Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ސައުރަތިރީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
October 1, 2017 11 Mins Read
58 Comments

 

“ދަރިފުޅާ ވިކީ!!! މި އެންމެން މިކިޔަނީ ކީކޭ. މަންމަގެ ހިތެއް ޤަބޫލެއް ނުކުރޭ ދައްތަމެން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް” މައިސަރާ ކައިރީގައި އިށިން ވިކްޔަންގެ އަތުގައި ހިފާ ތަޅުވާލަމުން މައިސަރާ ބުނެލިއެވެ.

“މަންމާ!! އަޅުގަނޑަށް ވެސް ޤަބޫލުކުރަން ދަތިވި. އެކަމަކު އެއީ ހަޤީޤަތް. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން އެނގިއްޖެ” ވިކްޔަން މައިސަރާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. މައިސަރާ ދެލޯ ބޮޑުކޮށްމުން ވިކްޔަން އަށް ބަލާލިއެވެ. ވިކްޔަން އަށް ކުރިން އެނގެޔޭ އެބުނީ ކީއްވެ ހެއްޔެވެ؟ ކުރިން މައިސަރާ އަށް ނޭނގުނީ ކީއްވެ ހެއްޔޭ ހިތް ބުނަމުން ދިޔައެވެ.

“އަޅުގަނޑު ކައިރީގައި ބުނީ ރާޔަން. އަޅުގަނޑު ވެސް ފުރަތަމަ ޤަބޫލެއް ނުކުރަން. އެކަމަކު އެވާހަކަ އަޅުގަނޑު ދޮންބެ ކައިރީގައި އެހުމުން ދޮންބެ ދިން ޖަވާބާއި އަމަލު ކުރި ގޮތާއި އަޅުގަނޑަށް ފެނުނު ހުވަފެނުން އެކަން ޤަބޫލުކުރަން އަޅުގަނޑަށް މަޖްުބޫރުކުރީ” ވިކްޔަން މައިސަރާގެ އަތުގައި ހިފާލަމުން ބުނަމުން ދިޔައެވެ. ދެއަތުން ދެލޯ ކައިރި ފޮހެލުމަށްފަހު މައިސަރާ ވިކްޔަން އަށް ބަލާލިއެވެ.

“ކޮން ހުވަފެނެއް” މައިސަރާ އަހާލިއެވެ.

“އަޅުގަނޑަށް ފެންނަނީ ރާޔަން އެގޭ ސިޑި މަތީގައި ފޮޓޯ ފްރޭމެއް ހިފައިގެން ރޯން ހުއްޓާ. ފަހަތުގައި ދޮންބެ ވެސް ހުރި. އެތަނުގައި ނޫސްވެރިންނާއި ފުލުހުން ވެސް ތިބި. އަޅުގަނޑު ވެސް ހުރިން. ދޮންބެ ކައިރިވުމާއެކު ރާޔަން ބުނަނީ ދޮންބެ އާއި ދިމާލަށް ތީ ގާޠިލެކޭ. އެހެން ބުނެފައި ދުވަމުން އައިސް ވަނީ އަޅުގަނޑު ދެއަތުގެ ތެރެއަށް. އެހިސާބުން ހޭލެވެނީ. އެހުވަފެން ފެނުނު ފަހުން ރާޔަން އަޅުގަނޑާއި ބައްދަލުކޮށްފަ މާފަށްއެދިފަ އެކަންތައް ކިޔާދިނީ. އަޅުގަނޑު ޤަބޫލެއް ނުކުރަން. އެވަގުތު ވެސްއަޅުގަނޑު ބުނިން ރާޔަން އާއި ދިމާލަށް ފާޑުފާޑުގެ ވާހަކަ ނުދައްކަން” ވިކްޔަން ދެއްކި ހުރިހާ ވާހަކަތަކެއް މައިސަރާ ޤަބޫލުކުރިއެވެ. ސަބަބެއް ނެތް ނަމަ އޭނާގެ ދަރިފުޅަށް އެފަދަ ހުވަފެނެއް ފެނިދާނެ ހެއްޔެވެ؟

އިސާހިތަކު މައިސަރާގެ ހިތުގައި ފީރޯޒާ އާއި މެދު އޮތް ލޯބި ފަނޑުވެގެން ދިޔައެވެ. ހިތުގައި ނަގައިގަތް ވޭންވަރު ގަދަވެ އެއްލޮލުން ވެއްޓެން ދިޔަ ކރުނަތަކި އަތުގެ ނުފުށުން ފޮހެލިއެވެ. ދެލޯ މަރާބާރުކޮށްލީ ހިތާއި ސިކުނޑިން އެވިސްނުންތައް ނެރެލުމަށްޓަކައެވެ. ރަޔާހީން ހަނދާނަށް އަންނަން ނެގީ މަދު އިރުކޮޅެކެވެ. ކުށެއްނެތް އަންހެންކުއްޖަކަށް އޭނާ އަށް ކުރެވުނީ ކޮންކަހަލަ ނަފްރަތެއް ހެއްޔެވެ؟ އެކުއްޖާ ބޭނުން އެވީ ލޯބިވާ ދައްތަގެ މަރަށް އިންސާފެއް ނޫން ހެއްޔެވެ؟ ކުށްވެރިން ތިބެންޖެހޭ ހަޤީޤީ މަޤާމަށް ގެންދިޔައީ ނޫން ހެއްޔެވެ؟ ރަޔާހީނާއި މެދު މައިސަރާގެ ހިތް ސާފުވިއެވެ. ކަރުނަތަކާއި އެކު ބަލާލެވުނީ ކައިރީގައި އިން ލޯބިވާ ދަރިފުޅަށެވެ.

“މާކް އަށް ގުޅިއްޖެތަ މިހާރު” މައިސަރާ އެއްވެސް އަސަރެއްނެތް ކަހަލަ ގޮތަކަށް އަހާލިއެވެ.

“ހޫމް…. ވަރަށް މަސައްކަތުން ގުޅުނީ. މިހާރު ދަތުރަށް ފަށައިފި. މާދަމާ ހެނދުނުންހެން ހީވަނީ އާދެވޭނީ. މާކް ހުރީ ވަރަށް ދެރަވެފަ. އަޅުގަނޑު ވަރަށް ދެރަވި މާކްގެ ތަޅަމުން ދިޔަ މަޖާ އަނގަގަނޑު ހުއްޓުމަކަށް އައިމަ” ވިކްޔަން މައިސަރާ ކައިރީގައި ބުނަމުން ދިޔައެވެ.

“ކީއްކުރާނީ ދަރިފުޅާ. ބަޔަކު ކިތަންމެ މޮޅަށް ރާވައިގެން ވިޔަސް ، ކުށެއްނެތް މީހަކަށް އަނިޔާއެއް ، ލަނޑެއްދީގެން ހެވިފައެއް ނުތިބެވޭނެ. އެބަޔަކު އެކުޅަ ކަމެއް ދާދި އަވަހަށް ފާޅުވެ އެބަޔަކު ހިތާމަ ކުރާނެ ދުވަސް އަންނާނެކަން ދަންނަންވާނެ. ނޭނގެނީ އެކަމެއް ފާޅުވާން ނަގާނީ ކިހާ މުއްދަތެއްކަން” މައިސަރާ އެއްދިމާލަކަށް ބަލަން އިނދެ ބުނެލިއެވެ.

“އަދިވެސް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ… އަހަރެންގެ ދައްތަ…….” މައިސަރާ ހިތުގައި ޖެހި އަނެއްކާ ދެލޮލުގެ ކަރުނަ ވަޅުގައި ތާޒާ ކަރުނަތައް ގިނަވާން ފެށިއެވެ. ވިކްޔަން މައިސަރާ ގެނެސް އޭނާގެ މެއާއި ގާތްކޮށްލިއެވެ. މަންމަގެ ހިތާމަތައް ލުއިކޮށް ނުދެވުނަސް އެވިސްނުންތަކާއި ދުރުކޮށްދިނުމުގެ ބޭނުމުގައެވެ.

