Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (11)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 23, 2017 8 Mins Read
9 Comments

ދެމީހުން ނައިނާއަށް ގޮވަމުން ކުރިއަށް ފިޔަވަޅުތަށް އަޅަމުން ދިޔައެވެ. ޖިނާހް އާއި އައިޒަން ހިތްވަރު އެލުވާލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަނަމަވެސް ދާނެ ވަކި މަންޒިލެއް އެމީހުންނަކަށް ނޭނގެއެވެ. ގަސްބޯ މި ޖަންގަލީގެ ތެރޭގައި ނައިނާ ވެއްޖެއްޔާ އުޅޭނީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟ އެހެން ހިތަށް އެރިއަސް އައިޒަންގެ ގައިން ހީބިހި ނަގައިގެންދެއެވެ. ހިތުގައި ވޭން އަޅައެވެ. އައިޒަން ހިސާބަކަށް ގޮސް ހުއްޓުން އެރީ ހިކި ފަތްތަށް މައްޗަށް ވެއްޓި އޮތް ނައިނާ ފެނިފައެވެ. ވަރަށް ދުރުން ފެނުނެއްކަމަކު އެއީ އޭނާގެ ނައިނާކަން އޭނާއަށް ޔަޤީންވުމުން ހުރި ބާރެއްލާފައި އެދިމާލަށް ދުއްވައިގަތެވެ. ޖިނާހްވެސް ފަހަތުން ދުއްވައިގަތެވެ. އެމީހުން އެހިސާބަށް އެރުމާއި އެކު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ނައިނާ އޮތް ގޮތް ފެނި އައިޒަން ގެ ހިތަށް ތަދުވިއެވެ. ވަގުތުން ނައިނާގެ އަތުތެރެއަށް ލާފައި ގޮވަން ފެށިއެވެ. ނަމަވެސް ނައިނާ އޮތީ ހޭނެތިފައިކަން އެނގުނު ހިނދު އެމީހުން ދާން ހިނގައިގަތެވެ. “އެއޮތީ…. އެ….އޮތީ….” ޖިނާހް ކުއްލިއަކަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނުމުން އައިޒަން އަށް ހުއްޓެވުނެވެ. ޖިނާހް ގެ އަޑުގައި މަޑު ތުރު ތުރެއް ހުއްޓެވެ. ޖިނާހް އަށް އިތުރު ތަފްސީލެއް ދޭކަށް ނުޖެހުނެވެ. އައިޒަން އަށް ވެސް އެ ފެނި ބިރުގަތެވެ.

ނައިނާ ވެއްޓިފައި އޮތްތާ އޮތީ މީހެއްގެ ބޮލުގެ ނާށިގަނޑެވެ. އަދި އެހެނިހެން ބައެއް ހަށިގަނޑުގެ ކަށިތަށް ވެސް ހުއްޓެވެ. ޒާހިދާ އެ ބުނި ބަހުގައި ކިހާ ބޮޑު ތެދެއްވާކަން އެދެމީހުންނަށް އިހްސާސްވުމާއި އެކު ހަލުވި  ހިނގުމެއްގައި އައިކޮޅަށް ދާންފެށިއެވެ. ޖިނާހް އައި މަގުމަތީ މަގު ފާހަގަ ކުރުމުގެ ގޮތުން އައީ ގަސްތަކުގައި، ފާހަގަވަނެހެން ގާބުރިއަކުން ނިޝާނެއް ހަދަމުންނެވެ. އެ ގަސްބޯ ޖަންގަލިން ފަސޭހަކަމާއި އެކު ނިކުމެވުނު ހަމައެކަނި ސަބަބަކީވެސް އެއީއެވެ.

އައިޒަން ގެ އަތުގައި އޮތް ނައިނާ ފެނި ޒާހިދާއަށް ރޮއެގަނެވުނެވެ. އައިޒަން އަވަހަށް ބެލީ ނައިނާ ހޭއެރުވޭތޯއެވެ. ނައިނާ ފެނިއްޖެކަން އަންގައިގެން ލަހުފާމެން އާއިރު އެ އެންމެން ތެރޭ ހުރި ހުދާ ދަތްކުނޑި ވިކާލިއެވެ. ނައިނާ އަކީ ހަދަހާ ނަސީބުގަދަ ކުއްޖެކެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތަށް ބިރުވެރިކަން ވަނީ ނައިނާ އެމީހުންކައިރި ތެދަށް ބުނެފާނެތީއެވެ. ދެތިންފަހަރު މަތިން މޫނުމައްޗަށް ފެންފޮދެއް ބުރުވާލުމުން ނައިނާ ދެލޯ ތަޅުވާލިއެވެ. އެއަށްފަހު ދެލޯ ކުއްލިއަކަށް ހުޅުވާލިއިރު އޭނާގެ ދެލޮލުގައިވި ސިހުމާއި ބިރުވެރިކަމުން އެންމެންނަށްވެސް އުނދަގޫކުރުވިއެވެ. ނައިނާ މުޅިތަނަށް ނަޒަރު ހިންގަމުންދިޔައެވެ. “ނައިނާ..!! އޭތް.. ކިހިނެއްތަ ވީ؟؟ ބުނެބަލަ….” އައިޒަން ގެ އަޑަށް ނައިނާ އެދިމާ ބަލައިލެވުނެވެ. އެ ސޫރަ ދެން ނުފެންނާނޭ އެތަށް ފަހަރު އޭނާ ހިތަށް އެރިއެވެ. ނަމަވެސް މާތް ﷲ ގެ ހަޟްރަތުން އޭނާ އެ  ބިރުވެރިކަމުން ސަލާމަތްވެއްޖެއެވެ. ނައިނާ އައިޒަންގެ ގައިގާ އޮޅުލައިގަތެވެ.

