Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 33 ވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 29, 2017 8 Mins Read
32 Comments

“ދޮންބޭ!!! ޕޮލިސް” މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ފުލުހުން އަންނާނީ ކޮންމެސް ބޮޑުކަމެއް ދިމާވުމުން ކަން މައިސަރާ އަށް އެނގޭއެވެ. ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލާލީރު ފުލުހުން ފިރޯޒާ އުޅޭ ބަޔަށް ވަންނަނީއެވެ. ހެޑްފޯނު އަޅައިގެން އިނުމުން މަހާ ބުނި އެއްޗެއް ސާފުނުވެ އިން ވިކްޔަން ކޮޅަށްތެދުވީ މައިސަރާ ދުވެފައި ބެލްކަންޔަށް ނިކުތް މަންޒަރު ފެނުމުންނެވެ.

************************************************

ހެޑްފޯން ކަންފަތާއި ދުރުކޮށްލަމުން ވިކްޔަން ވެސް މައިސަރާ އާއި ގާތުގައި ހުއްޓުމަށްފަހު ބޭރަށް ބަލާލީ ވެގެން އުޅޭ ގޮތެއް ނޭނގޭ ހާލުގައެވެ. ނަމަވެސް ވަދެގެން އައި އެތައް ފުލުހުންނެއް އަދި މަގުމަތީ ރަންމުތް ގޭދޮށަށް އެއްވެ ތިބި އާންމުންގެ މީހުން ފެނި ވިކްޔަންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އިތުރު ވިސްނުމަކަށް ނުގޮސް ވެގެން އެއުޅެނީ ކީއްކަން ވިކްޔަން އަށް އެނގުނެވެ. އެހާ ބައިވަރު ފުލުހުން އެއްތަނަކުން ފެނި ބިރުގަނެފައި ހުރި މަހާ މައިސަރާގެ އުނގަނޑުގައި ބައްދައިގަނެގެން ހުރުމުން މައިސަރާ އަށް ޖެހުނީ އެންމެފުރަތަމަ މަހާ ހަމައަކަށް އަޅުވާށެވެ.

“ދޮންބެގެ ދުވަސް ދިޔައީ” މަހާ ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތް މައިސަރާގެ ފައިގާ ތަޅެއް އެޅުވުނު ކަހަލަ އިޙުޞާސެއްވީ ވިކްޔަން ބުނެލި އެއްޗަކުންނެވެ. ނަމަވެސް އެއްޗެއް ނުބުނެ މައިސަރާ މަހާ ގޮވައިގެން އެތެރެއަށް ވަނެވެ.

*******************************************

ސަލާން ގޮވާލުމާއެކު ގޮނޑީގައި އިރުފާންގެ އުނަގަނޑުގައި ފިރުމަން އިން ފީރޯޒާ ކޮޅަށް ޖެހުނީ ދޮރުމަތީގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ފެނިފައެވެ. ލަސްލަހުން ފިރޯޒާ ސަލާން ބަލައިގަތުމާއެކު ކުލަ ހެދުމުގައި އެންމެ ކުރީގައި ތިބި ލޫކް އަދި ލޫކްގެ ވެރިޔާ ވަދެގެން ގޮސް ހުއްޓުނީ ފީރޯޒާ އާއި ދާދި ކުރިމަތީގައެވެ. އަދި ލޫކް އަތުގައި އޮތް ކޯޓްއަމުރު ނަގާ ފީރޯޒާ މޫނުމައްޗަށް ހުރަސްކޮށްލުމާއެކު އޭގެއަށް ފީރޯޒާ އަށް ބަލާލެވުނީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. ރަމްލާ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެގެން އައި ރަޔާހީން ފެނުމުން ލޫކް ރަޔާހީނަށް ހިނިތުންވުމެއް ދިނެވެ.

 

ތުރުއަޅާ ދެއަތުން ފީރޯޒާ ކޯޓްއަމުރު ނަގާ އެއަށް ބަލާލިއެވެ. ނަމަވެސް އޭނާގެ ލޯބޯކޮށިވެފައިވާ ދެލޮލަށް އޭގައި ލިޔެފައިވާ ކުދި އަކުރުތަކުން ކިޔުމަށް އުނދަގުވުމުން ދިއްކޮށްލީ ތިރީގައި އިން އިރުފާން އަތަށެވެ. އިރުފާން ތެދުވެ އަމުރަށް ބަލާލިއެވެ. މީގެ ތިންއަހަރު ކުރިން ހިނގާފައިވާ މާރާމާރީ އަކާއި ގުޅިގެން ރަންމުތްގެ ހުރިހާ ތަނެއް ބަލާފާސްކުރަން ބޭނުންވާ ވާހަކަ އޮތްތަން ފެނި އިރުފާނަށް ހީވީ ފުރާޅާއެކު އުޑު ބޮލަށް ވެއްޓުނު ހެންނެވެ. ރަޔާހީން ބުނިފަދައިން މިއޮތީ އޭނާގެ ވަގުތު ޖެހިފައެވެ. އިރުފާން ދެލޯ ވަށްކޮށްލަމުން ދުރުގައި ހުރި ރަޔާހީނަށް ބަލާލުމާއެކު ފީރޯޒާ ހީވީ ގަޔަށް އަރައިގަންނަ ކުކުޅެއް ހެންނެވެ. އެދިޔަ ބާރު މިނުގައި ރަޔާހީންގެ އިސްތަށިގަނޑުގައި ނުހިފެނީސް އެތަނުގައި ތިބި އަންހެން ދެ ފުލުސް އޮފިސަރުން ފީރޯޒާގެ ގައިގާ ހިފަހައްޓާފިއެވެ. އިރުފާން ދެފަރާތު ދެފިރިހެން އޮފިސަރުން ތިބިއިރު  ބާކީ ތިބީ ފުލުހުންތައް ލޫކްގެ އެހީގައި މުޅި ގެ ބަލާފާސް ކުރަމުން ދިޔައެވެ.

