Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކެހިވެރި ދުނިޔެ
ހަޤީޤީހިތާމަލޯބި

ކެހިވެރި ދުނިޔެ

fola Level 1
October 15, 2017 One Min Read
5 Comments

‘ދޭނަން ހިތާޖާނާ އާދެ ނުދެ ލޯބިވާ” އާތިފްގެ ނަލަ ނަލަ އަޑުން ކިޔަމުންދިޔަ ލަވަ، ނަކަލް ކުރަމުން މަޑު ދުވެލީގައި މަޖީދީ މަގުން ކާރު ދުއްވަމުން  ދިޔަ ނިޔާ  ގެ މިސްރާބް ހުރީ  ޒުވާނުންގެ މަރުކަޒާ ދިމާލަށެވެ. އިރު އިރު ކޮޅާ ކާރުގެ ލޯގަނޑުންބަލައި އިލޮށިތަކެއްހެން މައްޗަށް ނެގިފައިވާ ފަންއިސްތަށިގަނޑު އަތުން ރަނގަޅުކޮށް ލަމުން އެއްމިޔަކުން ހީލައެވެ. އެނާ އަށް ލިބިފައިވާ ފުރިހަމަ ސިފަ ފެނުމުން ހުދު އަމިއްލަނަފުސު ވެސް ތައުރިފް ކުރާކަހަލަ އެވެ.އިވެމުންދިޔަ ލަވައިގެ އިނގޭ ބައެއް ކަޑިތައް ކިޔަމުން ބައެއް ކަޑިތަކަށް ރާގު ލައްވަމުން ދިޔަ ނިޔާގެ ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ވާނީ ވެސް އެހެންތާ އެވެ. ނިޔާ އަކީ މާލޭގެނަން މަޝްހޫރު ވިޔަފާރި ވެރިޔާ މަުހައްމަދު ޖިހާދާއި އާލިފާގެ ދެ ލޮލުގެ ނޫރެވެ. މީގެއަހަރުތަކެއްކުރިން ޖިހާދުގެ އާއިލާ މެލޭޝިޔާއަށް  ދިރިއުޅުން  ބަދަލު  ކުރީ ހަމައެކަނި ނިޔާގެ މުސްތަގުބަލަށްޓަކައެވެ. ވިޔާފާރި ޖިހާދުގެ ކޮއްކޮ ޖުނެއިދު އާ ހަވާލު ކުރުމަށް ފަހު ވޭތުވެދިޔަ 17 އަހަރު އެ ދެމެފިރިން މެލޭޝިޔާގައި ދިިރި އުޅުން ހޭދަ ކުރުމަށްފަހު އެނބުރި މާލެ އައީ ނިޔާ ކިޔަވަން ބޭނުންވި ވަރަށް ކިޔަވާ ނިމުމުންނެވެ.

