Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (ފަނަރަވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 21, 2017 5 Mins Read
29 Comments

ވަކިހިސާބަކަށް ދެވުނުތަނާ ލީޝާ އައިލީން ގާތުގައި ލޯމެރުމަށް ބުންޏެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އައިލީން ދެލޯމަރައިލީ ވާާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ.

“އަހަރެމެން ނުބުނަނީސް ލޯ ނުހުޅުވާތި. ކޮންމެ ކަމެއްވިއަސް. އޯކޭ؟” ކިޔާާރާ އިންޒާރެއްދޭފަދަ ގޮތަކަށް ބުނެލިއެވެ. “އޯކޭ.” ހިތްއަވަސްވެފައިވާ އައިލީން އެއްބަސްވިއެވެ.

ކިޔާރާމެން ކުރިއަށް ހިނގައިގަތެވެ. އިރުގަނޑަކު އެގޮތަށް ހިނގުމަށްފަހު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އައިލީންގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. އެކަމަކުވެސް އޭނާގެ އެކުވެރިންގެ ބަސްއެހުމުގެ ގޮތުން ލޯނުހުޅުވައި މަޑުމަޑުން އިނެވެ. އެގޮތަށް އިންދައި ކުއްލިއަކަށް ބާާރުގަދަ އަތަކުން އައިލީން އުފުއްލާާލިއެވެ. ބޭއިޚުތިޔާރުގައި އައިލީނަށް ބާރަށް ހަޅޭލަވައި ގަނެވުނެވެ. އެހެނަސް އޭނާ ލޮލެއް ނުހުޅުވައެވެ. އެކުވެރިންނަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. އެމީހަކު އޭނާ އުރައިލައިގެން ހިނގަން ފެށިއެވެ. އެމީހެއްގެ ކަރުގައި ބާރަށް ދެއަތްވަށައިލައިގެން އޮތް އައިލީނަށް އެއީ ފިރިހެނެއްކަން އެނގޭވަރުވެއެވެ. އެކަމަކު ކާކުކަމެއް ބުނާކަށް ނޭނގުނެވެ. ކުޑައިރުކޮޅަކު ހިނގައިލުމަށްފަހު އެމީހަކު ހުއްޓުނެވެ. އަދި އައިލީންގެ ދުއްވާ ގޮނޑީގައި އައިލީން ބޭންދިއެވެ.

“ދެން ލޯހުޅުވައިލިއަސް އެންމެ ރަނގަޅު” ދާދި ގާގުން އިވުނު ކިޔާންގެ އަޑުން އައިލީންގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. މަޑުމަޑުން ދެލޯހުޅުވައިލި އައިލީން ހައިރާންވެ އަންތަރީސްވެގެން ދިޔައެވެ. ދެލޯބޮޑުކޮށްލަމުން ވަށައިގެންވި މާހައުލަށް އައިލީން ނަޒަރުހިންގަމުން ދިޔައެވެ. އައިލީނާ އެއްހަމައަކަށް ތިރިވެއިން ކިޔާން ފެނުމުން އައިލީން ގަނޑުވިކަލައެވެ. އެއްކަކޫ މައްޗަށް ތިރިވެހުރި ކިޔާންގެ އަތުގައި ވަރަށް ރީތި ރަތް އެހެއް ޖަހައިފައިވާ ރަން އަނގޮއްޓިއެއް އޮތެވެ. ހިނިތުންވެފައިހުރި ކިޔާނަށް ބަލާލުމަށްފަހު އަނެއްކާވެސް އައިލީނަށް އޭނާގެ ވަށައިގެންވީ މާހައުލަށް ނަޒަރުހިންގައި ލެވުނެވެ.

އެއީ އައިލީނާއި ކިޔާން އެއްދުވަސްވަރެއްގައި ބައްދަލުކުރަން އައި ތަނެވެ. ގޮނޑުދޮށުގެ ހިތްގައިމުކަމުން ހިތަށް ފިނިކަންލިބެމުންދިޔައެވެ. އައިލީނާއި ކިޔާންގެ ވަށައިގެންވަނީ ހިތުގެ ބައްޓަމަށް އުއްބައްތި ޖަހައިފައެވެ. އަދި މުޅި ގޮނޑުދޮށުގެ އެކިހިސާބުގައި ރަތްފިނިފެންމަލުގެ ފިޔައިން ކުދިކުދި ހިތްތަކެއް ހަދާފައި ހުއްޓެވެ. އައިލީނާ ކިޔާން ވަށައިގެންވި ހިތުގެ ބައްޓަންވެސްވަނީ ރަތް ފިނިފެންމަލުގެ ފިޔައިން ފުރައިލައިފައެވެ. މުޅި އެތަނަށް ވެރިވެފައިވަނީ ފިނިފެންމަލުގެ ހިތްގައިމު މީރު ވަހެވެ.

އައިލީންގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަތައް ކިޔާން ހެވިފައިހުރެ ބަލަމުން ދިޔައެވެ. ކިޔާން ވަނީ އަައިލީންގެ ރީތިކަންފެނި އާާޝޯޚް ވެފައެވެ. ދުވަހަކުވެސް އައިލީން އެހައި ރީތިވެފައި ހުއްޓައި ކިޔާން ނުދެކެއެވެ. އައިލީންއެކޭ ދެންމެ ފޮޅިފައިވާ ތާޒާ ފިނިފެންމަލެކޭ އެއްވެސް ތަފާތެއްނެތެވެ.

ކިޔާާންއެކޭ އެއްފަދައިން އައިލީނަށްވެސް ކިޔާންގެ ރީތިކަމަށް ހިތައިހިތުން ތަޢުރީފުކުރެވެމުން ދިޔައެވެ. ރަތްކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ހުރި ކިޔާންގެ ރީތިކަން އިތުރުވެފައިވެއެވެ. ގަމީހުގެ އަތްވަނީ އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައެވެ. ކިޔާާންގެ ވަރުގަދަ ފަން އިސްތަށިގަނޑުވަނީ ރީތި ޒަމާނީ ސްޓައިލަކަށް ހަދާލައިފައެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަމުންދިޔައީ ހިނިތުންވެފައި ތިބެއެވެ.

“ލީން. ވިލް ޔޫ މެރީ މީ؟” އައިލީނާ ދިމާއަށް އަނގޮއްޓި ދިއްކޮށްލަމުން ކިޔާން އަހައިލިއެވެ. އެސުވާާލުން އައިލީންގެ ހިތް އުފަލުން ނަށައިގަތެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އައިލީންގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން ފިލައިގެން ދިޔައީ އޭނާއަށް ޖެހިފައިވާ ބަލި މަތިން ހަނދާންވުމުންނެވެ.

“ސޭ ޔެސް ލީން” އައިލީންގެ ތަންކޮޅެއް ފަހަތުގައި މަޑުކޮށްލައިގެން ތިބި ކިޔާރާއާ ލީޝާ މަޑުމަޑުން ކިޔަމުން ދިޔައެވެ. އައިލީންގެ ޖަވާބަކަށް އެންމެން އިންތިޒާރު ކުރަމުން ދިޔައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިން އައިލީނަށް އިސްޖަހައި ލެވުނެވެ. ހިތްއެދޭ ޖަވާބު ދޭން އައިލީން ޖެހިލުންވަނީއެވެ. އައިލީނަށް ވީގޮތް ކިޔާނަށް އިހުސާސުވީ ކަންނޭނގެއެވެ. ވަރަށް ލޯބިން އައިލީންގެ އިސްއުފުލާލުމަށްފަހު އެދެލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ފުހެލަދިނެވެ.

“ލީން ތިވިސްނާކަމެއް އަހަރެންނަށް އެނގޭ. ލީން ބިރުގަންނަނީ ކޮންކަމަކާ؟ އަހަރެންނަށް ލީނާ ގާތްް ނުވެވިދާނެތީތަ؟” ވަރަށް ލޯބިން ކިޔާން އައިލީނާ ވާާހަކަދައްކަމުން ދިޔައެވެ. އައިލީންގެ ފަރާާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

