Skip to content
އެސްފިޔަ

އާދޭސް 2

 

ދެވަނަބައި

ކުއްލިއަކައް މޭޒުމަތީގައި އިން ވާސް ތަޅައިގެން ދިޔުމުން ޒާރާދިޔައީ ސިއްސައިގެންނެވެ.ފޯނު އެނދުމަތީގައި ބާއްވައިފައި ތެދުވެ ހޮޅިބުރި ދިއްލާލިއެވެ.ކުއްލިއަކައް ވާސް ތެޅެންވީސަބަބެއް ޒާރާއަކައް ނޭންގުނެވެ.ޒާރާ މަޑު ހިނގުމެއްގައިގޮސް މޭޒުގާތު ހުއްޓިލިއެވެ.ހުޅުވިފައިވާ ކުޑަދޮރައް ބަލާލުމައްފަހު ތެޅިފައިވާ ވާސް ނަގަން ގުދުވިވަގުތު ތަށިމުށިގަޑުމަތީގައި އޮތް ގާ ފެނިފައި ޒާރާގެ ދެލޯ ބޮޑުވިއެވެ.

ތަށިމުށިގަނޑުމަތިން ގާ ނަގަމުން ކުޑަދޮރުގާތައް ޒާރާގޮސް މަޑުކޮއްލިއެވެ.ބޭރުން އެއްވެސް މީހަކު ފެންނަންނެތުމުން ޒާރާ ހައިރާންވިއެވެ.އަދިވެސް ބޮޑައް ކުޑަދޮރުގާތައް ގޮސް ބެލިއެޮއްލިއެވެ.ބޭރުން އެއްވެސް މީހަކު ފެންނަންނެތުމުން ޒޯޔާ ހައިރާންވިއެވެ.ވެ. އެވަރުންވެސް އެއްވެސް މީހެއްނުފެނުނެވެ.ކުއްލިއަކައް މީހަކުއައިސް ޒާރާގެ ކޮނޑުގައި އަތްބާއަވާލިއެވެ.ޒާރާއައް ލިބުނު ސިހުމާއެކު އަޑުކޮޅައް ހަޅޭލައިގަތެވެ.

“ކިހިނެއްވީ؟”

ޒާރާއަށް ވީގޮތް ފެނުމުން އެލީޝާ ހައިރާންވިއެވެ.ޒާރާ ހުރިގޮތް ފެނުމުން އެލީޝާ އަޑުގެ ކޮޅައް ހީގަތެވެ.ޒާރާ އަޅާވެސް ނުލާހުރީއެވެ.ޒާރާހުރީ ރުޅިއައިސް ފައިކަން އެނގުމުން އެލީޝާ ހެއުން ހުއްޓާލާފައި އައިސް އެނދުގައި އިށީނެވެ.ޒާރާވެސް ތެޅިފައިވާވާސް ނަގާ އެތަން ފޮޅާލުމައްފަހު އައިސް އެލީޝާގެ ގާތުގައި އިށީނެވެ.

“ކިހިނެއްވީ؟”

ޒާރާ ހާސްވެފައި އިނުމުން އެލީޝާ އަހާލިއެވެ.ޒާރާއެއްވެސް ޖަވާބެއް ނުދިނުމުން އަނެއްކާވެސް އެލީޝާ އަހާލިއެވެ.މިފަހަރުވެސް ޒާރާ އެއްވެސް ޖަވާބެއް ނުދިނެވެ.

“ޒާރާ”ޒާރާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އެލީޝާ ގޮވާލިއެވެ.

“ކިހިނެއްވީތަ އެލީ؟”ޒާރާ ރުޅިވެރިގޮތަކައް އެހިއެވެ.

“އެހެނެއް ނޫނޮތަ އަހަރެންވެސް އެހީ”އެލީޝާ ބުންޏެވެ.

“ނުވޭ އެއްވެސް ކަމެއް”

ޒާރާ ހީލަމުން ބުންޏެވެ.އެވަގުތު ޒޯޔާވެސް އައިސް ކޮޓަރިއައް ވަނެވެ.