 

އެއްދިމާލަކަށް ބަލަހައްޓައިގެން ވިސްނުންތަކަށް ގެއްލިފައި އޮތް ރަޔާހީންގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ކޯއްޗެއްކަމެއް ނޭނގޭއެވެ. އެނގޭ އެއްޗަކީ އޭނާގެ ހަމަހިމޭންކަން ފުން ވިސްނުމެއްގެ ތެރެއަށް ގަރަގުވެފައިވާ ކަމެވެ. ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުން ރަޔާހީން ބޯއަރިކޮށްލާ ބަލާލިއެވެ. ފޯނުގެ ސްކްރީން ދިއްލިފައިވާތަން ފެނުނަސް އެ މެސެޖް ބެލުމުގެ ޝަޢުޤެއް އޭނާގެ ނެތެވެ. އަނެއްކާ ވެސް އޭނާގެ ހިތާއި ސިކުނޑި ދަތުރުކޮށްލީ އެވިސްނުންތަކާއި ދިމާލަށެވެ. އެގޮތުގައި އޮތް ރަޔާހީން ކުއްލިއަކަށް ސިހުނީ ކޮޓަރި ދޮރުހުޅުވާލާފައި ވަން އާބިދާ ފެނުމުންނެވެ. މާމަ އަށް ރީތި ހިނިތުންވުމެއް ދިނުމަށްފަހު ރަޔާހީން އެނދުން ތެދުވެ ހެޑްބޯޑުގައި ލެގިލީ އާބިދާ ވެސް އިށީންނަން ތަން ދައްކަމުންނެވެ.

“މާމާ!! ރަމްލާއްތަ ނިދީތަ؟” އާބިދާ އައިސް ކައިރީގައި އިށީނުމުން ރަޔާހީން އަހާލިއެވެ.

“އާނ ދަރިފުޅާ. ފައިގަ ރިއްސާތީ ވަރަށް އުޅުނު. މާމަ އެއްޗެއް ހާކާލަ ދިނީމަ މިހާރު އެބޮތް ނިދިފަ”  އާބިިދާ ބުނެލިއެވެ.

“ގަޑިން ބާރަގަޑި ބައިވަނީ. މާމަ ނުނިދަންތަ؟ މާމަ ތީ ދަންވަރަށް ނަމާދުކުރަން ހޭލަންޖެހޭ މީހެއްނު. މާމަ ދޭ ނިދަން” ރަޔާހީން ބުނެލިއެވެ.

“ދަރިފުޅަށް ރަނގަޅަށް އެނގޭނެ މާމަ އަށް ނުނިދޭނެކަން. މާމަ މިއައީ ހަމަ ދަރިފުޅާ ވާހަކަދައްކާލަން. މާމަ ހިތުގައި ވަރަށް ބައިވަރު ސުވާލުތަކެއް އެބަހުރި. އޭގެ ޖަވާބު މާމަ ބޭނުން” ރަޔާހީންގެ ކުރުކޮށްލާފައިވާ ދެފައިގެ ކަކޫމަތީގައި އަތް އަޅާލަމުން އާބިދާ ބުނެލިއެވެ. ރަޔާހީން ކުޑަކޮށް ހިތްތެޅިލިޔަސް މާމަގެ ސުވާލުތަކަށް ޖަވާބުދިނުމަށް ނަފްސު ތައްޔާރުކޮށްލިއެވެ.

“މާމާ! މާމަ ބޭނުން ކޮންމެ ސުވާލެއް ވެސް ކުރޭ. އަޅުގަނޑު ޖަވާބުދޭނަން” ރަޔާހީން އަތްއަޅާލީ އާބިދާގެ އަތް މަތީގައެވެ.

“ނަދާ ބުނި ދަރިފުޅު ވަރަށް ގަޔާވާ ކުއްޖެއް ހުރެއޭ. އެއީ ތެދެއްކަމަށް ވަންޏާ އަދި އެކުއްޖަކު އަދިވެސް ދަރިފުޅު ބޭނުންކަމުގައި ވަންޏާ މާމަ ބޭނުމީ އެކުއްޖާ އާއި ދަރިފުޅު ގުޅެން” އާބިދާގެ ސުވާލުން މިހުރިހާއިރު އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްގެންއިން ރަޔާހީނަށް ރޮވެން ސިކުންތެއް ވެސް ނުނެގިއެވެ. ދެތުންފަތް ފިއްތާލުމަށްފަހު ރަޔާހީން ބޯއަޅާލީ އާބިދާގެ އުނގުގައެވެ.

“މާމާ އަޅުގަނޑު ކައިރީގައި މާމަ އެހީތީ ބުނެފާނަން. އަޅުގަނޑު އިރުފާނާއި އިނީ އެކުއްޖާގެ ހިތް ހަލާުކޮށްލާފައި. އަޅުގަނޑު ވަރަށް ލޯބިވޭ އޭނަ ދެކެ. އެކަމު އޭނަ މިހާރު އަޅުގަނޑަށް ނަފްރަތުކުރޭ. ރުޅިއާދޭ. އޭނަ ބޭނުމެއްނުވޭ އަޅުގަނޑުގެ މޫނު ދެކޭކަށް ވެސް. އަޅުގަނޑު ޤަބޫލުކުރަން ވާނީ ވެސް އެހެންކަން. އެކަމަކު ހުރިހާ ކަމެއް އެނގުނީމަ ޤަބޫލުކުރަންވާނެއްނު. މިހާރު އޭނަ އަށް އެނގޭނެ އަޅުގަނޑު ބޭވަފާތެރިއެއް ނޫވާކަން. އޭނަ އަޅުގަނޑު ބޭނުންވާނަމަ އަޅެ ކުޑަމިނުން ގުޅާފައި ވެސް ހާލު ބަލާލީހެއްނު” ރަޔާހީން ރޮއެރޮއެފަ އާބިދާ ކައިރީގައި އޭނާގެ ހިތުގެ ޝަކުވާތައް ބަންޑުން ކުރަމުން ދިޔައެވެ.

“ފަހަރެއްގައި އަންނަން ނުކެރިފަ ވެސް ހުރެދާނެ. މާމަ ގުޅާފާނަން” ރަޔާހީންގެ އިސްތަށިގަނޑުގައި ފިރުމަމުން އާބިދާ ބުނެލިއެވެ.

“ނޫން. މާމަ ގުޅާނެ ކަމެއްނެތް. އޭނަ އަކީ ކާކުކަން އެނގިއްޖިއްޔާ މާމަ ޤަބޫލެއްވެސް ނުވާނެ އަޅުގަނޑު އޭނަ އާއި ގުޅޭކަށް” ރަޔާހީން ބޯހިއްލާލުމަށްފަހު ބުނެލިއެވެ.

“އަނެއްކާ ކާކު އެއީ؟ ދަރިފުޅުމެންގެ އުފަލަށްޓަކައި މާމަ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އެކަން ދަރިފުޅަށާއި ފަރުހީނަށް އޮންނާނީ އެނގިފައި. އެހެންވީމަ ދަރިފުޅަށް ތިހެން ބުނެވޭކަށް ޖާގައެއް ނެތެއްނު” ލޯތްބާއެކު ރަޔާހީންގެ މޫނުގެ ދެފަރާތުގައި އާބިދާގެ ރޫޖެހިފައިވާ ދެއަތުން ފިރުމާލަމުން ބުނެލިއެވެ.

“އޭނަ އަށް ކިޔަނީ ވިކްޔަން. އެއީ އިރުފާނާއި ދެބެންގެދެދަރި ކުއްޖެއް” ރަޔާހީން އިސްޖަހާލަމުން ބުނެލިއެވެ.

“މައިސަރާގެތަ؟ އާބިދާ އަހާލިއެވެ. ރަޔާހީން ބޯޖަހާލީ ހަމަ އެގޮތަށް އިސްޖަހައިގެން އިނދެއެވެ. އާބިދާ ފުންނޭވައެއް ދޫކޮށްލިއެވެ. ހިތުގައި ނުތަނަވަސް ކަމެއް އުފެދުނުކަން ގައިމެވެ. ސިކުންތަކަށް ހަމަހިމޭންކަމެއް ތަނަށް ވެރިވިއެވެ.

“މިކަމެއް ހިނގީއިރު މައިސަރާގެ އަތެއް އެކުމުގައި ވާނަމަ މާމަ އަށް ނުރުހެވޭ. އެކަމަކު އެހެނެއް ހިތެއް ނުބުނޭ. އެހެންވީމަ ދަރިފުޅުގެ ތިހޮވުމަށް މާމަ އެއްޗެއް ނުބުނާން” އާބިދާގެ އޭނާގެ ހިތް އޮތް ގޮތް ހާމަކޮށްލިއެވެ.