“ދޫނީ. އަހަރެން ލީނާ ކައިވެނިކުރަން ނިންމީ ތިހުރިހާ ކަމެއް އެނގިހުރެ. ލީންގެ ފަރާތުން އެއުފާތައް ނުލިބޭނެތީ އަހަރެން ދެރައެއްނުވޭ. އަހަރެން ލޯބިވަނީ ލީން ދެކެ. ލީންގެ ހަށިގަނޑުދެކެއެއްނޫން. އަހަރެން ބޭނުމީ ލީން. ލީންގެ ހަށިގަނޑެއްނޫން. އަހަރެން ލީންއާ ކައިވެނިކުރަން ބޭނުންވަނީ ލީންދެކެ ލޯބިވާތީ. ލީނަށް އަޅައިލާ ލޯބިން ގެންގުޅެން ބޭނުންވާތީ. ލީންގެ ހުރިހައިކަމެއްވެސް އެންމެ ގާތުން ކޮށްދޭ މީހަކީ އަހަރެންކަމަށް ވާން ބޭނުންވާތީ.” ކިޔާާންގެ ވާހަކަތައް ކަނުލައި އަޑުއަހަން އައިލީން އިނެވެ.

“އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް ލީނާ އެގޮތަށް ގާތްނުވެވުނަސް. އަހަރެންގެ ހުރިހައިވެސް އެދުމަކީ އުމުރަށް ލީނަށް ޚިދުމަތްކުރަން ހުރުން. މިތާނގަ އެއުފާ ލީންގެ ފަރާތުން ނުލިބުނަސް ކޮންމެސް އެއްދުވަހެއްވެއެންނު ހުރިހައި އުފަލެއް ލިބޭނެ. އަހަރެންގެ އަންބެއްގެ ގޮތުގަ ބޮޑު ގަނޑުވަރެއްގަ އިންނާކަށް ލީން ބޭނުމެއްނޫންތަ؟ ދުވަހަކު ނިމުމެއް ނުވާ ތަނެއްގަ ހަމައެކަނި އަހަރެންގެ މިލްކެއްގެ ގޮތުގަ އުޅޭކަށް ބޭނުމެއް ނުވޭތަ؟” މިފަހަރު ކިޔާންގެ ވާާހަޖަތަކަށް އައިލީން މަޑުމަޑުން ބޯހޫރައިލިއެވެ.

“އާާން ލީން. އަހަރެން މިދައްކަނީ މިފަނާވަނިވި ދުނިޔޭގެ ވާހަކައެއްނޫން. މިއަށްވުރެ މާރީތި މާފުރިހަމަ އަބަދަށް ދެމިގެންވާ ދުނިޔެއެއްގެ ވާހަކަ. މިދުނިޔޭގަ އަހަރެންނަށް އެއްވެސް އުފަލެއް ނުލިބުނަސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. އަހަރެން އެދެނީ ނިމުމެއްނުވާ އާޚިރަތުގެ ގޮވަތި. އަހަރެން ބޭނުމީ އަހަރެންނާއެކު އެރީތި ގަނޑުވަރަށް އަހަރެންގެ އަންބެއްގެ މަޤާމުގަ އިނދެ ލީން ވަންނަން. އެތަނުން އަހަރެމެންނަށް މިދުނިޔޭގަ މަދުވި ހުރިހާ އުފަލެއް ލިބޭނެ. އަހަރެން ބޭނުމީ ސުވަރުގޭގަ އަހަރެންގެ ލޯބި އަނބިމީހާ ގޮވައިގެން “އަބަދުގެ އަބަދަށް” ދިރިއުޅެން. އެއީ އަހަރެންގެ ހުރިހައިވެސް ހުވަފެނަކީ. ﷲ އިރާާދުފުޅުން އަހަރެންގެ މިހުވަފެން ހަޤީގަތަކަށް ވާނެ. ތީ އަހަރެންގެ ލޯތްބަކީ. އުފަލަކީ. އަހަރެންގެ ހުރިހައިވެސް އެއްޗަކީ. ސޯ ޓެލް މީ ލީން. ދެދުނިޔޭގަވެސް އަހަރެންގެ އަންބަކަށް ލީން ވާނަންތަ؟” އައިލީންގެ އޮމާާން ކޯތާފަތުގައި އަތުގެ ނުފުށުން ނުހަނު ލޯބިން ފިރުމައިލަމުން ކިޔާން އަހައިލިއެވެ.

ކިޔާންގެ ވާހަކަ އަޑުއަހަން އިން އައިލީނަށް ވަނީ ރޮވިފައެވެ. މީހަކު އޭނާދެކެ އެވަރަށް ލޯބިވެދާނެކަމަކަށް އައިލީން ދުވަހަކުވެސް ހިއެއްނުކުރެއެވެ. ކިޔާާންގެ ސުވާލަށް މިފަހަރު އައިލީން އަވަސް އަވަހަށް ބޯ ޖަހައިލއިއެވެ. އަދި ވައި އަޑުން މަޑުމަޑުން “ޔެސް” އޭ ބުނެލިއެވެ.