“ދަރިފުޅާ ބުނެބަލަ ކީއްވެތަ އެތަނަށް ދިޔައި؟؟” ޒާހިދާ އެހިއެވެ. ނައިނާ އެއްޗެއް ނުބުނެ އެ އިންގޮތަށް އިނުމުން އިތުރަށް ސުވާލު ނުކުރަން އެންމެންވެސް ނިންމިއެވެ. ނައިނާ އައިޒަން ކައިރި ބަހައްޓާފައި އެންމެން އަނެއްކާވެސް ރުޖޫއަވީ މަޖާ މޮޑޭށެވެ. “އަހަރެން ދިޔައިރު ނައިނާ އޮތީ ހޭނެތިފައި…. ކިހިނެއްވީ އަސްލު…” އައިޒަން ސުވާލުކުރިއެވެ. ނައިނާ އޭރު އިނީ އައިޒަންގެ ކޮނޑުގައި ބޯ އަޅައިގެން ގަހެއްގައި ލައްގަނެގެންނެވެ. “އެތާ… އެތާ މީހެއްގެ ކަށިތަށް….. ވަރަށް ބިރުގަތް ޒަން.. އެއަށްފަހު ވީގޮތެއް ނޭނގެ…” ނައިނާ އަށް އެ މަންޒަރު އަދިވެސް ސިފަވާކަހަލައެވެ. ހުދާ އޭނާ އެތަނަށް ގެންދިޔައީ އޭ އެތަކެއް ފަހަރު ބުނަން ބޭނުންވިއެއްކަމަކު ނައިނާ އިނީ ހިމޭނުންނެވެ.

ނައިނާގެ ބިރުފިލައި އަނެއްކާވެސް ކުޅުމުގައި ބައިވެރިވީ ލަހުފާމެންގެ ސަބަބުންނެވެ. އެންމެން އެއްފަހަރާ މޫދަށް އެރުމުން ނައިނާވެސް އައިޒަންގެ އަތުގައި ހިފައިގެން ދިޔައެވެ. ނައިނާ ފައިޖެހޭ ހިސާބުގައި ލޮނުގަނޑާއި ކުޅެންހުރުމުން އައިޒަންވެސް ނައިނާ ކައިރި ހުރީ ނައިނާ އަށް އަނެއްކާވެސް ކަމެއްވެދާނޭ ހިތަށްއަރާފައެވެ. މާޔޫސްވެފައިވާ ހުދާ އިތުރަށް މިއަދު ކަމެއް ނުކުރަން ނިންމީ އެންމެން އޭނާއަށް ޝައްކުކޮށްފާނެތީއެވެ. މިއަދު ފުރުސަތު ލިބުނުހެން އަދިވެސް ލިބޭނެވިއްޔާއެވެ.

އެތަކެއް މަޖާ އަދި އުފާވެރި ހަނދާންތަކާއި އެކު ދޯންޏަށް އެންމެންވެސް އެރިއެވެ. ރާޅެއް ފެންނަން ނެތް އެ އޮމާން ކަނޑުގައި ދޯނި ދުއްވަމުން ދިޔައިރު އެ ފެންނަ މަންޒަރު ބަލާ ފޫހިނުވާނެއެވެ. އުނގޫފާރާއި ތަންކޮޅެއް ކައިރި އޮތް ރަށްތަށް ފެންނަ ގޮތް ވަރަށް ހިތްގައިމެވެ. ނޫ އުދަރެހާއި ފެހިކަން ގަދަ ރަށްތަށް ފެންނައިރު އެ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ހާމަވެއެވެ.

………………

ވަރުބަލިވެ މީހާ ލޮޑުވެފައި ހުއްޓެއްކަމަކު އައިޒަން ގޭގައި އިންނަ ބޮޑުއަށިމަތީ އިށީނދެ އިނީ ލެޕްޓޮޕުން އެއްޗެއް ލިޔާށެވެ. އެއީ މުހިއްމު އެއްޗެހިތަކަކަށްވުމުންނެވެ. މަންމަ އާއި ވިޔަފާރިވެރިޔާ ފާލިހް އާއި ގުޅޭ މި ލިޔުންތަށް ދެކެ ކިތަންމެ ފޫހިވިޔަސް ލިޔަން އިނީ މަންމަ ގެ އެދުމުގެ މަތިންނެވެ. އޭނާ ސިހުނީ ފޯނު ރިންގުވުމާއި އެކުގައެވެ. ނުދަންނަ ޓެލެފޯނު ނަމްބަރަކުން ގުޅާތީ އޭނާ ދެބުމަ ގޮށްޖަހާލާފައި ފޯނު ނެގިއެވެ. އެކޮޅުން އިވުނު އަޑާއި އެކު އައިޒަންގެ މޫޑު ހަރާބުވިއެވެ. ގުޅީ ދެވަނަ އެހެން މީހެއް ނޫނެވެ. ފާލިހުއެވެ. “ކޮން ރަށްތަކެއްގައިތަ އޮފީސް ހިންގަނީ…” އެތަކެއް ވާހަކަތަކެއް ދެއްކުމަށްފަހު ފާލިހު ސުވާލުކުރިއެވެ. “އާނ މި އުނގޫފާރާއި ކުޅުދުއްފުށްޓާއި ފުވައްމުލަކާއި ނައިފަރު… އެކަމް އަދި އުނގޫފާރުގެ ކަންތަށް ފަށައިގެން މިއުޅެނީ… މި އެންމެ އަވަހަށް ނިމޭނީ…” ފުޅާ ކޮށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް ގެ ވާހަކަ ފާލިހުއާއި ހިއްސާކުރަންޖެހުނީތީ ހިތްހަމަނުޖެހިފައި އިން އައިޒަންގެ ޖަވާބުވެސް ކުރެވެ.

