އެއްމަސް ފާއިތުވެގެން ދިޔައިރު ވިކްޔަން އެކި ގޮތްގޮތުން ރަޔާހީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ވިކްޔަން އެކަމާއި ހިތާމަކުރާ ވަރު އެންމެ ގާތުން ފެންނަނީ މައިސަރާ އަށެވެ. އެހެންކަމުން ވިކްޔަން އަތުން ރަޔާހީންގެ އެޑްރެސް ހޯދައިގެން އެގެއަށް ދާން ވެސް މައިސަރާ މަސައްކަތްކޮށްފިއެވެ. ވިކްޔަން އިންކާރު ކުރުމުން އެފިޔަވަޅު ނަގާކަށް މައިސަރާއަކަށް ނުކެރުނެވެ.
“މަންމަ އަށް ފެންނަނީ ވިކީ އެގެއަށް ދާން. ލޯބި ހާސިލްކުރެވޭނީ ނިކަން ހިތްވަރެއްވެސް ހުރެގެން. ނޫންތަ މާކް؟ ފިނޑިއެއްހެން ގޭގައި އިނދެ ރޮޔަކަސް ލޯބި ވިކީގެ ފައިބުޑަކަށް ނާންނާނެ” ހީލަމުން ސަމާސާ ގޮތްގަނޑު އެކުލެވޭ ކަހަލަ ރާގެއްގައި މާކިލް އަށް ދޯ ދެމުން މައިސަރާ ބުނެލިއެވެ.
“ތެދެއް ވިކީ މިއަދު އުޅެމާ އެގެއަށް ދާން” ވަކި ޖަވާބެއް ނުދީ ވިކްޔަން އިނީ އޭނާގެ ހިތް ވަކި ގޮތެއް ނުނިންމާތީއެވެ. އެނގޭ އެއްޗަކީ މިފަހަރު ރަޔާހީން އަތުން ބީވިޔަ ނުދޭނެ ކަމެވެ. އެއީ މުޅި ދުނިޔެއިން ވެސް ހިތާއި ފުރާނައިން ހަޤީޤީ ލޯބި ވެވުނު އަންހެންކުއްޖާއެވެ. ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެދޭ ކުއްޖާއެވެ. އެލޯތްބާއިނުލާ އޭނާގެ ހިތް އެތައް ސަތޭކަ މަރަކުން މަރުވެފައި ވިޔަސް އޭނާގެ ހިތުގައި މިއަދާއި ހަަމައަށް ވެސް ފަނޑުވުމެއްނެތި ފިޔަޖަހަމުންދާ އޭނާގެ އަލަތު ލޯތްބެވެ.
**********************************************************
ފަރުހީންގެ މަރުގެ މައްސަލައިގެ ދެއަޑުއެހުން ނިންމާ ދެން އޮތީ ވާރިސުންގެ ބަހެއް ހޯދުން ކަމުގައިވާތީ އިންޑިޔާގައި ހުރި ރައިނީ ނަޔާޝީނާއި ނައުޝީން ގޮވައިގެން އެނބުރި މާލެ އައެވެ. އަޑުއެހުން އޮތް ސީދާ ތާރީޚެއް ނޭނގުނަސް ކުރިއާލާ ތައްޔާރުވުމަށްޓަކައި ރަޔާހީން އެދިގެން އެމީހުން ރާއްޖެ ގެނައީއެވެ.
ހަވީރު ފިނިޖެހިފައި އޮތް ވަގުތުގައި އަޞުރުނަމާދުން ފައިބައިގެން ރަޔާހީންގެ ކޮޓަރިއަށް އައިސް ވަން ނަޔާޝީނާއި ނައުޝީން އަނގަފުޅާ ހިނިތުންވުމެއް ރަޔާހީނަށް ދިނުމަށްފަހު އެނދަށް އަރާ ދެކުދިން ދެފަރާތުން އޮށޯތެވެ.
“ތިއްތާ ހުކުރު ދުވަހެއްނު. ހިނގާބަ ބޭރަށް ނިކުމެލަން. މާމަ ބުނި ހުކުރު ދުވަހަކީ އީދެއްފަދަ ދުވަހެކޭ… އަޅެ ހިނގާބަ. ނަދާދައްތަ ވެސް ގޮވައިގެން ދާނީ” ނައުޝީން ރަޔާހީންގެ އތުގައި ހިފާލަމުން ބުނެލިއެވެ. ރަޔާހީން އެދެކުދިންނަށް ބަލާލީ މޫނު މަތީގައި އެއްވެސް އަސަރެއްނެތް މީހަކު ފަދައިންނެވެ. ހިނދުކޮޅަކަށް ހިމޭންކަމާއެކު ދެކުދިންނަށް ބަލާލީ ދެކުދިންގެ އުފާވެރިކަން ދެކެފައެވެ. ނަމަވެސް އޭނާގެ ހިތާއި ސިކުނޑި ބޭނުންނުވެފައިވާ ކަމަކަށް އޭނާ އާބަސް ބުނާނީ ކިހިނެއް ހެއްޔެވެ؟
“ތިއްތަ މިއަދު ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މިއޮތީ. ކިހިނެއްވާނެ މާދަމާ. ޕްރޮމިސް ތިއްތަ ދާނަން” ހަޤީޤަތުގައި ވެސް ރަޔާހީން އޮތީ ބޮލުގައި ރިހޭ ވަރުންނެވެ. ރަޔާހީންގެ މޫނުމަތިން ފެނުނު ކުލަވަރުންނާއި އަޑުގައި ހުރި ބަލި ރާގުން ނަޔާޝީނާއި ނައުޝީނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެކޮޓަރިން ދެރަވެފައި ތިބެ ނިކުތީ ރަޔާހީން ކައިރީގައި ބޭސްކައިގެން ރެސްޓް ކުރުމަށް ބުނެފައެވެ.
