“އަހަރެމެންގެ ނައިނާ ހާދަ އުފާވެފައޭ ދޯ….. ފިރިމީހާ އައީމަތަ؟؟” ޒުހާ ފުރަތަމަވެސް އައިސް ހީވީ ނައިނާ ނޮޅާ ކާލަފާނެހެންނެވެ. އެކި އެކި ވާހަކަދައްކަމުން ދިޔައީ އައިޒަން އާއި ނައިނާ ގުޅުވައިގެންނެވެ. “ދެން ޒުހާ…..” ތުން އޫކޮށްލާފައި ނައިނާ އެހެން ބުނުމުން އެންމެންވެސް ހޭންފެށިއެވެ. ސިޓިންގްރޫމްގައި ހަތަރު މީހުން މަޖާނަގަމުން ދިޔައެވެ. ޒާހިދާ އެމީހުން ކާލާނެ އެއްޗެއްވެސް ގެނެސްދިނެވެ. އެންމެންގެ މެދުގައި ދެކެވެމުން ދިޔައީ އޮފީސް ހުޅުވުމާއި ބެހޭ ވާހަކަތަކެވެ. އައިޒަން ޒުހާއަށާއި ނައިނާއަށްވެސް އެތަނުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނެވެ. ނަމަވެސް އެމީހުންނަށް އެތަނުގައި އެކަށީގެންވާ ވަޒީފާއެއް ނުހުންނާނޭ ޒުހާ ބުނީ ދެމީހުންވެސް ކިޔެވީ ޓީޒިންގެ ދާއިރާއިންކަމަށް ވީތީއެވެ. “ވަރަށް އަގުހެޔޮކޮށް މިކޮޅުގައި ފެށި ކޯސްތަކެއް ދޯ ޓީޗިން ކޯސް އެއީ…. އަހަރެމެން ދިހައެއްނިންމި ގޮތަށް އޭގައި ބައިވެރިވީ… ޑިގްރީވެސް ނިންމާލެވުނީ އެހެންވެ އެހާ އަވަހަށް… އަތޮޅުގެ އެކި ދިމާ ދިމާއިން އައިސް މުޅި އުނގޫފާރު އެދުވަސްކޮޅު ފުރި ބާރުވި….” ޒުހާ އެދެމީހުންނަށް ލިބުނު ފުރުސަތުގެ ވާހަކަ ކިޔައިދިނެވެ.
ދެދުވަސް ފަހުން ބޭއްވުނު ރަސްމިއްޔާތަށް އައިޒަން ތައްޔާރުވެގެން ދިޔައީ ނައިނާ ނުދާނަމޭ ބުނުމުންނެވެ. ނައިނާގެ ސަބަބުން އެހެން މީހަކަށް އެ ގުޅުމާއި މެދު ސުވާލު އުފެދިދާނެތީއެވެ. ނައިނާ ފޫހިކަމާއި އެކު ގެއިން ބޭރަށް ނިކުމެ ފިހާރަޔަކަށް ދާން މިޝްރާބު ޖެހީ ކޮންމެވެސް ކަހަލަ ލުއިކާނާ އެއްޗެއް ކާލާހިތްވީމައެވެ. އައިމަގުމަތީ އޭނާއަށް ފަހަތުން މީހެއްގެ ހިލަންވެގެން ދެތިން ފަހަރަކު ފަސް އެނބުރި ބަލާލިނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. ނައިނާ ލަސްފިޔަވަޅުތަކެއްގައި ގޭ މަގަށް އަޅާލިވަގުތު އަނެއްކާވެސް އެ އަޑު އިވުނެވެ. ފަސްއެނބުރި ފަސްދީފައި އައި އަނދިރިގަނޑަށް ބަލާލެވުނުއިރު އެތަނުން ސޫރައެއް ފާޅުވިއެވެ. ނައިނާ ފަހަތަށް ޖެހިލިއެވެ. އެމީހާގެ ސޫރާ ރަނގަޅަށް ފެނުމާއި އެކު ނައިނާ ދިޔައީ ތަރިބުރައިގެންނެވެ. ގަތް ބިރުން ދުއްވައިގަންނަން އުޅެނެއްކަމަކު އެ ހިތްވަރެއް ނުލިބުނެވެ. ނައިނާ ކަޅި ޖަހާލުމެއްނެތި އެދިމާ ބަލަންހުރެފައި ބިރުން ތިރިވެ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އޭނާ އޭރު ތުރުތުރު އަޅައެވެ. އިރުގަނޑަކު އެހެން އިނދެފައި ނައިނާ މުޅިތަނަށް ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ފުން ނޭވައެއް ލާ ހަމަޖެހިލުމަށްފަހު ނައިނާ ގެއަށް ދިޔައީ އެއީ ހީވި ހީވުމަކަށް ހިތާފައެވެ.
ނައިނާ ގެޔަށް ވަތް މަންޒަރު ބަލަން ދުރުގައި އެމީހާ ހުރިއިރު އެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ފަޅާފައި ހުރި ތުނބުޅީގައި އަތް ހާކާލާފައި އޭނާ އެތަނުން ހިނގައިގަތެވެ.
…….
ނައިނާ ގޭތެރެއަށް ވަދެފައި ދެންމެ އެ ހިނގި ހާދިސާއާއި މެދު ވިސްނާލިއެވެ. ނަމަވެސް ދެވަނަ ފަހަރު އެމީހާ ނުފެނުމުން އެއީ ނައިނާއަށް ހީވި އެއްޗެކޭ ބުނެ ހިތަށް ވިސްނައިދެމުން ދިޔައެވެ. ނަމަވެސް އެހިތުގައި މީގެ އަހަރުތަކެއްގެ ހިތި ހަނދާންތަށް އާވާން ފެށުމުން ބޮލުގައި ރިއްސައިގަތެވެ. އެނދަށް އެރިގޮތަށް ނިދުނީ ބޮލަށް ބަރުވެގެންނެވެ.