“އުނގޫފަރުގައިވެސް؟؟ ތިތާ ކަންތަށް ރަނގަޅުތަ؟؟؟” ފާޑަކަށް ހުރެފައި ފާލިހު ކޮށްލި ސުވާލަކުން އައިޒަން ހުމްމް އަޅުވާލިއެވެ. އައިޒަން ހީކުރިގޮތާއި ހިލާފަށް މާ ގިނަވާހަކަތަކެއް ނުދައްކާ ފާލިހު ފޯނުކަނޑާލިއެވެ. އަޑުގައި ތަފާތު ކަމެއް އެކުލެވިފައިވުމުން އަނެއްކާ ކީއްވީބާއޭ އައިޒަން ހިތަށްއެރިއެވެ. ފާލިހު އަކީ ވިޔަފާރިވެރިއެއްކަމަކު އޭނާއަށް އައިޒަންއަށް އެއްވެސް އިތުބާރެއް އަދި އިހްތިރާމެއްނުކުރެއެވެ. ފާލިހު އަކީ ނަހަލާލުން ފައިސާ މީހުން އަތުން ނަގައި އެ ކުންފުނި ފުޅާކުރި މީހެކެވެ. އެވަރު ނުވެގެން އޭނާ ފައިސާގެ މައްސަލައެއްގައި ކޯޓުގެ އަމުރު ދަށުން އެކަން ބަލާ ފާސްކުރަން އެންގުމުންވެސް ފަސޭހަކަމާއި އެކު އެކަމުން އޭނާ ރެކިގަތީ ފައިސާގެ ބާރުގައެވެ. އެއީ އެންމެންނަށްވެސް އިނގޭ ވާހަކައެއް ނަމަވެސް ޝާމިރާ އެކަމެއް ގަބޫލެއްނުކުރިއެވެ. ދުވަސްވީ އެކުވެރިއާއި އޮންނަ ގުޅުން މިހާރު ވިޔަފާރީގެ ގޮތުންވެސް އެ ގުޅުވާލީ އެކަން ގަބޫލުނުކުރާތީ ނޫންހެއްޔެވެ؟

………

އައިޒަން ދާ ދުވަސް ކައިރިވަމުން ދިޔައިރު ޒާހިދާ ފޯރީގައި ދިޔައީ މާލެއަށް ފޮނުވާނެ ހަދިޔާ ހަދަމުންނެވެ. އެކި ވައްތަރުގެ ތެލުލި އެއްޗެހި ހަދަމުން ދިޔައިރު އައިޒަން ހުރީ ރަނގަޅަށްވެސް ހައިރާންވެފައެވެ. އަވައްޓެރިންނާއި އެކުވެރި އަންހެންވެރިން އެގެ ފުރާލައިގެން ތިބީ އެހީވެދޭށެވެ. މާލޭގައި މިއީ ވަރަށް ނުފެންނަ މަންޒަރެއް ކަމުން އައިޒަންގެ އިތުރަށް ލަހުފާއާއި ޖިނާހްވެސް ތިބީ އާޝޯހުވެފައެވެ. ޝާމިރާއަށްވެސް މި މަންޒަރުތަށް ފެންނަ ނަމަ އެ ހިތުގައިވާ އެއްޗެއް ފިލައިގެން ދާނެކަން ޔަޤީނެވެ.

ސުކޫލު ނިންމާފައި ޒުހާ އާއި ނައިނާ ވަކިވީ ހަނިގޯޅިއަކުން ލާފައި ދެބައިވާ ބޮޑު މަގުންނެވެ. ޒުހާ ކައިރި މިރޭ އައުމަށް އެދިފައި ނައިނާ އަވަސް ހިނގުމެއްގައި ހިނގަމުންދިޔައެވެ. އައިޒަން އާއި ކައިވެނި ކުރުމަށްފަހު ދެހަފްތާގެ ޗުއްޓީ ފުރިހަމަކޮށްފައި ނައިނާ އަނެއްކާވެސް ސުކޫލަށް ދާންފެށީ އައިޒަންގެ ހުއްދަ ލިބިގެންނެވެ.