އެބަޔަށް ވަދެގެން އައި މައިސަރާ އާއި ވިކްޔަން ތިބީ ދެލޯ ބޮޑުވެ ވަމުންދާ ގޮތް ފެނި ޝޮކެއްގައެވެ. މައިސަރާގެ ހިތުގައި ބިރުވެރިކަން ވަށާލާފައިވާއިރު އޭނާގެ އެއް އަތްވަނީ ވިކްޔަންގެ އެއް އަތުގައި ހިފާލާފައެވެ. އެހުރިހާ އެންމެން ތިބި އިރުގައި ވެސް ވިކްޔަންގެ ނަޒަރު އަމާޒުވެފައި ވަނީ ރަމްލާގެ ގައިގާ ހިފަހައްޓައިގެން ރޮވިފައި ހުރި ރަޔާހީނަށެވެ. ވިކްޔަން އާއި ދިމާލަށް އެންމެ ފަހަރަކު ވެސް ރަޔާހީން ބަލާނުލައެވެ. ރަޔާހީނަށް ވިކްޔަން ބަލަން ހުރީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ރަޔާހީންގެ ނިތްކުރިމަތީގައި ތާޒާ ކަންމަތީގައި ހުރި ޒަޙަމް ފެނި ވިކްޔަންގެ މޭގައި އިންތިހާ އަށް ރިއްސާލިއެވެ.

ތަނުގައި ދެކެވެމުންދާ ވާހަކަ އެއް މައިސަރާ އަށް ނީވޭ ކަހަލައެވެ. މައިސަރާގެ ނަޒަރު ހުރީ ރަޔާހީން ކައިރީގައި ހުރި ރަމްލާ އަށް ހުއްޓިފައެވެ. އެފަދަ ވަގުތެއްގައި އެގޭތެރެއިން ރަމްލާ ފެނުމުން މަންޒަރު ރަނގަޅު ނޫން ކަން ރަމްލާ އަށް އެނގުނެވެ. ދެން އޭނާގެ ނަޒަރު ސީދާވީ އޭނާގެ އެއްބަނޑު އެއްބަފާ ދުނިޔޭގައި ހުރި ހަމައެކަނި ދައްތައަށެވެ. އިސްޖެހިފައި ހުރި އިރު އިރުއިރުކޮޅުން ދެއަތުން ލޯ ކައިރި ފޮހެލާތީ ފީރޯޒާ ރޮނީކަން މައިސަރާ އަށް އެނގުނެވެ. ވެގެން އުޅެނީ ކޮންކަމެއްކަން ނޭނގޭ އިރު އެތަނުން މީހެއް ކައިރީގައި އަހާލާކަށް ވެސް މައިސަރާ އަށް ނުކެރުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބެލުން ނޫންކަމެއް މައިސަރާ އަކަށް ނުކުރެވުނެވެ.

*******************************************

ކޮޓަރިތަކަށް ތަން ބަލާފާސް ކުރުމަށްޓަކައި ވަދެގެން ދިޔަ ފުލުހުން ބޭރަށް ނިކުތީ ތިރީސް މިނިޓަށް ވުރެ ވެސް ލަސްވި ފަހުންނެވެ. އެއިން ކޮންމެ ފުލުހެއްގެ އަތުގައި އެވިޑެންސް ބޭގެއް އޮތްއިރު އެކަކު އައީ ފުރޮޅުލީ ގޮނޑި އާއެކު އާސިރު ވެސް ގޮވައިގެންނެވެ. ގޮނޑީގައި އިން އާސިރު ފެނި ފީރޯޒާގެ ހިތް ހުއްޓުނު ކަހަލަ އިޙުޞާސެއް ކުރެވުނެވެ. ގޮނޑީގައި އެއް ފަރާތަކަށް ވެއްޓިފައި އިން އާސިރު ރޯތަން ފެނުމުން ކައިރީގައި ތިބި މީހުން ވެސް ތިބީ ހިތުގައި ރަހުމު އުފެދިފައެވެ. ހިތާމައަކީ އެމީހުން ކުށަށް އަރައިގަތްއިރު ކުރިއަށް ވެދާނެގޮތަކާއި މެދު ވިސްނާލާފައި ނެތް ކަމެވެ. ލޫކް ކުރި އިޝާރާތަކަށް ދެ އަންހެން ފުލުހުން ފީރޯޒާގެ އަތުގައި ބިޑި އެޅުވީ ވަގުތު މައިސަރާ ބަޑި ފަޅައިގެން ދިޔައެވެ. އޭނާގެ ލޯ ކުރިމަތީގައި އެފަދަ ހިތްދަތި ގޮތަކަށް ލޯބިވާ ދައްތަގެ ދަރަޖަ ދަށްވާފަދަ ކަމެއް ފުލުހުން ވިޔަސް ކުރުމަކީ އޭނާގެ ހިތަށް ކެތްވާނެ ކަމެއް ނޫނެވެ.

“ދައްތާ ކިހިނެއްވެގެން މިއުޅެނީ… އަހަރެންނަށް ވީގޮތެއް ކިޔާބަލަ. މިހިރަ ރަމްލާ ކޮންމެސް ކަމެއް ކުރީ ދޯ” މައިސަރާ މޮޔައެއްހެން ފީރޯޒާ ކައިރީގައި އަހަމުން ދިޔައެވެ.

“ބައްލަވާ. މިވަގުތު މިތަނުން ދުރުވޭ. އަޅުގަނޑުމެންގެ މަސައްކަތަށް އެއްބާރުލުންދީ. އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް ނާޅުއްވާ” ފިރޯޒާގެ އެއްފަރާތުގައި ހުރި އަންހެން ފުލުސް އޮފިސަރ އެހެން ބުނުމުން ވެސް މައިސަރާ ރޮމުން ގިސްލަމުން އެއްވެސް ކަމެއް ނެނގޭ ހާލު ރޮމުން ދިޔައެވެ. ނަމަވެސް ވިކްޔަން މައިސަރާ ކޮނޑުގެ ދެފަރާތުގައި ހިފައިގެން ދުރަށް ޖެހިލީ ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އިރުފާނާއި ފީރޯޒާ ގޮވައިގެން ގެއިން ދޮރާއި ދިމަލާށް ފުލުހުން އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ފީރޯޒާ އާއި އިރުފާންގެ ދެލޮލުން ފައިވަބުންދާ ކަރުނަތައް އިތުރުވަމުން ދިޔައެވެ. ރަޔާހީނާއި ރަމްލާ އަށް ލިބިގެން ދިޔަ އުދާވެރިކަން ދެގުނަ އިތުރުވެގެން ދިޔަ ވަގުތު އެކަކު އަނެކަކު ގައިގާ ބައްދައިގަތް މަންޒަރު މައިސަރާ އަށް ފެނުނެވެ. އެވަގުތު މައިސަރާގެ ހިތުގައި ރަޔާހީނާއި މެދު އުފެދިފައިވާ ފޫހިކަން ދެގުނަ އިތުރުވެގެން ދިޔައެވެ.

