Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (ފަހުބައި)

Rau Level 210 Stories100 Comments100 Login
September 9, 2017 2 Mins Read
23 Comments

” މިކަން މިނިމުނީ….ޠައްޔިބު………” އެތިން މީހުންގެ ސޫރަ ރަނގަޅަށް ވަކި ވުމުގެ ކުރިން ސަކީނާގެ ދެލޯ މެރިއްޖެއެވެ. ފުން އަނދިރި ގަނޑެއްގެ ތެރެއަށް ނަފްސު ދިއުމުގެ ކުރިން ސަކީނާ އަށް އެންމެ ފަހުން އަޑު އިވުނީ އެ ލަފްޒެވެ. ދިގު ނިންޖަކުން މި ދުނިޔެއަށް ދެވަނަ ފަހަރަށް ލޯ ހުޅުވުނު އިރު ސަކީނާގެ ދުނިޔެ ވަނީމުޅީން ވިއްސި ވިހާލިކޮށްލާފައެވެ. ރަޝީދުއާއި ރަޝީދުގެ މައިން ބަފައިން އެ ތިން ޤާތިލުންވަނީ ޤަތުލުކޮށްލާފައެވެ. ސަކީނާއާއި ރަޝީދުގެ ދަރިފުޅު މަރުވީ ކަމެއް ނުވަތަ ދުނިޔޭގައި ހުރިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ގޭތެރޭގައި ލޭގެ ކޯރެއް ހައްދާލި އެ ޤަތުލު ޢާއްމުން އޭނާ ސަލާމަތްވީވެސް އަޖައިބެއްފަދަ ގޮތަކަށެވެ. މީހުން ގެއިން ބޭރަށް ނުކުމެ ނޫޅޭ އެފަދަ ވިއްސާރަ ތޫފާނީ ރެއެއްގައި ގެއަށް ކޮންމެވެސް ބޭނުމަކު ވަތްް އަވައްޓެރިއެއްގެެ ސަބަބުންނެވެ. އެއީ ޒާހިރެވެ. އޭނާއަކީ ރަޝީދުގެ ކުޑައިރުގެ ރަޙުމަތްތެރިއެކެވެ. ޒާހިރު އެގެއަށްވަނީ ހާދިސާ ހިނގިތާ ތިރީސްވަރަކަށް މިނިޓްވެސް ވީފަހުންނެވެ. ތިން މުޖުރިމުން އެމީހުން އެކުރި ކަމެއް ކޮށްފައި ދިޔައިރު، ސަކީނާގެ ނޭވާ އުފުރިގެން ދިޔުމާ ވަނީ ގާތްވެފައެވެ. ކިރިޔާ ދިރިއޮތްކަމެވެ. ނަމަވެސް އެ ތިރީސް މިނިޓް އޭނާގެ ފުރާނަ ނުގެންދަވައި އޮތްކަމީ އޭނާގެ ނަސީބު ކަމެއް ނުވަތަ އެތިން މުޖުރިމުންގެ ބަދު ނަސީބު ކަމެއް ބުނެދޭކަށް އޭނާ އަކަށް ނޭނގެއެވެ. އެދުވަސްވަރުގެ ސިއްހީ ފަރުވާގެ ކަންކަން ހުރިގޮތަށް ބަލާއިރު، ސަކީނާގެ ފުރާނަ ސަލާމަތްވުމަކީވެސް އަޖައިބެއްފަދަ ކަމެކެވެ. ތެދެކެވެ. މީހަކު ކިތައްމެ ބޭނުންވިޔަސް ފުރާނަ ހިއްޕަވާނީ އެފުރާނައިގެ ވެރިރަސްކަލާނގެ އެ ފުރާނައަށް ކަނޑައަޅުއްވާފައިވާ އަޖަލު ހަމަވުމުންނެވެ.   ބޮލަށް ލިބުނު ބޮޑު ޒަޚަމްގެ ސަބަބުން އެރޭގެ ހާދިސާގެ ކުރިން ވީ ހުރިހާކަމެއް ސަކީނާ ހަނދާންނެތުނެވެ. އެގޮތުގައި ދެއަހަރު ފާއިތުވުމަށްފަހު ހުރިހާ ހަނދާނެއް ވާން ފެށިއިރު، ސަކީނާއަށް ހުރިހާ އެއްޗެއް ގެއްލިއްޖެއެވެ. އެ ހާދިސާއަށްފަހު އޭނާގެ ދިރިއުޅުން އަމިއްލަ ވަޒަނަށް ބަދަލުކުރިއެވެ. ރަށުގައި ދިރިއުޅުނު ނަމަވެސް، ޠައްޔިބު ފެނޭތޯ އޭނާ އެތައް ފަހަރަކު މާލެ އެރިއެވެ. ހޭލުންތެރިކަން ކުޑަކަމާއެކު މިކަހަލަ ޖަރީމާތައް އޭރު ސިފައިން ބެލިއަސް ވާނުވާ އެނގޭ މީހުންވެސް މަދެވެ. ފާއިތުވެެ ދިޔަ އެ ދެ އަހަރު ތެރޭގައި ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. ޠައްޔިބު ދިރިއުޅޭ ތަން ވެސް މެއެވެ.

********

ފަތިހުގެ ކަންނެތް ފިނިން ނިދި ތަންމަތިތަކުގައި މޯޅިއަކަށް ދެމެމުން ފުންނިންޖެއްގެ ތެރޭގައި ދުނިޔޭގެ އަހުލުން ނިދާލާފައި ތިއްބަކަސް، އިނާޒާގެ ލޮލަކަށް ނިންޖެއްނައެވެ. ކޮންމެވެސް ގޯސްކަމެއް ވާން އުޅޭކަހަލަ އިހްސާސެއްގައި، އޭނާގެ ސިކުނޑިވަނީ ހާސްކުރުވާފައެވެ. ހެނދުނު ހޭލިގޮތަށް  ޖައިޝްގެ ކޮޓަރިއާ ދިމާއަށް އޭނާ މިސްރާބު ޖެހީ އެހެންވެއެވެ. ކޮޓަރިއަށް ގޮސް ވަތްއިރު ޖައިޝް ކޮޓަރިއަކު ނޫޅެއެވެ. ރޭގައި އޭނާ ނިދަން ނާންނަ ކަން އެނގެނީ އެދުވަހު އެނދު ތަންމަތި އެޅިގޮތަށް، ތަންމައްޗަށް އެންމެ ރުލެއްވެސް އަރާފައި ނުވާތީއެވެ. އިނާޒާ ކޮޓަރިއަށް އައިގޮތަށް އައިސް އެންމެ ފުރަތަމަވެސް ބެލީ އެނދު ތަންދަށަށް އޭނާ އެއްލާލި ޖައިޝްގެ ފޯނު ފެނޭތޯއެވެ. ފޯނު އޭނާ އެއްލި ތަނުގައި ނެތުމުން ޖައިޝްގެ އަތުގައި ފޯނު ޖެހިއްޖެކަން އޭނާއަށް ޔަގީންވިއެވެ. ކުރި ހުރިހާ އުއްމީދު ވެއްޔާ މޮޑެވިއްޖެކަން އެނގުމުން އިނާޒާ ބޮލުގައި އަތްއަޅައި ބާރުކޮށްލިއެވެ. އެވަގުތު އެއްލި ކަޅިއަކުން އެނދުކައިރި އިން ކުޑަ މޭޒުމަތީގައި ނިއުޅުވާލާފައި އޮތް ސިޓީ އޭނާއަށް ފެނިއްޖެއެވެ. ސިޓީގައި ލިޔެފައިވާ އެއްޗެހި ފެނުމާއެކު އޭނާގެ ދެ ލޯ ބޮޑުވިއެވެ. ނިތްކުރިން އޮއްދާ ހިއްލާލިއެވެ. ދެފައިން ވާގިދާހެން ހީވުމުން އެނދުގައި އިށީނދެލެވުނެވެ. ހިނދުކޮޅެއްގެ ހަމަހިމޭންކަމުގައި އޭނާ އިނީ ގަބުވެފައެވެ. އުޑާ ހަމައަށް އުސްކޮށް އޭނާ ބިނާކުރި ރަނިކަމުގެ ޚިޔާލީ ކިއްލާ ހިނދުކޮޅެއްތެރޭގައި ބިމާ ހަމަވީއެވެ. ދިރިއުޅުމުގައި އޭނާ ކުރި ހުރިހާ ކަމެއްގެ ތަސްވީރުތައް ވަކި ވަކިން އޭނާގެ ލޯ ވަށައިގެން އެނބުރިގަތްފަދައެވެ.