ދެކޮއްކޮ އެގޮތަށް ދެރަކޮށްލަން ޖެހުނީތީ ރަޔާހީން ދެރަވިއެވެ. ނަމަވެސް އެކުދިން އުފާކޮށްލަދޭން އެކުގައި ވަގުތުކޮޅެއް ހޭދަކުރަން ދާކަށް އެއްގޮތަކަށް ވެސް އޭނާގެ މޫޑެއް ނެތެވެ. އޭނާގެ މުޅި ވިސްނުން ގުޅިފައިވަނީ ވިކްޔަން އާއެވެ. ދުވާލަކު އެތައް ސަތޭކަ މެސެޖެއް ވިކްޔަން ފޮނުވަމުން ދާއިރު އެންމެ މެސެޖަކަށް ވެސް އޭނާ ރިޕްލައިއެއް ކޮށްފައެއް ނުވޭއެވެ. އެސޫރަ ދެކޭ ހިތުން ވެސް އޭނާގެ ދެލޯ ހީވަނީ މަގާމުން ނިކުމެ އުދުހިގަންނަން އުޅޭ ހެންނެވެ. ނަމަވެސް ގޮތުގައި ހިފަހައްޓައިގެން ހުރީ ވިކްޔަން ތެޅޭވަރެއް ބެލުމަށްޓަކައެވެ. އެހެނީ އެލޯތްބަށްޓަކައި އޭނާ ވެސް ވަނީ އެތައް ތެޅުމެއް ތެޅިފައެވެ.
ވިކްޔަން އާއި އޭނާގެ ލޯބި ފެށިގެން އައި ގޮތް އޭނާގެ ޚިޔާލަށް އަންނަން ފެށުމުން ހިކިފައިވާ ދެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އިސާހިތަކު އޭނާގެ ޚިޔާލީ ލޯގަނޑުން އެދުވަސްތައް ޕްލޭ ކޮށްލި މަންޒަރު ބަލަން އޭނާ އެދިމާލަށް ކަޅި ހުއްޓާލިއެވެ. ހީލަން ހަނދާންނެތިފައިވި އޭނާގެ ދެތުންފަތް މަޑުމަޑުން ފޭވި ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
*****************************************************
އޮސްޓްރޭލިޔާގެ އެންމެ މަޝްހޫރު ކޮލެޖުގައި ކިޔަވަމުން ދިޔަ ރަޔާހީނާއި ވިކްޔަން އަކީ އެންމެ ފުރަތަމަ ދުރު ދެ ރައްޓެހިންނެވެ. އެކުގައި ދިވެހި ތިން ކުދިން ކިޔަވާ އެކޮލެޖުގައި އަންހެންކުއްޖަކަށް ހަމައެކަނި ހުރީ ރަޔާހީނެވެ. ރަޔާހީނަކީ އިސްކޮޅާއި ރޫފަ ހެޔޮވަރުކޮށް ގުދުރަތުން ދިގުު އިސްތަށިގަނޑެއް ދެއްވާފައިވާ މާދޮން ނޫން ކުއްޖަކަށް ވާތީ އެކޮލެޖުގައި ކިޔަވާ ވިކްޔަން ނޫން ދެން ތިބި ތިން ދިވެހި ފިރިހެންކުދިން ވެސް ތިބެނީ ރަޔާހީނާއި ރަޙްމަތްތެރިވެ ވާހަކަދައްކާ ހިތުން މޮޔަވާވަރުވެފައެވެ. ނަމަވެސް އެހުރިހާ ކުދިންގެ ތެެއިން ވެސް ރަޔާހީނަށް ހިތް ދެވުނީ ހަމައެކަނި ވިކްޔަން އަށެވެ. ކިޔެވުން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް ވިކްޔަން އާއި ރަޔާހީން ދެއެކުވެރިންނަށްވެ ނިމިއްޖެއެވެ. އެކުގައި ކާން ދިޔުމާއި ޝޮޕިންގްކުރުމާއި ، ފިލްމު ބަލަން ދިޔުން ގިނަވެއްޖެއެވެ. ނަތީޖާއަކަށްވީ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ލޯބީގެ ވިންދު ޖަހަން ފެށިކަމެވެ. އެހެން ފިރިހެން ކުދިންގެ ފަރާތުން ރަހާހީނަށް ލޯބީގެ ހުށައެޅުން އަންނާތީ ލޯބިވާ ރާޔަން ގެއްލިދާނެ ކަމުގެ ބިރު ވިކްޔަންގެ ހިތުގައި ވަކިހިއްޕާލީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ވިކްޔަން ނިންމީ ހާއްސަގޮތަކަށް ނޫނަސް ރަޔާހީންގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލުމަށެވެ. އޭނާ އެތަނަށް އައީ ކިޔަވަން ކަމުގައި ވިޔަސް އޭނާ އަށް މިހާރު ކިޔެވުން ކުރިއަށް ގެންދެވެން އޮތީ ރަޔާހީންގެ އޭނާގެ ލޯބިވެރިޔާގެ މަގާމުގައި ހުރެގެންނެވެ. އަނެއްކޮޅުން މައިސަރާގެ އެދުމަކަށް ކިޔެވުން އެމެރިކާ އަށް ބަދަލުކުރަން އޭނާ ހުރީ އާބަސް ބުނެފައެވެ. އެދުވަސް ވެސް ބޯމަތި ވަމުން އަންނައިރު ބާކީ އޮތީ އިނގިލިން ގުނާލެވޭހާ މަދު ދުވަސްކޮޅެކެވެ. އެދުވަސްކޮޅު ޖެހެންދެން ވެސް ދެން އޭނަ އަށް އުފާވެރިކަންމަތީ ހުރެވެން އޮތީ އޭނާގެ ދިރިއުޅުން ރަޔާހީނާއި ހިއްސާ ކޮށްގެންނެވެ.
