Skip to content
އެސްފިޔަ

ބަރުބާދުވި އަހަރެންގެ ހަޔާތް

މިއީ ޙަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި އުޅޭ ކެރެކްޓާރސްގެ ނަންވާނީ ބަދަލުކޮށްފައެވެ. މިވާހަކައިން ގިނަބަޔަކަށް އިބުރަތެއް ލިބޭނެކަމަށް ހީކުރަމެވެ.

* * * *
އަޅުގަނޑުގެ ވާހަކައެއް ދެން ފެންނާނީ އޮކްޓޯބަރ 10 ގެ ފަހުންކަމަށް ދެންނެވުނަސް އެކުވެރިއެއްގެ އާދޭހަށް މިވާާހަކަ ލިޔުނީއެވެ.
* * * *

އަހަރެންނަކީ ނިކަމެތި އަންހެންކުއްޖަކީމެވެ. ލޯބީގައި ނާކާމިޔާބު ވެފައިވާ ބަދުނަސީބު ވެރިއަކީމެވެ. ލޯތްބަކީ އަހަރެންނަށް ހައްޤު ނޫން އެއްޗެކޭ ހީވާ ފަހަރުވެސް މަދެއްނޫނެވެ. މީހުންނަށް ދެރަދިނުމަކީ ދުވަހަކު ހިތަށް ނާރުވާކަމެއް ނަމަވެސް، އަހަރެންގެ ސަބަބުން އަބަދުވެސް މީހުންނަށް ޖެހެނީ ހިތާމަ ކުރާށެވެ. އެތަންފެނި މިހިތުގައި ރިއްސާވަރު މަދެއްނޫނެވެ. ޤަސްދުގައި ނޫނަސް މީހުންގެ ހިތަށް އަނިޔާކުރެވޭތީ އަހަރެން ދެރަވެއެވެ. އަމިއްލަ ނަފުސްދެކެ ރުޅި އާދެއެވެ. އަހަރެންގެ ކުށަކީ ފަހެ ކޮބައި ހެއްޔެވެ؟

އަހަރެންނަކީ ޔުނިވާރސިޓީއެއްގައި ކިޔަވަމުންދާ ކުއްޖަކީމެވެ. ފުރަތަމަ ލޯބި ނާކާމިޔާބު ވުމަށްފަހު ދުވަހަކުވެސް ކުއްޖަކާ ރަށްޓެހިނުވަން ހިތުލީމެވެ. އެހެނަސް އެއަޒުމުގައި ހުރުން އަހަރެންނަށްވީ އުނދަގޫ ކަމކަށެވެ. މީހެއްހެ ލޮތްބާއި އަޅާލުމަށް ހިތްއެދޭވަރުންނެވެ. އެހެންކަމުން އަހަރެން ނިންމީ އަހަރެންދެކެ ލޯބިވާ މީހެއް ލިބިއްޖެނަމަ އެލޯބި ޤަބޫލު ކުރުމަށެވެ. ކިތަންމެ ރެއަކު ނުނިދިފައި އަހަރެން އޮންނަމެވެ. ﷲ ގެ ޙަޞްރަތުގައި އަހަރެންދެކެ ލޯބިވާނެ މީހެއް ދެއްވުންއެދި ދުޢާކުރެވުނީ ކިތައްރެއިގައި ކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. ކޮަންމެ ރެއަކު މިދެލޮލުން އޮހެރޭ ކަރުނައަކަށް ނިމުމެއް ނައެވެ.

އެގޮތުގައި އަހަރެންގެ ހަޔާތުން ދުވަސްތައްް ފާއިތުވަމުން ދަނިކޮށް އަހަރެންދެކެ ލޯބިވާ ކުއްޖަކާ ދިމާވިއެވެ. ލޯބި ނުވިނަމަވެސް އަހަރެން އެ ފިރިހެންކުއްޖާއާ ގުޅުނީ އަހަރެން އެކުއްޖާދެކެ ގަޔާވާތީއެވެ. އެއީ ލޯބިކަމުގައި އަހަރެންނަށް ހީކުރެވުނީއެވެ. އަހަރެންނަށް ކުރެވުނީ ކުއްހީއެއްކަން އަހަރެންނަށް އެނގުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާލިކް އަހަރެންނަށް ލޯބި ހުށައެޅި ދުވަހުއެވެ. އެކަމަކު އެދުވަހު އަހަރެން އޭނައަށް ނޫނެކޭ ބުނީ ކުއްޖަކާ ރަށްޓެހިވެގެން އުޅޭތީއެވެ. އަހަރެން އޭރު ރަށްޓެހިވެގެން އުޅުނު ކުއްޖާގެ ކުށެއްނެތި ދޫކޮށްލަން ބޭނުންނުވީއެވެ. އެދުވަހަށްފަހު އާލިކް އަހަރެންނާ ދުރުވާން ފަށައިފިއެވެ. އެކަންވީ އަހަރެންގެ ހިތަށް ކެތްކުރަން ދަތިވި ކަމަކަށެވެ. ތެދަށް ބުނާނަމަ އަހަރެންވެސް އާލިކްދެކެ ވަރަށް ލޯބިވެއެވެ. އޭރު އަހަރެން ހީކުރީ އާލިކް އުޅުނީ އެހެން ކުއްޖަކާއި ރަށްޓެހިވެގެން ކަމަށެވެ. އެހެންވެ މާ ވަރަކުން އާލިކްގެ ފަހަތުން އުޅެން ނުކެރުނީއެވެ. އެކަމަކު އާލިކް އަހަރެންނަށް ލޯބި ހުށައެޅި ދުވަހުން ފެށިގެން އާލިކްއަށްޓަކައި އަހަރެންގެ ހިތުގައި ފޮރުވައިގެން އުޅުނު ލޯބި އަލުން ހިތަށް ގަދަކުރަން ފެށިއެވެ.