“އަޅުގަނޑަށް އެނގޭ މާމަ ނުޤަބޫލެެއްނުވާނެކަން. އެކަމު މާމާ އޭނަ އަޅުގަނޑު ކައިރިއަށް ނާންނާނެ. އޭނަ އަށް އޮޅުވާލާފައި އިރުފާނާއި އިނުމުން އޭނާގެ ހިތުގައި އަޅުގަނޑުގެ މައްޗަށް އޮތް ލޯބި ފޫހިކަމަށް ބަދަލުވެއްޖެ. އެހެންނޫނަސް އޭނަ ވަރަށް އަވަހަށް މެރީ ކުރާނެ” ރަޔާހީން ރޮވިފައި އިނދެ ބުނަމުން ދިޔައެވެ.

“ދެރަނުވޭ. ދަރިފުޅުގެ ލޯބި ދަރިފުޅަށް ލިބޭނެ” އާބިދާ ރަޔާހީންގެ އަތްތިލައަށް ބޮސްދެމުން މޫނުގައި ފިރުމާލިއެވެ.

“ކީއްކުރާނީ މީ އަޅުގަނޑަށް ހުރި ގޮތް. އެހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑު އުފާވޭ. އަޅުގަނޑު ވަރަށް ހިތްވަރެއް ކޮށްގެން މިހިސާބަށް އާދެވުނީ. ދޮންތަ ވަކިވެ ދިޔުމުގެ ހިތާމަ ދުވަހަކު ވެސް އަޅުގަނޑުގެ ހިތަކުން ނުފިލާނެ.  އެކަމަކު ވިކްޔަން  އާއި ވަކިވުމުގެ ހިތާމަ ދުވަސްކޮޅަކުން ފިލާފާނެ” ދެލޮލުން ފޭބި ކަރުނަތައް މިފަހަރު ރަޔާހީން ފޮހެލީ އަމިއްލަ އަށެވެ.

“މާމާ! އަޅުގަނޑު ނިދާލަންތަ މާމަގެ އުނގުގަ. އަޅުގަނޑުގެ މި ތަންމައްޗަށް ވުރެ މާމަގެ އުނގު މާ އަރާމުވާނެ” ރަޔާހީން ކުޑަކުއްޖެއް ފަދައިން އާބިިދާގެ އުނގުގައި ބޯއަޅާލަމުން ދެލޯ މަރާލިއެވެ. އާބިދާ ރަޔާހީންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު އެދެލޮލުގައި ވީ އެދަރިފުޅަށްޓަކައި ނިމުމެއްނެތް ހިތާމައެވެ. ދެލޯމަރައިގެން އޮތް ރަޔާހީންގެ އެއް ލޮލުން ވެއްޓުނު ކަރުނަތިކި އާބިދާއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ފޮހެލީ ވެސް ހަމަ އެގޮތުގައި ދެލޯ މަރައިގެން އޮވެއެވެ.

 

ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ގޮސް ސައުވީސް ގަޑިއިރު ފާއިތުވެގެން ދިޔައީ ފީރޯޒާ އާއި އިރުފާންގެ ހަޔާތަށް ސައުވީސް އަހަރުގެ ގޮތުގައި އިޙުޞާސް ކުރުވަމުންނެވެ. އިރުފާނާއި އާސިރު އެއްތަނެއްގައި ބެހެއްޓިއެއް ކަމަކު ފީރޯޒާ ހުރީ ދޫނިދޫގައި ބަހައްޓާފައެވެ. ހައްޔަރުކޮށްގެން ގެނައި ގޮތަށް ބަޔާނެއް ވެސް ނުނަގާ އެންމެ ފުރަތަމަ ގެންދިޔައީ ކޯޓަށް މުއްދަތު އިތުރުކުރުމަށެވެ. އެމީހުން ހައްޔަރުކުރެވުނު ސަބަބު ލޫކް ގާޒީ އަށް އިއްވާދިނުމާއެކު ގާޒީ ވަނީ އެމީހުންގެ ދިފާޢުގައި އެއްޗެއް ބުނުމަށް އެމީހުންނަށް ފުރުޞަތު ދީފައެވެ. ކުރިމަތީގައި އިން ގާޒީ ފެނި ހިތަށް ވަން ބިރުވެރިކަމަކުން ތިން މީހުން ވެސް ވަނީ ކުރެވުނު ކުށަށް އިޢުތިރާފް ވެފައެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި އެމީހުން ފަނަރަ ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ގާޒީ ކަނޑައެޅި ހިސާބުން ފެށިގެން ފީރޯޒާ އަށް ވަނީ ލޯބިވާ ފިރިމީހާ އާއި ހުރި ހަމައެކަނި ދަރިފުޅު ލޯމަތިން ގެއްލިފައެވެ.

މާކިލް އެނބުރި އައިސް މަޑުކުރީ މައިސަރާ ކައިރީގައި އެބައިގައެވެ. ފިރޯޒާމެން އުޅުނު ބައި ހުރީ ތަޅު އަޅުވާފައެވެ. މައިސަރާގެ ގައިގާ ބައްދާފައި މާކިލް ރޮއެ ވަރަކަށް މައިސަރާ ވެސް ރޮއެވެ. ވިކްޔަން އާއި އެކުގައި މާކިލް އޭނާގެ އާޢިލާ މީހުންނާއި ބައްދަލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި ޙުސައިން އާދަމް ބިލްޑިންގް އަށް ދިޔައީ އެކުގައި ޔޫމީ ވެސް ގޮވައިގެންނެވެ. ކައުންޓަރުގައި ތިބި ފުލުހުން މެދުވެރިކޮށް މާކިލް އާއި ވިކްޔަން ވަނީ ލޫކާއި ބައްދަލުކޮށްފައެވެ. އަދި އެތައް އިރަކު ވާހަކަދެއްކުމަށްފަހު ލޫކް ގެ ވެރިޔާގެ ޙާއްސަ ހުއްދައެއް ލިބިގެން ފުލުހުންގެ ޖިޕްގައި އެތިން މީހުން އަތޮޅުވެއްސަށް ދިޔައެވެ. އަދި އާޢިލީ ބައްދަލުވުމަށް އެދޭ ފޯރމް ފުރުމަށްފަހު އެދުވަހަށް އޮތް ހުސް ޖާގައަކަށް އެމީހުން ބައްދަލުކުރާ ވަގުތު ކަނޑައެޅިއެވެ. ބައްދަލުކުރާ ގޮތަށް ނިމުނީ މާކިލް އާއި ވިކްޔަންއެވެ.

އެވަގުތަށް އަދިވެސް އެއްގަޑިއިރު އޮތުމާއެކު އަތޮޅުވެހީގެ ރިސެޕްޝަނުގައި ތިން މީހުން މަޑުކޮށްގެން ތިބިއިރު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެމީހެއްގެ ސިކުނޑީގައި އެނބުރެމުންދަނީ ކޯއްޗެއްކަން އެނގޭނީ އެމީހަކަށެވެ. ނުވަތަ އެކމަކަށް އެމީހަކު އަމިއްލަ އަށް ޙައްލު ހޯދާ ކަހަލައެވެ. ވަގުތު ޖެހުމާއެކު ފުލުުހުން ވިކްޔަން އާއި މާކިލް ގޮވައިގެން ބައްދަލުވުން އޮންނަ ކޮޓަރިއަށް ވަންއިރު އެތަނުގައި އިރުފާނާއި އާސިރު އިނެވެ. ލޯބިވާ ބައްޕަގެ މިލާފައިވާ މޫނު ފެނުމުން މާކިލްގެ ހިތަށް އަސަރު ކުރިއެވެ. ގޮނޑީގައި ކަރު އެލުވާލައިގެން ރޮވިފައި އިން އާސިރު ފެނުމުން މާކިލް އަށް އޭނާގެ ކަރުނަތަކެއް ހިފަހައްޓައެއް ނުލެވުނެވެ. ވިކްޔަންގެ ގައިގާ ބައްދައިގަތުމަށްފަހު ރޯން ފެށިއެވެ.

ވިކްޔަންގެ މަސައްކަތުން ބައްދަލުވުން ފެށިގެން ކުރިއަށް  ދިޔައެވެ. މައްސަލަ އާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން މަނާ ކަމުގައި އެތަނުގައި ޑިއުޓީގައި އިން ފުލުސް އޮފިސަރ އެންގުމާއެކު ދައްކަންވީ ކޮން ވާހަކައެއްކަން މާކިލް އަށް ނޭނގުނެވެ. އިސްޖެހިފައި އިން އިރުފާން މާކިލް އަށް ބަލާލިއެވެ. މާކިލްގެ ދެލޮލުން ކަރުނަ ވިދާ ބަބުޅަމުންދާ މަންޒަރު ފެނުމާއެކު އިރުފާނަށް ރޮވުނެވެ.