ރަޔާހީނަށް ލޯބިހުށައެޅުމަށްޓަކައި ވިކްޔަން އޭނާ އުޅޭ އެޕާރޓްމަންޓަށް ދިޔައީ ރަޔާހީނަށް އަންގާވެސް ނުލައެވެ. ބެލް އަޅާލުމާއެކު ދޮރު ހުޅުވާލި ރަޔާހީން ހުރި ގޮތުން ވިކްޔަން ލަދުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ރަޔާހީން އަވަސް އަވަހަށް ދޮރުލެއްޕީ އޭނާ އެކުޑަ ޕެޓީކޮޅާއި ސޯޓްކޮޅުގައި ހުއްޓާ އެންމެ ފެންނަން ނޭދޭ މީހާއަށް ފެނުނީމައެވެ. ލަދުވެތިކަމުގެ ހިނިތުންވުމެއް ރަޔާހީންގެ ތުންފަތްމަތީގައި ދުވެލިއެއް ކަމަކު އޭނާ އަވަސްވެގަތީ ވިކްޔަން އެހެންޏާ ނާންނަ ވަގުތެއްގައި އެގެއަށް އައި ސަބަބެއް އޮޅުންފިލުވުމަށެވެ. މަތިން ޖެކެޓްކޮޅު ލުމަށްފަހު ތިރިން ވެސް ޖިންސަަކަށް ބަދަލުކޮށްލިއެވެ. އަދި އިސްތަށިގަނޑު ދެއަތުން އޮމްނާކޮށްލުމަށްފަހު ދެއަތުން ކުރިމައްޗަށް ގެނެސް ދޮރު ހުޅުވާލިއެވެ. ރަޔާހީން ފަހަތަށް ޖެހިލާ ދޮރު އެއްކޮށް ހުޅުވާލަމުން ވިިކްޔަން ވަންނަން ތަންދެއްކިއެވެ.
“މީ ކޭވީ ދުވަހަކު ވެސް އަންނަ ގަޑިއެއް ނޫނެއްނު. މީ މީހުން ނިދާ ގަޑި. ނުލާހިކު ހެނދުނާ ހޭލަންޖެހޭ” ވިކްޔަން ކައިރީގައި ސޯފާގައި އިށީންނަމުން ރަޔާހީން ބުނެލިއެވެ. ދާދި ދެންމެއަކު އޭނާގެ ކިބައިން ފެންނަން ހުރި ލަދުވެތިކަން ހުރީ މުޅިން ފިލާފައެވެ. ހިތުގައިވާ އެއްޗަކާއި ދެކޮޅަށް އޭނާ ވާހަކަދެއްކިއެއް ކަމަކު އޭނާގެ މޭތެރޭގައިވާ ހިތް ނަށާވަރުން ހީވަނީ އެހެންކަމެއްހެންނެވެ. އެހެނީ ވިކްޔަން އަބަދު އޭނާގެ ލޯމަތީގައި ހުރުން އެއީ މިހާރު އޭނާ އެންމެ އެދޭ ކަންތަކެވެ.
“ސޮރީ. ރާޔަން ހިތްހަމަނުޖެހެންޏާ ދަނީ” ވިކްޔަން ތެދުވެ ހިނގައިގަތުމާއެކު ރަޔާހީން އަވަސް އަވަހަށް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެހާ ކުޑަކުޑަ ސަމާސައެއް ކޮށްލުމުން ދާން ޖެހޭ ހެއްޔެވެ؟
“ނޫން…. ނުދޭ….” ވިކްޔަން އަލުން އިށީންނަމުން ހީލާފައި ރަޔާހީންގެ ކުޑަ ނޭފަތުގައި ހިފާލިއެވެ.
“މަށަށް ބިރުދައްފާއި އެ ރުކޫ ކައިރިއަށް ދާކަށްނު އުޅުނީ” މޫނު ކުނިކޮށްލަމުން ރަޔާހީން ބުނި ގޮތުންވިކްޔަން އަށް ހެވުނެވެ. ރުކޫ އަކީ އެކޮލެޖުގައި އަބަދުވެސް ކޮންމެސް ބަހަނާއެއްގައި ވިކްޔަންގެ ފަސްފަހަތުން އުޅޭ ވިކްޔަންގެ ހިޔަނިފަދަ އަންހެންކުއްޖެކެވެ. އެ އަންހެންކުއްޖާ އުޅޭ ގޮތުން ރަޔާހީން އަބަދުވެސް ހުންނަނީ ރުޅިއައިއްސައެވެ. އެކަން ވިކްޔަން އެނގުނީ ވަރަށް ފަހުންނެވެ. އެހެންކަމުން ރަޔާހީން ވިކްޔަން ކައިރީގައި ހުންނަ ވަގުތެއްގައި ރުކޫ އަތުވެއްޖެނަމަ ރަޔާހީން ދުރަށް ޖެހިލަނީ ތުން އަނބުރާލަމުންނެވެ. ރަޔާހީން ކަންތައްކުރާ ގޮތުން ބައެއް ފަހަރު ވިކްޔަން އަށް ހެވެން ވެސް ހެވޭއެވެ.
“އަސްލު ވާހަކައެއް ބުނަންވެގެންނޭ އައީ. އެކަމަކު ހިތަށް އަރަނީ މީ އެންމެ ރަނގަޅު ވަގުތުބާއޭ އެވާހަކަ ބުނަން” ވިކްޔަންގެ އަޑަށް މަޑުމައިތިރިކަން ގެންނަމުން ބުނެލިއެވެ. ރަޔާހީންދެކެ ލޯބިވާ ވާހަކަ ފާޅުކުރާ ހިސާބުން ދެން ކަންތައްވެގެން ދާނެ ގޮތެއް ނޭނގޭތީ ކުޑަކޮށް ހިތް ތެޅިލިއެވެ. އެހެންކަމުން ގިނަ ވަގުތު އިނދެވެނީ ރަޔާހީންގެ ނިޔަނެތި މޫނަށް ބަލަހައްޓައިގެންނެވެ.
“ނުބުނާތީ މަންމަ ބުނެގެން އެމެރިކާ އަށް ދާން ފުރަނީ މާދަމާއޭ. ކަމޯން ކޭވީ…. އަހަރެން ކިހާ ފޫސެއްވާނެ ކޭވީ ދިޔައިމަ” ރަޔާހީން ސޯފާއަށް ދެފައި އަރުވާލަމުން ވިކްޔަން އަށް ކުރިމަތިވާނެހެން އިށީނެވެ. ފާއިތުވެ މިދިޔަ ދުވަސްތަކުގައި ވިކްޔަން އަށް ރަޔާހީން ކައިރީގައި އެންމެ ގިނައިން ދެއްކިފައިވަނީ އަބަދުވެސް އެއްވާހަކައެވެ. އެމެރިކާ އަށް ކިޔަވަން ބަދަލުވާ ވާހަކައެވެ. މަންމަ ހިތްހަމަޖައްސަން ބޭނުންވާ ވާހަކައެވެ.