އަހަރެން އާލިކްގެ ކަބައިން މައާފަށް އެދުނީމެވެ. އާލިކް އަހަރެންނަށް ހެޔޮހިތުން މައާފް ކޮށްދިނީ އަހަރެންދެކެ ވާާ ތެދުވެރި ލޯބީގެ ސަބަބުންކަން އަހަރެންނަށް އެނގެއެވެ. ދެންއައި ދުވަސްތަކުގައި އަހަރެމެން ދެމެދުގައި އޮތް ގުޅުން ބަދަހިވާން ފެށިއެވެ. އަހަރެންނަށް ކެތްނުވާާ ހިސާާބަށް ދިއުމުން އާލިކްދެކެ ލޯބިވާ ވާހަކަ ބުނީމެވެ. އެކަމަކު އަހަރެން ކުއްޖަކާ ރަށްޓެހިވެގެން އުޅޭތީ އަހަރެމެންނަކަށް ގުޅެވޭކަށް ނެތެވެ. ހަދާނެ ގޮތްހުސްވީ އެހިސާބުންނެވެ. އާލިކްގެ ލޯބިވެސް ބޭނުމެވެ. ނަމަވެސް އަހަރެން ރަށްޓެހިވެގެން އުޅުނު ކުއްޖާގެ ކުށެއްނެތި ދޫކޮށްލާކަށްވެސް ބޭނުމެއްނުވިއެވެ.

ވިސްނާ ވިސްނާ އަހަރެންގެ ބޯ ގޮވާ ހިސާބަށް ދިޔައިރުވެސް ހައްލެއް ނުލިބުނެވެ. އަހަރެންދެކެވާ މަތިވެރި ލޯތްބަށްޓަކައި އާލިކް އަހަރެންނަށް އިންތިޒާރުކުރަމުން ދިޔައީ އެއްވެސް ޝަކުވާއެއްނެތިއެވެ. އެހެނަސް އެތެރެއިން އެހިތްވެސް ދިޔައީ ފޮތިފޮތިވަމުންނެވެ. އެދެލޮލުން އަހަރެންނަށްޓަކައި ތެދުވެރިލޯބި އަހަރެން ދުށީމެވެ. ކޮންމެ ރެއަކު އަހަރެންނަށްޓައި އެލޮލުން ކަރުނަ އޮހޮރެއެވެ. ހަދާނެ ގޮތެއް ނޭނގިފައި އަހަރެންނަށް ޖެހުނީ އެލޭކަރުނަތައް ބަލަން ހުންނާށެވެ.

އިތުރުގޮތެއް ނުވިސްނުމުން އަހަރެން ނިންމީ އާލިކް ދޫކޮށްލާށެވެ. ލޯބިވިއަސް ގުޅެވެން ނެތް ވާހަކަ އަހަރެން އާލިކް ގާތުބުނީމެވެ. އަހަރެން މަތިން ހަނދާން ނައްތާލުމަށް ބުނީމެވެ. ބަދަލުގައި އަހަރެންނާ ނުލައި މިދުނިޔޭގައި ނޫޅެވޭނެކަމަށް އާލިކް ބުންޏެވެ. އާލިކް އަމިއްލައަށް މަރުވަން މަސައްކަތްކުރިކަން އެނގުނުހިނދު އަހަރެންގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ހުވާކޮށްފައި ބުނަމެވެ. އެދުވަހަށްވުރެ ބިރުގަތް ދުވަހެއް އަހަރެންގެ މުޅި ހަޔާތުގައިވެސް ނާާދެއެވެ. އާލިކް ސަލާމަތްވި ކަމަށްޓަކައި އަހަރެން ﷲ އަށް ޝުކުރުވެރިވީމެވެ. އެދުވަހު އާާލިކް އަހަރެންގެ އެދުމަށް އަހަރެން ގާތަށް އައި އިރު ހުރީ ރޮއިރޮއި އެދެލޯ ދުޅަވެފައެވެ. ވަރަށް ބޮޑަށް ރަތްވެފައެވެ. އާލިކްގެ ހާލު ފެނުމާއެކު އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެދެލޮލުން އެކަނިވެސް އާލިކް އަހަރެންދެކެވާ ލޯބި ފެންނަމުންދިޔައެވެ.