“ދަރިފުޅާ!! ބައްޕައަށް މާފްކުރޭ. ބައްޕަ އަކީ ކުށްވެރިއެއް. އެންމެންވެސް އެދައްކަނީ ތެދު ވާހަކައެއް. އެކަން ބައްޕަ ކުރިން. އެކަމުގެ އަދަބު ބައްޕައަށް ލިބުން ޙައްޤު. އެކަމަކު ބައްޕަގެ އަންބެއްގެ ގޮތުގައި ޚިޔާރުކުރި ކުއްޖާ ބައްޕަ އަށް އޮޅުވާލީ. އޭނަ ލޯބިވަނީ އެހެންމީހަކުދެކެ. ބައްޕަ މުޅިން އެކަނިވެރިވެއްޖެ” އިރުފާން ރޮމުން ބުނަމުން ދިޔައެވެ.

“ތިވާހަކަ މިހާރު އެހާ މުހިއްމެއް ނޫން. ހީން ކަންތައްކުރީ ރަނގަޅަށް. އަޅުގަނޑު ހީން ގޯހެއް ނުކުރާނަން. ކުށްކުރެވުނު ވަގުތު ބައްޕަމެންނަށް ތިކަން އިޙުޞާސްވެ އަދަބު ލިބިގަތްނަމަ މިއަދު ފަހަރެއްގައި ބައްޕަމެންނަށް ސަލާމަތުން ގޭގައި ތިބެވުނީސް ކަންނޭނގެ. ބައްޕަމެން އަޅުގަނޑަށް ވެސް އޮޅުވާލީ. ބައްޕަމެން ކިހާ ގޯސް. އަޅެ އެއީ ބައްޕަގެ ވެސް ކުދިންނެއްނޫންތަ. އަޅުގަނޑުގެ ކޮއްކޮމެންނެއް ނޫންތަ؟ އަޅުގަނޑަށް މިހާރު ޝައްކު. ރަނގަޅު ވަގުތެއް ބަލާފައި ބައްޕަ އަޅުގަނޑު މަރާލަން ވެސް ރާވާފައި ނެތްކަމެއް ނޭނގެ. ދެން މިހާރު ހީން ގޯސް ކުރުމުގެ ބޭނުމެއްނެތް” މާކިލް ބުނެލިއެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ އިރުފާނާއި ހަތަރަކުޅި ހަމަކުރުމެއް ނެތިއެވެ.

“ބައްޕަ އަށް އެކަން ކުރެވުނީ ވެސް ހީން ދެކެ ލޯބިވީ ވަރުން. ބައްޕަ އަށް މާފަހުން އެނގުނީ އެއީ ފަރުހީންގެ ކޮއްކޮކަން. އެނގުނު ހިސާބުން ވެސް ދުރަށްދާން އުޅުނިން. އެކަމަކު ހަމަ ލޯބިވާތީ ކުރިއަށް ދިޔައީ. ހީން ވެސް ދައްތަ އާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާތީ. ދަރިފުޅަށް ނޭނގުނަސް އެފަރުހީން ވެސް އުޅުނީ ޖިންނިއަކާއި ހިތާވެގެން. ރަޔާހީން ވެސް ހަމަ އެގޮތް” އިރުފާނަށް އޭނާގެ ކުށް އިޙުޞާސް ކުރެވިފައި ވިޔަސް ބައެއް ކަހަލަ ވަގުތުގައި ދެވަނަ މީހާ ކުށްވެރިކުރަން އަދިވެސް މަސައްކަތްކުރޭއެވެ.

“ބައްޕައަށް އެނގޭތަ ތިކިޔޭ އެއްޗެއް. ބައްޕަ ބޯހަމަނުޖެހޭ މިހާރު. އަޅުގަނޑު މިދަނީ ދާން. އޭގެ ކުރިން އަޅުގަނޑުގެ ފަރާތުން އެއްވެސް އެހީއެއް ބޭނުންވިއްޔާ ބުނޭ. މިބުނީ ލާހެދުމެއް ފެންވަރާ ސާމާނު” މާކިލް ބޭނުންވީ އެތަނުން ތެދުވެގެން ދާށެވެ. އެތަނުގައި އިންނަން އޭނާ އަށް ފަސޭހައެއް ނޫނެވެ.

“ބައްޕަ އެއްވެސް އެއްޗެއް ބޭނުމެއްނޫން. ބައްޕަ ބޭނުމީ މިތަނުންދާން” އިރުފާން އިސްތިރިކޮށްލަމުން ބުނެލިއެވެ.

“ތިކަމެއް އަޅުގަނޑަކަށް ނުވާނެ. ބައްޕަ ތިކުރި ކަމެއްގެ ސަބަބުން ނުކުޅެދޭ ކާފަވެސް އެހާލުގައި ޖަލުގައި އިންނަން ޖެހުނީ…… ވިކީ ހިނގާ ދާން” މާކިލް ދާން ކޮޅަށް ތެދުވުމުން ވިކްޔަން އަދިވެސް އިނީއެވެ. އޭނާ ވެސް އިރުފާން ކައިރީގައި ހާމަކުރަންޖެހޭ ޙަޤީޤަތެއް އެބައޮތެވެ. އެކަން ހާމަކުރުމަށް މިއަށްވުރެ ރަނގަޅު ވަގުތެއް ނެތެވެ.

“ދޮންބޭ!!! ހީން އެބުނާ އޭނަ ލޯބިވާ މީހަކީ އަޅުގަނޑު. ދޮންބެ އާއި ހީން އިނީ އަޅުގަނޑާއި ރައްޓެހިވެގެން އުޅެމުން. އަޅުގަނޑު ހިތް ހަލާކުކޮށްލާފައި. އަޅުގަނޑަށް އޭރު ނޭނގުނީ ހީން އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބެއް. އެކަމަކު މިހާރު އެނގި ސާފުވެއްޖެ. އަދި އެއްވާހަކަ. ހީން ދޮންބެއަށް ބޭވަފާތެރިނުވޭ. ދޮންބެ އާއި އިން ފަހުން އަޅުގަނޑާއި ހީން އާއި ދެމެދު އެއްވެސް ގުޅުމެއް ނޯވޭ. އެކަމަކު އެތައް ފަހަރަކު އަޅުގަނޑާއި ގޭތެރެއިން ބައްދަލުވެ އޭނަ ކުށެއް ނުކުރާކަން ބުނަމުންދިޔަ. އަޅުގަނޑު ޤަބޫލެއް ނުކުރަން ހީން ދެއްކި އެއްވެސް ވާހަކައެއް. އަޅުގަނޑު އޭރުވެސް މިހާރު ވެސް ދޮންބެއަށް ޙަމްދަރުދީވަން” ވިކްޔަން ދައްކަމުން ދިޔަ ވާހަކަތައް ޤަބޫލުނުކުރެވިފައި އިރުފާން އިން އިރު ކައިރީގައި ކޮޅަށް ހުރި މާކިލް ވެސް ހުރީ ހުއްޓުން އަރާފައެވެ.

ދެމީހުން އެއްކޮށް އެތަނުން ނިކުންނަމުން މާކިލް ދިޔައީ ރޮވިފައި އިން އާސިރުގެ ގައިގާ ބައްދާލުމަށްފަހު ނިތަށް ބޮސްދީފައެވެ.

 

ނޫސްވެރިން ރަޔާހީން ދިރިއުޅޭ ގެއަށް އައިސް ރަޔާހީންގެ އިންޓަރވިއު ނަގައިގެން ޓީވީތަކުންނާއި ރޭޑިޔޯތަކުން އަދި މަޖައްލާތަކުން ޝާޢިއު ކުރަމުން ދިޔައެވެ. އެތައް ބަޔަކުގެ ތަޢުރީފްގެ ބަސްތައް ރަޔާހީނަށް އަމާޒުވަމުން ދިޔައިރު މަދުން ނަމަވެސް ބައެއް މީީހުން ރަޔާހީން އެކުރި ކަންތަކަށް ފާޑުކިޔަމުން ދިޔައެވެ. ނަމަވެސް އެއަށްވުރެ ވެސް ބޮޑަށް އޭނާ އުފާވީ މަގުމަތިންދާ އިރުގައި ވެސް މީހުން އޭނާ އަށް ގޮވާލާ ހަދާތީއެވެ. މީޙުންގެ ބެލުން އެމޫނަށް ހުއްޓޭތީއެވެ. ގާތްތިމާގެ ބައެއް މީހުން އެގެއަށް އައިސް ވެސް އެކަންތައް ހިނގާ ދިޔަ ގޮތް ހުދު ރަޔާހީންގެ އަނގައިން ކިއުއެްވިއެވެ.