…
އައިޒަން އާއިރު 1 ވެސް ޖަހާ ބޮޑުވެއްޖެއެވެ. މަޑި ފިޔަވަޅުތަކެއްގައި އޭނާ އައިސް ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން އެނދަށް އެރިއެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އައި މީހުން ވަގުތުން ފުރުވާލާފައި އޭނާ އެނބުރި އައީ ފުރިހަމަ ރަސްމިއްޔާތެއް ނިމި މާދަމާގެ އިރާއި އެކު އޮފީސް ހިންގުމުގެ ފެށޭނެކަމގެ އުއްމީދުގައެވެ. ލޯބިގޮތަކަށް ނިދާފައި އޮތް ނައިނާ ކުއްލިއަކަށް އުނދަގޫތަކެއްވެގެން އުޅޭހެން ހީވާން ފެށުމުން އައިޒަން ނައިނާގެ ގައިގާ އަތްލިއެވެ. ހަމައެވަގުތު ނައިނާ އަތް ދަމައިގަތެވެ. “ނޫން ނޫން ބައްޕަ ނޫން ޕްލީސް ތަދުވެޔޭ…” ނައިނާ ނިދީގައި އޮވެ އެހެން ބުނަމުންދިޔައިރު ދިޔައީ އެނބުރެމުންނެވެ. “ނޭނާ!! އޭތް ތެދުވެބަލަ.. އޭތް..” އައިޒަން ދެލޯ ބޮޑުކޮށްލާފައި ނައިނާއަށް ގޮވަން ފެށުމުން ޖެހި ކުއްލިއަކާއި އެކު އެނދުން ނައިނާއަށް ތެދުވެވުނެވެ. އޭނާގެ ދެލޯ ބޮޑުވެފައިވާއރު އޭނާ ހުރީ ދާހިއްލާފައެވެ. “ކިހިނެއްވީ ނޭނާ…؟؟؟” ކަންބޮޑުވެފައި އައިޒަން އެހެން އެހުމުން ނައިނާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އައިޒަން ނައިނާ އެ ދެއަތުތެރެއަށް ލާ ބޮނޑިކޮށްލާފައި ނިންދަވާލީ ވަރަށް ލޯބިންނެވެ.
…………
އަނެއްދުވަހު އެރި އިރާއި އެކު އައިޒަން ނިކުމެގެން ދިޔައީ އޮފީހުގެ ކަންތަށް ބަލައި ސުޕަވައިޒް ކުރުމަށެވެ. ފުރަތަމަ ދުވަސްކަމުން އެތަށް ވާހަކައެއް އޭނާ ދައްކަން ޖެހޭތީ އެކަމަށްހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ނައިނާވެސް ސުކޫލަށް ދިޔައެވެ. ޒުހާ ގެ އިންތިޒާރުގައި ނައިނާ އިންތަނާ ސިހުނީ ޒުހާ ދުވެފައި ކަހަލަ ގޮތަކަށް އައުމުންނެވެ. “ކިހިނެއްވީ؟” ދެލޯ ބޮޑުވެފައި ހުރި ޒުހާ ފެނި ނައިނާވެސް ބިރުގަތެވެ. ބޮޑުކަމެއްވީކަމަށް ހިތަށް އެރުމުން ހިތްބިރުގަތީ ރޭގެ ހަދިސާ ހަނދާންވުމުންނެވެ. ކިތަންމެ ފަހަރަކު ލޮލަށް ހީވި އެއްޗެކޭ ހިތަށްއެރިޔަސް އެ ހިތަށް ވަދެފައިވައި ބިރުވެރިކަން ނުފިލިއެވެ.
“ފަހުން ކިޔާނަން.. މިގަޑީގައި މިދަނީ ކުލާހަށް ދާން… ބްރޭކް ގަޑީގައި އަކުރަމް އަންނާނެ ދެމީހުން ބަލައި.. ބްރެކް ގަޑިއަށް މިއަދު އަހަރެންގެ ގެޔަށް ދާނީ..” އެއްފައްޗަކަށް ބަސްތަށް އަމުނާލާފައި ޒުހާ ދާން ހިނގައިގަތީ އޭނާ ކިޔަވައިދޭންޖެހޭ ކުލާހަށް ދާން ލަސްވުމުންނެވެ. ނަމަވެސް އަނެއްކާވެސް އަނބުރާލާފައި އައިސް ނައިނާއާއި ކުރިމަތިލިއެވެ. ނައިނާގެ ގައިގާ ބައްދާލުމުން ނައިނާވެސް ބައްދާލީ ވާނުވާގައި ހުރެއެވެ. ދެމީހުން ވަކިވީ ނައިނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފައްދާފައެވެ.
އިންތިޒާރުގެ ނިމުން އައީ ނައިނާ ބްރެކް ގަޑިއަށް ކުލާހެއް ނިންމާލާފައި އައުމުންނެވެ. ދެމީހުންވެސް ސުކޫލުން ބޭރަށް ނިކުތީ އެހެން ކުދިންގެ ފަހަތުންނެވެ. ވީގޮތް އޮޅުން ފިލުވަން ބޭނުންވިޔަސް ނައިނާ ހުރީ އަކުރަމް އަންނާނެ އިރަކަށެވެ. “ކީއްވެ މިއަދު ތިގެޔަށް ދަނީ؟ އެހެންޏާ ރެސްޓޯރެންޓުގައެއްނު ކަނީ…” ނައިނާގެ ސުވާލު އަމާޒުވިނަމަވެސް އެއަށް ޒުހާ ހުރީ ޖަވާބުދޭން ތައްޔާރަކަށް ނޫނެވެ. އަކުރަމް ހެނދުނު ގުޅާފައި ބުނި ވާހަކައަކުން ޒުހާވެސް ހީވީ ދެދުނިޔެ އެނބުރިގެން ދިޔަހެންނެވެ. އަކުރަމް އާއި ދިމާވީ ޒުހާމެންގެ ގެއިންނެވެ. ދޮރުމަތީ ދެމީހުން ތިބީ ނައިނާއަށް ފާޑަކަށް ބަލާށެވެ. “ވީގޮތެއް ބުނެބަލަ…” ނައިނާ އެހެން ބުނުމުން އަކުރަމް ކަރުކެހިލިއެވެ.