އަހަރެން ފެނުމާއެކު އާލިކްއަށް ގިސްލަގިސްލާފައި ރޯންފެށުނެވެ. އެއީ ފިރިހެންކުއްޖަކު ރޮނިކޮށް އަހަރެންނަށް ފެނުނު ފުރަތަމަ ދުވަހެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަހަރެންދެކެ ޙަޤީގަތުގައިވެސް އާލިކް ލޯބިވާކަން އަހަރެންނަށް އެނގުނެވެ. އެދެލޯ އެކަމަށް ހެކިވިއެވެ. އަހަރެންގެ ދުޢާ ﷲ އިޖާބަކުރެއްވިކަން އަހަރެންގެ ހިތަށް އިހުސާސްވީ އެދުވަހުއެވެ. ދާނެ ސާފު މަގު އަހަރެންނަށް ފެނުނުފަދައެވެ. އާލިކްގެ ކަރުނަތަކަށާއި އިންތިޒާރަށް ނިމުމެއް ގެންނަންވެއްޖެކަމަށް އަހަރެންގެ ހިތް ފުރަތަމަ ފަހަރަށް ބުނެލިއެވެ.

އަހަރެން ރަށްޓެހިވެގެން އުޅުނު ކުއްޖާއާާއި ވަކިވީމެވެ. އާލިކް އަށްޓަކައެވެ. އެލޯތްބަށްޓަކައެވެ. އެހެންމީހުންގެ ކުރިމަތީ އަހަރެންނަކީ ބޭވަފާތެރިއެއް ކަމުގައި ވިއަސް ހެޔޮކަމަށެވެ. އެހެން ހުރިހައި ކަމަކަށްވުރެ އާލިކްގެ ލޯބި އަހަރެންނަށް މުހިންމުވީމައެވެ.

އާލިކްގެ ލޯބި ޤަބޫލުކުރި ހިސާބުންފެށިގެން އަހަރެންގެ ވީރާނާވެފައިވާ ހަޔާތައް ބަހާރު މޫސުމް އައިކަަހަލައެވެ. އާާލިކް އަހަރެންދެކެވާ ލޯބި ފެނިފައި އަހަރެން ހައިރާން ވިއެވެ. އާލިކް އަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާނެ މީހެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ. އެއީ ތެދުވެރި މާތް ފިރިހެނެކެވެ. އެފަދަ ފިރިހެނެއްް މިޒަމާނު ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އަހަރެންނަށް އާލިކްފަދަ ލޯބިވެރިއަކު ލިބުމުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އަހަރެންގެ ކޮންމެ އެދުމެއް ލޯތްބާއެކު އާލިކް ފުރިހަމަ ކޮށްދެއެވެ. ބޭނުން ކޮންމެ އެއްޗެއް ހޯދައިދެއެވެ. އަހަރެންނަށް ޝަކުވާކުރާނެ އެއްވެސް ފުރުސަތެއް އާލިކް ނުދެއެވެ. އެހާވެސް ބޮޑަށް އާލިކް އަހަރެން ދެކެ ލޯބިވެއެވެ.

އުފަލާ ހިތްހަމަޖެހުމާއެކު ދުވަސްްތައް ފާއިތުވަމުން ދިޔަ ގޮތްވެސް އަހަރެންނަަކަށް ނޭނގެއެވެ. ދުވަހަކުވެސް އަހަރެމެންގެ ދެމެދުގައި މައްސަލައެއް ނުޖެހެއެވެ. އެގޮތުގައި ލޯބިން އުޅެމުން އަންނަނިކޮށް އަހަރެންގެ މިޒާޖު ބަދަލުވާން ފެށިއެވެ. ވަނީ ކިހިނެއްކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ފާޑެއްގެ ރުޅި ގަނޑެއް އަންނަނީއެވެ. އަހަރެންނަށް އެރުޅިގަނޑު މައިތިރިކުރުންވީ އުނދަގޫ ކަމަކަށެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސްއެވެ. އަހަރެންގެ ކިޔެވުންވެސް ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށް ދަމުންނެވެ. ވާނުވާއެއް އަހަރެންނަކަށް ނޭނގެއެވެ.