“ސާބަސް. އެކޮޅަށް ދާން އަދި ލައްކަ ދުވަސް އެބޮތް. މިއުޅެނީ ކުއްޖަކު ގެއްލިދާނެތީވެ ބިރުން. ވަރަށް ލައިކްވާ ކުއްޖެއް އެއީ” ވިކްޔަން ރަޔާހީންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “މަށަށް އޭރު ވެސް އެނގޭ އެންމެފަހަށް ތި ހިތް ދޭނީ ރުކޫ އަށްކަން. ވަރަށް ފޫހިވޭ… ތިހާ އުފާވެރި ހަބަރެއްވިއްޔާ ސެލެބްރޭޓްވެސް ކުރަން ވާނެއްނު. މިއަންނަނީ ކޯކް ހިފައިގެން” ވިކްޔަން ބުނާނެ އެއްޗަކަށް ބެލުމެއް ނެތި ރަޔާހީން ބަދިގެއާއި ދިމާލަށެވެ. ފަހަތަށް އެނބުރި ވިކްޔަން އަށް ބަލާލީރު ވިކްޔަން އިނީ ފުރަގަހަށެވެ. ބަދިގެ ވަކިކޮށްދިނުމަށްޓަކައި ލެވިފައިވާ ތަނބުގައި ރަޔާހީން ލެގިލިއެވެ. ކަރުއެލުވާލަމުން ދެން ބަލާލީ ވިކްޔަން އާއި ދިމާލަށެވެ. އެހެން ހުރި ިއރު ހިތާއި ހިތުން އަމިއްލަ ނަފްސަށް ޙަމްދަރުދީވަމުން ނަޞޭޙަތްެރިވަމުން ދިޔައެވެ. ވިކްޔަން ލޯބިވަނީ ރުކޫ ދެކެ ހެއްޔެވެ؟ އެހާވަރުން މިހާ ދަންގަޑިއެއްގައި މިގެއަށް އެއައީ ރުކޫގެ ވާހަކަދައްކަން ކަން އެނގުމުން ރަޔަހީންގެ ހިތް ކުދިކުދިވިިއެވެ.
ބަދިގެ ތެރޭގައި ހުރެ ދެކޮޅަށް ހިނގަންފެށީ ވިކްޔަން ބުނި އެއްޗަކުން ހާސްވެފައެވެ. ހިތާއި ފުރާނައިން ލޯބިވާ މީހާ އައީ އެހެންމީހެއްދެކެ ލޯބިވާ ވާހަކަ ދައްކާށެވެ. ދެން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟ އިނގިލީގައި ދަތްއަލާލައިގެން އިރުކޮޅަކު ހުރުމަށްފަހު ރަޔާހީން ދުވެފައި ގޮސް އައިސްއަލަމާރި މަތީގައި އޮތް ތަޅުދަނޑިފައްޗެއް ނެގިއެވެ. އޭގައި ރީތި ޑިޒައިނަކުން ހަދާފައި އޮތް ރިހި ކުލައިގެ ދަގަނޑު ބޮޅުނަގައިގެން ފުރަގަހަށް ދެއަތް ލައިގެން ގޮސް ހުއްޓުނީ ސޯފާ ކައިރީގައި ކޮޅަށް ހުރި ވިކްޔަން ކުރިމަތީގައެވެ.
“ކޮބާ ކޯކްތަށި” ވިކްޔަން އެހެން އަހާލީ ރަޔހީން ހުރި ގޮތުންނެވެ. ދެއަޓް ފުރަގަހަށް ހުރުމުން ގައިމުން ވެސް އަތުގައި ކޯކް ތައްޓެއް ނުހުންނާނޭކަން ވިކްޔަން އަށް އެނގެއެވެ. ދެލޯބޮޑުކޮށްގެން ހާސްވެފައި ހުރި ރަޔާހީން ފެނުމުން ވިކްޔަން އަށް ވެސް އިންތަނުން ކޮޅަށް ތެދުވެވުނެވެ.
“ކޭވީ!!! ޕްލީޒް. އެހެންމީހަކު ދެކެ ލޯބިވާ ވާހަކަ ނުބުނައްޗެ. އައިލަވްޔޫ. އަހަރެންގެ ބޯއީފްރެންޑށް ވާނަންތަ؟” ވިކްޔަން އަށް ނޭނގޭ ހިތްހަމަޖެހުމެއްލިބި ދެލޮލުން ކަރުނަ ނީރާލީ ކުރިމަތީގައި ކުރުކަކޫ އަށް ތިރިވެ އިން ރަޔާހީން ފެނުނީމައެވެ. ރަޔާހީން ކައިރީގައި ލޯބިވާ ވާހަކަ ބުނަން އޭނާ އައީ ރަޔާހީން ދީފާނެ ޖަވާބަކަށް ވެސް ވިސްނާލުމެއް ނެތިއެވެ. ނަމަވެސް ރަޔާހީންގެ ފަރާތުން އޭނާ އަށް މިލިބުނީ ކޮންކަހަލަ ސަޕްރައިޒެއް ހެއްޔެވެ. ފާޑަކަށް ހިނއައިއްސަ ރަޔާހީން މޫނަށް ބަލާލަމުން އެންމެފުރަތަމަ ވިކްޔަން ދަތްދޮޅި ކަހާލިއެވެ. ރަޔާހީން ތަޅުވާލުމަށް ލޯބިވަނީ ރުކޫ ދެކެއޭ ބުނަން އުޅެފައިވެސް ވިކްޔަން އެހިޔާލު ދޫކޮށްލިއެވެ. އޭނާގެ ފުރާނަ ފަދައިން އެދޭ އަންހެންކުއްޖާ މިއަދު އެދެމުން އެދަނީ އޭނާގެ ލޯތްބަށެވެ. މިވަގުތު ސަމާސާއަކަށް ވެސް ރަޔާހީންގެ ހިތް ރޮށްވާލަން އޭނާގެ ހިތް ދެކޮޅުވިއެވެ. ރަޔާހީނާއި އެއްހަމައަކަށް ތިރިވެ އޭނާ ރަޔާހީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“އައިލަވްޔޫ މޯ ބޭބީ” ވިކްޔަން އަށް އުޅެވޭ ގޮތެއް ވެސް ނޭނގއެވެ. ރަޔާހީން އޭނާގެ ހަށިގަނޑާއިލާ ފިއްތާލީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ރަޔާހީނަށް ވެސް ހިނިގަނޑަކާއެކު ވިކްޔަންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.