******

” މިކަން މިނިމުނީ…. ޠައްޔިބުއަށް މިކަން އަންގާނީ އިމާދު…” އިމާދުގެ އަތުގައި ލެއިން ކަޅިވެފައިއޮތް ލަޓިބުރި އަތުލަމުން އިނާޒާ ވާހަކަ ދެއްކީ ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތަށްވެރިކުރުވަމުންނެވެ. އިންސާނުންތަކެއްގެ ފުރާނަޔާ ކުޅެލުމަށްފަހުވެސް ޖެހުލުންވުމުގެ ނިޝާނެއްވެސް ނެތި، އިނާޒާގެ ގާތުގައި ހެވިފައި މެހެރުއްނިސާވެސް ހުއްޓެވެ. އިމާދަކީ ސްކޫލް ދައުރު ނިންމާލުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފޮނި ހުވަފެން ދެކެމުން ދިޔަ ޒުވާނެކެވެ. އިނާާޒާގެ ސްކޫލް ދައުރުގެ ގާތް ރައްޓެއްސެކެވެ. ދެކެމުންދާ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ކޮންމެ ފަދަ އަގެއް ދީގެން ވިޔަސް ފުރިހަމަ ކުރަން އޭނާ ހުރީ ބޭނުންވެފައެވެ. އޭނާގެ މި ހުވަފެނުގައި ރީތި ކުލަތަކެއް ޖެއްސުމަށް ދަހިވެތިވެފައި ވާ ވަރު އެންމެ ރަނގަޅަށް އެނގޭނީވެސް އިނާޒާއަށެވެ. ބައެއް މީހުންނަކީ އަމިއްލަ އެދުމަށްޓަކައި ކޮންމެ ފަދަ އިމެއްވެސް ހުރަސް ކުރަސް ތައްޔާރަށް ތިބޭބައެކެވެ. އެފަދަ މީހުންނަށް އެހެން މީހުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އިމާދަކީ އެކަހަލަ މީހެކެވެ. ބައެއްގެ ފުރާނަ ދުއްވާލުމަށްފަހު، ފުރާނަ ސަލާމަތް ކޮށްދޭ ޑޮކްޓަރަކަށް ވާން އިމާދު ނިންމި ނިންމުމަކީ އެކަމުގައި އަމިއްލަ އެދުން ނޫން އެހެން އެއްވެސް ކަމެއް އޮތް ކަމެއް ނޫނެވެ. އެކަމަށް މޮޔަކަމޭ ބުންޏަސް ނުވަތަ ޖާހިލުކަމޭ ބުންޏަސް އޭނާގެ ފަރުވާލެއް ނެތެވެ.

” އަހަންނަށް ލިބެންޖެހޭ ބައި އަވަހަށް ލިބެން ޖެހޭނެ އިނގޭ… މަ ބޭނުން ވީހާވެސް އަވަހަކަށް ފުރަން….” އެގެއިން ތިންމީހުން އެކުގައި ނުކުންނަން ހިނގައިގަންނަމުން މެދުކެނޑުމެއްނެތި ރޮމުން ގެންދިޔަ ތުއްތު ކުއްޖާއަށް ބަލާލަމުން އޭނާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

“އޭތް… މިކުއްޖާއަށް ހަދާނީ ކިހިނެތް… ޠާއްޔިބު މިގެއަށް އައުމުގެ ކުރިން މިކުއްޖާ ރޯއަޑު މީހަކަށް އިވިގެން ނުވާނެެ…..” މޫނު މަތީން ރަޙުމުގެ ކަންފުޅެއްވެސް ދައްކަ ނުލައި މެހެރުއްނިސާ ވާހަކަ ދެއްކީ އިނާޒާއާއެވެ. ކިތައްމެ އަމިއްލަ އެދުން ބޮޑުނަމަވެސް އެހާ ކުޑަ ކުއްޖެއްގެ ފުރާނަ ނަގާލުމަކީ އިނާޒާއަށް ކުރަން ކެރޭ ވަރުގެ ކަމަކަށް ނުވިއެވެ. މުދާވެރިކަމާއި އަރާމްދިރިއުޅުމަށްޓަކައި އޭނާ އެކުރި ހުރިހާކަމެއް އެއްފަރާތެއްގައި ބޭވުމަށްފަހު އެތުއްތު ކުއްޖާއަށްޓަކައި އޭނާގެ އަންހެންވަންތަކަން ހޭލި ފަދައެވެ. ރޮމުންދިޔަ ކުޑަކުއްޖާ ނަގައި ކޮނޑުގައި ބާއްވާލުމާއެކު ވެފައިވާ ވަރުބަލިން ނިކަން ފަސޭހައިން އެކުއްޖާ ނިދައިފިއެވެ.

އެމީހުންގެ އަންނައުނުން އެ މަރުގެ ނިޝާތައް ފޮހެލުމަށްފަހު ޠައްޔިބުއަށް އެ އަނިޔާވެރި މަރުގެ ހަބަރު ދިނީ އިމާދެވެ. އިނާޒާގެ ސަބަބުން ޠައްޔިބުއާއި އިމާދާ ދޭތެރޭގައިވެސް އެކުވެރިކަން ވަނީ އުފެދިފައެވެ. އިނާޒާއާއި އިމާދާާއެކު  ފަނަރަ ވަރަކަށް މިނިޓްތެރޭ ޠައްޔިބު އެގެއަށް އައެވެ. ލޯގެ ކޯރެއް އުތުރި އަރަމުން ދިޔަ ގޭތެރެ ފެނުމާއެކު ޠައްޔިބުގެ މޫނު މައްޗަށް އަނދިރިވާގޮތްވިއެވެ. ވަރަށް ކެތްކުރަމުންވެސް އޭނާއަށް ދެވުނީ ފުންނިންޖެއްގެ ތެރޭގައި އޮތް ތުއްތު ދަރިފުޅާ ހަމައަށެވެ. އެތުއްތު ދަރިފުޅު އަތަށް ނެގިއިރު އޭނާ ރޫރޫއަޅައެވެ.