ތެދެއްބުނަން ހެއްޔެވެ؟ އަހަރެންނަކީ ދުވަހަކުވެސް މީހެއްދެކެ ރުޅި އައި ކުއްޖެއްނޫނެވެ. އަހަރެންނަކީ ސަމާސަވެރި ހިތްހެޔޮ ކުއްޖަކީމެވެ. މީހުންނާ ދިމާއަށް އެއްޗެހި ކިޔުމަކީ ދުވަހެއްގެ ކޮޅުންވެސް އަހަރެންކުރި ކަމެއް ނޫނެވެެ. އެހެނަސް…

އަންނަގަދަ ރުޅީގައި އަހަރެންނަށް އާލިކްއާ ދިމާއަށް ހަޅޭލެވެން ފެށުނެވެ. ބައެއްފަހަރު އަޑު ބާރުކޮށްވެސް އެއްޗެހި ކިޔެއެވެ. އަހަރެންގެ ރުޅިގަނޑު މައިތިރިވަނީ އާލިކްއަށް ރޮވުމުންނެވެ. އެހާވަރު އަހަރެންނަށް ކޮށްލެވެއެވެ. އާާލިކްގެ އޮތީ ކޮންކުށެއްހެއްޔެވެ؟ އަހަރެން އާލިކްއާ ދިމާއަށް ހަޅޭލަވަނީ ގަސްދުގައެއްނޫނެވެ. ރުޅިމަޑުވުމުން އެކަމާ ހިތާމަކޮށް އަހަރެން ރޮއި ހަދަމެވެ. އާލިކްގެ ކިބައިން އެކަންކަމަށް މައާފަށް އެދެމެވެ. އެތެދުވެރި ސާފުހިތުގެ ވެރިޔާ އަހަރެންގެ ކޮންމެ ކުށަކަށް މައާފްކޮށްދެނީ ލޯތްބާާއެކުއެވެ. ދެން އެކަން ތަކުރާރު ނުކުރުމަށް އަހަރެން ވައުދުވަމެވެ. އެހެނަސް އަހަރެންނަކަށް އެވައުދުމަތީގައި ދެމިއެއް ނުހުރެވުނެވެ. އަބަދު އެއްކުށެއް ތަކުރާރުކުރެވެން ފެށީއެވެ. ހިތްނޭދުނަަަސް އާލިކްގެ ހިތަށް ތަދުކުރެވެންފެށީއެވެ. އާލިކް ދެކެ ލޯބިނުވަނީއެއްނޫނެވެ. އާލިކް އަށްވުރެ ބޮޑަށް އަހަރެންނަށް ލޯބިވެވުނު މީހެއްނެތެވެ. މުޅި ހަޔާތުގައިވެސް އެންމެ ލޯބިވީ އާާލިކް ދެކެއެވެ. ﷲ ގަންދީ ހުވާ ކޮށްފައި ބުނަމެވެ. އެކަމަކުވެސް އަންނަ ރުޅިމަތީގައި އަހަރެންނަށް އާލިކް ރޮއްވައިލެވެނީއެވެ. އަހަރެންގެ އުޅުމަށް އަންނަމުން ދިޔައީ ދުވަހަކު މީހެއްގެ ހިތަށްވެސް ނާންނާނެފަދަ ބޮޑެތި ބަދަލުތަކެކެވެ.

އަހަރެން ބަލިވާާން ފެށީވެސް ހަމަ ކުއްލިއަކަށެވެ. ތަނަކު ނުރިއްސާ ދުވަހެއް މަދުވާނެއެވެ. ޑޮކްޓަރަށް ދެއްކުމުން ވާގޮތެއް ނޭނގެއެވެ. އޭގެ ސަބަބުން ޔުނިވާރސިޓީއަށް ކިޔަވަން ނުދެވޭ ދުވަސްތައްވެސް ގިނަވާން ފެށިއެވެ. ބަލިހާލުގައި ގޮސް ކިޔަވާނީ ކިހިނެއްހެއްޔެވެ؟ ކިޔަވަން ކިތަންމެ މޮޅު ކުއްޖެއް ނަމަވެސް އަހަރެންގެ މުޅި ކިޔެވުންވެސް ހަލާކުވީއެވެ.

އުޅުން ބަދަލުކުރުމަށް ކުރި ހުރިހައި ކަމެއްވީ ބޭކާރެވެ. ކުރީގެ ހިތްހެޔޮ ކުއްޖާއަށްވާން އަހަރެން ހާދަ ބޭނުމެވެ. އެހެނަސް އެކަންވެސްވީ ހަމަ ބޭކާރެވެ. އާާލިކްއާާ ދޭތެރޭ ކަންތައްކުރެވޭ ގޮތަކަށްވެސް ބަދަލެއް ނައެވެ. އަހަރެންގެ ސަބަބުން އެފުރާނައަށް ގެއްލުންވާ ހިސާބަށްވެސް ދިޔައެވެ. އެވަރުންވެސް އާލިކް އަހަރެން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އާލިކް އަހަރެންދެކެ ވަނީ ހާދަހާ މަތިވެރި ލޯތްބެކެެވެ. އެއީ އެހެން މީހެއްނަމަ އަހަރެން ދޫކޮށްލައިފައި ދާނެތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އާލިކް އެއާ ހާސްބައި ތަފާތެވެ. އާލިކް އަހަރެންދެކެ ވަނީ ތެދުވެރި ލޯތްބެކެވެ. އަހަރެން ދޫކޮށްލަން އާލިކް ބޭނުންނުވާ ސަބަބަކީ އެއީއެވެ.