“އަޅުގަނޑަށް ކުޑަކުޑަ ވަގުތުކޮޅެއް ދެއްވާ” އިރުފާންގެ އެދުމަށް ދެފުލުހުން ބޯޖަހާލީ ދުރުގައި ހުރި ލޫކް އިޝާރާތްކޮށްލުމުންނެވެ. އިރުފާން ރަޔާހީނާއި ދިމާލަށް ދާން ފެށުމުން މިހުރިހާ ވަގުތު ދުރުގައި މަންޒަރު ބަލަން ހުރި ބީހާލް ރަޔާހީން ކައިރިން ފާޅުވިއެވެ. ރަޔާހީންގެ ތުންފަތްމަތީގައިވި ފަތަހައިގެ ހިނިތުންވުން ފެނި އިރުފާންގެ ހިތުގައި އިންތިހާ އަށް ރިއްސާލިއެވެ. ހިތުގައި އުފެދިފައިވި ލޯބި އެއްފަރާތް ކުރުމަށްފަހު ރަޔާހީނަށް ބަލާލިއިރު އޭނާގެ ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. ވަގުތު ލިބުނުނަމަ އޭނާ ރަޔާހީންގެ ދުވަސް ވެސް ދުއްވާލީހެވެ.

“ބުނީމެއްނު ލޯބިވާ އެހެންމީހަކު އެބަހުއްޓޭ. އެކަމަކު ހަނދާންކުރާތި އަހަރެން ކޮންމެސް އެއްދުވަހަކުން ސަލާމަތްވެގެން އަންނާނަން. އަހަރެންގެ މުޅި އާއިލާ ތިވައްޓާލި އަނދަވަޅަށް ކަލޭ އަދި ކަލޭގެ ތިލޯބިވެރިޔާ ވައްޓާލާނަން. މީގެ ފަހުން ތީ އަހަރެންގެ އަންބެއް ނޫން”  ޖަވާބުގައި ރަޔާހީން ދިން ހިނިތުންވުން ފެނި އިރުފާންގެ ދެއަތްތިލަ މުށްކެވިގެން ދިޔައެވެ. ރަންމުތްގޭ ގެޓުން ބޭރަށް ނިކުތުމާއެކު އެގޭ ކައިރީގައި ވަށާލާފައި ތިބި ނޫސްވެރިންނާއި އާންމުންފެނި ފީރޯޒާ ލަދުން އިސްޖަހާލިއެވެ. ބައެއް މީހުނ ްތުންތުންމަތިން އެވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ދިޔައިރު އެއިން ކޮންމެ މީހަކަށް ރައްދު ދޭހިތުން ފީރޯޒާގެ އަނގައިގެ ތެރޭގައިވާ ދޫ ހިރުވާވަރުން ވެސް ހީވަނީ އެހެންކަމެއް ހެންނެވެ. ލޯބިވާ ދައްތަގެ އާއިލާ އަށް ޖެހިފައިވާ މުޞީބާތް ފެނި ހިތް ރޮމުންދިޔަ މައިސަރާ އަނބުރައިގަނެގެން ވިކްޔަންގެ އަތްމައްޗަށް ދެމުމުން ވިކްޔަން އަށް މަޖުބޫރުވީ މައިސަރާ ގޮވައިގެން އެބަޔަށް ދިޔުމަށެވެ. ފަހަތުން ނިކުތް ރަޔާހީން ކައިރިއަށް ލޫކް ޖެހިލީ ފީރޯޒާ އާއި އިރުފާން އަދި އާސިރު ފުލުހުންގެ ޖިޕަށް އެރުވި ފަހުންނެވެ.
އަދި ތިގޭގައި ފުލުހުން ހަރަކާތްތެރިވާނެ. އޭގެފަހުން ދެން ކަންތައް ވާނެގޮތް އަހަރެން ހީން އަށް ކިޔާދޭނަން.” ހީލަމުން އަވި އައިނު ނަގާ ލޫކް ގެ ލޯލަށް ހެޔޮވަރުކޮށްލަމުން ވެހިކަލަށް އެރުމުން ރަޔާހީން އެނބުރި ގެއަށް ވަނުމަށް ހިންގައިގަތެވެ. މައުލޫމާތެއް ހޯދުމަށްޓަކައި ފުލުހުންގެ ފަހަތުން މިހުރިހާ އިރު ދުވެދުވެ އުޅުނު ނޫސްވެރިންތައް ރަޔާހީން ފަހަތުގައި އަޅުވާލުމުން ރަޔާހީނަށް ޖެހުނީ އެމީހުންގެ ކޮންމެ ސުވާލަކަށް ‘ނޭނގެ’ މި ލަފްޒުން ޖަވާބުދާރި ވާށެވެ. އެއީ އޭނާގެ ކައިރީގައި ލޫކް ބުނެފައިވާ ގޮތެވެ.