“މީގެ ފަހުން މިއީ އަހަރެމެންގެ ދަރިއެއް…..މި ދަރިފުޅުގެ ނަމަކީ ޖަޢީޝް…” ޖަޢީޝް އަކީ އެދަރިފުޅަށް ދޭން އެންމެ ރަނގަޅު ނަން ކަމުގައި ޠައްޔިބު ގަބޫލުކުރިއެވެ. އެނަމުގެ މާނައިން އެދޭހަވާ “އަހަރެން ދިރިއެބަހުރީމޭ” އެބުނާ ބުނުމަކީ މުސްތަޤުބަލުގައި ޖަޢީޝް ކުރާ ކޮންމެވެސް ޢަމަލެއްގެެ ސަބަބުން އޭނާގެ މުޅި ވުޖޫދު ދުނިޔެއިން ފޮހެލި ޤާތިލު ހޯދުމަށް މަގު ފަހިކުރުވާނެ ބުނުމަކަށްވާނެ ކަމުގައި ޠައްޔިބު އުންމީދުކުރިއެވެ. އެކުވެރިޔާގެ މަރުގެ ޚަބަރުކަމާބެހޭ ފަރާތަށް އަންގަން ދިއުމުގެ ފުރުސަތެއް ނުލިބި އެހާ ހިސާބުން ޠައްޔިބުގެ ޚަބަރު ހުސްވީއެވެ.

އިމާދު ޠައްޔިބު ނަގައިގަނެގެން އެތަނުން ގެންދިޔައިރު ޖައިޝް އުރާލައިގެން ހުރެ ކުޑަ ނަގައިގެން އިނާޒާވެސް އެގޭތެރެއިން ނުކުތެވެ. މި މަންޒަރު ބަލަން ހައިރާންވެފައި ޖެހިގެން ހުރިގޭގެ ހިޔާކޮށްފައިވާ ފެންޑާގެ ތެރޭގައި ހުރެ ސުއްޓާއެއް ބޮމުންދިޔަ ޒާހިރު ހުއްޓޭވެ. ތަނަށްވެރިވެފައިވާ އަނދިރިކަމާއި ވެހެމުންދިޔަ ބޯ ވާރެޔާހެދި އެއީ ކޮން ބައެއްކަމެއް ޒާހިރުއަށް އެނގޭ ވަރެއް ނުވިއެވެ. އެގޭތެރެއަށް ޒާހިރު ވައިން މަންޒަރު އިނާޒާއަށް ފެނުނެވެ.

އެ ހާދިސާއަށްފަހު ރަޝީދުގެ ވިޔަފާރީގެ ސަތޭކަ އިންސައްތަ ހިއްސާދާރަކަށްވީ ޠައްޔިބުއެވެ. ޠައްޔިބު އެވިޔަފާރި ބެލެހެއްޓީ ޖައިޝްއަށްޓަކައެވެ. ޢުމުރުން ސައްބީސް އަހަރުގައި ޖައިޝް ކިޔަވައިގެން އެނބުރި މާލެ އައި ދުވަހު ޠައްޔިބު އެ ބޮޑު ވިޔަފާރި ޖައިޝްގެ ނަން މައްޗަށް ބަދަލުކުރީއެވެ. މިކަން އެނގުމުން އިނާޒާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. ބައެއްގެ ފުރާނަ ދުއްވާލައިގެން އޭނާވި ހުތުރުކަން ބޮޑު ޤުރުބާނީގެ އަގު ހިނދު ކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވީއެވެ.

ރޭގަނޑެއްގެ ދަންވަރު އިމާދުއާ ބައްދަލުކުރަން އިނާޒާ ދިޔައީ ހަދަމުންދާ ޢިމާރާތެއްގެ ތެރެއަށެވެ. ދެމީހުންގެ ސިއްރު އެ ބައްދަލުވުމަށް އެފަދަ ތަނެއް އެމީހުން ޚިޔާރުކުރީ އެދެމީހުންގެ މާޒީ ވަންހަނާވެފައި އޮތުމަކީ ދެމީހުންނަށްވެސް ފައިދާކުރާނެ ކަމެއްކަމުގައިވާތީއެވެ. އެދެމީހުންނަށްވެސް ނޭނގުނީ އެމީހުންގެ މާޒީގެ ކަޅު ސަފްޙާތައް ހުޅުވެން ދެން މާގިނަ ދުވަސްތަކެއް ނެތްކަމެވެ. އިނާޒާގެ އުޅުންހުންނަ ގޮތާމެދު ޝައްކެއްގައި ޠައްޔިބު ހުންނަތާ ދުވަސްކޮޅެއްވަނީވެފައެވެ. ޠައްޔިބު ހީކޮށްގެންހުރީ އިނާޒާއާއި އިމާދާ ދެމެދު ކޮންމެވެސް ނުކިއްސަރު ގުޅުމެއް ހިނގަނީ ކަމުގައެވެ. އެކަމުގެ ހަގީގަތް ބަލަން ކެތްމަދުވެފައި ވުމުން، އެ އަނދިރީގެ ތެރެއިން އިނާޒާގެ ފަސް ފަހަތުން އައިސް ޠައްޔިބު އެއިމާރާތުގެ ތެރެއަށްވަނެވެ. ވަށައިގެންވާ އިމާރާތްތަކުން ފޭދިގެން އަންނަ ފަނޑުއަލިން، އެތަނުގެ ތެރޭގައި ފަނޑު އަލިކަމެއް ވެއެވެ.