“ހުރިތާ ހުރެވުނޭ މަގުކަންމަތީ ގޮސް އޮބާލިތަން ބަލަން…

ހުރިއިރު ހީވިޔޭ ފަސްއެނބުރި ދެން ހީލާ ބަލާނެހެން…”

ސިހިފައި ނައިނާ ފަސްއެނބުރުނީ އޭނާއަށް ވަރަށް ރީތި ލަވައެއްގެ އެ ބައި މީހަކު ކިޔާލުމުންނެވެ. ފަހަތުގައި ސޯއްޓުގެ ޖީބަށް ދެއަތް ޖަހާލައިގެން ހެވިދިއްލިފައި ހުރި އައިޒަން ފެނި ނައިނާ އަށް ހެވުނެވެ. ކަޅު ޓީޝާޓަކާއި ނޫ ސޯއްޓެއްގައި އައިޒަންގެ ކަސްރަތީ ހަށިގަނޑު ރީއްޗަށް ފާހަގަވަމުން ދިޔައިރު އަދިވެސް އެ ހިތް އައިޒަން ފެނިފައި ތެޅޭ ތެޅުމަށް ހުއްޓުމެއް ނާދެއެވެ. ކުރިއެކޭ އެއްފަދައިން އެ ފިރިހެންވަންތަ އަޑު އިވުމުން އޭނާއަށް އަދިވެސް ބަޔާންކުރަން ދަތި އިހްސާސްތަކެއް ވެއެވެ. ނައިނާ ގޮސް އައިޒަން ގެ ބާރުގަދަ މުލައްދަނޑީގައި އޮޅުލައިގަނެފައި ތުއިވެލިއެވެ. އަދި އެގޮތަށް ހުރެ ދެމީހުންވެސް ކުރިއަށް ފިޔަވަޅުތަށް އަޅަމުންދިޔައެވެ.

…….

އޭގެ އަނެއްދުވަހު އެމީހުން ދިޔައީ ކެޔޮމަށާ ތެލައްލުމުގެއެވެ. ފޯރީގައި އެ މަސައްކަތް ކުރިއަށް ދާތަން ބަލަން އައިޒަން އަށް ވެސް ނުހުރެވުނެވެ. އެމީހުންނާއި ބައިވެރިވެ ކޮންމެވެސް އެހީއެއް ފޯރުކޮށްދިނުމުގައި އޭނާވެސް އުޅުނެވެ. ސުކޫލު ނިމި ކުރަން ހުރި ހުރިހާ ކަމެއް ނިންމާފައި ނައިނާ ގެއަށްދިޔައެވެ. ދިޔައިރު ފެނުނު މަންޒަރުން ނައިނާއަށް ހެވުނެވެ. ހުރިހާ އަންހެންވެރިންގެ މެދުގައި އައިޒަން އާއި ޖިނާހް ކެޔޮމަށާތަން ފެނި ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަތަށްވުރެ ބޮޑު ކެޔޮތަށް އެ ގެންގުޅު ގޮތުން އިތުރަށް ހެވުނެވެ.

ފުރަން އޮތް ދުވަހެވެ. އެއްޗެހިތަށް ޕެކްކޮށްގެން އެކި އެކި އުފާވެރި ހަނދާންތަކަކާއި އެކު ލަހުފާއާއި ޖިނާހް އާއި އައިޒަން ބަނދަރަށް މިޝްރާބު ޖެހިއެވެ. އައިޒަންމެން ކުންފުނީގެ އަމިއްލަ ލޯންޗު އުނގޫފާރު ފަޅުތެރޭ ތައްޔާރުގައި އޮތެވެ. ކަރުނައި ލޮލަކާއި އެކު އައިޒަން އަށް ނައިނާ އަލްވަދާޢު ކިއެވެ. ހަމައެފަދައިން މަދު ދުވަސްކޮޅެއްގެތެރޭ ރަހުމަތްތެރިވި އެ ދެ އެކުވެރިންނާއި ސަލާމް ކޮށް އަލްވަދާޢު ކީ ވަރަށް ދެރަވެފައިހުރެއެވެ. ލޯންޗަށް އައިޒަން މެން އެރިތަނާހެން ނައިނާއަށް އައީ މެސެޖެކެވެ. “ވަރަށް ލޯބިވޭ… ދެރަނުވައްޗޭ އަދި ވަރަށް އަވަހަށް އަންނާނަން އިރާދަކުރެއްވިއްޔާ…” އައިޒަންގެ މެސެޖާއި އެކު މިލާމޯޅިވެފައިވާ ނައިނާގެ މޫނު އުޖާލާވިއެވެ.

 

………………………..

ދުވަހަކަށްވުރެ ދުވަހެއް ދެމީހުންގެ ލޯބި ދިޔައީ އިތުރުވަމުންނެވެ. ދުރުގައި ތިއްބެއްކަމަކު ކުޑަކޮށްވެސް އެ ލޯބި ފަނޑެއްނުވެއެވެ. ނައިނާގެ ހިތުގައި އެތަކެއް ޝަކުވާތަކެއް ފުނި ބާރުވަމުން ދިޔައެއްކަމަކު އެކަން ހިންދާލަނީ އައިޒަންއަށްޓަކައެވެ. އަބަދުވެސް ހިތަށް ވިސްނައިދެނީ އައިޒަންގެ އެ ދިރިއުޅުން މި ދިރިއުޅުމަށްވުރެ މުހިންމުވާނެކަމުގައެވެ. ބަރާބަރު ހަމަސްފަހުން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް އައިޒަން ގެ އިތުރަށް އޮފީހުގެ އިތުރު ބަޔަކު އުނގޫފާރަށް އައުމަށް ރޭވިނަމަވެސް އައިޒަން ފިޔަވާ ދެން ތިބި މީހުން ސީދާ ރަސްމިއްޔާތަށް އައުމަށް ހަމަޖެހިގެންދިޔައެވެ. ޝާމިރާ ތުން ފިއްތަ ފިއްތާފައި ދާން ދެކޮޅު ހެދުމުން ރަސްމިއްޔާތުގެ ހުރިހާ ކަމަކާއި ހަވާލުވެ ހުންނަން ޖެހުނީ އައިޒަންއެވެ.