“އައުޗް… ނޭވައެއް ނުލެވެއޭ….” ރަޔާހީން އެހެން ބުނުމުން ވިކްޔަން ރަޔާހީން ހަށިގަނޑާއި ދުރުކޮށްލުމަށްފަހު ހިފަހައްޓާލީ ރަޔާހީންގެ މޫނުގެ ދެފަރާތުގައެވެ.
“ކޮންކަހަލަ ސަޕްރައިޒެއް ތިދިނީ… މިގެއަށް މިގަޑީގަ އައީވެސް ރާޔަން ކައިރީގައި އެތިން ލަފްޒުގެ ބަސް ބުނެލާހިތުން… އެކަމަކު…. އޯވް….. އައިލަވްޔޫ…..” ވިކްޔަން ރަޔާހީންގެ ނިތްކުރީގައި ބޮސް ދިން ވަގުތު ނުވިސްނާ ހުއްޓާ ރަޔާހީން ގެންގުޅުނު ބޮޅު ވިކްޔަންގެ ކަށިއިނގިލި ތެރެއަށް ލައްވާލިއެވެ. ވިކްޔަން ހީލަމުން އަނގޮޓީގައި ބޮސްދިނެވެ. އޭރުވެސް ދެމީހުން ތިބީ ތިރީގައި ކުރުކަކޫ ޖެހި ގޮތަށެވެ.
***************************************************
ރަޔާހީންގެ ހަޔާތަށް އޭނާ ލޯބިވާ ފިރިހެންކުއްޖާ އައި ވާހަކަ އެންމެ ފުރަތަމަ ވެސް އޭނާ ދިނީ ފަރުހީން ދޮންތައަށެވެ. އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ ކަމުގައި ވާތީއެވެ. ލޯބިވާ ދޮންތަގެ ފަރާތުން އޭނާ އަށް ހިތްވަރު ލިބުނެވެ. ހިތްވަރުން ކިޔަވާ ނިމިގެން އެނބުރި އައުމަށް ބުނެދިނެވެ. އެނބުރި އައުމުން ނޫނީ ދޮންތަބެ ނުދައްކާނެ ވާހަކަ ބުނުމުން ރަޔާހީން ވެސް އޭނާ ލޯބިވާ މީހާގެ ވަނަވަރު ފަރުހީނަށް ސިއްރު ކުރިއެވެ. ފަރުހީންގެ ހަޔާތުގައި ހިނގަމުންދާ ކަންތައްތައް އޭނާ އާއި އެތައް މޭލެއް ދުރުގައިވާ ރަޔާހީނަށް ހިލަމެއްވެސް ނުވޭއެވެ. އަދި މިވީ ދުވަސްކޮޅުގައި ރަޔާހީނަށް އަބަދު ފޯނުކުރާ ވައިބަރ ކުރާ ނުދަންނަ މީހާގެ ވާހަކަ ދޮންތަ ކައިރީގައި ބުނަން އުޅެފައި ވެސް ރަޔާހީން އެކަން ހިންދާލީއެވެ. އެނުދަންނަ މީހާ ކުރާ ކޮންމެ މެެެސެޖަކަށް ނުރުހުން ފާޅުކުރަންމުން ރަޔާހީން އައީ އެއީ އޭނާގެ ދޮންތަގެ ފިރިމީހާ އިރުފާން ކަން ނޭނގި ހުރެއެވެ. އެކަން އެންމެ ކައިރީގައި އުޅެމުން އައި ލޯބިވެރިޔާ އަށް ވެސް ރަޔާހީން ސިއްރުކުރަމުން އައީ ނުދަންނަ ފިރިހެނަކާއި ހެދި އެދެމީހުންގެ ގުޅުމުގައި ކުޑަ ވެސް ކުނޑިފުކެއް ޖެހެން ނެދޭތިއެވެ.
ދުވަސްތައް މާޒީގެ ސޮފްހާތަކާއި އެކުވަމުން ދިޔައރުި ރަޔާހީން ދިޔައީ ކިޔެވުމުގައި ވެސް ރަންވަނަތައް ހާސިލް ކުރަމުންނެވެ. ވިކްޔަން އާއި ދެމީހުންގެ ގުޅުމަށް އަހަރު ނުވަނީސް ވިކްޔަން އެމެރިކާ އަށް ބަދަލުވުމުން ރަޔާހީން މުޅިން އެކަނިވެރިވިއެވެ. ދުވަހެއް ދުވަހަކަށް އިރުފާން ރަޔާހީނަށް އުނދަގުކޮށް ރޮއެ އާދޭސްކުރަމުން ދަނީ ބައްދަލުކުރުމަށް އެދިއެވެ. ކިތަންމެ ހަރަދެއް ދިޔަ ކަމުގައި ވިޔަސް ރަޔާހީން ހުރި ތަނަކަށް އައިސް ބޭނުންވަނީ އިންނަން ކަމުގައި ބުނަމުން ދިޔައެވެ. އިރުފާންގެ އުނދަގުތަކާއި ވިކްޔަންގެ ވަކިވުމުގެ ސަބަބުން ސިކުނޑި ކަމުން އައި ވިިސްނުންތަކާއި ހެދި ރަޔާހީނަށް ހިތްނުތަނަވަސް ކަމެއް ލިބިފައި ވިޔަސް ފަރުހީންގެ ނަޞޭޙަތްތަކުން ހިތްވަރު ހޯދައިގެން ކުރިއަށް ދަނިކޮށް އޭނާ އަށް ލިބުނީ ދުނިޔޭގައި އޭނާ އަށް ލިބޭނެ އެންމެ ހިތްދަތި ޚަބަރެވެ. އެޚަބަރު އޭނާ އަށް ދިނީ އޭނާގެ މާމައެވެ. ނަމަވެސް ދުވަސްވަރަކީ ރަޔާހީންގެ ޓެސްޓް ދުވަސްވަރު ވުމާއެކު ފަރުހީނަށް އެންމެފަހުގެ ވަދާޢު ކިޔަން ވެސް ރަޔާހީނަށް ނާދެވުނެވެ. އޭނާގެ މުޅި ދުނިޔެ އަނދިރިވީއޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ.