އަހަރެންނަށް އެހައި ލޯބިވާނެ މީހެއް ލިބުމުން ކަންތައްމިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އުޅުމަށް މިހާ ބޮޑެތި ބަދަލުތަކެއް އަންނަންވީ ކީއްވެހެއްޔެވެ؟ އާލިކްއާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެންގެ އުޅުން މިގޮތުގައި ހުންނަނަމަ އާލިކް އަހަރެންނަށް ެގެއްލިދާނެކަން އަހަރެންނަށް އެނގެއެވެ. ހަދާނެ ގޮތެއް އަހަރެންނަށް ނުވިސްނުނެވެ.

އަހަރެންގެ ސަބަބުން އާާލިކްގެ ހިތްދިޔައީ ދުވަހެއް ދުވަހަކަށް ހަލާކުވަމުންނެވެ. އެންމެފަހުން އަހަރެންގެ ސަބަބުން ރުޅި މަޑު އާާލިކް ރުޅިގަދަ މީހަކަށްވެސް ބަދަލުވީއެވެ. އެއީވެސް އިންސާނެއްވިއްޔާއެވެ. ކެތްވާނީވެސް ވަކި ވަރަކަށް ނޫންހެއްޔެވެ. އާލިކްގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމުންވެސް އާލިކް އަހަރެން ދޫކޮށެއްނުލައެވެ. އާލިކް އެވަނީ ކޮންފަދަ މާތް ލޯތްބެއް ހެއްޔެވެ؟ ދުވަހަކު މީހަކަށް ނުކުރާވަރު އަންނަ ރުޅިމަތީގައި އަހަރެންނަށް އާލިކްއަށް ކޮށްލެވެއެވެ. ޖަނަވާރަކާމެދުވެސް މީހަކު އެހައި އިހާނެތިކޮށް ކަންތައް ނުކުރާނެއެވެ. ހަމަޔަޤީނުންވެސް އަހަރެންހައި ދަށްފެންވަރުގައި ލޯބިވެރިއަކާމެދު ކަންތައްކުރާނެ މީހަކު ނުހުންނާނެއެވެ.

އެކަމާ ދެރަވެ ރޮނީ ކިތައްދުވަހު ހެއްޔެވެ؟ ބަދަލުވާން އަޒުމް ކަނޑައެޅީ ކިތައްފަހަރު ހެއްޔެވެ؟ ކޮންމެ ކަމެއްވެސްވަނީ ހަމަ ބޭކާރެވެ. ދުވަހަކުވެސް އަހަރެންނަށް ބަދަލު ނުވެވޭނޭ ހިތަށް އަރަންފެށީ އެހިސާބުންނެވެ.

ރުޅިނައިސް ހުންނަވަގުތުތަކު އަހަރެން އާލިކްއާ މެދު ކަންތައްކުރަނީ ވަރަށް ލޯބިންނެވެ. އާލިކްގެ ކޮންމެ ކަމެއްވެސް ވީ އެންމެ ފުރިހަމައަކަށް އަހަރެން ކޮށްދެމެވެ. އެވަގުތުތަކު އަހަރެމެން އުޅެނީ ވަރަށް ލޯބިންނެވެ. އަބަދުވެސް އެގޮތަށް އުޅެން އަހަރެންގެ ހިތް އެދެއެވެ.

ނަމަވެސް ކަންތައްވަނީ އަބަދުވެސް އަހަރެން އުއްމީދުކުރާ ގޮތާ އިދިކޮޅަށެވެ. އުޅެއުޅެވެސް އަހަރެންގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ. އާލިކް އަހަރެންދެކެ ވާލޯބި ފެނިފައި މިހިތުގައި ރިއްސައެވެ. ލޯބިން އެހިތުގައި ފިރުމައިލަދެން ބޭނުންވެއެވެ. އެކަމަކު…

އަހަރެންގެ އުޅުން ބޮއްސުންލައިގެން ދާން ފެށުމުން އެންމެފަހުން އަހަރެންގެ ރަށްޓެއްސަކު ބުނިބުނުމަށް ބަޤަރާ ސޫރަތުގައި ހަސަދަ އާއި އެސްފީނަ ހުރިތޯ ބެލުމަށް ކިޔަވަން ޖެހޭ އާޔަތް ކިޔެވީމެވެ. 7 ވަރަކަށް ފަހަރު ކިޔެވިތަނާ އަހަރެންގެ ބޮލުގައި ކުޑަކޮށް ރިއްސަން ފެށިއެވެ. އަހަރެންގެ އުޅުމަށް އައި ބަދަލުތަކުގެ ސިއްރު އެނގުނީ އަދިކިރިޔާއެވެ. އާނއެކެވެ. އަހަރެންނަށް ވަނީ ކޮންމެސް މީހެއްގެ ހަސަދަ ޖެހިފައެވެ. ވީދެރައެއް ބުނަންވެސް އަހަރެންނަކަށް ނޭނގުނެވެ. ހަސަދައަކީ މީހެއްގެ ކިބައިގައި ހުންނަ ހުރިހައި ރަނގަޅު ސިފަތަކެއް ނުބައި ސިފަތަކަށް ބަދަލުކޮށްލާ އެއްޗެކެވެ. އަހަރެންގެ އުޅުން މިހައި ނުބައިވި ސަބަބަކީ އެއީއެވެ.

