Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ވައިވީމަ – ނިމުން

A.S.Cain Level 110 Stories
September 18, 2017 3 Mins Read
17 Comments

އިރުގެ އަލިކަން ދުނިޔެއަށް ފެތުރުމުގެ ކުރިން އަހަރެން ގޮސް ގެއަށް ވަނީމެވެ. އަދި އެރި އިރާއެކު އަހަރެން އޮށޯވެ ނިދައިފީމެވެ.
އަހަންނަށް ހޭލެވުނީ އިރު އޮއްސި އަނދިރި ވެފައި ވަނިކޮށެވެ. ތެދުވެ ކުޑަދޮރުން ބޭރު ބަލައިލީމެވެ. ދެ އަހުސަވާރުން ގެކައިރީގައި ތިއްބެވެ. އަދި އެމީހުންގެ އަސްތަކުގައި ތީރު ބޮނޑިތައް އައްސާފައި ހުއްޓެވެ. މިއީ ރަނގަޅު ކަމެއް ނޫންކަން އަހަންނަށް އެނގުނެވެ. ކުޑަދޮރުން ޖެހިގެންހުރި ފުރާޅަށް ފުންމާލަން އުޅެފައި ފުރެމީ އާއި ރާއި މަތިން ހަނދާން ވެއްޖެއެވެ. ކޮޓަރިން ނުކުތްއިރު ދެ މީހުން ތިބީ ބޮއެލަބޮއެލާއެވެ. ބަނޑު ފުރާށެވެ. ލޭގެ މީރުކަން އެމީހުންގެ މޫނުމަތިން ދައްކަމުންނެވެ.
“ހަންޓަރުން! މި ގޭދޮރުމަތީ!” އަހަރެން ބުނެލީމެވެ.
ދެ މީހުން ހައިރާން ވެފައި އަހަންނާ ދިމާލަށް ބަލައިލިއެވެ. އަދި ޔަގީން ކުރުމަށް ރާއި ކުޑަދޮރުން ބޯ ދިއްކޮށްލައި ބަލައިލިއެވެ. “އާނ. ހިނގާ ދަމާ މިތަނުން.”
ރާއި އެބުނީ ރަނގަޅަށެވެ. އެ މީހުންނަށް އަހަރުމެން އެނގުނަސް ރަށުގެ ރައްޔިތުންނަކަށް އަހަރުންނެއް ނޭނގޭނެއެވެ. އަންގާކަށެއްވެސް އަހަރުންނެއް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެމީހުންނާ ހަނގުރާމައެއްކޮށް ރަށުމެދުގައި އަޑުގަދަ ކުރާކަށް އަހަރުން ބޭނުން ނުވާތީ ކުޑަދޮރުން ޖެހިގެންހުރި ފުރާޅަށް އަހަރުމެން ބަރިބަރިއަށް ނުކުމެގެން އެހެން ދިމާލަކަށް މިސްރާބު ޖަހައިފީމެވެ.
“ޒާޔަރ!” ފުރެމީ ގޮވައިލިއެވެ.
އަހަރުމެން ކުރިމަތީގައި ޒާޔަރގެ އާއިލާ މީހުންނާއި ހުދު ޒާޔަރ މިހުރީ ފެންނާށެވެ. ގެތަކުގެ ފުރާޅުތައް މަތީގައި އަހަރުމެން ދުވެ ނަގަނީއެވެ. ހުއްޓުމަކަށް އާދެވުނީ ކޯޓެއް ލައިގެންހުރި މީހަކު އައިސް ހަންޓަރުންގެ ބައިގަނޑެއް ވަޔަށް ބުރުވާލުމުންނެވެ. ފުރެމީއަށް މިމީހާ ފެނިފައި ގޮވައިލެވުނެވެ. “ފަރުދީ؟ ފަރުދީ ވެސްޓުހާޓު؟”
އެެއީ އެއްރެއަކު އަހަންނާއި ދިމާކޮށް ފުރެމީ ކޮބައިތޯ ސުވާލުކުރި ޒުވާނާއެވެ. މި މީހާ މިތަނަށްވެސް އައީތާއެވެ. ‘ވެސްޓުހާޓު؟ މިއީ ފުރެމީގެ ބޭބެބާ؟’ އަހަރެން ހިތަށް އެރިއެވެ.
“ފުރެމީ…” އެއީ ފަރުދީ ވެސްޓުހާޓު، ފުރެމީގެ ބޭބެއެވެ. ދެ މީހުންވެސް ހިނިތުންވުމުގެ ސަލާމެއް ކޮއްލިއެވެ.
ޒާޔަރގެ މީސްކޮޅު ބަލިވާން ފަށައިފިއެވެ. ފުރެމީ ވެސް އެ މީހުންނަށް ހަމަލާދެނީ ވެމްޕައަރ ބާރު ފުރިހަމައަށް ބޭނުންކޮށްގެންނެވެ. މިއީ ވަރަށް ބާރުގަދަ ދެބެންނެވެ. ހަންޓަރުން ބިރުން ދުވެ ފިލަން ފަށައިފިއެވެ. ފަރުދީ އެމީހުން ފަހާ އަތުކޮށް މަރަނީއެވެ. މިހިސާބުން ގެތަކުގައި ދިރިމުޅެމުންދިޔަ ރަށުގެ ރައްޔިތުން ބޭރަށް ނުކުމެ ކުޅި ބަލަން އެއްވާން ފަށައިފިއެވެ. އަދި ފަރުދީ ޒާޔަރ އަތުކޮށް، އޭނާގެ މުށް ތެރެއަށް ޒާޔަރގެ ކަރު މަހާލިއެވެ.