“ރޭގައި… އަހަރެންނަށް ފާލިހު ފެނުނު…” އަކުރެމް އެހެން ބުނުމާއި އެކު ނައިނާ އެނބުރުން އަރައިގަތެވެ. “ކީކޭ؟؟؟” ނައިނާ އެހެން ބުނުމުން އަކުރަމް ބޯ ޖަހާލިއެވެ. “އައިޒަން ގެ ކުންފުނީގެ ބައެއް މީހުންނާއި އެކު އޭނާ އައީ… އައިއްސަވެސް މާ ބޮޑަކަށް މީހުންނަކައިގެންނެއް ނޫޅޭ… އޭނާ ރޭ ފުރައިގެންވެސް ދިޔަ… ދެން އިނގުނީ ފާލިހު އަކީ އައިޒަން ކުންފުނީގެ ޕާރޓްނާއެއްކަން…” އަކުރަމް އޭނާއަށް އިނގޭ މިންވަރަށް ބުނެދިނުމުން ނައިނާއަށް ލިބުނު ސިހުމާއި އެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޒުހާ ނުހިފެއްޓިނަމަ ނައިނާ ވެއްޓުނީސްކަން ޔަޤީނެވެ. އަކުރަމްމެން ފާލިހުއަށް އެއްވެސް އިހްތިރާމެއްނުކުރެއެވެ. ފާލިހޭ ސީދާ ބުނީވެސް އޭނާގެ ހިތުގައި އެމީހާއަށް އެއްވެސް އިހްތިރާމެއްނެތްކަން އަންގާށެވެ. “ނާ!! ހަމަޖެހިބަލަ….” އަކުރަމް ނައިނާގެ ކޮނޑުގައި އަތްއަޅާލާފައި ބުންޏެވެ. “ރޭގައި…. ރޭ ގައި…” ނައިނާ އެހެން ބުނުމުން އަކުރަމް ބޯޖަހާލީ ކުރިއަށްދާށޭ ބުނަމުންނެވެ.
“ރޭގައި ފެނުނު… ފާލިހު ފެނުނު…” ނައިނާ އަވަސް ނޭވާތަކެއް ބޭރުކުރަމުން ދިޔައެވެ. އޭނާ ވަރަށް ބިރުގަނެއްޖެކަން ޒުހާއަށް އިނގުމުން ނައިނާގެ ގައިގާ ބައްދާލިއެވެ. އަކުރަމް އިތުރަށް އޮޅުންފިލުވަން ސުވާލުކުރިއެވެ. “ހީވިއެއްޗެއްކަމަށް ހިތަށް އަރާފައި ދިޔައީ ދެވަނަ ފަހަރަށް އޭނާ ނުފެނުނީމަ… އަހަރެންގެ ފަހަތުގައި ހުރި އޭނާ… އޭނާ އަށް ފެނުނޭ އަހަރެން.. އަކޫ އޭނާއަށް އަހަރެން ފެނުނޭ……” ނައިނާ ރޯންފެށުމުން ހަދާނެގޮތް ހުސްވެފައި ޒުހާމެން ތިއްބެވެ. ނައިނާ އަކުރަމް އާއި ދިމާލަށް އެހެން ބުނިގޮތުންވެސް ބިރުގަނެއްޖެކަން އެދެމީހުންނަށް އިނގުނެވެ. “އޭނާ އަނބުރާ އަންނާނެ… އަހަރެން….” ނައިނާ އަކުރަމް ގެ ގައިގާ ހިފަހައްޓަމުން އެހެން ބުނިއިރު އެދެލޮލުން ފެންނަނީ އެހީތެރިކަމަށް އެދި ސަލާން ޖަހާތަނެވެ. އޭނަ ރައްކާތެރިކުރުމަށް އެދެމުންދާކަހަލައެވެ. “ނާ… އަހަރެން ހުރިހާ ހިނދަކު އެކަކަށްވެސް ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް…. ކުރީފަހަރު ފަދައިން މިފަހަރުވެސް އަހަރެމެން ދެމީހުން މިތިބީ ނާ އާއި އެކު…” އަކުރަމް ނައިނާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. އެދެމީހުންގެ އޯގާތެރި ބަސްތަކުން ނައިނާ ހަމަޔަކަށް އެޅެންފެށިއެވެ. ބްރޭކް ގަޑި ނިމުނުކަން އެނގުނަސް ޒުހާ ހުރީ ދާކަށެއް ނޫނެވެ.
“އައިޒަން އަކަށް ނޭނގެ ދޯ ފާލިހް އަކީ ކާކުކަން އެހެންވެއެއްނު އެގޮތަށް… އަހަރެންނަށް ކަމެއް ކޮށްދެންޏާ ތިދެމީހުން އެކަން ސިއްރުކޮށްދީ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އައިޒަން ގެ އެ ދިރިއުޅުމަށް އެއްވެސް ގެއްލުމެއް ވާކަށް.. އަދި ހާއްސަކޮށް އޭނާގެ މަންމަ ގެ ކުންފުންޏަށް…. އައިޒަން އަށް މިކަން އެނގިއްޔާ ކަންތަށް ވަރަށް ގޯސްވާނެ…” ނައިނާ ހަމައަކަށް އެޅުމަށްފަހު ވާހަކަދެއްކިއެވެ. ޒުހާ އެކަމަށް ދެކޮޅު ހެދިއެއްކަމަކު ނައިނާ އާދޭސްކުރާތީ އެއްބަސްވެ އެކަމަށް ވައުދުވެސް ވިއެވެ. “ނާ ދާންވީނު ގެޔަށް…. އަހަރެން ދާނަން ހުރިހާ އެއްޗެހި ގެޔަށް ލައިދެން ސުކޫލް ނިންމާފައި…” ގަޑިއަށް ބަލާލަމުން ޒުހާ އެހެން ބުންޏެވެ. ނައިނާ އާއެކޭ ބުންޏެވެ. އަކުރަމް ނައިނާ ލައިދޭނަމޭ ބުނުމުން ޒުހާ އަވަސް ހިނގުމެއްގައި ސުކޫލާއި ދިމާލަށް ދިޔައީ ފިހާރައަކުން ކާލާނެ އެއްޗެއް ގަނެގެންނެވެ.