އިފުރު އެއާޕޯޓުން މަދު މިނެޓްކޮޅެއްގެ ތެރޭގައި އުނގޫފާރަށް ޖެއްސި ލޯންޗުން ފޭބީ އައިޒަން އެކަންޏެވެ. އޭނާ ބަލައި އަކުރަމް ސައިކަލެއްގައި އިނެވެ. “ވަރަށް ބިޒީކޮށް އެންމެންވެސް އުޅެނީ އެހެންވެ އަހަރެން ބަލައި މިއައީ…” އަކުރަމް އޮޅުން ފިލުވައިދިނެވެ. އޭނާ ކުރިން މަސައްކަތް ކުރަމުން ދިޔައީ އުނގޫފާރު އޮފީހުގައި ނަމަވެސް ކެނޑުނީ އައިޒަންމެންގެ އޮފީހުން ރަނގަޅު ފުރުސަތެއް ލިބުމުންނެވެ. އޭނާވެސް އަވަދިނެތި އުޅުނީ ދެދުވަސްފަހުން އޮފީހުގެ ހޯލްތެރޭ ބޭއްވޭ ރަސްމިއްޔާތުގެ ތައްޔާރީތަކުގައެވެ. “އެ އޯކޭ ވާނެ… އަކްރަމްވެސް ވަރަށް ބިޒީކޮށްނު އުޅުނީ… އޮފީސް ދެތިން މީހަކު އަދި އަންނާނެ.. އެމީހުން ސީދާ އަންނާނީ ރަސްމިއްޔާތަށޭ ބުނީ.. އަދި ނިންމާފައި ދާނެކަމަށް….” ސައިކަލަށް އަރާ ހަމަޖެހިލާފައި އައިޒަން ބުންޏެވެ. “ވަރަށް ހިތްހަމަޖެހޭ އަތޮޅު ތެރެއިންނާއި ރަށުން ހޮވާލެވޭ ވަރުގެ ރަނގަޅު މުވައްޒަފުން ލިބުނީތީ.. އެކަން ވީ އަކުރަމް އާއި ހެދި… ތެންކްސް އިނގޭ… ދެން ލަހުފާގެ އިތުރަށް އެކޮޅުން މިކޮޅަށް ޓްރާންސްފަރ ކުރާ މުވައްޒަފުން އަންނާނެ މަސްދުވަސްތެރޭ..” އައިޒަން އިތުރު ކުރިއެވެ. ދެމީހުން ފުރަތަމަ ދުއްވާފައި ދިޔައީ އޮފީސް އިމާރާތަށެވެ.

“ނައިނާމެންގެ ގެ ހެދިއްޖެ ވަރަށް ފުރިހަމަ… ދެން އައިމަންމެން އެ އުޅޭ ގޭގައި އެހެން މީހުންނަށް ތިބެވޭނެއެއްނު.. ލަހުފާ ނައިނާމެންގެ ގޭގައި..؟” އަކުރަމް ހިޔާލެއް ދިނުމުން އައިޒަން އެއްބަސްވިއެވެ. އެއީ އޭނާވެސް ބޭނުންވިގޮތެވެ. ނައިނާ އޭ ބުނުމުން އޭނާ އެ ސޫރަ ދެކިލަން ކެތްމަދުވިއެވެ. ނައިނާއަށް މިއަދު އަންނަކަން އެނގުނަސް ގަޑިއެއް އޭނާއަކަށް ނޭނގޭނެއެވެ. ނަމަވެސް އައިޒަން ފުރަތަމަ އިސްކަން ދިނީ އޮފީހަށެވެ. އޮފީހުގެ ކަންތަށް ބަލައި ނިންމާފައި ގެއަށް ދެވުނީވެސް ވަރަށް ލަހުންނެވެ.

ނައިނާ މެންގެ ގޭ ކުރިމައްޗަށް ހުއްޓުނު ސައިކަލުން ފޭބި އައިޒަން ހުރީ ހައިރާންވެފައެވެ. މީގެ ހަމަސްކުރިން އޭނާ ދޫކޮށްފައި ދިޔަގެޔާއި މިގެއާއި ހާދަހާ ތަފާތެވެ. ބޮޑުކޮށް އަދި ފުޅާކޮށް ހަދާފައިހުރި މިގޭގެ ކުރިމަތީ ވަނީ ބަގީޗާ ހައްދާލާފައެވެ. އެއީ ޒާހިދާގެ މޮޅުކަމެވެ. މިރުސްގަހާއި އެކި އެކި މާގަސްތަކާއި ބަގީޗާ ގަސްތަކުން އެތަން ވަނީ ޖަރީ ކުރެވިފައެވެ. “ހާދަ ސަޅިއޭ… ޑިޒައިން ކުރިގެޔަށްވުރެވެސް ހީވޭ ފުރިހަމަހެން…” އައިޒަން އާގަމަވެފައި ހުރެ ވާހަކަދެއްކީ ސައިކަލުގައި އިން އަކުރަމްއަށެވެ.  އަކުރަމް އަށް ޝުކުރު އަދާކޮށްފައި އައިޒަން ގެޔަށްވަނެވެ. ފެންޑާގެ ބަދަލުގައި ހުރި ބޮޑު ސިޓިންގްރޫމްވެސް ނުލާހިކުރި ރީއްޗެވެ. މުޅިތާ ތަށިމުށިޖަހާފައި ވާއިރު ވިދަމުންދިޔައީ ޒާހިދާއާއި ނައިނާގެ ސާފުތާހިރުކަމެވެ.