ޒާޔަރ އިނީ ފެންކަޅިވެފައެވެ. އަހަންނަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. އަދި ފަރުދީއަށް ހަމަލަދޭން މަސައްކަތް ކުރީމެވެ. އެކަމަކު ފަރުދީ އަތުވާގޮތެއް ނުވިއެވެ. ޒާޔަރ އާއިއެކު އަހަރެން އޭނާއާ ދުރަށް ކޮއްޕާލިއެވެ. ދެ މީހުން ގޮސް ޖެހުނީ ގޯޅިގަނޑެއްގެ ތެރެއަށެވެ. ފަރުދީ ގަދަކޮށްފިއެވެ. ދެން ހަމަ ގައިމުވެސް ފަރުދީ ހުއްޓުވާކަށެއް ޒާޔަރ އެއް ނުނުކުންނާނެއެވެ.
“ޒެޑް…” ޒާޔަރ ކޮޅަށް ތެދުވެ އަހަރެން ތެދުވުމަށް އަތް ދިއްކޮށްލިއެވެ.
އަހަރެން ޒާޔަރގެ އަތުގައި ހިފައި ތެދުވީމެވެ. ޒާޔަރގެ މާޔޫސްކަން ވީ އަހަރެންގެ ރުހުމަށެވެ. އަދި ފުރާޅުތަކުން ފުންމަމުން ދިޔަ ވެސްޓުހާޓު ތަކަށް އަހަންނަށް ފުރަގަސް ދެވުނެވެ.
“ޒާޔަރ…” އަހަރެން ޒާޔަރގެ ކޮޑުގައި ހިފައި މޫނު މޫނާ ކައިރި ކޮށްލީމެވެ.
ޒާޔަރ ހިނިތުންވާން ފެށިއެވެ. އަދި ބުނެލިއެވެ. “ޒެޑް އެންމެ ފަހުން ހަމަ އަހަރެންދެކެ ލޯބިވާކަމަށް އެއްބަސްވީ، ދޯ؟”
އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އަދި ކުއްލި ގޮތަކަށް ޒާޔަރ އަހަންނާއި ދުރަށް ކޮއްޕާލެވުނެވެ.
މީހުންތައް ހަޅޭއް ފަޅޭއް ޖަހަން ފަށައިފިއެވެ. ސިފައިންގެ ލަޝްކަރެއް ނުކުމެ ވެސްޓުހާޓު އާއިލާ އާއި ހަނގުރާމަ ކުރަން ފަށައިފިއެވެ. ފަރުދީ މި އުޅެނީކިއެއް އެކަންޏަކު ނޫނެވެ. އޭނާގެ ފަހަތުގައި ވެމްޕައަރގެ ބަޔަކު ނުކުމެ އެބަ އުޅެއެވެ. ފުރެމީ ވެސް އުޅެނީ އެ ކަމަނާގެ ބޭބެގެ ފަހަތުންނެވެ. ކޮންމެއަކަސް ވެމްޕައަރ ވާނީ ވެމްޕައަރ އަށެވެ. ރާއި ވެސް އެމީހުނާއެކު ސިފައިންނާ ހަނގުރާމަ ކުރަން ފަށައިފިއެވެ. ހަމަ އެފަދައިންނެވެ. ދެ ބައި މީހުން ވެސް ހަނގުރާމަ ކުރަނީ އެއް މަގުސަދަކަށްޓަކައެވެ. ދިރި ހުރުމަށެވެ. މިއީކީ އެކުގައި އުޅެވޭނެ ދެ ބައެއް ނޫނެވެ. ހަނގުރާމައިގެ ސަބަބު ކޮންމެއަކަސް ވަރަށް ސާފެވެ.
އަހަރެން ދިޔައީ މަގުތައް ފަޅަމުން ޒާޔަރ އާއި އެކު އެތަނުން ފިލޭތޯއެވެ. ސިފައިންގެ ހަތިޔާރު ތަކުގައި ވިހަ އެބަ ގެންގުޅެއެވެ. ހަންޓަރުން އެނބުރި އެ އައީ ސިފައިން ގޮވައިގެނެވެ.
“ޒެޑް!” ރާއި އަހަންނާއި އެއްވަރު ކޮށްފިއެވެ.
އަހަރުމެން ތިން މީހުން ދިޔައީ އަތިރިމައްޗާ ދިމާލަށެވެ. އަހަރެން އެނބުރި ފަހަތް ބަލާލީމެވެ. ސިފައިންގެ ބަޔަކު އަހަރުން ފަހަތުން އެބަ އާދެއެވެ. އަހަރުމެން ކޮންމެ މީހެއްގެ ގަޔަށް ވަނީ ވިހަ ހަމަލާ އަކުން ޒަހަމް ކޮށްލައިފައެވެ.
“ޒެޑް!” މާ ދުރުން، އެހެން ދިމާލަކުން ފުރެމީ ގޮވާލައިފިއެވެ. އަދި ބިންމައްޗަށް ވެއްޓިގަތެވެ. ފުރެމީ އޮތީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ.
ހުރިހާ ކަމެއް ގޯސްވާން ފެށީ ފަރުދީ އައި ފަހުންނެވެ. ފަރުދީ ވީ ތަނެއްވެސް ނޭނގެއެވެ.
“ޒެޑް ނުދޭ!” ޒާޔަރ ރޮއެގަތެވެ.