ދިހަ ދުވަސް ފާއިތުވެގެން ދިޔައިރު ރަޔާހީނާއި އޭނާގެ އާއިލާ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ރޭގަނޑުގެ ކެއުމަށް ހުރިހާ މީހުން ޖަމާވެފައި ތިބި ވަގުތެވެ. ކާމޭޒު ދޮށުގައި ބޭކާރު ވާހަކަދެއްކުމަކީ އާބިދާ އެހާ ހިތްހަމަނުޖެހޭ ކަމަކަށް ވާތީ ކޮންމެ މީހަކު ވެސް މަޑުމައިތިރިކަމާއެކު ކެއުން ކުރިއަށް ގެންދެވޭތޯއެވެ. ތަންކޮޅެއް ދުރުގައި ހުރި ލޮނު މިރުސްތައްޓަށް ރަޔާހީން އަތް ދިއްކޮށްލި ވަގުތު ކަޅި ހުއްޓުނީ އަނެއް އަތުގައި އޮތް މޯބައިލް ފޯނުގެ ސްކްރީން ދިއްލުމުން އެއަށެވެ. ރަޔާހީންގެ ހިތް ތެޅިގަތީ އެއް މިއެއް ބަލާފައެއް ނޫނެވެ. އެމީހެއްގެ މެސެޖެއް ލިބިދާނެ ކަމަށް އުއްމީދު ކަނޑާލައިގެން ހުރި މީހާގެ މެސެޖެއް ލިބުމުން ރަޔާހީން ހިތް ތެޅިލިއެވެ. ކައިރީގައި ތިބި އެއްވެސް މީހެއްގެ ނަޒަރު އޭނާ އަށް އަމާޒުވެފައިނުވާތީ ރަޔާހީން މަޑުމަޑުން ކަމުން ދިޔައެވެ. ނަމަވެސް އެމެސުޖައި އޮތީ ކީކޭތޯ ބަލާހިތުން އޭނާ އަށް އިނދެވެނީއެއް ނޫނެވެ.

“ބަލާބަ މާމާ! ތިއްތަ ތަށި ހުސްނުކޮށް އެދަނީ” އެންމެފަހަށް ރަޔާހިނަށް ކެތްނުވުމުން ތެދުވެގެން ދާން އުޅުމުން އެކަންތައް ނައުޝީން ބޮޑުކޮށްލިއެވެ.

“ދަރިފުޅާ ހީން. އިސްރާފުކުރުމަކީ ރަނގަޅުކަމެއް ނޫން. މާމަ އަބަދުވެސް އެކަން ތިކުދިންނަށް ހަނދާންކޮށްދެމެއްނު” އެހާ ހިސާބުން ރަޔާހީނަށް މަޖުބޫރުވީ ތަށި ހުސްކޮށްފައި ދާށެވެ. ތަށި ހަމަ ހުސްވުމާއެކު ރަޔާހީން ފުންމައިގެން ތެދުވެ ތަށި ހިފައިގެން ޒިންކު ކައިރިއަށް ގޮސް ދެއަތް ރީތިކޮށް ދޮވެލިއެވެ. އަދި ތަށި ވެސް ދޮވެލުމަށްފަހު ހަރުގަނޑުގައި އަޅުވާލާފައި އަވަހަށް މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.

އެނދުގައި އިށީނުމަށްފަހު އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އަދި ލަސްލަހުން އިނގިލިތައް ހަރަކާތްކޮށްލީ މެސެޖް ހުޅުވާލުމަށެވެ. “ބައްދަލުކޮށްލެވިދާނެތަ” ވިކްޔަންގެ މެސެޖް ވަރަށް ކުރެވެ. ރަޔާހީން ފޯނު ނަގާ ޖައްސާލީ މޭގައެވެ. އިންތިހާ އަށް ބައްދަލުކުރަން ބޭނުމެވެ. ނަމަވެސް އެހާ ފަސޭހައިން ވިކްޔަން އާއި ދިމާލަށް ދާކަށް ބެނުމެއް ނޫނެވެ. ވިކްޔަން އޭނާ ތެޅުވީ ކިހާ ވަރަކަށް ހެއްޔެވެ؟ ކިހާ ވަރަކަށް އާދޭސް ކުރި ހެއްޔެވެ؟ ކިހާ ވަރަކަށް ކުށެއް ނުކުރަމޭ ބުނެވުނު ހެއްޔެވެ؟ އެންމެފަހު ވަގުތުގައި ސަބަބު ބަޔާންކޮށްދިނުމުން ވެސް ކުރީ މަލާމާތެއް ނޫން ހެއްޔެވެ؟ ވީއިރި މިއަދު އޭނާގެ ކުށެއްނެތްކަން މުޅި ރާއްޖެ ޤަބޫލުކޮށްފައިވީ ދަނޑިވަޅުގައި ކޮންމެހެން އޭނާ އާއި ބައްދަލުކުރަން ބޭނުން އެވީ ކީއްވެގެން ހެއްޔެވެ؟ މީހުންގެ ފަރާތުން އޭނާ އަށް ލިބިފައިވާ ރީތި ނަމުން ހެއްޔެވެ؟ ރަޔާހީން އަމިއްލަ ދުލުން ހުރިހާ އެއްޗެއް ކިޔާދިނުމުން ޤަބޫލުނުކޮށް މިހާރު ޓީވީ ތަކުން ހުއްޓުމެއްނެތި އެވާހަކަތައް ދެއްކުމުން ކޮންމެހެން ޤަބޫލުކުރެވޭނެ ހެއްޔެވެ؟ އޭރުގައި ވެސް އެވާހަކަ ދެއްކީ ރަޔާހީނެވެ. މިހާރު ވެސް ރަޔާހީނެވެ. އެއްވެސް ތަފާތެއް ނެތެވެ.

ޚިޔާލުތަކުގެ ލޯގަނޑުން ރަޔާހީނަށް ނަޒަރު ދުރުކޮށްލެވުނު އިރު ދެލޯ ފެންކަޅި ވެއްޖެއެވެ. އަވަސް އަވަހަށް ކަރުނަތައް ހިންދާލުމަށްފަހު ވިކްޔަންގެ ސަބަބުން ދެން ދުވަހަކު ވެސް ނުރޯން އަޒުމް ކަނޑައެޅިއެވެ. ވިކްޔަން ފޮނުވި މެސެޖްގެ ޖަވާބުގައި ‘ސޮރީ’ ހަމައެކަނި މިހެން ޖަހާލުމަށްފަހު ފޮނުވާލިއެވެ.

 

އާބިދާ އާއި ރައިނީ އެކޮޓަރިއަށް އައިސް ވަނީ ރަޔާހީން އެގޮތުގައި ވިސްނުމަކަށް ގެއްލިފައި އިންދައެވެ. ހީލުމަށްފަހު ރަޔާހީން ފޯނު ދުރުގައި ބާއްވަމުން އެދެމީހުންނަށް ހިނިތުންވުމެއް ދިނެވެ.

“މާދަމާރޭ މީ ނަޔާގެ ހުރިހާ ޕްރައިޒްތަކެއް ލިބޭ ރޭ. އެއަށްފަހު އެދެމީހުންނަކަށް އެހާ ދުވަހެއް ނެތް. އެކޮޅުން ކިޔެވުން ފެށޭނެ. އެހެންވީމަ ދާން ޖެހޭނެ. ދަރިފުޅު ވިސްނާފަ އޮތީ ކޮންގޮތަކަށް” ރައިނީ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އަޅުގަނޑުވެސް ދާނަން. މިތާ ހުންނާކަށް ބޭނުމެއްނޫން. އެކަމަކު ފަހަރެއްގައި ކޫއްތަމެން ދާއިރުގަ ނުދެވިިދާނެ. އެމައްސަލއިގަ ވެސް ވާނުވާ ބަލަން ހުންނަން އަޅުގަނޑު ބޭނުން. އެހެންނޫނަސް ލޫކް ބުނި ވާރިސުންގެ ބަހެއް ބޭނުންވާނޭ. ކޫއްތަމެން އެކޮޅަށް ދިޔަސް ޝަރީޢަތް ފެށުމުން ފަހަރެއްގައި މިކޮޅަށް އަންނަން ޖެހިދާނެ” ރަޔާހީން އެދެއްކި ވާހަކަތައް ރައިނީ އާއި އާބިދާ ވެސް ޤަބޫލުކުރިއެވެ.