 

*************************************************

ރަޔާހީނަށް ސަޕްރައިޒެއް ދިނުމަށްޓަކައި އަދި ނަޔާޝީނަށް ކިޔެވި މަދަރުސާއިން ދޭ އިނާމްތަކާއި ހަވާލުވުމަށް ވަގުތީ ގޮތުން މާލެ އައިސް އުޅޭ އާބިދާގެ އާއިލާ ގެއަށް އައިސް ވަނުމާއެކު އެމީހުންނަށް ގެއިން މަރުހަބާ ކިއީ ލާމިއުއެވެ. ވަރުބަލިކަމާއެކު ކޮންމެ މީހަކު ސޯފާއަށް ވެއްޓިގަންނަމުން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލީ މޫނުމައްޗަށް ހަމަޖެހުން ގެންނަމުންނެވެ.

“މާމާ! އަޅެ ދެން ގުޅަންތަ ތިއްތަ އަށް . ކިހާ އިރެއް މިވީ” ފުރިޖުން ފިނި ފެންފުޅިއެއް ހިފައިގެން ސޯފާއަށް އަރާ އިން ނަޔާޝީން ބުނެލިއެވެ.

“މަޑުކޮށްބަލަ ދަރިފުޅުމެން. ތިއްތަ ގެންނަން މޮޅު ގޮތެއް ރާވަމާ. ނަދާ އަށް ގުޅާބަލަ ރައިނީ” ލޮލުގައި އިން ނަންބަރު އައިނު ރަނގަޅު ކޮށްލަމުން އާބިދާ ރައިނީ ކައިރީގައި ނަދާ އަށް ގުޅުމަށް ބުންޏެވެ. ސިޑިން ފައިބައިގެން ބާރު ހިނގުމުގައި އައި ލާމިއު އަވަސް އަވަހަށް ޓީވީ އޮންކޮށްލުމަށްފަހު ޓީވީއެމް އަށް ޗެނަލް ބަދަލުކޮށްލިއެވެ. ލާމިއު އުޅުނު ގޮތުން ހުރިހާ މީހުންނަށް ހައިރާންކަން ލިބި ހަށިގަނޑުތައް ސީދާކޮށްލީ ވެގެން އުޅެނީ ކީއްތޯ ބަލާލުމަށެވެ.

“މާރާމާރީއެއްގެ މައްސަލައެއްގައި ހ.ރަންމުތް ކިޔާ ގެއެއް ގިނަ އަދަދެއްގެ ފުލުހުން ވެގެން ބަލައި ފާސްކުރުމަށްފަހު އެގެއިން ތިން މީހަކު ހައްޔަރުކޮށްގެން ގެންގޮށްސި” ތިރިއަށް އަރަމުން ދިޔަ ބްރޭކިންގް ނިއުސް ހުރިހާ މީހުންނަށް އިވޭ ވަރަށް ބާރަށް ނަޔާޝީން ކިޔާލިއެވެ. އެއަށްފަހު އެވަގުތު ނޫސްވެރިން ކޮށްފައިވާ ބައެއް ވީޑިއޯ ކްލިޕްތައް ވެސް ދައްކަމުން ދިޔައެވެ. ހުރިހާ އެންމެންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނީ އަތުގައި ބިޑި އަޅުވައިގެން ނެރުނު ފީރޯޒާ އާއި އިރުފާން ފެނިފައެވެ.

މުސްކުޅި ވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ އާބިދާ އަށް ހީކުރެވުނީ އެމީހުން މަރާލީ ލޯބިވާ ދަރިފުޅު ރަޔާހީން ކަމަށެވެ. މެއަށް އެރި ތަދަކާއި އެކު އާބިދާ ސޯފާ މައްޗަށް ދެމުނެވެ. ރައިނީ އަށް ރޮއިގަތްއަޑަށް ލާމިއު ޓީވީން ނަޒަރު ވަކިކޮށްލާ ބަލާލީ ގޮތަށް އާބިދާގެ އެލިފައިވާ ދެފައި ސޯފާ އަށް އަރުވާލިއެވެ. ނަޔާޝީން ގެންގުޅުނު ފިނި ފެންފުޅިން އާބިދާގެ މޫނަށާއި ބޮލު މެދުގައި ފެންހާކާލުމާއެކު ލަސްލަހުން އާބިދާ ދެލޯ ހުޅުވާލިއެވެ. އޭނާގެ ހުރިހާ ހިއްސެއް މަސައްކަތް ކުރަން ފެށުމާއެކު ރައިނީގެ އެހީއާއެކު ގޮނޑީގައި ރީއްޗަށް ހަމަޖެހިލިއެވެ. “މަންމަ މިހާރު ރަނގަޅުތަ؟” ރައިނީ އާބިދާގެ ބޮލުގައި އިން ބުރުގާ ނަގާ ދުރުގައި ބާއްވަމުން އަހާލިއެވެ. ނަމަވެސް އާބިދާ އަކަށް ރައިނީގެ އަޑު ނީވޭ ކަހަލައެވެ.  އާބިދާ ރަޔާހީންގެ ނަމުން ގޮވާލުމަށްފަހު އަޑުން އަޑު ނަގާ ރޯން ފެށި ގޮތުން ނަޔާޝީނަށާއި ނައުޝީނަށް ވެސް ރޮއެގަނެވުނެވެ. އެދެކުދިންގެ ހިތުގައި ވެސް ވަނީ ބިރުވެރިކަން ވަށާލާފައެވެ.

“އަހަރެންގެ ފަރުހީން ވެސް އެމީހުން މަރާލީ. ރަޔާހީން ވެސް އެމަރާލީ….. ޔާ ﷲ އެކުދިންގެ ފުރާނަ ގެންދެވުމުގެ ކުރިން މިއަޅާގެ ފުރާނަ ގެންދެވިނަމަ……” ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އާބިދާ އަށް އޭނާ އަށް މިކިޔެނީ ކީކޭ ކަމެއް ވެސް ނޭނގޭއެވެ.

“މަންމާ… ކީކޭ ތިކިޔަނީ… ތިކަހަލަ ކުފުރުގެ ބަސްތައް ބޭނުންނުކުރޭ…. މިކަމުގެ ވާނުވާ ބަލަން ވެއްޖެއްނު ލާމީ…. ހީންގެ ނަންބަރަކަށް ނުވެސް ގުޅޭ” އާބިދާ އަށް ވިސްނާދެމުން ދިޔަ ރައިނީ ފެންކަޅިވެފައިވި ދެލޮލުން ފޯނުގެ ފިއްތަކަށް އޮބަމުން ދެފަރާތަށް ބާރު ސްޕީޑުގައި ހިނގަމުން ދިޔަ ލާމިއު އަށް ބަލާލަމުން ބުނެލިއެވެ.

