަ ޒާތެއްގެ ދޫންޏަކަށެވެ. ވަކި ހިސާބަކުން އެދޫނި މަޑުމަޑުން ބީހާލްގެ ސިފައަށް ބަދަލުވެ އަތުން ހަނާއަޅާލި މަންޒަރު ރީތިކޮށް ދެމީހުންނަށް ވެސް ފެނުނެވެ. ބީހާލްެ ހަށިގަނޑާއި ގުޅިފައިވާ ހުދު ކުލައިގެ ވަރުގަދަ ފިޔަގަނޑު ދެފަރާތަށް ވިހެމުން ދިޔަ މަންޒަރު ފެނި ރަޔާހީނާއި ވިކްޔަން ތިބީ ހައިރާންވެފައެވެ. އެވަގުތު ދެމީހުންނަށް ވެސް ހެވުނީ ވަޔާއި ހަވާލުކޮށްފައި އެދެމީހުންނަށް ބީހާލް ފޮނުވާލި މެސެޖުންނެވެ.
“އުފާވެރި ހަބަރުގެ އިންތިޒާރުގައި ހުރީމޭ ބީހާލް ބުނި އަޑު ހަމަރީތިކޮށް ދެމީހުންނަށް ވެސް އިވުނެވެ. އެކަކު އަނެކަކަށް ބަލާލާފައި ދެމީހުން ހީލިއިރު މައްޗަށް އަރާ ވަކި ހިސާބަކުން ބީހާލް ގެއްލުނު މަންޒަރު ދެމީހުންނަށް ވެސް ފެނުނެވެ. އެވަގުތު ރަޔާހީންގެ ބަނޑުން ދަރިފުޅު ތޮޅިލި އިޙުސާސް ދެމީހުންނަށްވެ ހީލެވުނީ ދެމީހުންނަށް އެކީގައެވެ. ވިކްޔަން މަޑުމަޑުން ތިރިވެ ރަޔާހީންގެ ބަނޑުގައި ކަންފަތް ޖައްސާލުމާއެކު ރަޔާހީނަށް މަޑުމަޑުން ދެލޯ މަރާލެވުނެވެ. އެވަގުތު އޭނާގެ ހިޔާލަށް ފެނިގެން ދިޔަ ފަރުހީނު ސޫރަ އޭނާގެ މޫނުގައި ބީހިލިހެން ހީވިއެވެ. އެހިނދު ރަޔާހީންގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

*****ނިމުނީ*****

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތި ލޯތްބަށްޓަކައި (18)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 41 (އެކާޅީސްވަނަ ބައި)

Next
October 8, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 41 (އެކާޅީސްވަނަ ބައި)

Previews
October 7, 2017

ތި ލޯތްބަށްޓަކައި (18)

60 Comments!

  1. Manna says:
    October 7, 2017 at 10:16 pm

    Yaaaay. I’m first tha????? ?????????I love this story n love ya ushaali????????ur such a grt writer. God bless u

  2. Aaaf says:
    October 7, 2017 at 10:17 pm

    oh me.first
    story ?awesome ???

    1. Ushaali says:
      October 8, 2017 at 12:30 pm

      thankyou so much Aaaf 🙂

  3. Xee says:
    October 7, 2017 at 10:19 pm

    Wow mee second dhw

    1. Xee says:
      October 7, 2017 at 10:56 pm

      Story vvvvv habehys den koniraku aa story akaa eky badalu kolaanyy u r story hama habehys waiting for nxt story mivaahaka vvvvv reeti
      Masha Allah