“ތިއްތަ ކީއްވެތަ މާބާރަކައް ހަޅޭލަވައިގަތީ ؟”

ޒޯޔާ ހައިރާންވެފައި އެހިއެވެ.އެލީޝާ ހީގަންނަމުން ވީގޮތް ކިޔާދިނެވެ.ވީގޮތް އެނގުމުން ޒޯޔާއައް ވެސް ހެވުނެވެ.

“ފިލްމެއް ބަލާލާން ވީއެއްނު”ޒޯޔާ އަތުގައި އޮތް ޕެން ދައްކާލަމުން ބުންޔެވެ.އެލީޝާއާ ޒާރާ ދަތްޕިލަ ފެންނަ ވަރަށް ހީލިއެވެ.

“ބިރުވެރި ފިލްމެއްތަ؟”އެލީޝާ ވަރައް ހެވިފައި އަހާލިއެވެ.ޒޯޔާވެސް ވަރައްހެވިފައި ބޯޖަހާލިއެވެ.

“ކޮބާ ސާރާ ؟” ޒޯޔާ އެލީޝާގާތު އަހާލިއެވެ.

“ނޭންގެ އެގެއައް ގޮސްފަ މިއައީވެސް ސާރާގެ މަންމަ ބުނީ ނޭންގެއޭ ދިޔަތަނެއް ”

އެލީޝާ ބުންޏެވެ.ޒާރާ ސާރާ އައް ގުޅާލިއެވެ.ފޯން އޮތީ ނިވާލައިފައެވެ.

“ދެން ފިލްމް ބަލާން ވިއެއްނު….. ފަހުން ސާރާއައް ގުޅަބާ”ޒޯޔާ ޒާރާ އާ ދިމާއައް ބަލާލަމުން ބުންޏެވެ.އެލީޝާ ވެސް އެގޮތް ކަމުދިޔައެވެ.

ޝައުގުވެރިކަމާއެކު ފިލްމް ބަލާން އިން ޒާރާ ސިއްސައިގެން ދިޔައީ ކުއްލިއަކައް އެލީޝާގެ ފޯނު ރިންގްޓޯން އިވިފައެވެ.

“އެލީ ”

ވަރައް ދަމާލާފައި ޒާރާ ގޮވާލިއެވެ.އެލީޝާ ފޯން ހިފައިގެން ބޭރައް ދިޔުމުން ޒަރާ ހައިރާން ވިއެވެ.އެއީ ދުވަހަކުވެސް އެލީޝާ ކުރާ ކަމެއް ނޫނެވެ.އެހެންނޫނަސް މާކަ ސިއްރުން ވާހަކަ ދައްކާކައް އެލީޝާގެ ބޯއިފްރެންޑެއް ވެސް ނުހުންނާނެވެ.ޒާރާ އާއި ޒޯޔާ އެކަކު އަނެކަކައް ބަލާލީ ހައިރާންވެފައި ތިބެއެވެ.

އިރުކޮޅެއް ނުވެ އެލީޝާ އައިސް ކޮޓަރިއައް ވަނެވެ.އަދި ވަރައް އަވަހައް ގެއައް ދާންޖެހިއްޖޭ ބުންޔެވެ.ޒާރާ ވީ ކިހިނެއްތޯ އެހުމުންވެސް އެއްވެސް ޖަވާބެއް ނުދީ އެލީޝާ ކޮޓަރިން ނުކުމެގެން ގޮސްފިއެވެ. ޒާރާވެސް އަވަހައް ބުރުގާއަޅައިގެން ކޮޓަރިންނުކުތެވެ.އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒާރާ މަޑު ކޮއްލީ ސިޓިން ރޫމުގައެވެ.އޭރު އެލީޝާ ދުވެފައި ގެއިން ނުކުންނަނީއެވެ. ޒާރާވެސް އެލީޝާގެ ފަހަތުން ދުއްވައިގަތެވެ.

ޒާރާ ގެއިން ނުކުމެ މަގުމައްޗައް ނަޒަރު ހިންގާލިއިރު އެލީޝާ ފެންނާންވެސް ނެތެވެ.ޒާރާ ފޯން ނަގާ އެލީޝާ އާ ގުޅާލިއެވެ.ފޯން އޮތީ ނިވާލާފައެވެ.ދެވަނަފަހަރައް ވެސް ޒާރާ ގުޅާލިއެވެ.ފޯން ޖީބައްލަމުން ޒާރާ އެތެރައް ވަންނަން ހިނގައިގަތެވެ.