“އެހެންވީމަ އެދެކުދިން ގޮވައިގެން ރައިނީ ފުރަންވީނުން. މަންމަ ހުންނާނަން ހީން ކައިރީގައި މިކޮޅު. މިކަންތައް އެއްކޮށް ނިމުނީމަ މަންމަ ދާނަން ހީން ގޮވައިގެން” އެގޮތާއި ރައިނީ ޤަބޫލުވެ އެންމެފަހަށް ނިމުނީ ވެސް އެގޮތަށެވެ.

“އެކަމަކު މާމާ ކުޑަކުޑަ މައްސަލައެއް އެބައުޅޭ. މުޅި ދުނިޔޭގައި ވެސް ރަމްލާއްތަ ބަލާނެ މީހެއް ދާނެ ތަނެއް ނެތް. އަޅުގަނޑުމެން ރަމްލާއްތަ އަތުން ދޫކޮށްލިއްޔާ އަނެއްކާ ވެސް އެކަހަލަ ދެވަނަ ފީރޯޒާއެއްގެ އަތްދަށުވެދާނެ” ރަޔާހީން ކަރުއެލުވާލަމުން ބުނެލިއެވެ.

“ދަރިފުޅު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް. ރަމްލާ ހުންނާނީ މިގޭގައި. ރަމްލާ އަކީ ދަރިފުޅުމެންގެ އުފަން މަންމަ އަށް ވުރެ ދޫކުރާވަރުގެ މީހެއް ނޫން. ރަމްލާ މާމަމެންނާއި އެކު ފުރާނެ. އެހާތަނަށް ޕާސްޕޯޓާއި އެއްޗެހި ހައްދަންވީ” އާބިދާގެ ވާހަތަކަށް ރައިނީ ބޯޖަހާލިއެވެ. ރަޔާހީންގެ ލޮލުން މިފަހަރު ވެއްޓުނީ އުފާވެރިކަމުގެ ކަރުނަތިއްކެކެެވެ.

“ދަރިފުޅު އެއްޗެއް ހީނުކުރާމަތިން ކޫއްތަ ސުވާލެއްކޮށްލަންތަ؟” ރަޔާހީންގެ ހުއްދައަކަށް ރައިނީ އެދުމުން ރައިނީގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ.

“ބުނީމެއްނު އިރުފާނާއި އިނުމުގެ ކުރިން އެނގުނޭ ފަރޫމެންގެ މަރުގެ ހަޤީޤަތް. ކިހިނެއް ހީން އަށް އެނގުނީ” ރައިނީ އެކުރި ސުވާލަކީ އޭގެ ޖަވާބު އާބިދާ ވެސް ބޭނުންވެފައިވާ ސުވާލެކެވެ.

“ބީހާލް ހުރިހާ އެއްޗެއް ކިޔާދިން. މިއަދު ބީހާލް ނެތްނަމަ މިވަރުގެ ކަމެއް އެކަނި ނުވެސް ކުރެވުނީސް” ޚިޔާލެއް ފިކުރެއްނެތި ރަޔާހީން ބުނި އެއްޗަކުން ރައިނީ އާއި އާބިދާ އަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަނެއްކާ ބީހާލް އެއި ކާކުބާއޭ ހިތަށް އަރަމުން ދިޔައެވެ.

“ބީހާލްއޭ. ކާކުބާ އެއީ؟ އަދި އަލަށް އަޑު މިއެހީ” ރައިނީ އަވަސް އަވަހަށް ބުނުމުން ރަޔާހީން ތެޅިގަތެވެ. އޭނާ އަށް ބުނެވުނު އެއްޗަކަށް އަދި ކިރިޔާ ވިސްނާލެވުނީއެވެ.

“ބީހާލް….. މާމާ! ކޫއްތާ! އަޅުގަނޑަށް މާފްކުރޭ. މިވާހަކަ އަޅުގަނޑަށް ބުނެވޭކަށް ނެތް. ބުނެވުނަސް މާމަމެންނަށް ޤަބޫލެއްވެސް ނުކުރެވޭނެ” އަވަސް އަވަހަށް އެނދުން ފުންމާލަމުން ރަޔާހީން ބުނެލިއެވެ.

“ކީކޭ ހީން ތިކިޔަނީ. ކީއްވެ ޤަބޫލުނުކުރެވެންވީ. ބުނީމަތާ އެނގޭނީ. ނިކަން ބުނެބަލަ ދަރިފުޅު” ވަރަށް ލޯބިން އާބިދާ ބުނެލިއެވެ. ރަޔާހީން ވިސްނާލިއެވެ. ބުނެފިއްޔާ މާމެންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ނުބުނެފިއްޔާ ސުވާލު މަތިން ސުވާލު އަންނާނެއެވެ. ރަޔާހީން ބީހާލްގެ ވާހަކަ ބުނާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދެންހަދާނީ ކިހިނެއްތޯ އަމިއްލަ ހިތާއި ސުވާލުކުރުމުން ރަޔާހީން ދެލޯމަރާލިއެވެ. ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރި ބީހާލް ފެނުމުން ރަޔާހީން ސިހުނެވެ. ހީލާން އުޅެފައި ވެސް އާބިދާ އާއި ރައިނީ އިން ކަން އެނގުމުން ދުރު ބަލާލިއެވެ.

“ހީން މާމަމެން ޤަބޫލުނުކުރިޔަސް އަހަރެންނަކީ ކާކު ކަން އަންގާދީ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް” ރަޔާހީން ކޮނޑުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދަމުން ބީހާލް ބުނެލިއެވެ.