” ކުރި ހުރިހާ ކަމެއް މިދިޔައީ ފެނަށް…. އަހަރެމެން، ރަޝިދާއި އޭނާގެ އާއިލާ ދުއްވާލީވެސް އެ މުދާވެރިކަން ބޭނުންވެގެންނެއް ނޫންތަ….؟ ކަލެއަށް ޠައްޔިބު މައިތިރި ނުކުރެވިގެން ތިއުޅެނީ ކީއްވެތަ؟” މަޑުމަޑުން ދެމީހުން ދައްކަމުން ދިޔަ ވާހަކަ ހޫނުވެ، ތަންކޮޅެއް ބާރަށް ރުޅިވެރިކަމާއެކު އިމާދު އެހެން ބުނެލުމާއެކު ދެފޫޓު ފުޅާ ކޮންކްރީޓް ތަނބެއްގެ ނިވަލުގައި ފޮރުވިގެން ހުރި ޠާއްޔިބުގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާ އުންމީދުކޮށްގެން ހުރި ހަގީގަތުގެ ބަދަލުގައި އޭނާ ހީވެސް ކޮށްފައިނުވާކަމެއްގެ ހަގީގަތް އޭނާ ކުރިމަށްޗަށް ބަންޑުން ވެދާނެ ކަމުގައި އޭނާހުރީ ހީކޮށްގެނެއްނޫނެވެ. ހަށިގަނޑަށް ސިހުން ލިބި މުޅި ރޫޙަށް ގުޑުން އަރައިގެން ދިޔަހެން ހީވުމުން ޠައްޔިބުއަށް ފަހަތަށް އެޅުނު ފިޔަވަޅާއެކު ފައިކައިރީގައިބަހައްޓާފައިވާ ދަގަނޑު ހޮޅިތަކުގައި އޭނާގެ ފައިއެޅުނެވެ. ހޮޅިތައް ވެރިގަތް އަޑާއެކު ސިހިފައި އިމާދު އާއި އިނާޒާ އަޑު އައި ދިމާލަށް ބަލައި ލުމުގެ ކުރިން އިނާޒާއަށް ކުރިމަތީހުރި ފުޅާ ބިއްލޫރި ލޯގަނޑުން ތަނބާ ނިވާވެލި ޠައްޔިބު ވަރަށް ރީރިކޮށްފެނުނެވެ. އެދިމާލަށް ދާން ހިނގައިގަތް އިމާދު ހުއްޓުވަމުން ތުންފަތް ތަޅުވާލަމުން އެތަނުގައި ހުރީ ޠައްޔިބުކަން އިނާޒާ އިމާދުއަށް ބުނެދިނެވެ. މީހެއްގެ ހިލަމެއްނުވުމުން ޠައްޔިބު ތަނބުގެ ނިވަލުން ނުކުމެ ބަލައިލިއިރު، އެތަނުގައި އިނާޒާމެންގެ ހިލަމެއްނެތެވެ. ފެނުނު މަންޒަރުން ލިބުނު ޝޮކުގައި މައްޔިތެއްފަދައިން ހަރަކާތެއްނެތް ލަސް ހިނގުމެއްގައި، ޠައްޔިބު އެތަނުން ނުކުމެ ގެއަށް ދާން ހިނގައިގަތެވެ.

” މިޖެހުނީ އަނެއްކާ އަނެކަކު މަރާކަށްނު…؟ ހަނދާންކުރާތި… ޠައްޔިބުގެ މަރަށްފަހު، އޭނާގެ ތިޖޫރީގައި ހުރި ފައިސާގެ ދެބައިކުޅަ އެއްބައި މަށަށް ލިބެންޖެހޭނެ!” ފިލާތިބި ދަގަނޑު ފީފާ ބުރީގެ ނިވަލުން ނުކުންނަމުން އިމާދު އެހެން ބުނީ އިންޒާރާއެކުގައެވެ. ޠާއްޔިބު މެރުމަކީ އިނާޒާ ހިތަށް އެރުވި ކަމަކަށް ނުވިޔަސް، މިރޭ މިދިމާވިގޮތުން އޭނާގެ ސަލާމަތަށް އެނޫން އިތުރު ގޮތެއްނެތްކަން އެނގުމުން އިމާދު ބުނިގޮތް ހެދުމަށް އިނާޒާ އެއްބަސްވީއެވެ.

ލަސްހިނގުމެއްގައި ގެއާ ހަމައަށް ފޯރިއިރު ޠައްޔިބު ހުރީ ދިރިއުޅުމާމެދު މުޅިން އުންމީދު ގެއްލިފައެވެ. އޭނާ ފިލަން ތަނބާނިވާވެލިވަގުތު އިނާޒާއަށް އޭނާ ފެނުނުހެން އޭނާއަށް ހީވިއެވެ.  އޭނާއަށް ހީވި ހީވުން އެއީ ހަގީގަތެއނަމަ، އިނާޒާ އޭނާވެސްް ދުލެއް ނުކުރާނެކަން އޭނާއަށްއެނގެއެވެ. މިހުރިހާ ދުވަހު އެތައް ބައެއްގެ ގާތިލާއެކު އޭނާގެ ދިރިއުޅުން ހޭދަ ކުރެވުނު އިރު އެކަމުގެ ހިލަމެއްވެސް އޭނާއަށް ނުވީ ކީއްވެހެއްޔެވެ؟ އޭނާ ހުރީ އެދުވަހުގެ އިރު އަރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.. ޖައިޝްއަށް ހުރިހާ ވާހަކައެއް ކިޔާދޭން ކެތްމަދުވެފައެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުތެރޭގައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. އިނާޒާއަށް މިރޭ އޭނާ ފެނުނު ނަމަ، ޖައިޝްއާ އޭނާ ބައްދަލުވިޔަ ނުދޭން ކުރެވުނު ހުރިހާކަމެއް ކުރާނެއެވެ. ލިބިފައިވާ މަދުވަގުތުކޮޅުގެ ތެރޭގައި ލައިބްރަރީ ކޮޓަރިއަށްވަދެ، ޖައިޝްގެ ހަގީގަތާބެހޭ ގޮތުން އޭނާގެ މުޅި މާޒީ ބަޔާންކޮށް ޠައްޔިބު ސިޓީއެއްލިޔުނެވެ. ބަލްޚާ ދީފައިވާ މުސްހަފުތެރެއަށް އެސިޓީލީ އެ މުސްހަފަކީ އެކަމަށް އެންމެ ރަނގަޅު އަމާނާތްތެރިޔާ ކަމުގައި ޠައްޔިބުދެކޭތީއެވެ. ސިޓީލިޔެ ނިންމާލުމަށްފަހު އެނދުގައި އޮށޯވެ ރަނގަޅަށް ހަމަޖެހި ނުލެވެނީސް އިނާޒާ ސިއްރު ފިޔަވަޅުތަކެއްގައި އައިސް އެނދުގައި އޮށޯނަމުން ޠައްޔިބު ނިދާފައި އޮތްކަން ޔަގީންކުރިއެވެ. ލޯމަރައިގެން އޮތަސް ޠައްޔިބު އޮތީ ހޭލާކަން އެނގޭތީ، އިނާޒާގެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

ޖެހިގެން އައި ދުވަހު ޠައްޔިބު ޖައިޝްއާ ކައިރިވާ ކޮންމެ ވަގުތަކު ފަހަތުގައި ވިއްދާފައިހުންނަ މުޑިޔެއްހެން އިނާޒާ ޠައްޔިބުގެ ގާތުގައި ވިއްދާފައި ހުއްޓެވެ. އެރޭ ރޭނގަޑު އެގާރަ ޖެހުމާ ގާތްވެފައި ވަނިކޮށް ޠައްޔިބު އޮފީހަށް ދިޔައީ، އޮފީހުން އައި ކޯލެއްގެ ސަބަބުންނެވެ. އެ ކޯލަކީ އިނާޒާއާއި އިމާދުގެ ރޭވުމެއްކަން ކުޑަކޮށްވެސް ޠައްޔިބުއަކަށް ނޭނގެއެވެ. ގުރޫޕެއްގެ އެހީއާއެކު ޠައްޔިބުގެ ދުވަސް ދުއްވާލަން ރޭއްވި ހަމަލާ ކާމިޔާބުނުވީ އިއްތިފާގުން އެވަގު ހިޝަން އެތަނަށް އައިސް ފުލުހުންނަށް ގުޅުމުންނެވެ. ފުލުހުން އައިލެއް އަވަސްކަމުން އެމީހުންނަށް އެކަން ކާމިޔާބު ނުވީއެވެ. ފުލުހުންގެ އެހީތެރިކަމާއެކު ޠައްޔިބުު ހޮސްޕިޓަލަށް ގެންދިޔައީ ހިޝާންއެވެ.