އަކުރަމް އާއި އެކު ނައިނާ މަޑުހިނގުމެއްގައި ގެޔާއި ދިމާލަށް ދިޔައިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަކުރަމް އޭނާއަށްކުރެވޭނެ ހުރިހާ ކަމެއް ކޮށްގެންވެސް ފާލިހު ކައިރިން ނައިނާ ސަލާމަތްކުރާނެއެވެ. ނައިނާ އަކީ އޭނާ ކޮއްކޮއެއް ފަދައިން ލޯބިވާ ރަހުމަތްތެރިއެއްގެ ގޮތަށް އިތުބާރު ކުރެވޭ އެންމެ ގާތް ރައްޓެއްސެވެ. އަކުރަމްގެ ދިރިއުޅުމުގައި ޒުހާ ހުރި ހަމައެކަނި ސަބަބަކީވެސް ނައިނާއެވެ. “ނާ! އަހަރެން ވައުދުވަން އަހަރެން ނާ އަށާއި މަންމައަށް އެއްވެސް ގެއްލުމެއްވިޔަކަ ނުދޭނަން…” އަކުރަމްގެ ޖުމްލައާއި އެކު އޭނާ ބޯޖަހާލީ ސަލާމަތުގެ އައްސޭރިއެއްގައި އޭނާ ހުރިކަމުގެ ޔަޤީންކަން ލިބުމުންނެވެ. ނައިނާ ގެ ގެއާއި ހަމައަށް އެރުމާއި އެކު އަކުރަމް ވަކިވެގެން ދިޔައީ ކައިގެން އަރާމް ކުރުމަށް އެދިފައެވެ.
ނައިނާގެ ވިސްނުމާއި ފިކުރު މުޅިންވެސް ވަނީ އެކަމުގައެވެ. ފާލިހު އާއި އައިޒަން ގެ އޮންނާނީ ކޮން ގުޅުމެއްބާއެވެ؟ އައިޒަން އަށް ފާލިހު އަކީ ކާކުކަން އެނގިއްޖެނަމަ ވާނީ ކީއްބާއެވެ؟ ފާލިހު އެނބުރި އައިއްސިއްޔާ ވާނީ ކީއްބާއެވެ؟ ހައްތަހާވެސް ބިރުގަންނަކަހަލަ ސުވާލެވެ. ފާޑަކަށް ހިނގާފައި ގޭގެތެރެއަށް ވަތް ނައިނާ ފެނި ޒާހިދާ އެދިމާލަށް ހިނގައިގަތެވެ. “ދަރިފުޅާ؟ މިގަޑީގައި ސުކޫލު….. ކިހިނެއްވީ؟؟” ފަރުވާތެރިކަމާއި އެކު ނައިނާގެ މޫނުގައިވާ އެއްޗެއް ކިޔާލި ޒާހިދާއަށް ވެގެން މިއުޅެނީ ކުޑަކަމެއް ނޫންކަން އެނގުނެވެ. ނައިނާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް ކިޔާލުމަށްފަހު ޒާހިދާ ކުރެންވެސް ވައުދުކުރުވީ އައިޒަން އަށް އެކަން ނާންގާށެވެ. އޭނާގެ ސަބަބުން އައިޒަން އަށާއި ކުންފުންޏަށް ގެއްލުމެއްވާކަށް ނޭދެއެވެ. ޒާހިދާ ނައިނާގެ ގައިގާ ބައްދައިގަތީ ފާޑަކަށް ބިރުންހުރެއެވެ. ނައިނާއަށް ގެއްލުމެއްވާކަށް އޭނާ ނޭދެއެވެ. އޭނަ ދިރިހުރުމުގެ ހަމައެކަނި ސަބަބަކީ ނައިނާއެވެ.
ޒާހިދާވެސް އައިޒަން ކައިރި އެވާހަކަ ބުނަން ފަސްޖެހުނީ އެމީހުންނަށް އެޅޭ އެންމެ ކަތިފިޔަވަޅަކުންވެސް އައިޒަންގެ އެ ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެތީއެވެ. ޒާހިދާ އާދޭސްކުރަން ފެށުމުން ނައިނާ އަރުތެރެއަށް އެއްޗެއްލާ ހައިވެފައިވާ ބަނޑު ފުރާލިއެވެ. ނުވިސްނުމަށް އެކަކު އަނެކަކު ކައިރި ބުނަމުން ދިޔައެއްކަމަކު ދެމީހުންގެ ސިކުނޑީގައިވެސް ވަނީ އެކަމެވެ.