“މާމާ!!ކޫއްތާ!! ބީހާލް އެއީ އިންސާނެއް ނޫން. އެއީ ދޮންތަގެ ލޯތްބަށްޓަކައި ޤުރުބާންވުމަށް ތައްޔާރަށް ހުރި މޫމިނު ޖިންނިއެއް. ދޮންތަ ދެކެ ބީހާލް ވަރަށް ލޯބިވޭ. އިރުފާން ދޮންތަ އަށް އަނިޔާ ކުރި ދުވަސްތަކުގައި ދޮންތަ އެއަނިޔާތަކުން ސަލާމަތްކޮށްދިން އެކަކު ބީހާލް އަކީ. ބީހާލް އިންސާނެއްދެކެ ލޯބިވާކަން އެނގުމުން އެކަމާއި ދެކޮޅު ހެދީ އޭނާގެ ބައްޕަމެން. އެހެންވެ ދުނިޔޭގެ ބިމަށް ނުފޭބޭ ގޮތަށް އޭނާ ހިލިހިލާ ޖަހާފައި ހައްޔަރުކުރީ. އެދުވަސްކޮޅުގައި އިރުފާން ދޮންތަ މަރާލީ. ބީހާލްގެ ކޮއްކޮ ގެ އެތައް މަސައްކަތަކުން އޭނާ އައިރު ފެނުނީ ދޮންތަ އާއި ދެކޮއްކޮގެ ފުރާނަނެތް މަސްގަނޑު. ނަސީބުދެރަކަމުން ބީހާލް އަށް ދޮންތަ ސަލާމަތެއް ނުކުރެވުނު. މާމަ އަށް އެނގޭތަ؟؟ ފަހަރެއްގައި ވެސް ބީހާލް ދޮންތަ މޮޔައެއް ނުކުރޭ. އަދި ބީހާލް އާއި އެކީގައި އުޅުމަށް މަޖުބޫރެއްވެސް ނުކުރޭ. ބީހާލް ބޭނުންވީ ދޮންތަ އުފަލުގައި ހުންނަން. އިރުފާން ރަނގަޅުވެގެން އައިއްޔާ އިރުފާންގެ އަންބެއްގެ ގޮތުގައި ދޮންތަ ހުންނަން ބީހާލް ބޭނުންވީ. އެއީ ދޮންތަ ލޯބިވަނީ އިރުފާން ދެކެ ކަމަށްވާތީ. އެކަމަކު އިރުފާންގެ އަނިޔާތައް ޙައްދުފަހަނައަޅާ ދާން ފެށީމަ ދޮންތަގެ ހިތުން ވެސް ބީހާލް އަށް ޖާގައެއް ހުސްކުރެވުނު. އޭރު ބީހާލް އަކީ މޫމިނު ޖިންނިއެއް ނޫން. އެކަމަކު ދޮންތަ ކައިރީގައި އޭނާ ވަޢުދެއް ވެވިފައި އޮތީމަ އޭނާ އިސްލާމްވީ. ބީހާލް އަކީ ވަރަށް ރަނގަޅު ޖިންނިއެއް. ފީރޯޒާމެން އެމައްސަލަ އޮށްބާލާ ނޯމަލް ދިރއުޅުމެއް އުޅޭތަން ބަލަން ބީހާލް އަށް ކެތްނުވީ. އޭނަ ބޭނުންވީ އެމީހުން ބޭޒާރުކޮށްލަން. ވަރަށް ބޮޑަށް ލަދުގަންނަވާލަން. އެހެންވެ ބީހާލް އަޅުގަނޑާއި ބައްދަލުކުރީ އަޅުގަނޑުގެ ކިޔެވުން ނިންމާ އެއްކޮށް މިކޮޅަށް ބަދަލުވިފަހުން. އޭރު އަޅުގަނޑު އުޅުނީ ވިކްޔަން އާއި ރައްޓެހިވެގެން. އެޙަޤީޤަތަށް ފަހު އަޅުގަނޑާއި ބީހާލް ވެގެން ނިންމި ނިންމުމެއްމީ. ރަމްލާއްތަ އެހޮރުން ސަލާމަތްކޮށްދިނުމަށް ވެސް އެހީވީ ބީހާލް……………އެއީ ބީހާލް އަކީ…. މާމަމެންނަށް ޤަބޫލުނުކުރެވުނަސް މިވާހަކަ އެއްވެސް މީހަކަށް ކިޔާ ނުދޭތި. އަދި އަޅުގަނޑަކީ މޮޔައެކޭ ވެސް ހީނުކުރާތި” ރަޔާހީން ވާހަކަދައްކާ ނިމިގެން އިރުކޮޅެއް ވީއިރު ވެސް އާބިދާ ވެސް ރައިނީ ވެސް އަނގައިން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. ރައިނީ މޫނުމަތިން ދާހިއްލާލާފައި ހުރި އިރު ހިތުގައި ވަނީ ބިރުވެރިކަމެއް ހިފާފައެވެ. ރައިނީގެ ހަނދާނަށް އަންނަންފެށީ އެއްދުވަހެއްގައި އެގޭ ބޭރު ޖޯލީގައި ރަޔާހީން އެކަނި ވާހަކަދައްކަން އިން ހަނދާނެވެ. އެހެންވީމަ އެރޭ ހީން ވާހަކައެދެއްކީ ބީހާލްއާތާއެވެ. އާބިދާ ވެސް އިނީ ރަޔާހީން ދެއްކި ވާހަކަތައް ޤަބޫލުނުކުރެވިފައެވެ.

“ދަރިފުޅާ ހަމަތެދު ވާހަކަތަކެއްތަ ތިދެއްކީ. އާންމުކޮށް މާމަ ކިޔާފަ ހުރި ވާހަކަތަކުންނާއި ފިލްމުތަކުން ތިހެންވެފަ އެބަހުރި. އެކަމަކު ހަޤީޤަތުގައި ވެސް އެހެންއެވީތާ…. އަސްތަޤްފިރުއްﷲ… ސުބްޙާނައްﷲ…….” އާބިދާ މަޑުމަޑުން ކިޔަވަން ފެށުމުން ރައިނީ ބަލާލީ އާބިދާގެ މޫނަށެވެ. އާބިދާ ތުންތަޅުވާތަން ފެނުމުން އެއްޗެއް ނުކިޔަސް ރައިނީ ވެސް އަނގަހަލުވަން ފެށިއެވެ. ރައިނީ އިނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. ރަޔާހީން ބަލާލީ ބީހާލްގެ މޫނަށެވެ. ބީހާލް ހެވިފައި އިނުމުން ރަޔާހީނަށް ވެސް ހެވުނެވެ.

“މާމަމެން ޤަބޫލުނުކުރަންޏާ އަޅުގަނޑު ހެކިދައްކަފާނަން. މިތާ މިވަގުތު އެބައިން ބީހާލް. ބޭނުންތަ ބަލާލަން. ބައްދަލުކޮށްލަން” ރަޔާހީން އާބިދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނޫން… ނޫން…..” އާބިދާ ބައޯބައޯ ކިޔަމުން ރަޔާހީންގެ ފުރަގަހަށް ވަނުމާއެކު ރައިނީ ވެސް ހީވީ އެހެންފަދަ ކަމެއް ހެންނެވެ. ރަޔާހީންގެ އުނގަށް ޖެހުނީ ކުޑަކުއްޖެއް ފަދައިންނެވެ. އެދެމީހުންނަށް ވީގޮތް ފެނި ރަޔާހީން ކައިރީގައި ފަހުން ބައްދަލުކުރާނަމޭ ބުނެ ބީހާލް ގެއްލުނީ ހިނިގަނޑެއް ޖަހާލަމުންނެވެ.

 

ފަރުހީންގެ މަރުގެ ތަޙްޤީޤު މަރުހަލާ ބަރާބަރު އެއެްމަސް ދުވަސްތެރެ ނިންމާ މައްސަލައިގާ ދަޢުވާ ކުރުމަށް އެމައްސަލަ މިހާރު ވަނީ ޕިޖީ އަށް ފޮނުވާފައެވެ. މި ފާއިތުވި ދުވަސްތަކުގައި މާކިލް އެމީހުންނާއި ބައްދަލުކޮށްފައި ވަނީ އެންމެ ދުވަހަކުއެވެ. ބައްދަލުކޮށް ދައްކާނެ ވާހަކައެއް ވެސް ނެތީއެވެ. ބައްޕަ އާއި މާމަ އާއި ކާފަ އަށް ވިތީ އޭނާގެ ހިތުން ހުރީ މާފްކޮށްގެންނެވެ. ނަމަވެސް އެހިތުގައި ވަރަށް ބޮޑަށް ވަނީ ކޫރުން އެޅިފައެވެ. އެނބުރި އިންޑިޔާ އަށް ދާން އުޅެފައި ވެސް މަޑުކުރީ ވިކްޔަން އަށް ރަޔާހީން ހޯދާދިނުމަށް މާކިލްގެ ފަރާތުން ކޮށްދެވޭވަރުގެ ކަމެއް ވިއްޔާ ކޮށްދިނުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތި ލޯތްބަށްޓަކައި (14)

Next

ޢެދެމޭ އުފާ….(23)

Next
October 1, 2017

ޢެދެމޭ އުފާ….(23)

Previews
October 1, 2017

ތި ލޯތްބަށްޓަކައި (14)

58 Comments!

  1. Ushaali says:
    October 1, 2017 at 12:43 pm

    assalam alikum and alhamdhulillah 🙂 huriha kudhinnah mi bai kamudhaane kamah heekuran mistake eh iniyya bunela dhinun edhen. vahaka nimen varah varah kairi vefa mivany….adhi 1 or 2 part dhn innaany…. 🙂
    vahaka kiyaalafa kamudhanya comment kollun edhen…. love yu ol 🙂 🙂 🙂

  2. click a shot ? says:
    October 1, 2017 at 12:46 pm

    I’m first..yayy??..varah hihavasvehje..dhen vaany kihinehbaa..mi part ves hama awesome..tc ushaalie..?varah dhuvas vehje comment nukuraatha..ekankam abadhuves kiyan..next part ga kihinehbaa vaany..waitting..when is next part dear usha.ly?❤️?

    1. click a shot ? says:
      October 2, 2017 at 1:46 pm

      Ushaa am i first dhw..comment lahun up vaathi neyngeny baeh kudhinah..☺️?❤️

    2. Ushaali says:
      October 2, 2017 at 1:53 pm

      Thankyou so much dear. Comment nukuriya vahaka kiyaaleemey bunyma varah happi vehjje… ??

    3. click a shot ? says:
      October 2, 2017 at 4:52 pm

      welcome my dear ushaa ?