އެރޭ ހޮސްޕިޓަލުތެރޭގައި އިނާޒާ އިމާދުއާ ބައްދަލުކުރިއެވެ. އޭނާހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ޠައްޔިބު މަރު ނުވަނީސް އެހާގިނަ ފައިސާ ދޭން އިމާދު ބުނީތީއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ބަލްޚާގެ ފޯނު ވެއްޓުނު އަޑަށް އިމާދު އެތަނުން ފިލާ ރައްކާވިއެވެ. ބަލްޚާއަށް ނުފެނި އިނާޒާއަށް އެތަނުން ދެވުނީ ހަނިގޮތަކަށެވެ.

*****

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކުއްލިއަކަށް އަތުގައި އޮތް ސިޓީ އުރަ ބޮނޑިކޮށްލުމަށްފަހު ކޮންމެވެސް ދިމާލަކަށް ހޫރާލެވިއްޖެއެވެ. ކޮޓަރިއަށްވަދެގެން އައީ ޖައިޝްއެވެ. އައިގޮތަށް އައިސް އިނާޒާގެ މޫނު މައްޗަށް އޭނާގެބާރުގަދަ އަތުގެ  ހޫނު އެތި ފަހަރެއް ބާލާލުމާއެކު އިނާޒާއަށް ހީވީ އޭނާގެ ކޯކަށިގަނޑު ބިނދުނުހެންނެވެ. ވީ ތަދުން ކޮލުގައި އަތް އަޅާއިގެން އޭނާއަށް ރޮއިގަނެވުނެވެ. އެހެން ނުހެދުމަށް އެދި އާދެސް ކުރަމުންނެވެ.

“މަންމާ… އޭތް… މަންމާ…. ބަލަ ކިހިނެތްތަ ތިވަނީ؟….” މޫނު މަތީގައި އަތް އަޅައިގެން މޮޔައަކުހެން ތެޅެމުން ފޮޅެމުންދިޔަ އިނާޒާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޖައިޝް އެހެންބުނީ ކަންބޮޑުވެފައި ހުރެއެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އިނާޒާ ހަމައަކަށް އެޅުނެވެ. ހޭލާ ހުންނަ އިރު މިކަހަލަ ހުވަފެން ފެންނަމަ، ދުވަސް ކޮޅަކުން އޭނާ މޮޔަވެދާނެއެވެ. ޖައިޝްގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ނުފެނުނީތީ، އިނާޒާ ހައިރާންވިއެވެ. އޭނާގެ އެހާ ބޮޑު ހަގީގަތެއް އެނގިހުރެ ޖައިޝް އެހާ އޯގަތެރިކޮށް ޢަމަލުނުކުރާނެކަން އެނގުމުން، އެސިޓީ ޖައިޝް އަދި ނުކިޔާކަން އޭނާގެ ހިއްސުތައް ބުނެދިނެވެ.

“ދަރިފުޅާ… ކައިވެނީގެ ރަސްމިއްޔާތު މާދަމާނޫން އަނެއް ދުވަހުގެ ރެއަށް ހަމަޖައްސައިފިން… ރަންކިއުމުގެ ކަންތައް މިއަދުން މިއަދަށް ނިންމަން ޖެހޭނެ… އާއްމުކޮށް ކައިވެނިތައް މިހާ އަވަހަކަށް ނުވެސް ނިންމަދޭނެ… އެކަމަކު ބައްޕަގެ ރައްޓެއްސެއްގެ ސަބަބުން މިކަން މިހާ އަވަސް މިވީވެސް…” ހަމަޖެހޭ ގޮތް ދައްކާލަމުން އިނާޒާ ބުނެލިއެވެ. އިނާޒާ އެހެން ބުނެލުމާއެކު ޖައިޝް މާޔޫސްވިއެވެ. ބަލްޚާ ވީ ކޮންތަނެއްގައި ކަންވެސް ނޭނގި މިފަދަ ބޮޑުކަމެއް ނިންމަން ޖައިޝް ހުރީ ބޭނުން ނުވެފައެވެ. އޭނާގެ ހިތް ކޮންމެ ގޮތަކަށް އޮތަސް މަންމަ އުފަލުގައި ބެހެއްޓުމަކީވެސް އޭނާ ކޮންމެހެންވެސް މުހިންމުކަމެކެވެ. ބައްޕަ ގެ ހާލަތު ހުރިގޮތުން އަދި ރަނގަޅަށް ވާހަކަ ދައްކާ ނޫޅޭވޭތީ އެވާހަކަ ބައްޕަގެ ގާތުގައި ބުނަން އޭނާ ހުރީ ފަސްޖެހިފައެވެ. އެކަމަކީ ބައްޕަ ރުހޭ ކަމަކަށް ނުވާނެކަން އޭނާއަށް އެނގޭތީއެވެ. ޑރ. ބުނެފައިވާގޮތުން މަދު ސްޕީޗްތެރަޕީތަކެއްގެ ފަހުން ބައްޕައަށް ހަމައަށް ވާހަކަ ދެއްކޭނެއެވެ.

ދެދުވަސް ފަހެވެ. ތިންދުވަހުގެ ޗުއްޓީއަކަށް ހިޝާން މާލެއައީ ބަލްޚާ ދިން ހަބަރެއްގެ ސަބަބުންނެވެ. ޠައްޔިބު ދުނިޔޭގައި ހުރި ހަބަރެވެ. ޠައްޔިބުގެ ގެއަށް އައިސް ގޮސްވުމުގެ ތެރޭގައި ގާތް ރަހޫމަތްތެރިކަމެއް ހިޝަންއާއި ޠައްޔިބުގެ ދޭތެރޭގައި ވަނީ އުފެދިފައެވެ. އަނެއްކޮޅުން ޠައްޔިބުއަކީ އިމީގެ ބައްޕައެވެ. ހަގީގަތް އިމީގެ ލޯ ކުރިމަތީ ފަރުދާވެ، އޭނާ ދެކެ ކިތައްމެ ފޫހިވެފައި ހުއްޓަސް، ހިޝަންގެ ހިތުން އިމީއަށް ދެވުނު ޖާގަ ހަމަ އެގޮތުގައި އަދިވެސް ދެމި އެބައޮތެވެ. ފެރީން ފައިބައިގެން ސައިކަލުގައި ގެއާ ދިމާއަށް ދުއްވަމުން ދަނިކޮށް ގަހަނާ ފިހާރައަކުން ނުކުތް ޖައިޝްއާއި އަނުމް، ހިޝާންގެ ލޮލުގައި އަޅައިގަތެވެ. އަނުމް ޖައިޝްގެ އަތުގައި އަތް އަޅުވާލައިގެން ހެވިފައި ހުއްޓަސް ޖައިޝްގެ މޫނުމަތީން އުފާވެރިކަމުގެ އެއްވެސް މިންވަރެއް އޭނާ އަކަށް ނުފެނުނެވެ. އެމީހުން އަންނަން ދެން ސައިކަލު ހުއްޓާލައިގެން އިނުމަށްފަހު ޖައިޝް ހިޝާން އާ އަރާ ހަމަވުމުން ހިޝާން ޖައިޝްއަށް ގޮވާލިއެވެ.