“އަހަންނަށް އޭރުވެސް އެނގުނު އެ ފީރޯޒާ އަކީ ރަނގަޅު މީހެއް ނޫން ކަން. އެކަމަކު ކީއްކުރާނީ އަހަރެންގެ މޮޔަކަމުން އެކުއްޖާފުޅު އެމީހުންނަށް ދެވުނީ… މާމަ އަށް މާފްކުރޭ ދަރިފުޅާ؟ ދެލޯ މަރައިގެން ރޮމުން ވާހަކަދައްކަމުން ދިޔަ އާބިދާ ކުއްލިއަކަށް ދެލޯ ހުޅުވާލީ އެންމެ ކުޑަ ނައުޝީން ‘ތިއްތާ’ އޭ ކިޔާ ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ.

ނަދާގެ އެހީތެރިކަމާއެކު ވަދެގެން އައި ރަޔާހީނަށް އެގޭތެރެއިން އޭނާގެ އާއިލާ ފެނުމާއެކު ކަރުނަތަކެއް ހިފަހައްޓައެއް ނުލެވުނެވެ. އެގެއަށް އޭނާ މިވަގުތު އައީ ކޮންމެހެން މިފަދަ ސަޕްރައިޒެއް ލިބިދާނެ ކަމަކަށް ނޫނެވެ. މާލޭގައި އެގެ ނޫނީ އޭނާ ވަކި ދާނެ ގެއެއް ނެތީމައެވެ. އެއީ އޭނާގެ އަމިއްލަ ގެއަށް ވާތީއެވެ. ނަދާގެ އަތުން ވީއްލިގަނެގެން އެދިޔަ ބާރުމިނުގައި ބައްދާގަތީ ކޮޅަށް ހުރެ ރޮމުން ގިސްލަމުން ދިޔަ އާބިދާގެ ހަށިގަނޑުގައެވެ. ރަޔާހީންގެ އިސްތަށިގަނޑާއި މޫނާއި ދެއަތުގައި އާބިިދާ ބޮސްދެމުން ދިޔައިރު އެވަގުތު އެތަނުގައި ތިބި ކޮންމެ މީހެއްގެ ދެލޯ ވަނީ ކަރުނައިން ފުރި ބާރުވެފައެވެ. ހިތަށާއި ސިކުނޑިއަށް ކޮށްފައިވި އަސަރެއްގެ ބޮޑުކަމުން އެވަގުތު ރަޔާހީންގެ ނިތްކުރިމަތީގައިވާ ޒަޙަމް އެތަނުގައި ތިބި އެއްވެސް މީހަކަށް ނުފެންނަ ކަހަލައެވެ.

މިހުރިހާ ދުވަހު ލޯބިވާ ދައްތައަށްޓަކައި ކުރި ހަނގުރާމަ ކާމިޔާބުވިއިރު އޭނާގެ ނަފްސުވަނީ ހިތާމައިން ބަކލިކަށިވެފައެވެ. އާބިދާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރެ އޭނާ ސޮހިގެން ގޮސް ތިރިވެވުނީ އާބިދާގެ ފައި ބުޑަށެވެ. އޭނާގެ ހިތަށް ކޮށްފައިވި އަސަރުތައް ކަރުނައިގެ ސިފައިގާ ބޭރުވާން ފެށީ ކުށްވެރިންނަށް އަދަބު ލިބުނު ފަހުންނެވެ.

“މާމާ!!! އެއީ ވަރަށް ނުބައި ބައެއް. އެމީހުން ދޮންތަ އާއި ރަހާ އަދި އިރާ ނުވިތާކަށް ދެން ދޮންތަ އަށް ލިބެން އުޅުނު ބޭބީ ވެސް މަރާލީ. އެއީ ވަރަށް ރަހުމްކުޑަ ބައެއް. މާމާ!! އަޅުގަނޑު ވަރުބަލިވެއްޖެ. އެ އަދަބު އެމީހުންނަށް އެލިބުނީ އަޅުގަނޑު ހާދަ މަސައްކަތެއް ކޮށްގެންނޭ މާމާ……” އާބިދާގެ ފައިބުޑުގައި އިން ރަޔާހީން ނެގުމަށް އާބިދާ ތިރިވިއެވެ. އަދި ރަޔާހީންގެ ހަށިގަނޑުގެ ދެފަރާތުގައި ރައިނީ އާއި އާބިދާ ހިފަހައްޓައިގެން ގޮސް ބޭންދީ ސޯފާގައެވެ.

“އަން ތިއްތާ… ފެންފޮދެއް ބޯލަބާ” ބިއްލޫރި ތައްޓެއްގައި ފިނިފެން ދެމުން ނަޔާޝީން ބުނެލިއެވެ. ރަޔާހީނަށް ބޯލެވުނީ ކުޑަ މިންވަރެކެވެ.

“ދަރިފުޅާ!!! މީ ކޮންކަންތައްގަނޑެއް. ނުރޮއި ރަނގަޅަށް ކިޔާދީބަލަ” ރަޔާހީންގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން ލާމިއު ބުނެލިއެވެ. ރައިނީގެ ދެއަތުން ރަޔާހީންގެ ކަރުނަތައް ފޮހެދިނުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ.