“ކޮންތާކައް ގޮސްފައި ތިޔައީ މިގަޑީ”

އެތެރައް ވަންނަން އައި ޒާރާ ފެނިފައި އާމިނަތު ގާތައްރުޅިއައެވެ.

”ނުދަމޭ އެއްވެސް ތާކައް މަންމާ”

ޒާރާގެ ގާތައް ރުޅިއައެވެ.ކިރިޔާ ބޭރައް ނުކުމެލިޔަސް މަންމަ ހީވާނީ އެހެންފަދަ ކަމެއްހެންނެވެ. ޒާރާ ފޫހިގޮތަކައް އާމިނަތުއައް ބަލަލުމައް ފަހު ކޮޓަރިއައް ގޮސް ވަނެވެ.

އާމިނަތު ބޯހޫރާލިއެވެ.އިލްފްއަކީ އާމިނަތުއައް ކަމުދާ ކުއްޖެއް ނޫނެވެ.ނުލަފާކަމައް ރަށައް މަޝްހޫރު ކުއްޖެކެވެ.ކިޔެވީވެސް ގުރޭޑް ނުވަޔަކާ ހިސާބަށެވެ.މަސައްކަތް ކުރަނީވެސް ރިސޯޓެއްގައި ވެއިޓަރަކަށެވެ.އެވަރުނުވެގެން އިލްފް މަސައްކަތް ކުރަނީވެސް ޒާރާގެ ބައްޕަގެ ރިސޯޓުގައެވެ.ރިސޯޓްގެ ވެރިމީހާގެ ދަރިފުޅު އެތަނުގެ ވެއިޓަރަކާ އުޅުން އެއީ ކިހާ ހަޑި ކަމެއްހެއްޔެވެ؟

“މަންމާ އަޅުގަނޑު މިދަނީ ސްކޫލަށް “ކޮޓަރިން ނުކުމެގެން އައި ޒޯޔާ ބުންޏެވެ.އާމިނަތު ރަނގަޅައް ކިޔަވަޔާއޭ ބުނުމައްފަހު ބަދިގެއައް ގޮސް ވަނެވެ.

ޒޯޔާ ބޫޓައް އަރައިގެން ގެއިން ނުކުތެވެ.އާދައިގެ މަތިން ސްކޫލައް ދާ މަގުން މިފަހަރުވެސް ދިޔުމައް ހިނގައިގަތެވެ.މަގުމަތި އޮތީ އަމާންކޮށެވެ.އެއްވެސް މީހެއްވެސް ފެންނާނަނެތެވެ.އަވަސް ފިޔަވަޅުތަކެއްގައި ޒޯޔާ ދިޔައީ ގަޑިޖެހެން ކައިރިވެފައި ވާތީއެވެ.

ފަހަތުން ބަޔަކު އަންނަހެން ޒޯޔާއައް ހީވިއެވެ. ފަހަތުން ބަޔަކު ވަހަކަ ދައްކާއަޑު އިވެންފެށިއެވެ.ޒޯޔާ ހުއްޓުނެވެ.އަދި ފަހަތް ބަލާލިއެވެ.ލިބުނު ސިހުމާއެކު ޒޯޔާގެ ދެލޯބޮޑުވިއެވެ.

ނުނިމޭ

Comments (10)

  1. ???

    Yey mee first dhw
    Vvvv reathi ❤❤❤??????????pls avahah up kolaathi

    1. SHIALL
      ???

      Thanks ❤❤❤

  2. khajja

    Wow masha allah v v rythi v furihama ????❤???

    1. SHIALL
      khajja

      Thank you khajja ????

  3. Thee

    Molhu kuhjeh?? ?

    1. SHIALL
      Thee

      Thanks Thee ?

  4. reader

    xaara xoya varah olhuvaalaafa hurikan faahaga khlan

  5. Rym

    Reeth. Ekam V kuru☺

  6. warah vaahaka

    miwaahakaige 2 bai in iruwes dhebai wes fas warakah faharu kiyain wes waa eh nuwaa eh neyge o..o

  7. cherritw

    Vaahaka v v v salhi ?.. Ekam mi part ga thankolheh mistakes ginakan faahaga kollan..

Comments are closed.