…………
އެރި އިރާއިއެކު ފާލިހު ފޯނުން މީހަކަށް ގުޅާލިއެވެ. “މަ ބުނީ މަ ރޭގައި އުނގޫފާރަށް ދިޔައިން… އެ މަންޖެ ދެކުނިން… އެކަމް އޭނާ ދެވަނަ ފަހަރު ބަލާލުމުގެ ކުރިން މަ ދުރަށް ދިޔައިން.. ހިއެއްނުވެ އޭނާއަށް ރަނގަޅަށް ފެނުނުހެންނެއް…” ފާލިހު ބުނެލިއެވެ. އެއަށްފަހު ފޯނުގެ އަނެއްފަޅިން ވާހަކަދައްކަމުން ދިޔަ ޒުވާނާ ބުނި އެއްޗަކަށް ފާލިހު ހިނިގަނޑެއްޖަހާލިއެވެ. “ނޫނޭ އަދި ނުވޭ…. ސުހުދުގެ ލޯނު އަދާކޮށްދޭނަން އެކަމް މިހާރަކު ނޫން… ލަމްހާ ނިމެން އަހަރަކާއި ބައި އޮތީ… އެހެންވެ ލަމްހާ ކައިރިއަށް ފަހުއަހަރު ހޭދަކޮށްލަން މެލޭޝިޔާއަށް ދާން މިދަނީ އަންހެނުންނާއި އެކު… ތިކަންކުރެވޭނި އައިއްސަ… އެންމެ ރަނގަޅެއްނު…” ފަޅާފައި ހުރި ތުނބުޅީގައި އަތް ހާކަމުން ފާލިހު އެހެން ބުންޏެވެ. އޭނާގެ ތުންފަތްމަތީ ވަނީ ވިހަ ހިނިތުންވުމެކެވެ. އަހަރުތަކެއްފަހުން އޭނާއަށް އަނެއްކާވެސް އޭނާއަށް ގެއްލިފައިވާ މާވަހަރު ލިބުނުފަދައެވެ. ކުރީގެ ފަދައިން އަނެއްކާވެސް ގޭމެއް ކުޅެލާ ބިރުދައްކާލަން ހާދަމަޖާވާނޭ ފާލިހު ހިތަށްއެރިއެވެ. އެންމެފަހަރަކުވެސް އެ ހިތަށް އަރާ ނުބައި ހިޔާލުތަކުގައި ވަނީ އޭނާގެ ލޭ ހިނގާ އަމިއްލަ ދަރިފުޅުކަމެއްވެސް ވިސްނާނުލައެވެ.
އެ ހުރިހާ ވާހަކަތަށް އަޑުއަހަން ފާލިހު އަންހެނުން ފަހަތުގައި ހުރީ ބިރުވެރިކަމެއްގައެވެ. ފާލިހު ދެއްކި ވާހަކަތަށް އަޑުއިވި އޭގެން ނަގަންވީ މާނަވެސް މާރިޔާއަށް އިނގުނެވެ. އަނެއްކާވެސް ފާލިހު އެއުޅެނީ އެކުޅިގަނޑު ފަށާށެވެ. އެދެމައިންގެ ދިރިއުޅުން ހަލާކުކޮށްލާށެވެ. މާރިޔާގެ ދިރިއުޅުން ސުންނާފަތިކޮށްލެވުނުލެއް ކުޑަވެގެން އެކަމުން ހިތްނުފުރިގެން އެހެން އަންހެނަކާއި ލިބުނު ދަރިފުޅުގެވެސް ދިރިއުޅުން ހަލާކުކޮށްލީއެވެ. އެންމެންގެ ކުރިމަތީ ލޯބިވާ އަންހެނުންނޭ ކިޔާ ފަރިދެއްކިއެއްކަމަކު އެއަށްވުރެ ނުބައި ފިރިއެއް މިދުނިޔޭގައިވެސް ނުހުންނާނެއެވެ. ލޯބިން ފެށި އެ ކައިވެނީގެ ސަބަބުން ވެއްޓޭނީ ކިހާބޮޑު އަނދަވަޅަކަށްކަން މާރިޔާއަކަށް ކުރިއަކުން ނޭނގެއެވެ. އެނގުނުނަމަ ދުވަހަކުވެސް މިކަމެއްނުކުރީހެވެ. ނުބައީ އިންތިހާއަށެވެ. ފިރިއެކޭ ނުކިޔޭހެން ފާލިހުއަށް އިންސާނެކޭވެސް ނުކިޔޭނެއެވެ. މީހުންގެ ލާރިކައިގެން ދުނިޔޭގައި ލެއްވިހާ ނުބައިކަމެއްކުރަމުން އެ އަންނަނީ ނަރަކަޔަށް ބިރުވެރިވުމެއްނެތިއެވެ.
ފާލިހު ފަސްއެނބުރުނީ މާރިޔާ ފެންނާނެކަމަށްނޫނެވެ. މާރިޔާ ސިހިފައި ފަހަތަށް ޖެހިލިއެވެ. “ސައިބޯން އަންނަންވީނު…” ގަދަކަމުން ހިނިތުންވުމެއްދޭން މަސައްކަތްކުރަމުން މާރިޔާ ބުނެލިއެވެ. ފާލިހު ބާރުބާރަށް ހިނގައިގަނެފައި ދެއަތުން މާރިޔާ ގެ ކޮނޑުގައި ހިފައި ކޮށްޕާލިއެވެ. ތަޅުންގަނޑުމައްޗަށް މާރިޔާ ވެއްޓުމާއި އެކު ފާލިހު ގުދުވެ މާރިޔާގެ ދެކޮލުގައި ހިފައި ފިތާލިއެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާވެ ފައިބަންފަށައިފިއެވެ. “އަހަރެން ދައްކާވާހަކަ ސިއްރުން އަޑުއެހީތަ؟ އޭނ؟؟؟” ފާލިހު އަތަށް ބާރުލާފައި އެހެން ބުނުމުން މާރިޔާ ދެކޮޅަށް ބޯ ހަރަކާތްކުރަންފެށިއެވެ. ފާލިހުއަށް ވާނަމަ އޭނާ މަރައިވެސްލާނެކަން ޔަޤީނެވެ. ނަމަވެސް ހުންނަނީ އެދެމީހުންގެ ދަރިފުޅުގެ ހައްޤުޤައެވެ. ފާލިހުގެ ފުރަތަމަ ދަރިފުޅު ލަމްހާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެ ދަރިފުޅު ބަނޑުގައި އުފުލާއި ދުނިޔެއަށް އުފަންކުރި މަންމައަށް އެއްވެސް އިހްތިރާމެއް ޤަދަރެއް ފާލިހުނުކުރެއެވެ. ކުލުނޭ ކިޔާ އެއްޗެއް އެހިތުގައި ނުވެސް އޮންނަފަދައެވެ.