“އަޅުގަނޑު އެއް އިރެއްގައި ވެސް އިރުފާން ދެކެ ލޯތްބެއްނުވޭ. އަޅުގަނޑު އިރުފާނާއި އިނީ ދޮންތަ އާއި ދެކުދިން މަރާލީ އިރުފާން ކަން އެނގުމުން. އަޅުގަނޑު ބޭނުންވީ އެހަޤީޤަތް ހޯދަން. އެމީހުންނަށް އަބަދު ލިބެން. ދޮންތަ އާއި ދެކުދިންނަށް އިންސާފު ހޯދާދޭން. ހިތާމައިގާ މަރުނުވެ ކިރިޔާ ސަލާމަތްވި އަޅުގަނޑުގެ މި އާޢިލާ އަށް އިންސާފު ލިބެން. އެގެއަށް ދިޔަ ފަހުން އަޅުގަނޑަށް އެނގުނީ އޭނާގެ މަންމަ އާއި ބައްޕަ ވެސް އެކަމުގައި ޝާމިލްވާކަން. ހަމައެކަނި ނޭނގެނީ އިރުފާންގެ ދަރިފުޅު މާކިލް އަށް. މާމަމެންނަށް އެނގޭތަ؟؟ އެމީހުން އެގޭ ކޮޓަރިއެއްގައި ރަމްލާއްތަ ބަންދުކޮށްފައި ބެހެއްޓީ. އެމީހުން ރަމްލާއްތަ އާއި މެދު ކަންތައްކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް. ދޮންތަ އަށް އެގެއިން ހިމާޔަތްދިނީ ހަމައެކަނި ރަމްލާއްތަ. ރަމްލާއްތަ އެގޭގައި މަސައްކަތްކުރަން އުޅުނުކަން އެއީ ކުޑަދުވަސްކޮޅަކަށް ނަމަވެސް ދޮންތަގެ ލެއްވި ނަސީބެއް. އިރުފާން ދޮންތަ އާއި ދެކުދިން އެ އިމާރާތުން ތިރިއަށް އެއްވެސް ރަޙްމެއްނެތި އެއްލާލި މަންޒަރު ފެނުނީ ރަމްލާއްތަ އަށް. ރަމްލާއްތަ ވީޑިއޯ ވެސް ކުރި. އެކަމު ރަމްލާއްތަގެ ފަރާތުން އިތުރު މީހަކަށް އެކަން އެނގިދާނެތީ އެމީހުން ރަމްލާއްތަ ރަހީނުކުރީ. މާމާ!!! މާމަގެ މިދަރިފުޅު ވަރަށް ހަނގުރާމަ ކޮށްފިން. އެ ފިރޯޒާ އަޅުގަނޑު ބޮލުގައި ވާސް އިން ޖަހާ ފަޅާލީ. ބަލާބާ….” ނޭފަތް ދަމަމުން ރޮމުން އާބިދާގެ މޭގައި މޫނު ފޮރުވާލައިގެން އިން ރަޔާހީން އޭނާގެ ނިތްކުރި މަތީގައި ހުރި ޒަޙަމް އާބިދާ އަށް ދައްކާލަމުން ބުނެލިއެވެ. އާބިދާގެ ހިތް ހީވީ ފަޅިފަޅިވި ހެންނެވެ. ދުވަހަކު ވެސް އެއިން ކުއްޖަކަށް ތަދުވާނެ ގޮތަކަށް އިނގިލި ޖައްސާލާފައި ނުވާއިރު މިއަދު އޭނާގެ ބޮޑަށް ތިބި ދެ މާމަ ދަރިންނަށް ބަޔަކު އެޖެއްސީ ކޮންފަދަ ނިކަމެތި ހާލެއް ހެއްޔެވެ؟ އާބިދާ ތުންފިއްތާލިއެވެ.

“އެހެރީ ދޯ ރަމްލާއަކީ. އެއީ ރަހްމާގެ އެކުވެރި ރަމްލާ ދޯ” ރައިނީ އަށް ނަދާގެ ކައިރީގައި ކޮޅަށް ހުރި ރަމްލާ ފެނުމުން އަހާލިއެވެ. ރައިނީ ރަމްލާގެ އަތުގައި ހިފައިގެން އައިސް ހުހަށް ހުރި ގޮނޑީގައި ބޭންދިއެވެ. ނަޔާޝީން ރަމްލާ އަށް ފެންތައްޓެއް ދިނުމުން އެއް ނޭވައިން ރަމްލާ ފެންތަށި ދަމާލިއެވެ. އެއަށްފަހު އޭނާގެ ވާހަކައިން ކުރިއަށްދާން ފެށިއެވެ. އެގޭގައި ފަރުހީން އުޅުނު ހާލެވެ. އިރުފާން ކުޑަ ދެކުދިންނަށް ކުރި އަނިޔާއެވެ. އާބިދާމެންނަށް އެކަން ނޭންގުމަށް ފަރުހީން ރަމްލާ ލައްވާ ބޮޑު ހުވައެއް ކުރުވި ގޮތެވެ. އިރުފާން ބަދަލުވިކަމަށް ބުނެ ރަމްލާ ކައިރީގައި ވާހަކަދެއްކިއިރު އެމޫނުމަތިން ފެނުނު ހިތްހަމަޖެހުމެވެ. ކުޑަދެކުދިންނާއި އެކު ފަރުހީން މިދުނިޔެއިން ނެތިކޮށްލި އަނިޔާވެރި ގޮތެވެ. ރަމްލާ އަށް އެކަން އެނގޭ ކަން އެނގުމުން ފީރޯޒާގެ ދެމަފިރިންނާއި އިރުފާން ރަމްލާ އާއި މެދު ކަންތައް ކުރި ގޮތެވެ. އެކުޑަ ކޮޓަރި ގަނޑުތެރޭގައި އޭނާ އަށް ޖެއްސި ހާލެވެ. ރަޔާހީން އޭނާ އާއި ބައްދަލުވި ގޮތާއި އެތަނުން ނެރެދިން ގޮތެވެ. ރަމްލާގެ ވާހަތަކަކުން މުޅި ގެ ރޮށްވާލި ފަދައެވެ. އަބަދުވެސް އެންމެ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ދަޢުވާ ކުރާ ފިރިހެނުން ކަމުގައި އަޑު ފެތުރިފައި ވިޔަސް އެތަނުގައި އެވަގުތު ފިރިހެނަކަށް ހުރި ލާމިއު ވެސް ކަރުނަތައް އަވަސް އަވަހަށް ފޮހެލިއެވެ.