” ކޮން ކަމެއް…؟” ހިޝާން ވާހަކަ ދެއްކީ ހިނިތުންވެ އިނދެއެވެ. އެމީހުންގެ ދޭތެރޭ މީގެ ކުރިން ހިނގި ހާދިސާގެ ހިލަމެއްވެސް ނުވާކަހަލައެވެ.

” މިރޭ މިއުޅެނީ އަނުމްއާ ކައިވެނި ކުރަން…..” ޖައިޝް އެހެން ބުނެލަމުން ބޯމަތީ އިން އަވިއައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލިއެވެ.

” ދެން ބަލްޚާ…؟؟؟؟؟” ހިޝާން އިނީ ހައިރާންވެފައެވެ. މި ވީ މަދު ދުވަސް ކޮޅުގެ ތެރޭގައި އެހާ އަވަހަށް ޖައިޝް ބަލްޚާގެ މަތީން ހަނދާން ނައްތާ ލީތީއެވެ. އިތުބާރުގެ ޒައްރެއްގެ މިންވަރުވެސް ބަލްޚާއަށްޓާކައި ޖައިޝްގެ ހިތުގައި ނެތީތީއެވެ.

“ފިލައިގެން ދިޔަ މީހަކު ހޯދާނީ ކިހިނެތް.. އަހަންނަކަށްވެސް އަބަދަކު ހުހަކަށް ނުހުރެވޭނެއެއްނު…” ޖައިޝް ވާހަކަ ދެއްކީ އޭނާގެ ހިތުގައި ފޮރުވާފައިވާ ހަގީގަތް ތަކާ މުޅީން އިދިކޮޅަށެވެ. މޫނުމަތީން ރުޅިވެރިކަން ނުދެއްކިޔަސް ހިޝާންއަކީ ބޭވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޭނާ އަދިވެސް ދެކޭތީއެވެ. ހިޝާންއާއި އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާތީ، ޖައިޝް އަނުމް ގޮވައިގެން ސައިކަލަށް އަރައި ދުއްވާލައިފިއެވެ.

އެރޭ އޮންނަ ކައިވެނީގެ ކަންކަމުގައި ބިޒީވެފައިވާތީ، ޖައިޝްއަށް ޠައްޔިބުގެ ގާތަށް އެދުވަހު ދެވޭގޮތެއް ނުވިއެވެ. ހިޝާން މާލެ އައިގޮތަށް އެންމެ ފުރަތަމަ ދިޔައީ ޠައްޔިބުގެ ގާތަށެވެ. ބަލްޚައާއި ސަކީނާއާއި ބައްދަލުކުރަން ޠައްޔިބު އެދުމުން ހިޝާން ފުރަތަމަ ހައިރާންވިއެވެ. ޠައްޔިބު ސަކީނާ ދަންނަނީ ކިހިނެތްކަން ނޭނގުމުންނެވެ. ޠައްޔިބުގެ އެދުމަށް ސަކީނާއާއި ބަލްޚާއެތަނަށް އައެވެ.

“ސަކީނާ… އެ ހާދިސާއަށްފަހު ސަކީނާ ދުނިޔޭގައި ހުރިކަމެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގޭ… އެކަމަކު ސަކީނާގެ ވަރަށް ބޮޑު އަމާނާތެއް އަހަރެންގެ އަހަރެންގެ ބެލުމުގެ ދަށުގައި އެބަވޭ…..” ޠައްޔިބު ވާހަކަ ދެއްކީ ލަސްލަހުން މަޑުމަޑުންނެވެ. ސަކީނާގެ ހިތުގައި ޠައްޔިބާމެދު އުފެދިފައިވާ ޝައްކު އޭރުވެސް ފިލާ ނުދާތީ، އޭޏާ ހުރީ ޠައްޔިބުދެކެ ފޫހިވެފައެވެ. އޭނާ އެތަނަށް އައީ ހަމައެކަނި ބަލްޚާއަށްޓަކައެވެ. އޭނާގެ ހަޔާތުގެ ސަފްހާތައް ކިޔައި ދީގެން ވިސްނުމެއްގެ ތެރެއަށް ބަލްޚާ ގަންބުވާލަން ނޭދޭތީއެވެ. ޠައްޔިބު ދައްކަން ފެށި ވާހަކައިން ބަލްޚާއާއި ހިޝާންތިބީ ވާނުވާ ނޭނގޭ ގޮތްވެފައެވެ.

” އެއީ ޖަޢީޝް… އަހަރެމެންގެ ޖައިޝް…” ކެއްސައި ގަންނަމުން އަޑަށް ބާރުލާން މަސައްކަތް ކުރަމުން ޠައްޔިނބު އެހެން ބުނެލުމަށްފަހު، އެތޫފާނީ ބިރުވެރި ރޭގެ ހާދިސާ މަޑުމަޑުން ކިޔައި ދޭންފެށިއެވެ. ހަގީގަތް މަޑުމަޑުން ނިއުޅި ހަގީގީ ޤާތިލުން ކަޝްފުވެ، ޠައްޔިބުގެ ކުށެއް ނެތްކަން އެނގުމުން، ސަކީނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް އިޚްތިޔާރެއްނެތި އޮހޮރެންފެށިއެވެ. އޭނާގެ ދަރިފުޅަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ލާންޖެހުނު ރަޝީދުގެ މި ވަފާތެރި އެކުވެރިޔާއާމެދު އޭނާއަށް ދެކެވުނު ނުބައި ގޮތާމެދު އޭނާ ލަދުވެތިވިއެވެ.

“އެކަމަކު ޖައިޝް މިރޭ އެ އުޅެނީ އަނުމްއާ ކައިވެނި ކުރަން….” ހުރިހާ ކަމެއް އެނގުމުން ހިޝާން އެހެން ބުނެލުމާއެކު މުޅިތަނަށް ވެރިވީ ހިމޭންކަމެވެ.

“އެކަން ވިޔަދީގެން ނުވާނެ… އަހަރެން އެތަނަށް ގެންގޮސްދީ….”

ރީތި ރޭގަނޑެކެވެ. ކައިވެނީގެ ރިސެޕްޝަން ބާއްވަން ހަމަޖެހިފައިވާ ބޮޑު މާލަން ފުރާލެވިފައިވަނީ އެކި ކުލަ ކުލައިގެ މާމެލާމެލީގެ ހިތްގައިމުކަމުންނެވެ. ކައިވެނިވުމަށް ތައްޔާރުވަމުންދިޔަ އަނުމް، ހުދުކުލައިގެ ކާވެނީގެ ހެދުމުގައި ފެންނަލެއް ރީއްޗެވެ. އެރީތިކަމަކީ ގުދުރަތީގޮތުން ލިބިފައިވާ ސިފަ ފަނޑުކޯށްލައި، މޭކަޕުން ހޯދައިގަނެފައިވާ ރީތި ކަމެއްކަމުގައިވާތީ، އެސޫރައިގައި ކޮންމެވެސް ވަރެއްގެ މަސްނޫޢީ ގޮތެއް ހުއްޓެވެ. އަނުމް ރީތިކޮށްނިމި ސެލޫނުންއައި ބިއުޓިޝަނުންތައް ދިއުމުން އިނާޝާގެ އަތުގައި ހިފައިގެން އިނާޒާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

“ކޮބާ؟…” އިނާޒާގެ މޫނުމަތީގައިވަނީ ދަހިވެތިކަމެވެ.