“މަގޭ ކޮންމެ ގަނޑެއްގަތަސް އަދި ކިތަންމެ ނުލަފާ ކަމެއްކުރިޔަސް ކަލެއަކަށް އެކަން ހުއްޓުވޭނެ ބާރެއް ނޯންނާނެ.. ހަނދާން ބަހައްޓާތި…” މާރިޔާ އަނެއްކާވެސް ތަށިމުށިމައްޗަށް ކޮށްޕާލާފައި ފާލިހު ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން ދިޔައެވެ. މާރިޔާ ކޮލުގައި ފިރުމާލަމުން ތެދުވިއެވެ. އަދި ކަރުނަތަށް ފޮހެލިއެވެ. ހިތުގައި ގަދަ އަޒުމެއް ކަނޑައެޅީ ފާލިހު ކުރަން އުޅޭކަމެއް ވިޔަ ނުދިނުމަށެވެ.
……………………..
ވަރުބަލިކަމާއި އެކު އެނދުމައްޗަށް ވެއްޓުނު އައިޒަންގެ ހަރަކާތްތަކަށް ބަލަން ނައިނާ އިނީ އަކުރަމް އަތުން މިއަދު ނެގި ލެޕްޓޮޕެއްގެ އެހީގައި ކުލާސް އެސައިމެންޓްތަކެއް ހަދާށެވެ. “ނޭނާ ލެޕްޓޮޕެއް ގަނެދެންވީ ތަ؟” ކުއްލިއަކަށް އައިޒަން ކުރި ސުވާލުން ނައިނާވެސް ދިޔައީ ސިހިގެންނެވެ. “ނޫން…” ނައިނާ އަވަސްއަވަހަށް އެހެން ބުނެލިއެވެ. “ނޫނެއްނޫން، ކިހާ އުނދަގޫ.. ޓީޗަރަކަށް ވެ ހުރެ ފުރަތަމަވެސް އަތުގައި އޮންނަން ޖެހޭ އެކަތި އެއީ ލެޕްޓޮޕް ނޫނީ ކޮމްޕިއުޓަރ… އަހަރެން ބޭނުމެއްނޫން އަހަރެންނަށް ދެވެން އޮތް އެއްޗެއް ނޭނާއަށް ނުދީ ހުންނާކަށް…” އައިޒަން ނައިނާއާއި މެދު ވިސްނާވަރު އެއިންވެސް ދޭހަވިއެވެ. ނައިނާ ޖަވާބެއް ނުދިނުމުން އައިޒަން ފޯނުން ރަނގަޅުވަރެއްގެ ލެޕްޓޮޕް ހުންނަ ފިހާރައެއް ހޯދާލިއެވެ. އަދި އޮންލައިންކޮށް އޯޑަރކުރިއެވެ. އެއަށްފަހު ފޯނު ނަގާ އައިޝަމްއަށް ގުޅާލިއެވެ.
“އަނހަ.. ދޮންބެ.. ކޮންކަމެއް ބޭނުންވެގެންތޯ ތި ގުޅުއްވާލީ…” އެހިލެއް ރީތިކަމުން އައިޝަމް އައިޒަންއަށް ޖެއްސުންކުރަނީކަން އެނގި އޭނާ ހޭންފެށިއެވެ. “އާނ ލެޕްޓޮޕަކަށް ދެންމެ އޯޑަރ ދިނިން… ޝާމްގެ ނަމްބަރު ދޮންބެ ޖެހީ.. އެހެންވީ އެ ގުޅާލީމަ އެއާއި ހަވާލުވެލާތި.. އަދި މިކޮޅަށް އަންނަ އެއްޗަކުން މިކޮޅަށް ފޮނުވާލާތި.؟ އެވަރުކަމެއް ވާނެތަ އަނެއްކާ؟؟” ކުރަންވީ ކަންތަށްބުނެދިނުމަށްފަހު އައިޒަން ފަހު ސުވާލުކޮށްލީ މަޖާވެލާފައެވެ. އެހުރިހާ އެއްޗެއް ކަނުލާ އަޑުއަހަން އިން ނައިނާ އަށްވެސް ހެވުނެވެ.
………..
ތިންދުވަސްތެރޭ ނައިނާއަށް އައިޒަންގެ ފަރާތުން އެ ހަދިޔާވެސް ލިބުނެވެ. އުފަލާއި އެކު އެކަން ގަބޫލުކުރުމަށްފަހު ނައިނާ އައިޒަންގެ ހިދުމަތުގައި އޭނާ އެދޭ ކޮންމެކަމެއް ފުއްދައިދެން ހުރީ ތައްޔާރަށެވެ. އައިޒަން ނައިނާއަށްޓަކައި ވާ ޤުރުބާނީ ދުވަހަކުވެސް އޭނާ ހަނދާންނުނެތޭނެއެވެ. ދުވަސް ހިނގާވަރަކަށް އައިޒަން މިކޮޅުން ފުރުމުގެ ދުވަސްވެސް ކައިރިވަނީއެވެ. އެކަމަށް އަމިއްލަ ނަފްސް އަނެއްކާވެސް ނައިނާ ތައްޔާރުކުރަމުންދިޔައެވެ. އައިޒަންގެ އިންތިޒާރުގައި އަބަދުވެސް ހުންނާނެކަމާއި ލޯބިވާވާހަކަ ތަކުރާރުކޮށް ބުނަމުންދިޔައެވެ. އައިޒަންވެސް ނައިނާ އެކޭ އެއްފަދައިން ދުލުންނާއި އަމަލުން އޭނާ ލޯބިވާ މިންވަރު ހާމަކުރަމުންދިޔައިރު އެދެމީހުން ހޭދަކުރަމުންދިޔައީ ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ.