ހިނދުކޮޅަކަށް ތަނުގައި ހިފާލާފައި ހުރީ ހަމަހިމޭން ކަމެވެ. އެއް އަޑަކަށް އިވެނީ އެންމެން ނޭފަތްދަމާ އަޑާއި ރަޔާހީނާއި އެކު ދެން ތިބި ނަޔާޝީނާއި ނައުޝީންގެ ރުއިމުގެ އަޑެވެ. އަޑު ނީވުމެއްކަމަކު ރައިނީ އާއި ލާމިއުގެ ހިތް ވެސް ރޮމުން ދިޔައެވެ.

“މާތް ރަސްކަލާނގެ އާއި ވަކީލް. އަހަރެމެންގެ ފަރުހީން އެކުދިންނާއިއެކު ދެން އެނބުރިއެއް ނާންނާނެ. މިވަގުތު އެކުދިން ތިބީ އެކުދިންނަށް މާ ރައްކާތެރި ތަނެއްގައި. އަހަރެންގެ މިދަރިފުޅު އެމީހުންގެ އަތްދަށުން ސަލާމަތްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަން” ރަޔާހީންގެ ބުރަކަށީގައި ފިރުމަމުން ދިޔަ އާބިދާ މޫނުގައި ޙަމްދުއަޅާލަމުން ބުނެލިއެވެ.

“ދަރިފުޅާ އަވަހަށް ތައްޔާރުވޭ ފުރަން. މާމަގެ ލޯމަތިން ދަރިފުޅު އެންމެ ހިނދުކޮޅަކަށް ވެސް ގެއްލޭކަށް މިހާރު މާމަ ނޭދެން. އެ ޖަނަވާރުގެ ކިބައިން އަވަހަށް މިނިވަންވޭ” ދެލޮލުން އައި ކަރުނަތައް ފޮހެލަމުން އާބިދާ ބުނެލިއެވެ.

“މާމާ! އަޅުގަނޑަކީ މިހާރު އިރުފާނުގެ އަންބެއްނޫން. އޭނާ އަދި ބަދަލުހިފާނެ ކަމަށް ބުނެ އަޅުގަނޑު ވަރިކޮށްފި” ރަޔާހީން އާބިދާ އަށް ބަލާލަމުން ބުނެލިއެވެ.

“އަލްހަމްދުލިއްލާހް” އާބިދާ ބުނެލިއެވެ.

“މާމަ ފަޚްރުވެރިވަން ދަރިފުޅާ މެދު. މިޒަމާނު އަންހެންކުއްޖަކު ދަރިފުޅު ތިކުރި ފަދަ ހިތްވަރެއް ކޮށްފާނެހެނެއް ހިއެއް ނުވޭ… ކައިވެނީގެ ކުރިން މާމަމެންނަށް ވެސް ތިކަން އަންގާލިނަމަ ކޮންމެސް އެހީތެރިކަމެއް ވެދިނީމުސް” އާބިދާ ލޮލުގައިވާ ނަންބަރ އައިނު ކުޑަކޮށް އުފުއްލާލަމުން އުނގުމަތީގައި އޮތް ވަށްބޮޑު ބުރުގަލުން ރޫ ޖެހިފައިވާ ދެލޯ ކައިރީގައި ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

“މިކަމުގެ ތެރެއަށް އަޅުގަނޑުގެ އާޢިލާ ވައްދަން ބޭނުންނުވީ….، އެކަމަކު މާމާ އަޅުގަނޑު ފުރާކަށް އަދި ބޭނުމެއް ނޫން. މާމަމެން ފުރާ. އަޅުގަނޑު އަދި ދިހަވަރަކަށް ދުވަހު މިކޮޅުގައި ހުންނަން ބޭނުން” ރަޔާހީނަށް ފާޅުގައި ވިކްޔަންގެ ނަން ހާމަކުރާކަށް ނުކެރުނެވެ.

ރަޔާހީނުގެ ނިންމުމާއި އެއްގޮތަކަށް ވެސް އާބިދާ އެއްބަހެއް ނުވިއެވެ. އެންމެފަހަށް އާބިިދާ އެއްބަސްވީ ރަޔާހީން ބުނި މުއްދަތަށް އެމީހުންގެ ފުރުން ލަސްކުރާށެވެ.

***************************************************

ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހ.ރަންމުތްގޭގައި ފުލުހުން ހަރަކާތްތެރިވި ކަމަށާއި އެގެއިން ތިން މީހަކު ހައްޔަރުކޮށްގެން ނެރުނު ކަމަށް ބުނެ އެކި ގޮތްގޮތަށް ޚަބަރުތައް ފަތުރަމުން ދޭއެވެ. އަޑުޖައްސާލާފައި ހުރި ޓީވީ އަށް ނަޒަރު ހުއްޓާލައިގެން އިން މައިސަރާގެ ދެލޮލުގައިވީ ކަރުނައެވެ. އޭނާގެ ސިކުނޑި އަދިވެސް ވަނީ އޮޅުންބޮޅުން ގަނޑެއްގައެވެ. ފީރޯޒާ އުޅޭ ބައި ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ހަމަޖެހުނު ކަމަށް މައިސަރާ ކައިރީގައި ބުނުމަށް އައި ވިކްޔަން އަށް ފެނުނީ ރޮވިފައި ސޯފާގައި އިން އޭނާގެ މަންމަ އެވެ. މައިސަރާ އިން ގޮތުން ވިކްޔަންގެ ހިތުގައި ވެސް ރިއްސާލިއެވެ.  ދެލޯ ނޭދި އެދޭ ހިތުގެވެރިޔާ ރާޔަން ކައިރިއަށް ދިޔުމަށް ކެނޑިނޭޅި އެހިތް ގޮވަމުން ދާއިރު ލޯބިވާ މަންމަ އެހާލުގައި އިންދާ ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އަޅާކަށް ވެސް ވިކްޔަން އަކަށް ނުކެރުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ވޭނީ ކަރުނަ -5

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (16)

Next
September 29, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (16)