  3. Raayaa says:
    October 1, 2017 at 12:54 pm

    Yeyyyy rayaa first… ??

    1. Ushaali says:
      October 1, 2017 at 1:33 pm

      Yes Raayaa. Emme furathama dhw….. Congra ?

  4. Lailaaa says:
    October 1, 2017 at 1:01 pm

    Kobaa… me first kiyaa group..
    Vaahaka v nice…next part konirakun….

    1. Ushaali says:
      October 1, 2017 at 1:34 pm

      Next part maybe tomorrow n thankyu ?

  5. Aish says:
    October 1, 2017 at 1:17 pm

    Vvvv reethi?

    1. Ushaali says:
      October 2, 2017 at 4:14 pm

      Thankyou Aisha ?

  6. mal-mal says:
    October 1, 2017 at 1:22 pm

    yesss!! I got third!!! bronze medal!! ???

    1. Ushaali says:
      October 1, 2017 at 1:35 pm

      Yes mal-mal….?

  7. Naakko says:
    October 1, 2017 at 1:27 pm

    mi story asluves v v v v salhi

    1. Ushaali says:
      October 1, 2017 at 1:37 pm

      Thankyu Naakko ????

  8. mal-mal says:
    October 1, 2017 at 1:44 pm

    mi part ves varah reethi, MashaAllah. ????
    next part Tuesday ga tha??

    1. Ushaali says:
      October 2, 2017 at 1:44 pm

      Thankyou mal-mal ???

  9. binnu says:
    October 1, 2017 at 1:44 pm

    Mihaaru 3 faharu kiyejje…vvvvv habeys

    1. Ushaali says:
      October 2, 2017 at 1:45 pm

      Thankyou binnu ?

  10. annoying reader says:
    October 1, 2017 at 2:00 pm

    awesome waiting for the next part.. finally the episode i’ve been waiting for,poor irfaan. maama ves b dheke birun ulhunu gotheh dhw. hee hee halaaku 😀 then viki and rayan gulhuvaafa happy ending eh annani dhw

    1. Ushaali says:
      October 2, 2017 at 1:47 pm

      Lets see dhw….? and thankyou?
      Jinni dheke biru gannaanethaa dhw maamu viyas??

  11. NAAZ says:
    October 1, 2017 at 2:11 pm

    Masha Allah….ushaali dhn heen ge maamamennah beehal dhahkaalinama…hahaha??

    1. Ushaali says:
      October 2, 2017 at 1:50 pm

      ?? maama inee varah birun…. And thankyou ?

  12. fathun says:
    October 1, 2017 at 2:43 pm

    masha allah v nice ushaa….have read all ur stories this story is ,most fav

    1. Ushaali says:
      October 2, 2017 at 1:51 pm

      Thankyou so much fathun ??

  13. Anonymous says:
    October 1, 2017 at 3:30 pm

    wow…varah reethi..

    1. Ushaali says:
      October 2, 2017 at 1:55 pm

      Thankyou Anonymous ??

  14. Sheii says:
    October 1, 2017 at 3:44 pm

    Wow. Ush the best♥️

    1. Ushaali says:
      October 2, 2017 at 1:57 pm

      Thankyou sheii ??

  15. zuvan A Z U says:
    October 1, 2017 at 4:25 pm

    mi dhuvaskolhu aharenge favourite… vaahaka hama habeys….. im speeeeeeeeeeeeeeeeeeèeèeeèeeeeeeechhhh lesssss

    1. Ushaali says:
      October 2, 2017 at 3:59 pm

      Thankyou so much zuvan A Z U ??

  16. Lai says:
    October 1, 2017 at 4:48 pm

    Vv reethi mi part ves masha allah and this is my favourite story in esfiya just love it ♥♥♥

    1. Ushaali says:
      October 2, 2017 at 4:07 pm

      Thankyou so much Lai ?
      Varah ufaa vehjje mi story ah lai ah thihaa kamudhaathee?

  17. Ibbe N says:
    October 1, 2017 at 9:09 pm

    Very nice story
    Insaa Allah

    1. Ushaali says:
      October 2, 2017 at 4:09 pm

      Thankyou Ibbe N?

  18. kaisaan says:
    October 2, 2017 at 9:54 am

    this part is awesome as always ushaali .keep it up, im already a big fan of you and your stories

    1. Ushaali says:
      October 2, 2017 at 4:11 pm

      Awww…. ??? so happi ? thanq so much kaisaan ??

  19. ushee says:
    October 2, 2017 at 2:11 pm

    waahaka 1-8 ah neih fenna goih hadha dhyfaanan??

    1. Ushaali says:
      October 2, 2017 at 4:13 pm

      Mathee kanuga inna baithakun biruveri category open kollyma fennaane huriha baeh ?

  20. remoo says:
    October 3, 2017 at 1:15 am

    mi story ge feshey part thah kiyaalan libeyne gotheh hadhaaala dheeba plxxxx 1st part in feshigen 5 parts neh fennaakah ehenve upload kolla dheeba plx plx

    1. Ushaali says:
      October 3, 2017 at 5:11 pm

      Mathy kanuga eyneenu biruveri jahaalaafa. Ethanah select kuryma fennaane huriha baithah… Alhe balaaba ??

    2. remoo says:
      October 4, 2017 at 6:55 am

      awwwn thankkooo ushaali :3 :3 i love this story v v v reeethi :3

  21. Xee says:
    October 3, 2017 at 10:55 am

    Kobatha story hama kihaahitun i can’t wait plx plx plx plx avahah up kobba

    1. Ushaali says:
      October 3, 2017 at 5:14 pm

      Liyany… Up kuraanan maadhama hendhunu. Insha allah ?

  22. Anonymous says:
    October 3, 2017 at 2:29 pm

    Kniraku vaahaka kiyaalevey varuvaanee hama kiyaahithun iyye vaanekamah varah ufalun hiryves plz avahah kiyaaleveygotheh hadhaadheebala

    1. Ushaali says:
      October 3, 2017 at 5:19 pm

      Vahaka liyamun midhany…. Heevaa gothun maadhama hendhunu up kurevey varu vaane. Insha allah ??

  23. Jinn - As Behal says:
    October 3, 2017 at 2:46 pm

    Irufan, Feroza adhi Asir ah Haggu adhabu dhinumaffahu KV & Rayan Gulhuvaaladheefa Faru ah e ufaaveri khabaru dheyhithun keimadhuvefa mihunnany. Mihaaru dhen othy liyuntheriyaage hivvareh.

  24. Nashko says:
    October 3, 2017 at 3:05 pm

    Knirakn up khlanii? Desperately waiting to read the story??

    1. Ushaali says:
      October 3, 2017 at 5:23 pm

      Alhey so sorry ?
      Varah avahah upkolla dheynan engeyNashko ??

  25. Maahy says:
    October 3, 2017 at 3:31 pm

    Kn Iraku Story Up Vaany Kiyaa Hithun Keh Nuvey…Thankolheh Avas Kohba Ushaali <3

    1. Ushaali says:
      October 3, 2017 at 5:25 pm

      Varah avas kuraanan engey Maahy ?

  26. ? says:
    October 3, 2017 at 4:58 pm

    Alhe kobaatha….??

    1. Ushaali says:
      October 3, 2017 at 5:28 pm

      Alhe liyany ey dear… Maadhama kiyaalevey varu kohdheynan. Insha allah ??

  27. Maahy says:
    October 3, 2017 at 5:37 pm

    Thivarah Nuthalhuvaa…Iru Iru Kolhaa Mi Beleny Story Up Veytho…Anehkaa Mi Jeheny Maadhamaayah Inthixaar Kuran 🙁

  28. Xee says:
    October 3, 2017 at 6:55 pm

    alheyy kobaaaaatha??
    Mirey up kobba kihaahitun can’t wait mihaaru neyge bely vareves den nuthahlu vaa bala plx plx waiting…… for nxt part

  29. hunter says:
    October 4, 2017 at 2:21 am

    helplessly waiting for for the next chapter

  30. Anonymous says:
    October 4, 2017 at 7:46 am

    Kniraku up kollevey varu vaanee hama kiyaahithun ushaali ?

  31. Maahy says:
    October 4, 2017 at 7:56 am

    Story Kiyaa Hithun Iru Naaranees Heylaa Miulheny Avahah Up Kohba

Comments are closed.

Next Episode02:30 ފަންސަތިރީސްވަނަ ބައި←


All Right Reserved!