    2. Ushaali says:
      October 8, 2017 at 12:34 pm

      thankyou xee 🙂 soon. insha allah… mihaaru liyevemun dhany 🙂

  4. Ushaali says:
    October 7, 2017 at 10:19 pm

    Assalam alikum

    alhamdhulillah 🙂 vahaka ninmaalevijje.. varah ufaa vehjje 🙂 🙂 vahaka nimunu gothaamedhu hiyhamajehunu kudhin comment kollunedhen 🙂
    mivahaka liyumah ushaaly ah eheevedhin ushaaly ge huxband and azzadhil ah varah bodah thankyou 🙂
    emme bodah ushaaly ge vahakathakah thaaeedhu koh support dhin huriha kudhinnah varah bodah thankyou 🙂 🙂 🙂
    mi bai lasvy fahu bai v ma thankolheh dhigukoh liyan jehigen. mihaaru up koffa meenee dhe bai mix kollaafa. ithurah kiyuntherin inthizaaruga nubahattan vegen 🙂 🙂
    gooodnight huriha kudhin… love you ol 🙂 :
    varah avahah mulhin new story akaa eku ushaaly bahdhau kuraanan,,,,,,, 🙂 insha allah 🙂 🙂 🙂

  5. AFNAN says:
    October 7, 2017 at 10:30 pm

    Woww vv salhi

    1. Ushaali says:
      October 8, 2017 at 12:43 pm

      thankyou AFNAN 🙂

  6. Rish says:
    October 7, 2017 at 11:05 pm

    Masha allah….vaahaka v reethi❤❤

    1. Ushaali says:
      October 8, 2017 at 1:43 pm

      thankyou so much Rish 🙂

  7. Sheii says:
    October 7, 2017 at 11:16 pm

    Wow. ♥️

    1. Ushaali says:
      October 8, 2017 at 1:44 pm

      thankyu sheii 🙂

  8. cya says:
    October 7, 2017 at 11:25 pm

    Ushaali hurihaa story ves vvvv reethi . 2 or 3 times nukiyaa enme story ehves neennaane vv furihama
    V avaha ushaali ge new story eh kiyaalan libeyne Kamah unmeedhu kuran

    1. Ushaali says:
      October 8, 2017 at 1:45 pm

      thankyou so much cya :-)ushaali ge new story start kuraanan varah avahah. insha allah

  9. Mal says:
    October 7, 2017 at 11:31 pm

    Aslu adhi neyge irufaan ah beehaal n faroo ge relation ingunu gotheh.. Dhw? Btw vaahaka vvvvv reethi ❤❤❤ I loved it..
    Thanks ushaaly mihaa reethi story eh liyelyma… Keep going… Good luck.. I hope you wull be back soon

    1. Ushaali says:
      October 8, 2017 at 1:47 pm

      nooney mal… beehaal irufanah dhimmavi baeh scenethakuga innaane beehal beynunvany eynage loabyge badhaley bunefa. mihaaru ushaali akah nenge bunaakah e seedha kon episode eh kameh… ekamu mal rangalhah kiyaalinama engunees….. btw thankyou so much 🙂

  10. Naaf says:
    October 7, 2017 at 11:39 pm

    vaahaka v reeti .❤

    1. Ushaali says:
      October 8, 2017 at 1:51 pm

      thankyou Naaf 🙂

  11. Inaa says:
    October 8, 2017 at 12:06 am

    Waiting for the next story

    1. Ushaali says:
      October 8, 2017 at 1:59 pm

      thankyou inaa 🙂

  12. Ainth says:
    October 8, 2017 at 12:44 am

    V.v.v.nice adhi nimun varah habeys

    1. Ushaali says:
      October 8, 2017 at 7:43 pm

      thankyou Ainth… 🙂 ushaali ge vahakathakuge nimun thafaathu kuran varah visnan…

  13. remoo says:
    October 8, 2017 at 12:49 am

    v v reeethi…..:3

    1. Ushaali says:
      October 8, 2017 at 2:00 pm

      thankyou remoo 🙂

  14. Nashko says:
    October 8, 2017 at 12:58 am

    Woooooow?… I’m speechless…. Nashko mihaathanah kiyaali emme fab story mii… Dhn ekam heen wihaafa nimmaali nama…. But wrh reethi nimmun wx…. I really enjoyed this story❤?…. Dhnwx Nashko beynumii Ushaage biruweri waahaka eh kiyaalan… I hope wrh awahah Ushaage new story eh fennaane kama