ކިޔާންގެ ވާހަކަތައް އަޑުއަހަންތިބި ލީޝާއާ ކިޔާރާވެސް ތިބީ ހުއްޓުން އަރައިފައެވެ. ދުވަހަކުވެސް އެހާ ލޯބިކޮށް މީހެއްގާތުގައި އިންނަންއެހި ތަނެއް އެދެމީހުން ނުދެކެއެވެ. ތެދުވެރި ލޯތްބަކީ އެއީ އެވެ. މީހާގެ ކިބައިގައި ހުންނަ އުނިކަމަކުން ފަނޑުވެގެންދާފަދަ ލޯތްބަކަށް ތެދުވެރި ލޯތްބެކޭ ނުކިޔޭނެއެވެ. ކިޔާން އެ ދައްކައިދިނީ ތެދުވެރި ލޯބީގެ ލާމަސީލު މިސާލެކެވެ. އައިލީންގެ ފަރާތުން ލިބެންޖެހޭ އެންމެ މަތިވެރި އުފާ ނުލިބޭނެކަން އެނގޭއިރުވެސް ކިޔާންގެ ލޯބިން ޒައްރެއްގެ މިންވަރުވިޔަސް އައިލީނަށްޓަކައި އުނިއެއް ނުވެއެވެ. ލޯބިވާ މީހާ ވިސްނަން ޖެހޭނީ ތިމާގެ ލޯބިވެރިޔާގެ ދުނިޔަވީ ހަޔާތަށް އެކަންޏެއް ނޫނެވެ. އެމީހާގެ އުޚުރަވީ ހަޔާތާމެދު ވިސްނަންވެސް ޖެހޭނެއެވެ. ދެދުނިޔޭގައިވެސް އެއްކޮށްވާން އެދޭނީ މިފަދަ ތެދުވެރި އަމިއްލަ އެދުމެއްނެތް ލޯބިވެރިންނެވެ. ކިޔާނަކީ އޭގެ ނަމޫނާއެކެވެ. ލީޝާއާ ކިޔާރާއަށްވެސް ވީއުފަލުން ރޮވުނެވެ. އައިލީންދެކެ ކޮންމެ ހާލެއްގައިވެސް ލޯބިވާނެ ތެދުވެރި ވަފާތެރިއަކު ދެއްވިކަމަށްޓަކައި ﷲ ގެ ހަޟްރަތަށް ޝުކުރުވެރި ވެވުނު އަދަދެއްވެސް ނޭނގެއެެވެ.

އައިލީންގެ ޖަވާބާއިއެކު ކިޔާން އޭނާގެ އަތުގައި އޮތް ރަން އަނގޮއްޓި އައިލީންގެ ވައަތުގެ ކަށި އިނގިލީގައި އަޅުވައިދިނެވެ. އޭރު ކިޔާންގެ ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ވީ އުފަލެއްގެ ބޮޑުކަމުން ކިޔާން ވަރަށް އޯގާތެރިކަމާއެކު އައިލީން އޭނާގެ ދެއަތްމައްޗަށް ނަގައި އުރާލިއެވެ. އައިލީންވެސް ކިޔާންގެ ކަރުގައި ދެއަތް ވަށައިލައިި ބާރުކޮށްލިއެވެ. ކިޔާން މަޑުމަޑުން އައިލީން ގޮވައިގެން އެނބުރިލިއެވެ. އެއާާއެކު އައިލީންގެ ލޯބިވެތި ހުނުމުގެ އަޑު މުޅި ފަޒާއަށް ފެތުރިގެން ދިޔައެވެ.

ދުރުގައި މިމަންޒަރުތައް ބަލަންތިބި ކިޔާރާއާ ލީޝާވެސް އަނގަމަތީގައި ދެއަތްއަޅައި ފުންމައިގަތީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އެކަކު އަނެކަކު ގައިގައި ބައްދާލަމުން އުފާފާޅުކުރަމުން ދިޔައެވެ. އައިލީންގެ ގެއްލިފައިވި ލޯބި މިއަދު އައިލީނަށް އަނބުރައި ހޯދައިދެވުނީތީ ދެމީހުންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. އެކަން އެމީހުންގެ ލޮލުން ފައިބަމުންދިޔަ އުފާވެރިކަމުގެ ކަރުނަތަކުން އެކަނިވެސް އަންގައިދެއެވެ.