“ސަމާލުވޭ!! އޭނާ އަންނާނެ… ސަމާލުވޭ…” ފޯނަށް އައި މެސެޖް ކިޔާލުމަށްފަހު ނައިނާ އެނަމްބަރު ބްލޮކް ކޮށްލީ އައިސްފައި ހުރި ރުޅިންނެވެ. މިހާރު އެ މެސެޖެއް އަންނަތާ އެތަށް ދުވަހެއްވެއްޖެއެވެ. ގުޅީމަ ފޯނެއްވެސް ނަގަނީކީނޫނެވެ. އެ ނޫން އެއްޗެއް ލިޔާކަށްވެސް އިނގެނީކީނޫނެވެ. ދެން އިތުރަކަށް މެސެޖެއްނުކުރެވޭނެތާއެވެ. އެ މެސެޖަކާއި ހެދި އޭނާ ހާދަބިރެއްވެސް ގަތެވެ. އޭނާ ހިތުލައިގެންހުރީ ފާލިހުގެ ކަމެއްކަމަށް ނަމަވެސް މާ ގިނައިން ތަކުރާރުކޮށް އެ އަންނާތީ މީހަކު ކުރާ ޖެއްސުމެއްކަމަށް އޭނާ ނިންމީއެވެ.
………………..
ލަހުފާއާއި އިތުރު އެހެން މުއައްޒަފުން އައުންވެގެން ދިޔައީ އެ އޮފީސް އިތުރަށް ހިންގާ ކުރިއެރުމެއްލިބުނު ފުރުސަތަކަށެވެ. އައިޒަން ފުރަން ދާން ދެދުވަސް އޮތް އިރު ގޭގައި އަނެއްކާވެސް ހަދިޔާ ހެދުމުގެ މަސައްކަތްތަށް ފެށިގެންދިޔައެވެ. “މަންމާ! ތި ހުރިހާ އެއްޗެއް ގެންދާނީވެސް ކިހިނެއް؟؟ އެކޮޅަށް ގެންދިޔަސް ބަނޑުކެއުމަކަށް ކައިގެން ހުސްކުރަނީ މިއުޅޭ ޝާމް… ދެވަނަ ދުވަހު ބަލާލާއިރު އިންނާނީ ހުސް ދަޅު…” ކުޑަކުއްޖަކު މަންމަ ކައިރި ޝަކުވާކުރާ ފަދައިން އައިޒަންވެސް ޒާހިދާ ކައިރި ޝަކުވާކޮށްލިއެވެ.
“އެހެންވިއްޔާ ދެކުދިންނަށް ވަކިން އަޅަންވީ ދޯ؟ އޭރުން ދަރިފުޅު ކާންވެސް ވަކިން ހުންނާނެއެއްނު.. އާނ އަދި މަންމަ މި ވިސްނަނީ އައިޒަން މިކޮޅުގައި ބައެއް އަންނައުނު ބަހައްޓާފައި ދާން… ތިހެން އައިސްއުޅޭއިރު އަތަށްވެސް ލުއިވާނެއްނު…” ޒާހިދާ ދިން ދެހިޔާލުވެސް އައިޒަންއަށް ކަމުދިޔައެވެ. ޒާހިދާގެ ގައިގާ ކުޑަކޮށް ބައްދާލާފައި އޭނާއަށް އެހާ ރަނގަޅަށް ކަންތަށްކޮށްދޭތީ ޝުކުރުއަދާކުރިއެވެ. “މަންމަ ލިބުނީމަ މި އިނގުނީ މަންމައަކު ކައިރި އަބަދު ތިހެން ހުންނައިރު ކުރާ އިހްސާސް.. އެއްވެސް ކަމަކާ ނުޖެހޭ ވިސްނާ ހާސްވާކަށް…. ބަނޑު ފުރާލައިގެން ހިތްހަމަޖެހިގެން ކެވޭއިރު ހަމަ އެހާ ހިތްހަމަޖެހިލައިގެން އުޅެވޭ…” އައިޒަން ބުނި ބަހުގެ މާނަ ޒާހިދާއަށް ރަނގަޅަށްވެސް ވިސްނުނެވެ. ޝާމިރާގެ ފަރުވާކުޑަކަން އެކަމުންވެސް ފާހަގަވިއެވެ.
“އަޅެ މަންމާ ނައިނާ ކޮބާތަ؟ ހޭލީންސުރެ ނުދެކެން.. އަދިވެސް އެމީހުން ބަލައިގޮސް ނާދޭތަ؟؟؟” އައިޒަން ގޮނޑިއަށް އެއްލިގަނެފައި އެހެން ބުނީ ހެނދު ހޭލީންސުރެ ނައިނާ ނުފެނުނީމައެވެ. ބަންދު ދުވަހަކަށްވުމުން ސުކޫލަށް ނުދާނޭ ހިތާ އައިޒަން ހުރީ ނައިނާ އާއި އެކު ހެނދުނު ބުރެއްޖަހާލަން ދާން ވިސްނައިގެންނެވެ. އެކަންވެސް ފަނިވީ ނައިނާ ހަދިޔާތަށް ހަދަން މީހުން ބަލައިދާންޖެހުނީމައެވެ. “ސާބަހޭ އައިޒާނޫ…. އަދި ނެތެއްނޫންތަ ނައިނާ ނުފެނިފައެއް..” ލަހުފާ ގެ އަޑަށް އައިޒަން ސިހިފައި އެދިމާ ބަލާލިއިރު ނައިނާވެސް އެތާ ހުއްޓެވެ. އައިޒަންއާއި ދިމާ ބަލައިލާފައި ޕިސް ޕިސް ޖަހާލުމުން އައިޒަން އަނގަޔަށް ގޮތެއް ހަދާލިއެވެ.
“މީ ވަރަށް މަޖާ ކަމެއް ދޯ؟ އެންމެން އެއްވެހަދިޔާ ހެދުން.. މާލޭގައި ކުރިޔަކަސް އަހަރެމެންނަކަށް ނުފެނެ ދޯ އައިޒަން؟” ލަހުފާ އައިޒަންއަށް ދޯ އެއްލާފައި އެހެން ބުނީ ޒާހިދާ ކުރަމުން ދިޔަ ކަންތަށްތަކަށް އަތްގާތްކޮށްދެމުންނެވެ. ނައިނާވެސް ފިޔާ ތަށްޓަކައި އަޅައިގެން އައިސް އައިޒަން ކައިރި އިށީނދެލިއެވެ. “ލައްކޮ ދެން މެރީ ކުރަނީ ކޮންއިރަކުތަ؟ އެދުވަހެއް އަންނާނެތަ؟؟” އައިޒަން އެވާހަކަ ފެށުމުން ލަހުފާ ޕަކަޕަކަ ލާފައި ހޭންފެށިއެވެ. އެކަމާއިހެދި ޒާހިދާމެންނަށްވެސް ހެވުނެވެ.