“ބުނަންތަ ވާހަކައެއް… އަހަރެން ނުދެކެން ތިހާ ގޮތްކުޑަ ލަދު ކުޑަ އަންހެނެއް…. ފައިސާއަށްޓަކައި ކަލޭ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަންދޯ….  ތިހާ ބައިވަރު ފައިސާއާއި މުދާ ތިހޯދަނީ މަރުވީމަ ސަންދޯކަށް އަޅައިގެން ގެންދަންތަ؟…ދެން މައްސައެއްނެތް…ކައިވެނި ވެވެންދެން މަޑުކުރޭ… ކައިވެނި ވެވޭ އިރަށް ސޮއިކުރާނަން…” އިނާޒާގެ ދަހިވެތިކަން ފެނުމުން އިނާޝާ ހައިޜާންވިއެވެ. އަނުމް އާއި ޖައިޝްގެ ކައިވެންޏަށްޓަކައި އިނާޒާ އެވަރަށް މަސައްކަތްކުރީ އިނާޝާއަށް މާލެއިން ލިބިފައި ވާ ދެ ގޯތީގެ ތެރެއިން އެއްގޯތި އޭނާއަށް ރަޖިސްޓްރީކޮށްދޭން ޝަރުޠުކޮށްފައެވެ. ޖައިޝްގެ ލޯބީގައި ރަނގަޅަށް ދީވާނާވެފައިވާ އަނުމްއަށްޓަކައި އެފަދަ ތަނަވަސް ކަމެއް ދޫކޮށްލުމަކީ އިނާޝާއަށް އެއްވެސް ކަމެއްނޫނެވެ. އޭނާއަކީ މުދާވެރިކަމަށްވުރެ ހުރި ހަމައެކަނި ދަރިފުޅުގެ ހިތްހަމަޖެހުމާމެދު ވިސްނާ އަންހެނެކެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށްދަނީއެވެ. ތާޒާ މާމެލާމެލީގެ ލުއިވަހުން މުޅިތަން އެއްވަސްވެފައިވެއެވެ. ކައިވެނީގެ ރަސްމިއްޔާތަށް ދަޢުވަތުދެވިފައިވާ ހާއްސަ މެހެމާނުންނާއެކު، ކައިވެނީގެ މޭޒު ދޮށުގައި އެންމެން އެތުރިގެންތިބިއިރު އިނާޒާއަށް ބެލެމުން ދިޔައީ އިނާޝާގެ އަތުގައިއޮތް ތުނިފައިލްއަށެވެެ.

” ޖައިޝް ތިކައިވެނި ނުކުރާތި…” ކުއްލިއަކަށް އިވުނު އަޑުން އެންމެންނަށް ކޮޅަށް ތެދުވެވުނެވެ. ފުރޮޅުލީ ގޮނޑިއެއްގައި މާލަމަށް ވަދެގެންއައީ ޠައްޔިބުއެވެ. ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ބަލްޚާ ހިފަހައްޓާލައިގެން ހުރިއިރު، އޭނާގެ ދެފަރާތުގައި ތިބީ ހިޝާންއާއި ސަކީނާއެވެ. ހައްޔަރު ކުރުމުގެ އަމުރާއެކު ހަތަރު ވަރަކަށް ފުލުހުން އެވަގުތު މާލަމަށް ވަދެގެންއައިސް އިނާޒާއާއި އިމާދު އަދި މެހެރުއްނިސާގެ އަތުގައި ބިޑިއަޅުވައިފިއެވެ. އިމީއާއި ޠައްޔިބުގެ މަންމަ ހަސީނާ ތިބީ ވާނުވާ ނޭނގިފައެވެ. ކަރުނުންފުރި ބަންޑުންވާން ކައިރިވެފައިވާ ދެލޮލުން ސަކީނާ ބަލަމުން ދިޔައީ ޖައިޝްއަށެވެ. ޖައިޝްއަށް މިވާގޮތް ނޭނގި އޮޅުމެއްގެ ތެރޭގައި އިރުކޮޅަކު ހުރުމަށްފަހު އިނާޒާއަތުން ބިޑި ނައްޓަލުމަށް ފުލުންގެ ކިބައިން އެދުނެވެ. އަދި މިވަނީ ކީއްކަން އޮޅުން ފިލުވަން ޖައިޝް މަސައްކަތް ކުރިއެވެ.

ޖައިޝް ޠައްޔިބުގެ ސިޓީ ނުކިޔާކަން އެނގުމުން ވާގޮތް އޮޅުން ފިލުވައިދިނީ ޠައްޔިބުއެވެ. އޭނާގެ މާޒީ ފެށިގެން ނިމެންދެން ކިޔައި ނިންމި އިރު، އިނާޒާއަށްޓަކައި ޖައިޝް މޫނުމަތިން ފެނުނު ނަފްރަތުން އިނާޒާއަށް އިސްތަށަށް ޖަހާލެވުނެވެ. އުފަން މަންމަގެ އަނިޔާވެރިކަން ފުރަތަމަ ފަހަރަށް އިމީގެ ކުރިމަތިން ސިފަވުމުން އިމީ ހުރީ ލަދުން ބުނާނެ އެއްޗެއް ނޭނގޭ ވަރުވެފައެވެ. އިސްއުފުލާލައި އެފަދަ ނުބައިކަމެއް ކުރަން ކެރުނީ ކިހިނެތްތޯ އިމީ އެހިއެވެ.

“ދަރިފުޅަ މަންމައަށް މާފުކުރޭ… ދުވަހަކުވެސް ހިޔެއްނުކުރަން މިދުވަސް އަންނާނެކަމަށް…. ދަރިފުޅަށްވެސް މަންމައަށްވަނީ ވަރަށް ބޮޑު އޮޅުޅުޥާލުމެއް އޮޅުވާލެވިފަ….އެރޭ ހިޝާންއާ ބަލްޚާއާ ދެމެދު ގޯސް ގުޅުމެއް އޮތްކަން ދައްކަން ކުރި ހުރިހާ ކަމެއް ކުރީ މަންމަ… ހިޝަންއާ ބަލްޚާގެ އެއްވެސް ކުށެއްނެތް…..” އެންމެނެްތެރޭ ފަޟީޙަތްވެ ބޭޒާރުވުމުން، އިނާޒާ އިމީގެ ކުޑަނަމަވެސް ރުހުމެއް ލިބޭތޯ މަސައްކަތްކލުރިއެވެ. މިއަންހެން މީހާއަކީ އަމިއްލަ ދަރިއަށްވުރެ އަމިއްލަ އެދުމަށް އިސްކަން ދޭމީހެއްކަން އެނގުމުން އިމީ އިނާޒާއަށް ފަސްދިނެވެ. ދުވަހަކުވެސް މާފުނުކުރާނެ ގޮތުގައެވެ.