އެކަމަކު އަހަންނަށް ފުރެމީ އާއި ދިމާލަށް ދުއްވައި ގަނެވުނެވެ. ރާއި ޒާޔަރ ގައިގައި ހިފެހެއްޓިއެވެ. އަދި ކުރިއަށް ދިއުމަށް އިޝާރާތް ކުރިއެވެ. އަހަންނަށް ފުރެމީ އާއި ހިސާބަށް ދެވިއްޖެއެވެ. އަދި ފުރެމީ ނަގާ އަހަރެންގެ ކޮނޑަށް ލައިފީމެވެ. އަހަރުން ދާނީ ވަކި ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ސަލާމަތްކަން މި ވަގުތު ބޭނުންވާ ކަމެވެ.
ސިފައިންގެ ބަޔަކު އަހަންނާއި ފުރެމީ ބިންމައްޗަށް ވައްޓާލައިފިއެވެ. އަދި ވިހަ ހަންޖަރުތަކުން އަހަރުންނަށް ހަމަލާދީ އަހަރުންގެ ނިމުން ކައިރި ކޮށްލައިފިއެވެ.
އަހަރެންގެ ލޮލުގެ ފެނުން ފުސްވާން ފަށައިފިއެވެ. ބިންމަތީގައި އަހަރެން ފުރެމީއެކޭ އެއްފަދައިން ޒަހަމް ވެފައި އޮތީމެވެ. އަހަންނަށް ޒާޔަރ އެބަ ފެނެއެވެ. ރާއި ވެސް ދަނީ ނިމުމަކަށް އަންނަމުންނެވެ. ސިފައިންގެ ހަންޖަރުތަކުން ޒާޔަރ އާއި ރާއި ވެސް ބިމާ ތިރިކޮށް، އެ މީހުންގެ ނިމުން ގެނެއްސިއެވެ.
އަހަރެން ކައިރީގައި އޮތް ފުރެމީއަށް އަހަރެން ބަލައިލީމެވެ. ފުރެމީ އޮތީ އަހަންނާއި ދިމާލަށް ބަލާށެވެ. އަދި ވީރާނާ ވެފައިވާ އަޑަކުން ބުންޏެވެ. “ޒެޑް ކަހަލަ މީހަކު އަހަރެންގެ ހަޔާތަށް އައީތީ އަހަރެން ވަރަށް އުފާވޭ. އަހަރުން ދެ މީހުން އެކީގައި ހޭދަކުރި ކޮންމެ ވަގުތަކީ އަހަންނަށް ލެޔަށްވުރެ އަގުބޮޑު އެއްޗެއް.”
މި ވާހަކަ އަޑު އަހާފައި އަހަރެންގެ މޫނަށް އައީ ހިނިތުން ވުމެކެވެ. ފުރެމީ ވެސް ހިނިތުން ވެލިއެވެ. ދުނިޔެ މައްޗަށް އަލިކަން ފެތުރެން ފަށައިފިއެވެ. އިރު އަރަނީއެވެ. އިރުގެ އަލިކަން ފެތުރެމުން އައިސް އަހަރުމެންނާއި ހަމަކޮއްފިއެވެ. އަހަރުމެންގެ ގަޔަށް ނަގާލީ ދިލަގަނޑެކެވެ. އަދި ވިރެމުން ގޮސް ގައިގައި އަލިފާން ރޯވެއްޖެއެވެ. ލޯ މަރައިލީމެވެ.