ނިޔާ އަކީ މިހާރު މާލޭގައި ހުރި އެންމެ ކުޅަދާނަ ވިޔަފާރި ވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ވިޔާފާރިޔާ ހަވާލުވިފަހުން ނިޔާ ވަނީ އޭނާގެ އަމިއްލަ އުކުޅުގެ ބޭނުން ހިފައި މީގެ ކުރިން ވިޔާފާރި ކުރިނާރާ ވަރަށް ކުރި އަރުވާފައެވެ. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ނިޔާ އެކަމަކާ ކުރިމަތި ލަނީ ކެރިގެންނެވެ. ﷲގެ ރަހުމަތުން ކިތެއްމެ މުއްސަދި ދިރިއުޅުމެއް ލިބިފައި ހުއްޓަސް ނިޔާ އަކީ އެކަމާ ބޮޑާވެގަންނަ މީހެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ވެސް ހިޔާރު ކުރަނީ ވަކި ފަންތިއެއްގެ ބައެއް ނޫނެވެ. އެންމެންނަށް ވެސް އަޅާލާ އޯގާތްތެރި އެކެވެ. ލާ ހެދުމުގައިޔާއި ބޭނުން ކުރާ ސާމަނަކީ ހަމަ އެންމެ އާދައިގެ އެއްޗެސެވެ. ނިޔާގެ މި  އާދަ ހުންނާތި ޖިހާދުގެ ދެމެފިރިން ކަންބޮޑުވެއެވެ. މިދެމެފިރިންގެ އަޒުމަކީހުރި ހަމަ  އެކަނި  ދަރިފުޅަށް  ދުނިޔޭގެ  މުއްސަދިކަމާ  އުފަލާ  އަރާމު  ހޯދާދިނުމެވެ.  ދިރިއުޅުމުގެ ކަންތައްތަށް ވެސް ބަހައްޓަން ބޭނުން ވަނީ ޝާހީ ރަސްކަލުންގެ ފެންވަރުގައެވެ.ނިޔާ އާއި ހިލާފަށް އާލިފާ އާއި ޖިހާދުގެ އެކުވެރިންނަށް ހިޔާރު ކުރަނީ ވަކި ފަންތި އެއްގެ ބަޔަކެވެ. ދަރިފުޅުގެ ތަފާތު އުޅުމާއި ހެދި ބައެއް ފަހަރު އެއީ މި ދެމެފިރިންގެ ދަރިއެއް ނޫންކަމަށް ބުނެ އުޅެތެވެ.

ނިޔާ ދުއްވަމުން ދިޔ ކާރުގެ މަންޒިލަށް އާދެވުމުން  ކާރުގެ  ސްޕީޑް މަޑު  ކޮށްލުމަށް  ފަހު  ޒުވާނުންގެ  މަރުކަޒު  ކައިރީގައި  ޕާކް  ކުރުމަށް  ފަހު  ކާރުން ފައިބާ އެކަސްރަތީ  ދިގު ހަށިގަނޑު  އިސްކޮޅަށް ދަމާލިއެވެ.  ލައިފައި ހުރިޓޭންކް ޝާޓް  ރިތި ކޮށް ލަމުން ކާރުތަޅުލުމަށް ފަހު  އެބުރުނު ވަގުތު  ލޮލުގައި އަޅައިގަތީ ޒުވާނުންގެ މަރުކަޒު ދޮރުމަތީގައި ހުއްޓި ހުރި ޒުވާން އަންހެކުޖާއެވެ. ޖެހެމުންދިޔަ ނަލަ ވައިރޯޅިއާ އެކު ވިހުރެމުން ދިޔާ ފަށުވި އިސްތަށި ގަނޑު ތެރެއިން އެ ޒުވާނާގެ މޫނު ފެންނަމުން ދިޔައިރު ހީވަނީ ހަދުވަރު ރީތި ރެއެއްގައި ފަންތަކުގެ ދޭތެރެއިން ފުދިގެން ފެންނަ އަލިގަދަ ހަނދުަހެންނެވެ. އެހާމެ  ފުރިހަމަ  އަލި މޫނެކެވެ. ހެދިހުރި  ހަށިގަނޑާއި ބައްޓަން ފެނި ކޮންމެ  ފިރިހެނެއްގެ ލޮލޮގައިވެސް އަޅައި ގަންނާނެއެވެ. ކަޅުކުލއިގެ އުނަގަނޑާއި ހަމައަށްއަންނަ ހެދުމަކާއި  މަޑު ނޫކުލައިގެ ސްކްނީއެއް ލައިގެން ހުރި މިއަންހެކުއްޖާ އިރު އިރު ކޮޅާ މަގުން ދުއްވަމުން  ދިޔަ ކާރު ތަކަށް ހަނާ އަޅައެވެ. ކާރުތައް މަޑު ނުކޮށް  ފަސްދީ ދިޔުމުން އެ ދޮން މޫނު މާޔޫސްވެ އިސްދަށަށް ޖަހާލައެވެ. މި ފަންމިޏެއްކަހަލަ ކުއްޖާ ފެނި ނިޔާ އަށް މީގެ ކުރިން ނުވާކަހަލަ އުދަގޫތަކެއް ވާން ފެށިއެެވެ. ހިތުގެ  ހިނގުން އަވަސްވެ  ލޭގެ ހިނގުން އަވަސް ވިއެވެ.  އާޝޯހުވެ އެ ކުއްޖާގެ ކޮންމެ ހަރަކާތަކަށް ބަލަން ހުރެވުނެވެ. މަންޒިލުގެ  މިސްރާބު  ގެއްލި  ހުރެވުނީ  ބުނެދޭންނޭނގޭ އިހުސާސްތަކެއް ހިތާ ސިކުނޑިއަށް ގޯނާ ކުރުމުންނެވެ.