ލީޝާއާ ކިޔާރާާއާއެކު އައިލީން ގެއަށް އައިއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. އައިލީންގެ އިންތިޒާރުގައި ސޯފާގައި އިން އާސިމާ އައިލީން ފެނުމުން އަވަސް އަވަހަށް އައިލީން ގާތަށް އައެވެ. “ކޮބާާ މަންމަ މެންގެ ސަޕްރައިޒް ކިހިނެއް؟” ހީލަމުން އުފާާވެލައިފައި އާާސިމާ އަހައިލިއެވެ. އެއާއެކު އައިލީން އޭނާގެ ކަށި އިނގިލީގައި ކިޔާން އަޅުވައިދިން ރަން އަނގޮއްޓިއަށް ވަރަށް ލޯބިން ބަލައިލިއެވެ.

“މަންމަ އަށްވެސް މިކަން އެނގޭތަ؟” އުފާވެލައިފައި އައިލީން އަހާލިއެވެ. “ހޫމް. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު މީހަކާ އިންނަން އުޅޭއިރު އެކަން މަންމައަށް ނޭނގިއޮވެދާނެތަ؟” ލޯބިން އައިލީންގެ މޫނުގައި ފިރުމައިލަމުން އާާސިމާ ބުނެލިއެވެ. “އޯ މަންމާ.. މިއަދު އަޅުގަނޑު ވަރަށް ވަރަށް އުފާވެއްޖެ. ދުވަހަކު މިހާ އުފާވި ދުވަހެއް ހަނދާނެއްނުވޭ.” ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ގޮތަކަށް އިނދެ އައިލީން ބުނެލިއެވެ. “އެކަމަކު އަޅުގަނޑަށް އަންގައިވެސް ނުލައި މަންމަނެން މިކަންތައްކުރީ ކިހިނެއް؟” ހިނިތުންވެފައި އިން އައިލީން ފެނުމުން އާސިމާގެ ހިތްވެސް އުފަލުން ބަންޑުންވާާން އުޅުނުކަހަލައެވެ.

“ކުރިން ދުވަހަކު ކިޔާން ގުޅި މަންމައަށް. ބުނީ ވަރަށް ބޮޑު ވާާހަކައެއް ދައްކަންވެގެންނޭ. ދެން ކިޔާާންބުނި ރެސްޓޯރެންޓަށް މަންމައާ ބައްޕަ ދިޔައީ. އެތަނުގަ ހުރެ ކިޔާން މަންމަމެން ގާތު މިވާހަކު ދެއްކީ. ކިޔާން ބުނި ވަރަށް ގިނަ މީހުންގެ އިރުޝާދު ހޯދާފަ ވަރަށް ވިސްނާފަ ކިޔާން ނިންމި ނިންމުމެކޭ އެއީ. ކިޔާން ދަރިފުޅުދެކެވާ މަތިވެރި ލޯބި ފެނިފަ މަންމައާ ބައްޕަވެސް ވަގުތުން ޤަބޫލުވީ. ލީޝާއާ ކިޔާރާ ގާާތުވެސް މިވާހަކަ ދެއްކީ ޚުދު ކިޔާން.” ކުރުގޮތަކަށް އާސިމާ ކިޔައިދިނެވެ. ” ޔާާންގެ މަންމަމެން މިކަމާ ޤަބޫލުތަ؟” ހިސާާބަކަށް ކަންބޮޑުވެފައި އިނދެ އައިލީން އަހައިލިއެވެ.