މީހެއްގެ ހަސަދަ ޖެހެން އަހަރެން ކުރި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކުވެސް އެކަން އެނގުމުން އަހަރެންގެ ހިތުގައި ވަރަށް ޖެހުނެވެ. ލޯބިވާ އާލިކް މިހާރު ހުރީ އަހަރެންގެ އަތުން ބީވެގެން ދާ ހިސާބުގައެވެ. އަހަރެންގެ ކިޔެވުން ވަނީ ދަށަށް ގޮސްފައެވެ. އަހަރެން ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

ހަސަދައަށް ފެންކިޔެވުމަށްފަހު ގަޔަށް ފެންއަޅަން ފެށީ ދާދި އިހަކަށް ދުވަހުއެވެ. މީހުން ބުނާތީ އަހަމެވެ. ހަސަދައަކީ ސިހުރަށް ވުރެވެސް ނުބައި އެއްޗެކެވެ. އަހަރެންނަށް މިއަދު އެކަން އެބަފެނެއެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެން ކިޔަވަން މޮޅުވީތީ މީހަކު ހަސަދަލީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން ކިޔަވަން މޮޅުވީ އަމިއްލައަކަށް ނޫނެވެ. އެއީ އަހަރެންގެ ކަލާނގެ އަހަރެންނަށް ދެއްވި ނިޢުމަތެކެވެ. ވީއިރު އޭގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަމިއްލަ ނަފުސާ ކިތަންމެ ވަރަކަށް މިސުވާލު ކުރިނަމަވެސް އޭގެ ޖަވާާބު ލިބޭނެ ހެއްޔެވެ؟

އަހަރެންގެ ހާލަތު އަދިވެސް ދަނީ ދަށަށެވެ. މިހާރު އަހަރެންނާއި އާލިކްއާ ދެމެދު މައްސަލަނުޖެހޭ ދުވަހެއް ނުދެއެވެ. އަބަދުވެސް އަހަރެންގެ ސަބަބުންނެވެ. ކުރާނީ ކީއްހެއްޔެވެ؟ ވެވެން އޮތްގޮތަކުން ބަދަލުވެބޭތޯ އަހަރެން މަސައްކަތް ކުރަމެވެ. ﷲ އިރާދަފުޅުން އަބަދުވެސް ކުރާނަމެވެ. އެކަމަކު އަދިވެސް އެއަންނަ ރުޅިގަނޑު މައިތިރިކުރުން އަހަރެންނަށްވަނީ ދަތިކަމަކަށެވެ.

އަހަރެންގެ ސަބަބުން އާލިކްވެސް ވަނީ ބަލިވެފައެވެ. ވިސްނާ ވިސްނާ މޮޔަވާވަރުވެފައެވެ. އެހެނަސް ހަޤީގަތެއް ބުނަންހެއްޔެވެ؟ އާލިކްގެ ހިތަށް ތަދުކުރުމަކީ އަހަރެން އެއްއިރެއްގައިވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އަހަރެން އާލިކް ދެކެ ލޯބިވަމެވެ. އުމުރަށް ވާނަމެވެ. އާލިކްއަށްފަހު އަހަރެންގެ ހަޔާތަށް އިތުރު މީހަކު ނާންނާނެއެވެ. ދުވަހަކު ގެންނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އާލިކްގެ މަޤާމަކީ ދުވަހަކު އެހެން މީހަކަށް ދެވޭނެ މަޤާމެއް ނޫނެވެ. އާާލިކްވަނީ އަހަރެންގެ އަތުން ބީވާ ހިސާބަށް ގޮސްފައެވެ. ކިތަންމެ ލޯބިވި ނަމަވެސް ކޮންމެ އިންސާނަކަށްވެސް ކެތްވާނީ ވަކިވަރަކަށް ނޫންހެއްޔެވެ؟ އަހަރެން އެވަރު ދަންނަމެވެ. އަބަދު އަބަދު ތޮޅެން ކެތްވާނީ ކާކަށް ހެއްޔެވެ؟

މީހެއްގެ ހަސަދައިގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް ވީރާނާވީއެވެ. އަހަރެންގެ އެެއްވެސް ކުށެއްނެތިއެވެ. ކިޔެވުން ހަލާކުވީއެވެ. ލޯބި ގެއްލުނީއެވެ. އަހަރެންގެ ފަރާތުން ކޮންމެ މީހަކަށްވެސް ލިބެނީ ހިތާމައާ ހިތްދަތިކަމެވެ. ނުކުރާ ކުށެއްގެ އަދަބު ލިބެންވީ ކީއްވެހެއްޔެވެ؟ ހިތާމަކޮށްކޮށް އަހަރެންވެސް ވަރުބަލިވެއްޖެއެވެ. ބަރުބާދުވީ އަހަރެންގެ ހަޔާތެވެ.