އޭގެ ދެއަހަރު ފަހުން ކިޔެވުން ނިންމާ ރަޔާހީން މާލެ އައީ ހިތަށް ލިބިފައިވާ އެކަނިވެރިކަމާއި ހިތްދަތިކަން މާމަމެންނަށް ފޮރުވާލަމުންނެވެ. ނަމަވެސް ގެއަށް ވަދެވުމާއެކު ފަރުހީންގެ ހަނދާންތައް ރަޔާހީންގެ ހަތަރުފަރާތުން ވަށާލިއެވެ. އޭނާ އެދުވަހު ހިތް ފުރޭ ވަރަށް ރޮއެވެ. ފަރުހީންގެ ހަނދާނުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ލިބުނު ޗުއްޓީއަކަށް ވިކްޔަން މާލެ އައުމުން ރަޔާހީންގެ އެކަނިވެރިވެފައިވީ ހިތަށް އުފާވެރިކަން ވަނެވެ. ވިކްޔަން އާއި އެކުގައި ވަގުތު ހޭދަކުރަމުން ދިޔައީ މިހުރިހާ ދުވަހު އޭނާ ހިތަށް ލިބިފައިވި ހުރިހާ ހިތާމަތަކެއް ފޮހެވޭ ވަރަށް ހިތްހަމަޖެހުން ލިބިގަތުމަށެވެ. އިރުފާންގެ އުނދަގުތަކާއި ހެދި ގެންގުޅު ނަންބަރު ހިދުމަތް ކަނޑާލާފައި ވަނިކޮށް އެނަންބަރަށް އަނެއްކާ އިރުފާން ގުޅާ ލޯތްބަށް އެދި އާދޭސްކުރަން ފެށީ އެދުވަސްކޮޅުގައެވެ. ނަމަވެސް އިރުފާނުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން ވިކްޔަން އާއި އެކުގައި ލޯބީގެ އެކި ދުވަސްތަކުގެ މަޖާ ނަގަމުން ދަނިކޮށް އޭނާ އަށް ކުރަން ނުވާ ވަރުގެ ބޮޑު ފާފައަކަށް އަރައިގަނެވުނެވެ. ކައިވެނީގެ ފުރަތަމަ ރެއަށްޓަކައި ފިރިމީހާ އަށް އަންބެއްގެ ފަރާތުން ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ކައިވެނީގެ ބޭރުން ލޯބިވާ މީހާ އަށް ހަދިޔާ ކުރެވުނީއެވެ. އެދުވަހު ރަޔާހީން އިންތިހާ އަށް ހިތާމަކުރިއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗަކަށް ނުވާތީ ކުރެވުނު ފާފައަށް ތަޢުބާވެ ދުވަހަކު ވެސް އެފަދަ އަމަލެއް ނުހިންގުމަށް ދެމީހުން ދެމީހުންނަށް ވަޢުދު ވިއެވެ.
*********************************************************
އެއްދުވަހެއްގެ ހަވީރު ވިކްޔަން އާއި ބައްދަލުރަން ދާން ރަޔާހީން ތައްޔާރުވަމުން ދަނިކޮށް ކޮޓަރި ތެރެއިން ރަޔާހީނަށް ނުފެންނަ ފަރާތެއް ކައިރީގައި އުޅޭ ކަމުގެ އިޙުސާސެއް ވާން ފެށިއެވެ. އިންތިހާ އަށް ޖެހިލުންވެ ބިރުގަނެ ދެއަތް ޖޯޑުކޮށްލައިގެން ހުއްޓާ ކޮޓަރި ތެރެއަށް އާދަޔާޚިލާފް ފިނި ވައިރޯޅިއެއް ވަންހެން ހީވިއެވެ. ޖެހިލުންވެ ހިތް ދެގޮތްވެފައި ވަނިކޮށް އެއްފަހަރު މީހަކު ރޯލިހެން ވެސް ހީވާ ކަހަލަ އަޑެއް އިވުނެވެ. ބިރުން އިން ވަރުން ދުލުން ހެޔޮ އެއްޗެއް ކިޔާކަށް ވެސް ހަނދާނަކަށް ނައެވެ. މަޑުމަޑުން ތަންތަން ހޯދަމުން އެނދަށް އަރާ ދެފައި ވަށްކޮށްގެން އިށީނީ ބަރާބަރު އެނދު މެދުގައެވެ. ރަޔާހީނން ހިތުން އެނދު ދަށުން ޖިންނި އަތް ދިއްކޮށްލިޔަސް އަތް ނުފޯރާނެ ހިސާބުގައެވެ. ފިރިހެންކުއްޖެއްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ހިންދިރުވާލެވުނީ އަތްފައި ފިނިވެ ހަށިގަނޑުގައި ތުރުތުރުލާން ފެށުމުންނެވެ. އެއީ ފިރިހެނެއްކަން ބޮޑަށް ޔަޤީން ކުރެވުނީ ފިރިހެނެއްގެ ރުއިމުގެ އަޑުން ރަޔާހީންގެ ހިތަށް ކުރި އަސަރަކުންނެވެ. ކޮޓަރި ތެރޭގައި ހުރި ހުދު އަލި ނިވިފައި ދިއްލުނު ވަގުތު އެނދުގައި ރަޔާހީން ކައިރީގައި އިން ފިރިހެން ކުއްޖާ ފެނި ރަޔާހީނަށް ހީވީ އޭނާ ބިރުން ފިތްކަނޑައިގެން ދިޔައީ ހެންނެވެ. މޫނުމަތިން ތަރި ބުރައިގެން ގޮސް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކަޅުކުލައިގެ ހުޑުން ބޯ ނިވާކޮށްލާފައި ވާއިރު ދެއަތްތިލަ އާއި މޫނު ނޫނީ މުޅި ހަށިގަނޑުގައި ވެސް ވަނީ ކަޅުކުލައިގެ ފޭރާމެކެވެ. އެކުއްޖާގެ މޫނުމަތިން ރަޔާހީނަށް ފެނުނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. ރުއިން ހުއްޓާލާފަވިއެއް ކަމަކު މުޅި ހަށިގަނޑު ވެސް އެކުއްޖާ އަށް ލިބިފައިވާ ހިތާމައިގާ ބައިވެރިވާ ކަހަލައެވެ. އެކުއްޖާ އަށް ބަހެއް ނުބުނެވެނީސް ރަޔާހީން އަނބުރައިގަނެގެން ކަރު އެލުނެވެ.