އައިޒަން ސަލާމް ގޮވާލުމުން ޒާހިދާ ސަލާމް ބަލައިގަނެފައި ބަދިގެއިން ބޯ ދިއްކޮށްލިއެވެ. “އަނހަ…. ދަރިފުޅާ.. ވަދޭ ވަދޭ….” ޒާހިދާ އަވަސް އަވަހަށް އައިޒަން އެތެރެއަށް ވައްދާ އުޅުނީ އައިޒަން އަށް ކާންހަދާށެވެ. އައިޒަން ދިޔައީ ގޭގެ އެތަން މިތަން ބަލަމުންނެވެ. ބަދިގެވެސް ވަނީ ކައްކަން ފަސޭހަ ގޮތަކަށް ހަދާފައެވެ. ގޭގެ ހުރިހާ ފަރނީޗަރުގެ ކަންތަށް އައިޒަން ދޫކޮށްލީ ޒާހިދާމެންނަށެވެ. ފަރނީޗަރގެ ކުލައާއި ވައްތަރުވެސް އެހާ ރީތީ އެހެންވެކަންނޭނގެއެވެ.

ކުރީގައި އިންނަ ދެކޮޓަރީގެ ބަދަލަށް ހަތަރު ކޮޓަރި ހުންނައިރު އެއް ކޮޓަރި އަނެއްކޮޓަރިއާއި ކޮންމެވެސް ވަރަކަށްތަފާތެވެ. މިގެޔާއި މާލޭގައި އެހުންނަ ގެތަކާއި މިހާރު އަޅާކިޔޭވަރު ކަން ގައިމެވެ. އައިޒަން ހިތަށްވަރަށް ބޮޑު ތަސައްލީއެއްލިބުނީ މިވަރު ކަމެއް ލޯބިވާ ނައިނާއަށް ކޮށްދެވުނީތީއެވެ. “މަންމަ ނައިނާ ކޮބާތަ؟؟” އައިޒަން ދެޖީބަށް އަތް ޖަހާލައިގެން ހުރެ އެހެން ބުނީ ގޭގެ އެއްވެސް ދިމާލަކުން ނައިނާ ނުފެނުމުންނެވެ. ސުކޫލުވެސް މިހާރު ނިމުނުތާ އެތަށް އިރެކެވެ. “ވެއްޖެ ޒުހާއާއި އެކު ބޭރަށް ގޮސް އަދި ނާދޭ….. ކާން އިށީނދޭ..” ޒާހިދާ ކާން ތައްޔާރުކުރުމަށްފަހު އައިޒަން ގާތު ކާން ބުންޏެވެ. “މަންމަ ބޭނުންވަނީ ލަހުފާ މިގޭގައި ބަހައްޓަން.. ނައިނާވެސް ބުނެފި ލަހުފާ މިކޮޅަށް އަންނަ ވާހަކަ….”ޒާހިދާގެ ބަހަށް ފުރިހަމަ ގޮތުގައި ތާއިދުކުރަމުން އައިޒަން އެތަކެއް ފަހަރު ބޯޖަހާލީ އަނގަޔަށް ލޯ ބަތްކޮޅު ހުސްނުވުމުންނެވެ.

“ހަމަސް ފަހުން މަންމަގެ މީރު ކެއުން މިކެވުނީ.. ވަރަށް މިސްވިޔޭ މާލޭގައި..” އައިޒަން އެހެން ބުނުމުން ޒާހިދާއަށް ހެވުނެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ނައިނާ ހޭ އަޑު އިވޭތީ އައިޒަން އާއި ޒާހިދާ އެކަކު އަނެކަކަށް ބަލާލާފައި ނިއް އަރުވާލެވުނެވެ. “މަންމާ…!” ނައިނާ ހެވިފައިއެހެން ގޮވާލާފައި ބަދިގެއަށް ވަތް އިރު އައިޒަން ކާން އިނުމުން ގޮސް ކާން އަރާ އިށީނެވެ. “އިނގެޔޭ އައިކަން.. ބޮޑު ބޫޓެއް ދޮރުމަތީ ބަހައްޓާފައި ހުރީމަ އިނގޭ ތި ނޫން މީހެއް ނޫންކަން…” ނައިނާ ހުރިހާ ދަތްތަށް ފެންނަވަރަށް ހީލާފައި އެހެން ބުނުމުން އައިޒަންއަށްވެސް ހެވުނެވެ.