    1. Ushaali says:
      October 8, 2017 at 2:01 pm

      awwwww… really Nashko…. varah happi vehjje….. thankyou so much 🙂 🙂 adhi fennaane biruveri vahakathah ves… meefeshumeh adhi 🙂 insha allah

  15. khajja says:
    October 8, 2017 at 1:13 am

    Ohhh wow masha allah mi stry v v v v habeys???? dhen kon irakun nw stry eh kiyaalan libeyny v v v miss vaane v v v inthizaaruves kurevey nw stry akah insha allah wow mi stry haadha haadhahaayey furihama ee asluves v v v loabi thank u so much mihaa luvly stry eh genes dhinyma will wait insha allah 4 nw stry ingey gud nyt ly ????❤❤❤????????????

    1. Ushaali says:
      October 8, 2017 at 2:04 pm

      thankyou somuch khajja… varah avahah libenene. insha allah 🙂

  16. Ashy says:
    October 8, 2017 at 3:21 am

    waiting for your next story ?
    And yeah hama Varaaaaaaaah obi mi story ♥️?

    1. Ushaali says:
      October 8, 2017 at 2:04 pm

      thankyou Ashy 🙂

  17. nux says:
    October 8, 2017 at 7:00 am

    well done dr nice ending hama superb????hope kuran mikahala reethi stry eh avaßs mussthagubalehga kiyaalan libeyne kamah ???????????tgc lovely ushoo n ufaaveri dhuvass thakakah eden???

    1. Ushaali says:
      October 8, 2017 at 2:05 pm

      awwwww… thankyou so much nux 🙂 🙂

  18. annoying reader says:
    October 8, 2017 at 9:21 am

    finally. varah reethi story eh mi. i loved the ending. waiting for a new story,keep it up

    1. Ushaali says:
      October 8, 2017 at 2:06 pm

      thankyu so much annoyin reader 🙂

  19. miya says:
    October 8, 2017 at 10:55 am

    It was beautiful. Look forward to a new one

    1. Ushaali says:
      October 8, 2017 at 2:06 pm

      thankyou miya 🙂

  20. Pinkish says:
    October 8, 2017 at 10:55 am

    Mi vaahakaige 1 to 7 parteh neh… keevvetha ushaa

    1. Ushaali says:
      October 8, 2017 at 2:07 pm

      alhe pinkish innaane.. biruveri bayah gossa chk kollaba 🙂

  21. ushee says:
    October 8, 2017 at 10:57 am

    warah salhi ma sha allah..<3

    1. Ushaali says:
      October 8, 2017 at 2:08 pm

      thankyou so much ushee 🙂

  22. kaisaan says:
    October 8, 2017 at 11:51 am

    buongiorno ushaali. the story is beautiful, well done ushaali, i will look forward for your new story, no matter how long i should wait, civediamo

    1. Ushaali says:
      October 8, 2017 at 2:09 pm

      awwwww…. thankyou so much kaisaan…. 🙂 ehaa dhigu inthizaareh kuruvaakah nujjassaanan… insha allah 🙂

  23. Minn says:
    October 8, 2017 at 2:10 pm

    Aslu emme mistake eh inii..
    Aee meehakaa indhe jimaau nuvanyaa iddhaiga innaakah nujeheyne..
    Vaaahaka v v v habeys..
    Ninmaalaakah beynumeh ves nun..