އިރުކޮޅެއްފަހުން ރަޔާހީން ހޭއެރި އިރު ވެސް ކައިރީގައި އިނީ ކުރިން ވެސް ފެނުނު ފިރިހެން ކުއްޖާއެވެ. ނަމަވެސް އެވަގުތު ރަޔާހީންގެ ހިތުގައިވި ބިރުވެރިކަން އޭރުވަނީ ކޮންމެވެސް މިންވަރަކަށް ފިލާފައެވެ. ދެލޯ ހުޅުވާލަމުން ފުންމައިގެން ތެދުވެ އެނދުގައި އިށީނދެ އެންމެ ކައިރީގައި އޮތް ބާލީހުން މޫނު ފޮރުވާލިއެވެ. ބޭރަށް ދިޔަ މާމަމެން އަދިވެސް ގެއަށް ނާންނަކަން އެނގުމުން ރަޔާހީނަށް ރޮވެން ފެށުނެވެ.
“ހީން… ބިރުނުގަނޭ… އަހަންނަށް ކިޔަނީ ބީހާލް. އަހަރެންނަކީ އިންސާނެއް ނޫން. އެކަމަކު އަހަރެންނަކީ އިންސާނުން ދެކެ ވަރަށް ލޯބިވާ ފަރާތެއް. އަހަރެން ހީން އަށް އެއްވެސް ދެރައެއް ނުދޭނަން. އަހަރެން މިއައީ ހީން އަށް އެނގެންޖެހޭ ވަރަށް މުހިއްމު ވާހަކައެއް ބުނަން. ފަރޫ އާއި ބެހޭ ގޮތުން” ބީހާލް ކައިރިން ފެނި އަދި އާދައިގެ އިންސާނެއް ފަދައިން ވާހަކަދައްކާތަން ފެނި އަޖައިބުވެފައި އިންދާ އެއަށްވުރެ ބޮޑަށް ރަޔާހީން ޚައިރާންވީ ބީހާލް ފަރޫ އޭ ބުނުމުންނެވެ. ދޮންތަ އާއި ޖިންނިއަކާއި އޮތީ ކޮން ގުޅުމެއް ބާއޭ ރަޔާހީން ހިތަށް އެރިއެވެ.
“މިވާހަކަތައް ހީން އެނގެން ބޭނުންނަމަ އަހަރެން މިހރީ ކިޔާދޭން ތައްޔާރަށް. ހީން އަހަރެން މިތަނުން ދާން އެދޭނަމަ އެއްވެސް ޝަކުވާއެއްނެތި ހިނގައިދާނަން” ބީހާލް އަށް ބަލަން އިނދެ ދެތިންފަހަރަކު އެސްފިޔަ ޖަހާލި ރަޔާހީންގެ މޫނުމަތީގައި ބީހާލްގެ އަތްތިލަ ހިންގާލަމުން ބީހާލް ބުނެލިއެވެ.
“ފަރުހީން އެއީ އަހަރެންގެ ދޮންތަ” ރަޔާހީން މަޑުމަޑުން ބުނެލިއެވެ.
“ހީން އަށް އުނދަގުކުރާ ނުދަންނަ މީހާ އެއި ފަރުހީންގެ ފިރިމީހާ. އިރުފާން. ހުސެން އިރުފާން” ބީހާލް އެދިން ހަބަރަކުން ރަޔާހީނަށް ތެޅިގަނެވުނެވެ.
“ކިހިނެއް އެކަން އެނގުނީ…. ” ރަޔާހީން ހާސްވެފައި އަހާލިއެވެ.
“އަހަންނަށް ހުރިހާ އެއްޗެއް ވެސް އެންގޭ. ހީން އަޑުއަހައްޗެ ރަނގަޅަށް. ފަރޫ އާއި އިރުފާން އިނީ ވަރަށް ލޯބިން. ދެކުދިން ލިބި ދެމީހުން އެކުގައި ވަރަށް ލޯބިން އުޅެނިކޮށް އިރުފާނަށް ހީންގެ ފޮޓޯއެއްފެނި އެފޮޓޯ އަށް ހިތްޖެހި މަޑުމަޑުން ފަރޫ އާއި ދުރުވާން ފެށި. އެކަން ފަރޫ އަށް އިޙުސާސްކުރެވި ސުވާލުކޮށް ހަދަން ފެށުމުން އެއިންސާނާ ފަރޫ އަށް އަތްއިސްކޮށް އަނިޔާކުރަން ފެށި. ފަރޫގެ އެންމެ ފުރަތަމަ ފެނިލުމުން ވެސް އަހަރެންނަށް ފަރޫދެކެ ލޯބިވެވުނު. އަހަރެން ފަރޫ އާއި ބައްދަލުކޮށް އެކުވެރިކަން ބަދަހިކޮށް އެންމެފުރަތަމަ ރެއިން ވެސް އެހިތާމަތަކުން ފަރޫ ނެރެވޭތޯ މަސައްކަތްކުރިން. އަހަރެން ފަރޫ ކައިރީގައި އެރޭ ހުރިހާ ވާހަކައެއް ކިޔާދިނިން. އަހަރެންނަކީ އިންސާނެއް ނޫން ކަމާއި ފަރޫ އަށް އަޅާލަން ބޭނުންވާ ވާހަކަ ބުނިން. އިރުފާން ފަރޫ ކައިރީގައި އޭނަ ލޯބިވަނީ އެހެން ކުއްޖަކުދެކެ ކަމަށާއި ބޭނުންވަނީ އެކުއްޖާ އާއި އިންނަން ކަމުގައި އައީ ބުނަމުން. ފަރޫ ކުރި ހިތާމައާއި ކުރި އާދޭސް އަހަރެން ދުށިން. ކުރި އަނިޔާ އާއި އުފުލި ވޭންތައް އަހަރެންގެ މަސައްކަތުން ލުއިކޮށްދިނިން. ކިތަންމެ ފަހަރަކު އިރުފާން އަނިޔާވެރިކޮށް މަރާލާނަމޭ ހިތަށް އެރި. އެކަމަކު އަހަރެންގެ ފަރޫ އެ އިންސާނާ ދެކެ މޮޔައެއްހެން ލޯބިވޭ. އަހަރެންގެ ފަރޫ އަކީ ކެތްތެރިއެއް. އެ ހުރިހާ ހިތާމަތަކާއި އެކުގައި ވެސް އަހަރެންގެ ފަރޫ އާއިލާ ހުރިހާ މީހުންނާއި ކުރިމަތިލީ ހިނިތުންވެހުރެ” ބީހާލްގެ ވާހަކަތައް އެހިސާބަށް ދިޔައިރު ހުރެވުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައި ކޮޅަށެވެ. އެނދުގައި އިސްޖެހިފައި އިން ރަޔާހީން ރޮމުން ދިޔައީ މިވަގުތު އޭނާގެ ހިތުގައި އުފެދިފައިވި ހިތްދަތި އިޙުސާސްތައް ހިފަހައްޓާނެ އެއްވެސް ގޮތެއް ހިޔާލަށް ވެސް ނައުމުންނެވެ. މިވަގުތު އެ އިޙުސާސްތައް އެހެން މީހަކަށް ނުވެސް ހުއްޓޭނެއެވެ. ބީހާލް ދެއްކި ކޮންމެ ވާހަކައަކަށް ކޮންމެ ލަފްޒަކަށް ރަޔާހީން ހިތުގެ އަޑިން ދިޔައީ އިތުބާރު ކުރަމުންނެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރަޔާހީން އިސްއުފުލާ ބީހާލް އަށް ބަލާލީއިރު އޭނާ އަށް ބަލަން ހުރި ބީހާލްގެ އެއްލޮލުން ވެއްޓެމުން އައި ލޭ ކަރުނަތިކި ފިނި ރަޔާހީންގެ ހެއަށް ގޮތްވާން އުޅުނެވެ. ދެއަތާއި ދެފައި ފިނިވެ އެތެރެހަށީގައި ގޮތްނޭނގޭ ހޫނުގަނޑެއް އަރައިގެން ދިޔަހެން ހީވިއެވެ. އެވަގުތު ކޮޓަރީ ދޮރުގައި ޓަކިޖެހި އަޑު އިވުުމުން ސިހިފައި ރަޔާހީނަށް ބަލާލެވުނީ ކޮޓަރީ ދޮރަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.