“ހޫމް. ކިޔާންގެ އުފަލަކީ ދަރުފުޅުކަން އެމީހުންނަށް އެނގޭތީ، ކިޔާާންގެ އުފަލަށްޓަކައި އެމީހުންވެސް މިކައިވެންޏާ ޤަބޫލުވީ. ކިޔާންގެ މައިންބަފައިންނަކީ އެއްއިރެއްގައިވެސް ބަޔަކަށް ގޯސް ބައެއްނޫން. އެއަށްވުރެ މާހެޔޮ ވިސްނޭ ރަނގަޅުބައެއް އެއީ.” އާސިމާ ހިތްހަމަޖެހިފައި އިނދެ އިތުރަށް ކިޔައިދިނެވެ. އައިލީން އުފަލުން ގެންގުޅެވޭނެ ހަމައެކަނި މީހަކީ ކިޔާން ކަން އޭނާއަށް އެނގެއެވެ. ބާކީ އޮތް ދުވަސްތަކުގައި އައިލީން އުފަލުން އުޅޭތަން ދެކެން އޭނާ ނުހަނު ބޭނުންވެއެވެ. ވީއިރު އެދަރިފުޅުގެ ހަމައެކަނި އުފަލަށް އޭނާއަށް ހުރަސް އެޅޭނެ ހެއްޔެވެ؟

ހޭބޮއެނާރައި އެންމެންވެސް ތައްޔާރުވަމުން ދިޔައީ އައިލީނާއި ކިޔާާންގެ ކައިވެންޏަށެވެ. އާާއިލާގެ އެކިމީހުނަށް މަސައްކަތްތައް ބަހައިލައިގެން އެންމެން މަސައްކަތްކުރަމުން ދިޔައީ ލިބިފައިވާ ވަގުތުކޮޅުގެ މަދުކަމުންނެވެ. ކިޔާން ބޭނުންވަނީ ވީހައިވެސް އަވަހަކަށް ކައިވެނި ކުރާށެވެ. އައިލީން އޭނާގެ މިލްކަކަށް ހަދާހިތުން އެހިތް މޮޔަވަނީއެވެ.

އައިލީންގެ ހާލަކީވެސް މިއެވެ. ބަލިހާލަތު ހުރިގޮތުން ކައިވެނީގެ ތައްޔާރީތަކުގައި ބައިވެރިނުވެވުނަސް، ތައްޔާރީތައް ކުރިއަށްދާގޮތް އައިލީން ބަލައެވެ. އެމޫނުމަތިން ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ނުފިލައެވެ. އަބަދުވެސް ކިޔާންގެ ޚިޔާލުތަކަށް ގެއްލިފައި އިންނަ އައިލީނާ، އޭނާގެ ދެއެކުވެރިން ވަރަށް ދިމާާކުރެއެވެ. އައިލީންވެސް އެމީހުންގެ ސަމާސަތަކުގައި އުފަލާއެކު ބައިވެރިވަމުން ދިޔައެވެ.

“ލީން ދޫންޏާ މިއޮތީ ލީންގެ ވެޑިންގް ޑްރެސް ލިބިފަ” ތެޅެމުން ފޮޅެމުން އައި ކިޔާރާ ބުނެލިއެވެ. ލީޝާވެސް ކިޔާރާގެ ފަހަތުން އައިސް އައިލީންގެ ކޮޓަރިއަށް ވަނީ ކިޔާރާ އެހެންބުނި އަޑަށެވެ. އައިލީންގެ ކައިވެނީގެ ހެދުން ދެކިލާހިތުން ދެމީހުންވެސް ކެތްމަދުވެފައި ތިބޭތާ އެތެއް ދުވަހެއްވެއްޖެއެވެ. އެހެދުން ފަހައިފައިވަނީ ކިޔާން ހޮވި ޑިޒައިނަކާ އެއްގޮތަށެވެ. އެކަން އެނގޭތީ އައިލީންގެ ހިތްވެސްވަނީ ކިޔާާންގެ ހޮވުން ދެކިލުމަށްޓަކައި ބޭޤަރާރުވެފައެވެ. ތިންމީހުން ވެގެން ހެދުން ނަގައި ބަލއިލިއެވެ. އެހިނދު ހެދުމުގެ ރީތިކަމަށް ކޮންމެ މީހެއްގެ ދުލުންވެސް ތަޢުރީފުގެ ބަސްތައް އޮހެންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

02:30 ނަވާވީސްވަނަ ބައި

Next

ދުރުގައި ވިޔަސް…

Next
September 21, 2017

ދުރުގައި ވިޔަސް…

Previews
September 21, 2017

02:30 ނަވާވީސްވަނަ ބައި

29 Comments!

  1. Naufa says:
    September 21, 2017 at 4:58 pm

    Here is the next part.. Hurihaa kudhinnah mibai vx kamudhaane kamah hykuran.. Rangalhu kuran jehey thaneh innama bunelahchey..
    Happy islamic new year to all my story readers.. ❤

  2. ❤❤❤ says:
    September 21, 2017 at 5:05 pm

    Vvvv rythi …❤❤❤❤❤
    Whn nxt part..???