“ކޮންކަމަކާތަ ހެމުން ހެމުން ތިއައީ..؟؟” ޒާހިދަ ސުވާލުކުރުމަށްފަހު ނައިނާއަށް ބަތްކާން ތަށްޓެއް ދިއްކޮށްލިއެވެ. “މި އައިޒަން އައިކަން އިނގުނީމަ….” ނައިނާ އެހެން ބުނިއިރު އެ މޫނުމަތީވާ ހިނިތުންވުން އެނާގެ އުފާ ބަޔާންކޮށްދޭކަހަލައެވެ. އެތަކެއް ދުވަސްތަކެއް ފަހުން ނައިނާގެ މޫނު ފެނުމުން އައިޒަން އެ އިންގޮތަށް ބަލަން އިނެވެ. އިސްތަށިގަނޑު އައްސާލެވިފައިވާއިރު ކޮންމެވެސް ވަރަކަށް އެ ދޮންމޫނުން ދާތިކިތަށް ބަބުޅަމުންދިޔައެވެ.އާދައިގެ ގޮތަކަށް ނައިނާ ތައްޔާރުވެލައިގެއް ހުއްޓެއްކަމަކު މޮޑެލްއަކާ ދޫނުކުރެއެވެ. އެތަކެއް މޭކަޕްތަކަކުން ޖަރީވާ އެމީހުންނާއި ޤުދުރަތުން ފުރިގެންމިވާ އައިޒަންގެ ނައިނާއާއި ހާސްތަފާތެވެ.  ނައިނާ ޒާހިދާ އާއި ވާހަކަ ދައްކަމުން ދިޔައިރު އަތުން ދިޔައި ބަތް އަޅަމުންނެވެ. ނައިނާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއި އެކު ބަލަން އިން އައިޒަން އިނީ އާޝޯހުވެފައެވެ. މި ރީތި ޕަރީއަކީ އޭނާގެ ހައްޤެކޭ ބުނެ މުޅި ދުނިޔެއަށް އިއްވާލަން ހިތް އެދުނަސް މިގުޅުން އޭނާއަށް މިޖެހެނީ ސިއްރުކުރާށެވެ. އޭނާއަށް ނައިނާ ލިބުނީތީ ކިތަންމެ ނަސީބުގަދައޭ ހިތަށް އެރިޔަސް އޭނާއަށް އެކަން އިތުރު މީހަކަށް ދެއްކެމުގެ ހިތްވަރު ނެތުން އެއީ އޭނާގެ ބަދުނަސީބުކަމެވެ. އައިޒަންގެ ނަޒަރު ނައިނާއަށް ހުރިކަން އެނގި ނައިނާ ހަރަކާތްތަށް ހުއްޓުވާލަމުން އިސްޖަހާލައިގެން ކާންފެށީ ލަދުންނެވެ. އައިޒަން އަށް އެކަން އިނގުމުން އޭނާވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ.

ކެއުމަށް އިންސާފުކުރުމަށްފަހު ދެމީހުންވެސް ހިނގައިގަތީ އެމީހުންގެ ކޮޓަރިއަށެވެ. ނައިނާ ގޮސް ދޮރު ހުޅުވާލުމުން އައިޒަން އެތެރެއަށް ވަނެވެ. ހުރިހާ ކޮޓަރިތަކެއް ބަލަމުން ގޮސް އައިޒަން މިކޮޓަރިއަށް ބޯ ދިއްކޮށްލިކަމަކު މިހާރު ފެނުނު އެއްވެސް އެއްޗެއް އޭރު ލޮލުގައި އަޅައެއްނުގަތެވެ. ދެމީހުންގެ ފޮޓޯތަށް ހަރުކޮށްފައި ވާއިރު އެންމެ ބޮޑު ފޮޓޯގަނޑަކަށް އިނީ އައިޒަން ނައިނާ ކައިރި އިންނަން އެހި ދުވަހު އަނގޮއްޓި އަޅުވަނިކޮށް ޒުހާ ނެގި ފޮޓޮއެވެ. ރީތި ފްރޭމްއަކުން ޖަރީކޮށްފައިވާއިރު ކައިވެނި ކުރި ދުވަހުގެ ފޮޓޯވެސް ހުއްޓެވެ. އެ ކޮޓަރި ތަރުތީބުކޮށްފައި އޮތްގޮތުން އައިޒަންގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. “ވަރަށް މިސްވި ނޭނާ މަތިން…” ކައިރި ހުރި ނައިނާގެ ގައިގާ ބައްދާލަމުން އައިޒަން ބުންޏެވެ. އެންމެ ދުވަހެއް ފާއިތުވީ ގަރުނެއްހެންނެވެ. އައިޒަންގެ ގައިގާ އިތުރަށް އޮޅުލައިގަންނަމުން ނައިނާވެސް ހަނދާން ވީވަރު ބުނެލަދިނެވެ. ދެމީހުން ގޮސް އެނދުގައި ދާދި ގާތް ގާތުގައި އޮށޯތެވެ. ނައިނާ އާއި އައިޒަންގެ އަތް ވަނީ ގުޅިފައެވެ. ހަތަރުކަޅި ހަމަވެ ނޭވައި އަވަސްވެފައެވެ. “ޒަން! އަހަރެން ވަރަށް ލޯބިވޭ ޒަންދެކެ…” ނައިނާ ގެ ލޯބި އެ ދެލޮލުން ވެސް ވިދަމުން ދިޔައެވެ. އައިޒަން ނައިނާގެ އަތުގައި ބޮސްދެމުން އޭނާ މާ ބޮޑަށް ލޯބިވާކަމަށް ބުންޏެވެ.

“ހަ މަސް ހީވީ ހަގަރުނުހެން….. އަހަރެން ތި ނޭނާގެ މޫނު ދެކިލާ އަތުގައި ހިފާލަން ބޭނުންނުވާ އެންމެ ދުވަހެއްވެސް ނުދޭ… އަބަދުވެސް ހިތް އެދެނީ ކައިރި ހުންނަން…. އެދެނީ ނައިނާ އާއި ވަކިނުވަން.. ނައިނާ އަބަދުވެސް ކައިރި ހުންނަން.. އެހާ ބޮޑަށްވެސް ލޯބިވޭ….” އައިޒަން އޭނާ ގެ ލޯބި ހާމަކުރަމުން ދިޔައިރު ނައިނާ އޭނާގެ ނަސީބާއި މެދު އެތަކެއް ފަހަރު ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އޭނާގެ ދިރިއުޅުން އެހާ ރަނގަޅު ބައިވެރިވައަކާއި އެކު ހިއްސާކުރެވުނީތީ އުފާނުވާ ދުވަހެއްނުދާނެއެވެ.