އާލިކްފަދަ ލޯބިވެރިއަކު ދުވަހަކަވެސް އަހަރެންނަކަށް ނުލިބޭނެއެވެ. އާލިކްއަކީ ލައްކައިން އެކެކެވެ. އެފަދަ މާތް ސާފުހިތެއްގެ ވަރިއެއް ނުދެކެމެވެ. އަދިވެސް އާލިކް އަހަރެން ދޫކޮށެއްނުލައެވެ. އެހާވެސް އާލިކް އަހަރެންދެކެވާ ލޯބި ވަރުގަދައެވެ. އަހަރެންނަށްވެސް އާލިކްއަށް އެފަދަ ލޯތްބެއް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. މުޅި ދުނިޔެކުރިމަތީގައިވެސް އާާލިކްދެކެ ލޯބިވާ ވާހަކަ ބުނާކަށް އަހަރެން ފަހެއް ނުޖެހޭނަމެވެ. ލޯބިވާ އާލިކްއެވެ. އަހަރެންގެ ފަރާތުން އާލިކްއަށް ލިބުނު ހިތާމައަށް މައާފަށް އެދެމެވެ. އަދި އާލިކްއެކޭ އެއްފަދައިން އަހަރެންވެސް އާލިކް ދެކެ އިންތިހާއަށް ލޯބިވަމެވެ. ﷲ ގެ އިރާދަފުޅުން ތިލޯތްބަށްޓަކައި ކޮންމެވެސް އެއްދުވަހަކުން އަހަރެން ބަދަލުވާނަމެވެ. އަހަރެންނަށްޓަކައި އިންތިޒާރު ކުރާނެކަމަށް ހީކުރަމެވެ. ދުވަހަކުވެސް ހަމައިގަ ހުރެގެން އަހަރެން އާާލިކްގެ ހިތަކަށް ތަދެއްނުކުރާނަމެވެ.

* * * * *

އެކުވެރިންނޭވެ. ވިސްނާށެވެ. ހަސަދައާ އެސްފީނައަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މީހެއްގެ މުޅި ދިރިއުޅުން ފަޅި ސުކުންތު ކޮޅެއްގެ ތެރޭގައި ހަލާާކު ކޮށްލާ އެއްޗެކެވެ. މިފަދަ ހިތާމައެއް ކުރިމަތިވުމުގެ ކުރިން ކޮންމެ މީހަކުވެސް އެސްފީނައާއި ހަސަދައިން ސަލާާމަތް ވެވޭތޯ ދީނުގައި އަންގަވާފައިވާ ފަދައިން ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔާށެވެ. އަދި އެކުވެރިންގެ ގޮތުގައި ހެޔޮލަފާ މީހުން އިޚްތިޔާރުކުރާށެވެ. އެސްފީނައާ ހަސަދައަކީ ކޮންމެ މީހެއްގެ ފަރާތުންވެސް ޖެހިދާނެ އެއްޗެކެވެ. އެކަމަށް ސަމާލުވެ ތިބޭށެވެ.

ހަސަދައަކީ ވަރަށް ނުބައި އެއްޗެކެވެ. މީހަކަށް ﷲ ދެއްވާފައިވާ ނިޢުމަތަކާމެދު ހަސަދަ ނުލާށެވެ. އޭގެބަދަލުގައި އެފަދަ ނިޢުމަތެއް ތިމާއަށްވެސް ދެއްވުންއެދި ދުޢާކުރާށެވެ. އެހެނީ ހަސަދައަކީ އަލިފާން ދަރު އަންދާފަދައިން ތިމާގެ ހުރިހާ ހެޔޮއަމަލުތަކެއް އަންދާ އަޅިއަށް ހަދާ އެއްޗެކެވެ. ތިމާގެ ހުރިހައި ހެޔޮ އަމަލުތަކެއް އަނދައިފިނަމަ ﷲ ގެ ޙަޟްރަތުގައި އެކަނި ކޮޅަށް ހުންނަންޖެހޭ ދުވަހުން ތިމާ ގެންދާނީ ކޮންއެއްޗެއް ހެއްޔެވެ؟ ކައްވަޅުގައި ތިމާއާއެކު ވާނީ ކޮންއެއްޗެއް ހެއްޔެވެ؟ ވިސްނާށެވެ.

=ނިމުނީ=

Comments (42)

  1. maroon

    Wow ?

    1. Naufa
      maroon

      Thanka maroon?