    1. Naufa says:
      September 21, 2017 at 5:06 pm

      Thank u.. In sha allah tmrw❤❤

  3. Reem says:
    September 21, 2017 at 5:10 pm

    V salhi mi part ves. Me first tha. Wow

    1. Naufa says:
      September 21, 2017 at 5:11 pm

      Thanks reem..❤

  4. Mariyam Ubaid says:
    September 21, 2017 at 5:10 pm

    Haadha kurukoh Varah Varah reethi

    1. Naufa says:
      September 21, 2017 at 5:25 pm

      Thank u..❤

  5. Mary says:
    September 21, 2017 at 5:13 pm

    Vvv kamudhey dhen koniraku anehbai gennanee….salhi

    1. Naufa says:
      September 21, 2017 at 5:16 pm

      Thanks mary.. In sha allah maadhan❤

  6. maroon says:
    September 21, 2017 at 5:32 pm

    Awww. That is so cute ❤

    1. Naufa says:
      September 21, 2017 at 5:36 pm

      Thanks maroon❤❤

  7. Haiiii says:
    September 21, 2017 at 6:19 pm

    Story is soo obi. But waahaka ehaa awahah nihmaa nulahcheyyy

    1. Naufa says:
      September 21, 2017 at 6:23 pm

      Thanks❤.. Bt mee ehaa long story eh nun.. Ekam dhn genna story long kohlaanan?

  8. Lam says:
    September 21, 2017 at 6:53 pm

    Wow naufa…hama habeys..lov it…masha Allah..????

    1. Naufa says:
      September 21, 2017 at 6:54 pm

      Thank u sooooo much lam❤?

  9. zeel says:
    September 21, 2017 at 7:12 pm

    extremely beautiful… waiting 4 the next part… luv u naufa;-*

    1. Naufa says:
      September 21, 2017 at 7:13 pm

      Thanks zeel.. Luv u too dear..❤

  10. iru says:
    September 21, 2017 at 7:12 pm

    Aley v v furihama…..Sifa koh dhinun v v kamudhey…this gothuga hifshatta levijiyya insha alla molhu vaahaka liyun Theri akah vevi dhaane best of luck

    1. Naufa says:
      September 21, 2017 at 7:15 pm

      Thank u sooo much iru.. ❤?

  11. samee says:
    September 21, 2017 at 8:05 pm

    varah reethi mi story
    kureege part thah ves kiyaalin . waiting for next ?????

    1. Naufa says:
      September 21, 2017 at 8:08 pm

      Thanks samee..❤

  12. Azu says:
    September 21, 2017 at 8:06 pm

    Wow! Nice… vvv reethi… as i said before.. u can do it nau..?

    1. Naufa says:
      September 21, 2017 at 8:09 pm

      Thank u sooooooo much azu.. For the strength n hope u r giving..?❤

  13. click a shot ? says:
    September 21, 2017 at 8:06 pm

    Woww..just wow ? mi part ves hama amazing ?oh my god they are gonna get married..finally..??ly❤️❤️

    1. Naufa says:
      September 21, 2017 at 8:24 pm

      Thank u sooooo much.. Ly too dear.. ❤❤

  14. Xxxx says:
    September 21, 2017 at 8:51 pm

    V.nice dear…happy thayt rangalhu naseyhai kolhakaa ekee genesdheefai vaathee ves…keep it up??????…

    1. Naufa says:
      September 21, 2017 at 8:56 pm

      Thanks dear.. ❤❤

  15. Faxu says:
    September 22, 2017 at 2:35 am

    Wow wow adhi miveehaa tganah dhuvahaku ves nukiyan mihaa salhi vaahaka ah thanjs nau love u ❤❤??

    1. Naufa says:
      September 22, 2017 at 5:34 am

      Alhey.. Thank u sooooooooo much faxu, for this luving comment.. Luv u too dear❤❤?

Comments are closed.

Next Episodeއަބަދުގެ އަަބަދަށް (ސޯޅަވަނަ ބައި)←


All Right Reserved!