ލޯބީގެ ވަގުތުކޮޅަކަށްފަހު ދެމީހުން ދުރަށްޖެހުނީ އައިޒަން ފެންވަރަން ދާންޖެހުނީމައެވެ. ނައިނާވެސް ކޮޓަރިން ބޭރަށް ނިކުމެ ޒާހިދާ ކައިރި އަށް ދިޔައެވެ. އައިޒަން ފެންވަރައިގެން ނިކުތްއިރު ޗާރޖަށް ޖަހާފައި އޮތް ނައިނާގެ ފޯނު ހުއްޓުމެއް ނެތި ދިޔައީ ރިންގްވަމުންނެވެ. ތުވާލިން ބޯ ހިއްކަމުން ކުޑަ ކަބަޑުކައިރި މަޑުކޮށް ފޯނަށް ބަލާލިއިރު ގުޅަނީ ޒުހާއެވެ. ޗޮކެއްކަނޑާލާފައި އައިޒަން ފޯނު ނަގާ ހަލޯ ބުނީ ޖެހިލުމެއްނެތިއެވެ. “އޭ ކާކު؟؟” ޒުހާ ސިހިފައި އެހެން އެހީ ކުއްލިއަކަށް ފިރިހެނެއްގެ އަޑު އިވުމުންނެވެ. “އޯހްހް އައިޒަން ދޯ ތިއުޅެނީ…. މިގަޑީގައި އުޅޭނެކަމަކަށް ހިއެއްނުކުރަން…” އައިޒަން ހޭންފެށި އަޑުއިވުމުން ޒުހާއަށް އައިޒަން ކަން އެނގުނެވެ. ދެމީހުން ވާހަކަ ކުރުކޮށްލީ ޒާހިދާމެންގެ ގެއަށް ޒުހާ އަކުރަމް ގޮވައިގެން އައުމަށް އެދިފައެވެ. އެދެމީހުންނަކީ މިރަށުގައި ނައިނާއާއި އެންމެ ގާތް ދެ އެކުވެރިންކަމަށްވުމުން އައިޒަންވެސް ބޭނުންވަނީ އެ އެކުވެރިކަން އައިޒަންވެސް އެމީހުންނާއި އެކު ބާއްވާށެވެ.

……………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އީލާމް-06

Next

އަގެއްނެތްލޯބި 21 ވަނަ ބައި

Next
September 23, 2017

އަގެއްނެތްލޯބި 21 ވަނަ ބައި

Previews
September 23, 2017

އީލާމް-06

9 Comments!

  1. song joong ki..KOREAN says:
    September 23, 2017 at 6:28 pm

    yeyy me first, mi story varah reethi. comment nukuriyas kiyan hama.. keep it up 🙂

  2. Ryn says:
    September 23, 2017 at 6:28 pm

    Salaam loves ?
    Vrh ufaavey hurihaa kudhinnge support vx mivaahaka ah libeythy. Liyamun dhaavarakah drama r vrh thafaathu eba kuran to make it more interesting ?
    Lots love ❤
    Tvgc

  3. annoying reader says:
    September 23, 2017 at 6:53 pm

    obiness to the max, guess falih is nainas dad 😀
    lets see wat happens next, madam shamira wont get mad if she knows naina is one of falih’s daughter i bet. yey waiting for the next part. my heart tells me their secret is about to b revealed soon <3 waiting

  4. ipher says:
    September 23, 2017 at 6:53 pm

    Wooow..v v v furihama…v kiyaa hithun indhaa e nimuny…when nxt part…avahah up koh dhecchey…plx plx

  5. Shudha says:
    September 23, 2017 at 7:40 pm

    Hey ryn.. this is my first comment for this story… Shudha ah faahagavi ryn ge ehen story thakah vure mi story ga sifakurun adhi quality ves rangalhu kan… Outstanding… u have done a great job and keep it up… BTW aizan ge mom lamha aa kaiveni hama jessyma v anekahala gotheh ehisaabun ingeyne aizan aa naina ge gulhun… dhn there will be oopsies… story hama habeys.. i give u a big thumbs up <3

  6. raii handi says:
    September 23, 2017 at 7:45 pm

    hey ryn
    story is awesome as always ❤
    comment nukuriyas kiyan ingey
    keep it up ??

  7. mal says:
    September 23, 2017 at 8:50 pm

    mal ah hyvany faalihu ae nainaa ge dad hn.. eyna ah v gothun… n hyvany mi rasmiyyaathakah fahu emyhun bust vx vaanehn xan ge mamma ah… v nice mi story dhaagoi.. keep it up ryn..

  8. Xxxx says:
    September 24, 2017 at 10:16 am

    ???????v.reethi

  9. Madhy says:
    September 24, 2017 at 7:01 pm

    Hey guys. Kon kudhinnakah emgeny dhn dhivehi storys huri sitehge nan. Engehnna buneladhyba plzz. Ryn ah engeytha? Engenna ves buneladhyba plzz ?

Comments are closed.

Next Episodeތި ލޯތްބަށްޓަަކައި (12)←


All Right Reserved!