 

– ނިމުނީ –

 

Share Article

Follow Me Written By

A.S.Cain

Level 110 Stories

Other Articles

Previous

އަބަދުގެ އަބަދަށް (އެގާރަވަނަ ބައި)

Next

އިމްތިޙާނު (3 ވަނަ ބައި)

Next
September 18, 2017

އިމްތިޙާނު (3 ވަނަ ބައި)

Previews
September 17, 2017

އަބަދުގެ އަބަދަށް (އެގާރަވަނަ ބައި)

17 Comments!

  1. Kuda Kamana says:
    September 18, 2017 at 9:17 am

    Ninmaalee dho.. salhi ingey…

    1. A.S.Cain says:
      September 18, 2017 at 10:18 pm

      aan dhen mi nimaaly Kuda Kamanaa. thank you. hehe 🙂

  2. Musli says:
    September 18, 2017 at 9:53 am

    Salhivaany mivarakahnu… vaaeh nuvaaeh ingeneekee noon

    1. marsh says:
      September 18, 2017 at 10:55 am

      i agree with u musliii ehves gothakah vaaaehnuvaaaeh neygeyy

  3. peace eye says:
    September 18, 2017 at 11:11 am

    Vaanuvaa ingey nice …thafaathu vaahaka eh ??

    1. A.S.Cain says:
      September 18, 2017 at 10:19 pm

      thank you peace eye. 🙂

  4. Ain says:
    September 18, 2017 at 11:46 am

    a v different plot.. being different is good.

    1. A.S.Cain says:
      September 18, 2017 at 10:19 pm

      thank you Ain. 🙂

  5. sana says:
    September 18, 2017 at 12:20 pm

    Not nice sorry

  6. Aaii says:
    September 18, 2017 at 1:06 pm

    Sikudi 0 kah gossi …vrnuvr neyngey stry eh .. dhn farakun vrnuvr egey kahala stry eh up kurachey….try kureema vrne …

  7. raisha says:
    September 18, 2017 at 2:21 pm

    Storyga vaanuvaa ehgay ehkamu vaahaka kiyaaaday meehaa maruvahyaa mivaahaka kiyaa midhinee kaakubaa?? gaimuves vaahaaka kiyaa denee writer eh noontaa? dehfaharakun mikan ragalhu koh lahjay..

    1. A.S.Cain says:
      September 18, 2017 at 10:20 pm

      rangalhu. thank you for the feedback. 🙂

  8. A.S.Cain says:
    September 18, 2017 at 10:23 pm

    mithaaga mi ulheny vaanuvaa engay meehunnaa vaanuvaa neygay meehunnaa. ehen ves vun ekasheegenvey. 7 part ge kuru story eh.

  9. Ibra says:
    September 18, 2017 at 10:54 pm

    Salhi. Vee nuvee goiy ves engunu, obi hAma

    1. A.S.Cain says:
      September 18, 2017 at 11:03 pm

      thank you @ibra. 🙂

  10. isha says:
    September 19, 2017 at 8:39 am

    nice story

    1. A.S.Cain says:
      September 20, 2017 at 1:35 am

      thank you @isha. 🙂

Comments are closed.



All Right Reserved!