މި ކޮންކުއްޖެއް ބާ އެވެ؟ ކައިރިއަށް ގޮސް ނަން އަހަންވީބާއެވެ؟ އަދި ކާރުގައި ގެންގޮސް ދީފާނަމޭ ބުނަން ވީހެއްޔެވެ؟ ނިޔާގެ ހިތާ ސިކުނޑި އަށް ވެރިކުރުވި މި ސުވާލުގެ ޖަވަބު ހޯދަން ނިޔާ ކިއްތެއްމެ ބޭނުން ކަމުގައި ވިޔަސް، އޭނާގެ މިޒާޖު އެކަމަށް ހުރަސް އެޅިއެވެ.މެލޭޝިޔާގައި އުޅުނު އިރުވެސް އެތައް އަންހެކުދިން އިސްވެ ނިޔާ އަށް ދައުވަތު ދިނަސް ނިޔާ އެކަމަކަށް މާބޮޑު ފަރުވައެއް ނުބަހައްޓަ އެވެ. ކިތެއްމެ ރީތި އަންހެކުދިންނެއް ވެސް ފެނެއެވެ ނަމަވެސް މިފަދަ އިހުސާސެއް ކުރިންވެފައި ނުވެއެވެ.  ފުރަތަމަ  ނަޒަރުން ލޯބި  މިކިޔާ ލޯތްބަކީ މީހެއްޔެވެ. ކުރިމަތިން ފެންނަމުން ދިޔައީ ބަލާ ފޫހި ނުވާނެ މަންޒަރެކެވެ .”ހަސްތީ  ތެރެއިން  ތިޔަ  މާ ދުށިން ،ހައިރާން މަވީ އެހިނދުން.ތިޔަނޭވަޔާ ފަތުރާލަމޭ މީރުވަސް ހުވަދުން” ހިތުގެ އަޑިން މި ލަވަ އިވެމުން ދިޔަ ހެން ހީވެއެވެ. އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ. (ނުނިމޭ)

 

Share Article

Follow Me Written By

fola

Level 1

Other Articles

Previous

ހަވޭލީ (6)

ކެހިވެރި ދުނިޔެ
Next

ކެހިވެރި ދުނިޔެ – ދެވަނަ ބައި

Next
ކެހިވެރި ދުނިޔެ
October 15, 2017

ކެހިވެރި ދުނިޔެ – ދެވަނަ ބައި

Previews
October 15, 2017

ހަވޭލީ (6)

5 Comments!

  1. melisa says:
    October 15, 2017 at 3:45 pm

    Niya aky girl eh tha..haadha anhen namekey

  2. sharoona says:
    October 15, 2017 at 11:48 pm

    beautiful storyyy

  3. Shiya says:
    October 16, 2017 at 8:38 am

    story v reethi…

  4. Aisha ??? says:
    October 17, 2017 at 1:32 pm

    Hahahahahah varugadha kameh mee thi varun vaahaka nuliye bala

  5. naaf says:
    December 2, 2017 at 11:07 am

    story vr salhi

Comments are closed.



All Right Reserved!