Previews
September 29, 2017

ވޭނީ ކަރުނަ -5

32 Comments!

  1. Xee says:
    September 29, 2017 at 10:41 am

    Yey mee first hurrey

    1. Ushaali says:
      September 29, 2017 at 10:53 am

      yes xee mifharu first dhw 🙂

    2. Xee says:
      September 29, 2017 at 10:54 am

      Story hama habehys plx avahah up kobala plx and heen nd Vicky gulhuvaba

  2. Coco says:
    September 29, 2017 at 10:43 am

    Can’t wait for the next part awsome story

    1. Ushaali says:
      September 29, 2017 at 10:53 am

      Assalam alikum and alhamdhulillah 🙂 buni dhuvahah mi bai ves up kurevijje. mi bai ves thi huriha kudhinnah kamudhaane kamah heekuran.

      dhn in bai sunday ga genesdheveytho ushaali varah masakkai kuraanan. insha allah:-)

      huriha kudhinnah ves varah baajaveri hukuru dhuvahakah edhen 🙂 🙂 enjoy….. 🙂

    2. Ushaali says:
      September 29, 2017 at 10:54 am

      thankyou Coco 🙂 keep waiting 🙂

  3. Sheru says:
    September 29, 2017 at 10:46 am

    Yea up kureee . inthixaaruga mi innany thanks . ??

  4. Sheru says:
    September 29, 2017 at 11:12 am

    Vaahaka v v reethi . next part ge inthizaaruga … Keep it up ushaali. ?

  5. NAAZ says:
    September 29, 2017 at 11:18 am

    Vvreethi…vaahaka nimen adhi kithah part ebain.ushali ge vaakahathah v reethi v kiyaahithun kiyanee????

    1. Ushaali says:
      September 29, 2017 at 11:34 am

      thankyou NAAZ 🙂 … mihaaru mi nimeny. faharegga dhn in partun nimives dhaane 🙂

  6. Manna says:
    September 29, 2017 at 11:41 am

    Yaaaay. I’m 4th
    Ven is next
    ????????????

  7. Manna says:
    September 29, 2017 at 11:56 am

    Ehaa avahah nunummahchey.kuriah oii thanuga vrh ufaaveri vaane kamah hee kuran n. I mean vrh reethi emotional ?????????????

  8. ... says:
    September 29, 2017 at 12:23 pm

    omg its superb.. comment nukuriyas hurihaa part evvez gavaaidhun kiyan.. bunelan beynun vany ehaa avahah nimmaa nulahchey.. kuryge vaahaka hen heen and vikyan ge life vex kudakoh gensdhehchey..

    1. Ushaali says:
      September 29, 2017 at 10:16 pm

      Thankyou dear ??? visnaanan

  9. khajja says:
    September 29, 2017 at 12:38 pm

    Ohhh wow masha allah v v v rythi v v furihama when nxt prt avahah up kolla dhybala can’t wait plx have a nice day ????❤❤??????

    1. Ushaali says:
      September 29, 2017 at 10:18 pm

      Thankyou khajja ?

  10. Aimsithu says:
    September 29, 2017 at 12:57 pm

    Dhen othy last episode dho ushaalii

    1. Ushaali says:
      September 29, 2017 at 10:21 pm

      Nenge. Faharegga last episode ?

  11. Raayaa says:
    September 29, 2017 at 1:51 pm

    Ushalyyyyyy wowwwwww.. Story is just awesome….????? best story ever. Loved this story ?????

    1. Ushaali says:
      September 29, 2017 at 10:23 pm

      Thankyou so mich Raayaa ??

  12. mal-mal says:
    September 29, 2017 at 2:23 pm

    wowwww, beautiful chapter, MashaAllah!! ????
    kureege part thakak comment nukurevuny busy vyma ekamu hama hurihaa parteh ves varah gayaa vegen kiyan. ???waiting for the next part.

    1. Ushaali says:
      September 29, 2017 at 10:28 pm

      Thankyou mal-mal. Iys ok… Engey comment nukuriyas varah gina kudhin ushaaly ge vahaka kiuaa kan ?

  13. thuhthi says:
    September 29, 2017 at 2:47 pm

    dhn oiy part in story ehkoh nimma dhyba….. varah dhigukoh kiyan beynumy fahu part….. pleeeex….
    story habeyyys.. <3

    1. Ushaali says:
      September 29, 2017 at 10:30 pm

      Will try thuhthi ? thankyu so much ???

  14. Lammi ? says:
    September 29, 2017 at 6:50 pm

    Ushaa ge story thakuge episodes thah ehenn authors thakuge episode thakah vure dhigu kamah Lammi ah notice kurevey ?
    I appreciate it ❤
    Keep it up and love this part even ?

  15. Ushaali says:
    September 29, 2017 at 10:32 pm

    Thankyu so much Lammi ?
    Varah ufaa vehjje ????

  16. sannatii says:
    September 30, 2017 at 8:12 am

    Ushaali ge vhk varah varah reethi❤❤?emme fahu part varah dhigu kohlahcjey.

  17. roosh says:
    September 30, 2017 at 11:22 am

    alhe 1-7 ge part thah libeyne gotheh neiytha if anyone know please let me know

  18. Naape says:
    September 30, 2017 at 2:34 pm

    Ithuru biruveri vaahaka eh liyan fashaabala…. mi story akeee mihaathanah kiyaa hithun kiyaalevun furathama story.. kommes dhuvahaku ves new part eh intho ves varah check kollevey…!! This is amazing… and keep it up ???

  19. farey says:
    October 1, 2017 at 12:47 am

    Ushaali vvv reethi mi vaahaka… Abadhuves AA bayakah inthizaaru kureviyaaa… Ummeedhu kuran miadhu up kuraane kamah

  20. Ushaali says:
    October 1, 2017 at 8:30 am

    vahakaige fahu baithah liyamun midhany. ehenve las vany. liyevunuha avahakah up kohdheynan. insha allah…. huriha kudhin ves inthizaaru kuraane kamah heekuran 🙂

  21. Shaima says:
    October 1, 2017 at 12:22 pm

    Miadhu Sunday BT story up nuveyyy whyyy

Comments are closed.

Next Episode02:30 ސައުރަތިރީސްވަނަ ބައި←


All Right Reserved!