“ހޭންތަވީ؟ ދައްތަވެސް ހައިރާންވި ދެމީހުންގެ ގުޅުމަށް 5 އަހަރުވެއްޖެޔޭ ބުނީމަ… މިހާރު ތިތިބީ ކައިވެންޏަށް ރަނގަޅަވެސް ތައްޔާރުވެފައި..” ޒާހިދާ ބުނި ބަހަށް އައިޒަންވެސް އެއްބަސްވީ އޭނާވެސް އެންމެ ގާތް ދެ އެކުވެރިންގެ ކައިވެންޏަށް ކުރާ އިންތިޒާރު ދިގު ކުރަން ނޭދޭތީއެވެ. “ތިކަމާ އެބަ ވިސްނަން.. އެކަމް ދެން ވާނީ މާލެ ގޮއްސައެއްނު.. މިކޮޅުގައި އަހަރަކާއި ބައި ހަމަކުރަން ޖެހޭނެކަންނޭގެ… އަސްލު އައިޒަންގެ މަންމަ އެ ހުޅުވާލީ ވަރަށް ރަނގަޅު ފުރުސަތެއް.. އާ މަހައުލެއްގައި އާ ބަޔަކާއި އެކު މަސައްކަތް ކުރުމަކީ ހާދަ މަޖާ ކަމެކޭ… އަހަރެން ގައިމުވެސް ވަރަށް މަޖާކުރަން…” ލަހުފާ ފެށި ވާހަކަ ނިމިގެން ދިޔައީ ޝާމިރާގެ ވާހަކައިންނެވެ. ނައިނާއަށް އައިޒަން ގެ ހެވި ދިއްލިފައިވާ މޫނަށް ބަލައިލެވުނެވެ. އައިޒަން ގެ މަންމަ އޭނާ ކައިރިން ވަރިވާން އެދިއްޖެނަމަ އައިޒަން ހަދާނީ ކީއްބާއެވެ؟ ނައިނާގެ އަތުގައި ހިފައި ލޯބިވާ މަންމަ އެއްލާލާނީހެއްޔެވެ؟ ނުވަތަ މަންމަގެ އަތުގައި ހިފައި އަލަތު ލޯބި ދޫކޮށްލާނީހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.






Salaam ?
Kudakh mistakes huredhaane inge sorry for that.
And ya I’m writing a new story, its interesting and also unique I mean for me of course. And I enjoy writing it.. So its about a guy who is half jin but lives like a human. With his parents enjoying his life studying working. He lives as a normal human even tho he got some powers. And the special one is mind reading power cx of which he meets his love. And its goes like this. The things he gonna face living as a half human how he going to work on his love life how he going to save her from the enemies (jins) how he tries his best and manages to live with her. There will come his past his grandparents who r jins as well. Its just a hiyaaly vaahaka the things happening in it might not be true. Its biruveri aswell so its going to be fun and I’m excited too but I will up it maybe after writing some parts. Hope you guys will love and support it like the other ones.
Thankyu ❤
Korean series I HEAR YOUR VOICE aa thankolheh vahtharu thi kiyaa dhin gothun.?. But I’m interested to read it n I’m sure your story will be different from that. Good luck. ?? waiting for that story ?
Yes yes!! I got this idea from it but its going to be different ingey just that power only ?❤.thankyu ❤
Twilight ga ves vaakahala gotheh ?
But Edward can’t read bellas mind dhw ?
Yey me first… V reethi mi part ves
Thankyuuu ?❤
Woww.. Varah salhi mi part.. Love this story.. Good luck n waiting for the next part ??
Thankyu ?❤
Wow nice bt me story nunimmantha and lam nd neyna sis dhw faalih haada gohey
Adhi kiriyaa story mi feshuny ey darl lots gonna happen ??
Thankyu ❤
Mi story ninmaafa tha thi story up kuraany.. varah curious veyy eba thi story eh kiyaalan.. hihi.. btw mi story vx hama habbu.. ??
Maybe nuninmavx story liyeveygothakun ingeyny cx have to give time for both the stories nu ? but I’ll try to write it and up it soon inge.. Thankyu ❤
V.nice???? interesting
Thankyuu ?❤
Yo ryn.long time no see.i read all of your stories but the thing is m too busy ?miss commenting on all of the episodes of your stories but sorry for not commenting regularly on this story.miss you.hope to meet you one day.i guess we will be good frnds.lol.you are not in maldives dho?tell na.where you live.we may meet ennu hama?
Alhe miss ur comments ? and miss u and ya not in Maldives ? Text me page ah? Eyruhnu ? And I’m sure we can be real good friend ❤❤
Alhey ryyn.i dont use fb ey ?dhen neiytha dhimaa vaane gotheh ????
Aye! u on anything else??
Instagram ??and snap
Aanhaa same.
Gimmi id ?
alhey.. kiyaa ithun indha ey nimenyy.. kihinw baa dhw aixan hadhaany :O
anyways vrh rythi ingey mi part vs.. waiting 🙂
Mi bai ves varah reethi.. so much of drama will happen soon right? Cant wait for it..???
I am waiting to read ur new story … and this story is very nice …. please new story avahah up kohdhdheythi please
Avahah up kohdhdheythiii … i am waiting for ur new story …. korean boy akaa grl eh cover page ah lahchchey korean handsome boy eh hehe????
Alheyy..Luv uh stories ryn ??
Ahy v.beynun ryn aa frnd velan..???
Luv ur stories…??
Bt Fb akah nuvannan??