    1. Anonymous says:
      October 8, 2017 at 2:30 pm

      Innan jeheyne kamah vany

    2. reply says:
      October 8, 2017 at 5:01 pm

      kaiveni koggen 01 year ekuka ulheffa vari vejje nama iddhaiga innan jeheyne. ehene noon kaiveni ko ekaheri nuvanis vari koffi nama iddhaiga inaaka nujeheyne

    3. Ushaali says:
      October 8, 2017 at 5:04 pm

      ushaali ahaalin baeh meehun kairyga ushaali ah ves olhun araa kahala uvaaleh v ma. emmen ves bunany innan jehene kamah. e ee jimau nuvaakan engny anhen meeha and firihen meeha ah ekani dhw. inumuge kurin hashi hustho ahany konmes kameh vegennu. kaiveni koggen fudhey varakah gina dhuvahu ulhunu dhemeehaku jimaau nuvamey bunyma gaazy gaboolukuraanetha? nukuraanenu…. dhn nenge mihen nuvaakamah vanya yes ushaali gaboolukuran e ee mistake eh kamah 🙂 🙂 🙂

  24. $JK..KOREAN says:
    October 8, 2017 at 3:25 pm

    brilliant storyy.. i just loved it.. i think this is my first comment. but story hama kiyan. varah interesting. masha allah u’ve got great talent. really appreciate ur way of writing.. amazing. 😀 good luck for the nxt story.. waiting… 🙂 TC 🙂 🙂

    1. Ushaali says:
      October 8, 2017 at 5:08 pm

      awwwww.. thankyou so much dear….. 🙂

  25. Saeedha Mohamed says:
    October 8, 2017 at 4:12 pm

    Varah reethi ninmaali goiy ves reethi .unmeedhu kuranee adhi ves ehaa reethi vaahakaeh genes dhehvaane kaamah.?????

    1. Ushaali says:
      October 8, 2017 at 5:09 pm

      thankyou so much…. dhn in vahaka ves varah reethi vaane. insha allah 🙂

  26. Liaa says:
    October 8, 2017 at 5:50 pm

    Hey Ushaalii!! Liaa ah varah reethi Ushaali ge mi vaahaka. Concept ves adhi husha alhaafa in goi ves.. 🙂
    Goood luck dear! Hope to see another story v avahah 🙂
    <3

    1. Ushaali says:
      October 8, 2017 at 7:45 pm

      thankyou so much Liaa 🙂 varaha avahah insha allah 🙂

  27. mai says:
    October 8, 2017 at 6:17 pm

    ushaa finally ninmaaly dhw…☺️I loved it…varah salhi mininmun ves..ushaalie ge dhen lian ulhey story ves mihaa reethi vaane kamah umeedhu kuran..waitting for that beautiful story…keep up your hard work ???

    1. Ushaali says:
      October 8, 2017 at 7:48 pm

      yes mai nimunee… alhamdhulillah 🙂 thankyou so much… vahaka nimendhen kiyaalyma varah happi vehjje…. mivahaka ah dhin support dhn fashaa vahaka ah ves dheyne kamah heekuran 🙂

  28. Maisha says:
    October 9, 2017 at 1:19 am

    v v v v vrhhhhhhh reeeethi vaaahaka eh ❤️

  29. NaXy says:
    October 11, 2017 at 1:45 pm

    Mi vahaka ehkoh kiyaalan beynun . ekam 1 to 7 eh neh. Eba nethiya kihineh vahaka kiyanee. Ushaali ge huriha vahaka ves kiyan. V reethi vahaka thah. Ekam Mi vahaka Dhen Mi jehunee nukiya dhoo kohlan. ????

  30. Nuttu says:
    December 20, 2017 at 2:45 am

    Masha allah varah reethi vaahaka ??

  31. azza says:
    June 10, 2018 at 3:39 am

    vaahaka feshigen nimendhen kiyaifin. v v v v reethi vaahaka eh but 21part nethyma dheravy…keep it up

  32. Kitty says:
    January 26, 2019 at 11:16 pm

    Vvvv reethi mi vaahaka.. Hama dhenme vaahaka kolhun fashaigen kiyaa nimuny… Vvv vse furihama ingeytho??❤️???❤️?❤️❤️

Comments are closed.



All Right Reserved!