  2. Laii

    Vrh ibraiitheri vaahakaeh.. ❤❤❤

  3. Laii

    Vrh ibraiitheri vaahaka eh❤❤

    1. Naufa
      Laii

      Thanks laii

  4. Im soo addicted

    Oh my god!!! V rythiii ??

    1. Naufa
      Im soo addicted

      Thank u..

  5. song joong ki..KOREAN

    OMG.. varah salhi. heekuran kuriyah huri part thahvx reethi vaane kamah. good luck 🙂 🙂

    1. song joong ki..KOREAN
      song joong ki..KOREAN

      sorry.. vaahaka nimuny dhw.. i was mistaken. anyways, varah iburaihtheri story eh 🙂 🙂

    2. Naufa
      song joong ki..KOREAN

      Thank u..

  6. Lam

    Masha Allah…hama bst.

    1. Naufa
      Lam

      Thanks lam

  7. if ge love

    Wow its intresting…. i really like this kind of stories…u helped me…. thnkxxxx a lot…
    but can i ask something
    e ee bagaraa soorathuge kithahvana aayah kan ingeythr… need an answer
    waiting…..
    btw story hama habeysss

    1. Naufa
      if ge love

      Thank u.. Its bagaraa soorathuge 102 vana aayah.. Vaki varakah kiyavaakah nujehey kanneenge. Dhn jehifa hurehjehyaa emyhakah knmes undhanguleh vaane.. Boluga rihsun or smthn else.. Islam sir bunuhvy varah bodah jehifa hurihyaa enme faharakuvx kiyaakah nukereyney.. I mean undhangoo vaa varun.. N phn in kiyanyaa phnvx hoonu vaaney ehaa bodah eyge asaru hurehejehyaa.. Check kohlun rangalhu.. Eyrah avahah faruvaa eh hoadheyny vx dhw..?

    2. Sallu
      if ge love

      But rugiyaa kuraa meehakaa nulaa sihuru jehifa huri thw belumah kiyun ehaa rangalheh noon

    3. Naufa
      if ge love

      Thats nt sihuru.. E ee hasadha or esfeena ah check kuraane goi.. Rugyaa kuraa myhakaanulaavx eygeah check kurevidhaane.. N faruvaa vx hoadhidhaane..?

  8. Shaileen

    Nice story…. ☺

    1. Naufa
      Shaileen

      Thank u.. ?

  9. HARLEY quinn

    this story is amazingly nice, thank u so much for thiss. its a lot to me.
    hopes to see another story just like this.

    1. Naufa
      HARLEY quinn

      Thankx❤

    2. JOKER
      HARLEY quinn

      Hii HERLEY quinn only jokers quinn?. Vrah iburaitheri vaahakaeh mee. Vrah reethi. Hama saabas naufa ah???

  10. click a shot ?

    I was waiting for a story from you…finally I got to read…varah reethi mi part ves…varah iburaitheri vaahakaeh..thanks☺️?

  11. Shaaa

    True… Nyc story?

    1. Naufa
      Shaaa

      Thank u..

  12. Scarlet

    Varah iburaihtheri reethi vaahaka eh Maashaa Allah….mifadha ithuru vaahaka thah kiyaalan libeyne kamah unmeedhukuran?

    1. Naufa
      Scarlet

      Thanks.. ?

  13. Xxxx

    V.nice n ibraitheri..happy that mikahala good message akaa ekee story eh genesdhineethee…keep it up?????

    1. Naufa
      Xxxx

      Thank u.. ❤❤

  14. You

    Nice

    1. Naufa
      You

      Thankx

  15. Sunflower

    Same..:(

  16. Anonymous

    Wow very nice

    1. Naufa
      Anonymous

      Thankss

  17. Kuda Binmaa

    Vaahakaige haadhisaa kithamme molhas genesdheefaivaa goi varah hadi. Vaahaka liyumuge vattafahi eh nei. Hus Aaliku kiyeny. Vaahakaige namah ves Aaliku kee nama ennu

    1. Xee
      Kuda Binmaa

      Story vvv salhi ??I think you are don’t like story vaany ves ehen that not a love story ekamu bunan mee adi furatha ma faharah mihaaru reethi adi understanding story eh up kury for people ?‍?‍? who are suffering this problem have very good trick try it plx and Plz don’t feel bad at my comment KUDAA BINMAA gn Nau and when nxt story???

  18. ROMAN REGINS

    Wow nice

  19. nauuum

    Moya govaahen loabi loabi govaafa eynu mi othy.. ammayaai vefa

  20. Abadhu vx rythi

    Story rythi ekam aaliku enmegai frndah v iru neygunu bitteh nuhunna kan vx.dhn kihineh gaai vaa ny

  21. Someone

    This is exactly what’s happening to me same except that I’m married ?

  22. Hawwi

    Maashaa Allah…❤
    Love ur work n looking forward for more…?

  23. mal-mal

    MashaAllah, varah reethi adhi ehaame iburaitheri vaahaka eh!! 🙂 🙂

  24. Ary

    v Nice

Comments are closed.