assalam alaikum and alhamdhulillah… huriha kudhinnah ves baajjaveri hendhunakah edhen….. 🙂
mi bai ves huriha kudhinnah kamudhaane kamah heekuran…… next part liye nimunuha avahakah up kohdheynan… insha allah… 🙂 ….. huriha kudhin ves ebayah inthizaaru kuraane kamah heekuran…. 🙂
varah loabive ushaali ge vahaka thakah thaaeedhu kuraa huriha kudhin dheke ves…. tc.. 🙂 🙂 🙂
I’m first dhw ?
Yes mifaharu first ?
Wow vv reethi me first dhw
Me second dhw
Mifaharu second ?
Thanq AFNAN???
Alhe vvvvv kiyaahiyhun indaa e nimuneee …
Alhey…. Ane bai varah avas kuraanan engey pinkish ????
Vaahaka vvv reethi anehbai avahah up kohdhehchay.
Yes… Will try….thankq anonymous??
Whn nxt part? Story hama habehys ❤❤
den inyy last part tha story ge
Good luck ushaa TC
waiting……….
Story kuria dhaa gothakun engeynee… Faharegaa last episode ah ves vedhaane ??
And thankyou so much vahaka ah thidhey support ah ???
morning ushaali, the story is breathtaking.. the first thing i do regularly when i reach office is checking your page, . keep it up. i really am speechless, anyone could love your stories
Awwwww…..????? thakyou so much kaisaan…. Abadhuves thigothuga huredheche… Love u ??????
Mi part vx v salhi…aneh part ge inthixaar ga
Thankyou Maahy ?
V rythi . next part kon irakun tha …. Avahah up kolladhehchey v kiyaahiy vefa indha nimuneee…
Ehentha sheru… Varah avas kohdheynan engey…? and thankyou ??
Vaahaka v reethi ekamaku up kuraaleh lasvaathy v kiuntharinge samaalu kan kuda vaane kamah hadhaan kohdhen mikan rangalhu kuraane kamah heekuran
Sorry dear…. Ushaaly ge life ga ehen kanthahthah ves hurey kuran…. Shift duty ves kuran jehey. Kuda baby eh ves balan… Ehenve ehaa ehaa vagutheh nulibey…. Ushaaly akah laheh noon vahaka genesdheveyleh…. Thikudhin varah bodah kiyaahiyvefa thibeema ehen heevany ??
Ekamu ushaaly varah try kuran eba avas kureveytho….. Vahaka ah dhey samaalukan kuda nukurache Reet ???
V rythi mi baives
Thankyou Ainth ??
Masha allah stry v v rythi ?? ekam v kiyaahithun indha e nimuny whn nxt prt avas kolladhybala n hyn viky dhen evarannuthalhuvaabala hyn loabivaanama keiy veytha eyna yah thihen hadhan? Dhen ehen nuhadhaa eynayah plx???❤❤??
Missed yu khajja…. Nufenigen varah hoadhaifin?
Thankyou so much ??
Adhi raayan ah visneyne ???
Nice, Waiting
Thankyou shile ??
v v v reethi :3
Ushaaaaa haada lahey mihaaru I know u r busy bt plx plx plx avahah up kobba waiting…….
Alhe mivaahaka haadha lass veye dho mifaharu
when next part???btw wahaka warah salhi adhi mi hama comment kohlly mi..:)
Kon irakun tha next part genes dhenee?
Mihaaru mi vaahaka kiyaahitheh vx nuvey up kuraaleh las kamun
Asluves dhw.. Anonymous
v vai vejje dhn maa gina dhuvasviyya kuranee 🙁
haadha lahey mihaaru up kuran. v foohi mihaaru mi vhk kiyan mihaaru maa ves bodah las upload kurun. :/
USHAALI KOBA THA NEXT PART !!!!! VARAH LASS
Alhey kon irakun tha next part genes dhenee?
Haadha lahey. Kiyaa hithun konme dhuvahak ves eba beley next part in tho. V foohi vey ehaa las vaatheeve.
Haadha lahy vaahaka update
Dhen innaany fahu part ah kamah hadhaafa part dhigu kollany kanne
Mihaathanaha nimifa huri hurihaa episode thakeh ekkon kiyaaleveyne gotheh noannaanetho?