އިނާޒާއާއި އިމާދު އަދި މެހެރުއްނިސާ އެތަނުން ނެރެގެން ގެންދިއުމުން ޖައިޝް ސަކީނާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ކުރިމަތީގައި އެހުރީ އޭނާގެ ހަގީގީ މަންމައެވެ. ސަކީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ޖައިޝްގެ ހިތުގައި ޖެހުނެވެ. ސަކީނާގެ ގައިގައި ބާރަށް ބައްދާލަމުން މި ހުރިހާދުވަހު އެމަންމަގެ އުނގުން ފޭރިގަނެފައިވާ ހުރިހާ ލޯތްބެއް އޭނާ އެއްފަހަރާ ހޯދައިގަތްކަހަލައެވެ. ސަކީނާ މަޑުމަޑުން އަތް ދިއްކޮށްލުމަށްފަހު ބަލްޚާގެނެސް ޖައިޝްގެ ގާތުގައި ބެހެއްޓިއެވެ. އަދި ރޮވިފައިހުރެ އަތުގެ އިޝާރާތުން ބަލްޚާ މާބަނޑުކަން އަންގަދިނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެތަނުގައި ތިބި މީހުންނަށް ބެލުމެއްނެތި ޖައިޝްއަށް ބަލްޚާ ގަޔާލާ ބޮނޑިކޮށްލެވުނެވެ. ލޯބިން އައިސް ބަލްޚާ އޭނާގެ ގައިގައި ބައްދާލާނެ ވަގުތަކަށް އޭނާ އިންތިޒާރުކުރިއެވެ. މިހާ އުފާވެރިގޮތަކަށް އަލުން ބައްދަލުވެދާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ. ކަރުކެހިލަމުން އިމީއައިސް ބަލްޚާގެ ކައިރިއަށް ހުއްޓެމުން އޭނާގެ ދެކަންތަފަތުގެ ފޫޅުގަނޑުގައި ހިފަމުން ތިރިވެލިއެވެ. ބަލްޚާ އިމީގެ އަތުގައި ހިފައިގެން ހިޝާންގެ ކުރިމައްޗަށް ގެންދިއުުމުން  އިމީގެ އެއަމަލު އޭނާ ތަކުރާރުކޮށްލައި ހިޝަންގެ ކިބައިން މާފަށް އެދުނެވެ.

“ވިލް ޔޫ މެރީ މީ؟..” އެވަގުތު، އެއްކަކޫ މައްޗަށް ތިރިވެ އިމީއާ ދިމާލަށް އަތް ދިއްކޮށްލަމުން ހިޝާން ބުނެލިއެވެ.

“…….. ޔެސް…..” ލަދުރަކި ކަމާއެކު އޮޅިލަމުން އިމީ އެހެން ބުނެލުމާއެކު އުފާވެރިކަމެއްގެ ތެރެއަށް މުޅި މާހަވްލު ގެނބިގެން ހިނގައްޖެއެވެ.

ނިމުނީ

 

 

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 2

Next

ތިޔަ ދިން އުފާ 11

Next
September 9, 2017

ތިޔަ ދިން އުފާ 11

Previews
September 9, 2017

ލޯބިން ހިނިތުންވެލާށޭ 2

23 Comments!

  1. maii says:
    September 9, 2017 at 3:49 pm

    Me first . yeyeyeye

    1. Rau says:
      September 9, 2017 at 5:56 pm

      yes maii.. u r first dhw… ????

  2. Anonymous says:
    September 9, 2017 at 3:50 pm

    me second dhw

    1. Rau says:
      September 9, 2017 at 5:57 pm

      yes dear.. u r dhw… ????

  3. annoying reader says:
    September 9, 2017 at 4:02 pm

    i think story ended too soon 🙂 very nice love it. waiting for a new story 🙂

    1. Rau says:
      September 9, 2017 at 5:52 pm

      hehehe… episode ge story eh miee… hurihaa kameh engey hisaabun vaahaka nimmaalumakee emme rangalhu goiy kamah Rau ah fenuny… ??

    2. Rau says:
      September 9, 2017 at 5:53 pm

      22 episodes * ??

  4. Yayya says:
    September 9, 2017 at 4:04 pm

    Vaahakaige presentation genesdheefa ingoi v salhi. Obiness to the maxxxx, hams. Vvvvvv reethi loabi vaahakae Mie… rau ge even vaahakae Avaha genesdhehche

  5. Mine says:
    September 9, 2017 at 4:06 pm

    Asl reethi vys anum ah vygoi liyelinama..vaahaka Varah reethi..ekm heevani Avas aruvaaalafa ninmaaalihn

    1. Rau says:
      September 9, 2017 at 5:50 pm

      thanx dear… aslu anum ah vee gothakee anumge loabi haasil nuvun.. selfish vegen loaibeh haasil kuran ulhunas eloabi haasil nuvaane kan anum ge character in dhakkadheyn beynun v . so anum ah v goi kiyun therinnah dhookohly… rau anum ge mathin handhaan nethunykee nun ingey…. heheheh… ekm ves “Mine” thibuni gothah v goi liyelevunu nama rangalhuvys dhw… thanx dear…. I appreciate it hama… ???????

  6. Yayya says:
    September 9, 2017 at 4:07 pm

    Wowwwww vvvvv salhi. Vaahaka genes dheefa Ingo v v v salhi

    1. Rau says:
      September 9, 2017 at 5:58 pm

      thank u dear yayya ?????

  7. Hafeez says:
    September 9, 2017 at 4:27 pm

    Story varah nice ekamaku varah avas nimunli.

    1. Rau says:
      September 9, 2017 at 5:54 pm

      hehehe… Hafeez I will miss u ingey… thanx komme dhuvahaku hen comment kureema… will always remember your name..???

  8. Snow says:
    September 9, 2017 at 5:53 pm

    Vvv nyc.❤

    1. Rau says:
      September 9, 2017 at 5:55 pm

      thanx dear

  9. Ahoo says:
    September 9, 2017 at 6:14 pm

    Woow..v v salhi…

  10. maii says:
    September 9, 2017 at 6:15 pm

    Aslu vaahaka Nuves kiyaa comment kury..
    Its superb ingey? even I think it ended too soon. ?

  11. Ggrgggfghfhhhf says:
    September 9, 2017 at 7:11 pm

    bal’ha preg kan jaish ah engununama maa reethi vys…

    1. Reader says:
      September 9, 2017 at 7:27 pm

      Balkha pregkan sakeenaa anga dhinymaehnu jaish hug kohly. Reethikoh ebain bunedhyfa ehen.

    2. Aru says:
      September 9, 2017 at 7:32 pm

      Preg v ka jaish ah engunukamahh ebainennu

  12. Xxxx says:
    September 10, 2017 at 2:45 pm

    V.nice dear??????

  13. Imtoa? says:
    September 10, 2017 at 4:50 pm

    maasha allah…varah reethi storie eh???

Comments are closed.



All Right Reserved!